Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 10

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
May 26, 2018 6 Mins Read
38 Comments

ފެންވަރާ ތައްޔާރުވެގެން ތިރިއަށް ފޭބި ޝައުނާއަށް ނުކުމެވުނީ އާމިރާގެ ކުރިމައްޗަށެވެ. ކުރިން ފެންނަ ނުރުހުންތެރިކަމެއް އާމިރާގެ މޫނަކުން އޭނައަކަށް ނުފެނުނެވެ. ” މަންމާ… އައިލީ މެނާއެކު ހިނގާލަން ދާން މިދަނީ… ” މަޑުމައިތިރިކަމާއެކު ޝައުނާ ބުންޏެވެ. މަޑުމަޑުން ހޫމް ލައްވާލުމަށްފަހު އާމިރާ ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ޝައުނާ އަށް ބޭއިހްތިޔާރުގައި ހިނިތުންވެެލެވުނެވެ. އެހެންޏާ ފެންނަ ނުރުހުންތެރިކަން މިފަހަރު އޭނައަށް އާމިރާގެ ކިބައިން ނުފެނުމުން އެހިތަށް ހަމަޖެހުން ގެނުވިއެވެ. އައިލީންގެ ގެއަށް ދިޔުމަށް ޝައުނާ އޭނަގެ ގެއިން ނިކުތެވެ. މަގުމަތިން ދިޔަ ގުރޫޕެއް އޭނައަށް ބަލަމުން ބަލަމުން ތުމުން ފުމެމުން ދިޔައެވެ. މި މީހުން ތިބެނީ މަގުމަތިން އަންހެން ކުއްޖަކު ނުފެނިފައެވެ. ޝައުނާ ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. މީހުންގެ ލޯތައް އޭނައަށް އަމާޒުވާހާ ޝައުނާ ރީއްޗެވެ. އޮރެންޖު ކުލައިގެ ޝޯލްޑާލެސް ޓޮޕް ކޮޅަކާއެކު ކަޅު ކުލައިގެ ސްކިނީގައި ޝައުނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ބުޅި އިސްތަށިގަނޑު ހާމައަށް ދޫކޮށްލައިފައިވުމުން އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ބޮޑު ދެ ލޯ އައިލައިނާއިން ފަވާލުމަށްފަހު ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވުމުން އެދެލޮލުގެ ރީތިކަންވެސް ވަނީ އެތައް ގުނައަކަށް އިތުރުވެފައެވެ. ތުންފަތުގައި ގަދަ ރަތްކުލައިގެ ލިޕްސްޓިކް ޖައްސާފައިވުމުން އެ ރީތިކަން އިތުރުކޮށްދެއެވެ.                                       އެކުވެރިންގެ އިންތިޒާރުގައި ގޭ ދޮރުމަތީގައި ނިކުމެ އައިލީން ހުއްޓެވެ. އައިލީންއަށްވެސް މީހަކު ބަލާ ފޫހި ނުވާނެއެވެ. އެހާވެސް ރީއްޗެވެ. ހުދު ކުލައިގެ ސްކިނީއާއެކު ގަދަ ފިޔާތޮށި ކުލައިގެ ޝޯލްޑާލެސް ޓޮޕް ކޮޅުގައި އޭނާ ފެންނަލެއް ވަރަށްވެސް ފުރިހަމައެވެ. ކަޅުކަން ގަދަ ފަން ފަން އިސްތަށިގަނޑު އެއްފަރާތުން ކަފިކޮށްލުމަށްފަހު މިނިވަންކަމާއެކު ދޫކޮށްލައިފައިވުމުން އައިލީން އާއި ނުހަނު ގުޅެއެވެ. ކަޅުކަން ގަދަ ކަޅިއެއް ލިބިފައިވި އެ ބޮޑު ދެލޯ ވަށައިގެން އައިލައިނާއިން ފަވާލައިފައިވީއިރު ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވުމުން އެބޮޑު ދެލޯ ފެންނަނީ ކުރިއަށްވުރެ ވެސް ފުރިހަމަކޮށެވެ. ތުންފަތުގައި ހެނދުމާއި