ބޭނުންވަނީ ޔާރާ… 13
“ލަޔަކް . އަސްލު .. އަސްލު ލަޔަކްގެ ބައްޕަ މާލެ ދަތުރުކުރި ލާންޗްގައި ކަރަންޓް ސޯޓެއްވެގެން ރޯވީކީ ނޫން.. ބަޔަކު ގަސްތުގައި ލާންޗްގައި ރޯކޮށްލީ.. އެމީހުންގެ ޓާގެޓަކީ ލަޔަކްގެ ބައްޕަވީމަ.. ” ޒޯހާއަށް އެހެންބުނެވުނު ވަގުތު ކޮޓަރީންބޭރުން ދޮރާދިމާއިން ބާރުއަޑެއް އިވިގެންދިޔައެވެ. ދޮރާއި އެންމެ ކައިރީގައި ހުރިއަލޫކް އަވަހަށް ތެދުވެދޮރާދިމާއަށް ދިޔައެވެ. ދެންތިބިމީހުންވެސް ލިބުނު ސިހުމާއެކު ބާރަށް ދޮރާއި ދިމާއަށް ދިޔައިރު އަލޫކް ދޮރުހުޅުވައިގެން ދެލޯބޮޑުވެފައި އިނެވެ. ދުވެފައި ނިކުތް ލަޔަކްއަށްވެސް ވީ އެވަރެވެ. ފެނުނުމަންޒަރާއެކު މީހާ އެއްކޮށް ގަނޑުވީކަހަލައެވެ. އެވަގުތު އާޔާގެ ސޫރަ ދުންކޮޅަކާއެކު އައިސް ލަޔަކްގައިގަ ޖެހިލުމާއެކު ލަޔަކައަށް ހަަަބިމަށް އާދެވުނީދެނެވެ.
“މަންމާ..” އިރުކޮޅަކު ހުއްޓުން އަރާފައި ހުރުމާއެކު ކުއްލިއަކަށް އަވަސްވެގެންދިޔަ ހިތާއެކު ލަޔަކް ދޮރާއި މާދުރުނޫން ހިސާބަކަށް ވެއްޓިފައިއޮތް ރަޝްފާގެ ކައިރީވައި އިށީންދެލުމާއެކު ގޮވާލިއެވެ. މީހާގެބުރަދަނަށް ވެއްޓުމުގެ ސަބަބުން އޭރު ރަޝްފާގެ ބޯފެޅި ލޭއަންނަމުން ދިޔައެވެ.
ގޭދޮރުހުޅުވާލާފައި ވަތް ޖައިލަމް އާއި އައިރާއަށް ލޭގެ އަސަރުފެނުމާއެކު ދުވެފައި އައިސްއަވަހަށް ވީގޮތްބަލާލިއެވެ. ޖައިލަމްއަށްވެސް ވީ ހަމަ ލަޔަކްއަށްވީވަރެވެ. ރަޝްފާގެ ބަނޑުން އުފަންނުވިނަމަވެސް އެވަގުތު ޖައިލަމްއަށްވެސް ގޮވާލެވުނީ “މަންމާ”އޭ ކިޔާފައެވެ. ގޮވާލެވުމާއެކުގޮސް އިށީންދެލީ ރަޝްފާ ކައިރީގައެވެ. ލަސްނުކޮށް އައިރާ އަވަހަށް އެނބިއުލާންސް އަށް ގުޅާލީ ވަގުތާއި ހާލަތުގެގޮތުން އެމީހުންވެސްތިބީ އެފަދަ ހިޔާލެއް އަންނަ ހާލަތުގައި ނޫންކަން އޭނާގެ ސިކުނޑިއަށް އައުމުންނެވެ.
އަލޫކްގެ އެހީތެރިކަމާއެކު ލަޔަކްއާއި ޖައިލަމް ރަޝްފާނަގައިގަނެގެން ނެރުނީ އެންބިއުލާންސް އައުން ލަސްވަމުންދާތީ ކާރުގައި ދިއުމަށެވެ. ނަމަވެސް ގެއިންނިކުތް ވަގުތު އައިސްމަޑުކޮށްލި އެންބިއުލާންސަށް ރަޝްފާއެރުވުމާއެކު އައިރާވެސް އެރިއެވެ. ހިނދުކޮޅަކަށްވެސް މަންމައާއި ދުރުގަވާން ހިތްނޭދުމުން ލަޔަކްވެސް އެންބިއުލާންސަށް އެރުމާއެކު ބާރުސްޕީޑްގައި ކެއަރޓޮޕް ހޮސްޕިޓަލާއި ދިމާއަށް މިސްރާބުޖެހިއެވެ. އަލޫކް އާއި ލޫޔާގެ އިތުރުން ޖައިލަމްއާއި ޒޯހާވެސް ކާރުގައި ހޮސްޕިޓަލަށް ދިޔައީ ގޭތެރެ ހަމަޔަކަށް އަޅުވާލުމަށްފަހުގައެވެ.
