ރަޙުމްކުޑަކަމާއެކު ގެއިންނެރެ އެއްލާލި މަޔަކަށްޓަކައި ކަރުނައަޅާނުރޮއުމަށް އޭނަ އަޒުމްކަނޑައެޅިއެވެ. އަދި ޙަޔާތުގެ އެހިތާމަވެރި ޞަފްޙާތަކުގައި ތަޅުއަޅުވާ މުޅިން އާ ޞަފްޙާތަކެއް ލިޔުމަށް އަޒުމް ކަނޑައެޅީ އެކަމަށް މަގުފަހިކޮށްދިން އެކުވެރިޔާއަށް ޝުކުރުކުރާ ޙާލުގައެވެ. ނަމަވެސް މިއުފާވެރިކަން މާގިނައިރަކު ދެމިގެންދާނެބާއެވެ؟ ތަޤްދީރުގައި ރިމްޝާއަށްޓަކައި ކުރިޔަށް ލިޔެވިފައިވަނީ ކޮންފަދަ ކަންތައްތަކެއްބާއެވެ؟
*******
މުޅިން އާދުވަހަކަށް އިރުފެނުންތޮޅިލީ ރިމްޝާގެ ދިރިއުޅުމަށްވެސް ބޮޑެތި ބަދަލުތަކެއްގެންނަމުންނެވެ. ރޭގައި ރަނގަޅަށް ނުނިދުމުގެ ސަބަބުން މިއަދު ރިމްޝާއަށް ހޭލެވުނީ ތަންކޮޅެއްލަހުންނެވެ. ބިނދިފައިވާ ފައިގެ ސަބަބުން ދަތިތަކެއްކުރިމަތިވީނަމަވެސް އަވަސްކޮށްލައިގެން ފާހާނާއިންނުކުތްއިރު މީޝާ ފެންނާކަށްނެތެވެ. މާޔޫސްކަމާއެކު މަޑުމަޑުންގޮސް އެނދުގައި އިށީނީ ލާނެ އަންނައުނާއި ރީތިވާ ސާމާނުކޮޅެއްވެސް ނެތްއިރު އަތުގައި ލޯލާރިއެއްވެސް ނެތްކަން ހަނދާންވުމުންނެވެ. “ހެއި. މޯރނިންގް ރިމް.. އަހަރެން މިއައީ ސައިހަދާލާފަ. އާނ އަދި ހަނދާންނެތިފައޭ މިހުންނަނީ. އަހަރެން ހުންނާނެ ރިމްއަށް ރީތިވާ އެއްޗިއްސާ ހެދުންކޮޅަކާ ގަނިފަ. ހެޔޮވަރުތޯ ބަލާލައްޗޭ. ރިމްއަށް ނިދިފައޮތީމަޔާ ދެން ހިނގަންވެސް އުނދަގޫވެދާނެތީއާ އެއްކޮށް ރިމް ނުލާދިޔައީ.” ކޮޓަރިއަށް ވަދެގެން އައި މީޝާ ވާހަކަދައްކަމުންގޮސް މިސްރާބުޖެހީ ތަނަވަސް ކޮޓަރިތެރޭގެ ބިތެއްގައިހުރި ފުޅާ އަލަމާރިއާދިމާލަށެވެ. އަލަމާރިން ކޮތަޅުތަކެއްނަގައިގެން އައިސް ރިމްޝާގެ ގާތުގައި އިށީންދެ އެކޮތަޅުތައް ކަނޑަންފެށިއެވެ. އޭގައިވާ ރީތި ހެދުންތައްފެނި ރިމްޝާއަށް އެހެދުންތަކުގައި އަތް ހިންގާލެވުނީ ބޭއިޙްތިޔާރުގައެވެ. އެފަދަ ރީތިހެދުމެއް މީގެކުރިން ދުވަހަކުވެސް އޭނާ ލާފައެއްނުވެއެވެ. އެކިކުލަކުލައިން ރީތިހެދުމާއި ޖީންސްހުރިއިރު ގޭގައި އުޅޭއިރު ލާކަހަލަ ދެތިން