ގުޅޭނޭހެން ގަދަ ފިޔާތޮށި ކުލަ ޖައްސާފައިވީއިރު އެ ދޮން މޫނާ ނުހަނު ގުޅެއެވެ. ޖެހިގެން އިން ގޯޅީގެ ކަންމަތިން ހިނގާލައިފައި އަންނަމުން ދިޔަ ޝައުނާ ފެނި އައިލީންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއްވެރިވިއެވެ. ފަނަރަ ވަރަކަށް މިނިޓް ރިފްޝާ އާދޭތޯ ދެމީހުންވެސް އެކި ވާހަކައިގައި އެތަނުގައި ތިއްބެވެ. އެންމެފަހުން ރިފްޝާގެ ހަބަރެއް ނުވުމުން ދެމީހުންވެސް ނިންމީ ރިފްޝާ ބަލައި އޭނަގެ ގެއަށް ދިއުމަށެވެ.                                   ޑްރެސިން ޓޭބަލް ކުރިމަތީގައި ހުރެ ރިފްޝާ ރީތި ވަމުން ގެންދިޔައެވެ. އައިލައިނާ ނަގާ އެ ދެލޯ ވަށައިގެން އައިލައިނާއިން ފަވާލުމަށްފަހު އެސްފިޔަތަކުގައި މަސްކަރާ އަޅާލިއެވެ. އެ މަންޒަރު ބަލަން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަން ރިޝްފާ މާނީ އުރާލައިގެން ހުއްޓެވެ. ” ދޮންތާ… ހާދަ ވަރަކަށް ތި ބަލަނީ… ކިހިނެއްވީ؟ ” އެސްފިޔަތަކުގައި މަސްކަރާ އަޅާ ނިންމާލުމަށްފަހު ރިޝްފާ އާ ދިމާލަށް އެނބުރި ބަލައިލަމުން ރިފްޝާ ބުންޏެވެ. ” ކަމެއްނުވޭ… މާވަރަކަށް ރީތި ވާތީ ދޮންތަ ބަލައިލީ… ހާދަ އަވަސް އަރުވާލާފަ ތިއުޅެނީ… ތަންކޮޅެއް ހަމަޖެހިގެން އުޅެބަލަ ރިފޫ… ” އެނދުގައި އައިސް އިށީނުމަށްފަހު މާނީ އޭނަގެ އުނގުގައި ބައިންދަމުން ރިޝްފާ ވާހަކަ ދެއްކިއެވެ. ” ދޮންތަ ބުނާނެ ހަމަޖެހިގެން އުޅޭށޭ… މިހާރުވެސް މިއުޅެނީ ލަސްވެގެން… މިއަދު އެ އައިލީ އާ ޝައު އައިސް ހުންނާނެ ކަންތައް… ” އިސްތަށިގަނޑު އެއްފަރާތުން ކަފިކޮށްލަމުން ފުނާ އަޅަން ހުރެ ރިފްޝާ ބުންޏެވެ. ” ކޮންމެހެން މަށާ އައިލީ އާ ދިމާލަށް އެއްޗެހި ކިޔާނެ ކަމެއްނެތް އިނގޭ… މި ރިފޫ އަކަށް ދުވަހަކު ގަޑިޔަކަށް ތައްޔާރެއް ނުވެވޭނެ… ދެންވެސް އެހެން މީހުނާ ބެހޭގޮތުން ވާހަކަ ނުދައްކާ އަވަހަށް ރެޑީ ވޭ… ” އައިލީން އާއެކު ކޮޓަރިއަށް ވަދެގެން އައި ޝައުނާ ރިފްޝާއަށް ރައްދުދިނެވެ. ޝައުނާ އާ ދިމާއަށް ބަލާލުމަށްފަހު ރިފްޝާ އަނގަޔަށް ހަދާލި ގޮތުން އައިލީން އާއި ޝައުނާގެ އިތުރުން ރިޝްފާއަށް ވެސް ހެވުނެވެ. އެ އެންމެން ހީގަތުމުން ކުޑަކުޑަ މާނީ ވެސް ހީލިއެވެ. ތުންފަތުގައި ގަދަ ފިޔާތޮށި ކުލައިގެ ލިޕްސްޓިކް ޖައްސާލުމަށްފަހު ގަޔަށް ސެންޓުކޮޅެއް ޖަހާލުމަށްފަހު އެމީހުންނާ ދިމާލަށް އެނބުރި ރެޑީ ކަމަށް ބުންޏެވެ. ”އައްދެ މިއަދު ތިން ކުދިން އެއްވަތަރު ކޮށްލީތަ… ހަމަ އެކަނި ކުލަ ދޯ ތަފާތުކޮށްލީ… ” ފުޅާ ހިނިތުންވުމަކާއެކު ރިޝްފާ ބުނެލިއެވެ. ” ހޫމް… ކޮންމެ ކުއްޖުކުވެސް އެކުއްޖެއްގެ ފޭވަރިޓް ކުލަ ޓޮޕް ކޮޅެއް… ” އައިލީން ހިނިތުންވެލަމުން ޖަވާބުދިނެވެ. ރިފްޝާ ވެސް ލައިފައިވަނީ ޝޯލްޑާލެސް ޓޮޕްކޮޅެކެވެ. ލައިފައިވި ދަނބު ކުލައިގެ ޝޯލްޑާލެސް ޓޮޕްކޮޅާއި އައިސް ބުލޫ ސްކިނީގައި ރިފްޝާވެސް ފެންނަނީ ނުހަނު ފުރިހަމަކޮށެވެ. ތިން ކުދިންވެސް ދަނީ ކަމުގައި ބުނެ ކޮޓަރިން ނިކުމެގެން ހިނގައިގަތެވެ.                               