*******
“އަހަންނަށް ހީވަނީ ވަރަށްބޮޑުކަމެއް ވާންއެބައުޅޭހެން.. މިހާރު އެސުންޕާ އަންހެނާގެ އުނދަގުލެއްވެސް ނުފޯރާ ވިއްޔާ.. އަޅެ ކީކޭ މިކަމާ ބުނާނީ.. ” “މަށަށްވެސް އެބަހީވޭ.. އެކަަމަކު މިދެރޭމަތީ މާނުބައިހުވަފެނެއް ފެންނާތީ މިއުޅެނީ.. މަ ނިކަންއެބަ ކަންބޮޑުވޭ.. ” ގާސިމް އަހާލި ވާހަކައަށް ޖަވާބުދެމުން ޒަފަރުބުނެލިއެވެ. “އެއަނެއްކާ ކޮންކަހަލަ ހުވަފެނެއް… “ދެލޯބޮޑުކޮށްލެވުމާއެކު ހިންދިރުވާލަމުން ގާސިމް އެހެން އަހާލިއިރު މޭނުބައިކުރާ ގޮތްވެއްޖެއެވެ. އެވަގުތު އެތާންގައި އިން ރިޒާވެސް ނިތްއަރުވާލީ ކިޔާދޭށޭ ބުނާފަދައަކުންނެވެ.
“އަހަރެންގެ މަންމަ ފެންނަނީ.. ހަމަ އެދުވަހުލިބުނު އަނިޔާތަކާއެކު ތަފާތަކީ އަހަރެން ހަރާލި ވަޅިވެސް އިނީ މޭމަތީގަ ލޭތަށް އޮހޮރޭ.. މޫނުމަތީގައިވެސް އަތުން ޖަހާލިކޮންމެ ދިމާއެއްގައި ނިޝާން އަރާފައިހުރި.. އިނގޭތަ ބުނާއެއްޗެއް.. *ކަލޭގެ ތިޔަ ޖައްބާރުދިރިއުޅުން ނިމޭކަށްދެންނެތް މާގިނަދުވަހެއް.. ކަލޭވެސް އަންދާ އަޅިއަށް ހަދާލާނެ.. އަހަރެންގެ ލޯބިވާ ކުޑަދަރިފުޅު އަހަންނަށްވެސް އިންސާފުހޯދައިދޭނެ.. ”
ޒަފަރު އެވާހަކަތަށް ކިޔާދިނީ އަސަރާއެކުނަމަވެސް މަޑުމަޑުންނެވެ. ނޫންނަމަ އެމީހުން ކޮފީބޯންތިބި ކެފޭގައި ވާމީހުންނަށް އަޑުއިވި އެކަމުން ސަލާމަތްނުވެދާނެތީއެވެ. އެވަގުތު ގާސިމްގެހިޔާލަށް މީގެ އަހަރެއްކުރީގެ ހަނދާންތަށް އައެވެ.
*********
“އަހާކަލޯ ކޮބާ މިދަނީ މިދަނީ ކިޔަކަސްނުވާނެދޯ އައީމައެއްނު ކަމެއްވާނީ.. ” ޒަފަރުމެންގެ ގެއަށްވަދެގެންދިޔަ ގާސިމް އުނދޯލީގައި އިން ޒަފަރުއާއި މުހާތަބުކުރިއެވެ. “މިއުޅެނީ މަންމަ އެރަންތަށް ދޭން އެއްބަސްނުވެގެން.. އަނެއްކޮޅުން ބައްޕަގޯތި ރަޖިސްޓްރީވެސް ދިނީކީނޫން..މިއަދު އެކަންވެސް ނުވީއާ ކިހާބޮޑު ގެއްލުމެއްވާނެ..”ކަންބޮޑުވެފައި އިން ޒަފަރުު މޫނުގައިވާ ދާތިކިތަށް ފުހެލަމުން އެހެން ބުނިވަގުތަކީ އޭނާގެ މަންމަ އަމީނާ އައިސް ގެއަށް ވަތް ވަގުތެވެ. “ގާސިމް މިގޭގަ.. ” ޒަފަރުވާވައްދައިގެން އުޅެނީ ގާސިމްކަން އެނގުން ނަމަވެސް ދުުވަހަކުވެސް ގެއަށް ގާސިމް އައިސްފައި ނުވާތީ އަމީނާ ހައިރާންވެފައި އަހާލިއެވެ.
