Skip to content
އެސްފިޔަ

ފުރާވަރު

ކެރި ކަނޑާނުލައި އިރާކޮޅު ވެހުނު ވާރޭގަނޑުގެ ސަބަބުން އަހަންނަށް ހޭލެވުނީ ފިނިބޮޑުވެގެންނެވެ. އޭރު އަހަރެންނާ ޖެހިގެން ހުރި އެދުގައި ބައްޕައާއި މަންމަ ނިދާފައި އޮތެވެ. އަހަރެންގެ ގެ އަކީ އެހާ ބޮޑުގެއަކަށް ނުވާތީ އަހަރެން އެންމެ ކުޑައިރުއްސުރެ ނިދަންޖެހެނީ މަންމައާ ބައްޕައާ އެކީ އެއްކޮޓަރިއެއްގައެވެ. ޖެހިގެން ހުރި ކޮޓަރީގައި ނިދަނީ މަންމަ ކުރިން އިންމީހާއަށް ލިބުނު އަހަރެންގެ އެއްބަނޑު ބޭބެ އިހުސާން އާ ބޭބެގެ އަންހެނުންނާ ދެމީހުންނެވެ. އިތުރު ކޮޓަރިއެއް ނެތުމުގެ ސަބަބުން އަހަންނަށް ވަރަށް އުދަގޫތަކާ ދިމާވެއެވެ. ކޮންމެ ފަހަރަކުވެސް އެކަމާ ބެހޭގޮތުން މަންމަ މެންނާ ވާހަކަ ދައްކާ ފަހަރަކު އިހައް އަދި ނުވަނީކަމަށް ބުނެ ވާހަކަ ފޫބައްދާލައެވެ.

ފިނި ބޮޑުވުމުގެ ސަބަބުން އެތައް އިރެއް ވަންދެން ނުނިދި އޮންނަން އަހަންނަށް ޖެހުނެވެ. ފަތިސް ނަމާދު ބަންގީގެ އަޑަށް އަހަރެން ތެދުވެ ވުލޫކޮށްލައިގެން އައިސް މަންމައަށް ގޮވީމެވެ. ބައްޕައަށް ކޮންމެ ރެއަކު ނަމާދު ކުރުމަށް ގޮވިޔަސް ބައްޕަ ނުދެތުވާތީ ފަހުންފަހުން އައިސް އަހަރެން ނުގޮވަމެވެ. ބައްޕަ ނަމާދައް ފަރުވާ ކުޑަ ކުރީ އަހަރެން ވަރަށް ކުޑައިރުއެވެ. މަންމަ ވެސް ބައްޕަ ކައިރީ ނަމާދައް ދިއުމައް ބުނާތަނެއް އަހަންނަކަށް ނުފެނެއެވެ. އަދި ބައްޕައަކީ އަހަރެ މެންނާ އެހާ ވާހަކަ ދައްކާ ގާތްކޮށް އުޅޭ މީހަކަށް ނުވާތީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކާކަށްވެސް އަހަންނަކަށް ނުކެރެއެވެ.

މަންމަ އާއެކު ފަތިސް ނަމާދު ކުރުމަށްފަހު ކޮފީތައްޓެއް ބޯލައިގެން އަހަރެން މަގުމަތި ކުނި ކެއުމައްޓަކާ ނުކުތީމެވެ. ކޮންމެދުވަހަކުވެސް ސްކޫލައް ދިއުމުގެ ކުރިން މަންމައަށް ފަސޭހަ ކުރުމައްޓަކާ އަހަރެން މަގުމަތި ކުނިކަހާ ގޭތެރެ ސާފުކޮށް ހަދާލަމެވެ. އަހަރެންގެ ބޭބެގެ އަންހެނުންނަކީ އެހާ މުރާލި މީހަކަށް ނުވާތީ ގޭތެރޭގެ އެހެން ހުރިހާ ކަމެއް ކުރަންޖެހެނީ މަންމަ އެކަންޏެވެ. ގިނަ ފަހަރަށް ހޭލާނީވެސް މަންމަ ސައިހަދާ އެމީހުންނަށް ގޮވާފަހުންނެވެ. އެހެންކަމުން ސްކޫލު ނިމިގެން އައިސްވެސް ވީވަރަކުން އަހަރެން މަންމަ ކުރާ މަސައްކަތްތަކުގައި އެހީތެރިވެދީ ހަދަމަވެ.