ބޮޑު މަގުން ހިނގާލައިިފައި ދިޔަ ތިން އަންހެން ކުދިންނަށް ގިނަ ބައެއްގެ ނަޒަރު ވަނީ ހުއްޓިފައެވެ. މިއިން އެއްވެސް ކަމަކަށް ފަރުވާލެއްނެތި ތިން ބައިވެރިންވެސް އެމީހުންގެ މަންޒިލަށް ވާސިލްވުމަށް ކުރިއަށް ހިނގަމުން ދިޔައެވެ. މިފަދަ ކަންކަމަކީ އެ ތިން ކުދިންނަށް އާއްމު ކަމެކެވެ. ހާއްސަކޮށް ފިރިހެން ކުދިންގެ ކަތި ނަޒަރުތައް އެތިން ކުދިންނަށްވެސް އަމާޒުވެއެވެ. އެ މީހުން ދިޔައީ ރަށުގައި ހަދާފައިވި ޕާކަށެވެ. ހަވީރުގެ ހިތްގައިމު ވަގުތުކަމުން ޕާކު ފެންނަނީ ވަރަށް ހަލަބޮލިކޮށެވެ. ގިނަ ބަޔަކު ކުޑަކުދިން ގޮވައިގެން އައިސް ތިބި އިރު ޒުވާން ކުދިން ގުރޫޕު ހަދާލައިފައި އެކުވެރިންނާއެކުވެސް އުޅެއެވެ. ޕާކަށް ވަދެ ތަފާތު އެކި ގޮތްގޮތައް އެކަނިންނާއި ތިން ކުދިން އެކީ ސެލްފީ ނަގާ ހެދިއެވެ. އެންމެ ފަހުން ހިތްހަމަ ޖެހޭވަރު ވުމުން އެތަނުގައި ބުރެއްގައި ތިން ކުދިންވެސް އިށީނެވެ. ތަފާތު ވާހަކަ ތަކުގައި ތިއްބާ ޖެޓީއިން ފައިބައިގެން އަންނަ ލިޝާން ރިފްޝާގެ ލޮލުގައި އަޅައިގަތެވެ. ” މިއަދު ލިޝާން އެކަނި އުޅޭ ދުވަހެއްތަ… ޔޫން ވެސް ފާން ވެސް އެން ޔައި ވެސް ނުފެނޭ މިއަދު… ” ލިޝާންއަށް ނަޒަރު ހުއްޓާލައިގެން އިނދެ ރިފްޝާ ބުންޏެވެ. އައިލީން އާއި ޝައުނާވެސް އިނީ ސުވާލު އުފެދިފައެވެ. އެ މީހުން އެހެން ތިއްބާ ލިޝާންއަށްވެސް އައިލީން މެން ލޮލުގައި އަޅައިގަތެވެ. އޭނަގެ މިސްރާބު ވަގުތުން އެމީހުނަށް ބަދަލުކޮށްލިއެވެ. ” ކޮބާ ކިހިނެއް؟ ” އާދައިގެ މަތިން ލިޝާން ހިނިތުންވެލަމުން އަހާލިއެވެ. ކޮންމެ ކުއްޖަކުވެސް ރަނގަޅު ކަމުގައި ބުންޏެވެ. ” އަމްމް… މިއަދު ލިޝާން އެކަނި އުޅޭ ދުވަހެއްތަ؟ ކޮބާ ފްރެންޑްސް؟ ” ރިފްޝާ އަށް ނީންދެވިގެން އެންމެ ފަހުން އަހާލެވުނެވެ. އައިލީން އާއި ޝައުނާ ވެސް އިނީ އެ ސުވާލުގެ ޖަވާބު ބޭނުންވެފައެވެ. ” އެމީހުން ގޮއްސި… ޔޫންގެ ބައްޕަ މެލޭގަ ހުއްޓާ އެކްސިޑެންޓް ވެގެން ޔޫން ކުއްލިއަކަށް ދާން ޖެހުނީ… ދެން ޔައި އާ ފާން ވެސް ޔޫން އާއެކު ދިޔައީ… އެކަހަލަ ވަގުތެއްގައި ފްރެންޑްސްގެ ހެލްޕް ބޭނުން ވާނެއެއްނު… ޔޫން ބުނި އެދެ މީހުންގާތު މަޑުކުރިޔަސް އޯކޭ އޭ… އެކަމަކުވެސް އެދެ މީހުން ހުންނާކަށް ބޭނުމެއްނުވި… ދޭ ހޭވް އަ ސްޓްރޯންގް