މިޝްކާ ގެ ނަޒަރުން ******************* އަހަރެންގެ ހިތް އަދިވެސް ހަމަޔަކަށް ނޭޅެއެވެ. ޔާއިން ގެ އަތުތެރޭގައި އޮވެވުނީ ކަން އެނގުނު ވަގުތު ބިން ފަޅާފައި އަޑިއަށްދާނަމޭ ހިތަށް އެރިއެވެ. ނަސް ދައްތަ ގާތަށް ދިޔައީ ޔާއިން އަންނާނެކަމަށް ނޫނެވެ. ނައިރާގެ ފަރާތުން އަހަންނަށް އެނގިފައި އޮތީ ޔާއިން މަޝްހޫރު ގޭންގަކާއިގުޅިގެންއުޅޭކަމަވެ. ނައިރާމެން ގޭގައި އުޅުނެއްކަމަކު އޭނަ އުޅޭނީ ބިރަށްޓިއްސެންހެނެވެ. ޚުދު އަހަރެންގެ ދެލޮލުންވެސް އެކަންތައްތައް ދުށީމެެވެ. ކުޑައޖރުންސުރެ އަހަރެންނާއި ޔާއިން އަކީ އަރާރުންވުމުގެ އެއްވަނާގައި އުޅޭ ދެމީހުންނެވެ. […]
އެނބުރި ޑޮކްޓަރަށް ބަލާލި ދެމީހުންނަށް އަނެއްކާވެސް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. “ކޮންމެ ދެމަފިރިއަކަށްވެސް އެންމެ އުފާވެރި ހަބަރަކަށް ވާނެ މި ހަބަރު” ޑޮކްޓަރުގެ މި ޖުމްލަ ދެމީހުންގެ ކަންފަތުގައި ވެސް ގުގުމަމުން ދިޔައެވެ. “ކީކޭ” ރާސިލް އަށް ހައިރާން ކަމާއެކު އަހާލެވުނެވެ. އައިލީޝް އަށް އެއްޗެކޭ ނުބުނެވޭކަން ޔަގީންވުމާއެކު އޭނާ އަތުންވެސް އިޝާރާތް ކޮށް ކީކޭ ހޭ އަހާލިއެވެ. “މިބުނީ އައިލީޝް ބަނޑުބޮނޑޭ” ޑޮކްޓަރު އިތުރަށް ތަފްސީލް ކޮއްލަދިނެވެ. ފިރިހެން ޑޮކްޓަރަކަށްވިޔަސް ދިވެހި ޑޮކްޓަރަކަށް ވުމާއެކު […]
އެއް މަސް ފަސް…. ” މަންމާ… ކޮބާ ޔާނީ ” ފުޓުބޯޅަ ކުޅެނިންމާފައި ދުވެފައި ގެއަށް ވަދެގެން އައި އީތަން އޭނާ މަންމަ ރާނިޔާ ކުރެން އެއްސެވެ. ” ސައިބޯން އިނީ ….އީތަންވެސް ފެންވަރައިގެން ސައިބޯން ދޭ އަވަހަށް..” ގަސްތަކަށް ފެންދިނުމުގައި އަވަދިނެތި އުޅުނު ރާނިޔާ ބުންޏެވެ. މަންމަގެ ޖަވާބު އަޑުއެހުމަށް ފަހު އީތާން ގޭތެރެއަށް މިސްރާބު ޖެހިއެވެ. ބަދިގެ މޭޒު ކައިރީ އިށީނދެގެން ރޮށްޓާއި ގަރުދިޔަ އަތުން މޮޑެގެން ކަމުން ދިޔަ އަޔާނީ އިނީ އޭނާގެ […]
ކައިރީގައި އޮތް ފޯނު ރިންގުވާ އަޑަށް ކުއްލިއަކަށް ޝިނާން ދެލޯ ހުޅުވާ ބަލާލިއެވެ. ފޯނު ރިންގުވަނީ އެއް ނޫނެވެ. ފޯން އެލާމް ވަނީއެވެ. މާލޭގައި އުޅޭއިރު އެގަޑިއަކީ އަބަދުވެސް އޭނާ ޖިމަށް ދާ ގަޑިއަށް ވުމާއެކު ކޮންމެ ދުވަހަކު އެގަޑިއަށް ފޯން އެލާމްވާނެއެވެ. ޝިނާން ފުންމައިގެން ތެދުވިއެވެ. ހުރިހާ ގޮށްތަކެއް ނެއްޓިފައިވާ ކަޅު ކުލައިގެ ގަމީސް ދެއަތުން ވަކިކޮށްލުމަށްފަހު ދުރުގައި ބޭއްވިއެވެ. ގިނައިރު ނިދާލެވުނީތީ ސިކުނޑިއަށް ލުއިވެފައި ވިޔަސް ހިތަށް ވަނީ ހުސްކަމެއް ވެރިވެފައެވެ. ފެންވަރަން ވަނީ […]