ފޫކޮޅުގައި ކައްޓެއްޖެހުންމީހަކުހެން ގާސިމް ތެދުވެލާއި އަމީނާއާއި ދިމާއަށް ބަލާލީ ދަހިވެތިގޮގަކަށެވެ. ނަމަވެސް އެއިންކަމަކަށް އަޅާނުލާ ތުންއަނބުރާލާފައި އަމީނާގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ގާސިމް ޒަފަރުއަށް ބަލާލިގޮތިން އެބުނަނީ ކީކޭކަން އެނގުމާއެކު ޒަފަރުއަށް ފުރަތަމަވެސް ދެކޮޅުހަދާލެވުނެވެ. ނަމަވެސް އެވަގުތު ގާސިމްދައްކާލި ނޫޓްތަށް ފެނުމާއެކު ވަގުތުން އޭނާގެ ބޮލަށް ޝައިޠާނާ ސަވާރުވެ ގާސިމްއަށް އޭނާގެ މަންމަހަވާލުކޮށްލީ ހިތުގައި ރަހުމުގެ ކަންފުޅެއްވެސް ނެތުމުންނެވެ.
ގާސިމްގެ ޝިކާރައަކަށްވެ އަމީނާގެ އިއްފަތްތެރިކަން ގެއްލިދިއުމަކުން އެކަމުން އަދި އޭނާ މިންޖެއްނުވިއެވެ. ބަނޑުއަޅާވިހެއި އަމިއްލަ ދަރިފުޅުވެސް މަސްތުގެ ހާލަތުގައިހުރެ މަންމަގެ އިއްޒަތާއިއަބުރު ނަގާލުމަށްފަހު އަނިޔާވެރިގޮތަކަށް ނުވަމަހާއި ނުވަދުވަސްވާންދޭން ބަނޑުގައި ބާއްވައިގެން އުޅުން މައިމީހާގެ ވަސްވެސް ދުނިޔެއިން ފުހެލީ އެހާމެ ލާއިންސާނީ ގޮތަކަށެވެ. އެނިޔަނެތި މައިމީހާގެ ހަށިގަނޑަށް އެތަކެއް އަނިޔާއެއް ދީފައެވެ.
އެހުރިހާ ލާއިންސާނީ އަމަލުތަކުގެ ހަގީގަތް އެނގުމާއެކު ޒޯހާވެސް ގެއިން ފިލައިގެން ދިޔައިރު ޒަފަރުމެން އަމީނާ އެކޮޓަރީގައި ވަޅުކޮނެ ވަޅުލީ އެމީހުންނަކީ އެހާ ތަނަވަސް ބަޔަކަށް ނުވުމާއެކު އަޅާފައިވާ ތަރުފާލުތަށް ނަގާ ތަޅުންގަނޑު ތަޅާލުމަށްފަހުގައިއެވެ. މިއަދާއި ހަމަޔަށްވެސް އަމީނާއަށްވީގޮތް މުޅިދުނިޔެއަށްވެސް ވަނީ ސިއްރުކުރެވިފައެވެ. އެރަށުމީހުންނަށްވެސް އެނގިފައިވަނީ އަމީނާވީ މާލެފައިބާކަމެވެ. އެވެސް ޒަފަރު ރަށުތެރޭގައި ފަތުރާލި ވާހަކައެކެވެ.
އަމީނާގެ މަރުގެ ހަފްތާއެއް ފަހުން ޒޯހާ އެމީހުން އަތުލައިގަތީ ރަށުގެ ގަސްބޯހިސާބަކުން އަތިރިމަތީން ނެވެ. އެއަށްފަހު އެތަކެއް އަނިޔާއެއްދީ ރަހީނުކޮށްގެން ގެންގުޅުނީ އެއްވެސް އިންސާނިއްޔަތުކަމެއް އެއިން މީހަކުގެ ނުވާފަދައަކުންނެވެ. ޒޯހާގެ އަތުގައިވާ ގޭގެރަޖިސްޓްރީއާއި އެހެންނިހެން މުހިންމު ލިޔުންތަކާއި ހުރިހާ ފައިސާއެއް ދަމައިގަތުމަށްފަހު ކުރިވިޔަފާރީގައި ގަތް އާގޯތީގައި ހަދަންފަށާފައިވާ އިމާރާތަށް ޒޯހާގެނައި ތާ ދެވަނަ ދުވަހު އަނެއްކާވެސް ފިލީއެވެ.