ބޯންޑް..” ހިނިތުންވެލަމުން ލިޝާން ބުންޏެވެ. އެ ވާހަކަ އަޑު އިވިފައި އެންމެ ބޮޑު އަސަރެއް ކުރީ އައިލީން އަށާއި ރިފްޝާ އަށެވެ. ހިތް އެދޭ ބައިވެރިޔާ އެހާ އަވަހަށް ގެއްލުނީއެވެ. ދުވަހަކު ކޮޅުންވެސް ދެން ބައްދަލުވާނެކަމެއް އެނގެނީއެއް ނޫނެވެ. ދެ ހިތްވެސް ވަނީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. ޝައުނާ ވެސް ޔައިޝް ދިޔުމުން މާޔޫސްވިއެވެ. އެރޭ އޭނައަށް ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަން އޭނަގެ ހިތް ބައެއް ފަހަރު ބުނާހެން ހީވަނީއެވެ. ހިތުގެ ކަނަކުން އަދި ޔައިޝް އާއި ބައްދަލުވުމަށް ގޮވާލާހެން ހީވަނީއެވެ. އޭނަގެ ސިކުނޑީގައި އޭރު ވަނީ އެކިއެކި ހިޔާލުތައް ފުނިޖެހިފައެވެ. ކޮންމެ މީހަކުވެސް އެ މީހެއްގެ ހިތުގެ ހާލަތު މޫނުމަތިން ނުދައްކާވޭތޯ ބަލައެވެ. އެހެން އެކި ވާހަކައިގައި ތިބުމަށްފަހު އިރުއޮއްސެން ގާތްވުމުން އެމީހުން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ.                                             ދުވަސްތައް ފާއިތުވަމުން ގޮސް ހަފްތާއެއް ފާއިތުވެ ހިނގައްޖެއެވެ. އައިހަމް އޭނައަަށް ލިބުނު ޗުއްޓީ ނިންމާލުމަށްފަހު އަނބުރާ ރިސޯޓަށް ދިޔައެވެ. ދުވަސްކޮޅަކު އައިހަމް އުޅެލައިފައި ދިޔުމުން އޭނަ ނެތްކަމުގެ އިހުސާސް ދިޔައީ އެންމެންވެސް ކުރަމުންނެވެ. އައިލީން ޔޫހާން އާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅުތަކުގެ ހަނދާން އާކުރާ ހާލު އޭނަގެ އާއިލާ އާއި ރައްޓެހިންނާއެކު ދުވަސްތައް ވޭތުކުރަމުންދެއެވެ. ރިފްޝާގެ ހިތުގައިވެސް އިފާން އާއެކު ހޭދަވީ ކޮންމެ ވަގުތުކޮޅެއް އެ ހިތުގައި ރައްކާކުރެވިފައިވެއެވެ. އާފިޔާވެސް ދިޔައީ އޭނަގެ މާޒީ ހަނދާންކޮށް ކަރުނަ އަޅަމުންނެވެ. އެ ފޮޓޯ ގަނޑަށް ބަލަން އިނދެ ނުރޯ އެންމެ ދުވަހެއްވެސް ނުދާނެއެވެ. ޝައުނާއަށް މަޑުމަޑުން ޔާފިއުގެ ހަނދާންތަކާާ ދުރުވެވެމުން ދިޔައެވެ. ޔާފިއުގެ ހަނދާންތަކުން ދުރުވެވޭ ވަރަކުން ޔައިޝްގެ ހަނދާންތައް އާވެގެންދެއެވެ. މި ވަމުންދާ ގޮތުން އޭނަ ހުންނަނީ ހާސްވެފައެވެ. އޭނަ ޔައިޝް މަތިން ހަނދާންކުރަންވީ ކީއްވެ ހެއްޔެވެ؟ ހަނދާން ނުކުރިޔަސް ހަނދާން އާވަނީއެވެ.                                