އަރައިގެން އައި އިރާއެކު މީހުންގެ ކަންފަތުގައި ޖެހުނީ އަލްވިން މަރާލައިގެން އުޅޭ ހަބަރުގެ ވާހަކައެވެ..ރަށުގެ ކުދިބޮޑު އެންމެން ތިބީ ބިރުވެރިކަމެއްގައެވެ. މިހެންނުވާންވީ ސަބަބެއް ނެތެވެ. މީގެ ދުވަސްކޮޅެއް ކުރިން ރަށުގެ އެންމެން ޤަދަރުކުރާ ރަށު އޮފީހުގައި މަސައްކަތް ކުރާ ބޭފުޅެއްވަނީ ވަރަށް އިހާނެތިކޮށް މަރާލެވިފައެވެ.އަދި ހަމަ އެހެންމެ އަލްވިން ވެސް ވަނީ ވަރަށް އިހާނެތިކޮށް މަރާލެވިފައެވެ. އަލްވިން އޮތްގޮތް ފެނުނު ކޮންމެ މީހަކުވެސް ބިރުންތުރުތުރު އަޅައެވެ. އައިރާގެ ހިތުގައި ޖެހިފާވަރު ހުދު އައިރާއަށްވެސަ ނޭނގެއެވެ. އަލްވިންގެ މަރާއެކު އައިރާ ގެ އުޅުން ބަދަލުވިއެވެ. އައިރާއަކީ މީހުންގެ ލޯބި ލިބޭ ރަށު ކުދިބޮޑު އެންމެންވެސް އިޙްތިރާމް ކުރާ ކުއްޖެކެވެ. އުމުރުން އަދި 21 އަހަރުގެ އައިރާ ، އަލްވިން ދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް ، އީތަން އަކީ ފެންނަ ކޮންމެ މަލެއް ފަހަތުން ދުވާ މީހަކަށްވާތީ އައިރާ ގެ އިހްސާސްތައް ފޮރުވާލެވިފައިވަނީ އައިރާގެ ހިތުގައެވެ. އައިރާއަކީ ކިޔަވާގެން ހުރި މޮޅު ޤާނުނީ ވަކީލެކެވެ. އިރުއޮއްސިގެން ދިޔަ ވަގުތަކީ ރަށުގެ ތުނޑީކޮޅަށް އައިރާ ފައިބާގެންއައި ވަގުތެވެ. އެ ރީތި އިސްތަށިގަނޑުވަނީ ދޫކޮށްލެވިފައެވެ. ތުންފަތުގައި މަޑު ރަތް ކުލައެއް ޖައްސާލެވިފާވެއެވެ. ލައިގެން ހުރި ނޫ ކުލައިގެ ޖީންސް އަކާއި ހުދު ކުލާއިގެ ސްވެޓާރ އެކެވެ. ފެންނަ ފެނުމަށް އައިރާ އަކީ ވ ސާދާކޮށް ހުންނަ ކުއްޖެކެވެ. އައިރާ ގޮސް ޖައްސާލީ އަތިރިމަތީގައި އިން ގޮނޑިއެއްގައެވެ. ކުއްލިއަކަށް އައިރާ ސިހުނީ ފޯނު ރިންގްވާ އަޑަށެވެ. އެ ގުޅަނީ މަންމަ ކަން އިނގުުމުން އައިރާ ހިނގައިގަތީ ގެއާ ދިމާއަށެވެ. އޭރު ގަޑިން 6:30 ވެއްޖެއެވެ. މަގުތައް ކުޑަކޮށް އަނދިރިކަމަށް ދައްކަނީ ވިއްސާރައިގެ އަސަރު ހުރުމުންނެވެ. އައްޑޫގައި އައިރާ އުޅޭތާ މިހާރު 5 އަހަރު ވަނީއެވެ. އިރުއޮއްސޭ ވަގުތު ބަލާލަން ދިއުމަކީ އައިރާ އަބަދުވެސް ކުރާ ކަމެކެވެ. ކުއްލިއަކަށް އައިރާ ސިހުނީ ކުރިމަތިން ބުޅަލެއް ހުރަސް ކޮށްލުމުންނެވެ. ބުޅާގެ ދެލޯ ވަނީ ރަތް ކުލައިން ދިއްލިފައެވެ. އައިރާ ބަލާކަށް ނުހުރެ ދުއްވާއިގަތީއެވެ. ކުއްލިއަކަށް ގޮސް އެއްޗެގައި ޖެހިފައި އައިރާ ބިންމައްޗަށް ވެއްޓުނީއެވެ….. ނުނިމޭ ……………
