އަމްނާ މިއަދު ހަތަރު ދަމު ދަށްބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ދިޔައިރު ފެނިގެން ދިޔަ ސޫރައަކީ މީގެ ކުރިން ފެނިފައިނުވާ ފަދަ ފުރިހަމަ ސޫރައެކެވެ. ފުރަތަމަ ނަޒަރުން އޭނާގެ ހިތް ކަތިލި ޒުވާނެއް އެނޫނިއްޔާ ނުވެއެވެ. އާދެ! ޑރ. އަމީމެވެ. ކޮޓަރިއަށް ވަތް ގޮތަށް ބުރުގާ ބޭލުމަށްފަހު ފާޙާނާއަށް ވަދެ ލައިގެން ހުރި ކަޅު އަބާޔާ، އަތްކުރު ޓީޝާޓަކާއި ކުރު ސޯޓަކަށް ބަދަލުކޮށްލީ ނިދަން އޮށޯވެލުމަށެވެ. ފާޙާނާއިން ނުކުތް އިރު އެނދު މަތީގައި އިން ހާތިބު ފެނި ފަހަތަށް […]
ވިއްސާރަ ވިލާތައް އުޑުމަތީގައި ދަތުރުކުރަމުން ދިޔައެވެ. ގަދަ ވަޔާއެކު ގަސްގަހުގެ ފަތްތަތް އުދުހޭ މަންޒަރު ބަލަން ޒާޝާ ހުރީ އާޝޯޚުވެފައެވެ. ވައިގެ ފިނިކަން ކުރިން އިޚްސާސް ވެފައިވީ ނަމަވެސް މި މަންޒަރުތައް ލޮލަށް ފެނޭ މިއީ ފުރަތަމަ ފަހަރެވެ. ލޯފަން ކުއްޖެއްގެ ގޮތުގައި ހުރިއިރު ދެކެން ބޭނުންވި ހުރިހާ މަންޒަރެއް ފެނުމުގެ ނަސީބު މިއަދު އޭނާއަށް ވަނީ ލިބިފައެވެ. ނަމަވެސް ޒާޝާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. އޭނާއަށް ވިސްނެމުންދިޔައީ މީގެ ތިންވަރަކަށް ކުރިން ހޮސްޕިޓަލް ތެރެއިން އޭނާއަށް […]
ހަތަރުއުދަރެސް ފެނުޖެހިފައިވާ މީހަކު ފަދައިން އަމިއްލަ ނިކަމެތިކަމާމެދު ހިތާމަކޮށް ރުއިން ނޫންކަމެއް މިއަދު ރިމްޝާއަކަށް ކުރެވޭކަށްނެތެވެ. މޫނުމަތީގައި އަތް އަޅައިގެންއިދެ ބާރަށް ރޮމުންދަނިކޮށް ރިމްޝާގެ ކޮނޑުގައި މީހަކު އަތްބާއްވާލުމާއެކު އިސްއުފުލާބަލާލިއެވެ. އެވަގުތު ސިއްސައިގެންގޮސް ރިމްޝާއަށް ފަހަތަށް ޖެހިލެވުނީ އެއްވެސް އިޙްތިޔާރަކާނުލައެވެ. ********* ފިހާރަޔަކަށް ދިޔަ މަގުމަތީގައި ހަލުވިކަމާއެކު އަވަސްފިޔަވަޅުތަކެއް އަޅަމުންދިޔަ އައިހަމްގެ ހަރަކާތްތައް މަޑުޖެހިލީ އާދައިގެ ގޮތަކަށްހުރި މާތަނަވަސްނޫން ގެއަކާއި އަރާހަމަވެފައެވެ. އަންހެނަކު ރަޙުމްކުޑަކަމާއެކު އެއްޗެހި ގޮވަމުންދިޔައިރު ޒުވާން އަޑަކުން ރޮއި އާދޭސްކުރާ އަޑުއިވެމުންދިޔައެވެ. ހުރިފިޔަވަޅުމަތީގައި ގަނޑުވެފައި […]
އެ ރެޔެވެ. އެ ފުރިހަމަ ރޭގައި އަހަރުމެން ހިނގާލަން ދިޔައީމެވެ. އަހަންނާ އަހަރެންގެ ލޯބިވެރިޔާ މިކާއިލް އެވެ. އަތުގުޅުވާލައިގެން ތިބެ އަހަރުމެން ވެސް އެތައް ވަޢުދަކާ އަހުދެއް ވީމެވެ. ހަނދު ހެކިކޮށެވެ. އުޑުގައި ވިއްޔާ ވީ ވިލާއެއް ވެސް ހެކިވާނެއެވެ. ހުރިހާ ތަރިއެއް ބޭލީމެވެ. ނަމަވެސްް މިއަދު ދެކޭށެވެ. އަހަރެންގެ ހާލަތު ދެކިފައި އެ ތަރިތައް ވެސް އަހަންނަށް ކުރަނީ މަލާމާތެވެ. އެ ތަރިތައް ބުނާކަހަލައެވެ. “އޭ ލީޝާއެވެ. އެރޭ ވީ އަހުދުތައް މިހާރު ކޮބާހެއްޔެވެ؟ ކަލޭ […]
