Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ހާމަ ކުރީމާ ލޯބި މަވާކަން 4

Shaish Level 210 Stories100 Comments
December 24, 2017 4 Mins Read
33 Comments

އެލައިޝާ އިރުކޮޅަކު އިބާންއާއި ދިމާއަށް ބަލަންހުރެފައި ފޯނު އިބާންއަތަށް ދިނީ އިބާން އަވަހަށް އެތަނުން ފޮނުވާލުމުގެ ބޭނުމުގައެވެ.އޭނާ އުއްމީދުކުރި ގޮތަށް ފޯނުލިބުމުން އިބާން އެތަނުން ދިޔައެވެ. އެލައިޝާއަށް އިބާން ފޯނު އެގެންދިޔައީ ކަމެއް ރާވައިގެންކަމެއް ނޭންގެއެވެ.
އެލައިޝާގެ ފޯނުން ފޮޓޯތައް އޭނާގެ ފޯނަށް ފޮނުވާލުމައްފަހު ދެމީހުންގެ ފޯނު ބޭއްވުމައްފަހު އިބާން މަޑުމަޑުން ހިނގައިގަތީ އެލައިޝާއާއި ދިމާއަށެވެ.ލަސް ފިޔަވަޅުތަކެއް އަޅަމުންގޮސް އިބާން ހުއްޓުނީ އެލައިޝާގެ ފުރަގަހުގައެވެ. އިރުކޮޅަކު އެހެން ހުރުމައްފަހު އެލައިޝާ އޭނާގެ އަތްދަނޑިމައްޗަށްނެގިއެވެ.އަދިމީ އޭނާގެ ގަޔަށް ކޭކްޖެހީމަ އޭގެ ބަދަލޭ ކިޔައި މޫދާ ދިމާއަށް ދާންފެށީ އެލައިޝާ ހަޅޭލަވަލަވައި ހުއްޓައެވެ.

މޫދުގައި މަޖާކުރަމުން ދިޔަ ޒެވިޔަންއާއި މެހެކްއަށް އެއްގަމާއި ދިމާއަށް ބަލައިލެވުނީ އެލައިޝާގެ ހަޅޭކުގެ އަޑުއިވުމުންނެވެ.އިބާންގެ އަތްދަނޑިމަތީގައި ތެޅިތެޅި އޮތް އެލައިޝާ ފެނުމުން ދެމީހުންނަށް ދެލޯ ބޮޑުކޮއްލައިގެންހުރެ އެކަކު އަނެކަކަށް ބަލައިލެވުނީ އެލައިޝާ ރުޅިއަންނާނެވަރު އެނގޭތީއެވެ.

