“ދޮންބޭ!!! ދެން ތިހެން ނޫޅެބަލަ. ތިގޮތަށް އުޅުމުން ދޮންބެއަކާއި ނުވެސް ގުޅޭ…. ދޮންބެ ތިހާ ދެރަވެގެން ރޯ މަންޒަރު ފެނުމުން ޝައްނުގެ ހިތަށް ވަރަށް ތަދުވޭ. ޝައްނުއަށްޓަކައި ، އައިކުއަށްޓަކައި ދެން ހިތާމަނުކުރޭ” ޝަނުމް ރޮވިފައި އިނދެ އައްޔަދަށް ވިސްނާދެމުން ދިޔައެވެ.
“ތެދެއް! އެއް ދަރި މިދުނިޔެއިން ވަކިވެގެން އެދިޔައީ. މިހާރު ކައިރީގައި ތިހުރި ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދީގެން ލޯތްބާއެކު ބޮޑުކުރެވޭތޯ ބަލާ. ވީކަމެއް ވީ. އެއީ ޒާއްތަގެ ނަޞޭޙަތަކީ” ޒާއިރާ ދެއްކި ވާހަކަތައް އަޑުއަހަން އައްޔަދު އޮތް އިރު މޭތެރޭގައި އޮތް އޭނާގެ ހިތް އޮބިނޯންނަ ވަރަށް ރޮމުން ދިޔައެވެ. ކެތްކޮށް ހިތްވަރުގަދަވާން އޭނާ ވެސް ބޭނުމެވެ. ނަމަވެސް ފާއިތުވެދިޔަ ކޮންމެ މިނިޓަކާއި އެކު އޭނާ އަށް ރިމީޝާއަށް ދެވުނު އަނިޔާތައް ހަނދުމަކުރުވަނީއެވެ. އަމިއްލަ ނަފްސު ކުށްވެރި ކުރެވެނީއެވެ. އޭނާ އެހާ ހިތް ބަލިވީ ކޮންއިރަކު ކަމެއް ހުދު އޭނާ އަކަށް ވެސް ނޭނގެއެވެ. ޖަނާން އޭނާގެ ހަޔާތުން ދުރަށް ދިޔައީ މިހުރިހާ ދުވަހު އޭނާ ނިދިފައި ވަނިކޮށް ހޭއަރުވާފައެވެ. ރިމީޝާ އޭނާގެ ހަޔާތުން ދިޔައީ އޭނާގެ މުޅި އަރާމާއި ނިންޖާއި މުޅި ދުނިޔެ ހިފައިގެންނެވެ.
އަލްވީރާ އަކީ ހަވާދު ހަދައިގެން ވިއްކާ މީހަކަށް ވާތީ ގޭ ދޮރު މަތީގައި ހުރި ބޮޑު ވަރުގަދަ ހިރުނދު ގަހުގެ ހިޔަލުގައި ތިންފައިގެ އުނދުނެއް ހަދައިގެން ހަވާދު ތައްޔާރުކުރަމުން ދިޔައެވެ. އަލްވީރާ އަށް އެހީވެދިނުމަށްޓަކައި ގޭދޮށުން ދެތިން އަންހެނަކު ވެސް އަތް ގާތް ކޮށްދެމުން ދިޔައެވެ. އޭގެ ތެރޭގައި ޒޯހަލްގެ މަންމަ ސައީދާ ވެސް އިނެވެ.
ހީނ ސަމާސާކޮށް ދުނިޔޭގެ އެކި ވާހަކަދައްކަމުން ، ދުފަމުން ދިޔަ ގުރޫޕްތަކުގެ މަޖާގަނޑު ބަލަން ވަކިން ހުރި ޖޯލީގައި ރިމީޝާއާއި ، އަންޖަލް ވެސް އިނެވެ. ޗުއްޓީ ހަމަވެގެން ޝިނާން ފުރިއިރު އެކުގައި ރިމީޝާ ނުގެންދިޔައީ އަދި ކުޑަ ދުވަސްކޮޅަކު ރަށުގައި މިޝްކު ގޮވައިގެން ހުންނަން ބޭނުންވާކަމަށް ރިމީޝާ ބުމުންނެވެ. އަދި ލިބޭ ބޮޑު އޮފްގައި ރަށަށް އަންނާނެ ކަމުގައި ޝިނާން ބުނެފައިވާތީ އަލްވީރާ އާއި ނަޒީމް ވެސް ނިންމާފައި އޮތީ ދެން ޝިނާން ދާއިރު އެކުގައި ރިމީޝާއާއި މިޝްކު ފޮނުވުމަށެވެ.
“ދަރިފުޅު އަތްވަށް ނުނިކުންނާތި” ދުރުގައި ކުދިވެރިންގެ ގުރޫޕަކާއެކު ކުޅެން އިން މިޝްކު އަށް ގޮވާލަމުން ރިމީޝާ ބުނެލިއެވެ. މެންދުރުގެ ހޫނުގަދަ ވަގުތަށް ވިޔަސް ޖެހެމުންދާ ވައިރޯޅިން ގަދަ ހޫނުގެ ދިލަ ކުޑަކޮށްދެމުން ދިޔައެވެ. ތަނުގައި ހިފާލާފައި ހުރި ހަނާވަމުން ދިޔަ ހަވާދުގެ ވަހުން ހިތްތައް ފުރޭވަރުވެއެވެ،
“ހަމަރަނގަޅަށްތަ ސައިއްތާ!!! އަޅޭ ޒޯ ނުލަފައެއްނު. ނުވެސް ބުނޭ… މިއަދު ވެސް ގުޅި ވިއްޔާ” އަލްވީރާ ކައިރީގައި ސައިދާ ދައްކަމުން ދިޔަ ވާހަކަ އަޑު އިވުމުން ރިމީޝާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.
“އަސްތާ!!! އަޑުއިވުނީތަ؟ އެ ދޮގެއް” ސައީދާ އަވަސް އަވަހަށް ބުނެލިއެވެ. އަލްވީރާ އާއި ބާކީ ތިބި މީހުން ހީލިތަން ފެނުމުން ރިމީޝާއަށް ވީގޮތް އެނގިއްޖެއެވެ.
“ހޫމމމ.. އޯކޭ މަށަށް ނޭނގޭ… ދެން އެހެންޏަ…. މަގޭ ކަންފަތް ބަރާބަރަށް މަސައްކަތްކުރެއޭ…” ރިމީޝާ އަނގައަށް ގޮތެއް ހަދާލަމުން ބުނެލިއެވެ.