ޔޫހާންގެ ހާލަކީ ކޮބާތޯއެވެ. ކިތަންމެ ދުރުގައި ހުރިކަމުގައިވިޔަސް އައިލީންގެ ހަނދާންތައް އޭނަ އާއެކު ވެއެވެ. އެ މައުސޫމް މޫނާއި އެ ލޯބި ހިނިތުންވުން ވަނީ އޭނަގެ ހިތުގައި ބިންވަޅު ނެގިފައެވެ. އިފާންގެ ހިތުގައިވެސް ވަނީ ރިފްޝާގެ އެ ރީތި ސޫރަ ކުރެހިފައެވެ. ރިފްޝާ އާއެކު ހޭދަވީ މަޖާ ވަގުތުތަކުގެ ހަނދާން އޭނަގެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ. ޔައިޝްވެސް މާޔޫސް ކަމާއެކު ދުވަސްތައް ހޭދަކުރަމުންދެއެވެ. އެކަން އޭނަ އެހެން މީހުންނަކަށް ނާންގައެވެ. އެކަނިވާ ކޮންމެ ފަހަރަކު އެންމެ ފަހުން ޝައުނާ ބުނެލި ބަސްތައް ހަނދާންވެ ލޮލަށް ކަރުނަ ޖަމާވެއެވެ. އެހެނަސް އޭނަ ކެތްކުރާނެއެވެ. އެ ލޯބި ލިބޭނެކަމަށް އުއްމީދުކުރާނެއެވެ. ކޮންމެ މީހަކުވެސް އިންތިޒާރު ކުރަމުން ދިޔައީ އެމީހެއްގެ ހިތުގައި ކުރެހިފައިވި ސޫރަޔާ ބައްދަލުވާނޭ އިރަކަށެވެ. އެ ސޫރަ ދެކެލުމަށް ލޮއެބާއެކު އިންތިޒާރުކުރާނެއެވެ. އަދި އެ ލޯބި ލިބެންދެންވެސް އިންތިޒާރުގައި ހުންނާނެއެވެ.                                               ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ޝައުނާ އާއި އާމިރާގެ ގުޅުންވެސް ދިޔައީ ރަނގަޅުވަމުންނެވެ. މިދުވަސްވަރު ވަޒީފާއިން ކުޑަވަރެއްގެ ޗުއްޓީއެއް ނަގައިގެން ޝާދިން ވީ އޭނަގެ އަންހެނުން ގޮވައިގެން ޑޮކްޓަރަށް ދައްކާލަން މާލެ ގޮހެވެ. ވުމާއެކު ގޭގައި ގިނަ ވަގުތު ހޭދަކުރަނީ ޝައުނާ އާއި އާމިރާއެވެ. ޒުހޭރު ގިނަ ވަގުތު ހޭދަކުރަނީ މަސައްކަތުގައެވެ. ޝައުނާ އާއި އާމިރާގެ ގުޅުން ރަނގަޅުވަމުން އަންނަތަން ފެނި ޒުހޭރު ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. ބަދިގޭގެ މަސައްކަތްތުގައިވެސް ދެ މީހުން އެކުގައި ހަރަކާތްތެރިވަމުންދެއެވެ. ދެ މީހުންގެ ދެމެދުގައި ކުރިއަށްވުރެ ގިނައިން ވާހަކަވެސް ދެކެވެމުންދެއެވެ. މިއަދުވެސް މެންދުރުގެ ކެއުން ތައްޔާރުކުރުމުގައި ދެ މީހުން ބަދިގޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މިއަދު އާމިރާގެ ބަސްމަދުކަން ޝައުނާއަށް ފާހަގަކުރެވުނެވެ. އެހެން ދުވަސްތަކާއި ޚިލާފަށް މިއަދު ހަރަކާތްތެރިވަމުންވެސް ދިޔައީ ވަރަށް މަޑުންނެވެ. ” މަންމަ ރަނގަޅުތަ؟ މިއަދު މާ އެހެން ކަހަލަ ގޮތަކަށް ހުންނާތީ މިއަހާލީ… ” ޝައުނާއަށް ނުހުރެވިގެން އަހާލިއެވެ. ” މިއަދު ހުން ވައްތަރުވެފަ ހުންނަނީ… ހީކަރުވާފަ… ވަރަށް ވަރުބަލި… ” މޭޒުމަތީގައި ކާތަށިތައް އަތުރަމުން އާމިރާ ބުންޏެވެ. އާމިރާ އެހެން ބުނުމާއެކު ޝައުނާ ގޮސް އާމިރާގެ ނިއްކުރީގައި އަތްލިއެވެ. ” މަންމާ… ތިހުރީ ގަދައަށް ހުން އައިއްސަ އެއްނު… މަންމަ ދޭ އަވަހަށް ކޮޓަރިއަށް އޮށޯވެލަން… އަޅުގަނޑު ދާނަން ވަރަށް އަވަހަށް ބޭސް ހިފައިގެން… ” އާމިރާ ނުދާން ހުރެފައިވެސް ޝައުނާ ތަކުރާރުކޮށް ކިޔަން ފެށުމުން ކޮޓަރިއަށް ގޮސް އެނދުގައި އޮށޯވެލިއެވެ.                           