ވޭނާ އުދާސް
އަހަންނަކީ ނޫސްވެރިއަކީމެވެ. ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާތާ އަދި މިވީ ދެއަހަރެވެ. މުޅިންވެސް ކަވަރުކޮށް އުޅުނީ މުނިފޫހިފިލުވުމެގެ ދާއިރާގެ ޚަބަރުތަކެވެ. އަހަރެން މަސައްކަތް ކުރަނީ އޮންލައިން ނޫހެއްކަމަށްވާ ކުއްލިނޫހުގައެވެ. ކުއްލިނޫހަކީ ރާއްޖޭގައި މިހާރު އެންމެ މަގުބޫލު އެއްނޫހެވެ. ހުރިހާ ދާއިރާއަކުންވެސް އެންމެ ފުރިހަމަ މައުލޫމާތު ގެނެސްދޭ އެއްނޫހެވެ.
އެއްދުވަހަކު އަހަރެންގެ އެމްޑީ އަހަންނާ ވަރަށްވެސް ތަފާތު މަސައްކަތެއް ހަވާލުކުރިއެވެ. އެއިީ މެދުއިރުމަތީ ހިނގަމުންދާ ހަމަނުޖެހުންތަކުގައި ހާލުގައި ޖެހިފައި ތިބި މީހުންގެ ޚަބަރު ކަވަރުކުރުމަށްޓަކައި އެކޮޅަށްދިއުމެވެ. އަހަރެންގެ އިތުރުން ބޭރުދުނިޔޭގެ ޚަބަރު ކަވަރުކުރާ ޒިހާންވެސް އަހަންނާއެކު ދަތުރުގައި ބައިވެރިވާނެކަމަށް އެމްޑީ ބުންޏެވެ.
އަހަރެން މަންމަގާތު އެމްޑީ ހަވާލުކުރި މަސައްކަތުގެ ވާހަކަ ބުނުމުން މަންމަ ހިތްހަމައެއް ނުޖެހުނެވެ. އަހަރެންގާތު އެކޮޅަށް ނުދިއުމަށް މަންމަ ބުންޏެވެ. ނަމަވެސް އަހަރެންގެ ބައްޕަ އެކަމާ ވަރަށް ރުހުނެވެ. އަހަންނާ ބައްޕަ ވިސްނަދީގެން މަންމަވެސް އެންމެފަހުން އެއްބަސްވިއެވެ.
އަހަރުމެން ފުރީ އޭގެ މަހެއްހާ ދުވަސްފަހުންނެވެ. ދުނިޔޭގަ ހާލުގަޖެހިފަ ތިބޭ މުސްލިމުންނަށް އެހީވެދޭ ޖަމިއްޔާއަކާ ގުޅިގެން އަހަރުމެން ޤުދުސްއަށް ދިޔައިމެވެ. ޤުދުސްގެ ބިމުގައި ފައިޖެހުމާއެކު ވަރަށްވެސް އެހެންކަހަލަ އިހްސާސެއް ކުރުވިއެވެ. ބައެއް އިމާރަތްތައް ބިމާހަމަވެފައި ހުރިއިރު ބައެއްސަރަހައްދުތަކުން ދުން އަރައަރާ ހުއްޓެވެ. ހިތުގައި ޖެހުނުލެއް ބޮޑުކަމުން ލޮލުން ކަރުނަ ހިލުނެވެ. ޒިހާނެގެ ހާލަކީވެސް ހަމައެއީއެވެ. އަހަރުމެންނާއެކު އާއި ޖަމިއްޔާގެ މެންބަރުން ޤުދުސްއާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރަމުންދިޔައެވެ. ވަކިހިސާބަކަށް ހިނގުނުތަނާހެން ހަލާކުވެފައި ހުރި އިމާރާތެއްގެ ކައިރީ އިށީންދެލާގެންއިން ޒުވާނަކު އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ބަލާބެލުމަށް ވިއްސަކަށް އަހަރުގެ އެޒުވާނާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. ހީވާ ގޮތުންވެއްޖެޔާ ހަލާކުވެފައިވާ އިމާރާތަކީ އޭނާ ދިރިއުޅެމުން އައިގެއެވެ. އެޒުވާނާއާ ވާހަކަ ދައްކާލާ ހިތްވިއެވެ. ޒިހާންގައި ކޮށްޓާލުމަށްފަހު އަހަރެން އެޒުވާނާ ދެއްކީމެވެ. އަދި އަހަރެން އެނައާ ވާހަކަ ދައްކަންބޭނުންވާ ވާހަކަ ޖަމިއްޔާގެ މީހުންނާ ޒިހާން ގާތު ބުނުމަށްފަހު އެޒުވާނާއާ ދިމާއަށް ހިނގައިގަތީމެވެ.
