Skip to content
އެސްފިޔަ

އެހަނދާނުގައި

އެއްވެފައިވާ ނޫސްވެރިންގެ ކެމެރާތަކުގެ ކުރިމަތީ ހުރެ އިންސާފަށް އެދި ސަލާންޖަހަމުން އެދަނީ ޒައިނަބްގެ މަންމައެވެ. ލޮލުން ހުއްޓުމެއް ނެތި ކަރުނަ އޮހޮރެމުން ދާއިރު އެފަކީރު އާދޭސް ކުރަމުން އެދަނީ ހަމަ އެންމެ ކަމަކަށެވެ. އެއީ އަނިޔާވެރިކޮށް މަރާލެވިފައިވާ އޭނާގެ ދަރިފުޅަށް އިންސާފު ހޯދައި ދިނުމަށެވެ.

އެއީ މީގެ ކުޑަ ދުވަސްކޮޅެއް ކުރީގެ ހާދިސާ އެކެވެ. ޒައިނަބަކީ އެއާއިލާގަ ހުރި އެންމެ ހަގު ކުއްޖާއެވެ. އުމުރުން ނުވަ އަހަރުގެ ޒައިނަބްގެ މައިންބަފައިން ވީ އުމްރާއަށް ގޮސްފައެވެ. އޭރު ޒައިނަބާ އޭނާގެ ދޮއްޓަށް ތިބޭ ތިން ކުދިން ތިބީ ބޮޑުބޭބެ ގޭގައެވެ. ޒައިނަބަކީ ވަރަށް ބަސް އަހާ ކިޔަމަންތެރި ކުއްޖެކެވެ. ކިޔެވުމުގެ ކަންކަމުގައި ނަމޫނާ ދަރިވަރެކެވެ. ސުކޫލު ތެރޭގައި ފިޔަޖަހާ ތަރިއެކެވެ.

އާދައިގެ މަތިން ޒައިނަބް ސުކޫލު ނިންމާލާފަ ގެޔަށް ދާން ހިނގައިގަތީ އެކަންޔެވެ.  ސުކޫލާއި ގެޔާ މާދުރު ނޫންކަމުން އެއީ މާބޮޑު މައްސަލައަކަށް ވެދާނެ ކަަމަކަށް ނުބެލެވެއެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ، ފަހަތުން އައީ މީހަކު ޒައިނަބްގެ އަނގަމަތީ އަތް އެޅިއެވެ. އަދި ގަދަކަމުން ދަމާފަ އެކުއްޖާ އޭނާ ގެންދިއައެވެ.

އެއީ ގޭންގެއް އުޅެމުންދާ ގުދަނެއް ފާޑުގެ ތަނެކެވެ. ޓިނު ޖަހައިގެން ހަދާފައިވާ އެތަނަށް އޭނާ ވެއްދުމަށް ފަހު، އެމީހުން ފެށީ ޒައިނަބާ ބެހޭށެވެ، ގަދަކަމުން އެކުއްޖާއަށް ޖިންސީ ގޯނާ ކުރީއެވެ. އިނގިރޭސި ބަހުން ބުނަަނީ ނަމަ “ރޭޕް” ކޮއްލީއެވެ. ހިތާމައިގެ ކޮޅެއްވެސްނެތެވެ.

އެދުވަހު ހަވީރު ވީއިރުވެސް ޒައިނަބްގެ ޚަބަރެއް އާއިލައަށް ނުވުމުން، އަވަހަށް ޕޮލިހަށް ރިޕޯޓް ކުރިއެވެ. ތިންދުވަސް މަތިންވެސް މުޅި އަވަށް ހޯދާ ބަލައިގެން ވެސް ޒައިނަބް ފެންނަ ގޮތެއް ނުވިއެވެ. ހަތަރު ވަަނައަށް ވީ ދުވަހު، ޕޮލިހުންނަށް ޚަބަރު ލިބިގެން އެއަވަށު ކުނިގޮަނޑު ބެލިއިރު ކަމަކު ދާކަށް ނެތެވެ. އަނިޔާވެރި ގޮތަކަށް މަރާލާ، އެއްލާލާފައި އެޔޮތީ ޒައިނަބްގެ  ފުރާނަ ނެތް މަސްގަނޑެވެ،

އެވަޤުތުން ފެށިގެން ފުލުހުން އެލާރޓަށް ގެނެސް މި މަރުގެ ފަހަތުގައި ތިބި ޤާތިލުން ހޯދުމަށް މަސައްކަތް ފެށިއެވެ. އަދި ތަހުޤީގްގެ މަރުހަލާއަށް މަރުހޫމާގެ ހަށިގަނޑު ފުލުހުންގެ ބެލެވުމުގެ ދަށަށް ގެންދިޔައެވެ. އަދި ޒަނަބްގެ މައިންބަފައިންނަށް މި ޚަބަރު ދިނުމާއެކު، ލިބުނު ކުއްލި ހައިރާން ކަމާއި ފުންހިތާމައިގެ ސަބަބުން ވަޤުތުން ފުރައިގެން އައިއްސިއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ޒައިނަބުގެ ހަށިގަނޑު އާއިލާއަށް ހަވާލު ކުރީ  48 ގަޑިއިރުގެ އޮޓޮޕްސީއެއް ހެދުމަށް ފަހުއެވެ. އޮަޓޮޕްސީ ރިޕޯރޓް ބުނާގޮތުން އެ ކުއްޖާ ވަނީ ހަ ފަހަރު މަތިން ރޭޕް ކުރެވިފައެވެ. އަދި ކަރުގެ “ހައިބޮއިޑް” ކަށި ބިންދައިގެން ގޮސް ވާތީ، ބެލެވެނީ ޒައިނަބް މަރާލެވިފައިވަނީ ކަރުގައި ހިފައިގެން ނޭވާލުމަށް އުނދަގޫ ކުރުވައިގެން ކަމަށެވެ.

