Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިއެހެނިހެންލޯބި

ބޭނުންވަނީ ޔާރާ… 8

Hawwu (Layaa) Level 6100 Comments10 Stories500 Comments100 Login100 Stories
April 21, 2018 5 Mins Read
19 Comments

“ޖައި ހިނގާބަލަ އެތެރެއަށް .. ” ޒޯހާ ޖައިލަމްއަށް ބަލަންއިންގޮތުން ގާސިމްގެ ވާހަކަ ބުނެފާނެތީ ލަޔަކް އަވަހަަށް ޖައިލަމްގޮވައިގެން ޒޯހާބަހައްޓަން ވިސްނި ކޮޓަރިއަށް ވަނެވެ. ލަޔަކް އިތުރު ވާހަކައެއް ދެއްކުމެއްނެތި އަވަހަށް އެތާންގެ އެތެރެސާފުކުރަން ފެށުމުން ޖައިލަމްވެސް އެއީ ކޮންކުއްޖެއްތޯ އަހަން ހިތަށްއަރާފައިވެސް ލަޔަކްއަށް އެހީވެދިނުމަށް އެނބުރިލިއެވެ.

“ތިޔައީ ކޮންކުއްޖެއްތަ..” ރަޝްފާ އޯގާތެރިކަމާއެކުގައި އަހާލިއެވެ. ” އަޅުގަނޑަށް ކިޔަނީ ޒޯހާ… އަޅުގަނޑަކީ ފުއައްމުލަކް ކުއްޖެ.. ހާލުގައިޖެހުނުދުވަހު އެހީތެރިކަމާއި ރައްކާތެރިކަމުގެ އަތެއް ފޯރުކޮށްދެއްވީ ތިޔަފަރާތުހެޔޮލަފާ ދަރިފުޅާއި އޭނާގެ ރަހުމަތްތެރިއެއް.. ” ހިތާމައިގެ ތަސްވީރެއްފަދައިން އިސްޖެހިފައިވާ ޒޯހާ ރަޝްފާގެ އަޑުގައިވާ ހިތްހެޔޮކަން އިހްސާސްކުރެވުމާއެކު ވާހަކަދެއްކިއެވެ. “އެހެންތަ.. ޒޯހާ.. ޒޯހާގެ މޫނުމަތި ތިހުރީ ކިހިނެއްވެފާތަ.. ޔާރައްބީ.. ތުންފަތްކައިރިން ފަޅައިގެންވެސް ގޮސްފަދޯ.. އެއްޗެއްކައިފިންތަ މިހާރު.. ” ރަޝްފާދެއްކި ވާހަކައަށްް ދޭނެ ޖަވާބެއް ނޭންގުމާއެކު ބޯހޫރާލިއެވެ. “އެބައަންނަން އިނގޭ ސައިތައްޔާރު ކޮއްލާފަ.. ހަމަޖެހިލައިގެން އިނދޭއިނގޭ.. ” ރަޝްފާއަށް ޒޯހާގެ މޫނަށް ވީގޮތް ފެނުމާއެކު އިތުރަށް އެވާހަކަ ނުދައްކަންވެގެން އަވަހަށް އެތެރެއަށް ދިޔައެވެ.

ފަނަރަވަރަށް މިނެޓްތެރޭ ކޮޓަރީގެ ފަރުނީޗަރުތައްމަތީގައި އަޅާފައިވާ ހުދުފޮތިތަށްނަގާ ހިރަފުސް ފޮޅާލުމާއެކު ކުނިކަހާލާ މޮޕްލާ ނިންމާލިއެވެ. ސިންގަލް އެނދަކާއި ތިންދޮރުފަތްލީ އަލަމާރިއެއްގެ އިތުރުން ޑްރެސިންގް ޓޭބަލެއްހުރި އެކޮޓަރި ކިތަންމެ ކުޑަނަމަވެސް އެކަކުއެކަނި އުޅޭން އުނދަގުލެއް ނުވާނެއެވެ. އެނދުކައިރީގައި ތިރީގައި މީހަކު ނިދަންއޮންނަނަމަ އެތާންގައި އޮންނާނެހާ ޖާގަ އެބައޮތެވެ. މަސައްކަތް ނިންމާލާފައި ހަމަޖެހިލުމާއެކު ލަޔަކްއަށް އެވަގުތު ފޯނެއްއައުމުން އޭނާގެ ކޮޓަރިއަށް ދިއުމާއެކު ޖައިލަމްވެސް ސިޓިންގް ރޫމަށް ދިއުމުގެ ބަދަލުގައި ކޮޓަރިއަށްވަނީ ތާޒާވެލާށެވެ. ހޮސްޕިޓަލުން އައިގޮތަށް އަނެއްކާ އިތުރުމަސައްކަތެއްކުރުމުން ހަށިގަނޑުގައިވި ލޮޑުކަން ފިލުވާލުމަށެވެ.

