ބަރާބަރު 8 ޖެހިއިރު ޔާނާ ހުރީ ތައްޔާރުވެގެން ގޭގެ ދޮރުމަތީގައިއެވެ. ޝަރްވާންގެ އިންތިޒާރުގައިއެވެ. ޝަރްވާން އޭނާގާތު ވާހަކައެއް ބުނަން ބޭނުންވާ ކަމަށް ބުނެ މެސެޖްކުރީ 7 ޖެހިފަހުންނެވެ. އަދި އޭނާއާއި އެކީ ތަނަކަށް ދާން 8 ޖަހާއިރަށް ރެޑީވާށޭވެސް އެމެސެޖްގައި ބުނެފައި އޮތެވެ. ނުދާން ހުރެފައި ޔާނާ ރެޑީވީ ޝައުންއާއި އައިރާ ކިޔާވަރުންނެވެ. ޝަރްވާން ބުނަން ބޭނުންވާ ވާހަކައެއް ގޭގައި ހުއްޓަސް ބުނެވޭނޭ ކިޔައި ޔާނާ ވަރަށް ދެކޮޅުހެދިއެވެ. ޝަރްވާންގެ ކާރު ގެކައިރީގައި މަޑުކުރުމުން ޔާނާގޮސް ކާރަށް […]
“އެވްލީން” މުޅި މާހައުލުގައި ގުގުމާލީ އަޑުގެ ނަތްތަނަށް ހަޅޭއްލަވައިގަތް ޔާންގެ އަޑެވެ. ދުވަމުން ދިޔަ އެވްލީންވެސް އޭނާގެ ފިޔަވަޅުތަށް ހުއްޓާލަމުން ފަހަތަށް އެނބުރިލިއެވެ. އޭނާގެ ދެބުމަ ގޮށްޖެހުނެވެ. ދެވަނަ ސިކުންތުގައި ދެލޯ ބޮޑުވިއެވެ. ޔާންގެ ކާރާ ދިމާލަށް އޭނާ ދުއްވައިގަތީ ބިރުން ހުރެއެވެ. އޭނާގެ މޭ ފަޅާފައި ހިތް ނިކުންނަން އުޅޭހެން ހީވެއެވެ. ދާދި ދެންމެއަކު ބާރު ސްޕީޑެއްގައި ދިޔަ ސައިކަލު ޔާން ވިއްސާލާފައި ރައްކާވާންދިޔައެވެ. އެއީ އެ ސައިކަލުގެ މައްސަލައަކަށް ނުވާނެ ނޫންހެއްޔެވެ. މަނާ ކަމެއްކަން […]
އިވާނަށް ހީވީ އޭނާގެ ކަންފަތް ދޮށުގައި ބޮމެއް ގޮއްވާލިހެންނެވެ. ދެލޯ ބޮޑުކޮށްގެން މާނީއާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނެވެ. “ސޭ އިޓް އަގައިން މާނީ” އިވާނަށް ބުނެވުނެވެ. “އިވާން އައި ޑޯންޓް ވޯންޓް ޓު މެރީ ޔޫ.” ފުން ނޭވައެއް ދޫކޮށްލަމުން އަނެއްކާވެސް މާނީ ބުންޏެވެ. “އޯ ޕްލީޒް މާނީ! އަހަރެން ހަތަރު އަހަރު މާނީއަށް ކުރި އިންތިޒާރުގެ ފޮނި މީރުކަމަކީ މީތަ؟ އެތައް އަންހެން ކުދިންނެއް އަހަންނާ އިންނަން އެހުމުން އެކަމާ އެއްބަސް ނުވެ އަހަރެން ހުރީ […]
ބޭބެ ހާސްނުވޭ. އަހަރެން އެކަންތައް ކުރާނަން” އެ މީހާގެ ކޮނޑުގައި އަތްއަޅާލަމުން އިވާން ބުންޏެވެ. އޭރު އޭނާގެ ތުންފަތް މަތީގައި ނުލަފާ ހިނިތުންވުމެއް ހުއްޓެވެ. “އެކަމު މިހާރު މާ ލަސްވެއްޖެ އަހަރެން ބޭނުން އަފްރާގެ ދަރި ނާކާމިޔާބު ކުރަން. މިހާރުވެސް މާމޮޅު ކުޅުންތެރިއަކަށް ވެގެން ބޭރު ގައުމުތަކަށް ގޮސް ވަރަށް ފޮނިވެގެން އޭޭނަ އެއުޅެނީ. ލޯބި ނުލިބުނީމަ ހިތަށް ކުރާނެ އަސަރު އަފްރާގެ ދަރިއަށް ވިސްނަދޭންޖެހޭނެ އޭރުން އަފްރާއަށްވެސް އެއްޗެއް ވިސްނޭނެ. އަފްރާ ކުރި ކުށުގެ ސަޒާ […]
“ދާނިޝް…!” އެވަގުތު ބަދިގެ ތެރެއިން ދާނިޝް ފެނުމުން ރީޝާ ހައިރާންވިއެވެ. ލިބުނު އެހައިރާން ކަމާއިއެކުު މަޑުމަޑުން ދާނިޝްގެ ނަން ދުލުގެ ކުރިއަށް ގެނައީ ޔަޤީން ކުރަން ދަތިވެފައި ވާކަހަލަ ގޮތަކަށެވެ. ދާނިޝް މާލޭޭގައި ނެތްކަމަށް ވަސީމާ ބުނެެފައިވާތީ ރީޝާގެ ހިތުގައި ސުވާލުުތަކެއް އުފެދެންފެށިިއެވެ. މިިވަގުތު ރީޝާއަށް އެ ފެންނަނީ ވަސީމާ ބުނިގޮތާއި ޚިލާފު މަންޒަރަަކަށް ވީތީ އެއީ ހުވަފެނެެއް ނޫންބާއޭ ވެސް އޭނާގެ ހިތަށްއެރިއެވެ. “ރީޝާ…!” އެއްލި ކަޅިއަކުން ކުއްލިއަކަށް ރީޝާ ފެނުމުން ދާނިޝްއަށް ވެސް ލިބުނީ […]