“ދެން ކޮންމެހެން ސައީދާ އުޅޭނެކަމެއްނެތް ރިމީ އަށް އޮޅުވާލަން. މިހާރު ތިއޮތީ ބުޅާ ގޯނިން ބޭރުވެފަ. ދެން ކުރާނެކަމެއް ނެތް” ހަލުވިކަމާއެކު ދޭފަތުން ހަވާދު ތާސް ދެފަރާތަށް އެއްވަރަކަށް ހަލަމުން ދިޔަ އަލްވީރާ ބުނެލިއެވެ.
“ރިމީ ނުބުނައްޗެ ސައިއްތަގެ ފަރާތުންނޭ އެނގުނީ… ޒޯހަލް މާދަމާ އެބަ އާދޭ. ކާޝިފް އަށް ޗުއްޓީ ހަމަޖެހުނީޔޯ” އެންމެފަހަށް ސައީދާ ބުނެލިއެވެ. ރިމީޝާ ހީލަމުން ވަގުތުން ފޯނު ނަގާ ޒޯހަލް އަށް މެސެޖް ކުރަން ފެށިއެވެ.
ކޮޓަރީގައި މިޝްކު ރީތިކުރަން އިން ރިމީޝާ ބަލާލީ ކޮޓަރީ ދޮރަށް އެރި ޝިނާން ފެނުމުންނެވެ. ވަގުތަކީ ހަވީރުގެ ވަގުތެވެ. ޝިނާނަށް ހިނިތުންވުމެއް ދެމުން އަނެއްކާ ވެސް ރިމީޝާ ސަމާލުކަން ދިނީ މިޝްކު ބޮލުގައި ފުނާ އަޅުވާށެވެ. ތިން ދުވަހުގެ އޮފަކަށް ޝިނާން ރަށަށް އައީ މިއަދުގެ ވަގުތެއްގައެވެ.
“ބައްޕި ގެ ބޭބީ މިއަދު ހާދަ ލޯތްބޭ… ކޮންތާކަށް ދާން ތިއުޅެނީ” ރިމީޝާގެ އުނގުތެރޭގައި ލޯބިކޮށް ހީލައިގެން ހުރި މިޝްކު ފެނި އެތެރެއަށް ވަންނަމުން ޝިނާން ބުނެލިއެވެ.
“މިއުޅެނީ ޒޯދައްތަ ގެއަށް ދާން. ދޯ މަންމި. އެކަމަކު ކުޑަކޮށް ހިނގާލާފައި ދާނީ” ރިމީޝާއަށް ދޯ ދެމުން މިޝްކު ބުނެލިއެވެ.
“އެހެންތަ؟ މަންމި އާއި ދެކުދިން އެކަނިތަ ދަނީ. ބައްޕި ނުގެންދާނަން” ޝިނާން ބުނެލިއެވެ.
“މަންމި!! ތެދެއް ބައްޕި ގެންދާނަންތަ؟” މިޝްކު އެސުވާލު ހަވާލުކޮށްލީ ރިމީޝއާއެވެ.
“ހޫމް… ބައްޕި ދޭ ރެޑީވާން. ދެން ދަރިފުޅު ބޭރުގައި ދޮންބެދައްތަ ކައިރީގައި މަޑުކުރޭ. މަންމި މިދަނީ ބުރުގާ ބަދަލުކޮށްގެން” މިޝްކު ބޮލުގައި ފުނާ އަޅުވާ ނިންމާފައި މޫނުގައި ފުށްމާގަނޑު ހާކާލަމުން ރިމީޝާ ބުނެލިއެވެ.
“ބައްޕި ކޮންތާކަށް…. ބައްޕި ދޭބަލަ މަންމިގެ ބުރުގާ ބާލުވަދޭން” ވިސްނާލުމެއްނެތި ކުޑަކުޑަ މިޝްކު ބުނެލި އެއްޗަކުން ޝިނާނަށް ބަލާލެވުނީ ރިމީޝާއަށެވެ. ރިމީޝާއަށް ހީލެވުނެވެ. މިޝްކު ދިޔަ ދިމާލަށް ބަލަން ހުރެ ރިމީޝާ އެނބުރުނީ ލޯގަނޑާއިވީ ދިމާލަށެވެ.
“ދެން ޝިނާން ބަލަން ހުއްޓަތަ މަ ބުރުގާ ބާލަ……” ރިމީޝާއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޒާތަކަށް މޭނުބައި ކުރަން ފެށުމުންނެވެ. އިސާހިތަކު އޭނާ އަށް އޯކަށްދެމެން ފެށުނެވެ. ރިމީޝާ ދުއްވައިގަތީ ފާހާނާ އާއި ދިމާލަށެވެ. ޝިނާނަށް ހުރި ތަނުގައި ގަނޑުވެފައި އެދިމާލަށް ބަލަން ހުރެވުނެވެ. ހޮޑުލައި ނިމިގެން މޫނުދޮންނަ ތަށީގެ ލޯގަނޑުން އަމިއްލަ ސޫރަ އަށް ބަލަން ހުރި ރިމީޝާގެ މޫނުމަތި ވަނީ މުޅިން މިލާފައެވެ. ބަނޑުގައި އަތްހާކާލެވުނީ ގަސްދަކުނޫނެވެ. އައްޔަދުގެ ދަރިއަކު ބަނޑުގައި އޮވެދާނެތީއެވެ. އެމަންޒަރު ޝިނާނަށް ފެނުނެވެ. ޝިނާން އަނެއްފަރާތަށް އެނބުރެން އުޅެނިކޮށް ރިމީޝާއަށް ފެނުނެވެ.
“ޝިނާން…..” ޝިނާން މަޑުޖެހުނީ ރިމީޝާ ގޮވާލުމުންނެވެ. ރިމީޝާއަށް ބަލާފައި ވެސް ޝިނާން ވަކި އެއްޗެއް ނުބުނެއެވެ. އޭނާގެ ނަފްސަށް ވަނީ ފުންމިން ނޭނގޭ ހަމަހިމޭންކަމެއް ވެރިވެފައެވެ.
“ޝިނާން!!! އަހަރެން ބަނޑުބޮޑީތަ؟” ދާދި ކައިރިން ރިމީޝާގެ އަޑު އިވުމުން ބަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަލާލިއިރު ރިމީޝާ ހުރީ ޝިނާނާއި ދާދި ކައިރީގައެވެ.