“މަންމާ ކޮބާތަ ކޮއްކޮ.. އަހަރެން މިއުޅެނީ މިރޭ ބޭރަށްގޮސްލަން.. ޖައިލަމްއާއި އެކު.. އެންމެ ރަނގަޅުތަ..” ކޮޓަރީން ނިކުމެގެން އައި އައިރާ ވާހަކަދެއްކީ ބަދިގެބައިގައި ކާން ހަދާންއުޅުން އޭނާގެ މަންމަ ސީމާ އާއެވެ. “ޖައިލަމްއޭ.. އެކާކު.. ދަރިފުޅު މިހާރު މަންމައަށް އަނގާވެސްނުލާ ކުއްޖަކުވެސް ހޯދީތަ.. ” ނަމުން ކާކުކަން ނޭންގުމާއެކު ސީމާ އާދައިގެ މަތީން އައިރާ އާއި ދިމާކޮއްލިއެވެ. އެއީ އަބަދުވެސް ސީމާގެ އާދައެވެ. އަައިރާ އާއި އައިކާ ދެކެ އެންމެ ކުރިއްސުރެވެސް ސީމާވަނީ އަމަށަކު ލޯތްބެއްނޫނެވެ. ނަމަވެސް އާޔާދެކެ ކުރީގައި ހިތްހަމަ ނުޖެހުނަސް މިހާރު އެދަރިފުޅު ދުނިޔޭގަ ހެޔޮހާލުގައިވެ ފެނިލުމަށްއެދި އެމައިމީހާ ކޮންމެ ދުވަހަކުހެން އެތަކެއްފަހަރަކު ދުއާކުރެވެނީ، އެދަރިފުޅާއިމެދު ކަންތައްކުރެވުނީ ރަނގަޅަށްނޫންކަން މިއަދު ސީމާއަށް ވިސްނިފައިވާތީއެވެ. ވުމާއެކު އާޔާގެ ކުއްލި ވަކިވުމާއެކު ސީމާ ދެން އެއްވެސް ދަރިއަކަށް ތަފާތުކުރުމެއްނެތި ދެކުދިންނަށް އެއްވަރަށް ލޯތްބާއި އަޅާލުންދީ އެންމެ ގާތް ރަހުމަތް ތެރިޔާ ފަދައިން ގާތްކޮއް އެއުޅެނީ ދެވަނަފަހަރަށް އެކަަހަލަ ކަމެއް ތަކުރާރުވާން އެހިތް ނޭދޭތީއެވެ.