މިހުރިހާކަމެއްގެ ސަބަބުން ކުޑަ ކުޑަ ޔަނާލަށް ލިބެމުން ދިޔައީ ހައިރާންކަމެކެވެ. މަންމަގެ ނިޔާވުމަށްފަހު އޭނާގެ ބައްޕަޔަށް ބޮޑެތި ބަދަލުތަކެއް އައިސްފިކަން އެ ޅަސިކުނޑިއަށްވެސް ވިސްނުނެވެ. ލޯބިވާ ބައްޕަގެ ފަރާތުން ލިބޭ ވޭނީ ހަޅޭކާއި ކުރާ އަނިޔާތަކުން ލިބޭ ޒަހަމްތަކުގައި އަޅާ ވޭނުން އޭނާ ނުރޮއެދާ އެންމެ ދުވަހެއްވެސް ނުދެއެވެ. އެ ގޭގެ މަސްލަހަތު އިތުރަށް ގޯސްވެގެން ދިޔައީ އައިކަލް އޭނާގެ ހަޔާތަށް އިތުރު އަންހެނަކު ގެނައުމުންނެވެ. އާލިމާއަކީ އޭނާގެ އުމުރުގެ މީހުންގެ ތެރެއިން ހޮވާލެވިދާނެ ފަދަ ރީތި […]
ކުޑައިރު ކޮޅަކު ހޮސްޕިޓަލް ގައި ހުރެފައި އަރެން ގެއަށް ދިޔައީމެވެ. ގެއަށް ދިޔަ މަގުމަތީ ރިހާމް އަށް ގުޅާފައި ގެއަށް އައިސް ދިނުމަށް ބުނީމެވެ. އަހަރެން ދިޔަ އިރު ރިހާމް ތިރީގައި ހުއްޓެވެ. ދެމީހުން އެކީގައި ގޮސް ލިފްޓައް އެރީމެވެ. *************************************** “ރިހާމް ޔޫ ނީޑް ޓު ހެލްޕް މީ ޓު ކްލީން އަޕް ދިސްމެސް!” އަހަރެން ކޮޓަރި ރިހާމަަށް ދައްކާލިމެވެ. “ލާހައުލަ ވަލާ ގުއްވަތަ އިއްލާބިއްލާހް!ޔާން މިކޮންކަމެން؟ސުބުހާނައްﷲ!” “ރިމް ވިލް ޔޫ ހެލްޕް މީ […]
ރާސިލް އުނދަގޫ ގޮތަކަށް ލޯ ހުޅުވާލުމާއެކު އޭނާ މޭޒުމަތީގައި އިން ފޯންނަގާ ނަމާދަށް ދާށޭ ލިޔެލާފައި ދަށްކާލިއެވެ. އައިލީޝް ގެ މިއަމަލުން ރާސިލް ގެ ތުންފަތަށް މިފަހަރަ ހިނިތުންވުމެއް ވެރިވިއެވެ. ހެޔޮލަފާ އަންބެކޭ ހިތަށް އެރިއެވެ. ރާސިލް ވެސް އެއްވެސް އެއްޗެއް އިތުރަށް ބުނުމެއްނެތި ފާހާނާއަށް މިސްރާބުޖެހިއެވެ. ޒީޝާ އޭނާގެ އެއްފަރާތުގައި އަރާމުކޮށް ނިދާފައިވާ މާނިއު އަށް ބަލާލިއެވެ. ފެންކަޅި ވެފައި ވީ ދެލޮލާ އެކީ އޭނާ ބަލަން އިން އިރު އެ ހިތުގައި އަޅަމުން ދިޔަ […]
“ﷲ ގެ ހެޔޮ ރަހްމަތްފުޅުން ހުރިހާ ކަމެއް ވެސް ރަނގަޅު. މާބޮޑަށް ދެރަވީ ކަންނޭނގެ. މިހާރު އޮތީ ހޭލާ. އެކަމަކު ވަރަށް މާޔޫސްވެފައި އޮތީ… ބައްދަލުކުރެވޭނެ މިހާރު” އަވަސް ފަރުވާދޭ ބައިން ނިކުތް ޑޮކްޓަރ ވާހަކަދެއްކީ ގޮނޑިތަކުގައި ތިބި ރިމީޝާގެ އާއިލާއާއެވެ. ނަޒީމް އާއި ބައްދަލުކުރުމަށް ރިމީޝާ ނޫން އެހެން އެންމެން އެތެރެއަށް ވަނެވެ. ރިމީޝާ މިސްރާބު ޖެހީ ގެއާއި ދިމާލަށެވެ. އޭނާ ހުރީ އިންތިހާ އަށް ދެރަވެފައެވެ. މިއަދު އޭނާގެ ބައްޕަ އަށް އެެހެން އެވީ […]
ދޮންބެ. ވަރަށް ބަނޑުހައި ހިނގާ އަވަހަށް ކާން ދާ ރައި ދައްތަ ހަދާ އެއްޗިހި ވަރަށް މީރުވާނެ!” ނައިރާ ގޮވައިގެން ރޫމްއާއި ދިމާއަށް މިސްރާބު ޖެހިިީމެވެ. ****************************** ހެނދުނު ގެ ނާސްތާ ނިއްމާލުމަށް ފަހު ނައިރާ ގޮވައިގެން ގެއަށް ދިޔައީމެވެ. ނުވަ ބުރިއަށް ނަގާފައިވާ ގޭގެ ހަތަރުވަނަ ފަންގިފިލާ އެއީ އަހަރެމެން ގެ ބަޔެވެ. ގެއަކީ ބައްޕަ ފަރާތު ކާފަ ގެ ގެއެވެ. އަހަރެން ގެ އުމުރުން އެންމެ ހަތަރު އަހަރުގައި ބައްޕަ ވަނީ މި އަނިޔާވެރި […]