ފުން ވިސްނުމަކަށް ގެއްލިފައި އޮތް އާމިރާ ސިހުނީ ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށެވެ. އޭރު ޝައުނާ ދޮރުން އެތެރެއަށް ވަންނަނީއެވެ. އޭނަ އަތުގައި ތަބަކެއް ހުއްޓެވެ. އޭނަ ގެނައި ތަބަށް ސައިޑްކަބަޑް މަތީގައި ބެހެއްޓިއެވެ. އޭގައި ސޫޕު ތައްޓެއްގެ އިތުރުން ޖޫސް ތައްޓަކާއި ފެން ތައްޓެއް ހުއްޓެވެ. ” މަންމަ… ތެދުވެލަންވީނު އެއްޗެއް ކާލަން.. ކައިގެން ބޭސްކާނީ…” އޯގާތެރި ކަމާއެކު ޝައުނާ ބުނެލިއެވެ. އާމިރާ ތެދުވެ އެނދުގެ ހެޑް ބޯޑްގައި ލެގިލިއެވެ. ޝައުނާާ އޭނަގެ އަތުން އާމިރާއަށް ސޫޕްތަށި ދޭންފެށިއެވެ. ސޫޕް ތަށި ނިންމާފައި އާމިރާ ޖޫސްތަށި ބޯލުމުން ޝައުނާ ތެދުވެ ކަބަޑް ހުޅުވާލުމަށްފަހު އޭގެން ބޭސް ކާޑެއްނެގިއެވެ. ބޭސް ކާޑުން ބޭސް ގުޅައެއް ވަކިކޮށްލުމަށްފަހު ފެންތައްޓާ އެކީ އާމިރާއަށް ދިއްކޮށްލިއެވެ. އާމިރާ ބޭސް ކައި ނިމުމުން ޝައުނާއަށް ފެން ތަށި ދިއްކޮށްލިއެވެ. އާމިރާ ގާތު އަރާމުކުރުމަށް ބުނެ ޝައުނާ އޭނަ ގެނައި ތަށިތަށް ހިފައިގެން ދާން ތެދުވިއެވެ. އެވަގުތު އާމިރާ އޭނަގެ އަތުގައި ހިފަހައްޓާ އޭނަ ކައިރީގައި އިށީނުމަށް ބުންޏެވެ. ޝައުނާ ތަށިތައް ބެހެއްޓުމަށްފަހު ކިޔަމަންތެރިކަމާއެކު އާމިރާގެ ކުރިމަތީ އިށީނެވެ. ” ދަރިފުޅާ… މަންމައަށް މާފުކުރޭ…. މަންމަ އަކީ ވަރަށް ގޯސް މީހެއް… މަންމަ މިއަދު ދެރަވޭ ދަރިފުޅާ މެދު ކަންތައް ކުރެވުނު ގޮތުން… އެކަމަކު ދެން… ދެން ދުވަހަކުވެސް ދަރިފުޅާމެދު އެފަދަ ގޮތަކަށް ކަންތަކެއް ނުކުރާނަން… ދަރިފުޅު އަބަދުވެސް ބޭނުންވާ ލޮއެބާއި އަޅާލުން ދޭނަން… ތިފަދަ ރަނގަޅު ދަރިއެއް މަޔަކަށް ލިބޭނީ… މިއަދު މަންމަ އުފާކުރަން ޝައުނާ މަންމަގެ ދަރިއަކަށް ވީތީ… މަންމައަށް މިފަދަ ހެޔޮ ދަރިއެއް ދެއްވީތީ މާތްﷲ އަށް ޙަމްދާއި ޝުކުރުކުރަން… ދަރިފުޅާ މަންމައަށް މާފުކޮށްދީ… ” ލޮލުން ކަރުނަ އޮހޮރޭ ހާލު އާމިރާ ޝައުނާގެ ކިބައިން މަޢާފަށް އެދެމުންދިޔައެވެ. ” މަންމާ… އަޅުގަނޑުގެ ހިތުގަ މަންމައަށްޓަކައި އެއްވެސް ބުރަކަމެއް ނެތް… އަޅުގަނޑު މަންމައަށް މާފުކޮށްފަ ކިތަންމެ ދުވަހެއް… ” ޝައުނާ ލޮއެބާއެކު އޭނަގެ މަންމަ ގައިގައި ބައްދާލަމުން ބުންޏެވެ. އެ މަންޒަރު ބަލަން ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ދޮރު މަތީގައި ޒުހޭރު ހުއްޓެވެ. އޭނާ ހުރީ ނުހަނު އުފަލުންނެވެ. ކޮޓަރިއަށް ވަދުމަށްފަހު އޭނާ ގޮސް އާމިރާގެ ކޮނޑުގައި އަތް ބާއްވާލަމުން ހިނިތުންވެލިއެވެ. އަދި ޝައުނާގެ ބޮލުގައި ފިރުމާލިއެވެ. ކަރުނުން ފުރިފައިވި ދެލޮލާއެކުވެސް ތިން މީހުންގެ ތުންފަތުގައިވެސް ވަނީ ހިނިތުންވުމެކެެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ހުޅުކޮޅު 10