އިބާން ކަކުލައްވުރެ މައްޗަށް ފެންޖެހޭ ހިސާބަށް ދިޔަގޮތަށްގޮސް އެލައިޝާ މޫދުތެރެއަށް ވައްޓާލިއެވެ.އެއައްފަހު ދެއަތުން އުނަގަނޑުގައި ހިފާލުމަށްފަހު ހޭންފެށިއެވެ. އެލައިޝާ ފުންމައިގެން ތެދުވެ އޭނާއަށް މަލާމާތްކޮށް ހެމުންގެންދިޔަ އިބާންގެ ބޮލުގެ އިސްތަށިގަނޑުގައި ހިފައިދަމަންފެށިއެވެ.”އަހަންނަށް ހެޔޮ ކިތަންމެ ވަރަކަށް އަނގައިން އެއްޗެހި ކިޔައި ކިތަންމެ ވަރަކަށް އަހަންނާއި ދިމާކޮއްހެދިޔަސް.އެކަމް އަހަރެންގެ ގަޔަށް އަތްލާކަށް ނުޖެހެއެއްނު ދޯ. އަހަންނެއްވެސް އިބާންގެ ގަޔަކު އަތެއް ނުލަމެއްނު ދޯ. ދެން ހުރެބަލަ ނިކަން އަހަރެންގެ ރުޅިގަނޑު ބަލަން..ދުލެއް ނުކުރާނަން އިނގޭތީ ފިރިހެނެކޭ ކިޔާފައެއް.” ދެއަތަށް އިތުރަށް ބާރުލާފައި އިބާންގެ ބޮލަށް ދަމަމުން އެލައިޝާ އެއްޗެހި ކިޔަންފެށިއެވެ. ” އަހަންނަކަށް ހިޔެއްނުވޭ އަހަރެން ކޭކްޖެހީ އޮޅިގެންކަމެއް ނޭންގޭވަރުގެ ކުޑަކުއްޖެއްހެނެއްތީކީ.އަހަރެން މޫދަށް ނޭރެން ހުއްޓަނުޖެހޭ ދޯ ގެނެސް މޫދަށްލާކަށް”
“އަހަރެން ހީޔެއްނުކުރަން މަންޖެ ތިހާ ރުޅިއަންނާނެ ކަމަކަށް..އަހަންނަކަށްވެސް ހީޔެއްނުވޭ ތިއީ މީ ސަމާސާއަކައްކުރި ކަމެއްކަން ނޭންގޭނެވަރުގެ މީހެއްކަމެއް..ހާދަ އަވަހަށޭ ތި ލޭމައްޗަށް ދަނީ..”އިބާންގެ ބޮލުން އެލައިޝާގެ ދެއަތް ނައްޓުވަން މަސައްކަތް ކުރަމުން އިބާން ބުނެލިއެވެ. ނަމަވެސް އެކަން ކާމިޔާބުވާގޮތް ނުވީ އެލައިޝާ ހިފަހައްޓައިގެން ހުރިލެއް ބާރުކަމުންނެވެ.”އައްދޯއި…އަހަންނަށް ތަދުވެޔޭ އެބަ..މަންޖެ ކޯއްޗެއްތަ ކަނީ ތިހާ ބާރުގަދަވާކަށް .ދޫކޮއްބަލަ ދެން..ސޮރީ އޭ..”އިބާން މާފައް އެދުމުންވެސް އެލައިޝާ ހުރީ ދޫކުރާ ގޮތަކަށްނޫނެވެ.އޭނާ ބެލީ އިތުރަށް އިބާންއަށް ތަދުކުރެވޭތޯއެވެ.އިބާންވެސް ދެން މިޖެހުނީ ހަނގުރާމައެއް ފަށަންތާއޭ ބުނެ އެލައިޝާގެ ބޮލުގައި ހިފިއެވެ.

ދުރުގައި ބަލަން ތިބި ޒެވިޔަންއާއި މެހެކް އެމީހުން ކައިރިއަށް އައިސް ދެމީހުން ދުރުކުރުވިއެވެ.”މިހާރު ދެމީހުން ގަޔަށް ބޮލަށްވެސް އަރަންފެށީ ދޯ…” ޒެވިޔަން އެދެމީހުންނަށް ވަކިވަކީން ބަލަމުން ބުނެލީ ހިތްހަމަނުޖެހިފައެވެ. “ޒޭވް މީ..” އެލައިޝާއާއި އިބާންއަށް އެހެން ބުނެވުނީ އެކުއެކީގައެވެ.”ނެތިން ތިދެމީހުން ދައްކާ ވާހަކަ އަޑުއަހާކަށް..އިތުރު ހަމަނުޖެހުންގަނޑަކަށް ދާނީ ދެމީހުން ވާހަކަ ދައްކަން ފަށައިފިއްޔާ..މިއަދަށްވާވަރު ވެއްޖެއެއްނު ދެން ހިނގާ މިތަނުން ދެވޭތޯ ބަލަމާ..” ޒެވިޔަން އެހެން ބުނެފައި އެއްގަމާއި ދިމާއަށް ދާން ފެށުމުން ދެމީހުން އެކަކު އަނެކަކަށް ބަލާފައި ލޯއަޅައިލިއެވެ.އަދި ޒެވިޔަންގެ ފަހަތުން ދާން ހިނގައިގަތެވެ.މެހެކްވެސް އެދެމީހުންގެ ފަހަތުން ދިޔައެވެ.

އެރޭ ނިދަން އުޅެއުޅެވެސް އެލައިޝާއަށް ނިދޭގޮތެއްނުވިއެވެ.އެހެންކަމުން އޭނާ ނިކުތީ ކޮޓަރީގެ ބެލްކަންޏަށެވެެ.ހަނދުވަރުދޭ ރީތި ރެއެކެވެ. ތަރިތަކާއި ހަނދަށް ގެއްލިފައި ހުރި އެލައިޝާ ސިހުނީ ޖެހިގެންހުރި ކޮޓަރީގެ ބެލްކަނިން މީހަކު ގޮވައިލުމުންނެވެ. ފަހަތަށް އެނބުރި ބަލައިލިއިރު ހުރީ ޒެވިޔަންއެވެ. ޒެވިޔަން ކައިރިއަށްގޮސް އެލައިޝާ ނުނިދުނޭ ބުނުމުން ޒެވިޔަންވެސް ބުނީ އޭނާއަށްވެސް ނުނިދިގެން ބޭރު ބަލައިލާން ނިކުތީކަމުގައެވެ.” ކޮފީއެއް..” “ޓެރެސްއަށް ދޯ” އެލައިޝާއަށް ޖުމްލަ ފުރިހަމަ ނުކުރެވުނީސް ޒެވިޔަން ބުނެލިއެވެ.އެލައިޝާ ބުނެލީ ޒެވިޔަން ޓެރެސްއަށް ދިޔުމަށެވެ.އަދި އޭނާވެސް ކޮފީ ހިފައިގެން އެބަދަމޭ ބުނެލިއެވެ.