“އައްސަލާމު އަލައިކުމް. އަހަނަނަށް ކިޔަނީ ޒައިން. އަހަރެންމީ ދިވެހިރާއްޖެގެ ފަރާތުން މިރަށުގައިތިބި މުސްލިމުންގެ ހާލަތު ކަވަރުކުރުމަށްޓަކައި މިކޮޅަށް އައިސްއުޅޭ ނޫސްވެރިއެއް. އަހަރެންބޭނުން ތިބޭފުޅާއާ ވާހަކަދައްކާލަން” އިނގެރޭސިބަހުން އަހަރެން ބުނީމެވެ. ސަލާމްބަލައިގަތުން ފިޔަވާ އިތުރުއެކައްޗެކޭވެސް އެޒުވާނާ ނުބުންނެވެ. “ކޮންނަމެއް ކިޔަނީ؟” އެޒުވާނާ އިތުރަށް ވާަހަކަ ނުދެއްކުމުން އަހަރެން ވާހަކަދެއްކީމެވެ. “މުސްއަބް” މަޑުމަޑުން އެޒުވާނަ ބުނެލިއެވެ. “މީ މުސްއަބްގެ ގެތަ؟” އަހަން ނާހަން ހުރެފައިވެސް އަހަރެން އަހާލީމެވެ. އެވަގުތު މުސްއަބްގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބާގަތެވެ. އަދި އަހަރެންގައިގައި ބައްދާގަތުމަށްފަހު ރޯންފެށިއެވެ. ފިރިހިނަކު އެގޮތަށް ރޯތަނެއް އަހަރެންގެ އުމުރުން 21 އަހަރުވީއިރުވެސް ނުދެކެމެވެ. މުސްއަބް ރޮމުން އަރަބި ބަހުން ކޮންމެވެސް އެއްޗިހިތަކެއް ކިއެވެ. އަރަބިބަސް ނޭންގޭތީވެ އޭނާކީ އެކައްޗެއްވެސް އަހަންނަަކަށް ނޭންގުނެވެ. ފަނަރަވަރަކަށް މިނެޓުވަންދެން ރުއިމަށްފަހު މުސްއަބް ހަމަޖެހިލިއެވެ. އޭނާ ހަމަޖެހުމުން އަހަރެންގެ ދަބަހުން ފެންފުޅިއެއްނަގަައި މުސްއަބަށް ދިއްކޮށްލީމެވެ. ޝުކުރުވެރި ނަޒަރަކުން އަހަރެންނަށް ބަލާލުމަށްފަހު އެއްފަހަރާ އޭނަ އެ ފެންފުޅި ދަމާލިއެވެ. އެއަށްފަހު ރަނގަޅަށް މޫނު ފޮހެލުމަށްފަހު އަހަންނާ ދިމާއަށް ބަލާލައިފަ ފުން ނޭވާއެއް ދޫކޮށްލިއެވެ. ” އަހަރެންމީ ފަލަސްތީން ރައްޔިތަކަސް އަހަރެން ދިރިއުޅުނީ ތުރުކީގަ. އުމުރުން 5އަހަރުގަ އަހަރެންގެ މަންމަ އަހަރެން ގޮވައިގެން ތުރުކީއަށް ދިޔައީ ޔަހޫދީން ދިން ހަމަލާއެއްގަ އަހަރެންގެ ބައްޕަ ޝަހީދުވުމުން. މަންމަބޭނުންވީ ޔަހޫދީންގެ އަނިޔާއިން އަހަރެން ސަލާމަތް ކުރަން. އެހެންވެ ވަރަށް ހާލުގަ އަހަރެން ގޮވައިގެން ތުރުކީއަށް ދިޔައީ. އަހަރެން އަނބުރާފަލަސްތީނަށް އައި މިދިޔަ އަަހަރު. އަހަރެންގެ ލޯބިވާ ވަތަނަށް ޔަހޫދީން ބޭނުންހާ ގޮތެއް ހަދާތަންބަލަން ދުރުގަ ހުންނާނަށް އަހަރެންގެ ހިތްތަނެއް ނުދިން. އެހެންވެ މަންމަގާތު އާދޭސްކޮށްގެން މިކޮޅަށް