އަމްނާ ފާޙާނާއިން ނުކުތް އިރު ވަނީ މެއާއި ކަކުލާއި ދެމެދު ތުވާއްޔަކުން ނިވާކުރެވިފައެވެ. ހީވާގޮތުން ފެން ތިކިތައް އޭނާގެ ހަށިގަނޑުގައި ރޯވި ރުޅިވެރި ކަމުގެ އަލިފާންގަނޑު ނިއްވާލީއެވެ. އަމްނާގެ ހަމަ ޖެހިލައިފައިވާ މޫނަށް ހާސްކަން ގެނުވީ އެނދުމަތީ އޮތް ޒުވާނާ ފެނިފައެވެ. އެއީ ހަމަ އެ ޒުވާނާއެވެ. އުނި ގަސްދޮށުން ދިމާވި ބިރުވެރި ޒުވާނާއެވެ. އަމްނާ މަޑު ފިޔަވަޅުތަކެއްގައި ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާޙާނާއަށް ވަނުމަށް ދިޔައީ ބިރުގަތް ވަރުންނެވެ. ނަމަވެސް ހާތިބު މާ ހުށިޔާރެވެ. […]
ޔައިޝް އެތަނުން ތެދުވެގެން ދިޔައީ ރުޅިއައިސްގެނެވެ. ޒަކްޔަން އެއްވެސް ކުރިއެރުމެއް ނުލިބޭތީ އިނީ ބޯ ހާސްވެފައެވެ. ދެން ޒަކްޔަން އަނެއްކާވެސް ގެނައީ ނީރާއެވެ. “އަހަރެނަށްވެސް ނީރާއަށްވެސް އެބަ އިނގޭ ހައިރާ އެއީ ހަޝީމް އާ ޒަރީންގެ ދަރިއެއްކަން..ދެން އޮޅުވާލަން ނުހަދާ ތެދަށް ކިޔައިދީ.” ޒަކްޔަން ގެ ވާހަކައިން ނީރާއަށް ތެދުވެވުނެވެ. “ޒަރީންއަކީ ހަޝީމްގެ ލޯބިވެރިޔާ..އަހަންނާ ހަޝީމް އިނީ މަޖުބޫރުވެގެން.” ނީރާ އުކާލީ މާޒީގެ ގަނޑުތަކެވެ. “އަހަންނަށް އެންމެ ފުރަތަމަ ހަޝީމް ފެނުނީ އުމުރުން ސަތާރަ އަހަރުގަ. […]
އެދުވަހު ފެނުނު މަންޒަރުން އައިހަމް ހީކޮށްގެން ހުރީ ޒައިންއާއި ރިމްޝާގެ މެދުގައި ގުޅުމެއް އޮންނަކަމަށެވެ. ނަމަވެސް މިރޭ ޒައިންގެ އަމަލުތައް ހުރި ގޮތުން އެއީ ކުރެވުނު ކުށްހީއެއްކަން އައިހަމްއަށް ޔަޤީންވެއްޖެއެވެ. އެދެމީހުންގެ މެދުގައި އެއްވެސް ގުޅުމެއްވާނަމަ ޒައިން އެގޮތަށް މާދުރުގައި ރިމްޝާއަށް ބަލަން ނީންނާނެކަމަށް އައިހަމްއަށް ޤަބޫލުކުރެވުނެވެ. ސިކުނޑިތެރޭގައި އެނބުރެމުންދިޔަ ޙިޔާލުތަކުން އައިހަމްއަށް ބޭއިޙްތިޔާރުގައި ހިނިތުންވެލެވުނެވެ. ******* ދެފަރާތަށް ފުރޮޅި ފުރޮޅިއޮތް ރިމްޝާގެ ލޮލުގައި ނިދީގެ އަސަރެއްވެސް ނެތެވެ. މެންދަމު އެކެއްޖަހަންދިޔައިރުވެސް ރިމްޝާގެ ހާލަކީ އެއީއެވެ. މިރޭ […]
މާނިއު އާއި ރާއިދަ އަދި ޒާހިދު ވެސް ތިބީ މާނިއުގެ އެޕާރޓް މެންޓެ ގެ ތެރޭގައި ހުރި ސޯފާތަކުގައެވެ. ދޮރުގައި ބެލް އަޅާލުމާއެކު މާނިއު ގޮސް ހުޅުވާލިއެވެ. އެއާއެކު ކުރިމަތީ ފެނި މީހުން ފެނި އޭނާ އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ކުރިމަތިން ފެންނަމުން ދިޔައީ މަޑު ނޫކުލައިގެ ޔުނީފޯން ލައިގެން ތިބި ޕޮލިހުންތަކެކެވެ. އޭގެ އިތުރުން ކަޅުކުލައިގެ ހެދުމެއްގައި މޫނު ނިވާކޮށްގެންވެސް ފަސްވަރަކަށް މީހުންތިއްބެވެ. އެއީ ވެސް ފުލުހުން ކަން އޭނާ އަށް ޔަގީންވިއެވެ. ފަހަތަށް […]
އެވަގުތު ލިޝާން ވެސް ބޭރަށް އައެވެ. “އޭނަ ހާދަ ބަދަލުވެފައޭ ދޯ..ބުރުގާވެސް އަޅާފަ. އަހަންނަކަށް ނުވެސް އިނގުން. އެކަމު އެބައޮތް ކަމެއް. އެދުވަހު ނަރުހުންގެ ޑިއުޓީއަށް އެއްވެސް ބަދަލެއް ނާދޭ…އޭނަވެސް ދޮގު ހެދީ” ޒަކްޔަން ގާތަށް ރުޅިއައެވެ. “އެންމެން މަށަށް ދޮގު ހަދަނީ ކީއްވެތަ؟؟!!!” “ހޭއި..ހިނގާ މިސްކިތަށްދާން. ބުނީމެއްނު މިރޭ ލިބޭ ވާހަކަ. ފޯން ރިކޯޑްސް.” ލިޝާންވެސް މާޔޫސްވެފައި ހުރުމާއެކު ޒަކްޔަން އެދުނެވެ.ދެޒުވާނުން އެކުގައި ދިޔައިރު އެތައް ބައެއްގެ ލޯ އެދެމީހުންނަށް އަމާޒުވަމުން ދިޔައެވެ. ވާނީވެސް އެހެންތާއެވެ. […]