އެލައިޝާ ކޮފީ ހިފައިގެން ޓެރަސްއަށް އެރިއިރު އޭނާގެ އިންތިޒާރުގައި ޒެވިޔަން ހުއްޓެވެ.ޒެވިޔަންއަށް ކޮފީ ދިއްކޮއްލަމުން އޭނާގެ ކުރިމަތީ އިން ގޮނޑީގައި އެލައިޝާ އިށީނެވެ.ކޮފީތަށި ބޮމުން އަދިވެސް އެންމެ މީރީ އެލައިޝާ ގިރާ ކޮފީއޭ ބުނެލިއެވެ. ” ކީއްވެތަ މާވަރަކަށް ތިބަލަނީ..ލައި މޫނުގަ އެއްޗެއް ހުރީތަ އަނެއްކާ..” ޒެވިޔަން މާވަރަކަށް ބަލާތީ އެލައިޝާ ބުނެލިއެވެ.ބުނާނެ އެއްޗެއް ނޭންގިފައި ޒެވިޔަންއަށް ހުރެވުނީއެވެ. “ކީއްވެތަ އެއްޗެކޭ ނުބުނެ ތިހުންނަނީ..” ޒެވިޔަން އެއްޗެކޭ ނުބުނެ ރަކިވެފަހުރުމުން އެލައިޝާ ބުނެލިއެވެ.
“ލައި..އެކޮޅު އުޅުނުއިރު ލައިމަތިން ވަރަށް ހަދާންވި.” ޒެވިޔަންއަށް ބުނެވުނީ އެނާ ބުނަން ބޭނުންވި އެއްޗެއްނޫނެވެ. ލޯބިވާކަން ހާމަކުރުމަކީ ހަމަ އެހާ އުދަނގޫކަމެއް ހެއްޔެވެ. އެކަކު އަނެކަކުގެ ހިތުގައި އޮންނަ އެއްޗެހި އެނގޭނެނަމައޭ ޒެވިޔަން ހިތަށްއެރިއެވެ. އެލައިޝާ ބުނެލީ ހަދާންވާނަމަ ދެއަހަރުވަންދެން ގޯއާއަށް ނައިސް ނުހުންނާނެ ކަމަށެވެ.އަނެއްކާވެސް ޒެވިޔަންއަށް ހުންނަންޖެހުނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. ލޯބިވާކަން ހާމަނުކޮއް ދުރުގަ އުޅުނު ސަބަބު ބުނެދޭން ނޭންގޭތީއެވެ.

ވާހަކަ އޮޅުވައިލަންވެގެން ޒެވިޔަން ފެށީ މެހެކްގެ ވާހަކަ ދައްކާށެެވެ.މެހެކް ލޯބިވާ ކުއްޖަކު ހުންނަކަން އޭނާވަނީ ޒެވިޔަން ގާތު ބުނެފައެވެ.ނަމަވެސް އެއީ ކާކުކަމެއް ނުބުނެއެވެ. އެލައިޝާ އެއީ ކާކުކަން ޒެވިޔަންއަށް ކިޔައިދިނުމުން އޭނާއަށްވެސް ބުނެވުނީ މެހެކްގެ އާއިލާއިން ގަބޫލުނުވާނެކަމުގައެވެ. އެހެނީ ފަގީރު އާއިލާއެއްގެ ކުއްޖަކާއި މުއްސަނދި އާއިލާއެއްގެ ކުއްޖަކު ގުޅުނަ ނުދިނުމަކީ އިންޑިޔާ މީހުންގެ އާދައެކެވެ.
އެރޭ ދެމީހުން ނިދަން ދިޔައީ ތިނެއްޖެހި ފަހުންނެވެ. ދެއަހަރު ފަހުން ހަމަޖެހިލައިގެން ދެމީހުންނަށް ވާހަކަ ދައްކައިލަން ލިބުނު ފުރަތަމަ ފުރުސަތުކަމުން ކޮޓަރިއަށް ދިޔައީ އެތައް ވާހަކައެއް ދެއްކުމަށްފަހުގައެވެ.