އަައީ. މިކޮޅަށްއައިސް އަހަރެމެން އުޅުނީ މަންމަގެ ބޭބެގާތުގަ. ބޮޑުބޭބެގެ ގެއާ ޖެހިގެން ހުރިގޭ އުޅުނު އަހަރެންނަށްވުރެ އެއްއަހަރު ކުޑަ އަންހެންކުއްޖެއް ސާރާކިޔާނީ. ފުރަތަމަ ސާރާ ފެނުނު ދުވަހުވެސް އަހަރެން ވަރަށް ގަޔާވީ ސާރާއާ. އަހަންނަށް އެނގުނު ގޮތުން ސާރާވެސް އަހަންނާ ގަޔާވޭ. އެހެންވެ އަހަރެން ބޭނުންވީ ސާރާއާ ކައިވެނިކުރަން. މިކޮޅަށް އައިތާ އެއްމަސްދުވަސްފަހުން އަހަރެން ސާރާއާ ކައިވެނިކުރަން ހަމަޖެހުނީ. އަހަރުމެން ކައިވެނި ކުރަންވެގެން ސާރާގެ ގޭގައި ތިއްބައި ޔަހޫދީންގެ ސިފައިން ކުއްލިއަކަށް އައިސްގޭތެރެއަަށް ވަނީ އަދި ފަހަރަކު މީހެއްގަޔަށް ބަޑި ޖަހާ މަރާލީ އަހަންނާ ސާރާ ފިޔަވާ. އަހަރެންގެ ލޯ ކުރިމަތީގަ ފުރާނަފަދައިން ލޯބިވާ މަންމަގަޔަށް ބަޑިޖަހާ މަރާލުމުން އަހަރެން ހުރީ ޝޮކެއްގަ އޭރު ސާރާ ހުރީ ރޮއެރޮއެ ހަލާކުވާން ކައިރިވެފަ. އެމީހުން އަހަރެންނާ ސާރާ ދަމާފަ ގެއިންނެރުމަށްފަހު ފާޑެއްގެ ތަނަކަށް ވެއްދީ. އެކަކު އަހަރެންގެ އަތުގައި ހިފަހައްޓާފަ ކަކޫ މައްޗަށް ތިރިކޮށްފަ ބޭންދީ. ދެން އެމީހުން.. އަހަރެ….ން ކުރިމަތީގަ ސާރާ..” މުސްއަބަށް ބުނެވުނީ އެހިސާބަށެވެ. އަނެއްކާވެސް ދެލޮލުން ކަރުނަ އަންނަންފެށިއެވެ. “އެމީހުން ސާރާއަށް ހަދާނެ ގޮތެއްހަދާފަ ދިރިހުއްޓާ އަންދާލީ އަހަރެންގެ ދެލޯ ކުރިމަތީގަ މަންމައާ އާއިލާގެ އެހެން އެންމެން މަރާލުމަށްފަހު އަހަރެންގެ ލޯ ކުރިމަތީގައި ސާރާއަށް އެހެން ހެދުމުން އަހަރެންގެ ހިތްނުހުއްޓުނީ ކިރިޔާ. އެއްފަހަރާ އެތަށް ހާސް ހަންޖަރެއް އަހަރެންގެ ހިތަށް ހެރިއިއަސް އެދުވަހު ތަދުވި ވަރަކަށް މިހިތަކަށް ތަދެއްނުވާނެ. އަހަންނަކަށް ނޭންގެ އެމީހުން އަހަރެން މަރާނުލާދޫކޮށްލީ ކީއްވެ ކަމެއް. މަންމަވެސް ބައްޕަވެސް އަހަރެންގެ ވާން އުޅުނު އަނބިމީހާވެސް ޝަހީދުވީ. އަހަރެންވެސް މިހާރު ބޭނުންވަނީ ޝަހީދެއްގެ ގޮތުގަ މަރުވަން. ދެން ޖަންނަތުން އަހަރެންގެ އާއިލާއާ ބައްދަލުވާން” އެންމެފަހު ޖުމްލަބުނި އިރު މުސްއަބް ހިނިތުންވެލިއެވެ. އަހަރެން އިނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. އަހަރެންގެ އަތަށް ކަރުނަތިއްކެށް ވެއްޓުމާއެކު އަހަރެންނަށްވެސް