“ދާން… އައި ތިންކް އައި އޭމް ޕްރެގްނެންޓް” ޒީޝާ މަޑުމަޑުން ބުނެލިއެވެ. ދާނިޝް އަށް ސިހިފައި ދުރަށް ޖެހިލެވުނެވެ. “ވަޓް އަސްލު” އެހެންނަމަވެސް ދާނިޝް ގެ އަޑުގައިވަނީ އުފާވެރިކަމެވެ. އޭނާ އަށް ބުނެވުނެވެ. “ކިހާ ދުވަހެއް” “މިހާރު ވީކްއެއް ވެއްޖެ އެކަމަކު ޔަގީނެއްނޫން….” “އެހެން ވިއްޔާ އެންމެ ރަނގަޅުވާނީ ޑޮކްޓަރެއް ގާތަށް ގޮސް ބްލަޑް ޓެސްޓެއް ހަދާލިއްޔާ” ދާނިޝް ބުނެލިއެވެ. މީގެ ކުރިން ދަރިއަކު ހޯދުމަށް އެ ދެމަފިރިން ވެސް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަދި ވެސް […]
ރަޙުމްކުޑަކަމާއެކު ގެއިންނެރެ އެއްލާލި މަޔަކަށްޓަކައި ކަރުނައަޅާނުރޮއުމަށް އޭނަ އަޒުމްކަނޑައެޅިއެވެ. އަދި ޙަޔާތުގެ އެހިތާމަވެރި ޞަފްޙާތަކުގައި ތަޅުއަޅުވާ މުޅިން އާ ޞަފްޙާތަކެއް ލިޔުމަށް އަޒުމް ކަނޑައެޅީ އެކަމަށް މަގުފަހިކޮށްދިން އެކުވެރިޔާއަށް ޝުކުރުކުރާ ޙާލުގައެވެ. ނަމަވެސް މިއުފާވެރިކަން މާގިނައިރަކު ދެމިގެންދާނެބާއެވެ؟ ތަޤްދީރުގައި ރިމްޝާއަށްޓަކައި ކުރިޔަށް ލިޔެވިފައިވަނީ ކޮންފަދަ ކަންތައްތަކެއްބާއެވެ؟ ******* މުޅިން އާދުވަހަކަށް އިރުފެނުންތޮޅިލީ ރިމްޝާގެ ދިރިއުޅުމަށްވެސް ބޮޑެތި ބަދަލުތަކެއްގެންނަމުންނެވެ. ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުން މިއަދު ރިމްޝާއަށް ހޭލެވުނީ ތަންކޮޅެއްލަހުންނެވެ. ބިނދިފައިވާ ފައިގެ ސަބަބުން ދަތިތަކެއްކުރިމަތިވީނަމަވެސް އަވަސްކޮށްލައިގެން ފާހާނާއިންނުކުތްއިރު […]
ފެންވަރާ ތައްޔާރުވެގެން ތިރިއަށް ފޭބި ޝައުނާއަށް ނުކުމެވުނީ އާމިރާގެ ކުރިމައްޗަށެވެ. ކުރިން ފެންނަ ނުރުހުންތެރިކަމެއް އާމިރާގެ މޫނަކުން އޭނައަކަށް ނުފެނުނެވެ. ” މަންމާ… އައިލީ މެނާއެކު ހިނގާލަން ދާން މިދަނީ… ” މަޑުމައިތިރިކަމާއެކު ޝައުނާ ބުންޏެވެ. މަޑުމަޑުން ހޫމް ލައްވާލުމަށްފަހު އާމިރާ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ޝައުނާ އަށް ބޭއިހްތިޔާރުގައި ހިނިތުންވެެލެވުނެވެ. އެހެންޏާ ފެންނަ ނުރުހުންތެރިކަން މިފަހަރު އޭނައަށް އާމިރާގެ ކިބައިން ނުފެނުމުން އެހިތަށް ހަމަޖެހުން ގެނުވިއެވެ. އައިލީންގެ ގެއަށް ދިޔުމަށް ޝައުނާ އޭނަގެ ގެއިން ނިކުތެވެ. […]