“ދެން މަންމާ.. އެއީ އައިރާގެ ކުރީގެ ވެސް އަދިމިހާރުގެވެސް ރައްޓެސެކޭ.. މަންމަ އަށް ވެސް އިނގޭނު ނައީމައްތަގެ ޖައިލަމް.. ” އައިރާ އެހެން ބުނުމާއެކު ސީމާ “އެހެންދޯ” އޭ ބުނީ ޖައިލަމް އޭނާއަށްވެސް ކޮންމެވެސް ވަރަކަށް ހަނދާންވުމުންނެވެ. “މަންމާ ކުޑާ ކީކޭތަ މިކިޔަނީ.. އައްދޭ.. ހާދަ ނަލަވެލައިގެން ކޮންތާކަށްދާން.. އަނެއްކާ މިރޭ ކިތަށްމީހުންގެ ހިތްކަތިލާފަބާ އަންނާނީ.. ” ގެއަށް ވަދެގެން އައި އައިކާ އޭނާގެ މަންމައާއި ވާހަކަދައްކަމުން އައިސް އައިރާ ފެނުމުން ދިމާކޮއްލިއެވެ. ދެކުދިން އެއްކުއްޖަކު އަނެއްކުއްޖަކާ ދިމާކޮށް ހީސަކަރާތް ޖަހާތަން ބަލަންއިން ސީމާ އަށް ބޭއިހްތިޔާރު ގައި “އާޔާ” އޭ ބުނެލެވުނެވެ. އަދި އާޔާވެސް ހުރިނަމައޭ ހިތަށް އެރުމާއެކު ހަނދާނަށް އައީ އެކުއްޖާއާއި މެދު ކަންތަށް ކުރެވުނު އިހާނެތިގޮތެވެ.
***********

އާދާއިގެ މަތީން ފިހާރައިގެ ޑިއުޓީ އަށް ހަވީރު ދިއުމުގެ ކުރީން ސްކޫލަށް ގޮސްފައިއައިސް އާޔާ ނިކުތީ ގޭގެއަށް މަސައްކަތް ކޮށްދިނުމަށް ދިއުމަށެވެ. އެއީ ކޮންމެދުވަހެއްގެ ވެސް އާދައެވެ. ގޭގެއަށްގޮސް ކޮއްދޭމަސައްކަތުން ލިބޭ ދުވަހު މުސާރަ ކޮންމެހެންވެސް މަންމައާއި ހަވާލުކުރަންޖެހޭނެއެވެ. ނޫންނަމަ އޭގެ ބަދަލުގައި އާޔާ ގައިގަ ތަޅާއަނިޔާ ނުކުރިނަމަވެސް ހިތްދަތިކޮށް ކާންނުދީ ރޮއްވާ ހަދާނެއެވެ. އަމިއްލަ އަތުން މަސައްކަތްކޮށްހެދޭ ވަރުވީފަހުން އާޔާއަށް މިނޫން ދުވަހެއް ނާދެއެވެ. އަދި ހުކުރު ހޮނިހިރެއްނަމަ ގޭގަ ހުރީހާ ހުރިހާ އެއްޗެއްދޮވެ އިސްތިރިކޮށް މުޅިގޯތި ސާފުކުރަން ޖެހެއެވެ. މިހުރިހާ މަސައްކަތެއް ކުރަމުންވެސް އާޔާ ކިޔެވުމަށް މޮޅު ތޫނުފިލިކުއްޖަކަށެެވެ. ނަމަވެސް އާޔާގެ ހަގަށް ތިބޭ ދެކުދިންނަށް ހުރިހާ އުފަލެއްލިބި ކިޔަވަމުން ދާއިރުވެސް އާޔާ ހޯދާފަދަ ރަންވަނަތަކެއް ހޯދޭ ކަމަކަށް ނުވެއެވެ.

ކޮންމެދުވަހަކު އެތަށް ގެއެއްގެ ބަދިގޭގައި މަސައްކަތް ކުރުމުގެ އިތުރުން ބައެއްގޭގގޭގެ ލޯންޑަރީގައިވެސް އާޔާ މަސައްކަތް ކުރަން ޖެހެއެވެ. ދުވަސް ނިމޭއިރު ގައިގަ އަޅާވޭނާއެކުވެސް މަހުމުސާރަލިބޭ ފިހާރަޔަށް ނުގޮސްވެސް ނުވެއެވެ. އާޔާގެ ހާލު އިނގޭތީ ބައެއް ރޭރޭ ފިހާރަ ބޮޑުމީހާ އާޔާއަށް ރެސްޓްދެނީ ފިހާރައަށް އައީމަ އެގޭގައެވެ. އަށެއްޖަހާއިރު ކޮޓަރީގައި ނިދާން ބާއްވާފައި ނުވަގަޑިބައިވީމަ ގޮވާލަނީ އެވެ. އެހާވަރު އެޏާގެ މައިން ބަފައިންނަށް ނުވާތީ އާޔާ އެކަމާ ވަރަށް ހިތާމަ ކުރެއެވެ.

