Skip to content
އެސްފިޔަ

މުދައްރިސް

ދުވަހަކީ ބަންދު ދުވަހެއް ކަމުން އަހަރެން އުޅުނީ ތަންތަން ފޮޅާ ސާފުކުރުމުގައެވެ. ގޭގައި ހުންނަން ލިބޭނެ މިއީ ހަމައެކަނި ދެދުވަސް ކަމާއިއެކު އަހަރެން ގެންގުޅޭ އެއްޗިއްސާއި ތަންތަން ސާފުކުރަންވެސް މިއީ ލިބޭ ރަނުގެ ފުރުސަތެކެވެ. ތަންތަން ފޮޅަމުން ގޮސް ފޮތް ހަރުގަނޑާއި ހަމައަށް އާދެވިއްޖެއެވެ. އަބަދުވެސް ފޮތް ހަރުގަނޑު ކައިރިއަށް އާދެވިއްޖެއްޔާއި އޭގައި ބަހައްޓާފައި ހުންނަ ފޮތްތައް ނަގާ އަހަންނަށް އެ އެއްޗެހި ބެލޭނެއެވެ. އެގޮތުން މިއަދުވެސް ކުރަން ހުރި މަސައްކަތް ބެހެއްޓުމަށްފަހު އެތަނުން ފޮތްތަކާއި ދިމާލަށް އަތް ގެންދެވުނީ ބޭ އިޚްތިޔާރުގައެވެ.

އަހަރެންގެ އަތުގައި ޖެހުނު ފޮތެއް ނެގީމެވެ. އެއީ އަހަރެން މިދިޔަ އަހަރު ކިޔަވަން ގެންގުޅުނު ލިޔާ ފޮތެކެވެ. ބޭރުގައި ރަން ކުލައިގެ ކަރުދާސް ލައިފައި ނަންކޮޅު ހަރުކުރުމަށްފަހު އޮތީ ސެލޯފިން ލައިފައެވެ. އެއީ އަހަރެން އެންމެ ކިޔަވާހިތްވެގެން އުޅުނު އެއް މާއްދާގެ ފޮތެވެ. އެއީ މިދިޔަ އަހަރު ކިޔަވަން ގެންގުޅުނު ފޮތެއް ނަމަވެސް ކުރިން ކިޔަވާ ފޮތްތަށްވެސް ހަނދާނެއްގެ ގޮތުގައި އަހަރެން ހުންނާނީ ފޮށި ފޮށްޓަށް އަޅާފައެވެ. އެކަމަކު މިފޮތަކީ ގްރޭޑް އަށެއްގެ ފޮތެއް ކަމުން ފޮށްޓަކަށް ނުލައި ހަރުގަނޑުގައި ބަހައްޓަން އަހަރެން ނިންމީއެވެ.

