Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހައިރާ? (އެއްވަނަބައި)

shama shuaib Level 410 Stories100 Comments500 Comments100 Login
May 24, 2018 4 Mins Read
43 Comments

“ހޭއި ލަވް. ދެންބުނެބަލަ އޭރު ބުނަން އުޅުނުވާހަކަ. ތިހާ ހިތްތަޅުވަން ނޫޅެބަ. ހެއިލްގެ ކަންކަމުގަ އަހަރެން ވަރަށް ކެތްމަދުވާނެ އިނގޭ.” ޒަކްޔަންގެ ބަރު، ފިރިހެންވަންތަ އަޑުން ލުއި ހިނިތުންވުމެއްގެ އަޑު އިވިގެން ދިޔައެވެ. “ޔަން، މަންމަ މެންނަށް ޔަން އިންޓްރޮ…” ހައިލިޔާ ގެ ވާހަކަ މެދުކަނޑާލަން ޒަކްޔަންއަށް މަޖުބޫރުވިއެވެ. “ހެއިލް. ލަވް، ވަރަށް އާރޖެންޓްކޮށް ދާންޖެހިއްޖެ. ބާއި ލަވް” ޒަކްޔަން ފޯނު ކަނޑާލިއިރު ހައިލިޔާއަށް އޭނާގެ މަންމަގެ ދިހަ މިސްޑް ކޯލާއި ބައްޕަގެ އަށް މިސްޑްކޯލު އަދި ސަތާރަމެސެޖު އައިސްފައިވެއެވެ. ހާސްވެފައިވާ ހައިލިޔާ މެސެޖުތައް ކިޔާލިއިރު ގެޔަށް އައުމަށްބުނެފައި ވެއެވެ.

ލައިގެންއުޅި މަޑު ވައިލެޓް ގަމީސް ރަނގަޅަށް ޕެންސިލް ސާރކްޓް ދަށަށްޖަހާލަމުން އުނަގަނޑުން ތިރިއަށް އޮންނަ ފުރިހަމަބުޅި އިސްތަށިގަނޑު އަތުން ރީތިކޮށްލަމުން އަރައިގެން ހުރި އުސްބޫޓާއެކު ދުވެވުނުގޮތަކަށް ދުވަމުން އޮފީހުން ނިކުމެ ހައިލިޔާ ކާރު ގަރާޖުން ނެރެ ބާރަށްދުއްވާލިއެވެ. އަދި އޮފީހަށްގުޅާލިއެވެ. “ރިޝްފާ. ހުރިހާ މީޓިންތަކެއް ކެންސަލްކޮށްލާ.”

އަވިގަދަކަމުން އަވިއައިނުގެ އެހީގައި ދެލޯފޮރުވާލައިގެން ހުރި ޒަކްޔަން އައިނުނެގުމަށްފަހު ޖީބަށްލަމުން އެބޮޑު އިމާރާތަށް ނަޒަރު ހިންގާލިއެވެ. ދަންނަ ގެއެއްކަމުން ހިތްތެޅުމުން ދިޔައެވެ. ލިފްޓަށްއަރާ ހަތްވަނަ ފަންގިފިލާއަށް ފިތާލުމަށްފަހު ކެތްތެރިކަމެއްނެތި އޭނާ މަޑުކުރަމުންދިޔައީ އެދޮރުހުޅުވޭނެ ވަގުތަކަށެވެ. ދޮރު ހުޅުވުމާއެކު ފަހަތުގައި ތިބި މީހުންނަށްބެލުމެއްވެސް ނެތި ޒަކްޔަން ނިކުމެގެންގޮސް ބެލް އަޅާލިއެވެ. ދޮރުހުޅުވާލީ ވަރުގަދަ، ބިޔަ، އިސްކޮޅުން ދިގު ފިރިހެނެކެވެ. އޭނާ ހުރީ ކޯޓުފަޓުލޫނަގެއެވެ. ހީވާގުތުން އެއީ އޮފީހެއްގެ ބޮޑުމީހެކެވެ.