ހެނދުނު ހޭލައިގެން އެލައިޝާ ނިކުތްއިރު ތިންމީހުން ތިބީ ޓެރަހުގައެވެ.އެމީހުން ކައިރީ އިށީންދެލުމުން އެންމެން އެއްފަހަރާ އޭނާއަށް ގުޑް މޯނިންގްއޭ ބުނެލިއެވެ.ހަތަރު މީހުން ވާހަކައިގައި ތިއްބައި އެތަނުގައި މަސައްކަތްކުރާ މީހެއް އައިސް ހެދުނުގެ ނާސްތާއަށް ތައްޔާރު ކުރަންވީ ކޯއްޗެއްތޯ އެހިއެވެ.އެލައިޝާ ބުނެލީ ނާސްތާ ހަދާނީ އޭނާ ކަމުގައެވެ.އިބާން އޭނާއަށް ބަލައިލާފައި އެއްޗެއް ކައްކަން އިނގޭހޭ އަހައިލީ މަލާމާތުގެ ރާގަކަށެވެ.
އިބާންއަށް ރައްދު ދިނީ މެހެކްއެވެ.މެހެކް ބުނީ ލައި ވަރަށް މީރުކޮށް ކައްކާކަމަށެވެ.އަދި ކެއްކުމަކީ ލައި ވަރަށް ކުރާހިތްވާ ކަމެކޭވެސް ބުނެލިއެވެ.އިބާން އެލައިޝާއަށް ފާޑަކަށް ބަލައިލައިފައި ގަބޫލެއްނުކުރާނަމޭ ބުނެލިއެވެ.” އިބާން ގަބޫލުނުކުރިޔަސް އަހަންނަށް ކައްކަން އެނގޭ..ހިނގާ މެހެކް އަހަންނާއެކު..ސޭންޑުވިޗް އޯކޭ ވާނެދޯ” އެލައިޝާ އެހެން ބުނެފައި ދިޔައީ މެހެކްއާއިއެކު ބަދިގެޔަށެވެ.

އެލައިޝާ ނާސްތާއަށް ސޭންޑުވިޗާއި ޓޮމާޓޯ ޖޫސް ތައްޔާރުކުރުމުން މެހެކް ޒެވިޔަންއާއި އިބާންއަށް ސައިބޯން އައުމަށް ގޮވިއެވެ. ތިން މީހުން މޭޒު ދޮށުގައި ސައިބޯން އިށީނުމުން އެލައިޝާ މޭޒުމައްޗަށް ސޭންޑްވިޗް ނެރެދިނެވެ.އެއައްފަހު ކޮންމެ މީހެއް ކައިރީގައި ޖޫސްތައްޓެއް ބެހެއްޓުމަށްފަހު މިއީ ޒެވިޔަންގެ ފޭވަރިޓޭ ބުނެލުމަށްފަހު މެހެކްއާއި ޖެހިގެންއިން ގޮނޑީގައި އިށީނެވެ. ޒެވިޔަން ބުނެލީ އެއީ އިބާންގެވެސް ފޭވަރިޓް ކަމަށެވެ.
” އެބޮއުމައްފަހު ދެން ދުވަހަކުވެސް އޭނައަކަށް ނުކެރޭނެ ދޯ ޓޮމާޓޯ ޖޫސް ބޯކަށް.ހެހެ..އަދިވެސް މަަށާއި ޖައްސައިލައިގެން އުޅޭނެ..ވަރަށް ފޫހިވޭ..”
ކުރިމަތީ ހުރި އިބާންއަށް ވައްކަޅިން ބަލަމުން މެހެކް ކައިރީގައި މަޑުމަޑުން އެލައިޝާ ބުނެލިއެވެ.

އިބާން ސޭންޑްްވިޗެއް ނެގުމަށްފަހު އެއައް ބަލަހައްޓައިގެން ހުރުމަށްފަހު އެއިން އެތިކޮޅެއް އަނގަޔަށްލިއެވެ.އޭނާ ހީކުރިގޮތާއި ހިލާފަށް އެވަރަށް މީރެވެ.އެލައިޝާއަށް ހިނިތުންވުމެއް ހަދިޔާކުރުމައްފަހު އިބާންބެލީ ކެެއުމާއިވެގެން ކުރިޔަށް ދެވޭތޯއެވެ.