“އެނ؟ ކީކޭ؟” ޝިނާނަށް ތެޅިގަނެވުނެވެ. އެއީ އޭނާ އަށް ހޭލާހުއްޓާ ފެންނަ ނުބައި ހުވަފެނެކޭ ހިތަށް އެރިއެވެ. ކުއްލިއަކަށް ރިމީޝާ ހާސްވެގެން ދެކޮޅަށް ހިނގަންފެށިއެވެ. އޭނާ ބޯ ގޮވަން ކައިރިވަނީއެވެ. އައްޔަދުގެ ދަރިއަކު އޭނާ ބޭނުމެއް ނުވޭއެވެ. ނަމަވެސް ތަގްދީރުގެ ނިޔާ އާއި ދެކޮޅުވެވޭކަށް ވެސް ނެތެވެ.
“ރިމީ!!! ހަމަޖެހިބަލަ. ޔަގީންތަ؟” ރިމީޝާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބައިންދަމުން ޝިނާން ބުނެލިއެވެ. ރިމީޝާ ޝިނާނަށް އިސްއުފުލާ ބަލާލިއެވެ. އެދެލޯ ވަނީ ފެންކަޅިވެފައެވެ.
“ވެދާނެ. ނޫނެކޭ ބުނާކަށް ނުކެރޭނެ. އެންމެ ދުވަހަކުން ވިޔަސް އެކަން ކާމިޔާބު ކުރާ މީހުން އުޅޭ. އެކަމަކު އަދި އެންމެ ދެ ހަފްތާ.. އެހެންކިހިނެއްވާނީ” ރިމީޝާ ބުނަމުން ދިޔައެވެ. ޝިނާން މޫނުގެ ކުލަވަރު މުޅިން އޮށްސުނެވެ. ރިމީޝާ ހާސިލް ކުރުމަށް ކުރަމުން އައި އުއްމީދު މަދު ސިކުންތުކޮޅެއްގެ ތެރޭގައި އެދިޔައީ ވިއްސި ވިހާލިވެގެންނެވެ.
“އެބަ އަންނަން” ޝިނާން ވަރަށް ބާރަށް ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ. ރިމީޝާ އަނެއްކާ ވެސް ބަނޑުގައި އަތް އަޅާލައިގެން ހުރެ ދެކޮޅަށް ހިނގަންފެށިއެވެ. އޭނާގެ ބަނޑުގައި އައްޔަދުގެ ދަރިއަކު އޮތް ނަމަ އެދަރިފުޅަކީ ހާދަ ބަދުނަސީބު ދަރިއަކަށް ވާނެއެވެ. އެދަރިފުޅުގެ ބައްޕައަކީ އަނިޔާވެރިއެކޭ ދަރިފުޅު ކައިރީގައި ބުނަން ޖެހުނީމަ އެކުއްޖާގެ ހިތް ހަލާކުވާނެއެވެ. އެހަބަރު އައްޔަދަށް ލިބިއްޖެނަމަ އޭނާ މަރާލާކަށް ވެސް ފަހެއް ނުޖެހޭނެއެވެ. ޝިނާން ކޮޓަރިއަށް ވަދެގެން އައީ ރިމީޝާ އެވިިސްނުންތަކާއި އެއްކޮށް ސިކުނޑި ގޮށްވަމުން ދަނިކޮށެވެ.
“އަނ. ރިމީ ބޭނުމިއްޔާ އަމިއްލަ އަށް ޔަގީންކުރޭ. ބައެއްފަހަރު ހީވާ ހީވުންތައް ޔަގީން ނުވެ ވެސް ހިނގައިދާނެ. ރިމީ އަޔާގެ ބޭބީއެއް ބޭނުމިއްޔާ ދުއާ ކުރޭ ޕޮޒިޓިވް ވޭތޯ” ޖީބުން ނަގާ ކިޓެއް ރިމީޝާގެ އަތު ތެރެއަށް ލައިދެމުން ޝިނާން ބުނެލިއެވެ.
“ދެން ދޭ. އަހަރެން މިތާ މަޑުކޮށްލާނަން” ރިމީޝާ ބަލަހައްޓައިގެން އިންނަން ފެށުމުން އަނެއްކާ ވެސް ޝިނާން ބުނެލިއެވެ. ރިމީޝާ ފާހާނާ އަށް ވަނެވެ. ޝިނާން މަޑުމަޑުން ދެކޮޅަށް ހިނގަމުން ދިޔައިރު އެކި ކަހަލަ ވިސްނުންތަކުން އޭނާގެ ސިކުނޑި ކަމުން ދިޔައެވެ. އިރުކޮޅަކާއި ފާހާނާއިގެ ދޮރަށް ބަލާލައެވެ. ކެތްތެރިކަން ކުޑަވެފައިވާ މީހަކު ފަދައިން އެނދުގައި އިށީނދެލާނެއެވެ. އަނެއްކާ ވެސް ތެދުވެ ހިނގަންފަށާނެއެވެ.
ކުއްލިއަކަށް ފާހާނާ އިން ނިކުތް ރިމީޝާ ފެނި ޝިނާން ދުމެއް ޖަހާފައި ގޮސް ހުއްޓުނީ ރިމީޝާ ކުރިމަތީގައެވެ. ރިމީޝާގެ މޫނުގެ ކުލަވަރުން ނަތީޖާ ރަނގަޅު ނޫން ކަމުގައި ބަލާލި ކޮންމެ މީހަކަށް ވެސް ދޭހަވާނެއެވެ.
“އިޓްސް އޯކޭ… ރިމީ ފާފައެއް ނޫނެއްނު ކުރީ… ކޮންމެ ކަމަކަށް ވެސް ރަނގަޅު ގޮތެއް އޮންނާނެ. ތިކަމުގެ ހައްލު ވެސް އޮންނާނެ” ރިމީޝާގެ ދެކޮނޑުގައި ހިފާލަމުން ޝިނާން ބުނެލިއެވެ.
“އިޓްސް ނެގެޓިވް. އެކަމަކު އަދި މިޔަކުން މަށަކަށް ނުފުދޭނެ. ބޭނުން ބްލަޑް ނަގައިގެން ޓެސްޓް ހަދަން. ހިނގާ ދަމާ ހޮސްޕިޓަލަށް” އަތުގައި އޮތް ކިޓް ޝިނާނަށް ދައްކާލަމުން ރިމީޝާ ބުނެލިއެވެ. އޭގައި އިން އެއްރޮނގު ބުރި ފެނުމުން ޝިނާންގެ ހިތަށް ބަޔާންކުރަން ދަތި އުފަލެއް ލިބިގެން ދިޔައެވެ. އޭނާގެ ތުންފަތަށް ފަނޑު ހިނތުންވުމެއް ވެރިވީ ރިމީޝާ ބަލަން ހުއްޓައެވެ.