ކާރު ރަނގަޅަށް ޕާކުވެސް ނުކޮށް ހައިލިޔާ ދުވެފައި ކަހަލަގޮތަކަށް ގެޔަށްވަނެވެ. އޭރު މުޅި އިމާރާތާ އިމާރާތުގެ ގޯތި ތެރޭގައިވަނީ ޕޮލިހުންނެވެ. އެމީހުންތަކުގެ ތެރެއިން ހައިލިޔާއަކަށް ނުދެވުނެވެ. އެމީހުން ބުނާގޮތުން ވެއްޖެޔާ ކްރައިމް ސީނެކެވެ. “އަޖައިބެއް. މީ މަގޭ ގެޔޭ!! ކޮބާތަ ތިމީހުންގެ ބޮޑުމީހާ” ހައިލިޔާ އެންމެފަހުން ރުޅިގަދަވެގެން ބާރަކަށް އަހާލިއެވެ. “ހެއިލް….” އެމީހުންގެ ތެރެއިން ޒަކްޔަން ފެނުމުން ހައިލިޔާ މަޑުޖެހިލިއެވެ. “ޔަން..ކިހިނެއްތަ ވެގެން މިއުޅެނީ..ކޮބާތަ މަންމަމެން..ޔަން މިތާނގަ ކީއްތަ ތިކުރަނީ..” ހައިލިޔާއަށް ރޮވުނެވެ. ވެގެން އުޅޭގޮތް ނޭންގުނަސް ވެގެން އުޅެނީ ބޮޑުކަމެއްކަން އޭނާއަށް އިނގެއެވެ.

ޒަކްޔަން ހަނދާނަށް އައީ މީގެ ކުޑައިރުކޮޅެއް ކުރިއެވެ.

***

“އަޅުގަނޑަކީ ޗީފް އިންވެސްޓިގޭޓަރ އަހްމަދް ޒަކްޔަން.” ބެޖުދައްކާލަމުން ޒަކްޔަން ބުނެލިއެވެ. އެވަގުތު ރޮމުން އަންހެނަކު ދުވެފައި އައެވެ. “ބައްލަވާ..އަޅުގަނޑުގެ ދަރިފުޅު..ކޮންމެސް މީހަކު…މުޅި..ލޭ..” އެޔާއެކު އެމީހަކު  އަނބުރައިގަނެގެން ވެއްޓުނެވެ. “އަޅުގަނޑުމެން މިތަން ބަލާލާނަން. ސޮރީ ފޯ ޔުއާ ލޮސް” ޒަކްޔަން ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. ބިއްލޫރި މޭޒުއޮތީ ކުދިކުދި ވެފައެވެ. ލޭތަކާއެކުވެ ބުރައިގެން ގޮސްފައިވާ ބިއްލޫރި ކޮޅުތަކަށް ނޭރުމަށް ފަރުވާވެހުރެ ޒަކްޔަން ކުރިއަށް ދިޔައެވެ. އަގުބޮޑު ފަރުނީޗަރުތަކެވެ. މުޅި ގެ ރީނދޫކުލަ އަދި ހުދުކުލައި ޒީނަތްކޮށްފައިވާލެއް ވަރަށްވެސް ފުރިހަމައެވެ. ނަމަވެސް މުޅި މަންޒަރު ވަނީ ބިރުވެރިވެފައެވެ. ލޭގެ ކޯރެއްގައި ބަންޑުންއޮތް ކުއްޖާގެ ކައިރިޔަށް ޖެހިލުމަށްފަހު ޒަކްޔަން އަންގި ލައްވާލައިގެން އޭނާގެ މޫނަށް ރަނގަޅަށް ބަލާލިއެވެ. “އީރޫ…..”