ފޮތް ހުޅުވާލައި އެތެރެއަށް ނަޒަރު ހިންގެމުން ދިޔަ ވަރަކަށް އަހަރެންގެ ސިކުނޑި މިދިޔަ އަހަރުގެ ޚިޔާލުތަކުން ފުރެމުން ދިޔައެވެ. މި މާއްދާ އަހަންނަށް ކިޔަވައި ދެއްވި މުދައްރިސަކީ އަހަރެންގެ ‘ފެވަރިޓް’ އެވެ. އަހަރެން އެންމެ ލޯބިވާ އެއް މުދައްރިސް އެވެ. ސަރ އަޅުގަނޑަށް ފިލާވަޅުތައް އޮޅުން ފިލުވައިދޭ ގޮތާއި ހުރިހާ ކަމެއް ހަނދާން ވީވީހެން ދެލޯ ދިޔައީ ފުސްވަމުންނެވެ. އަހަރެންގެ ކްލާސް ކުދިންނާއި މުދައްރިސް އާއި އެކު ހޭދަކުރި މަޖާ ވަގުތުތައް ހިތައް އަރާފައި މި ހިތުގައި ރިއްސާލިއެވެ. އެވަގުތު އަހަރެންގެ ހިތަށް އައީ އެއްދުވަހު ފިލާވަޅެއްގެ ތެރެއިން އަހަރެމެން ވާހަކަ ދައްކަމުންގޮސް ދެއްކި ވާހަކައެކެވެ. އަހަރެންގެ ކްލާސް ކުއްޖެއް ގާތު އަހަރެން ކިޔަވާ ނިންމާފައި ވިޔަފާރިއެއް ފައްޓާނެ ވާހަކަ ބުނުމުން އޭނާއަށް ނުހުރެވިގެން ސަރ ގާތު އެވާހަކަ އަވަހަށް ބުނިގޮތެވެވެ. އަދި ސަރ ބުނުއްވި ވާހަކައެވެ. “ތިހެން ވިއްޔާ ސަރ އަށް ޖެހޭނެ ދިހަ ޕަސެންޓް ޑިސްކައުންޓް ދޭން.. ކިޔަވައިދޭ މީހާއަށް ޖެހޭނެއްނު ދޯ ކޮންމެވެސް އެއްޗެއް ދޭން..” އަހަންނަށް ހިނިތުން ވެލެވުނީ ބޭ އިޚްތިޔާރުގައެވެ. އަހަރެންގެ ހިތުގައި އެވަގުތު ހަމަ ޙަޤީގަތުގައިވެސް ވިޔަފާރިއެއް ފެއްޓުމުގެ ޢަޒުމް ވަރުގަދަ ވިއެވެ. މުދައްރިސް އެވެ. މިއީ އަހަރެން ކުރާ ސަމާސާއެއް ކަމުގައި ނުދެކޭށެވެ. ﷲގެ އިރާދަފުޅުން އަހަރެން އަދި އެކަން ކުރާނަމެވެ.

މިއަދު އަހަރެންގެ ނަސީބު ކަން ދިމާ ކުރި ގޮތުން ހުންނަން މި ޖެހުނީ އެ މުދައްރިސް އާއި އަހަރެންގެ ކްލާސް ހުރިހާ ކުދިންނާއިވެސް ވަރަށް ދުރުގައެވެ. އެހެން ރަށެއްގައެވެ. އެ ދުވަހު އަހަރެން ހާދަ ވަރަކަށް ރުއީމެވެ. އެ އެންމެން ދޫކޮށްފައި އަންނަން ޖެހޭތީއެވެ. އަހަންނަށް އެހާ ހިތްވަރު ދެއްވި މުދައްރިސެއް ދޫކޮށް އަންނަން ޖެހުމުން މި ހިތުގައި އެޅި ވޭން އެކަކަށްވެސް ނޭނގޭނެއެވެ. ނަމަވެސް ތަޤުދީރުގެ ނިޔާ ބަދަލު ކުރެވޭނީ ކާކަށް ހެއްޔެވެ؟ އަހަރެން އަންނާތީ ސަރ ވެސް ހުރީ ދެރަވެފައެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟

އެ ކަންތައްތައް ހިތަށް އެރުމުން އަހަރެންގެ ހިތުގައި އަޅަމުން ދިޔަ ވޭން ދެގުނައަށް އިތުރުވެ އަނގައިން މަޑު ގިސްލުމެއްގެ އަޑު ނިކުތެވެ. ކޮޓަރިތެރޭގައި ވީ ހިމޭންކަން ފޫ އަޅުވާޅުމަށްފަހު އެ ބޮޑު ކޮޓަރިތެރޭ މިހާރު ވަނީ ހަމައެކަނި އަހަރެންގެ ގިސްލުމުގެ އަޑެވެ. އެ އުފާވެރި ހަނދާންތަށް އާވާތީ ހަމަ ދެރަ ވަނީއެވެ.
މުދައްރިސް އެވެ. އަހަރެން މިއަދު ސަރ ގާތު ނެތް ކަމުގައި ވިޔަސް ސަރ ދެއްވި އެއްވެސް ނަސޭޙަތެއްގެ މަތިން ﷲ އިރާދަފުޅުން މިހިތް ހަނދާން ނުނެތޭނެވެ. ސަރ ދަސްކޮށްދެއްވި އެއްވެސް ފިލާވަޅެއް ހަނދާން ނުނެތޭނެއެވެ. އަހަރެން މިއަދު ތިޔަ މުދައްރިސް އާއި ދުރުގައި ވީ ނަމަވެސް އެ މާއްދާއިން އެންމެ މަތީ މަރކްސް ހޯދަން ގަދަ އަޅާ އެބަ މަސައްކަތް ކުރަމެވެ. އަދި ކިޔަވާ ނިމެންދެންވެސް ކުރާނަމެވެ. އިން ޝާ ﷲ! ސަރ އާއި ދުރުގައި ވީ ނަމަވެސް ސަރ ކޮށްދެއްވި މަސައްކަތުގެ ނަތީއްޖާ މިހާރުގެ އަހަރެންގެ މުދައްރިސުންނަށް މިދަނީ ދައްކަމުންނެވެ. އަހަރެން ތިޔަ މުދައްރިސް އަށް ޝުކުރުވެރިވާނީ ވެސް ކިހިނެއް ކަމެއް ނޭނގެއެވެ. ކޮން ދުލަކުން ކަމެއް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އަބަދުވެސް އަހަރެން ތިޔަ މުދައްރިސް އަށް ޝުކުރުވެރިވާ ކަމެވެ.

މުދައްރިސް އެވެ. އަހަންނަށް މުދައްރިސް ކޮށްދެއްވި މަސައްކަތުގެ ނަތީއްޖާ އޯލެވެލް އިމްތިޙާނުގައި ދެއްކޭތޯ އަހަރެން ވަރަށް ބޮޑަށް މަސައްކަތް ކުރާނަމެވެ. ތިޔަ މުދައްރިސް އަހަންނަށް ކޮށްދެއްވި ހުރިހާ މަސައްކަތެއް ފެނަށް ވެގެން ދާކަށް އަހަންނެއް ބޭނުމެއް ނޫނެވެ. އަދި އިރާދަކުރެއްވިއްޔާ އެހެން ވިޔަކަ ނުދޭނަމެވެ. މުދައްރިސް އަހަރެމެން ދަރިވަރުންގެ ޚިދުމަތުގައި އެތައް ކަމެއް ޤުރުބާން ކޮށްފައި ވީއިރު އެ ހުރިހާ ކަމެއްގައި އަހަރެން ކޮޅުފައިން ޖަހަންވީ ހެއްޔެވެ؟ ނޫނެކެވެ. އަހަންނެއް އެހެން ނަހަދާނަމެވެ. މި ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު އެހެން ވިޔަކަ ނުދޭނަމެވެ. އިން ޝާ ﷲ!

އަހަންނަށް ސްކޫލުގެ ކަންކަން ހުންނަގޮތުން މުދައްރިސް އާއި ވާހަކަ ދައްކާލަން ފުރުސަތެއް ނުލިބުނު ކަމުގައި ވިޔަސް އަބަދުވެސް ތިޔަ މުދައްރިސް މަތިން އަހަރެން ހަނދާން ވެއެވެ. އެ މާއްދާ ކިޔަވާ ކޮންމެ ދުވަހަކު މުދައްރިސް މަތިން ހަނދާން ވެއެވެ. ޝަކުވާ ކޮށްލެވެއެވެ. އަހަންނަށް ވަކި މިގޮތަށް ކަންތައް މެދުވެރިވަނީ ކީއްވެ ހެއްޔެވެ؟ އަހަންނަށް މިގޮތުގައި އަދި ބާކީ މިއޮތް ދެ އަހަރު ކެތް ކުރެވޭނެ ބާއެވެ؟ ބައެއްފަހަރު އަނބުރާ ރަށަށް ގޮސްދާނަމޭވެސް ހިތަށް އަރައެވެ. ނަމަވެސް އަހަރެންގެ މަންމަމެންގެވެސް އުންމީދަކީ އަހަރެން ކިޔަވައިގެން މޮޅުވުމެވެ. އެކަންވެސް އަހަރެން ކޮށްދޭން ނުހަނު ބޭނުމެވެ. އެހެންކަމުން އެފަދަ ވަގުތު ތަކުގައި އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލުމަށްފަހު އަހަރެން ކެތްތެރި ވެލަނީއެވެ.