“ތީގެން ވެސް ގިނަ ފަހަރަށް ދައްކާނީ ހަމަ ރަނގަޅު ނަތީޖާ. އެހެންނޫނަސް ރިމީ އަށް ހޮޑުލެވުނީ އެންމެފަހަރަކު ދޯ… އެހެންވީމަ އިތުރު އުނދަގުލެއް ނުވަންޏާ އަދި މަޑުކުރަން މަށަށް ފެންނަނީ” ޝިނާން އޭނާގެ ހިޔާލު ފާޅުކޮށްލިއެވެ.
“ނޫން… ޕްލީޒް.. ޝިނާން ނުދަންޏާ މައެކަނި ހިނގައިދާނަން.. ..” ރިމީޝާ އަވަސް އަވަހަށް އަލަމާރި ތެރެއިން އޭނާގެ ވޮލެޓް ނަގައިގެން ހިނގައިގަތެވެ.
“މަޑުކުރޭ… މަ މިހިރީ ބޭރުގަ. އާދޭ ހެދުން ބަދަލުކޮށްގެން” ޝިނާން ހަތިޔާރު ބެހެއްޓިއެވެ.
ރިމީޝާ ކޮޓަރިން ނިކުތުމުން ސިޓިންގްރޫމުގައި އިން ޝިނާން ތެދުވިއެވެ. ދެމީހުން ވެސް ބަލާލީ މިޝްކު ކޮބާތޯއެވެ. ކޮޓަރިން ނިކުތް އަލްވީރާ އަށް ޝިނާން އާއި ރިމީޝާ ފެނުމުން ބަލާލީ ފާޑަކަށެވެ.
“ކިހިނެއްވެފަ ދެމީހުން” އަލްވީރާ އަހާލިއެވެ.
“މަންމާ!!! ކޮބާ މިޝްކު؟” ދެފަރާތް ބަލާލަމުން ރިމީޝާ އަހާލިއެވެ.
“އެމަންޖެ އަންޖޫ އާއި އެކީގައި ނިކުމެއްޖެ. ދަމުން ބުނި މަންމި އާއި ބައްޕި ވަރަށް ސްލޯ ދެކުދިންނޭ….” ހީލަމުން އަލްވީރާ ބުނެލިއެވެ. މިޝްކު ނެތްކަން އެނގުމުން ރިމީޝާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
“ދަރިފުޅުމެން ތަނަކަށް ދަނީތަ؟” އަލްވީރާ އެހެން އަހާލީ ރިމީޝާ އަތުގައި އޮތް ޕާރސް ފެނުމުންނެވެ.
“މި އަންނަނީ ހޮސްޕިޓަލަށް ވަދެލާފަ” ހިނގައިގަންނަމުން ރިމީޝާ ބުނެލިއެވެ.
“ކިހިނެއްވީ؟ ދަރިިފުޅު ބަލިވީތަ؟” އަލްވީރާ ރިމީޝާ ކައިރިއަށް ހިނގައިގަންނަމުން ކުޑަ ކަންބޮޑުވުމަކާއެކު އަހާލިއެވެ.
“އަޅުގަނޑު ބައްޔެއްނޫން… މިއުޅެނީ ޝިނާން ބަޑެއްގައި ރިއްސާތީ. އެއްފަހަރު ހޮޑުވެސްލައިފި” ރިމީޝާ ބުނެލިއެވެ. ވަގުތުން ޝިނާނަށް ރިމީޝާގެ މޫނަށް ބަލާލެވުނެވެ. ލޮލުގައި އަޅާފައި އިން އަވި އައިނު ނަގާ ރިމީޝާއަށް ބަލަން ހުރި ޝިނާން އެއްޗެއް ބުނަން އުޅުނެވެ.
“ބަނޑުގަ… މަގޭ…. ކޮންއިރަކު؟؟؟ ރިމީ އެއް….” ޝިނާން ވާހަކަ މެދުކަނޑާލީ ރިމީޝާގެ އަތުގެ އުޅަނބޮށިން ޝިނާންގެ ބަނޑުގައި ޖަހާލުމުންނެވެ.
“އަވަހަށްދޭ… ތިވާނީ ގޭހުގެ ކަންތައް ކަމަށް. މަންމަމެންނަށް ވާނުވާ އަންގާލާތި” އަލްވީރާ ބުނެލިއެވެ. ރިމީޝާ އަވަސް ފިޔަވަޅުތަކެއްގައި ގެއިން ނިކުމެ ބާރަށް ހިނގައިގަތުމުން ޝިނާން ވެސް ފަހަތުން އަރާ ރިމީޝާ އާއި ހަމަކުރިއެވެ.
“މަތަ ބަނޑުބޮޑެވެގެން މިއުޅެނީ… ރިމީއެއްނު….” ޝިނާން އުނގަނޑުގައި ދެފަރާތުން އަތް އަޅާލައިގެން ހުރެ ރިމީޝާއާއި އެއްވަރަށް ހިނގަމުން ބުނެލިއެވެ.
“ޝްޝް…. ޝިނާނަށް ނޭނގޭތަ ސިއްރުން ކަންތައްކުރަން. ދެން މަންމަ ކައިރިއަކު ނުބުނެވޭނެ ދޯ މިދަނީ މިހެންމިހެން ވެގެންނޭ…” ރިމީޝާ ޝިނާނަށް ބަލާލަމުން ބުނެލިއެވެ.
“އޯކޭ… މަށަށް އެނގެނީ ސިއްރު ކަންތައް ކުރަން ފަހުން ފަޅާނާރާ ގޮތަށް. ރިމީ ހެނެއްނޫން. ރިމީ ތިއުޅެނީ މިހާރު ވެސް ސިއްރުން ކުރި ކަންތައް ފަޅާއަރާފާނެތީ ބިރުން. ހެހެހެ……” ހިނގަނޑަކާއެކު ޝިނާން ބުނެލިއެވެ. ރިމީޝާ ވަގުތުން ހުރި ފިޔަވަޅުމަތީގައި ހުއްޓުނެވެ.
“ނޫން… ރިމީ ވަރަށް މޮޅުވާނެ… ރިމީ އަށް އެނގޭނެ ވަރަށް މޮޅަށް ސިއްރު ކަންތައް ކުރަން….. ރިމީ ބަނޑުބޮޑުވިއްޔާ ވިހަން ދެން އުޅޭނީ ސިއްރުން. ނޫނީ މިފަހަރުވެސް އަހަރެންގެ އެހީ………….” ރިމީޝާ ބަލަން ހުރި ގޮތުން ޝިނާން އަވަސް އަވަހަށް ވާހަކަ އަނެއްކޮޅަށް ޖަހާލިއެވެ. ރިމީޝާ ނުހީ ހުންނަން މިފަހަރު ކުރި މަސައްކަތްވީ ބޭކާރެވެ. އަތުގައި އޮތް ޕާރހުން ޝިނާން ގައިގާ ބޮނޑިއެއް އަޅަމުން ޝިނާން ފަހަތުން ދުއްވައިގަތެވެ. ރިމީޝާއަށް ނޭނގުނީ ޝިނާން އެކުރި ސަމާސާ އަކީ ރިމީޝާގެ ސިކުނޑީ ވަށާލާފައިވާ ހާސްކަން ނެތިކޮށްލުމަށް ޝިނާން ޖަހާލި މަޅިއެއް ކަމެވެ.