ފައިސާއާ މުދާ، އިއްޒަތާ ގަދަރަކީ އެހާ މުހިންމު އެއްޗަކީ ހެއްޔެވެ. ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ފައިދާއަށް މަސައްކަތް ކުރަނީ ކީއްވެހެއްޔެވެ؟ ކޮންމެ އަކަށް އިންސާނާގެ ބޭރުފުށުގެ އިތުރުން މީހާގެ އެތެރެ ފުށުގެ ސިފަތަކަކީވެސް މުހިންމު ސިފަތެކެވެ. ހިނިތުންވުމާ ހިތްދަތިކަން…. އުފަލާ އަރާމް… އިއްޒަތާއި ގަދަރް… ލޯއްބާއި ނަފްރަތު…. ހިތްތިރިކަމާއެއި މަޑުމައިތިރިކަން…. އޯގާތެރިކަމާއެކު އެހީތެރިކަން…. މިހުރިހާ ކަމެއް ހިމަނަގައިގެން އަޅުގަނޑު ލިޔަން ގަސްތުކުރާ ވާހަކަ “ހިތް އެދުނަސް” އިންތިޒާރު ކޮށްލައްވާ! އީނާލް ———– އީނާލް އަކީ ހިތްތިރި […]
އަމީމަކީ 26 އަހަރުގެ ޒުވާނެކެވެ. ކިޔަވާ ނިމިފައި ހުރި އަންހެނުންގެ ޙާއްސަ ޑަކްޓަރެކެވެ. ބޮޑަށް ވައްތަރީ މޮޑެލްއަކާއެވެ. އެހާވެސް ފުރިހަމަ ހަށިގަނޑެކެވެ. ހަމުގެ ކުލަ އަލިވެފައި އެހާ އޮމާނެވެ. އަޅި ކުލައިގެ ކަޅިއަކާއި ކަނދުރާއާއި ހަމައަށް އަރާވަރުގެ ފަން ފަން އިސްތަށިގަނޑެކެވެ. ބަލާ ބެލުމަށް ކޮރެއާ ކުއްޖަކާއި މާ ބޮޑު ތަފާތެއް ނެތެވެ. އަމީމްގެ މައިންބަފައިން އެންމެ ހާސް ވަނީ އުމުރުން 26 އަހަރު ވީ އިރުވެސް ކައިވެނި ކުރުމުގެ ހިޔާލު އަމީމް ނުކުރާތީއެވެ. އަންހެނުންގެ ހާއްސަ […]
އެރޭ މުސްކާން ގެއަށް ލައިދޭން އިޒިކް ދިޔައެވެ. ކާރުން ފައިބާ އިޒިކް އަށް ހަނާ އަޅާލަމުން މުސްކާން އެތެރެއަށް ވަނެވެ. އެވަގުތު އޭނާގެ ކުރިމަތިން މާނިއު ފެނުމާއެކު ބިރުން ފަހަތަށް ޖެހެވުނެވެ. މާނިއުގެ ތުންފަތުގައި ވި ވިހަ ހިނިތުންވުން ފެނުމާއެކު މުސްކާން އަށް ހިން ދިރުވާލެވުނެވެ. އެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވެފަވަނީ ނުބައި ނުލަފާ އިންސާނެކެވެ. ރަހްމެއް ހަމްދަރުދީއެއްނެތް ނުލަފާ މީހެކެވެ. މުސްކާން ގެ މޫނުމަތީގައި ވި ނުތަނަވަސް ކަމުގެ އަސަރުތަކުން މާނިއު އަށް ހަމަޖެހުން ލިބިގެން […]
ޔައިޝް އެންމެ ފަހުން ބުނެލި ޖުމްލަތަކުން ޝައުނާ ހުރީ ހައިރާންވެފައެވެ. އޭނަގެ ހުރިހާ ހަރަކާތެއް ވަގުތުން ހުއްޓުނެވެ. ގިސްލެވުންވެސް ވަނީ މިހާރު ހުއްޓިފައެވެ. ލިބުނު ހައިރާންކަމުގައި އޭނާއަށް ހުރެވުނީއެވެ. ޔައިޝްގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައީ ޝައުނާ ދޭނެ ޖަވާބެއް ނޭނގޭތީއެވެ. ޝައުނާ އޭނަގެ ލޯބި ގަބޫލު ކުރާނެބާއެވެ؟ އޭނަގެ ލޯބި ގަބޫލުކޮށްފިނަމަ ހާދަހާ އުފާވާނެއެވެ. އޭނަ އަބަދުވެސް ޝައުނާ އުފަލުގައި ބެހެއްޓޭތޯ ވީވަރަކުން މަސައްކަތްކުރާނެއެވެ. ޝައުނާއަށް އަށް އިންތިހާ ލޯބި ދޭނެއެވެ. އެހެނަސް ޝައުނާ […]
ހަފްތާއެއް ފާއިތުވެ ދިޔައިރުވެސް ހަޔާ އަށް ވިޝާލް އެއް ނުފެނެއެވެ. ހަޔާ އަށް ނޭނގުނު ކަމަކީ ހަޔާގެ ކޮންމެ ހަރަކާތަކަށްވެސް ވިޝާލް ފާރަލާކަމެވެ. މިއަދު ސްކޫލުން ގެޔަށް އައިއްސުރެ އަރަން ހުންނަނީ ކަމަކާއި ހިތްހަމަ ނުޖެހި ދެރަވެފައެވެ. ހަޔާ އެތަށްފަހަރަކު ސުވާލުކުރުމުންވެސް އަރަން ޖަވާބެއް ނުދިނެވެ. އެންމެ ފަހުން އަރަންގެ އަތުގައި ހިފައި ހަޔާގެ އުނގުތެރޭގެނެސް ބޭންދިއެވެ. “ދަރިފުޅާ! ކިހިނެއްތަ ވީ؟ ވެގެން އުޅޭގޮތެއް ބުނީމައެއްނު މަންމިއަށް ހެލްޕެއްވެސް ވެވޭނީ. ގައިގެ ތާކު ރިއްސަނީތަ؟ ނޫނީ ދަރިފުޅު […]