ހައިރާގެ ފުރާނަނެތް މަސްގަނޑަށް ނަޒަރު ހުއްޓާލައިގެން އިން ޒަކްޔަން އިނީ ގަނޑުވެފައެވެ. މުޅި ވާއަތުގައި ވަޅި އަޅާފައި ވީއިރު ކަނާއަތުގައި ވަޅި އޮތެވެ. “ސާރ. އަޅުގަނޑުމެން ފޮޓޯނަގަން..” ޒަކްޔަން މޫނުގައި އަތް އުނގުޅާލަމުން ކޮޅަށްތެދުވިއެވެ. އަދި އެދެމަފިރި ގާތަށް ދިޔައެވެ. “ކާކަށްތޯ އެންމެ ފުރަތަމަ ހައިރާ ފެނުނީ؟” ޒަކްޔަން ދެމީހުންނަށް ބަލާލަމުން އަހާލިއެވެ.

“އަޅުގަނޑަށް. މިއަދަކީ އަޅުގަނޑުގެ ހެދުން ލިބޭ ދުވަސްވީމަ ހައި ބުނެފަ އޮތީ މިބަޔަށް އަންނަން. އަހަރެން ތަޅާތަޅާވެސް ދޮރު ނުހުޅުވި. ދެން ޑަބަލްކީ ހިފައިގެން އައިސް ދޮރުހުޅުވިއިރު ….އަހަރެން ވަގުތުން ހަޝީމަށް ގުޅީ.” ހައިރާގެ މަންމަ ނީރާ ކިޔައިދިނެވެ. “އެންމެ ރަނގަޅު. މިމަރު ތަހުގީގު ކުރަންދެން އެއްވެސް މީހަކު މާލެ ދޫކޮށް ގޮސްގެން ނުވާނެ. އަޅުގަނޑުމެން އެކޮޅުން ގުޅާލާނަން”

***

“ހެއިލް..އީރޫ އިޒް ނޯ މޯ..އީރޫ އަހަރެމެންނާ ވަރަށް ދުރަށް ގޮސްފި” ހައިލިޔާގެ އަތުގައި ހިފާލަމުން ޒަކްޔަން ބުނެލިއެވެ. ހައިލިޔާ އެހުރިގޮތަށް ތިރިވިއެވެ. އެވަގުތަކީ ހައިރާގެ ހަށިގަނޑު އެންބިއުލާންސަށް ލާން ގެނެވުނު ވަގުތެވެ. ހައިލިޔާ ދުވެފައި އެދިމާލަށް ދިޔައެވެ. ފަހަތުން ޒަކްޔަންވެސް ދުއްވައިގަތެވެ. “އީރޫ…އޭ…ދޮންތާ…އީރޫ..ވައި؟؟؟” ހުދުފޮތިގަނޑަކުން ފޮރުވާލެވިފައިވާ ހައިރާގެ ހަށިގަނޑުގައި ބައްދާލައިގެން ހުރެ ހައިލިޔާ ރޯންފެށިއެވެ. ޒަކްޔަން ހައިލިޔާ ގަދަކަމުން ދުރުކޮށްލުމަށްފަހު ހަޝީމްއާ ހަވާލުކުރަމުން ހައިރާގެ ހަށިގަނޑާއެކު ނައްޓާލިއެވެ.

ޒަކްޔަންމެން ހައިރާ ގޮވައިގެން ހޮސްޕިޓަލަށް އައިތާ މާގިނައިރެއްނުވެ ހައިލިޔާމެންވެސް އައެވެ. އޭރު ހައިލިޔާގެ ރުއިން ހުއްޓިފައި ވީއިރު އެދެލޯވަނީ ރަތްވެފައެވެ. މޫނުގައިވާ މޭކަޕްތައް ފުހެވިފައި ވީއިރު އެތުންފަތުގައި މަޑުތުރުތުރެއް ވިއެވެ. ކައިރީގައި ހުރި ހަޝީމްގެ ހާލަކީ ތޯއެވެ. ބޮޑު ފިރިހެނަކަސް ހުއްޓުމެއްނެތި އޭނާ ދިޔައީ ރޮމުންނެވެ. ނަމަވެސް މަޑުންނެވެ. އޭނާގެ ބޯ ހާވާލައިފައި ވީއިރު ކަރުގައި ޓައި ނުވެސްނެތެވެ. ނީރާ ފެންނަނީ މަޑުމޮޅި ގޮތަކަށެވެ. ޒަކްޔަން މަޑުމަޑުން ގޮސް ޑޮކްޓަރާ ބައްދަލް ކޮށްލިއެވެ. “ލޭހުސްވެގެން މަރުވީ. ލަފާކުރެވޭގޮތުގައި ރޭގެ ދަންވަރުގެ ވަގުތެއްގައި މަރުވީ..އިޒް ޝީ ޔުއާ ގާރލްފްރެންޑް؟” ބޯ ހޫރާލަމުން ޒަކްޔަން ހީލިއެވެ. އަދި ހޮސްޕިޓަލުން ނިކުމެ މޫދާދިމާއަށް ހިނގައިގަތެވެ.