********
މާޒީއަށް ގެއްލިފައި އިން ސީމާ ސިހުނީ އައިރާއާއި އައިކާ އެކީގައިހެން އައިސް ބައްދާލުމުން ނެވެ. ސީމާއަށް ނޭންގުނުކަމަކީ އާޔާވެސް އެވަގުތު އޭނާގައިގަ ބައްދާލިކަމެވެ.

ގޭގެ ބެލް ޖަހާލި އަޑުއިވުމާއެކު ބަދިގޭގައި ހުރި ރަޝްފާއައިސް ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރި އަންހެން ކުއްޖާފެނިފައި ކޮންކުއްޖެއްތޯ ސުވާލުކޮއްލިއެވެ. “ދައްތާ ތީ ލަޔަކްގެ މަންމަތޯ.. އަޅުގަނޑު މިއައީ ލަޔަކް އާއި ޒޯހާ އާއި ބައްދަލުކޮއްލަން.. ” ހިނިތުންވުމާއެކު ލޫޔާ ރަޝްފާއާއި ވާހަކަދެއްކިއެވެ. އެވަގުތު ކޮޓަރިން ނިކުމެގެން އައި ލަޔަކް ލޫޔާ ފެނުމުން އެއީ އޭނަ ގެ އޮފީސް މޭޓް އެއް ކަމާއި ޒޯހާ އަށް އެހީވެދިން އަނެއްބައިވެރިޔާ ކަން އޭނާގެ މަންމައަށް ކިޔާދެމުން ލޫޔާއާއި އެކުގައި އައިސް ސޯފާގައި ޖައްސާލިއެވެ. އޭރުވެސް ޒޯހާ އިނީ އިސްޖަހާލައިގެންނެވެ.

“ކޮބާ މިއަދު ކޯއްޗެއްތަ ތައްޔާރު ކުރާނީ ލަޔަކް..” ތާޒާވެލައިގެން ނިކުތް ޖައިލަމްއަށް އެގޭތެރޭގައި އިތުރުމީހަކު ހުރިކަމެއް ނޭންގެއެވެ. އެހެންވެ ވާހަކަދައްކަމުން އައިސް ސިޓިންރޫމްއަށް ނިކުމެވުމާއެކު އަނގަ ބަންދުވިއެވެ. ޖައިލަމް އަށް ވީގޮތްފެނި ލަޔަކް ހޭން ފެށުމުން ރަޝްފާ ދެން ނުހީބަލާށޭ ބުނެ ސައިތައްޔާރުކަން ހާމަކޮއްލިއެވެ. އެންމެން އެކީގައި ބަދިގެބަޔަށް ދިޔައިރު ލޫޔާ ދިޔައީ ޒޯހާ ގޮވައިގެންނެވެ. ޒޯހާއަށް ރަޝްފާ ތައްޔާރު ކޮއްލާފައި ހުރި ސޫޕްތަށިފެނުމާއެކު ޒޯހާގެ ލޮލުން ކަރުނަހިލިގެންދިޔައީ އޭނާގެ މަންމަ މަތީން ހަނދާން ވުމުންނެވެ. އެމަންމަވެސް އަބަދުވެސް ޒޯހާއަށް މީރުހެން ހީވާހާ އެއްޗެއް ހަދައިދޭނެއެވެ. ނަމަވެސް މިއަދު އެމަންމަވެސް ދުނިޔެދޫކޮއްފައިވުމާއެކު މިފަދަގޮތަކަށް އެއްޗެހި ތައްޔާރުކުރުމުން އެމަންމަގެ ލޮބުވެތިކަމާ އޯގާތެރިކަން ހިތަށްއުނދަގުކުރީއެވެ.