އާދައިގެ މަތިން ސްކޫލައް ދިއުމަށްޓަކާ ފެންވަރާ ރީތިވެލައިގެން ސައިބޯން ބަދިގެ ފަރާތައް އަހަރެން ދިޔައީމެވެ. އޭރު ބައްޕަވެސް ހޭލައިގެން މަހައްދިއުމަށްޓަކާ ސައިބޯން މޭޒް ދޮށުގައި އިނެވެ. މަންމަ އުދުން ދަށުގައި ބައްޕަ ކުރިންރޭ ގެނައި މަސްތަކަށް ދިލަ އެރުވުމައްޓަކާ އިނެވެ. އަދި އަހަރެން ވަންއިރަށް ގަޑިނުޖެހެނީސް ސައިބޮއެގެން އަވަސްކޮށްލުމަށް ބުންޏެވެ. އަހަރެންވެސް ސައިބުއިމައްޓަކާ މޭޒު ދޮށުގައި އިށީނީމެވެ. އަދި ވަރަށް ކުޑަ ގޮތެއް ހަދާލައިގެން ފޮތްތައް ހިފައިގެން އަހަރެން ގެ އެންމެ ގާތް ރަހުމަތް ތެރިޔާ ކަމަށްވާ ނިޝާއާއެކީ ސުކޫލައްދިޔައީމެވެ.

ދުވަސްތައް މި ގޮތައް ފާއިތުވަމުންގޮސް މަންމަ އެއްދުވަހު ވަރަށް ބޮޑަށް ބަލިވެގެން މާލެ ގެންދަން ޖެހިއްޖެއެވެ. އޭރު ބައްޕަމެން ދޯނީގެ މީހެއްވެސް އޭނަގެ ދަރިފުޅު އޮޕަރޭޝަންއެއް ކުރުމަށްޓަކާ ބޭރަށްގޮސްފައިވާތީ ދޯނީގައި މީހުން މަދުކަމުން މަންމައާއެކު މާލެ ފޮނުވީ ބޭބެއާއި ބޭބެގެ އަންހެނުންނެވެ. މަންމަ ކުއްލިޔަކަށް އެހާ ބަލިވުމުން އަހަރެން ވަރަށް ދެރަވިއެވެ. ގޭގައި އަހަންނާ ހިތްހެޔޮ ކަމާއެކު ވާހަކަ ދައްކާ ހަދާލާ ހުންނާނީ މަންމަ އެކަންޏެވެ. އެހެންމީހުން ގޭގައި އުޅުނަސް އެއީ ނުވާބައެކޭ އެއްފަދަ އެވެ. އެހެންކަމުން އަހަރެން ވަރަށް އެކަނިވެރި ވިއެވެ.

މަންމަ ނެތުމުގެ ސަބަބުން އަހަރެން ކޮންމެ ދުވަހަކުވެސް ފަތިސްނަމާދު ބަންގި ގޮވުމުގެ ކުރިން ސައިތައްޔާރު ކޮށްލާ ބަދިގޭގެ ކަންތައްތައް ނިންމާލާހަދަމެވެ. އެއީ ބައްޕަ މަހައްދާންވާއިރަށް ސައިނުހެދިދާނެތީއެވެ. ކިޔެވުމުގެ ކަންތަކާ ގޭގެ ހުރިހާކަމެއް އެކަނި މާ އެކަނި ކުރަންޖެހުމުން އަހަންނަށް ވަރަށް ބުރަވިއެވެ. އެހެންނަމަވެސް މަންމަ އަންނަންދެން މިނޫން އެހެން ގޮތެއް ނެތެވެ.