Next

އުޖާލާވެގެންދިޔަ ޙަޔާތް (4)

Next
May 26, 2018

އުޖާލާވެގެންދިޔަ ޙަޔާތް (4)

Previews
May 26, 2018

ހުޅުކޮޅު 10

38 Comments!

  1. Shimko says:
    May 26, 2018 at 6:27 pm

    Wow vvvv reethi

    1. Ifoo ifoo says:
      May 26, 2018 at 7:04 pm

      Thankyou soooo much shimko ❤❤❤???????????????… v v v ufaavehje ???…

  2. unique says:
    May 26, 2018 at 6:49 pm

    heheh….. vvv reethi

    1. Ifoo ifoo says:
      May 26, 2018 at 7:05 pm

      Thankyou soooo much unique dear ❤❤❤???????????????… v v v ufaavehje ???…

  3. Ifoo ifoo says:
    May 26, 2018 at 7:02 pm

    salaam all ??????????????????.. Here is the 10th part ???… Hope all of u will like this part too ???❤❤❤??????… Thankyou so much all for the support ???❤❤❤???… waiting for comments ??????… love u all ???❤❤❤??????…

  4. Me says:
    May 26, 2018 at 7:07 pm

    Ekahala hedhun lanya meehun beheyne. Islaah kuranvee amilla nasfu furathama

    1. Ifoo ifoo says:
      May 29, 2018 at 6:56 pm

      Heheh… Ur right ???… Thankyou ???❤️❤️❤️???…

  5. Anonymous says:
    May 26, 2018 at 7:28 pm

    Varah reethi??? but haadha kurey????? but vvvvv reethi mi part vx when next part?????

    1. Ifoo ifoo says:
      May 29, 2018 at 6:59 pm

      Anonymous ❤️❤️❤️… V v v ufaavehje anonymous ge comment eh mi part gavx fenunyma ???❤️❤️❤️?????????… Sorry kuruvyma ???… Next part now kiyaaleveyne ???… Thankyou anonymous ❤️❤️❤️????????????…

  6. Mate says:
    May 26, 2018 at 7:39 pm

    Vrh reethi …..????

    1. Ifoo ifoo says:
      May 29, 2018 at 7:00 pm

      Thankyou so much Mate ❤️❤️❤️????????????… V v v ufaavehje ???…

  7. mal says:
    May 26, 2018 at 7:54 pm

    very nice story keep it up. waiting for next part

    1. Ifoo ifoo says:
      May 29, 2018 at 7:01 pm

      Thankyou so much mal ❤️❤️❤️????????????… V v v ufaavehje ???… Next part now kiyaaleveyne ???…

  8. Stry kiyaa man says:
    May 26, 2018 at 8:23 pm

    Masha allah mi part vex vv nice.eba huri stry ga haadhisha thah gen nah mashahkah kohfa .ekan ufalaa eku balaa gannan.
    Avahah next part up kohla dhehchey igey dear.waiting waiting.
    -salaam-???

    1. Ifoo ifoo says:
      May 29, 2018 at 7:02 pm

      Thankyou so much story kiyaa man ???❤️❤️❤️????????????… V v v ufaavehje ???… Next part now kiyaaleveyne ???…

  9. Livy says:
    May 26, 2018 at 8:27 pm

    Wowwww varah varah reethi.. ?? Ifoo haadha molhey buneveny hama mihen ve eyy.. Hehe.. ?❤ varah reeethi ingey 3 kudhin ge dress code gulhuvaalaafa eyaa eh gothah make up koffa huryma.. hama sifa vi.. Shau orange ✨ ailee pink ? and rifoo purple ? varah salhi ?? and varah varah ufaa vejje shau mamma ah visnunyma.. Ekamu dhen yoon men avahah ailee mennaa dhimaa kuruvaba ??❤❤ Livy ves ehaa dhera vey.. adhi ekudhin kihaa dhera vaane ? You are a wonderful writer..god bless you dear ???❤❤???? lovess loves lovesss ????????

    1. Ifoo ifoo says:
      May 29, 2018 at 7:10 pm

      Alhey Livy ❤️❤️❤️?????????… Your so sweet ❤️❤️❤️?????????… U made me speechless every time ???… Haadha loabi colourful comment ekey ❤️❤️❤️???… Livy kohlaa comment fenifavx hithah ufaaverikan libey ❤️❤️❤️???… I just love your comments ❤️❤️❤️❤️… Thankyou soooooo much dear ❤️❤️❤️?????????… It means a lot ???… Dress code n make up bai aee ifoo v v liyaa hithun liyunu thankolheh ???… V v v ufaavehje kamudhiyaima ???… Ailee menn yoon mennaa v avahah dhimaavaane In Sha Allah ???… Ifoo v v v ufaavehje dear ???❤️❤️❤️??????… Once again thankyou Livy ❤️❤️❤️??????… May Allah bless you ???❤️❤️❤️… Much much more n more loves from me ❤️❤️❤️????????????…

  10. Naju says:
    May 26, 2018 at 8:33 pm

    Nice

    1. Ifoo ifoo says:
      May 29, 2018 at 7:12 pm

      Thankyou so much Naju ❤️❤️❤️???????????????…

  11. Maya says:
    May 26, 2018 at 9:11 pm

    Vvvv habbu (habees) next part?