ހެދުމެއްވެސްވެއެވެ. އުފަލުންގޮސް މީޝާ ގައިގާ ބައްދާލިއިރު ދެވަނަ ސިކުންތުގައި ހިތަށްލިބުނު ތަސައްލީ ގެއްލިގެންދިޔައީ އޭނާގެ ސަބަބުން މީޝާގެ އަތުން އެފަދަ ބޮޑު ހަރަދެއްދިޔައީމައެވެ. ” މިޝޫ އަޅެ މިހުރިހާ އެއްޗެއްނުގަތަކަސް ވީހެއްނު. ވަރަށް ބޮޑަށް ސޮރީ އަހަރެންގެ ސަބަބުން މިޝޫއަށް މިހުރިހާ އުނދަގުލެއްޖެހޭތީ. އަހަރެން މިޝޫއަށް ޝުކުއަދާކުރާނެގޮތެއްވެސް ނޭންގެ. އަހަރެންނަށް ކޮށްދެވެން އޮތްހާވެސްކަމަކީ މިޝޫއަށްޓަކައި ހެޔޮދުޢާކޮށްދިނުން. ހަމަޔަޤީނުންވެސް ކާންދޭ އަތުގައި އަހަރެން ދައެއްނުގަންނާނަން.” އަސަރާއެކު ވާހަކަދައްކަންފެށި ނަމަވެސް ރިމްޝާގެ ފަހުޖުމްލައަަކާއެކު ދެމީހުންގެ ގާތަށްވެސް ހިނިއައެވެ. ” ދެން ރިމް ދައްކާ ވާހަކަ. އަހަރެންނަށް އުނދަގުލަކަށްނުވެޔޭ. އަހަރެން ވަރަށް އުފަލުން ރިމްއަށް މިހުރިހާ ކަމެއްވެސް މިކޮށްދެނީ. ބަދަލުގަކަމަކަށް އެދިގެންނެއްނޫން. ރިމްވެސް މިޝޫއަށް ކިތަންމެކަމެއްކޮށްދިނީމެއްނު. އަހަރެން ކިހިނެއް އެހުރިހާކަމެއް ހަނދާން ނައްތާލާނީ؟ ދެން އޮތީ ޝުކުރުގެ ވާހަކަ. ހެޔޮ ދުޢާކޮށްދިނުމަށްވުރެން ބޮޑު ކޮންކަމެއް ދެން އިންސާނަކަށްޓަކާ ކޮށްދެވޭނީ. މުދަލާ ފައިސާއަށްވުރެންވެސް އަގުބޮޑު އެއްޗެއް އެއީ. ރިމްއަށްވެސް އެކަން އެނގޭނެ. ސޯ ދެން އެކަހަލަ ވާހަކަ ނުދައްކައްޗޭ. މިޝޫގެ ރިމް ދޫނި ތީ ބަސްއަހާ ކުއްޖެއްނު.” ހިތިނުންވެލާފައި ވާހަކަދައްކަމުންދިޔަ މީޝާ އޭނާގެ ވާހަކަ ނިންމާލަމުން ރިމްޝާގެ ކޮލުގައި މަޑުމަޑުން ހިފާލިއެވެ. ރިމްޝާވެސް ރައްދުގައި ހިނިތުންވެލީ އެފަދަ ހިތްހެޔޮ އެކުވެރިޔަކު ލިބުނުކަމަށްޓަކައި ހިތާހިތުން ފަހުރުވެރިވެލަމުންނެވެ. ދެރަޙުމަތްތެރިންވެސް އެގޮތުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ދެންދިޔައީ ސައިބޯށެވެ. ކާމޭޒުދަށުގައި އޮލަވާހަކައިގައި ތިބި ދެމީހުންގެ ވާހަކަ މެދުކަނޑާލަންޖެހުނީ ގޭގެ ބެލް ޖަހާލުމުންނެވެ. ހަވަލުވިކަމާއެކު ހިނގާލާފައި ގޮސް މީޝާ ދޮރުހުޅުވާލިއިރު ކުރިމަތީގައިހުރި މިޝާލްފެނުމުން ކުޑަކޮށް ހަޅޭލަވައިގަންފައި މިޝާލްގެ ގައިގާ ބައްދާލިއެވެ. “އަޅެ ނުވެސް ބުނެއެއްނު ދޮންބެ ތިއައީ. މިހާރު މަންތްއެއްވީ ނާންނަތާ.