******:**
“އަހަރެންބޭނުން މިހާރުން މިހާރަށް އެކުއްޖާ ހޯދަން.. އެހެން ނޫނީ ލަސްތަކެއްނުވެ އަހަރެމެންގެ ހުރިހާ ހަގީގަތެއް މުޅިދުނިޔެއަށް ހާމަވާނެ.. ” ވިސްނުމަކަށް ގެއްލިފައި ގާސިމް ކުއްލިއަކަށް އޭނާގެ ހިތުގައި އެނބުރެމުންދިޔަ އިހްސާސްތަށް ބޭރުކޮށްލިއެވެ.
“ނުތެދުވާދި އެކަކުވެސް.. ފިލަން މަސައްކަތް ކޮއްފިނަމަ އަނިޔާއެއް ލިބިދާނެ.. ” އެެެންބުނުމާއެކު ފުލުހުން އައިސް އެމީހުންގެ އަމުރު އިއްވުމާއެކު ކުއްލިއަކަށް ގާސިމްމެން ތިބި މޭޒު ވަށާލިއެވެ. ލިބުނު ސިހުމާއެކު އެކަކަށްވެސް ގުޑާލަން ނުކެރުނެވެ.
ދެކޮޅަށް ހިނގާލަހިނގާލަ އެމަޖެންސީ ދޮރުމަތީގައި ހުރި ޖައިލަމްއަށް ފޯނެއް އައުމާއެކު އެއްފަރާތްވެލިއެވެ.
“ކީކޭ މަންމާ.. ” އާދައިގެމަތީން ޖައިލަމް އެހެން އަހާލުމާއެކު ނައީމާގެ ރުއިމުގެ އަޑުއިވިގެންދިޔައެވެ. ޖައިލަމް އެތަކެއް ވާހަކައެއް ދެއްކުމާއިއެކު ވެގެންއުޅޭގޮތް އޮޅުންފިލިއެވެ. އޭނާގެ ބައްޕަ އަނެއްކާވެސް ސްޓޭޝަނަށް ގެންދިޔައީއެވެ. “މަންމާ އަޅުގަނޑު އެބަބަލާލަން ވެގެން އުޅޭގޮތް.. ” އެހެން ބުނެފައި އަދިމިހުރީ ހޮސްޕިޓަލުގައި ކަމަށްބުނެފައި ފޯނުބޭއްވި ޖައިލަމް ސިހުނީ ފަހަތުން ކުއްލިއަކަށް ފިނިވެލިހެން ހީވުމުންނެވެ. އެނބުރިބަލާލިި އިރު ކުރިމަތީގައި ރުޅިއައިސް ރަތްވެފައި ޒޯހާއިނުމުން ޖައިލަމް ހައިރާން ވިއެވެ.
“އެވީވާންވީ ގޮތް.. ދެރައީ އަނެއްކާވެސް އެއްވެސް ހެތްކެއްނެތޭ ކިޔާ އެނުލަފާ ޖައްބާރުތަށް ދޫކޮށްލާތީ.. އެހެނެއްނުވާނީ އެތާންގަ ތިބޭފުލުހުންވެސް ތިބެނީ ގަނެލާފަވިއްޔާ ފައިސާ ދޭންވާއިރަށް ދޫކޮށްލާނު.. ” އައިސްފައިވާ ރުޅިއާއެކު ޒޯހާ ހިތުގައިވާ ހުރިހާ އުދާސްތަށް ބޭރުކޮށްލީ ނުރުހުމާއި އެކުގައެވެ. އެމަޖެންސީ އިން ނިކުތް ލަޔަކް ދުރުގައި ހަދާނެގޮތް ނޭންގިފައި ހުރި ޖައިލަމް ފެނުމުން އެދިމާއަށް ހިނގައިގަތީ ނަގަންވެފައިހުރި ބޭސްސިޓީއެއް ހިފައިގެންނެވެ.
“ކީކޭތަ ތިކިޔަނީ.. އަހަންނަކަށް ނޭންގުނު.. ” ޖައިލަމް އެހެން ބުނުމާއެކު ޒޯހާ ފެށިއެވެ. “މިދައްކަނީ ޖައިލަމްގެ އެނުލަފާ ބަފާގެވާހަކަ.. އެއީ ނުލަފާ ޝައިޠާނެއް.. ޖައިލަމް އެންމެ ލޯބިވި އާޔާގެ ގާތިލު އެއީ.. ” ޒޯހާއަށް އެހެން ބުނެވުނުވަގުތަކީ ލަޔަކް އައިސް ހުއްޓިލީވަގުތަށް ވުމުން ޒޯހާއެންމެފަހުން ބުނެލިޖުމްލަ ސާުކޮށް ލަޔަކްއަށް އަޑުއިވުނެވެ. ދެލޯބޮޑުކޮށްލާފައި އެއްފައި އެއްފަހަރު ޖައިލަމްއަށް އަނެއްފަހަރު ޒޯހާއަށް ލަޔަކްބަލާލީ އިވުނީ ރަނގަޅުވާހަކައެއްތޯ އަހާލާފަދައަކުންނެވެ. އެއާއެކު ޒޯހާ އާއިކޭބުނެ ހުރިހާ ހަގީގަތެއް އަލިފުންޔާއަށް ޖައިލަމް އާއި ލަޔަކްއަށް އޮޅުންފިލުވައިދިނީ ލަޔަކްގެ އެދުމުގެމަތީން ބޭސްނަގާ ނިންމުމަށްފަހު އައިރާކައިރީ މަންމަ ހޭއެރުމުން އަންގާލަދިނުމަށް އެދުމަށްފަހު ކައިރީގައިހުރި އައިކެފޭއަށް ގޮހެވެ.