ހައިރާއަކީ ޒަކްޔަންގެ ދުވަސްވީ އެކުވެރިއެކެވެ. ހައިރާއާ އެންމެ ފުރަތަމަ ޒަކްޔަންއާ ދިމާވީ ރީހެބިލިޓޭޝަނުންނެވެ. ކިޔަވަން ހުރި އިރު ހައިރާވަނީ ޑްރަގްގެ ޝިކާރައަކަށް ވެފައެވެ. ކިޔަވައިގެން ރާއްޖެއައި އިރު އެފަކީރު ހުރީ މުޅިންހަލާކުވެފައެވެ. އެކަމުން ސަލާމަތްކުރުމަށް އޭނާގެ އާއިލާއިން އެމަރުކަޒަށްފޮނުވީއެވެ. ޒަކްޔަން އަކީ އޭރު އެސެލްގެ އިންޗާޖެވެ. އޭނާއަކީ މާބޮޑު ރޭންކެއްނެތް ސެލް އިންޗާޖެކެވެ. ހައިރާ ރަނަގަޅުވަމުން އައިތަން އެންމެ ގާތުން ފެނުނު ހައިރާގެ އެންމެ ގާތް އެއްފަރާތަކީ ޒަކްޔަންއެވެ. ޒަކްޔަންއަށް ހައިލިޔާއާ ދިމާވީވެސް ހައިރާގެ ސަބަބުންނެވެ. އެދެމީހުންގެ ގުޅުމަށް މަރުހަބާކިޔާ އެކަމާ އެންމެ އުފާކުރި އެކަކަށް ހައިރާ ވާނެއެވެ. ހައިރާއަށް އެހެން އެވީ ކިޢްވެބާއެވެ؟ ގައިމު ދާދި ފަހުން އޭނާވަނީ ޒަކްޔަންއާއެކު ކަމަކު ހޮސްޕިޓަލަށްވެސް ގޮސް އެހީވެދީފައެވެ. އޭރުވެސް އެއްވެސް މައްސަލައެއްގައި އޭނާ އުޅޭ ވާހަކައެއް ނުބުނެއެވެ. މިއަދު ހައިރާގެ މަރުގެ ތަހުގީގާ ހަވާލުވެ ހުރި ޑޮކްޓަރާވެސް ވާހަކަދައްކާހެދީ ހިޔާލެއް ފިކުރެއް ނެތިއެވެ. ޒަކްޔަންއަކަށް އެކައްޗެއްވެސް ނުވިސްނެއެވެ.

ޒަކްޔަންއަށް ހިޔާލުތަކުގެ ތެރެއިން ނިކުމެވުނީ އޮފީހުން ފޯނުއައުމުންނެވެ. “އެބަދަން.” ސައިކަލު ނުލާ އާދެވުމާއެކު އަވިގަނޑުން ހިނގާފައި ދިޔުމާއެކު ވަރުބަލިކަން އިހުސާސްކުރެވުނެވެ. ޒަކްޔަން އޭނާގެ ކެބިންއަށް ވަދެ  ޗާޓެއް ކުރަހާލިއެވެ. މެދުގައި ހައިރާގެ ނަން ލިޔުމަށްފަހު ހައިލިޔާ، ނީރާ އަދި ހަޝީމްގެ ނަންލިޔެ ގުޅުވާލިއެވެ.”ސާރ، ތަހުގާގަށް އައުމަށް އާއިލާއަށް ގުޅައިފިން. މިހާރު އަންނާނެ. އޭގެ ކުރިން ސީ.ސީ.ޓީ.ވީ ފުޓެޖް ބައްލަވާލަން ހިންގަވާ.” އެތެރެއަށް ވަދެގެން އައީ ޒަކްޔަންގެ އެސިސްޓެން ބުނެލިއެވެ. ބޯ ޖަހާލަމުން ފުން ނޭވާއެއް ލުމަށްފަހު ޒަކްޔަން ހިނގައިގަތެވެ.

