އެއީ އަހަރެންގެ ބައްޕައެވެ. އަހަންނަށް އިންތިހާ އަށް ލޯބިދިން އަހަރެންގެ ބައްޕައެވެ. އަހަރެންގެ ދުލުން ބޭރުވު ކޮންމެ ކަމެއް ކޮށްދިން އަހަރެންގެ ބައްޕައެވެ. އަހަންނަށް އަތުން ލަވާ ކާންދީ އަހަންނަށް ފެންދިން އަހަރެންގެ ބައްޕައެވެ. އަހަންނަށް ވާހަކަ ކިޔައިދީ އަހަރެން ނިންދަވާ ހެދި އަހަރެންގެ ބައްޕައެވެ. އަހަންނާ އެއްކޮށް ކުޅެހަދާ ހީސަމާސަ ކުރި އަހރެންގެ ބައްޕައެވެ. އަހަރެންގެ ބައްޕަ މަތިން އަހަރެން ވަރަށް ހަނދާންވެއެވެ. އެދުވަސްތައް އަނބުރާ އަންނާނެ ނަމައޭ އަހަރެންގެ ހިތަށް އަރައެވެ. އަހަރެންގެ ބައްޕަގެ […]
ވެހެމުންދިޔަ ވާރޭ ތިކިތަކުން ޝިފްނާގެ އަތައް ތެތްކަން ގެންނަމުންދިޔައީ ހުއްޓުމެއްނެތިއެވެ. ތިއްކަކަށްފަހު ތިއްކެކެވެ. އޭގެ ސްޕީޑް ހިތުގެ ހިނގުމާއި ވިންދައްވުރެ އަވަހެވެ. އެއްވެސް ކުލައެއްނުވާ އެ ފެންތިކިތަކުން ދޭހަކޮށްދެނީ ކޮންއެއްޗެއްހެއްޔެވެ؟ ޝިފްނާގެ ހަނދާނަށް އައީ ޤުރުއާނުގެ މޫރިތި އާޔަތެއްގެ މާނައެވެ. “އަދި ﷲގެ ރުއްސެވުންއެދި ، އަދި، (ﷲގެ ޘަވާބާއި ދަރުމަ ލިބޭނެކަމަށް) އެއުރެންގެ ނަފްސުތަކުން ޔަޤީންކޮށް ކަށަވަރު ކޮށްގެންތިބެ، އެއުރެންގެ މުދާ ހޭދަކުރާ މީހުން ހޭދަކުރާ ތަކެތީގެ މިޘާލަކީ، އުސްބިމެއްގައިވާ ބަގީޗާއަކަށް ބޯވާރޭއެއްވެހި، އެތާގެ މޭވާ […]
މަލާކް ދެއަތްދެއަތާއި މޮޑެން ހުންނަން ފެށުމުން އަލޫކް ކުރިޔަށް ވުރެވެސް ގާތްވެލިއެވެ. މަލާކް ވަގުތުން ގަނޑުވިއެވެ. ދުވި މީރު ސެންޓުވަހުން މަލާކްގެ ސިކުނޑި މަސްތުކުރުވައިފި ކަހަލައެވެ. އޭނާ އަލޫކްއާ ދިމާލަށް ނަޒަރު ހިންގާލިއެވެ. އަލޫކްގެ ތުންފަތްމަތީގައި ވަނީ މާނަނޭނގޭ ހިނިތުންވުމެކެވެ. އަލޫކްގެ ކަޅުކަންގަދަ ފުންދެލޮލުގައި ވަނީ ނޭނގޭ ސިހުރުވެރިކަމެކެވެ. މަލާކްއަށް ހިންދިރުވާލެވުނެވެ. “ހިފާނީތަ ނުހިފާނީތަ؟ ޤަބޫލްނުކުރެވިފަތަ ތިހިރީ މީ މަލާކްއަށް ގެނައި އެއްޗެއްކަމެއް؟ އިޓްސް ފޯރ ޔޫ އޭ.” އަލޫކްގެ ބަރުއަޑުން ވާހަކަދެއްކުމާއެކު މަލާކްގެ ގައިން […]