ސައިބޮއި ނިންމާލުމަށްފަހު ލޫޔާ ގެއަށްދިޔައީ އަލޫކް އަށްގުޅާފައި ލޫޔާ ތައްޔާރުކުރި ކޮތަޅުތަށް ގެނެސް ޒޯހާއަށް ދިނުމަށް ފަހުގައެވެ. އޭގައި ތަފާތު އެކިއެކި ކަހަލަ ހެދުންތައް ހުރިއިރު ކަނޑާނުލާ ޕަކެޓްގައި ހުރި ހެނދުންވެސް ހުއްޓެވެ. އަދި އަންހެންކުދިންނަށް ބޭނުންވާނޭ އެހެނިހެން ސާމާނުތަކާއި ރީތިވާ އެއްޗެހިވެސް މަހެއްހާދުވަހަށް ވާވަރަށްހުރީ ގެނެސްފައެވެ. ކޮޓަރީގައި ރަޝްފާއާއެކު އެއެއްޗެހިތަށް ފަތްޖާހާ އަލަމާރިއަށްލަމުން އެއްޗެހިތަށް އަތުރަމުން ދިޔަ ޒޯހާ ހިތާހިތުން ލޫޔާއަށް ހެޔޮދުއާ ކުރަމުން ދިޔައެވެ. އަދި ކުއްލިއަކަށް އެއްޗެއް ހަނދާން ވާފަދައަކުން.. “ދައްތާ އަޅުގަނޑަށް މުސައްލައެއް ލިބިދާނެތޯ.. “ޒޯހާ އަހާލިއެވެ. ލިބުނު ހިތްހަމަޖެހުމާއެކު ރަޝްފާ އެބައަންނަމޭ ބުނެ ނިކުމެފައި ހަަމަ އެހިދުގައި އައިސްވަނީ އުރައިން ކަނޑާވެސްނުލާ އޮތް މުސައްލައަކާއި ނަމާދުދޮޅީގެ އިތުރުން އިސްޓާކީނުވެސް ހިފައިގެން ނެވެ. ” މިއީ ދައްތައަށް އެންމެ ފަހުން ދައްތަގެ ރައްޓެއްސަކު ހައްޖަށްގޮސްފައި އައިރު ގެނެސްދިން އެއްޗެހި.. މިއަދުންފެށިގެން މީ ޒޯހާއަށް.. ދައްތަ ވަރަށްއުފާވާނެ ކިތަންމެ އަވަދިނެތި އުޅުނަސް ވަގުތުން ވަގުތަށް ނަމާދުކުރަންޏާ.. މިހެންބުންޏަސް މިގޭގަ ނުހުންނާނެ ކުރާނެ މާގިނަ މަސައްކަތެއްވެސް.. ” ހިނިތުން ވެލާފައި ޒޯހާގެ އަތަށް ނަމާދު އެއްޗެހިލައިދެމުން ރަޝްފާބުނެލިއެވެ.

******
ގާސިމް އާއި ޒަފަރު އިރުއޮއްސުން އިރުވެސް މުޅިރަށުތެރޭގައި އަތްފުނާއަޅަމުންދިޔައީ ޒޯހާ ހޯދުމުގައެވެ. ޒޯހާ ގެއްލުމުގެ ސަބަބުން ދެމީހުނަށް އެއްތާ ދެފައިހަރުނުލައިގެން އުޅޭކަހަލައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. އެމީހުންކުރި އަދި ކުރަމުންދާ ހުރިހާ ނުބައިކަމެއްގެ ހަގީގަތް އެނގޭ މީހަކަށްހުރީ ހަމަ އެކަނި ޒޯހާ ވިއްޔާއެވެ. ވީއިރު އެހެންމީހަކުގެ ހިމާޔަތް އެކުއްޖާއަށް ލިބިއްޖެނަމަ އެދެމީހުންގެ ދުނިޔެ ޤިޔާމަތްވީއެވެ. ކޮއްފައިވާ އެކިވަރުގެ ކުއްތަކާއި މިހާރުވެސް ހިންގަމުންދާ މަސްތުވާތަކެތީގެ ވިޔަފާރީގެ ސަބަބުން ދުަވަހަކު ކޮޅުންވެސް އެމީހުނަށް ޖަލުން ސަލާމަތްވާނެކަމުގެ ޔަގީންކަން ނެތްއިރު އެމީހުންގެ މައްޗަށް މަރަށް މަރުހިފާނޭކަންވެސް ގައިމެވެ.