ސިޑިމަތީގެ ހުރިހާ ކެމެރާއެއްވަނީ ހަލާކުވެފައެވެ. ވުމާއެކު ލިފްޓުން އަރާފޭބި މީހުންނަށް ޒަކްޔަން ރަނގަޅަށް ބެލިއެވެ. އެދުވަހުގެ އިތުރަށް މުޅި ހަފްތާގެ ވީޑިއޯތައް ބެލިއެވެ. އެ ވީޑިއޯ ބަލާ ނިންމާލިއިރު ޒަކްޔަންގެ ނިތަށް ރޫތަށް ގިނަވެގެންދިޔައެވެ.”ސާރ. ހައިރާގެ ފެމެލީ އެބަތިބި. އެންމެ ފުރަތަމަ އެތެރެއަށް މިގެންދަނީ ހައިރާގެ ކޮއްކޮ، ހައިލިޔާ”ޒަކްޔަންގެ ބޮލުގައި ރިއްސާލިއެވެ. އެއްވެސް ހާލެއްގައި އޭނާ ހައިލިޔާއާ އެގޮތަށް ސުވާލު ކުރާކަށް ބޭނުމެއް ނޫނެވެ. ނަމަވެސް ވަޒީފާގެ ގޮތުންނާ އޭނާގެ އެކުވެރިޔާގެ ހައްގުގައި ހަގީގަތް ހޯދަން ވަނީ މަޖުބޫރުވެފައެވެ.

ޒަކްޔަން އިންޓެރޮގޭޝަން ރޫމަށްވަތް އިރު އިން ހައިލިޔާފެނި މަޑުޖެހިލެވުނެވެ. އެތަނުގެ ފިނިކަމުން އޭނާ އިނީ ފިނިވެފައެވެ. ދެއަތް ދެއަތާ މޮޑެމުން ދިޔައިރު އިނީ ބިރުންކަން އިނގެއެވެ. ޒަކްޔަން ފުންނޭވާއެއްލަމުން އެތެރެއަށްވަނެވެ. ޒަކްޔަން ފެނުމާއެކު ހައިލިޔާއަށް ތެދުވެވުނެވެ.”ޔަން..އަ”

“ހައިލިޔާ ހަޝީމް. އިނގިލައްވާ ދެއްތޯ މިއީ އިންޓެރޮގޭޝަން ރޫމްކަން؟ މިތަނުގައި ދެކެވޭ ހުރިހާ ވާހަކަތަކާ މަންޒަރުތައް ރިކޯޑު ކުރެވޭނެ. އަޅުގަނޑުމެން ހައިލިޔާ މިކޮޅަށް މި ގެނައީ ރޭގެ ވަގުތެއްގައި މި ދުނިޔެ ދޫކޮށްފައިވާ ހައިރާގެ މަރާ ބެހޭ ތަހުގީގު ކުރުމަށް.” އަތުގެ އިށާރާތުން އިށީންނަން ބުނަމުން ޒަކްޔަން ހައިލިޔާގެ ވާހަކަ މެދުކަނޑާލިއެވެ. ބޭނުން ނުވިއަށް އެތަނުގައި ވާހަކަދައްކަންޖެހޭ ގޮތަކީ އެއީއެވެ. “ކިތައްދުވަސް ވެއްޖެ ސިޑީގަ ހަރުކޮށްފަ ހުންނަ ކެމެރާތައް ހަލާކުވެފަ ހުންނަތާ؟” ހައިލިޔާ ދިޔައީ ސިހިގެންނެވެ. އަދި މަޑުމަޑުން ނޭންގޭ ކަމަށް ބުނެލިއެވެ. “އެންމެ ރަނގަޅު. އަޅުގަނޑުގެ މައުލޫމާތު ދޮގު ނޫންނަމަ ހައިލިޔާ އުޅެނީ އަށްވަނަ ބައިގަ. އެހެންނު؟” ހައިލިޔާ މަޑުމަޑުން ބޯޖަހާލިއެވެ.