އާއިލާއަށް ހަވާަލު ކުރިތާ 5 ގަޑިއިރު ފަހުން އޭނާގެ ޖަނާޒާ ބޭއްވުނެވެ. މި މަރުގެ އަޑީގައިވާ މީހުން ހޯދުމަށް މަސައްކަތް ކުރަމުންދާއިރު އަދި މި މަސައްކަަތަށް މަބޮޑަށް ކުެރިއެރުމެއް ނުލިބިއެވެ. މިފަދަ ޖަރީމަތަށް ހިންގަމުން ދަނީ އިންސާނުންގެ ސިފައިގަ ތިއްބަސް ޖަނަވާރުންނެވެ. އެމީހުންގެ ހާލު ޖަނަވާރުންނަށް ވުރެވެސް ނުބައި ވާނެއެވެ.

ލޮލުން ވެރެމުންދާ ކަރުނަތަށް ފުހެމުން މިއަދު ޒައިނަބްގެ މައިންބަފައިން އެދަނީ އިންސާފަށް އެދި ގޮވަމުންނެވެ. ދަރިއަކު ވަކިވުމުން މައެއްގެ ލަގޮނޑިއަށް ކުރާނެ އަސަރު ވިސްނިފަ އަޅުގަނޑަށް ރޮވިއްޖެއެވެ. ޒައިނަބަށް ސުވަރުގެ މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމުން އަޅުގަނޑުގެ ގަލަން ބާއްވާލާނަމެވެ.

 

ނިމުނީ

ލިޔުނީ: ޒިދާން މުޙައްމަދު

 

ނޯޓް؛ މި ވާހަކައަކީ، ޕާކިސްތާނުގައި ޖިންސީ އަނިޔާ ކުރުމަށްފަހު މަރާލެވިފައިވާ އުމުރުން 9 އަހަރުގެ މުސްލިމް އަންހެން ކުއްޖާ (ޒައިނަބް)ގެ ހަނދާނުގައި އަޅުގަނޑު ލިޔުނު ވާޚަކައެކެވެ. މި ވާހަކައަކީ ހާދިސާއަށް ކުޑަކޮށް ގުޅުވާލައިގެން، އަޅުގަނޑުގެ ހިޔާލަށް އައި ގޮތަށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ.

Comments (22)

  1. Mai

    Me first dho v iburaitheri vaahaka ea mee

  2. Xxxx

    ?furihama

    1. Zidhan
      Xxxx

      Noo 4 vana story esfiya.com ga!

  3. Zidhan

    Noo 4 vana story esfiya.com ga!

  4. އިންޝާ

    ޒިދާންގެ ވާހަކަތައް ވަރަށް ރީިތި. ދިގުވާހަކަ ޅިޔަން ވީއެއް ނުން.

  5. Wahy

    Varah ibrayitheri adhi ehaame reethi

  6. Pinky shifoo

    Nice…

  7. Ree

    I think she is 7 years old

  8. Zidhan

    Yeah may be! But, this is not a real story btw!

  9. aleena anii

    Aee 7 aharuge kuhhjehh ehn liyefa ohhnathan news thakun fehhnanyy

    1. Zidhan
      aleena anii

      Baeh habaru thakuga 7 , 6 , 8 , 9 vess eba huri! Khiyaalee vaahaka akah vumun umuru dhimaa nuvun eii massala eh nun! Mee seedhaa e haadhisaa ah binaakohfaii oiy vaahakaeh noon!

  10. Zidhan

    Mee hageegee vaahaka eh nun! Hama ekani zainab ge handhaanakah liyefa oiy hiyaalee vaahakaeh! Meega liyefaivaa umuru dhimaanuvun eii massala eh nuun sababakee hiyaalee vaahaka eh veema! Adhi habaru thakuga 6 7 8 9 mi hatharu umuru vess eba huri m3ntion vefa! So aslu umuru bunan vrh dhathi!

  11. Firoo

    V rythi story ☺

  12. ..

    Zainab he umuraky 7 aharu adhi ekuhjaa huree maama kaireega liyanyaa thedhu
    (: mauloomaathu liyun edhen

  13. Sana

    ???????

  14. Unaal

    Justice for zinab ..??

  15. Zidhan

    Thank u

  16. ާާާއ

    ލޮލުން ކަރުނަ ވެރޭތަ؟

  17. Emaa

    V rythi story

    1. Zidhan
      Emaa

      Thanks

  18. Mai

    V iburaiyy theri vhk eh v reethi

  19. Jeyz

    Zainab ah suvaruge mivaru kurah vaashi Aameen

Comments are closed.