އެއްރެއެއްގެ ދަންވަރެވެ. އަހަނަށް ހޭލެވުނީ މީހެއްގެ ހޫނު ބީހުންތަކެއްގެ ސަބަބުންނެވެ. އަހަންނަށް ހޭލެވުން އިރު އެމީހަކު އަހަރެންގެ ހަރުވާޅު ބާލަނީއެވެ. އަހަރެން ހަޅެއްލަވައި ގަތުމައް އަގަ އުޅުވާލި ވަގުތު ވަރުގަދަ ދެއަތުން އަހަރެންގެ އަގައިގައި އަތް އަޅާ ބާރު ކޮށްލިއެވެ. ފަޑު އަލީގެ ސަބަބުން އަހަންނަށް އެއީ ކާކުކަން ނަގާތް ގައްނަން އިރު ކޮޅެއް ނެގިއެވެ. މާތް ކަލާކޯއެވެ. އެއީ އަހަރެންގެ ބައްޕައެވެ. ހެޔޮވާނީ ކިހިނަކުން ހެއްޔެވެ. އަހަންނަކީ އޭނަގެ ދަރިއެވެ. ދަރިއަކަށް އެހާވަރުގެ ބޮޑު އަނިޔާއެއް ބަފަޔަކުގެ ފުށުން ދޭން ހެޔޮނުވާނެއެވެ. ބަފައިންނަކީ އަންހެންދަރިންނައް ދިމާވާ ހުރިހާ ދަތިތަކަކުން ސަލާމަތް ކޮށްދިނުމަށް ތިބޭބައެކެ. އެހެން ނަމަވެސް އަހަންނަށް މިއޮށް ކުރި މަތިވިކަމެއް ދެކިބަލާށެވެ.

އަހަރެން ގަޔައް ލެވުން ބާރެއްލައި އެއަނިޔާވެރި ދެއަތް ކިބައިން ސަލާމަތްވާން މަސައްކަތް ކުރީމެވެ. އެހެންނަމަވެސް އަހަރެން ކުރި ހުރިހާ މަސައްކަތެއް ދިޔައީ ފެނަށެވެ. އެމީހާ އަހަރެންގެ ހަށިނގަޑުގެ ހުރިހާ ލެއެއް ބޯލައިފިއެވެ. ނުރިއްސާ އެންމެ ތަންކޮޅެއްވެސް އަހަރެންގެ ހަށިގަނޑުގައިނެތެވެ. ރޮއެރޮއެ އަހަރެންގެ ދެލޯވަނީ ދުޅަވެފައެވެ. އަހަރެންގެ ހަށިގަނޑުން އޭނަ ބޭނުންވާވަރަށް ހިތްހަމަޖެހުން ހޯދުމަށް ފަހު އޭނަ ދީޔައީ އަހަންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އެއީ އަހަރެން މިވާހަކަ އެއްވެސް މީހެއްކައިރީ ބުނެފިއްޔާ އަހަރެން މުޅިރަށައް ބަދުނާމު ކޮށްލާ މަންމަގެ ދުވަސްވެސް ދުއްވާލާނެ ކަމަށް އޭނާބުންޏެވެ. ބައްޕަގެ މަގާމުގައި ހުރި މީހަކު އެދިއައީ އަހަރެންގެ އެންމެ އަގުބޮޑު ހަޒާނާވެސް ހިފައިގެންނެވެ. ދުވަހަކުވެސް އަހަންނަކަށް އެ ހަޒާނާ އަދި ގެއްލިގެންދިޔަ އިއްފަތްތެރިކަން އަބުރާ ނުލިބޭނެއެވެ. އެދުވަހަށް ފަހު އަހަރެންގެ ހިތުގައި އެމީހާއަށް ދެވިފައި އޮތް ބައްޕަގެ މަގާމު އެއްކޮށް ފުހެވިގެން ދިއެވެ. އަދި ނަފުރަތާ ރުޅިވެރިކަމުން އަހަރެންގެ ހިތް ފުރިގެން ދިޔައެވެ.