އަހަންނަކީ އުމުރުން އެކާވީސް އަހަރުގެ ޒުވާނަކީމެވެ. އުފަލާ މަޖަލުގައި ޒުވާންކަމުގެ ދުވަސްތައް އެހެން ޒުވާނުންނެކޭ އެއްފަދައިން ގުނަމުން ގެންދިޔައީމެވެ. ހިޔާލެއް ފިކުރެއް ނެތިއެވެ. ހިތާމަވެރިކަމަކީ ކޮންއެއްޗެއްކަން އަހަރެން ނުދެނެހުރީމެވެ. އެއީ އަހަންނަށް އިހްސާސްވެފައި ނުވާ އެއްޗެކެވެ. މުއްސަނދި މަންމައަކާއި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅަށް ވުމުން އަހަރެން ބޭނުންވާ ކަމެއް ޖެހޭނީ ހިތަށް އަރުވާލާށެވެ. ޝަކުވާއެއްނެތި އުޒުރަކާ ނުލައި މަންމައާއި ބައްޕަ ކޮށްދޭނޭއެވެ. އަހަރެން ވަޒީފާއަކަށް ނުދަމެވެ. އަހަންނަށް ޙަރަދު ކުރަނީ އަދިވެސް ހަމަ މަންމައާއި ބައްޕައެވެ. ކުޑައިރުވެސް ކުރިފަދައިންނެވެ. އަހަންނަކީ މުސްލިމަކީމެވެ. އެހެންނަމަވެސް އެންމެ ފަހުން ނަމާދަށްއެރީ ކޮން ދުވަހެއްގައިކަންވެސް […]
މެންދުރު ކައި ނިމުމުން ތިން ކުދިންވެސް ކޮޓަރިއަށް ވަނެވެ. ވެފާހުރި ވަރުބަލިން ތިން ކުދިންވެސް ކުޑަކޮށް އަރާމުކޮށްލަން ޖައްސާލިއެވެ. އިރުކޮޅެއް ވީތަނާ ބަންގި ގޮވާ އަޑުއިވުމުން ކަންނެއްކަމާއެކުވެސް ތެދުވިއެވެ. ތިން ކުދިންވެސް އުޅެމުން ދިޔައީ އެއް ކޮޓަރީގައި ކަމުން ފަހަަރަކު ކުއްޖަކު ފާޚާނާއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން ނިކުތެވެ. އަދި އަޞްރު ނަމާދުކޮށްލިއެވެ. ނަމާދު ކޮށްގެން ތިން ކުދިންވެސް ލެޕްޓޮޕުން ކޮރެއަން ސީރީޒްއެއް ބަލަން އެނދުގައި ޖައްސާލިއެވެ. މާދަމާ އަކީ ހުކުރު ދުވަހަށް ވެފައި މިއަދު […]
މަލާކް އަވަސް އަވަހަށް ކާންއިން އައިސްކްރީމްތަށި ފްރިޖަށްލުމަށްފަހު އަތްދޮވެލައިގެން ކޮޓަރިއަށްވަނެވެ. އަލަމާރި ހުޅުވާލުމަށްފަހު ލާނެ ހެދުމަކާމެދު ވިސްނާލިއެވެ. ނަމަވެސް އެހާއިރު ވިސްނަންހުރެވޭކަށްވެސް ނެތެވެ. އަލޫކް އަންނަންވާއިރަށް ރެޑީވާން ޖެހޭނެއެވެ. އެންމެ ފަހުން، ކަޅުކުލައިގެ ޑެނިމް ޖިންސަކާއި ކަކުލަށްވުރެ ތިރިޔަށްހުންނަވަރުގެ ޓަޔާރޑްސްލީވް، ގަދަ ނޭވީ ބްލޫ ކުލައިގެ ޓޮޕެއްލުމަށްފަހު، އިސްތަށިގަނޑުގައި ހުޅިއެއްޖަހާލިއެވެ. އަދި ތުންފަތުގައި މަަޑުމަޑު ފިޔާތޮށި ލިޕްގްލޮސްއެއް ޖައްސާލުމަށްފަހު ފޯނުން ގަޑި ބަލާލިއެވެ. އަދި އޭނާގެ ލެދަރ ހޭންޑްބޭގަށް ފޯނާއި ޓިޝޫ ޕެކެޓެއްލުމަށްފަހު ސެންޓު ޖަހާލިއެވެ. އަދިވެސް […]