އެލައިޝާއަށް އިރުއިރުކޮޅާއި ބެލެނީ ކުރިމަތީހުރި އިބާންއަށެވެ. އޭނާ އެ އިންތިޒާރު ކުރަނީ އިބާން ޖޫސްތަށި ބޯނެ އިރަކަށެވެ. އެބުއިމުން އިބާންއަށް ވާވަރުބަލަން އޭނާ ހުރީ ކެތްމަދުވެފައެވެ. އިބާން ޖޫސްތަށި ނެގުމުން މެހެކްއާއި ދެމީހުން އެކަކު އަނެކަކަށް ބަލައިލާފައި ހިނިތުންވެލިއެވެ.ނަމަވެސް އެހިނިތުންވުން ފިލައި ދެމީހުން ހައިރާންކުރުވީ އެޖޫސްތަށި ބޮއެގެން އެމީހުން ހީކުރިގޮތަށް އިބާންގެ އަމަލުތަށް ނުހުރުމުންނެވެ. އެލައިޝާމެން އުއްމީދުކޮއްގެންހުރީ އެބޮވުމުން އިބާން އަންނާނީ ރުޅިކަމަށެވެ. ކުޅިވެގެން އެލައިޝާއާއި ދިމާއަށް ހަޅޭލަވާނެކަމަށެވެ. އެހެނީ އެޖޫސްތައްޓަކީ އާދައިގެ ޓޮމާޓޯ ޖޫސްތައްޓެއް ނޫނެވެ. އެލައިޝާވަނީ އެޔަށް އެއްޕަކެޓް ލޮނުމިރުހުގެ އިތުރުން ލޮނުވެސް އަޅާފައެވެ. އެބޮއިފި މީހަކު ހަމަޖެހިލައިގެން ހުންނާނީ ކިހިނެއް ހެއްެޔެވެ. އަދިއެވެސް އިބާން ކަހަލަ ރުޅިގަދަ މީހެކެވެ.އެލައިޝާއަށް އިބާންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ލޯކުރިމަތިން ފެންނަމުންދާ މަންޒަރު ގަބޫލު ނުކުރެވިފައެވެ.

އިބާން ހަމަޖެހިލައިގެން ސައިބުއިމާއިގެން ކުރިޔަށް ދެވޭތޯ އެތައް މަސައްކަތެއް އެބަ ކުރެއެވެ. ކިތަންމެ ހިތްވަރެއް ކުރިޔަސް އޭނާގެ ލޮލުން ފެންފައިބަންފެށީ އޭނާގެ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. “އިބާން ކީއްވެ މާވަރަކަށް ލޮލުން ފެންތިފައިބަނީ..ހީވަނީ ވަރަށް ކުޅިކޮށް ކެވިގެން އުޅޭހެން..އެކަމް ގައިމު މި ސޭންޑްވިޗް އެހާ ކުޅިއެއްނޫން..” އިބާން އަތަށް ފެންތައްޓެއް ދިއްކޮއްލަމުން ޒެވިޔަން ބުނެލިއެވެ. “މިރުސްގަނޑެއް ކެވުނީ ކަންނޭންގެ..ޒޭވްއަށް އެނގޭނު އަހަންނަށް އެހާ ކުޅިކޮށްނުކެވޭނެކަން..” އެލައިޝާއަށް ބަލައިލަމުން އިބާން ބުނެލިއެވެ.ޒެވިޔަން ބުނީ ޖޫސްތަށި ބުއިމުން ކުޅި ފިލާނެކަމަށެވެ. އިބާންއެއް ނޭވާއިން ޖޫސްތަށި ބޮއިލުމައްފަހު އަދި ޖޫސްތައްޓެއް ލިބިދާނެހޭ އެލައިޝާ ކައިރީގައި ބުނެލިއެވެ.އެލައިޝާ ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. މިއީ ހަމަ އޭނާއާއި އަބަދު ދިމާކުރާ އިބާން ހެއްޔެވެ.އޭނާއަށް ލަނޑެއް ދިނީމަވެސް އެއިންނަނީ އެކައްޗެކޭވެސް ނުކިޔައެވެ.އެލައިޝާ އެއްޗެކޭ ނުބުނެ ބަލަން ހުރުމުން އިބާން އެތަނުން ތެދުވެގެން ދިޔައެވެ.