“އަހަންނަށް ހީވަނީ އެމަންޖެ ތަނަކަށްވަދެ ފިލީހެން… އެހެންނޫންނަމަ މިހާރު ފެނިއްޖަޔަސްް.. ” ހާސްވެ މޫނުން ބޮޖަހާ ހިއްލާލާފައިވާ ދާތައް ފުހެލަމުން ގާސިމް ބުނެލިއެވެ. ” އެކަމަކު މިހާރު މިތާންގައިވެސް ނުބަލާ އެންމެ އިންޗިއެއްވެސް ނުހުންނާނެ.. މިނޫން އިތުރުތާކަށް އޭނަޔަށް ދެވޭނީ މީހެއްގެ އެހީޔާއެކު އަހަންނަށް ޔަގީން މިކަމުގަ ކޮންމެވެސް މީހެއްގެ އަތެއްވޭ.. ” ރުޅިއައިސް ރަތްވެފައިވާ ސިންގާއެއްފަދައިން ޒަފަރު ފުންމާފައި އައިސް ގާސިމާދިމައަށް ބުނެލިއެވެ. “ތިޔަހެންބުނީމައޭ މިހަނދާންވީ އެފަހަރު އަހަރެމެން މިތަނުން ނިކުމެގެން ދިޔައިރު ޖެހިގެންހުރި ހުޓަލުގެ ބޭރުގަ ހުރި މަންޖެ ހާދަފާޑަކަށޭ ބަލަންހުރީ.. އަނެއްކާ އެމަންޖެ ކަމެއްބާ.. ” ގާސިމް ހަނދާންކޮށްލަމުން ބުނެލިވާހަކައަށް ޒަފަރުގެ ހިޔާލުވެސް އެނބުރުނެވެ. ” އެކަމަކު އެމަންޖެ މިތަނަށް ވަންނާނީ ކިހިނެއް.. ކޮންކަމަކު.. ކަމެއްނެތި ނުބެހޭކަންތަކާ ބެހެމުން ދުވާވައްތަރު ކުއްޖެއް ހެނެއް ހިޔެއްނުވޭ އެއީ .. އެޔަށްވުރެ މާހުށިޔާރު ފާޑުޖަހާ.. އެމަންޖެ ޒޯހާ ގެންދިޔަނަމަ މިހާރުން މިހާރަށްވެސް އަހަރުމެންތިބޭނީ ބަންދުގަ.. ” ޗޮކެއް ކަނޑާލަމުން ޒަފަރު ބުނެލިވާހަކަ އަށް އެއްބަސްވެ ގާސިމް އާ ދެމީހުން އެ އިމާރާތުން ނިކުތީ ދެންވެސް އެކިދިމަދިމާ ބަލަންދާންވެގެންނެވެ.

