“މިޝޫ..މިޝޫ ..ކިހިނެތް ވެފަ ތީނީ؟؟ ތީ ކޮންހާ ލެޔެއް؟؟” ******** “ޒައިން.. އަހަރެން ބޭނުމެއް ނޫން ޒައިން ދޫކޮށްދާކަށް..” “ޝޫޝްޝްޝް.. އިޓްސް ގޮނަ ބީ އޯކޭ.. ނުވިސްނާ..” *********** ” އައިމް ވެރީ ސޮރީ..” ޑޮކްޓަރު އެތަނުން ނިކުމެގެން ދިޔައީ އެންމެންގެ ހިތްތަށް މާޔޫސް ކޮށްލާފައެވެ. ********** “މިޝޫ…” މުޅި ތަނުގައި ގުގުމާލީ ފިރިހެނެއްގެ ވޭނީ ރުއިމުގެ އަޑެވެ. ********* ” ލޯބިވާ.. އަހަރެން ދޫކޮށްފައި ނުދޭ..” “ނުދާނަން.. ފުރާނަ ހުރިހާ ހިނދަކު..” ********** އިންތިޒާރު ކޮށްލައްވާ!! 🙂
ރާޅުތައް އައިސް އަހަރެންގެ ފައިގާ ބޮސްދެމުން ދިޔައީ އަހަރެން ބުނެގެނެއް ނޫނެވެ. ފިނި ވައި ރޯޅިތައް އައިސް ގައިގާ ފިރުމަމުން ދިޔައީ އަހަރެންގެ އަމުރަކަށް ނޫނެވެ. މަޑުމަޑުން ފައިތިލަ ދަށުގައި ވެލިފުއްތަށް ކޭއްތެމުން ދިޔައީ އަހިރެންގެ އެދުމަކަށް ނޫނެވެ. މިއީ އަހަރެންވެސް ދިރިއުޅުމުގައި ކަންތައްތަށް އަހަންނަށް ވާން އެދޭ ގޮތެވެ. އަހަރެންގެ ވަށައިގެންވާ މާހައުލުން އަހަރެން ހުރީ އެކަނި ކޮށްލައިފައެވެ. ވަކިކޮށްލާފައެވެ. ބާކީކޮށްލާފައެވެ. މިއީ މިހާރުވީކަމެއް ނޫނެވެ. އުންމެ ކުޑައިރުއްސުރެ ކަންތައް ވަމުން ދަނީ ހަމަ މި […]
ރިފްޝާ މަޑުމައިތިރިކަމާއެކު ޝައުނާ ދެއްކި ވާހަކަތަކާއިމެދު ވިސްނަން ހުއްޓެވެ. ” ރިފޫ… ދެން ދޭ އައިލީ ގާތު ސޮރީ އޭ ބުނަން… އައިލީ ވަރަށް ދެރަވެފަ ހުންނާނީ ރިފޫ އެހެން ރުޅި އައިއްސަ ވާހަކަ ދެއްކީމަ… ” ރިފްޝާގެ ކޮނޑު މަތީގައި އަތް ބާއްވާލަމުން ޝައުނާ ބުނެލިއެވެ. ”ނޯ… ނުބުނާން ސޮރީ އެކޭ… އައިލީ އެއްނު އަހަރެމެނާ ޑިސްކަސްވެސް ކޮށްނުލާ ޑިޒިޝަން ނެގީ… ކޮންމެ ގޮތެއްްވިޔަސް އައިލީ ޔޫންއަށް އެހެން ހާޓްކޮށްގެން ނުވާނެ… އައިލީއަށް ވިޔަސް މިފަހަރު […]
އަޅުގަނޑުގެ ކޮއްކޮ އަޒޫ (ޙައްޔު) ގެ މިވާހަކަ ނުގެނެސްދެވި ލަސްވާ ކަމަށްޓަކައި ކިޔުންތެރިންގެ އަރިހުން ނިހާޔަތަށް މަޢާފަށް އެދެމެވެ. މިވާހަކަ ލަސްވަނީ އައްޒަގެ ލޮލަށް ވަރަށް ދެރަގޮތެއް ދިމާވެގެން. ފުއްޕާހަމެއް ފުއްޕަން އުޅުމުގެ ތެރޭގައި އައްޒަގެ ލޮލުގެ އެތެރެއަށް ފަޅައިގެން ދިޔުމުގެ ސަބަބުން މިހާރު ދަނީ އެކަމަށް ފަރުވާ ކުރަމުންނެވެ. އެހެންކަމުން އައްޒަގެ އެދުމުގެ މަތިން ކިޔުންތެރިންނަށް އަންގާލީމެވެ. ލޯ ރަނގަޅު ވީހާ އަވަހަކަށް ވާހަކައިގެ އިތުުރު ބައިތަކާއެކު ބައްދަލުކުރާނެއެވެ. އިންޝާﷲ -ޝުކުރިއްޔާ-
ފާލަމަށް ފެރީ ގާތްކުރުމާއެކު ދަބަސް ކޮނޑުގައި އަޅުވާލައިގެން ފެރީން ފޭބީމެވެ. ދަތުރުވެރިންގެ އިސްތިޤުބާލުގާ އެމީހުންގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިން ތިއްބެވެ. މާާޙައުލަށް ނަޒަރު ހިންގާލުމުން ފެންނަނީ އުފާވެރިކަމެވެ. އުފަން ވަޒަނަށް އާދެވުނު ނަމަވެސް އަހަރެންނަށް ކުރެވުނީ ބީރައްޓެހި އިޙުސާސެކެވެ. ދާނެ ވަކި ދިމާއެއް ނޭނގިފައި ހުއްޓާ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ޒިހާން ފަހަތުން އައިސް ކޮނޑުގައި ހިފިއެވެ. ލޮލަށް ކަރުނަ ޖަމާވެފައިވާ ޙާލު އަހަރެން އޭނާގެ ގައިގާ ބައްދާލީމެވެ. އޭނާގެ މޫނުން އުފާވެރިކަން ފާޅުވެފައި ހުއްޓެވެ. […]