    1. Ifoo ifoo says:
      May 29, 2018 at 7:13 pm

      Thankyou so much Maya ❤️❤️❤️???????????????… Next part now kiyaaleveyne ???…

  12. Maya says:
    May 26, 2018 at 9:12 pm

    Waiting for the next part

    1. Ifoo ifoo says:
      May 29, 2018 at 7:14 pm

      Next part now kiyaaleveyne ???..

  13. Ahmed says:
    May 26, 2018 at 9:37 pm

    Wow vrh reethi ❤️❤️❤️

    1. Ifoo ifoo says:
      May 29, 2018 at 7:15 pm

      Thankyou so much Ahmed ❤️❤️❤️???????????????…

  14. unique says:
    May 26, 2018 at 9:39 pm

    i just loved it omg cant waaaiiiittt…………. seriously so interesting

    1. Ifoo ifoo says:
      May 29, 2018 at 7:17 pm

      Awwnn ???… unique dear ❤️❤️❤️… Thankyou so much unique ❤️❤️❤️???????????????… So happy to see ur comment ???…

  15. Ash says:
    May 26, 2018 at 9:50 pm

    Shoulderless dress lanya meehun beheyne

    1. Ifoo ifoo says:
      May 29, 2018 at 7:18 pm

      Heheh… Thankyou ❤️❤️❤️???…

  16. Joon says:
    May 26, 2018 at 10:06 pm

    Meege kurin ves hama shau eh ulhey same story tha mi ..alhe bnedeeba ..ma keen kurin mi sam story n esfiya

    1. Stry kiyaa man says:
      May 26, 2018 at 10:50 pm

      eyga ulheyny shiu eh nd eii Eemyaa ge “yaar mivany loabey hageegiyy”
      Ey ga vex higaany 3 friends ge vaahaka.but mi stry thafaathu.

    2. Ifoo ifoo says:
      May 29, 2018 at 7:23 pm

      Story kiyaa man e bunihen joon thibunaa story akee Eemyaa ge “yaaru mivanee loabey hageegee”… E story ga ulheyne 4 friends (ayaanee, mishya, yalvee, n shiuree)… Mi Story akee ifoo ge own ideas beynun kohgen liyaa story eh… Mi Story completely different vaane ???… Thankyou joon ???…

  17. Mal says:
    May 27, 2018 at 12:14 am

    Wooow…. Varah reethi vaahaka.. Masha Allah..

    1. Ifoo ifoo says:
      May 29, 2018 at 7:24 pm

      Thankyou soooooo much Mal ❤️❤️❤️?????????… V v v ufaavehje ??????…

  18. Grrl? says:
    May 27, 2018 at 4:41 pm

    Hei ifoo love❤️❤️
    Sorry inge last part ga comment eh nukhlevunyma? Grrl vrh balivegn inge nukhlevuni???fahun cmnt kuran huhtta mi episode up mi vi ???Ekm Story up vee thanun kiaalin???
    This episode is also superb ????
    It’s soo colourful❤️?????? hama heevani story thereyga ulhevey hn ??? Ur doing such an amazing work ifoo???????? sifakurun ves obiness to the max??? hama kiaafa bunaaneh ehcheh neyngunu???? hama happu kiyan jehifa huri?? this was awesome❤️❤️❤️❤️ Hope kuran next episode Varaha avahah kiaalan libeyne kamah??
    LYSM????❤️❤️❤️❤️

    1. Ifoo ifoo says:
      May 29, 2018 at 7:32 pm

      Yayyyy… Grrl ge comment eh libuny ?????????❤️❤️❤️… Grrl ❤️❤️❤️???… It’s ok kurin part ah comment nukurevunas… Story kiyaaleema v v v happy ??????… Haadha loabi loabi colourful comment ekey ❤️❤️❤️????????????… Thankyou sooooooooo much my dear Grrl ???❤️❤️❤️??????… V loabi ingey comments thah ???❤️❤️❤️… Grrl ge comments thakun abadhuvx ifoo ah v v hihvaru libey ???❤️❤️❤️… Grrl ge mi comment fenifa ifoo ah vx neyngun bunaane ehcheh ???… Once again thankyou so much dear ❤️❤️❤️???… It means a lot ❤️❤️❤️???… V v v v ufaavehje ifoo ❤️❤️❤️?????????… Grrl ah avas shifaa akah edhen ❤️❤️❤️… In Sha Allah v avahah ragalhuvaane ❤️❤️❤️.. Much much n more n more loves from me ❤️❤️❤️???????????????… Now next part kiyaaleveyne…

  19. unique says:
    May 29, 2018 at 11:32 am

    ifoo buneba whn is next part cant wait ehnv ahaaly vaahaka awesome ehnv vvvvv kiyaahihvey

    1. Ifoo ifoo says:
      May 29, 2018 at 7:35 pm

      Awwnn ???… Now next part kiyaaleveyne ???… V v v ufaavehje story ehaa kiyaahihvaakan ingunyma… Thankyou unique dear ❤️❤️❤️????????????…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 11←


All Right Reserved!