އަހަރެންގެ މުދައްރިސް ދެކެ އަހަރެން މިހާ ލޯބިވާ އިރު އެ މުދައްރިސުންނާއި ދިމާލަށް އެއްޗެހި ކިޔާ ކުދިންނަށް އަޅެ ނުވިސްނެނީ ކީއްވެ ހެއްޔެވެ؟ އެ މުދައްރިސުންނަކީ އަހަރެމެންގެ ދެވަނަ މައިންބަފައިންނަށް ވީ އިރު އެކަން އެ މީހުންނަން ނޭނގެނީ ކީއްވެ ހެއެޔްވެ؟ އެމީހުންގެ އެތައް ވަގުތެއް ޤުރުބާން ކޮށްގެން އަހަރެމެންނަށް ކިޔަވައިދޭ އިރު އެ ކަންކަމުގައި އެމީހުން ކޮޅުފައިން އެ ޖަހަނީ ކޮން ހައިސިއްޔަތަކުން ހެއްޔެވެ؟ މަތީ މަރކްސް ލިބުމުންވެސް އެކަމުގެ އުފަލުގައި އެއް ފަހަރުވެސް އެ މުދައްރިސަށް ޝުކުރު އަދާކޮށް ނުލަނީ ކީއްވެހެއްޔެވެ؟ އެ މުދައްރިސްގެ ހިތުގައި އަޅާނެ ވޭން އެކުދިންނަށް ތަޞައްވަރުވެސް ނުކުރެވޭނެއެވެ. ތިމާއާއި ދިމާލަށް އެހެން މީހަކު އެއްޗެއް ބުނުމުންވެސް ދެރަވާނެއެއް ނޫންހެއްޔެވެ؟ އަދި ތިމާ މީހަކަށް ހެޔޮ ކަމެއް ކޮށްދިނުމުން ބަދަލުގައި ކުޑަމިނުން އެކަމަށް ޝުކުރުވެރިވެ ނުލުމުން ޚުދު ތިމާ ދެރައެއް ނުވާނެ ހެއްޔެވެ؟ ނޫނެކެވެ. ދެރަ ވާނެއެވެ. ދެން ނުވިސްނެނީ ކީއްވެ ހެއްޔެވެ؟

އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލައިފައި އިންތަނުން ތެދުވެލީ ވަރުގަދަ ޢަޒުމަކައިގެންނެވެ. ކުދިންގެ ހިތުގައި މުދައްރިސުންނާއި ދޭތެރޭ މިހާރު ދެކޭގޮތް ބަދަލުކޮށް އެމީހުންގެ މައްޗަށް އެ ހިތްތައް ސާފު ކުރަން އެކުދިންނަށް ދަސްކޮށްދޭށެވެ. އަދި އެމީހުންނަށް އިޙްތިރާމް ކުރަން އެކުދިންނަށް ދަސްކޮށްދޭން އަހަންނަށް ކުރެވެން ހުރި ކަންތައްތައް ކުރުމުގެ ޢަޒުމުގަ ވެސް މެއެވެ. އަހަރެންގެ ހިތުގައި އެ މުދައްރިސް އަށް އޮތް ލޯބި އެހެން ކުދިންގެ ހިތުގައިވެސް އޮންނަން ބޭނުމެވެ. ފަނަރަ އަހަރަކަސް އަހަންނަކީވެސް ޢަޒުމު ވަރުގަދަ އެހެން މީހުންނަށް އިޙްތިރާމް އަދާކުރާ، މުދައްރިސުންދެކެ ލޯބިވާ ނަމޫނާ ދަރިއަކަށް ވާން ބޭނުމެވެ.
(ނިމުނީ)

Comments (31)

  1. Flwr

    Nice…..