“މިއަދު ސިޑިން ފައިބަން ނިންމީ ކީއްވެގެން ތޯ؟ މިބުނީ ފަސޭހަ ލިފްޓެއް އިންދާ ކުއްލިއަކަށް މިއަދު ސިޑިން ފޭބީމަ.” އެފިނީގައިވެސް ހައިލިޔާގެ މޫނުން ދާހިއްލައިލިއެވެ. “އަ…އެއީ..މި..ފޯނެއްގަ ހުރެގެން..އއަނެއް..ފޭބުނީ..” މޫނު ފުހެލަމުން ހައިލިޔާ ޖަވާބުދިނެވެ. ޒަކްޔަން އަނެއްކާވެސް އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެވެ.”ފެންފޮދެއް ލިބިދާނެތޯ؟”ހައިލިޔާ އަހާލިއެވެ. ޒަކްޔަން ފެން ގެނަސްދިނުމަށްފަހު އެތަނުން ނިކުތެވެ. އޭރު އޭނާގެ ސިކުނޑި ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ހައިލިޔާ އެހަދަނީ ދޮގުކަން އޭނާއަށް އިނގެއެވެ. ނަމަވެސް އެ ދޮގު ހަދާ ސަބަބެއް ނޭންގެއެވެ. އަނެއްކާ މިގޮތަށް ހައިލިޔާއާ ވާހަކަ ދައްކާކަށް ޒަކްޔަން އެއްވެސްވަރަކަށް ބޭނުމެއްނުވެއެވެ. އައި ރުޅީގައި ފާރުގައި ގޮށްމުށުން ޖަހާލެވުނެވެ. އަދި އިރުކޮޅެއްފަހުން މީހާ ހަމައަކަށް އަޅުވާލަމުން އަނެއްކާވެސް އެތަނަށްވަނެވެ.

“ހައިރާގެ ގެއަށް ރޭގަ ދިޔައީ ކޮންކަމަކު؟”ޒަކްޔަންގެ ސުވާލުތައް ހުސްނުވެއެވެ. “ދޮންތަ ގުޅީމަ.” ހައިލިޔާގެ ޖަވާބު ކުރެވެ. “ދޮންތަ ގުޅީ ކޮންކަމަކު؟” ޒަކްޔަން ލޯ ހަނިކޮށްލިއެވެ. “އަހަރެމެން ދެމީހުންގެ ދޭތެރޭގަ ކުރިން އޮތް މައްސަލައެއް. އެކަމާ މައާފަށް އެދެންވެގެން. ދެން ބުނީ މިއަދު ދެމީހުން އޮފީހަށް ދާނީ އެއްކޮށް ދޯ އޭ.” ޒަކްޔަން ހީލިއެވެ. “ދެން އޮފީހަށް ދިޔަ ގަޑީގަ އެހެންވެ ދޯ ސިޑިން ދިޔައީ..ހައިރާއަށް ގޮވަން..ދޮރު ނުހުޅުވި ދޯ؟ ހުޅުވާކަށް ނޫޅެން ތަ؟ ނޫނީ ފޯނުގަ ހުރީމަ ފޯނުގަ ހުރީމަ ދޮންތައަށް ގޮވަން ހަނދާން ނުވީތަ؟”

ނުނިމޭ..