ވަރުގަދަ ރިސޯޓްގަނޑެއްގަ ދޮންބެ ތިއުޅެނީ. މިތާކައިރީ ޖެހިފަ އޮންނައިރުވެސް ގަރުނަކު އެއްފަހަރު ވިއްޔަ ތިއާދެވެނީ. ކުއްލިއަކަށް ކިހިނެއްވެގެންނޯ މިޝޫމެންމަތިން ތިހަނދާންވީ.” މޫނަށް ގޮތެއް ހަދާލަމުން މީޝާ އޭނަގެ ދޮންބެއާ ދިމާއަށް ބުންޏެވެ. “އަނހަ. ދޮންބެ ކޮންއިރަކު ބުނީ މިޝޫމަތިން ހަނދާންވެގެންނޭ މިއައީ. ދޮންބެ އަސްލުމިއައީ ދޮންބެގެ ބެސްޓް ފްރެންޑް ވަރަށް ގިނަދުވަސް ފަހުން މާލެ އައިސްއުޅޭތީ. ދެތިންދުވަހެއްވެއްޖޯ އައިފަހުން. އެކަމު ދޮންބެ ކައިރީ އަދިކިރިޔާ އެބުނީ. މިއަދު ހެނދުުނު ގުޅާފަ އެހެން ބުނީމަ ދޮންބެއަށް ނޭންގުން ހުރެވުނުތަންވެސް. ވަގުތުން މިއައީ.” އަރައިގެންހުރި ބޫޓު ބާލަމުން މިޝާލް ލާނެތްގޮތަކަށް ހެމުން މީޝާއާ ދިމާލަށް ބުނީ ލޯބިވާ ކޮއްކޮއާ ސަމާސާކޮށް ރުޅިއަރުވާނުލެވޭތާ ދުވަސްކޮޅެއްވުމުންނެވެ. ” ދެން ދޮންބޭ. މިޝޫ އެވަރަށް ކިޔާއިރުވެސް ނައިސް ދޮންބެގެ ތިބެސްޓް ފްރެންޑެއްގެ އެންމެ ފޯނުކޯލަކާ އެކީ ތިހުރީ އަރާ މާލޭގަ. ނޮޓް ފެއާ އިނގޭ. އައި ހޭޓް ކުޔާ ބެސްޓް ފްރޭންޑް.” މިޝާލްގެ ބުރަކަށީގައި ބޮނޑިއެއް އަޅާލަމުން މީޝާބުނީ ކުޑަކުއްޖެއްފަދައިން މޫނު ކުނިކޮށްލާފައެވެ. އުމުރުން ބާވީސް އަހަރުވީއިރުވެސް މީޝާގެ އެމިޖާޒަކަށް ބަދަލެއް ނާދެއެވެ. “އެއީ ދޮކެގޭ. ދޮންބެގެ ބޭބީ ސިސްކޮޅު މަތިން ކިހިނެއް ދޮންބެ ހަނދާންނުވާނީ.” މީޝާގެ ބޯ ކުޑަކޮށް ހާވާލަމުން މިޝާލް ބުންޏެވެ. އޭރު ކާމޭޒުދަށުގައި އިން ރިމްޝާ އިނީ އެދެބެއިންގެ ސަމާސާގަނޑު ފެނި ހިނިއައިސްފައެވެ. “ރިމްތަ މީނީ؟ ހާދަ ދުވަހެއް ވެއްޖޭ ނުފެންނަތާ. ކިހިނެއްތަ ހާލުއަހުވާލު؟” ކާގެއާ ދިމާލަށް އައި މިޝާލްގެ ލޮލުގައި ރިމްޝާ އަޅައިގަތުމާއެކު އަހާލިއެވެ. “މިހާރު ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ. ތޭންކްސް ޓު ޔުއާ ސިސް.” ރިމްޝާ އެހެން ބުނުމާއެކު މިޝާލް މީޝާއަށް ބަލާލީ ސުވާލުންފުރިގެންވި ނަޒަރަކުންނެވެ. އެވަގުތު މީޝާވެސް އައިސް ކާމޭޒުދަށުގައި އިށީންދެ ރިމްޝާއަށް ދިމާވި ހުރިހާކަމެއްވެސް އަލިފުން ޔާއަށް ކިޔާދިނެވެ. މީޝާގެ ވާހަކަ ނިމުންއިރު ތިންމީހުންގެ ލޮލުންވެސް ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. “ސުބްޙާނަﷲ. ތީހާދަ ހިތާމަވެރި ހަބަރެކޭ. އެކަމަކު ރިމް ދެން އެކަމާ ހިތާމަކުރާނެކަމެއްނެތް. އަހަރެމެން ދެމީހުންވެސް މިތިބީ ރިމްއަށް އެހީވާން ތައްޔާރަށް. ރިމް އަމިއްލަ ފުރާނަޔާމެދު ފަރުވާލެއްނުބަހައްޓާ މިޝޫގެ ފުރާނަ ސަލާމަތްކޮށްދިން ދުވަަސްމަތިން ދުވަހަކުވެސް ހަނދާނެއްނުނެތޭނެ. ރިމްތީ މިހާރު ބާވީސް އަހަރު ފުރިފަހުރި ކުއްޖެއް. ރިމްގެ މަންމަގެ ފަރާތުން އެއްއިރެއްގަވެސް އެހީއެއްނުލިބެއެއްނު. ވީއިރު އެމަންމައާނުލާ އަދިވެސް ދިރިއުޅެވޭނެ. ހިތްވަރުކޮށްގެން ދިރިއުޅުމަށްޓަކާ މަސައްކަތްކުރޭ. ﷲ އިރާދަކުރެއްވިއްޔާ ރިމްގެ ފައި އޮޕަރޭޝަންކުރެވޭނެ ގޮތެއްވެސް އަދި ހަމަޖެހޭނެ. ” ރިމްޝާގެ ބޮލުގައި ފިރުމާލަމުން މިޝާލް ނަސޭހަތް ދެމުންދިޔައެވެ. ކޮއްކޮ ކަންތައްކޮށްދިން ގޮތާމެދު ހިތާހިތުން އޭނަ ކޮއްކޮއަށްޓަކައި ފަހުރުވެރިވިއެވެ. “ވަރަށް ބޮޑަށް ޝުކުރިއްޔާ ތިދެމީހުންނަށްވެސް. ތިދެމީހުންގެ މިއިޙްސާންތެރިކަން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނައްތާލާނަން.” ހިނިތުންވެލަމުން ރިމްޝާ ބުނެލިއެވެ. ކުޑަކުއިރުންސުރެން މަދުމަދުންނަމަވެސް ރިމްޝާ އެގެއަށް އައިސްއުޅުމުގެ ސަބަބުން އެތިންކުދިންގެ މެދުގައިވެސްވަނީ ގާތްގުޅުމެއް އުފެދިފައެވެ. މިޝާލްއަކީވެސް އޯގާތެރި، ހެޔޮހިތެއްގެވެރި އުމުރުން ފަންސަވީސް އަހަރުވެފައިވާ ޒުވާނެކެވެ. މިގޮތިގައި އުފާވެރި ވަގުތުކޮޅެއް ކާމޭޒުދަށުގައި ހޭދަކުރިއިރު އެކަކު އަނެކަކަށް އެހީތެރިވުމުގައި ދެމިތިބިމަށް ތިންކުދިންވެސްވަނީ އަތުކުރި އޮޅާލާފައެވެ.