ރަށު ދޮންވެލި ފަސްގަނޑުގައި ފައި ޖެހުމާއެކު ޒޯހަލްގެ އަމާޒަކަށްވީ އައްސޭރިއާބާދުގެއެވެ. ކުރިން އަންނަގޮތަށް ހަމަޖެހިފައި ވިޔަސް ނިންމަންޖެހޭ މުހިއްމު ކަންތައްތަކެއް ހުރުމުން ޒޯހަލް އަށް ރަށަށް އާދެވޭވަރުވީ އަދި މިއަދުއެވެ. ރިމީޝާއާއި ބައްދަލުކުރަން އޭނާ މަގުން ލަނބާލީ އަމިއްލަ ގެއަށް ވެސް ނުގޮހެވެ. ގޭދޮރުން ވަދެގެން އެތެރެއަށް ވަދެގެން ދިޔއިރު ވެސް ގޯތިތެރެން މީހަކު ފެންނާކަށް ނެތެވެ. ވަގުތަަކީ ރޭގަނޑުގެ ވަގުތެވެ. ގޯތި ތެރެއިން އަޅާފައި ގޭ މައިބަޔަށް ވަންނަން އައި ޒޯހަލް އަށް ފުރަތަމަ ވެސް ފެނުނީ ނިކުންނަން އައި ޝިނާން އެވެ. ޒޯހަލް ފެނުމުން ޝިނާނަށް ވެސް ސިހުމެއް ލިބުނެވެ.
“އެބަ އޮތް މިޝްކު ނިންދަވަން” ޒޯހަލް އަންނާނީ ރިމީޝާއާއި ބައްދަލުކުރަންކަން އެނގުމުން ޝިނާން ބުނެލިއެވެ.
“އާދޭ ޝިނާންބޭ އަވަހަށް…” ބޭރުން ސައިކަލު މަތީގައި އިން ނާއިން ގޮވާލި އަޑު އިވުމުން ޝިނާން ދިޔައީ އެދިމާލަށެވެ.
“މާދަމާ ދަތުރެކޯ. މިދަނީ އެއްޗެހި ގަންނަން. އެނގޭތަ!! ލީޑަރަކީ ސައިއްތައެއްނު” ޝިނާން ހީލާފައި ބުނެލިއެވެ. ޒޯހަލް ވެސް ހީލާފައި އެތެރެއަށް ވަންނަން ދިޔައެވެ.
ރިމީޝާ ކޮޓަރިން ނިކުމެގެން ބަދިގެއަށް ވަނީ ޒޯހަލް އަލްވީރާ އާއި ވާހަކަދައްކަން ބަދިގޭގައި އިންދައެވެ. ޒޯހަލް ފެނުމާއެކު ރިމީޝާއަށް ސިހުމެއް ލިބުނެވެ.
“ކޮންއިރަކު އައީ؟” ޒޯހަލް ގައިގާ ބައްދައިލަމުން ރިމީޝާ ބުނެލިއެވެ.
“އައި ގޮތަށް މި އައީ ރިމީގެ ހާލެއް ބަލާލަން. އިރާދަކުރެއްވިއްޔާ ރިމީ ނުބުންޏަސް އެނގިއްޖެ ވަރަށް ރަނގަޅުކަން” ޒޯހަލް އަލުން ގޮނޑީގައި އިށީންނަމުން ޒޯހަލް ބުނެލިއެވެ.
“ވަރަށް ބޮޑުވެއްޖެ ދޯ…. ކޮންކަހަލަ ބޭބީއެއްތޯ ބެލީތަ މިހާރު” ޒޯހަލްގެ ނިކުމެފައި ހުރި ބޮޑު ބަނޑުގައި އަތް ޖައްސާލަމުން ރިމީޝާ އަލްވީރާ އަށް ދޯ ދެމުން ބުނެލިއެވެ.
“ދެން ހުރެގެން ބޮޑުދޯ ވާނީ. އެބުނާހެން މިހާރު މިއުޅޭ ކުދިންހެން ނުބަލަންތަ ދަރިފުޅުގެ ޖީންސެއް” ރޮށި ފޮރޮޅަން ހުރި އަލްވީރާ އަހާލިއެވެ. އެވަގުތު އަންޖަލް ވެސް އައިސް އެމީހުންނާއި ބައިވެރިވެގެން އަހާލިއެވެ. އަންޖަލް ޒޯހަލް އަށް ގޮވާލަމުން ހީލިއެވެ. ރިމީޝާ އިޝާރާތުން ޒޯހަލް އަށް އަންޖަލް ދައްކާލާފައި އަތުން ހަރަކާތެއް ކޮށްލިއެވެ. ޒޯހަލް ބަލާލީ އަންޖަލް އަށެވެ.
“ރަނގަޅަށްތަ މި ހީވަނީ… އަންޖޫ ޕްރެގްދޯ” ޒޯހަލް އަހާލިއެވެ. އަންޖަލް ބޯޖަހާލުމުން ޒޯހަލް އަންޖަލް އަތުގައި ހިފާލަމުން ކުޑަކޮށް ބައްދާލިއެވެ.
“ހޮޑުލެވޭތަ؟” ޒޯހަލް އަހާލިއެވެ. އަންޖަލް ނޫނެކޭ ބުނެލިއެވެ.
“މަ ގޮތަށް ދޯ. ނުލަން އެންމެ ހޮޑުކޮޅެއްވެސް. ބޮލެއްވެސް ނާނބުރާ. ޕުއްޕުވެސް ނުލަން މި ރިމީ ލިވަރަކަށް” ހީލަމުން ޒޯހަލް ބުނެލިއެވެ. އަންޖަލް އާއި އަލްވީރާ ހީލިއިރު ރިމީޝާ ތުން އަނބުރާލިއެވެ.
“ދަނީ… މާދަމާ ދަތުރުން ދެން މީޓް ވާނީ… އެގުޅަނީ ޝިފް. ރިމީ ، ވީރައްތާ އަންޖޫ ދިޔައީ… މިޝްކޮ ކައިރީގައި އިހަށް ނުބުނައްޗެ މަ އައި ވާހަކަ” ޒޯހަލް ގެއިން ނިކުންނަން ދަމުން އަވަސް އަވަހަށް ބުނެލިއެވެ.