    1. inan
      Flwr

      thank you Flwr 🙂

  2. im

    Iburatheri vaahaka ai
    Love it soooòooooo much

    1. inan
      im

      Alhmadhulillaah! shukuriyyaa im 🙂

  3. mishy

    Vrh vrh reethi nd vrh vrh iburaiyytherii….I also hv a teacher like thtt….nd inan kn irakun tha sirru ge nxt prt up kurrnii….

    1. inan
      mishy

      jazakillaah khairan mishy… ehn v ma mishy ves mishyge e mudharrisah emme furihama ah ihthiraam adhaakuraane kamah ummeedhu kuran.. emme faseyhain teachers ge loabi hoadheyne gothakyves e teachers ah respect kurun… ekam dhekkuntheri kamuge gothakun noon inge.. hehe.. hithuge emme fun minun jeheyne mudharrisunnah ihthiraam adhaakuran.. 🙂 in sha allah tuesday ga balaanan e part up kureveytho.. noony eyah vure avahah ves faharegga up vedhaane.. inan vrh masakaiyy kuran eba veehaa ves avahakah 12th part up kureveytho..

    2. inan
      mishy

      loabi libeyne gothakyves*

  4. lotus

    Nice piece of writin.. v ibraitheri.. as someone who loves her teachrs v much i realy like the msg given in the story

    1. inan
      lotus

      jazakillah khairan lotus… varah ufaavehje mi comment kiyaafa, lotus aky ves teachers ah furihama ah respect kuraa kuhjeh kan engunyma… 🙂

  5. inan

    Salaam… mi vaahaka aky inan emme loabivaa eh mudharris ah khaassakoh liyefaivaa vaahaka eh… 🙂 aslu hageegathuga mudharrisun aharemennah kohdhey bura masakkathuge agu aharemennah vazan nukureve.. ginain class therein ves fenna manzaraky mudharris heyo hithun naseyhatheh dhevvi namaves badhalugai e mudharris aa dhimaalah bas bunaathan.. eh faharuves aharemennah visnaa nulevey e mudharris ge hithah kurane asaraa medhu.. dhn e mudharris ethah re ehge nidhives qurubaan kohgen ekudhinnah kiyavaidheyn ethakeh masahkatheh kurumun ves eyge badhaluga gina faharah aharemennah rangalhu natheejaa nunereve.. aslu evarah gina kudhin masahkaiyy ves nukurany.. baeh kudhin thibedhaane kiyavan beynunvi namaves emme furihama natheejaa nunerevey kudhin.. ekam inan mi buny ekudhinge vaahakaeh noon.. gasdhuga masahkaiyy nukuraa kudhinge vaahaka mibuny… ehen v ma ekan miadhu ebajehey aharemen badhalu kuran.. adhi rangalhu natheejaa nunereveythy e vaahaka naseyhathehge gothugai kiyai dhinas aharemennah vany aee bodu kamakah.. ehen ve inan beynun vany mi vaahakaige zareeaain namaves gina kudhinnah ekan visnaidhy e mudharrisunnah respect kuran dhaskohdheyn… ummeedhu kuran readers mi vaahaka kiyumah fahu iburaiyy haasil kuraane kamah.. 🙂

    1. Eman
      inan

      Story varah nice ? a level ga ulhey kuhjjeh but 15 yrs ??

    2. inan
      inan

      jazakillah khairan Eman.. hehe… nooney.. A’level ekey neennaane vaahakaiga jahaifa eh… o’level ge vaahaka innaany.. 🙂

  6. Nafoo

    Masha Allah . Varah iburayy theri story eh.. Story nimun iru ves neygun.. Varah varah varah rythi… Waiting for your next story?❤?❤

    1. inan
      Nafoo

      jazakillah khairan Nafoo… hehe… adhi ves eh faharu varah bodah shukuriyyaa thihaa shauquveri kamaaeku mi story kiyaa nimmaalythy… 🙂