ހާމަޔަށްހުރި ބެލްކަނިން ޖެހެމުންދިޔަ ފިނި ވައިރޯޅިތައް ދިޔައީ އައިހަމްގެ ހޭވިފައިވާ އިސްތަށިގަނޑުގައި މަޑުމަޑުން ފިރުމަމުންނެވެ. ރެއިލިންގައި އަތްއަޅުވާލައިގެންހުރިއިރު އައިހަމްގެ ނަޒަރު ހުއްޓިފައިވަނީ އުޑުމަތީގައި ކޮޅުކޮޅު މައްޗަށް ދަތުރުކުރަމުންދިޔަ ހުދު ވިލާތަކަށެވެ. ކޮންމެ ވިލާގަނޑެއްވެސް މާގިނައިރު މަޑުކުރުމެއްނެތި ބޯމަތިން ފަހަނައަޅާގޮސް އެހެންދިމާއަކަށް މިސްރާބުޖަހައެވެ. ލިމްޝާއަކީވެސް އައިހަމްގެ ހަޔާތަށް ހިޔަނި އަޅާލާފައިދިޔަ އެފަދަ ވިލާގަނޑެކެވެ. ނިންޖާ އަރާމު ޤުރުބާންކޮށްފައި އައިހަމް މަސައްކަތްއެކުރަނީ އެވިލާގަނޑު ހޯދުމަށްޓަކައެވެ. ލިމްޝާ މިހާރު އުޅޭނީ އެހެންމީހަކާއެކު ޙަޔާތެއް ފަށައިގެންނޫންކަމެއްވެސް އައިހަމްއަކަށް އިނގެނީއެއްނޫނެވެ. ކައިވެނިކުރަން އެހާ ގާތްވެފައިއޮއްވާ އަންހެންކުއްޖަކު އެގޮތަށް ފިލައިގެންދާނީ އެހެންމީހަކަށް ހިތްކީމަނޫންހެއްޔެވެ؟ މިކަމާމެދު އައިހަމްއަށް ކުރިން ވިސްނާނުލެވުނީ ކީއްވެބާއެވެ؟ނަމަވެސް އައިހަމް އެކަން ޤަބޫލުކުރާނީވެސް ފަހެ ކިހިނަކުންހެއްޔެވެ؟ ރައްޓެހިވެގެން އުޅުނުއިރު ދުވަހަކުވެސް ވަކިނުވުމަށްކުރި އަހުދާއި ހުވާތައް އޭނާ ހަނދާން ނައްތާލާނީ ކިހިނަކުންހެއްޔެވެ؟ ސިކުނޑިތެރޭގައި ގިނަވަމުންދިޔަ ހިޔާލުތަކުގެ ސަބަބުން ފުރަތަމަ ފަހަރަށް އައިހަމްގެ އަޒުމަށް ގުޑުންއެރިއެވެ. ލިމްޝާއަށްޓަކައި އިންތިޒާރުކުރަންވީ ކަމާމެދު އަމިއްލަ ނަފްސާ ސުވާލުކުރެވެންފެށިއެވެ. ހިޔާލީ ދުނިޔެއިން ހަމަބިމަށް ފައިބަން މަޖުބޫރުވީ އައިހަމްގެ ފޯނު ރިންގުވާންފެށުމުންނެވެ. އެވަގުތު ފޯނަށް މިޝާލްގެ ނަން އަރާފައި އިންތަންފެނި އައިހަމްގެ މޫނުއުޖާލާވެގެންދިޔައެވެ. ” އޭ. މަ ހަމަ ދެންމެ މާލެއަށް މިއައީ. އެކަމަކު މިގަޑީގަ ނެތް ދެވޭކަށް. އިނގެއެއްނު މަ މާލެ އަރައިފިއްޔާ ފުރަތަމަވެސް އެހެންތަނަކަށް ދިޔުމުގެ ޓިކެޓް ނަގަންދާންޖެހޭނީ މަލީހާ ކައިރިއަށްކަން. ގެއަށްގޮސް ސައިބޮއި ހަދާނިންމާލިތާ އިރުކޮޅެއްނުވެ ގުޅަން ފަށައިފި. ސޮރީ އިނގޭ.” ފޯނު ނެގުމާއެކު ހިނިގަނޑެއްޖަހާލަމުން މިޝާލްބުނި ވާހަކައިން އައިހަމްގެ މޫޑު ސަކަރާތްވިއެވެ. އެތައްދުވަހަކަށްފަހު އެކުުވެރިޔާއާ ބައްދަލުވާންއުޅޭތީ އޭނަހުރީ ނިކަން އުފަލުންނެވެ. މާކުރިންސުރެން ރެޑީވެގެންހުރީވެސް މާލެ އައިސް ގުޅާނެ އިރެއްގެ އިންތިޒާރުގައެވެ.” ސަހާދެއްމިބުނީ ކަލެއަށް ލިބިފަ ތިހިރީ ވަރެއްގެ ކަމަނާފުޅެއް. މަލީހާއަކަސް އެހެން ލީހާ އަކަސް ތަންކޮޅެއް ބޮޑުވަރު ކަލޭނޭ.” އައިހަމް ވެސް އެކުވެރިޔާ ރުޅިއަރުވާލުމުގެ ގޮތުން ބުންޏެވެ. ” ހޫމް ދެން މަލީއާ ދިމާއަށް ފާޑުފާޑުގެ އެއްޗެހި ކިޔާނެކަމެއްނެތް. އެހެންނޫނީ މަންމަ ގެންގުޅޭ އިލޮށިފަތީގެހުރި ވަރު ދައްކާލަންޖެހިދާނެ.” މިޝާލްގެ ވާހަކައިން އައިހަމްގެ ހިނިގަނޑުފަޅައިގެންދިޔައެވެ. ދެއެކުވެރިންވެސް ފޯނުބޭއްވީ މިރޭ ބައްދަލުވުމަށް ނިންމާފައެވެ.