އެ އާއެކުއެ އަންހެން ކުއްޖާ ފެނި ދާނިޝް އަށް ސިހުން ލިބުނެވެ. އެހެނެއްކަމަކު ދެވަނަ ފަހަރު އޭނާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވިއެވެ. “ރާއިދާ” އެ ދުލުން ބުނެލިއެވެ. އެއާއެކު ރާސިލް ވެސް ބަލާލިއެވެ. ދާނިޝް އަށް ބަލާމުމަށް ފަހު ހުއްޓުން އަރާފައިވެސް ރާއިދާ އަށް ހުރެވުނެވެ. އޭނާ ގެ ދެލޯ ހުރީ ބޮޑުވެފައެވެ. އެ ވީ މަދު ސިކުންތު ކޮޅުގައި ރާސިލް އަވަސް އަވަހަށް ކާރުގެ ދޮރުފަތް ހުޅުވާލާފައި ނުކުތެވެ. ދާނިޝް ރާސިލް އަށް ގޮވާލިކަމުގައިވިނަމަވެސް އެ […]
“ލަޔަކް . އަސްލު .. އަސްލު ލަޔަކްގެ ބައްޕަ މާލެ ދަތުރުކުރި ލާންޗްގައި ކަރަންޓް ސޯޓެއްވެގެން ރޯވީކީ ނޫން.. ބަޔަކު ގަސްތުގައި ލާންޗްގައި ރޯކޮށްލީ.. އެމީހުންގެ ޓާގެޓަކީ ލަޔަކްގެ ބައްޕަވީމަ.. ” ޒޯހާއަށް އެހެންބުނެވުނު ވަގުތު ކޮޓަރީންބޭރުން ދޮރާދިމާއިން ބާރުއަޑެއް އިވިގެންދިޔައެވެ. ދޮރާއި އެންމެ ކައިރީގައި ހުރިއަލޫކް އަވަހަށް ތެދުވެދޮރާދިމާއަށް ދިޔައެވެ. ދެންތިބިމީހުންވެސް ލިބުނު ސިހުމާއެކު ބާރަށް ދޮރާއި ދިމާއަށް ދިޔައިރު އަލޫކް ދޮރުހުޅުވައިގެން ދެލޯބޮޑުވެފައި އިނެވެ. ދުވެފައި ނިކުތް ލަޔަކްއަށްވެސް ވީ އެވަރެވެ. ފެނުނުމަންޒަރާއެކު މީހާ […]
“ހޭއި ލަވް. ދެންބުނެބަލަ އޭރު ބުނަން އުޅުނުވާހަކަ. ތިހާ ހިތްތަޅުވަން ނޫޅެބަ. ހެއިލްގެ ކަންކަމުގަ އަހަރެން ވަރަށް ކެތްމަދުވާނެ އިނގޭ.” ޒަކްޔަންގެ ބަރު، ފިރިހެންވަންތަ އަޑުން ލުއި ހިނިތުންވުމެއްގެ އަޑު އިވިގެން ދިޔައެވެ. “ޔަން، މަންމަ މެންނަށް ޔަން އިންޓްރޮ…” ހައިލިޔާ ގެ ވާހަކަ މެދުކަނޑާލަން ޒަކްޔަންއަށް މަޖުބޫރުވިއެވެ. “ހެއިލް. ލަވް، ވަރަށް އާރޖެންޓްކޮށް ދާންޖެހިއްޖެ. ބާއި ލަވް” ޒަކްޔަން ފޯނު ކަނޑާލިއިރު ހައިލިޔާއަށް އޭނާގެ މަންމަގެ ދިހަ މިސްޑް ކޯލާއި ބައްޕަގެ އަށް މިސްޑްކޯލު އަދި […]