ހިތްދަތިކަމާއި ހިތާމައިން ފޯވެފައިވާ ޙަޔާތާއިމެދު ވިސްނަމުން ގެއިންނުކުތް ރިމްޝާ ބާރަށް ހިނގާލާފައި ދިޔައިރު ޙަޔާތަށް އަންނަން އުޅޭ ބޮޑު ތޫފާނުގެ ހިލަމެއްވެސް ނުވެއެވެ. ********** ލޮލުގައި ޖަމާވަމުންދިޔަ ކަރުނަތައް ބަންޑުންވުގެ ކުރިން އެތެރެއަށް ހިންދާލަމުން ބާރަށް ހިނގަމުންދިޔައިރު މަގަށް މާކަބޮޑު ސަމާލުކަމެއް ނުދެވުނެވެ. އެވަގުތު އައިނައި ދިމާލެއްނޭންގި ބާރު ސްޕީޑެއްގައި އައި ކާރުގައިޖެހި ވިއްސައިގެންގޮސް ރިމްޝާ ޖެހުނީ މީހެއްގެ ފައިބުޑަށެވެ. ފަޅިސިކުންތުކޮޅެއްގެ ތެރޭގައި ލޭގެ ކޯރު ހެދިގެންދިޔައިރު ހިރިވެސްނުލެވިފައި އޮތް ރިމްޝާ ފުސްވަމުންދިޔަ ދެލޮލުން މަގަށް ބަލައިލިއިރު […]
“މާނިއު” މުސްކާން ހާމަކޮށްލިއެވެ. “ވަޓް” ހައިރާންކަމާއެކު އިޒިކް އަށް އަހާލެވުނީ ބާރަށެވެ. “މާނިއު” އޭނާ އަދިވެސް އެ ނަން ތަކުރާރު ކޮށްލީ ކަންފަތަށް އިވުނު އަޑު ގަބޫލް ނުކުރެވިގެންނެވެ. އެއާއެކު ދެވަނަ ފަހަރަށް ވެސް މުސްކާން އެ ނަން ތަކުރާރު ކޮށްލިއެވެ. ރާސިލް އާއި ދާނިޝް އާއި ދެމީހުން މާނިއުމެންގެއަށް ދިޔައެވެ. މާނިއު ދޮރު ހުޅުވާލުމާއެކު އެދެމީހުން އެތެރެއަށް ވަނެވެ. “އޫޕްސް… މި ފަހަރު ތިއައީ އެހެން މީހެއް ގޮވައިގެން… ކާކު ބާ… ހަހަ. އާން…. މަށަށް […]
އެތަނުގައި ތިބި ގިނަ ބައެއްގެ ތައުރީފުގެ ބަސްތައް ދިޔައީ އެމީހުންނަށް ލިބެމުންނެވެ. ލަވަ ނިމުމުން ގިނަ ބަޔަކު ޕާޓީ އިން ނިކުތެވެ. އޭރު ވަނީ ޕާޓީ ނިމުމާ ވަރަށް ގާތްވެފައެވެ. ލަވަ ނިމުމުން އައިލީން އާއި ރިފްޝާ ޝައުނާ ގޮވައިގެން އެހެން މީހުނާ ތަންކޮޅެއް ދުރުގައި އެއްފަރާތްވެލިއެވެ. ޝައުނާގެ މޫނު ކުލަވަރު ވަނީ މުޅިން ގެއްލިފައެވެ. ” ޝައު ޕްލީޒް… ޑޯންޓް ކްރައި… ބީ ސްޓްރޯންްގް… ޝައު ޖެހޭނެ ކޮންމެވެސް އެއްގޮތެއް ނިންމަން… އަހަރުމެނަކަށް ފަސޭހައެއް ނޫނޭ […]