Share Article

Follow Me Written By

shama shuaib

Level 410 Stories100 Comments500 Comments100 Login

I love writing. I love to read comments. And other stories. I'm 18 and this is my hobby. have a good day?❤️

Other Articles

Previous

އިންތިޒާތުގައި ހުންނަމޭ ލޯބިން 9

Next

ހުޅުކޮޅު 9

Next
May 24, 2018

ހުޅުކޮޅު 9

Previews
May 24, 2018

އިންތިޒާތުގައި ހުންނަމޭ ލޯބިން 9

43 Comments!

  1. imagination ?? says:
    May 24, 2018 at 9:58 pm

    hei everyone. haira? part one miothy. i know mibai kudakoh kurukan. but dont worry, a long, surprise is coming soon guys.. also tell me. kihineh tha mi bai.? rangalhu kuran jehey mistakes bunelah chey ingey
    love seyma?

  2. Anonymous says:
    May 24, 2018 at 10:10 pm

    Vaahaka v reethi ekam nannthah v undhagoo kiyan.

    1. imagination ?? says:
      May 24, 2018 at 10:29 pm

      Hey anonymous. Thanks a lot. Kuriyah dhaavarakah hope ull get used to these names ?

  3. Pinky shifoo says:
    May 24, 2018 at 10:17 pm

    Hiii imagination ???… v v reethi mi part ❤❤❤???… v v interesting gothakah thi fesy vx story ???… keep it up ???… suprise?? Knkahala suprise eh baa… anehkaa… kuryge storyge characters annanytha anehkaa mi story ah ???.. anyways curiously waiting for next part ???.

    1. imagination ?? says:
      May 26, 2018 at 7:52 pm

      Ahhaha.. Noooney.. Just wait till Monday ❤️

  4. Ree? says:
    May 24, 2018 at 10:19 pm

    Its awsome and characters thakuge names tha ree ah varah kamudhey such a beautiful names any ways waition for the next part im so curious to know what will happen next????????

    1. imagination ?? says:
      May 24, 2018 at 11:23 pm

      Hey ree.. M so glad you loved the names. I really did brainstorm abt that. In sha allah soon. Thanks love ?

  5. thisha says:
    May 24, 2018 at 10:28 pm

    nice story. keep it up. I recommend you to update the other chapters as soon because that’s what would earn you more readers. love the story and im surprised a girl your age is writing a story like this. you’ve great skills. you go girl!

    1. imagination ?? says:
      May 24, 2018 at 11:25 pm

      Hey.awn loved ur comment. This is my fourth chapter wise story and m so glad this is being recognised ???

  6. shasha says:
    May 24, 2018 at 10:28 pm

    V reethi story

    1. imagination ?? says:
      May 24, 2018 at 11:25 pm

      Ayy.. Thanksss ?

  7. Jenna says:
    May 24, 2018 at 11:30 pm

    Love this story????

    1. sharoo says:
      May 24, 2018 at 11:45 pm

      vvvv reethi story?????????

    2. imagination ?? says:
      May 24, 2018 at 11:59 pm

      Thanks a lott ?

    3. imagination ?? says:
      May 25, 2018 at 12:00 am

      Thanks sharoo.. ?

  8. Reader says:
    May 25, 2018 at 12:10 am

    Mi story up vaany kon days thakaku? Varah reethi ❤️ mihaaruves mi visneny dhen vaane gothakaa dheytherey. Hehe.

    1. imagination ?? says:
      May 26, 2018 at 7:49 pm

      Mi storryyyy upp vani Thursday, Monday, Friday and Saturday. Ekm mi weekend ga nuvaane. I have my exam tomorrow

  9. Aesh says:
    May 25, 2018 at 12:45 am

    Maa sha Allah.. Haadha reehchey… As I said before I love this story…❤️❤️❤️❤️❤️❤️???????????☺️ Kon dhuvahakun nxt part? ? anekkaa hailiaa ba hairaa maraaly???? curiously waiting for the next part… Good Job imagination dear… Keep it up!????☺️?☺️?❤️?❤️?☺️????????????????????????????

    1. imagination ?? says:
      May 26, 2018 at 7:50 pm

      Alhey thanks a lot dear. In sha allah next part on Monday

  10. Mate says:
    May 25, 2018 at 4:26 am

    Nice story???keep it up

    1. imagination ?? says:
      May 26, 2018 at 7:51 pm

      Thank you ?