*******
“އަހަރެން ސުވާލެއްކޮއްލަންތަ.. ” ފޯނުންވާހަކަ ދައްކަމުންދިޔަ ލޫޔާ އަހާލިއެވެ. “ހޫމް އަހާބަލަ..” އެކޮޅުން ބުނެލިއެވެ. “ތިގޭގަ ތިއުޅޭ އަނެއްސޮރާ ޒޯހާ އަށް އަނިޔާކުރި ދެމީހުންކުރެ އެކަކު ހާދައޭ ވައްތަރީ.. އެއީ އަނެއްކާ އެމީހާގެ ދަރިއެއްތަ.. ” ލޫޔާ ކޮއްލިސުވާލުން ލަޔަކްގެ ބަސްހުއްޓުން ކަހަލައެވެ. “ކިހިނެއް ލޫ އަށް ޒޯހާއަށް އަނިޔާކުރި މީހުން އެނގުނީ.. ލޫ ދުށިންތަ އެމީހުން…” ހާސްވެފައި ލަޔަކްއަހާލި ވާހަކައިން ލޫޔާއަށް އެއީ އެމީހާގެ ދަރިއެއްކަން ޔަޤީންވިއެވެ. “އެވަގުތު ލަޔަކް މާ އަވަސްކޮއްލާފަ ނިކުތްތަންފެނިފަ އަހަރެންވެސް ނިކުތީ.. އެކަމަކު ނިކުތްތަނާހެން ލަޔަކް ޖެހިގެން ހުރިއިމާރާތަށް ވަތްތަން ފެނިފަ އަހަރެންމަޑުކޮއްލީ.. ދެން އެއީ އަހަރެންގެ އަދި ލަޔަކްގެވެސް ނަސީބުކަންނޭންގެ މަޑުކޮއްލެވުނީ.. އިރުކޮޅަކުން ދެމީހަކު އެތަނުން ނިކުމެގެން ދިޔަ ވަރަށްސިރުވެރިގޮތަކަށް.. އަހަރެން ފެނިފަ އެމީހުން ސިހުނު.. އެކަމަކު އެކަމާ އަހަރެން އަޅަނުލީމަވެސް ފާޑަކަށް ބަލަމުންދިޔައީ.. ” ތަފްސީލުކޮށް ކަންތައްވީގޮތް ލަޔަކްއަށް އޮޅުން ފިލުވާދިނެވެ. ” އެހެންތަ.. އެކަމަކު ލޫ. ޖައިލަމްކައިރީ އެކަމުގަ އޭނަގެ ބައްޕަގެ އަތެއްވާ ވަަހަކަ ނުބުނައްޗޭ.. އޭރުން އޭނަ ވަރަށްދެރަވާނެ.. އޭނަގެ ބައްޕައެއީ ވަރަށް ފާޑެއްގެ މީހެއް..” މިހެންބުނެ ލަޔަކްއާއި ދޭތެރޭވެސް ގާސިމް ކަންތައްކުރާގޮތާއި ޖައިލަމް އެކަމާދެރަވާ ވާހަކަ ކިޔާދިނެވެ.

*****
ފުންނިންޖަކުން ނިދާފައި އޮތް ޒޯހާއަށް ހޭލެވުނީ ކުއްލިއަކަށް މީހެއްގެ ހިލަންވީހެން ހީވެގެންނެވެ. ތެޅިތެޅިއޮތް ހިތަކާއެކު އަވަހަށް ސްވިޗްޖައްސާލުމާއެކު ދޮރާދިމާއަށް ބަލާލި ޒޯހާ މޭގައި އަތްއެޅުމާއެކު ދެލޯބޮޑުކޮށް ބަލާލެވުނީ ކުރިމަތިން ފެނުނު ސޫރައަކުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hawwu (Layaa)

Level 6100 Comments10 Stories500 Comments100 Login100 Stories

އަބަދުވެސް ވާހަކަ ކިއުމާއި އެއްވަރަށް ވާހަކަ ލިޔާހިތްވޭ.. އެހެންވެ މިސައިޓްގެ ގިނަވާހަކަތަކެއް ކިއުމަށްފަހު ހިތަށްއެރީ ކުރިން ލިޔެފައިހުރި ވާހަކަތަށް އަޕްކުރަން.. އެކަމަކު ފަހުން ވިސްނާލާފަ ސައިޓަށް އާ ލަޔާ) ހައްވި( ގެ ވެސް މުޅިން އާ ވާހަކަތަށް އެސްފިޔައިގެ ޒަރީއާއިން ތިޔަކިއުން ތެރިންނަށް މިގެނެސްދެނީ.. އުންމީދުކުރަން ހުރިހާ ކިއުންތެރިން ފަރާތުންވެސް ބިނާކުރުވަނިވި ފާޑުކިއުންތަކެއް ލިބޭނެ ކަމަށް.. ??? Email:[email protected] Instagram: hawwu_gallery

Other Articles

hgriug3iy
Previous

ލޯބިކަން 7

Next

ލޯބި ނުވިޔަސް ފިރުމާލަދީ…..22

Next
April 21, 2018

ލޯބި ނުވިޔަސް ފިރުމާލަދީ…..22

Previews
April 21, 2018

ލޯބިކަން 7

hgriug3iy

19 Comments!

  1. Nahuma says:
    April 21, 2018 at 12:10 pm

    Vr vr reethi… kiyaa foohi nuvaa kahala vaahaka eh me..☺☺☺☺

    1. Hawwi says:
      April 21, 2018 at 12:25 pm

      Shukuran shukuran .. dear Nahuma ??