  7. Yaina

    ماشا الله Vvv iburaitheri vaahaka eh … Hama thedhu vaahaka eh mihar ge mujuthama in fenna kanthah mi teacher akah respect kohfiyyaa dhn e katu meehakah vi ekm aslu haadha sacrifies thakekey emyhun evanii.. Amihla ufalaa araama maja dhookohlaafa alhugandumenge musthagubalahtakaa masahkai kohdheni…. Ekam ves test in mathee marks eh libunema amihla ah molhivefa thibeni…. ماشا الله Vv reethi…

  8. Yaina

    Vvv iburaitheri vahaka eh… Gina faharah class room ga teacher aku rangalhakah ehchekey bunyyas gina kudhin emyhun dheke rulhi aadhey… Alsu teachers alhugandu mennahtakaa haadha bodu gurubaanee eke evani dhw… Amihla gaumaa ufalaa araamaa dhookoh ais ethibeni alhugandu menge musthagubalahtakaa… Ekm gina kudhin marks eh libunima thibeni amihla ah molhvefa teacher aa dhimaalah hithuhuri ehcheh kiyaafa naseyhatheh dheefiyyaa vani majalakah… Teacher kiyavaadhey gadi adu ehima vanii aslu katukamkah… Ekm aslu teachers are vvv good… N i aslo have a v good teacher like that…

    1. inan
      Yaina

      Aan dhw Yaina.. hamaekani qaumun beyru mudharrisunneh noon.. dhivehi mudharrisun ves varah bodethi qurubaanee thakeh aharemennahtakai vey… e mudharrisun beynumiyyaa hama claahah gossa ves beykaaru vaahaka dhakkan thibevidhaane.. nooniyyaamu kudhin kuraane kameh kuran dhookohlaafa phone aa kulhen ves thibevi dhaane.. ekam teachers ehn nahadhany teachers kudhin dheke vaa loiyybehge sababun.. maadhamaa mujuthamau ah nikumefa ekudhin beykaaru vaan neydheythy… ekam hithaama aky baeh kudhinnah mikan nuvisneythy… ummeeedhu kuran mi story ge zareeaain namaves kudhinnah mikan vineyne kamah… Alhamdhulillaah & vrh ufaavehje Yaina ge comment kiyaifa… jazakillaah khairan Yaina.. 🙂

  9. chumpu

    Vv nice.. Baeh teachers v gud

    1. inan
      chumpu

      thank you chumpu.. 🙂

  10. if ...

    inan kn rasheh

    1. inan
      if ...

      hehe.. if … kihineh v inan ge rah hoadhaa hiyy v??? 🙂

    2. inan
      if ...

      if… ah inan ingenytha anehkkaa??? hehe.. 🙂

  11. Alyss

    Wow this story reminds me of my maths teacher
    dhevana eh nuvaa teacher eh
    alhugadu menge kurierumaky thy alhugadu menge ragalhu natheeja ge sirra ky thy
    we alll love you alll so much oir teacher
    we cant thanks enough for your goods. Uou have been so good you spend night and days Working hard for our improvment and finding ways that will hepl us to study more and get the work
    love you all and thank you for you hard work teacher

    1. inan
      Alyss

      jazakillah khairan Alyss.. varah ufaa vehje Alyss ge mi comment kiyaafa… mi story ah libunu comment thakun engijje inan ah ves, teachers dheke loabivaa kudhin ves vaki madhu noon kan… alhamennaky alhamenge mainbafainnashaai mudharrisunah kamey hithaa baeh kamugai lavvaashi!!! aameen.. 🙂

  12. if ...

    mirashu kuhjjeh hn hyvegn
    k.ekm bunan nethiyya…

  13. Someone

    Aee kon rashehtha if …

  14. Someone

    Aee kon rashehtha if … Male tha

  15. kokko

    wow vvv reathi

  16. މަރީ

    mi haaru nethey ekahala ragalhu mudharisun

  17. Ifaaa

    Very nice story

  18. Vikovikko

    Vrh vrh vrh Rythi mi story ves what’s your age inaan??? if you mind I am just asking

Comments are closed.