  11. Hshaa says:
    May 25, 2018 at 5:33 am

    Vv reethi waiting for next part

    1. imagination ?? says:
      May 26, 2018 at 7:51 pm

      Thanks a lot ❤️

  12. Any says:
    May 25, 2018 at 6:17 am

    V reethi vahaka eh masha Allh konirakun next part ????

    1. imagination ?? says:
      May 26, 2018 at 7:52 pm

      In sha allah monday

  13. Stry kiyaa man says:
    May 25, 2018 at 9:52 am

    Masha allah stry ge furihama kamaa reethikan.woww.hama aslu igey vvv reethi.nd v kiyaa hihvaa gothah mi part kiya ee.alhugadah abadhu vex faahaga veyy seyma thiyy v thafaathu stry thah liyaa kujjeh kan .ehen vekan nanthah vex thafaathiyy.
    Kiyan undhagu gothah hurey nanthaku ga but mi balany kuriyah adhaavarun ok vaane kamah.keep it up seyma.
    Ummeedh kuran avahah next part up vaane kamah.waiting waiting.
    -salaam-?????

    1. Stry kiyaa man says:
      May 25, 2018 at 12:17 pm

      *Nd kiyaa hihvaa gothah mi part genassfa huriy*

    2. imagination ?? says:
      May 26, 2018 at 7:53 pm

      Awwnn.. Heart melt hama.. Thanks a lot ❤️ ?

  14. suty says:
    May 25, 2018 at 10:10 am

    heii seyma dear, varah reethi ingey mi part ves…waiting for ur long surprise vhk ge aneh part …hailiyaa dhogu nuhadhaa dhn bunan v ennu dhw alhe reehchah…hairaa amilla ah kanney maru v..valhi alhaafa othennu athuga..dhn neynge hus ves suvaalu..ooh seyma next part genesdhee avahah..when is the next part?

    1. imagination ?? says:
      May 26, 2018 at 7:54 pm

      Alheyy. Thank you.. I will not disappoint you. Monday

  15. Roxy says:
    May 25, 2018 at 10:42 am

    Imagination buddy vvv reethi nge mhru vx hma keiymdhuvfa dhn oi prt kyn hehe ??????

    1. imagination ?? says:
      May 26, 2018 at 7:55 pm

      Hey buddy.. Thanks ❤️

  16. axoo says:
    May 25, 2018 at 12:19 pm

    Masha allah..story varah reethi..nan thahves varah reethi????..ekm emmen nanthah dhaskohlan dhethin dhuvaheh nagaane kanneynge??..
    Btw haira nd hailiya aa siblings tha?

    1. imagination ?? says:
      May 26, 2018 at 7:55 pm

      Haha.. Yes siblings ei.. Lets see dho what happens next. Loves

  17. nathasha says:
    May 25, 2018 at 3:31 pm

    masha allah. vvv reethi mi story waiting for the next part.

    1. imagination ?? says:
      May 26, 2018 at 7:56 pm

      Thanks a lot

  18. unique says:
    May 26, 2018 at 1:08 pm

    mi story ves vvv reethi………. just always investigate tha imagination kurany heheheh…….. vv reethi story waiting for the next part

    1. imagination ?? says:
      May 26, 2018 at 7:57 pm

      Ayy thankss.. ♥. Ehen kamah hehe

  19. imagination ?? says:
    May 26, 2018 at 7:59 pm

    Since a lot is asking and i forgot to mention, vaahaka up vaani Monday, Thursday, Friday, and Saturday. But since i have my last exam tomorrow, i did not upload it this weekend

  20. Scarlet says:
    May 27, 2018 at 9:30 am

    Varah interesting mi bai❤❤….unmeedhu kuraan nimenndhn mivaahaka genes dheyne kamah❤

    1. imagination ?? says:
      May 27, 2018 at 5:25 pm

      Yep.. Thanks love ?

  21. Shiz says:
    May 28, 2018 at 10:48 am

    Vv reethi story ❤? so curious for the next part ☺

  22. Shee says:
    May 28, 2018 at 11:32 pm

    Kihaa irak next part up vaani..waiting ?

Comments are closed.


All Right Reserved!