ރިމްޝާ ގޮވައިގެން މީޝާ ރެސްޓޯރެންޓަކަށްދިޔައީ މިރޭ ހަމަ ބޭރުން ކާލާހިތްވާތީއެވެ. މިޝާލްވެސް ގޭގައި ނެތުމުން ގެތަޅުލާފައި ރެސްޓޯރެންޓާ ހަމައަށް ދެވުނުއިރު ފުދޭވަރަކަށް ލަސްވެއްްޖެއެވެ. ” މިޝޫގެ މަންމަމެން ކޮބާތަ؟” ކާންތިބެގެން އެކިއެކި ވާހަކަދައްކަމުންގޮސް ކުއްލިއަކަށް ހަނދާންވީ ފަދައަކުން ރިމްޝާ އަހާލިއެވެ.” ތުއްތަ ވަރަށް ބޮޑަށް ބަލިވެގެން މަންމައާ ބައްޕައާވީ އިންޑިޔާއަށް ގޮއްސަ ތުއްތަގޮވައިގެން ޑޮކްޓަރަށް ދައްކަން. މިހާރު ތަންކޮޅެއް ރަނގަޅު. އެކަމް އަދި ދެތިން ހަފްތާއެއްވަރު ވާނޯ. މަންމަ އަދި އުޅުނީ އަހަރެން އެކަނި ބަަހައްޓާފަ ދާންނުކެރިގެން. އަހަރެންބުނީ ހާސްނުވާށޭ. މަންމަ އަންނަންދެން ގެތަޅުލައިގެން އޮތީމަވީނުންހޭ. އާނ އެހެންޏަ. މިޝޫވެސް މީ ދެން މިހާރު އެކަނި ނޫޅެވޭ ވަރުގެ ކުޑަކުއްޖެއް ނޫނެއްނުދޯ.” ހެމުންހެމުން މީޝާ ބުންޏެވެ. ރިމްޝާވެސް ރައްދުގައި ބޯޖަހާލީ މީޝާގެ ވާހަކަޔާ އެއްބަސްވުމުގެ ގޮތުންނެވެ. ހީހީފައި ދެއެކުވެރިން ވާހަކައިގައި ތިބިއިރު ރިމްޝާއަށް ނޭންގުނުކަމަކީ އެދެމީހުން އެތަނަށް ވަނީއްސުރެން އެތާންގައި އިން ޒުވާނެއްގެ ނަޒަރު ހިނދުކޮޅަކަށްވެސް ރިމްޝާއާ ވަކިނުވާކަމެވެ.
…..ނުނިމޭ……
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
20 Comments!
Comments are closed.



Wow
Thanks shimko
vvv reethi mi partves
Thank you unique dear
No oneeeeeee vvvv reethi nge mi prt vx buddy gud wrk ??????
Thank u so much roxana dear
No oneeeeee ?? gud wrk as usual buddy ???
Awwwn.. roxy dear..so happy roxy ah story kamudhiayiima… ???♥️❤️
Aww ??no one dear gud work ???v reethi…….
Thank u so much maya dear..❤️?♥️
Wow??????????
Thanks shai♥️♥️?
Nice… Varah interesting vaanehen heevanii…. Waiting for next part… Gud work ngy..
Thank u so much mal… Next part vx vr avahah up kohladheynan insha allah??❤️♥️
Kbr tha no one ge jaadhoovi moonu e story..
I’m sorry but i never wrote a story with that name
Eii unknwn ge stry eh kai nt no one’s
Masha Allah…vrh reethi mi part ves… keep it up
Thanks nei bunaa hitheh
waiting for next episode curiously