  2. Inoo says:
    April 21, 2018 at 12:10 pm

    Mi part vx varah reethi……waiting 4 the next part♡♡

    1. Hawwi says:
      April 21, 2018 at 1:04 pm

      Shukuran dear inoo ??

  3. unique says:
    April 21, 2018 at 12:18 pm

    oh yey…. love to read

    1. Hawwi says:
      April 21, 2018 at 12:27 pm

      Hehe shukuran dear unique ??

  4. Pinky shifoo says:
    April 21, 2018 at 12:21 pm

    Hii Layaa ???… Mi part vx v v v reethi ingey ???… V interesting mi story ???… Kuree 2 parts ah comment nukurevunas story kiyaalin ingey hama ???… Keep going… Dhn vaanee kihineh baa??? Hehe… Curiously waiting for the next part ???… Lots of love Layaa ❤️❤️❤️???

    1. Hawwi says:
      April 21, 2018 at 1:07 pm

      Dhenvaanee kihinehbaa .. thaanga huree kubaa dhw .. hehe .. btw v happy vejje chipu ge cmmnt fenifa .. shukuran dear chipu ??

  5. Hawwi says:
    April 21, 2018 at 12:23 pm

    Salaam .. kihinehtha hurihaa kiuntherin .. thakolheh lassvejje dhw .. hama dhenmehama types koh ninmaalaafa mi up kohlee. So mistakes hunnane poit out kohladheyne kamah unmeedhukuran .. jazakahallah khaira

  6. unique says:
    April 21, 2018 at 12:37 pm

    vvv reethi witing for the nxt part

    1. Hawwi says:
      April 21, 2018 at 1:08 pm

      Shukuran dear unique ??

  7. Shiman says:
    April 21, 2018 at 1:21 pm

    Masha Allah story vvvv reethi..waiting for next part

    1. Hawwi says:
      April 21, 2018 at 5:44 pm

      Shukuran .. dear shiman .. ??

  8. Friends says:
    April 21, 2018 at 1:23 pm

    Masha allah haadhahaa ey reethiyy vv salhi .kon irakun next part up vaany.waiting 4 nw part.
    -salaam-
    #stry kiyaa man #

    1. Hawwi says:
      April 21, 2018 at 5:47 pm

      Shukuran shukuran .. dear friends … ur the best reader ever .. in sha allah .. type koh imunhaa avahakah up kohlaanan ? mibalanee maadhamaage vagutheh kamah dear #stry kiyaa man# ??

  9. maya says:
    April 21, 2018 at 2:14 pm

    heii laya…mi story start kurysuren kiyan bt comment eh nukuran…….mi story v reethi..bt mayage v gina question ebahuri ?????? adhives nenge mi story ga ulhey aayaa aky kaaku kameh???bt eynage soora ulhey kan engeyy..biruveri story eh vyma vvvvv intresting veyyy******>333 i love it..v reethi ..avahah up kohdhehchey..curiously waiting…….

    1. Hawwi says:
      April 21, 2018 at 5:50 pm

      Ohh my dear maya.. happy to c here ? in sha Allah mayage thihurihaa suvaalehge javaabuvess vaahakaige kuriyah huribaithakun libemun dhaane ? and v happy vejje comment kohleema ? shukuran dear maya ?

  10. Near cher says:
    April 22, 2018 at 10:51 am

    Varah reethi story eh❤?✨????????????????????????????????????????????✨✨✨✨✨✨✨✨✨✨✨???????????
    ?❤Love you hawwi?❤
    Waiting for next part ???

    1. Hawwi says:
      April 22, 2018 at 2:04 pm

      Shukuran shukuran .. dear nearcher ? ly ?

Comments are closed.

Next Episodeބޭނުންވަނީ ޔާރާ… 9←


All Right Reserved!