“ޖައި މިހުރިހާ ދުވަހު ތިދެއްކީ އާޔާގެ ވާހަކަކަން ކުރިން ބުނެލިނަމަ .. އިނގޭތަ އާޔާ އަހަރެންގެ ހަޔާތަށް އައި އެކަމަކު އިންސާނެއްގެ ސިފައިގައެއްނުން.. އެކަމަކު އެކަން ނޭންގިނަމަވެސް އަހަރެން ވީ މަތިވެރިލޯބީގެ ސަބަބުން އާޔާއަށް އަހަރެންގެ ހަޔާތުން ޖާގަދިނިން.. އެކަމަކު މިރޭ އެހުރިހާ ހަގީގަތެއް އެނގުމާއެކު އަހަރެންވެސް މިޖެހުނީ އާޔާގެ ހަނދާންތަށް ހިތުގެ އެންމެފުންމިނުގައި ވަޅުލަން.. އެކަމަކު މިހިތް އަބަދުވެސް ބޭނުންވަނީ އާޔާގެ ލޯބި.. ” ހިތި ހިނިތުން ވުމަކާއެކު ކަރުނަފުހެލަމުން ލަޔަކް ވާހަކަދެއްކިއެވެ. އެވަގުތު އަނެއްކާވެސް ޖައިލަމްއަށް ފޯނެއްއައެވެ. މިފަހަރު ގުޅީ ސީދާ ޕޮލިސް ސްޓޭޝަނުންނެވެ.
“އައްސަލާމް އަލައިކުމް މީ ސްޓޭޝަން އިންޗާޖް މުހުތާޒް.. ޖައިލަމްއަށް މިގުޅާލީ ގާސިމްގެ އެދުމުގެ މަތީން.. އޭނާ ވާހަކައެއްދައްކާލަން ބޭނުންވޭ ބުނުމުން.. ” ޖައިލަމް ފޯނުނެގުމާއެކު އެކޮޅުން ވާހަކަ ދެއްކިއެވެ. “ވައަލައިކުމް ސަލާމް.. ބައްޕައަށް ނޫން.. އެ ގާސިމް އަށް ނަންގަނެދެއްވާ މިވަގުތުު އަޅުގަނޑާ ދައްކާނެ އެއްވެސް ވާހަކައެއް ނޯންނާނޭ. އަދި އަޅުގަނޑުގެ ފަރާތުން ލިބޭނެ އެއްވެސް އެހީއެއްވެސް ނޯންނާނޭ.. އަދި އެއްވާހަކަ އެއީ މުޖުރިމެއް.. މަސްތުވާތަކެތީގެ ބޮޑު މާފިޔާއެއް އޭނަ ދޫކޮށްލައިގެން ނުވާނެ ހައްޤުއަދަބު އޭނައަށް އަދި ގުޅިފައިވާ ލިންކްތަކުގައި ހިމެނޭ މީހުނަށްވެސް ލިބެންޖެހޭނެ.. ” ޖައިލަމްއަށް ވާހަކަދެއްކުނީ އެހެންޏާވާހަކަ ދައްކާވަރަށް ވުރެ ބާރަށް ރުޅިއައިިސްފައެވެ. “ތިވިދާޅުވީ.. ” މުހުތާޒު ފޯނު ސްޕީކަރަށް ލައިގެން ވާހަކަދެއްކުމުން ކައިރީގައި ތިބި ގާސިމް މެންނަށްވެސް އެއަޑު އިވުނެވެ. ގާސިމް މޫނުމަތި ބަނަވެގެން ދިޔައިރު ރުޅިއާއި ބިރުއެކީހެން މުޅިމީހާ އެއްކޮށް ފިއްތާލިފަދައެވެ. ދުލުމުރިން ބަހެއްވެސް ނުނިކުތީ އަރުތެރޭގައި އަޑުވެސް ތާށިވެފައިވާ ކަހަލަ އިހްސާސެއް ކުރެވުމުންނެވެ.