އެރެއަށްފަހު މަންމަ ރަށައް އައުމާ ހިސާބައް އެއްރޭވެސް އަހަންނަށް ހަމަޖެހިގެން ނުނިދެއެވެ. ކޮންމެ ރެއަކުވެސް އެމީހާދަނީ އޭނަ ބޭނުންވާ ކަންތައްތައް އަހަރެންގެ ހަށިގަނޑުން ފުއްދުމަށް ފަހުގައެވެ. އަހަރެންގެ ބެސްޓް ފުރެންޑް ކައިރީގައިވެސް އެތައްފަހަރަކު އެވާހަކަ ބުނަން އަހަރެންގެ ހިތައްއެރި އެވެ. އެހެންނަމަވެސް އަމިއްލަ ބައްޕައަކު މިފަދަ ހަޑިހުތުރު އަމަލެއްހިންގުމުން ގަނެފައި ހުރި ބިރާ އަދި ލަދެއްގެ ސަބަބުން އަހަންނަށް އެވާހަ ބުނާކަށް ނުކެރުނެވެ.

މަންމަ މާލެއިން ރަށަށްއައުމުން އަހަރެން ވަރަށް ހިތްހަމަ ޖެހުނެވެ. އަދި ބައްޕަ އަށް އަހަންނަށް އިތުރަށް ގޯނާ ނުކުރެވޭނޭ އަހަރެންގެ ހިތައްއެރިއެވެ. އެހެންނަމަވެސް ކަންތައްވީ އެހެންނެއް ނޫނެވެ. ކޮންމެ ރެއަކުވެސް މަންމަ ނިދުމުން އަހަންނައް ބައްޕަގެ ފުށުން އެތައް ވޭނެއް ތަހަންމަލް ކުރަންޖެއެވެ. އަހަރެންގެ މިޒާޖައް އަންނަމުންދާ ބަދަލަލުގެ ސަބަބުން ސުކޫލުގައިވެސް ޓިޗަރުން އެކަމާގުޅޭގޮތުން އެކި ސުވާލުތައް އަހަރެންނާ ކުރަމުން ގެންދިޔައެވެ. އެހެންކަމުން ސުކޫލައް ދިއުންވެސް އަހަންނަށްވީ ބޮޑު ވޭނަކަށެވެ. އަދި އިތުރަށް ސްކޫލައް ގޮސް އެހެންމީހުންނާ ކުރިމަތި ލުމަށް އަހަރެން ބޭނުމެއްނުވިއެވެ. ގިނަވަގުތު އެކަހެރިވެ އެންމެންނާ ދުރުގައި އުޅުމަށް އަހަރެން ލޯބި ކުރީމެވެ.

އަހަރެން ސުކޫލައް ނުގޮސް ހުރިހާ ކަމަކާ ފަރުވާ ކުޑަ ކުރަން ފެށުމުން މަންމަ އަހަރެން ކައިރީ ވެގެން އުޅޭގޮތް އެހިއެވެ. އަހަންނައް އިތުރަށް ކެތެއް ނުކުރެވުނެވެ. މީހާ ހުރިތަނައް ތިރިވީއެވެ. އަދި މޫނުގައި ދެއަތްއަޅާ ބާރަށް ރޯންފެށުނެވެ. މަންމަ އަށް އަހަރެންގެ އެހަރަކައިތުން ލިބުނީ ކުއްލި ހައިރާންކަމެކެވެ. އަދި އަހަރެންނާ ގާތްވެލާފައި ގުދާރުގައި ފިރުމާލުމަށްފަހު ވެގެން އުޅޭގޮތް ކިޔާދިނުމައް ބުންޔެވެ. އަހަރެން ވަރަށް ހިތްވަރު ކޮށްފައި ބައްޕަގެ ވިޔާނުދާ އަމަލުތަކުގެ ވާހަކަ މަންމައަށް ކިޔާ ދިނީމެވެ. މަންމަ މާލެ ދިއުމައްފަހު އަހަރެން އުޅެންޖެހުނު ހިތްދަތި ގޮތުގެ ވާހަކަ އަހަރެން ކިޔާދިނީމެވެ. މަންމަ އަހަރެންގެ ވާހަކަ އަޑުއަހަންއިނީ ހައިރާންކަމާ އެކީއެވެ. ބުނާނެ އެއްޗެއްނޭގި އިރުކޮޅެއްގެ ހަމަހިމޭން ކަމަކަށްފަހު އަހަރެންކައިރީބުނީ ބައްޕަ އަހަރެންނައް އެހެން ނުހަދާނެކަމަށެވެ. އަދި ބައްޕައަކީ އެކަހަލަ މީހެއްނޫން ކަމަށާއި މީހުން ތިބޭތަންތާ ތިވާހަކަ ނުދެއްކުމައް ހަރެންކައިރީ މަންމަ އެދުނެވެ. އަދި އެފަދަ ވާހަކަ ތަކުން އާއިލާ ބަދުނާމުވާނެކަމަށް މަންމަ ބުންޏެވެ. އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. ހިތްކުދިކުދި ވި ކަހަލައެވެ. އަހަރެން ހީކުރީ މަންމަ އަހަރެން ދައްކަ ވާހަކަ ގަބޫލުކުރާނެ ކަމަށެވެ. ބައްޕަ ހިންގި ވިޔާނުދާ އަމަލު ކުއްވެރިކޮށް އަހަރެން ހިމާޔަތް ކުރާނެކަމަށެވެ. އަކަމަކު ކަންތައްމިވީ އެހެނަކުން ނޫނެވެ. މަންމަ އެހެން ބުނުމައްފަހު ބަދިގެއާވީ ދިމާލައް ދިއުމަށް ހިނގައިގަތެވެ.