މެންދަމުގެ ހަމަ ހިމޭން ވަގުތެވެ. ކިތަންމެ ވަރުބަލި ވެފައި ވީ ނަމަވެސް އަހަރެންނަށް ނިދޭ ގޮތެއް ނުވިއެވެ. ކޮންމެ ރެއަކު ވެސް އަހަރެންގެ ހާލަކީ އެއީއެވެ. ސަމައާއި ދޭތެރޭ ވިސްނާފައި އިތުރަށް މާޔޫސްވަނީއެވެ. ސަމާއާއި ދޭތެރޭ ނުވިސްނާ ހަމަ އެންމެ ރެއެއްވެސް ނުދެއެވެ. އެހަނދާންތަކާއި ދުރަށްދެވޭނެ ގޮތެއްވެސް އަހަންނަކަށް ނުވިއެވެ. ކިތަންމެ ވަރަކަށް ވިސްނިޔަސް ސަމާ އެނބުރި ނާންނާނެކަން އަހަންނަށް އެނގެއެވެ. މިރޭވެސް އަހަރެންގެ އެއްވެސް ބާރަކާއި ނުލައި އަހަރެން ޚިޔާލުތަކުގެ ފުންމިން ނޭނގޭ ކަނޑަކަށް ޣަރަޤުވިއެވެ. […]
ކުޑަދޮރުގައި ހުރި ދޮރުފޮތިގަނޑުގެ ކުދި ކުދި ހޯތަކުން ފުރޭނިގެން އައި އިރުގެ ރަން ދޯދިތައް ނިދިފައި އޮތް ރިމްޝާގެ ދޮންދޮން މޫނަށް އެޅި އަލިވެގެންދިޔަ ހިނދު ދެތިންފަހަރަކު އެސްފިޔަތައް ތަޅުވާލުމަށްފަހު ލޯހުޅުވާލިއެވެ. ނިދުމުގެ ސަބަބުން ޗޮކްލެޓް ކުލަޔަކަށްދާ ފަން އިސްތަށިގަނޑު ހޭވިފާވާއިރު އެދޮންދޮން މޫނުމައްޗަށް ވެރިވެފައިވާ ލުއިހިނުތުންވުމުގެ ސަބަބުން މީހަކު ބަލާ ފޫހިނުވާނެއެވެ. ރިމްޝާގެ މަންމަ ހަސީނާއަކީ ދިވެއްސެއް ނަމަވެސް ރިމްޝާގެ ކިބައިގައިވާ ބޭރުކުއްޖެއްގެ ސިފަތަކުގެ އަސްލަކީ އޭނަގެ ބައްޕައެވެ. އިސްމާޢީލްގެ ކިބައިގައި އެއްވެސް ހަރުދަނާކަމެއްނެތްކަން އެނގިހުރެވެސް […]
“ޒާހިދު” ދާނިޝް އިއްވާލީ އިރުކޮޅެއް ފަހުންނެވެ. “ޒާހިދު. ދޮންބެ ބައްޕަ؟’ ރާސިލް އަށް ބޭއިޚްތިޔާރުގައި ސުވާލުކޮށްލެވުނެވެ. ލިބުނު ސިހުމގައި ސޯފާއިން ތެދުވެވުމާއެކު ރާސިލް ދާނިޝް އަށް ބަލަހައްޓައިގެން ހުރި އިރުވެސް އެ ލޮލުގައި ވަނީ ނޭނގޭ ވިދުމެކެވެ. “ޒާ… ޒާހިދު… ދޮންބެ ބައްޕަ… އައިލީ ބައްޕަ” ރާސިލް އަށް ދެލޯ ބޮޑުކޮށްލަމުން އަހާލެވުނީވެސް އަޅައަޅައިގަންނަމުންނެވެ. އެ ލޮލުން ސިހުމާ ރުޅިވެރިކަންވެސް ފާޅުވަމުން ދިޔައެވެ. “އައި އެމް ގޮނަ ކިލް ހިމް… ޒާހިދު އައިސް އެ ބައުޅޭ…” ރާސިލް […]