ހެނދުނުގެ ނާސްތާއަށްފަހު އައިލީން ގޭތެރޭގެ ބައެއް ކަންތައްތައް ކޮށްލުމުގައި ހަރަކާތްތެރިވިއެވެ. އައިލީން އަކީ އަބަދުވެސް ވީވަރަކުން އެފަަދަ މަސައްކަތްތަކުގައިވެސް ހަރަކާތްތެރިވާ މުރާލި ކުއްޖެކެވެ. ބައެއް ކަންތައްތައް ކޮށްލުމަށްފަހު އޭނާ ކޮޓަރިއަށްވަދެ ކުޑަކޮށް ތައްޔާރުވެލިއެވެ. ލައިފައިވި މަޑު ފެހިކުލައިގެ މަތީކޮޅާއި ސްކާޓް އާއި ގުޅޭނޭހެން މަޑު ފެހިކުލައިގެ ސްކާފެއް ކަރުގައި އަޅާލިއެވެ. ތައްޔާރުވެގެން އޭނާ ތިރިއަށް ފޭބިއެވެ. އޭރު ބަދިގޭ ތެރެއިން ޒާހިޔާ ވާހަކަ ދައްކާ އަޑުއިވެއެވެ. މަސް ކޮށަން އިން ޒާހިޔާ ދިޔައީ މުރަނގަތޮޅިތައް މަށަން އިން […]
އަހަންނަކީ ނޫސްވެރިއަކީމެވެ. ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާތާ އަދި މިވީ ދެއަހަރެވެ. މުޅިންވެސް ކަވަރުކޮށް އުޅުނީ މުނިފޫހިފިލުވުމެގެ ދާއިރާގެ ޚަބަރުތަކެވެ. އަހަރެން މަސައްކަތް ކުރަނީ އޮންލައިން ނޫހެއްކަމަށްވާ ކުއްލިނޫހުގައެވެ. ކުއްލިނޫހަކީ ރާއްޖޭގައި މިހާރު އެންމެ މަގުބޫލު އެއްނޫހެވެ. ހުރިހާ ދާއިރާއަކުންވެސް އެންމެ ފުރިހަމަ މައުލޫމާތު ގެނެސްދޭ އެއްނޫހެވެ. އެއްދުވަހަކު އަހަރެންގެ އެމްޑީ އަހަންނާ ވަރަށްވެސް ތަފާތު މަސައްކަތެއް ހަވާލުކުރިއެވެ. އެއިީ މެދުއިރުމަތީ ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހާލުގައި ޖެހިފައި ތިބި މީހުންގެ ޚަބަރު ކަވަރުކުރުމަށްޓަކައި އެކޮޅަށްދިއުމެވެ. އަހަރެންގެ އިތުރުން ބޭރުދުނިޔޭގެ […]
އިރުއޮއްސި ބަންގި ގޮވުމުގެ ކުރިން އަރަން ގޮވައިގެން ގެޔައްދާން ހަޔާ ހިނގައިގަތެވެ. ދަމުން އަދި އެއްފަހަރު ވިޝާލްގެ ހިލަމެއްވޭތޯ ފަހަތައް އެނބުރި ހޯދާ ބަލާލެވުނެވެ. ވިޝާލް ނެތްކަން ޔަގީންވީމައި އެނބުރި ދާން ހިނގައިގަތެވެ. ފިނި އަށީ ފުރަަގަހުގައި ހަޔާގެ ހަރަކާތައް ބަލަން ހުރި ވިޝާލް އަށް ކުޑަކޮއް ހީލެވުނެވެ. ރޭގަނޑު އަރަން އަށް ކާނދީފައި ނިންދެވީ ތަންކޮޅެއް އަވަހަށެވެ. އަރަން ނިދަން އޮށޯއޯންނަމުންވެސް ބުނެލީ ބައްޕި އަށް ގުޅާފައި އަވަހަށް އަންނަން އެދުމަށެވެ. ހަޔާ ކޮޓަރިން ބޭރަށް […]