“ޖައިލަމް އެބުނީ ރަނގަޅަށް އަޅުގަނޑު މީ އެކަމުގެ ހަގީގަތް ރަނގަޅަށް އެނގޭމީހެއް.. އަހާބަލަ ގާސިމް އާއި އެނުލަފާ ޒަފަރުކައިރީގަ އަޅުގަނޑުގެ މަންމަވީ ކޮންތާކުތޯ.. އާޔާވީ ކޮންތާކުތޯ.. އަދި އަޅުގަނޑަށް މިހުރިހާދުވަހު ޖިސްމާނީ އަދި ނަފްސާނީގޮތުން އެތަކެއް އަނިޔާކުރުމަށްފަހުވެސް ސަލާމަތްވެގެން ފިލުމުން ގެއްލިގެން ހޯދަން އެއްވެސް އިދާރާއަކަށް ނޭންގީ ކީއްވެތޯ.. އަދި އެންމެފަހުން އެތެރެކުރި މަސްތުވާ ތަކެއްޗާއި ފާހިޝްއަމަލުކުމަށް ގެންގުޅޭ ސާމާނު އެންމެފަހުން ގަތް ގޯތީގައި ހަދަންފަށާފައިވާ އިމާރާތުގެ ކޮންތާކުތޯ ރައްކާކުރީ..” ޖައިލަމްއަށް ރޮވޭގޮތްވުމުން ޒޯހާ ފޯނުއަތުލާ ވާހަކަދެއްކުމާއެކު ގާސިމްއާއި ޒަފަރުއަށް ކޮޅަށް ތެދުވެވުނީ ކުއްލިސިހުމާއި ބިރާއެކުގައެވެ.
“ޒޯހާ ކަލޭ.. ކަލޭ މަގޭއަތުގަ ނުޖެހޭތީ ..މަގޭ ރަނގަޅުކަމުން މިހުރިހާދުވަހު ދުނިޔޭގަ ތިހުރީ.. ” ޒަފަރު ހަމައިން ނެއްޓުމާއެކު ހަގީގަތް ހާމަކުރަންފެށުމުން ރިޒާ ޒަފަރުގެ އަތުގައި ހިފޭއްޓުމާއެކު ހަމަބިމަށް އާދެވުނެވެ. އެއާއެކު ފޯނުކަނޑާލުމަށްފަހު މުހުތާޒް ޒަފަރުއާއި ދިމާއަށް ހިނގައިގަތެވެ.
********
ލޫޔާއަށް ގުޅާލި މަލާކް ހޮސްޕިޓަލަށް އައިސްވަނީ އެކަނިކަމުން ވަށައިގެންވާ ހަލަބޮލި މާހައުލަށްބާލާލި ކަންބޮޑުވެފައިވާހާލުގައެވެ. ފޯނުގެ ކީޕެޑްތަކަށް ފަރިތަކާއެކު ފިތާލަމުން ކަންފަތުގައި ފޯނުޖަހާލައިގެން މަލާކްގޮސް ލިފްޓަށް އަރީ ލޫޔާގެ އިރުޝާދާއެކުގައެވެ.
“ލޫ މިތާންގަ ކޮންކަމެއް.. އަނެއްކާ ފެމިލީ މީހަކުބަލީތަ.. ” ލިފްޓް ހުޅުވުން އިރު ކުރިމަތީގައި ލޫޔާހުރުމުން އޭނައާއެކު އެތެރެއަށް ހިނގައިގަންނަމުން މަލާކްއަހާލިއެވެ. “ނޫން.. އޮފީސްކުއްޖެއްގެ މަަންމަ ބާއްވައިގެން މިއުޅެނީ.. ހޭއެރުމާއެކު ރޫމްއަކަށް އެޗޭންޖްކުރީ .. އެކުއްޖާވެސް އެބައާދޭ.. ކުޑަކަމަކު ބޭރަށްގޮސްފަ. ” ވާހަކަދައްކަމުން ގޮސް ރަޝްފާއޮތް ރޫމަށް ވަންއިރު އައިރާ އެތާންގައި ހަރަކާތްތެރި ވަމުންދެއެވެ. “ތީ މިތާންގެ މުއައްޒަފެއްދޯ.. ” އައިރާފެނުމާއެކު ހޮސްޕިޓަލް ހުޅުވިރޭގައި ފެނުންހެންހީވުމާއެކު މަލާކް ސުވާލުކޮށްލުމުން އައިރާ ހިނިތުންވެލުމާއެކު ބޯޖަހާލިއެވެ. މަލާކްވެސް ހިނިތުންވެލާފައި އޭނަކުރަންއައި ކަންތަކާއިގެން މަޝްޢޫލުވީ ރަސްފާކައިރިއަށް ލެފިލާ ވާހަކަ ދައްކާލުމަށްފަހުގައެވެ.