“މަށަކަށް….” މީޓްކުރަން ޔާނިއު ބުނުމުން އޭނާއަކަށް ނުކެރޭނެކަމަށް ބުނަން އުޅެނިކޮށް ޔާނިއު ފޯނު ކަނޑާލިއެވެ. ފައިހާ ހާސްވެގެން ދެކޮޅަށް ހިނގަން ފެށިއެވެ. ޔާނިއު އެހެން ބުނެފިއްޔާ އަންނާކަން ފައިހާއަށް ޔަގީންވިއެވެ. ދެން ހަދާނީ ކިހިނެއްބާއެވެ. ފައިހާ އިންތިހާއަށް ބިރުވެސް ގަނެއެވެ. އެކަމަކު ޔާނިއު މީޓްކުރަން ބުނުމުން މީޓްކުރަންވެސް ބޭނުންވެއެވެ. އެންމެފަހުން ފައިހާ ގޮތެއް ނިންމިއެވެ. ގަޑިން 11 ޖަހަން 2 މިނިޓަށް ވީތަނާ ފައިހާ މަޑުމަޑުން ގޭގެ ސިޓިންގ ރޫމްއިން ގޯތިތެރެއަށް ނުކުންނަން ހުރި ދޮރު ހުޅުވާލުމަށްފަހު […]
މިއަދަކި 2017ވަނައަހަރުގެ އޭލެވަލް ކިޔެވުން ފެށޭދުވަހެވެ. ގަޑިން ހެނދުނު 6.00 ޖެހީއެވެ. ލައިޝާ އެތެދުވީ މަދަރުސާއަށް ދިއުމަށް ތައްޔާރުވާށެވެ. އެއީ މިއަހަރު ‘ވިލާ އިންޓާރނޭޝަނަލް ހައި ސްކޫލް’ގައި ކިޔަވާ އައުބެޗްގެ ދަރިވަރެކެވެ. މަދަރުސާގައި ކިޔެވުމުގެ ޖާގަ ލިބުމަށްފަހު ބޭއްވުނު އޮރިއެންޓޭޝަންތަކުގައި ލައިޝާ ބައިވެރިވެފައިނުވާތީ ލައިޝާގެ ކްލާހުގައި އުޅޭނީ ކޮން ކުދިންނެއްކަމެއް ލައިޝާއަށް އެނގިފައެއްނެތެވެ. މިހެންވެ، ލައިޝާ ގަސްތުކޮށްގެން އެހުރީ ފުރަތަމަ ދުވަހު މަދަރުސާއަށް އަވަހަށް ދިއުމަށެވެ. ލައިޝާއަކީ އެހެންމީހުންނާއި ކުރިމަތިލާން ލަދުގަންނަ ކުއްޖެކެވެ.ލައިޝާގެ ފުރަތަމަ މާއްދާ ފެށެނީ […]
ފަތިހުގެ ފިނިފިނި ހިތްގައިމު ވަގުތެވެ. އިރު އެރުމުގެ ކުލަވަރު އުޑުމަތިން ފެންނަން ފެށިގޮތް ގަލަމަކުން ބަޔާން ކުރެވޭވަރަށް ވުރެ ފުރިހަމައެވެ. މާތް ﷲގެ ކުޅަދުންވަންތަކަމުގެ ލާމަސީލު މިސާލެކެވެ. އިރުގެ ރަންދަޅަތަށް މޫދަށް އެޅިފައިވާ ވާއިރު ދޫނި ސޫފާސޫފި އެ އެއްޗެހީގެ ތަންމަތިތަކުން ތެދުވިކަން ޢިޢުލާން ކޮށްލިއެވެ. ސިނަމާލެ ބްރިޖް މަތިން މި މަންޒަރު ފެންނަގޮތް އަދި މާ ހިތްގައިމެވެ. އުޑުގައި ހުރި ހުދު ކަފަތަކެއް ފަދަ ވިލާތަށްވެސް ގެއްލި ނޫކުލައިގެ އުޑުމަތި ސާފުވިއެވެ. ބޫޓުގެ ނާޑުވާ އައްސާލަމުން […]
ހަތަރު އަހަރު ފަސް….. ރާއްޖޭގެ ހުރިހާ ރައްޔިތުން މަގުތައް މައްޗަށް ނުކުމެ އުފާފާޅު ކުރަމުން ދިޔައެވެ. އިރުކޮޅެއް ކުރިން ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލަމުންދާ އެއް ކުޅިވަރު ކަމަށްވާ ވޯލްޑްކަޕަށް ދިވެހި ރާއްޖެ ކޮލިފައިވެގެން ދިޔައެވެ. ވޭތުވެދިޔަ ހަތަރު އަހަރުތެރޭގައި ރާއްޖޭގެ ފުޓުބޯޅަވަނީ ހީނުކުރާހާ ބޮޑަށް ކުރިއަރާފައެވެ. އިންޑިއާ ވަށްޓާލުމަށްފަހު އެންމެ ފަހުން ބޭއްވުނުދެ ދެ ސާފްޗެމްޕިއަންޝިޕް ވެސް ރާއްޖެ ވަނީ ކާމިޔާބު ކޮށްފައެވެ. އެޝިއަން ކަޕްގެ ސެމީ ފައިނަލަށް ދަތުރުކޮށް ރާއްޖެ ބަލިވީ އޮސްޓްރޭލިއާ […]