އަހަރެންނަށް ބުނާނެ އިތުރު އެއްޗެއް ނޭގުނެވެ. ގިނައިން ރޮއުމުގެ ސަބަބުން އަހަރެންގެ މޭގައި ގަދަޔައް ރިއްސަންފެށިއެވެ. އަމިއްލަ ނަފުސު ކުއްވެރިކޮށް ދުނިޔެމަތިން ފޫހިވާންފެށިއެވެ.

އިތުރައް އެވޭން ތަހައްމަލުކޮށް އެކަމާ ކުރިމަތިލާނެ ހިތްވަރެއް އަހަރެންގެ ހަށިގަނޑަކު ނެތެވެ. އަހަރެންގެ ދިފާއުގައި ވާހަކަ ދައްކާ، އަހަރެންގެ ހިމާޔަތައްއެދި އާދެސްކުރާނެ މީހެއް މިޔަދުނެތެވެ.

ތެދުވެ ދެލޯ ފޮހެލުމައްފަހު އަހަރެން ކޮޓަރިއަށް ދިއުމަށްޓަކާ ހިނގައިގަތީމެވެ. އަދި ކޮޓަރިއަށް ވަދެ، އެތެރެއިން ދޮރު ތަޅުލުމައްފަހު ކިޔަވަން ގެންގުޅޭ ފޮތްތަކުގެ ތެރެއިން ފޮތަކާ ގަލަމެއް ނަގާ ލިޔަން ފެށީމެވެ.

“ލޯބިވާ މަންމާއެވެ. މަންމަ އަށް މިސިޓީ ފެންނަ އިރައް އަހަރެން މިދުނިޔޭގައި ހުންނާނެކަމެއް ނޭގެއެވެ. އަހަރެން މި ވޭންދެނެވި ދުނިޔެއާ ވަކިވެގެން މިދަނީ ނިކަމެތި ހާލުގައެވެ. އަމިއްލަޔަށް މަރުވުމަކީ ކިހާބޮޑު ފާފައެއްކަށް ހުދު އަހަރެންނައްވެސް އެގެއެވެ. އެހެންނަމަވެސް ބައްޕަގެ ފުށުން ލިބެމުންދާ އަނިޔާތަކަށް އިތުރަށް ކުރިމަތިލާނެ ހިތްވަރެއް މިނިކަމެތި ހަށިގަނޑަކުނެތެވެ. މަންމައަކީ އަހަރެންގެ އެންމެފަހުގެ އުންމީދެވެ. އެހެންނަމަވެސް އަހަރެންގެ ވާހަކަތައް ގަބޫލުކުރުމުގެ ބަދަލުގައި މަންމަ ދިނީ ފުރަގަހެވެ. އަހަރެން މިޔަދު ވަރަށް އެކަނިވެރިވެއްޖެއެވެ. ދުނިޔެމަތިން ފޫހިވެއްޖެއެވެ. އަހަންނަށް ކުށެއްކުރެވިފައި ވާނަމަ މަންމަ އަހަންނަށް މާފުކޮށްދެއްޗެވެ. އދި މަންމަގެ މިދަރިފުޅެގެ ފާފަ ފުއްސެވުންއެދި ﷲގެ ހަޟްރަތުގައި ދުޢާ ކޮށްދެއްޗެވެ. މަންމަ ދެކެ އަބަދައްމެ ލޯބިވާ އީން.”