“ލޫ.. މިމީހާ އަޅެ ދަންނަމީހަކާ ވައްތަރުތަ.. ” މަލާކްގެ އޭޖެންޓް ފޮނުވާފައިވާ ފޮޓޯ ދައްކާލުމުން ލޫޔާވެސް އެއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. “އާން ތިހެންބުނީމަ އެބަހީވޭ.. ތީ ކޮންތާކުމީހެއްތަ.. އަނެއްކާ ތިމީހާގެ ފޮޓޯހިފައިގެން ކޮންކަމެއް.. ” ލޫޔާ ފޮޓޮއަށް ގެއްލިފައި އިނދެ ވާހަކަދެއްކުމުން އައިރާވެސް އެމީހުނާ ގާތްވެލާފައި އެއަށް ބަލާލިއެވެ. “ތީ.. ” އައިރާއަށްވެސް މީހަކާއި ވައްތަރުވެލުމުން ބުނެލެވުނެވެ. “ހޫމް މީ އެންމެފަހުން ކުރި ވިޔަފާރި ދަތުރުގަ ދިމާވިކުއްޖެއްގެ ދައްތަ..އެއީ ވަރަށްފަގީރު ބައެއް އެހެންވެ އަހަރެން މިވިސްނަނީ އެހިސާބުގަ ސްކޫލެއް އަޅަންކަމަށް .. ދެން މިމީހާގެ ފޮޓޯދޯ.. ” އެހެންބުނުމާއެކު ލޫޔާއާއި ދިމާއަށް އެނބުރިލިއެވެ. “މީ އިނގޭތަ ވަރަށް ލޯބިކުއްޖެއް ބަލަހައްޓަާ ދައްތައެއް އެހެންވެ މިމީހާ ދެކެލާހިތުން އެކޮޅުން އޭޖެންޓްއަކާއި ގުޅިގެމިފޮޓޯ ހޯދީ އެކަމަކު އޭނައަށްވެސް މިމީހާގެ އެއްވެސް މައުޅުމާތެއް ނޭންގެއެތަންތާގައި ފަގީރު އަވަށްތަކަށް މާބޮޑު އަޅާލުމެއްނުދެންޏާ ނޭންގޭނު.. އަސްލު އަހަރެން މިފޮޓޯ ލޫ އަށް މިދެއްކީ އަރޫން ބުނިއެއްޗަކުން.. ” “އެކީކޭބުނީ.. ” މަލާކް އެހެން ބުނުމާއެކު ލޫޔާ ޝައުގުވެރިކަމާއެކު ސުވާލުކޮއްލިއެވެ. “މިހޮސްޕިޓަލްގެ އެންމެ އިސް ސާޖަންޓް އާއި މިދައްތައާ ވައްތަރޯ.. ” “ހޫމް ސާޖަންޓް މަލީހްދޯ.. އެބަހުރި ވައްތަރުގޮތެއް.. ” މަލާކްއަށް އެހެންބުނެވުމާއެކު އައިރާ ކުއްލިއަކަށް ހަނދާވުމާއެކު ބުނެލިއެވެ. އެވަގުތު ލަޔަކް އައިސްވަނުމުން ލޫޔާއާއި މަލާކް “މިވަގުތު ގޮސްލަނީ ކަމުގައިބުނެފައި ނިކުމެލުމުން އައިރާއާއި ލަޔަކް އެތާންގައި އެކަނިވިއެވެ. ރަޝްފާއަށް އެވަގުތު ލޯމެރިފައިވުމުން އެކޮޓަރިތެރޭގައިވަނީ ހަމަހިމޭންކަމެވެ.
“ވަރަށް އުފާވެއްޖެ ތިކަހަލަ ރަނގަޅުއެކުވެރިއެއް ޖަައިލަމްގެހުރީމަ.. ތިބެހެއްޓި ގާތްކަމާއި ތިދިންއެހީތެރިން އަހަރެން އަބަދުވެސް ހަނދާނުގައި ބަހަށްޓާނަން.. ” ވެރިވެފައިވާ ހަމަހިމޭންކަން ފޫއަޅުވާލަމުން ލަޔަކް ވާހަކަދެއްކީ އިސްޖަހާލައިގެންނަމަވެސް އެންމެ ފަހުޖުމްލަ ބުނެލީސީދާ އައިރާގެ މޫނަށް ބަލަންހުރެގެންނެވެ. އެވަގުތު ލަޔަކް އަށް އައިރާގެ އާދަޔާހިލާފް ފެހިކުލައިގެ ކަޅިފެނުމާއެކު ބަލަންހުރެވުނީ އާޝޯހްވެފައިވާ ހާލުގައެވެ.