ރޮވިއްޖެކަން އެނގުނެވެ. އަހަރެން އަވަހަށް ދެލޯފުހެލީމެވެ. “މުސްއަބަށް ކިތަށް އަހަރު. ދެން އެންމެ ރަނގަޅުތަ އަހަރެން މުސްއަބްގެ ވާހަކަ ނޫހުގަ ލިޔުނަސް؟” “އަހަންނަށް 21 އަހަރު އަހަރެންގެ މައްސަލައެއް ނެތް ލިޔުނަސް އެއީ ޒައިންތީ ދިވެއްސެއްވީމަ. އަހަރެން އަޑުއަހާ ގޮތުންވެއްޖެނަމަ ދިވެހިންނަކީ ވަރަށް ހިތްހެޔޮއްއަދި އަހަރުމެންދެކެ ވަރަށް ލޯބިވާބައެއް. މިއަދު ޒައިން އެކަން ސާބިތުވެސްކޮށްދީފި. ފޫހިކަމެއްނެތި އަހަރެންގެ ވާހަކަ އަޑުއަހައިގެން. އަދި ފުރާނަ އަތްމައްޗަށް ލައިގެން އަހަރުމެންގެ ޚަބަރު ކަވަރުކުރަން މިތަނަށް އައިމަވެސް އިނގޭތީ އަހަރުމެންދެކެ ލޯބިވާ ބައެއްކަން. އަހަރެން އަބަދުވެސް ހިތަށް އަރާ ދިވެއްސަކާ ބައްދަލުވާނެނަމައޭ. މިހާރު އެކަން މި ފުރިހަމަވީ. ދެން އަހަރެންނަށް ފެން ދިނީތީވެ ވަރަށް ބޮޑަށް ޝުކުރިއްޔާ!” މުސްއަބް އަހަންނަަށް ޝުކުރު އަދާކުރުމުން އެއީ އެއްވެސްކަމެއްނޫނޭ އަހަރެން ބުނީމެވެ. އަދި މުސްއަބްއާ ބައްދަލުވުމުން އަހަރެން ވަރަށް އުފާވި ވާހަކަވެސް ބުނީމެވެ. އަހަރެން ދާންވެގެން ސަލާމް ކުރުމަށްފަހު ތެދުވުނުން މުސްއަބް އަހަރެންނަށް ގޮވާލިއެވެ. “އަހަރެންގެ ވާހަކަ ލިޔާއިރުގަ ލިޔާތި އަަހަރުމުން ދިވެހިން ދެކެ ލޯބިވާ ވާހަކަ. އަދި އަހަރުމެންގެ ސަލާމްވެސް ބުނެދޭތި” އަހަރެން ބޯޖަހާލަމުން ޒިހާންމެން ތިބި ދިމާއަށް ހިނގައިގަތީމެވެ.
އަހަރުމެން ގުދުސްގައި ހޭދަކުރި ފުރަތަމަ ދުވަހުވެސް އެތައްބަޔަކާ ބައްދަލުވިއެވެ. މުސްއަބްކަހަލަ އެތަށް ޒުވާނުން އެމީހުންގެ ވޭނާ އުދާސް އަހަރުމެންނާ ހިއްސާކުރިއެވެ. އެތަކެއް ތުއްތު ކުދިންނާ އަހަރުމެންނާ ބައްދަލުވިއެވެ. ލޯބި ލޯބި ކުދިން ފެނުމުން އަހަރުމުންގެ ހިތް ލޯބިން ފުރިގެން ބަންޑުންވެއެވެ. އެހެނަސް ޔަހޫދީންގެ ހަރު ހިލަ ފަދަ ހިތްތަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. އަހަންނާ ޒިހާން ކޮންމެ ދުވަހަކުވެސް އެކިމީހުންގެ ވާަހަކަ ޝާޢިރުކުރަމުން ދިޔައިމެވެ. ކޮމެންޓު ތަކުގައި އެތަށް ބަޔަކު އެބައި މީހުންނަށްޓަކައި ދުޢާ ކޮށްފަހުއްޓެވެ. އެންމެ ގިނަ ބަޔަކަށް އަސަރު ކުރީ މުސްއަބްގެ ވާހަކައިންނެވެ.