ނިދަން އަރާ އޮތް ރިމީޝާއަށް އެއްގޮތަކަށް ވެސް ނުނިދުނެވެ. ހޮސްޕިޓަލަށް ރިޕޯޓް ނަގަން ދިޔަ ޝިނާންގެ ފޯނަށް ގުޅުނު އަދަދެއް ވެސް ނޭނގެއެވެ. ހޮސްޕިޓަލަށް ދާން އުޅެފައި ވެސް މިޝްކު އެކަނި އޮތުމުން އެހިތްވަރު ކުރާކަށް ރިމީޝާއަށް ނުކެރުނެވެ. އޭގެ ފަހުން ވެސް ހުންނަނީ މޭނުބައިކޮށް ހޮޑުލަވާފައި ކަމަށް ވާތީ މިހާރު ރިމީޝާއަށް ވަނީ ޔަގީންވެފައެވެ. އެނދުގައި ވިސްނަން އޮތް ރިމީޝާއަށް ސިހުމެއް ލިބުނީ ފޯނަށް މެސެޖެއް އައި އަޑުންނެވެ. އެނދުން ބުރަކަށި ހިއްލާލުމަށްފަހު ފޯނު ނަގާ އަވަހަށް ފިންގަރ ޖަހާލިއެވެ.
“އިޓްސް ޕޮޒިޓިވް. ކޮންގްރާ…” ޝިނާން ގެ މެެސެޖް ކިޔާލާފައި ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ރިމީޝާއަށް ނޭނގުނެވެ. އަމިއްލަ ބަނޑުގައި އަތް ހާކާލީއިރު އައްޔަދާއި އެފަދަ ގުޅުމެއް ހިންގުނު ރޭގެ މަންޒަރުތައް ހިޔާލު ކުރެވެން ފެށިއެވެ. އައްޔަދަށް އެކަން އަންގާނީތޯ ނުވަތަ ނޫންތޯ އެއީ މިހާރު ރިމީޝާގެ ހިތުގައި އުފެދިފައިވާ އެންމެ ބޮޑު ސުވާލެވެ. ގޮތެއް ނުނިންމިފައި އެތައް އިރަކު ހޭލާ އޮތުމަށްފަހު ނިދުނު އިރެއްވެސް ނޭނގެއެވެ.
ދަތުރު ދިޔުމަށްޓަކައި ހުރިހާ މީހުން ބަނދަރަށް ޖަމާވި އިރު ވެސް ރިމީޝއާއި މިޝްކު ގެ ހިލަމެއް ނުވޭއެވެ.
“ވީރައްތާ!! ކޮބާ ރިމީ؟” އެންމެފަހަށް ޒޯހަލް އަހާލިއެވެ.
“ނޭނގެ. ވީރައްތަ އައިރު ހީވި ދެންމެދެންމެ ނިކުމެދާނެހެން” އަޅާފައި ހުރި ކަޅުލުކައިގެ ބޮޑު ބުރުގާ މަތިން އަތްދަބަސް އަޅުވާލަމުން އަލްވީރާ ބުނެލިއެވެ. ރީނދޫކުލައިގެ ބޮޑު ފެންހަމެއް ކޮނޑުމައްޗަށް ލައިގެން އެތަނަށްް އައިސް ހުއްޓުނު ޝިނާނަށް އެއަޑު އިވުނެވެ. ދޯންޏަށް ފެންހަން އެރުވުމަށްފަހު އެއްގަމަށް ފައިބާފައި ޝިނާން ގޮސް ހުއްޓިލީ ވަކިން ހުރި ގަހެއްގެ ހިޔަލުގައެވެ. ލައިގެން ހުރި ކަޅު ކުލައިގެ ސޯޓްބުރީގެ ޖީބަށް އަތްކޮށްޕާލަމުން ފޯނު ނަގާފައި ރިމީޝާގެ ފޯނަށް ގުޅާލަން އުޅެނިކޮށް ޒޯހަލްގެ އަޑު އިވިގެން ޝިނާން އެދިމާލަށް ބަލާލިއެވެ.
“ތިއޮށް ވަޑައިންނަވަނީ” ޒޯހަލް ބުނެލިއެވެ. މިޝްކު އަތްމައްޗަށް ލައިގެން އަންނަމުން ދިޔަ ރިމީޝާ އަށް ޝިނާން ބަލާލިއެވެ. އަދި އެދިމާލަށް ހިނގައިގަތީ އެގޮތަށް މިޝްކު އުރައިގެން ގެއިން ފަށައިގެން އަންނައިރު ރިމީޝާ ވަރުބަލިވާނެކަން އިހުސާސް ކުރެވުމުންނެވެ.
“ގެނޭ މަގޭ އަތަށް” ރިމީޝާ އާއި އަރާ ހަމަވުމުން ޝިނާން ބުނެލިއެވެ.
“އޯކޭއޭ… މި އާދެވުނީއެއްނު…” ޝިނާނަށް ހިނިތުންވުމެއް ދެމުން ހީލާފައި ރިމީޝާ ބުނެލިއެވެ. އޭރު ރިމީޝާގެ މޫނުމަތިން ކޮންމެވެސް ވަރަކަށް ދާތިކިތައް ފާޅުވަމުން ދިޔައެވެ.
“ނޫން… ގެނޭ….” ވަން ހެޕީ ފެމެލީ ޖަހާފައި އިން ރަތްކުލައިގެ އަތްކުރު ޓީޝާޓަކާއެކު ހަމަ އެކުލައިގެ ޓައިޓްކޮޅެއްގައި ހުދުކުލައިގެ ވަށްކޮށް އިން ތޮފި އަޅުވާފައި އިން މިޝްކުގެ ކަރުގައި ކެމެރާ އަޅުވާލަމުން ޝިނާން ބުނެލިއެވެ. ފަހުން ރިމީޝާ ގަދަނުހެދީ ވަރުބަލިވެފައި ހުރުމުންނެވެ.
“ގެއިން ފެށިގެން ބޮޑު ބަޔަކަށް އައީ ހިނގާފައޭ… މިހިސާބަށް ވަރަށް ކައިރިވި ފަހުން ބުނެފި ވަރުބަލިވެޔޭ.. އެހެންވެ އުރީ” ހީލާފައި ލޮލުގައި އިން އަވި އައިނު ރަނގަޅުކޮށްލަމުން ރިމީޝާ ބުންޏެވެ. ދަތުރުގެ އެހެން ބައިވެރިންނާއި ހިލާފަށް އެދަތުރަށް ވެސް ރިމީޝާ ލައިގެން ހުރީ ކަޅު ކުލައިގެ ދިގު ހެދުމަކާއި އާދައިގެ ހުދާއި ކަޅު ހިމެނޭ ޓައިގަަރ ފޮތީގެ ބުރުގާ ކޮޅެކެވެ.