Share Article

Follow Me Written By

Shaish

Level 210 Stories100 Comments

Other Articles

Previous

ކުޅަނދުންވަންތަކަން(7ވަނަ ބައި)

Next

ވަންހަނާ (ހަތްވަނަބައި)

Next
December 25, 2017

ވަންހަނާ (ހަތްވަނަބައި)

Previews
December 24, 2017

ކުޅަނދުންވަންތަކަން(7ވަނަ ބައި)

33 Comments!

  1. Shaish says:
    December 24, 2017 at 10:42 pm

    Hello everyone..
    Here is the fourth part of the story.. Mistakes bunedhehchey ingey ?❤

  2. dhonthi says:
    December 24, 2017 at 10:55 pm

    Reethi♥

    1. Shaish says:
      December 25, 2017 at 7:11 am

      Thank you ?❤

  3. Rsh says:
    December 24, 2017 at 11:01 pm

    Nice…?

    1. Shaish says:
      December 25, 2017 at 7:12 am

      Thank you ?❤

  4. ***?*** says:
    December 24, 2017 at 11:01 pm

    Story varah salhi. Kon irakun 5th pert othee. Avas koh lachey ingey☺☺.

    1. Shaish says:
      December 25, 2017 at 7:14 am

      Thank you ?❤
      Next part tomorrow..

  5. Laal says:
    December 24, 2017 at 11:05 pm

    Salhi

    1. Shaish says:
      December 25, 2017 at 7:14 am

      Thank you ?❤

  6. your fan says:
    December 25, 2017 at 12:00 am

    tom ga second part genesdhehchey ingey waiting btw story is awesome

    1. Shaish says:
      December 25, 2017 at 7:16 am

      Thank you ?❤
      Next part tomorrow..

  7. Asli says:
    December 25, 2017 at 12:07 am

    Darling when is the next part

    1. Shaish says:
      December 25, 2017 at 7:16 am

      Next part tomorrow ?

  8. JUMA says:
    December 25, 2017 at 12:31 am

    Saabahey ibaan?? curious to know what’s gonna hppn nxt ?? story habeys… whn nxt???

    1. Shaish says:
      December 25, 2017 at 7:18 am

      Thank you ?❤
      Next part tomorrow..

  9. kudaa says:
    December 25, 2017 at 8:54 am

    Mi partves hama awsme… waitin waitin drln

    1. Shaish says:
      December 25, 2017 at 10:09 am

      Thank you kudaa ?❤

  10. Pinky shifoo says:
    December 25, 2017 at 9:38 am

    Hiii Shaish… Mi Story ge hurihaa parteh vx adhi vara reethi… Mi part varah majaa… Heheheh.. This is my first comment for this story.. Bt kuryge parts thah vx keen… Waiting for next part.. Keep it up

    1. Shaish says:
      December 25, 2017 at 10:47 am

      Thank you for commenting dear.. Kuriah huri part thakunvx shifooge comment eh dhen fennaane kamah hope kuran ?❤

  11. Ana says:
    December 25, 2017 at 9:50 am

    Story v reethi

    1. Shaish says:
      December 25, 2017 at 10:09 am

      Thank you Ana ?❤

  12. Rysh says:
    December 25, 2017 at 11:24 am

    Mi story v rythi medhunukendi nimendhen up kohladhehchey ingey ❤❤

    1. Shaish says:
      December 25, 2017 at 11:43 am

      Thank you Rysh ?❤
      Insha Allah story nimendhen genesdheynan..

  13. hal uu says:
    December 25, 2017 at 12:29 pm

    I love this story..v reethi ingey..

    1. Shaish says:
      December 25, 2017 at 1:25 pm

      Thank you ?❤

  14. Mysh says:
    December 25, 2017 at 2:09 pm

    V rythi..nxt prt avas kohladhyba

    1. Shaish says:
      December 25, 2017 at 2:14 pm

      Thank you Mysh ?❤
      Next part maadhan

  15. Muaa says:
    December 25, 2017 at 3:04 pm

    Story vr salhi…
    Next part thankolheh dhigukohla dhehchey… ? Keep it up…

    1. Shaish says:
      December 26, 2017 at 11:17 am

      Thank you Muaa ?❤

  16. esha says:
    December 25, 2017 at 7:17 pm

    Nice .. funny n romantic ?

    1. Shaish says:
      December 25, 2017 at 7:19 pm

      Thank you esha ?❤

  17. Shafu says:
    December 25, 2017 at 11:30 pm

    Waiting for the next part

    1. Shaish says:
      December 26, 2017 at 11:19 am

      Keep waiting dear ❤

Comments are closed.


All Right Reserved!