ޤުދުސްގައި ހޭދަވީ ދުވަސްތަކުގައި އަހަރެނަށް ވަރަށް ގިނަފިލާވަޅިތަކެއް ލިބުނެވެ. އަހަރުމެން ދުނިޔޭގެ މަޖަލުގައި ޣާފިލުކަންމަތީ ހެއްދެވި ފަރާތަށް ކިޔަމަންތެރިކަން އަދާނުކޮށް ޝުކުރުވެރި ނުވާ ހާލު ހޭދަ ކުރާއިރު އަނެއްބަޔަކު ވޭނާ އުދާހުގަ އުޅެމުންދާއިރުވެސް އެކަލާންގެއަށް ކިޔަމަންތެރިވެ ޝުކުރުކޮށްގެން ތިބޭތަނެވެ. ކިރިޔާ ލާނެ އަންނައުނުކޮޅެއް ލިބޭއިރުވެސް އަންހެންދަރިން ތިބެނީ ނިވާވެގެންނެވެ. ނަމަވެސް އަހަރުމެންނަށް ލިބޭހާލުވެސް ތިބެނީ ވީހާވެސް ކުރުހެދުންލައިގެންނެވެ.
އަހަރެންނަށްވެސް އުޅެވުނީ ރަނގަޅަކަށް ނޫންކަން އިހްސާސްވިއެވެ. މިޔުޒިކާ ލަވާގެ ޚަބަރުތައް ގެނެސްދެމުންދިޔައީ ﷲއަށް ބިރުވެތިނުވާ ހާލުގައެވެ. ދުނިޔެމަތީގެ ވޭނަށް ވުރެއް އާޚިރުތުގެ ޢަޛާބު ވޭންދެނިވިކަން ހަނދާންނައްތާލައިގެންނެވެ.
ޤުދުސްއިން އެނބުރި މާލެ އައި އިރު އަހަރެންވެސް އަދި ޒިހާންވެސް އައީ މުޅިން އާދެމީހެއްގެ ގޮތުގައެވެ. މުޅިން އާ ޢަޒުމެއްގައެވެ. މުނިފޫހިފިލުވުމުގެ ދާއިރާ ކަވަރުކުރުން ހުއްޓާލުމަށްފަހު ދުނިޔޭގެ ކަންކޮޅުތަކުގައި އުޅޭ މުސްލިމުންގެ ވޭނާ އުދާސްތަކުގެ ވާހަކަ ކަވަރުކުރަންފެށީމެވެ.
ޔާ ﷲ ޔަހޫދީންގެ އަނިޔާތަކުން ފަލަސްޠީނުގެ ލޮބުވެތި ދަރިން ސަލާމަތް ކޮށްދެއްވާށިއެވެ! މުސްލިމުންނަށް ނަސްރާ ކާމިޔާބީ މިންވަރު ކުރައްވާށެވެ! އާމީން
ނިމުނީ
16 Comments
Comments are closed.
Slm hurihaa kudhin. Miothy alhuganduge kuru vaahakaeh. Ummedhu kuran hurihaa kudhinnah ves mivaahaka kamudhaane kamah
Woww.. kiyaa this stry is amazingg… assu s emyhun ulhenii hrdha hrlegga ey dhwh… iraadha kureviiyyaa emyhunnh mi ah vure maa ufaaveri ehn dhuvahh dhakka vrne.. mi stry vrh vrh iburaiyytheri… curiously waiting 4 ur nxt stry… ♥♥♥♥♥♥♥♥♥
I m mishy
Thank u anonymous.
Thanks mishy. Vvvr miss vey mishy ge comments thah mathin
Wslm.. Masha allah ?? kiyara
Aameen
Excellent story sis ?? vvvv touchin ??
Aameen
Aameen
Vr rythi and iburaitheri story eh..♥️?…
aameen….. kiaaraage story thah vvv loabi
iburaihtheri***
Aameen
Aameen.. N Vrh Vrh Vrh Vrh reethi mi story.. Maa sha Allah.. Neiyy Hama Bunaane ehcheh ves.. Vrh asarugadha… ????? mikahala reethi reethi iburaiyytheri vaahaka kiyaa ge faraathun ithurah fennaane kamah ummeedhu kuran.. ☺️?❤️????????????❤️❤️❤️❤️?????
Aameen!!