“ސާބަސް… ކިރިޔާ މަ ވިހާ ދުވަސް ނުޖެހުނީ މިތާ ހުރެހުރެ” އިރުވަރުން ޒޯހަލްގެ ޝަކުވާތަކެވެ. ރިމީޝާ ހިނިއައެވެ.
“ކޮބާ ހިނގާ ދަމާ” ސައިދާ އެންމެންނާ މުހާތަބްކޮށް ބުނެލިއެވެ.
“ދަރިފުޅާ ރިމީ!!! ބައްޕައަށް ތަޅުދަނޑި ހަވާލުކުރިންތަ؟” އަލްވީރާ ވާހަކަދެއްކީ ރިމީޝާއާއެވެ. އެދަތުރުގައި ނަޒީމް ބައިވެރިނުވާތީ އަލްވީރާ އައީ ފާހާނާއިގަ އުޅުނު ނަޒީމް އަތަށް ތަޅުދަނޑި ހަވާލުކުރަން އެވަގުތު ގޭގައި އުޅުނު ރިމީޝާ ކައިރީގައި ބުނެފައެވެ. ރިމީޝާ ބޯ ޖަހާލިއެވެ. ނާއިންގެ އެހީތެރިކަމާއެކު ރިމީޝާ ދޯންޏަށް އެރުމުން ވާތައް މޮހެލާ ކައިރީގައި އޮތް ފަޅު ރަށަށް ދިޔުމަށް އަމާން ދަތުރުރަކަށް އެދި ދޯނި އަނބުރާލިއެވެ.
ދުވަހަކީ އަވިިދޭ ވަރަށް ސާދާ ދުވަހެކެވެ. ކަނޑުން ނަގައިގެން އަންނަ ފިނިފިނި ވައިރޯޅިން އެވަގުތު ދޯނީގައި ތިބި ކޮންމެ މީހަކު އުފާ ހާސިލްކުރަމުން ދިޔައެވެ. އެންމެ ރުލެއްވެސް ނުވާ ކަނޑުގެ ލޮނުގަނޑު ވެސް ވަރަށް މަޑުމައިތިރިއެވެ. ދުރުން ދުރުން އުދުހިފައިދާ އެކި ވައްތަރުގެ ދޫނިސޫފާސޫފީގެ ނަލަ އަޑުތަކުން މާހައުލު އިތުރަށް ހިތްގައިމު ކުރުވަމުން ދިޔައެވެ. ރަށާއި ދުރަށް ދޯނި ދުއްވާ ވަރަކަށް ކަނޑުގެ ލޮނުގަނޑުން ހިކިގެން އުފެދިފައިވާ އެހެނިހެން ރަށްތައް ފެންނަމުން ދިޔައެވެ. ސާފު ނޫކުލައިގެ އުޑު ހީވަނީ ރަށްތަކުގައި ޖެހި ހައްޔަރުވެފައި އޮތްހެންނެވެ. ވަށައިގެން ބަލާލާއިރު ފެންނަން އޮންނަ ރަށްތަކާއި މެދު ވިސްނާލި ކޮންމެ މީހަކަށް މާތް ރަސްކަލާނގެ ކުޅަދުންވަންތަަކަން ހެއްކަކަށް ފުދޭނެއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
67 Comments!
Comments are closed.





salaam! mi bai ves huriha kudhinnah ves mi bai kamudhaane kamah ummeedhu kuran. dhn in bai maadhama rey genesdheveytho try kuraanan insha allah 🙂
good night emmen 🙂 love you all
Alhe haadha kurey plss thankolheh dhigukoh genesdhyba.. keevetha rimee preg v?? Dhn preg nuve shinaan aa rimee avahah gulhuvaba plss.. v nice mi part ves v v v inthixaaru koh koh ovvaa thi up kury.. 12 in feshigen mionnaany bala balaa up veytho
Thankyou Aysh ❤
Lets see dhw dhn vaa gotheh
ekam shinan furaifi ennu. anekka aeetha
Shian furaifa libunu off ga e aee
Dhn please ushaaly rimy shinaan aa gulhuvaba
Rimee gulheyne konmes ekakaa. Hingaa balan kaakah tho libeny. Ayyadh ves mihaaru ehery hama magah elhifa eh nu mihaaru ??
Olhun bolhun gandehge thereyhen hyvany mi ulheveny mi part kiyaali iru ??..shinaan fury e aee..rimy rashah aithaa dhuvasthakeh vehje..bt mi part ga rimy bunefi 2weeks ey adhi..kuryge partn engunu dhuvaskolhehve rimy hamayakah elhi tuition nagaidhey vaahakaves…dhen shinaan ehaa avahah kit eh e genesdhiny konthaakuntha..v confuse vejje mi bai kiyaafa..thikuraa masahkathah hama saabas..faahga kohlan mi story aky v reethi haadhisaa thakehge mahchah binaakoh liyamundhaa story ehkan..kiyaalan v hihgaimu ????..
Dear chim thankyu ?
Shinan chutty ninmaafa dhiyaee enburi 3 days off ga annaanamey bunefa. Okey 🙂
Dhn kit ge vahaka dhw. E rashuga ves cycle dhuvvaa. Ehen v ma kiteh ganegen annan ehaa ireh nuvaanenu 🙂
Dhuvaskolhakun rimee hama akah elhihjjey bunefa innaanr kida dhubaskolhehge thereyga. One week ah ves kuda dhuvaskolheh kiyaafaane dhw. 😀
Varah haapi vehjje thihaa gayaa vegen vahaka kiyaalaa kan engunyma. Thigothah hama always keep reading ❤❤❤
Ushaali you r the best writer??…mi stry varah reethi ? waiting for the next part ❤ ❤ ❤ ?
Thankyou so much inoo ❤❤
Omg… rimee preg v tha.. alhe pls mifaharu ley alhaa jujjeh noon.. eyrun haadha dher ey.. dhen vaanee kihine?
Guess1: rimee shinan aa gulheynee
Guess2: rimee shinan aa mrry kuraanee but rimee adhivx loabi vanee ayaa dheke kan egumun anekkaavx amilla hrt kathilaafa shinan rimee dhookollanee n rimee anekka ayaa aa gulheynee… hehe just guessin… waitin fr the nxt prt
😀 varah hini aissi thi varah guess kuryma
Thankyou so much lotus ?