ޒަރާނާ (އީންގެ މަންމަ) ބަދިގޭގެ ކަންތައްތައް ނިންމާލުމަށްފަހު ކޮޓަރިއަށް ވަނުމައްޓަކާ ތަޅުގައި ހިފާލިއެވެ. ނަމަވެސް ކޮޓަރި ތަޅުލައިފައި ހުރުމުން ދެފަހަރަކު އީންއަށް ގޮވާލުމައްފަހު ހަބަރެއްނުވުމުން، ލިބާހުގެ ޖީބުން ދަޅުދަނޑިފަތި ނަގާ ދޮރުހުޅުވާލިއެވެ. އަދި އެވަގުތު ޒަރާނާގެ ދެލޯބޮޑުވިއެވެ. އަދި ދަރިފުޅާއޭކިޔާ ނެއްތަނައް ހަޅެއްލަވައި ގަތެވެ.އޭރު އީން ފަންކަލުގައި ދަންޖެހިފައި ހުއްޓެވެ. ޒަރާނާ ދުވެފައި ގޮސް އީންގެ ދެފައިގައި ހިފާ އޮޅުލައި ގަތެވެ. އަދި ބާރައް ރޯންފެށުނެވެ. އެވަގުތު ކަބަޑުމަތީ ބާވައިފައި އޮތް ކަރުދާސް ގަނޑު ޒަރާނާގެ ލޮލުގައި އަޅައިގަތެވެ. ޒަރާނާ ކަރުދާސް ގަނޑުނަގާ ކިޔަންފެށިއެވެ.

ކޮންމެ ޖުމްލައަކުން ޒަރާނާގެ ހިތް ފޫދުއަވާލައެވެ. ސިޓީ ކިޔާ ނިމުން އިރު ޒަރާނާއަށް ބާރައް ގިސްލެވެއެވެ. އަދި އަޑުހަރުކޮށް މަންމައަށް މާފުކުރާށޭ ކިޔާ ހަޅެއްލަވަން ފެށިއެވެ.

ޒަރާނާގެ އަޑައް ޖެހިގެން ހުރި ކޮޓަރީގަ ނިދާފައި އޮތް އިހުސާންގެ ދެމަފިރިންނާ، އަވައްޓެރިންވެސް އެކޮޓަރި ތެރެއަށް ވަދެ ޖަމާވާންފެށިއެވެ. ދެންވީ ގޮތެއް ހުދު ޒަރާނާއަށްވެސް ނޭގެއެވެ. ހޭވެރިކަން ވީއިރު އީންގެ ހަށިގަނޑު ނަގާ ތަޅުންމަތީ ބާވާލެވިފައި އޮތެވެ. އަދި ހަށިގަނޑު ކައިރީގައި ޕޮލިހުން ހަރަކާތްތެރި ވަމުންދެއެވެ. މުޅި ގެއާ ކޮޓަރީގައި ރަށުގެ މީހުން އެއްވަފައި ތިއްބެވެ.