*********
މުހުތާޒުކުރަމުން ދިޔަ ސުވާލުތަކަށް ދެކޮޅުހަދާ އޮޅުވާލަމުން ދިއުމުން ތިންމީހުންވެސް ގޮޅީގައި ބަންދުކުރެވުނީ އިތުރަށް މައްސަލަ ތަހުޤީގުކުރުމަށެވެ. ހަމަ އެރޭގައި ނައީމާ ހާލުބޮޑުވެގެން މާލެގެންދަންޖެހުނީ ލިބުނުހިތާމައިގައި ކެތްނުވުމާއެކު ފިޓްޖެހި މާބޮޑަށް ހާލުގޯސްވެގެންނެވެ.
ފަނޑުއަލިކަމެއް ވެރިވެފައިވާ ގޮޅީތެރޭގައި ތިބި ގާސިމްއާއި ޒަފަރުގެ އިތުރުން ރިޒާ އިސްޖަހާލައިގެން ތިބީ ހުރިހާ ދުވަހު ފޮރުވާ ފަސްލެވިފައިވާ ކަންކަން ފެންމަތިވުމުން ވިސްނާވިސްނާ ސަލާމަތްވާނެ މަގެއް ނުފެނުމުން ހަތަރުއުދަރެސް ފެނުޖެހިފައިވާ ހާލުގައެވެ. ކުއްލިއަކަށް އެތާންގައި ދިއްލާފައިހުރި ބޮކިނިވިދިލެން ފެށުމާއެކު ނިވުނީ ބޮކިތަޅައިގެން ގޮސްގެންނެވެ. އެއާއެކު ގޮޅީތެރޭގައި އަންހެނެއްގެ ހުނުމުގެއަޑު ގުގުމާލިއެވެ.
ނުނިމޭ..
ނޯޓް: ގަބޫލުކުރަން ވާހަކަ ވަރަށް ލަސްވެއްޖެކަން.. އެކަމަކުވެސް ވަގުތުވީވަރަކުން ލިޔެލާފަ ހަމަ މިއަޕްކޮށްލީ.. ދެންބާކީ އޮތީ ދެ ޕާރޓް އެދެޕާޓް ވީ އެންމެއަވަހަކަށް ލިޔެލާފަ އަޕްކޮށްލަދޭނަން.. އިންޝާﷲ..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.






Salaam .. sorry for the late updates.. and HiMi, mishy.. story mi up kohleeingey? btw hurihaaa kiuntherinahvess baahjaveri dhuvahakah edhen.. jazakah allah khaira
Me first dhww….. ???Vv reethi haadha inthixaareh kohfymey mi story ah. ????next part avahah up kohdhehchey plyxx ???
Yeh.. ur first my dear.. thank you so much dhoonyaa in sha allah avaaskohladheynan.. now typing inee ??
Yey me first …..vv reethi
Ohh drlng mifaharu second .. dhenfaharakun first hoadhamaa. Btw thank you so much my dear ??
Alheyy… layaa this is awesomee… aayaa dhwh e aee qaasim mn thibi golhi ah… vrh vrh reethi… nxt prt avahah up khladhehcheyy….. ly… ♥♥♥♥♥♥♥♥♥♥♥♥
Nd m mishy ngh laya… once again thnx 4 this lovely stry… ♥♥♥♥♥♥♥♥♥♥♥
Heyy layaa…stry vvv reethi.masha allah.hama ekani faahagaviy typing mistake ekani.ehen noony stry hama v furihama.dear haadha avahah stry ninmaalany adhi maa avas dhw stry ninmaalan.hama alhugadah hiyyvi gothah eviyy.mi buny malaak mennah fenunu kujja balaa dhahtha mi stry aa gulhumah vaakan.nd xafaru vex dhw mom viyya edhiny beyynun gotheh hadhan adhi nuvi thaakah amila vex.kykey dhw bunaany vex.
Ummeedh kuran avahah next part up kuraane kamah.waiting 4 nw part..-salaam-????
Wow haadha reehchey varah inthizaaru kohfin
hama vvvvvvvvvvvvvvv reethi story eh…….. missed u a lot n waiting for the next part………….
sorry first olhigen name nulaa comment kurevuny
hama vvvvvvvvvvvvvvv reethi story eh…….. missed u a lot n waiting for the next part………….
mi story ga writer vaahaka liyun huhtaalan feyhnani…..vaahaka up nukurey venyaa ragalhu nuvaavarun kanthah nukurithyaa..