Dhn kuriah huri baithakun engidhaanetho dhw vaa gotheh ❤❤❤
?????????????????????????????????????
?????????❤❤❤??❤?❤❤❤
Alhey usaalee keeve tha abadhu sinaa dhera kuran eek. …ok rimee preg vi us. …mifaharu aya ah nugulhuvaxhey?????
Hingaa balama dhw vaa gotheh ?
Rimee akee theleseemia keriareh tha? Ehn vehjaa mifaharu ves rimee preg vihyaa baby vaani keriarakah dhw…. ayyadh and rimee 3 faharah varivefa dhw dhn ayyadh aa rimee gulhuvaifihyaa story v hadi vaane… i love this story waiting for tha next part❤??
Thankyou so much Riyaa 🙂
Lets see dhw dhn vaa gotheh ❤❤
dn ayydh aai rimee nugulhuvaathi plz..eyra v hadi vaane
????
Hinga balan rimee dhany kaaku kairiah tho
Eyna e nubai ayyadhuge dhariakah bandubodu kuryma v foohi vejje. I hate him. And I love shinan.
????
Hingaa balan kuriah vaa goi
Masha allah stry v furihama. N stry genass dheyleh vex ehaame salhi.ey dear rimeesha & ayydh eii theleseemia keriareh noon tha.. mi hen bunyass igey bayeh faharu hama ragalhu kudhin vex libeykan.v hadi vaane dhen ayydh ge darieh rimeesha libunyma.haha.keep it up.dhathuru ga eh vex kujja kan gothen nahadhahchey ingey.v heeve e kahala kameh vaane hen.waiting 4 nw part. -salaam-???
#stry man#
Thankyou so much frirnds ?
Lets see vaa gotheh ❤❤❤
Alhey??? rimee and shinan gulhuvabala plx
Rimee dhaane konmes ekaku kairi ah ❤❤
Rimy n shinan gulhuvaba pls….ayyadhu ge dhariyakah rimee preg veema v Hadi..
Hinga balan rimee gulheny kaakaa tho ??
heevany sinaan majalakah rimy preg ey buny kanneyge,,,sinaan and rimy gulhuvabala stry vvv rythi…ayaa ah visnunus rimee aa nugulhuvaathi abadhu keevetyha sinaan ah ufaaveri kameh nulibeyny…ummedhu kurany sinnan and rimy gulhrynr kamah…
Thanks Princess ? vedhaanenu fahun shinan ah liben huri ufaa thah ginaee kamah ves dhw. Dhn vahaka in kuriah dhaan hingaa dhw ❤❤❤
ey vv hevey rimy ge baby abort vaanehen
??
Hingaa balan dhw
O my god
?
Ushaa…plxx rimy and shinan gulhuvaba…abadhu shinan ah ehen hadhaakah nuvaane ehnnu?
Hingaa balan dhw kuriah vaan huri goi thah ❤❤
Rimy preg eh nuvaane aslah e shinan rimy thalhuvaalaan buni ehcheh. Aslah pref vjjiya vrh hadi vaane mi story
Hingaa dhw balan shinan ?
Engidhaanethaa vaa gotheh
Ushaali alhe dhn shinaan ah ehn nuhadhaba… Ni v dhera vey abadhu shinaan ah dhera goiyy vaathy…… He deserves a happy life… Plxx rimy preg nuvaathi… Myhun buney lwbi linen feshyma e myheh ge kolhakah hiyy le’nbeyne ey… Even in ah vx vi ehn… Its human nature…. Bt Rimy is different… Lwbi nuvaa iru kyhve tha shinaan a marry kohfa baby eh hoadhy…??? Just luv shinaan…
Rimee ah vaa goi hingaa balamaa…
???
Thankyu so much ni ❤❤❤
vvv loabi i hope to see rimy with shinaan soon…. n loved the story
Thanks unique. Adhi kiriya mi dhimaa v positive koh visni kuhjjakaa….
Thanks ❤❤
dhen v foohi rimy prg v maa abadhu shinaan ah rimy nulhibay gothah thihadhany v foohi??
Foohi nuvey mary
Story adhi reethi vaane ?
A question rimee adhives ayyadh dheke loabiveytha? I need the answear. Btw story hama varah salhi. Waiting for tonight
Reader gr thi suvaalu ge javaabu v avahah libeyne
Thankyu so much ❤❤
Shinaan and rimee gulhuvabala plxxxxxx
Shinan r gulhey meeheh hingaa balan dhw ❤❤
Bodu kameh rimeesha heybali vey
Abadhu ehen myhun use kurany
Thihaa varah rimee dheke rulhi naadhey Beauty. Rimee dheravaanenu
Nyways thankyou Beauty ❤❤
Rimee ah adhi visneyne
Kyvve tha magey namuga comment kurany. Rimeesha akah nuvisneyne. Ekahala myhun baivaru abadhuves dhuniyeyga ulhey. Evaru neygigeneh noolhen. Myhun use kurun abadhu ves gothaky
Am not usin Ur name
Manadhoo beauty ???? heo visnun dhehvaashi. Aameen ?
Kitun test kuri iruves huree neyvaa hifahahtaalaigen..
Negative ey bunima v ufalun kiyan feshee
But v v v foohi vejje
Shinan ah ehen nuhadhaba
Rimee pls
Ushaal pls rimee dherave dhathuru mathin foohi vedhaanethi shinan hedhi dhogakah e pregnency hadhaaba pls
N rimee ves shinaan aa like kuruvaba
Pls plssssssssssssssssssssssssssssssssssssssssssssssssssss?
😀 😀
Hingaa vaa gotheh balan ❤
Shinan ah adhi loabi libives dhaanenu
Masha Allah story is awesome… Love you ushaali…when next part❤❤❤
Thankyou so much shiman ❤❤
Maadhama havyru. Insha allah
Mire ak noon tha dhen up kurany
Mihaaru hadi mi story
Next part please..
Aya ah lesson eh libifa e othy.
Dhen shinan and rimee ah happy life eh hoadhadhy
Dhen rimy ah ayaa marry kureveyni ehen myhakaa marry kohfa divorce vegen because 3 faharu ayaa rimy divorce kuryma ??
Dhen ayaa rimy aa gulhihje nama v foohi mi story
Sinaan ah ufaleh libeynee kon dhuvahakun tha??
Kn irakn stry up kurany?
This part is not nice I hope next part will be nice
V nice .I’m waiting for next part.really???
this part nice ingey……. dont think about what others say about just go a head write the story as u want it will be the Best n the story abadhuvx varah interest koh liyefa vany…. so i appreciate it….heheh n best of luck….. waiting for the next part… n hope it will be better than this one even