ޒަރާނާ ހަމަޖެހިލުމަށް ވަގުތު ދިނުމައްފަހު ޕޮލިހުން އީންގެ މަރާބެހޭގޮތުން ޒަރާނާއާ ސުވާލު ކުރަން ފެށިއެވެ. ޒަރާނާ ކަރުނައިން ފުރިގެން ވާ ދެލޮލާއެކު އީން އަށް ދިމާވި ކަންތައްތަކުގެ ވާހަކަ ކިޔާދެން ފެށިއެވެ. މިޔަދު އޭނަގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު އޭނައާ ވަކިވެގެން އެދިޔައީ އޭނަގެ ކުށުން ކަމުގައި ބުންޏެވެ. ދަރި ފުޅުގެ ވާހަކަތައް ގަބޫލުކޮށް ، ފުރާވަރުގެ އަންހެން ކުއްޖަކަށް ދޭންވާވަރަށް އަހަންމިއްޔަތުކަން ދެވުންނަމަ މިދުވަސް ދެކެން ނުޖެހުނީސް ކަމައްބުނެ ޒަރާނާ ރޯންފެށިއެވެ.

ޕޮލިހުން މުނައްވަރު (އީންގެ ބައްޕަ) ހޯދުމައްފަހު މައްސަލަ ތަހުޤީޤުކޮށް މުނައްވަރަށް ހައްޤުވެގެންވާ އަދަބު ދިނެވެ. އަދި އީންގެ މަރު ވީ މުޅިއެރައް ސިއްސުވާލި މަރަކަށެވެ.

 

-ނިމުނީ-

 

ނޯޓް: ކިތައްމެ ކައިރީގަ ގާތްކޮށް އުޅޭ މީހެއްވެސް މި ވެނިކަމެއް ނުކުރާނެއޭ ހީނުކުރާށެވެ.  މިފަދަ ކަންތައްތައް ފޮރުވުމަކީ މިކަހަލަ މީހުންނައް ލިބޭނެ ހިތްވަރެކެވެ. މިފަދަ އަމަލުތަކުގެ ޝިކާރައަކަށް ވެފައިވާ ކުދިންނައް އިންސާފު ހޯދައި ދިނުމަކީ ދެންތިބޭ މީހުންގެ ވާޖިބެކެވެ.

Comments (24)

  1. S

    V reethi mi stry?

  2. Zaaraa

    Hithaama hutikameh vaahaka v reethi?

    1. aminath shiyaa
      Zaaraa

      Thank you ?

  3. Pinky shifoo

    Varah reethi

  4. Au

    Varah reethi???

  5. Shiyaa

    Thank you ????

  6. aminath shiyaa

    ސަޅި

    1. aminath shiyaa
      aminath shiyaa

      ޝުކުރިއްޔާ ވާހަކަ ކިޔާ ކޮމެންޓް ކުރި ހުރިހާ ކުދިންނައް

    2. Nazeera
      aminath shiyaa

      I think kiyaa komemeeehakuves mi story in asarukuraane. Because this really about furaavaru about the girl who faces these and tolerate them. But do you know the one who who takes the courage and faces one could live more happy life. Because you are not wrong or unpure. And shiya thanks for writing the story based on these topics for alerting everyone. Once again thanks

  7. Sweetie

    Aharemen rashugai bappa 3 anhendharin nolhaali. Manma moyavaa dharaja ah dhiya. Ekamakuves bappayakah adhabeh nulibey. Mihaaruves hama ufalugai ulhemun eba gendhey

    1. Naa
      Sweetie

      Mee v hithaama veri kameh..

  8. Emaa

    ?Varah reethi?

  9. Afshaan

    Vara salhi Vaahaka

  10. Ainy

    ..A good moral to the society

  11. kk

    Vaahaka varah reethi

  12. kk

    Note ge baigai amihla ah maruvumakee kihaa varehge kamehkan bunedhinnama varah rangalhuvees kan neyhe

    1. aminath shiyaa
      kk

      Yes a very good point thank you

  13. Laishaa Naes

    v reethi mi vaahaka

  14. Haan Shaa

    wow 🙂 <3

  15. Modm

    True but sad story

  16. Umar Sobah

    Vvvv reethi keep it up

  17. Pinky

    Vara nice story

  18. my-sha

    ވވވ ރީތި….

  19. aminath shiyaa

    V bodah shukurihyyaaa mi vaahaka kiyaa comment kuri hurihaa kudhin nah ???

Comments are closed.