ޔާނާ ކުރިން އުޅުނު ކޮޓަރީގެ ދޮރު ހުޅުވާފައި ހުރުމުން ޔާނާ މިސްރާބު ބަދަލުކޮއްލިއެވެ. ރާދިންގެ ކޮޓަރިއަށް ދިޔުމުގެ ބަދަލު އޭނާގެ ކޮޓަރި ތެރެ ބަލައިލުމުގެ ޝައުގު އުފެދުނެވެ. ކޮޓަރީ ދޮރުމައްޗަށް އެރި ތަނާ ފެނުނު މަންޒަރަކުން އޭނާގެ ދެލޯ ބޮޑުވެ އަތް މުއްކައްވައިލެވުނެވެ. ” ހަމަ މިހާރު ތިހެދުން ބާލާ..” ކޮޓަރިތެރެއަށް ވަންނަމުން ޔާނާ ވަރަށް ބާރަށް ބުނެލިއެވެ. ލޯގަނޑު ކުރިމަތީ ފަރި ބަލަން އިން މަލްކާ ދިޔައީ ސިއްސައިގެންނެވެ. މޫނުމައްޗަށް ވައްތަރެއް ޖައްސާލުމައްފަހު ޔާނާއާއި ވީކޮޅަށް […]
މެންދުރުފަހުގެ ވަޤުތެވެ. އަހަރެމެންގެ މިސްރާބުހުރީ ކޭ.އެފް.ސީއާ ދިމާލަށެވެ. ތަނަކަށް ދާން ލަސްވެގެން ދާ ބައެއް ފަދައިން އަހަރެމެން ސައިކަލު ދުއްވަމުން ދިޔައީ އިންތިހާ ބާރު ސްޕީޑެއްގައެވެ. މިއީ އަހަރެން ކޮންބޭނުމަކު ކުރާހާ ކަމެއް ހެއްޔެވެ؟ އެކުވެރިންނާއެކު ނަން މަޝްހޫރު ހޮޓާ ރެސްޓޯރެންޓް ތަކުގައި ވަގުތު ހޭދަކުރުމެވެ. އިރުއިރުކޮޅުން ސިނގިރޭޓެއް ރޯކޮށްލުމެވެ. ބާޒާރުމަތީ ބަހުރުވައިން މުޙާތަބުކުރުމެވެ. އަންހެން ކުދިންނަށް ޖެއްސުން ކުރުމާއި ފުރައްސާރަކުރުމެވެ. ފޯން ކޯލްތަކުން ޒުވާން އަންހެންކުދިން މަޅީގައި ޖެއްސުމެވެ. ވަކި ހިސާބަކަށް ދެވުނުތަނާހެން އަހަރެމެންގެ ހިޔާލު […]
އަރީން ހުރީ ފުން ހިނިތުންވުމަކާއެކު އާއިލާގެ މީހުން ތިބި ދިމާއަށްވުރެ މާދުރަށް ބަލަހައްޓައިގެން ހުއްޓިފައެވެ. ޔާނިއުވެސް އަރީން އެބަލާ ދިމާލަށް ބަލާލިއެވެ. އެއާއެކު ޔާނިއުއަށް ލިބުނު ހައިރާންކަމުގެ ސަބަބުން ޔާނިއުގެ އަނގަ ހުޅުވި ހުއްޓުންއެރިއެވެ. އަރީން ބަލަން ހުރި ދިމާލުގައި ހުރީ ފައިހާ ނޫން ދެވަނަ މީހެއް ނޫނެވެ. “މަގޭ ކައިރީ ނުވެސް ބުނެ ހާދަ ކުރިއަކަށް ދިޔަ ގެންދިޔައީ” އަރީން ފައިހާ ހުރި ދިމާލަށް ބަލަންހުރި ގޮތަށްހުރެ ބުނެލިއެވެ. “އަރީންއަށް ވަގުތެއް ވެއްޖެތަ މީހަކު ވާހަކަ […]
ބެލްކަނީގެ ދޮރު ކައިރީގައި މަންޒަރު ބަލަން ހުރި ރިފްޝާ އާއި ޝައުނާވެސް ހުރީ ހައިރާންވެފައެވެ. ދުވަހަކުވެސް އައިލީންގެ ފަރާތުން ނުފެންނަ ފަދަ ސިފައެއް ފެނިގެން ދިޔުމުން ދެމީހުންވެސް ތިބީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ” ޔޫން… އާރް ޔޫ އޯކޭ… ” ރިފްޝާ ގޮސް ޔޫހާންގެ ކޮނޑުގައި އަތް ބާއްވާލަމުން އެހެން ބުނުމާއެކު ޔޫހާންއަށް ސިހިފައި ބަލާއިލެވުނެވެ. އޭނާ އަދިވެސް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. އައިލީން އޭނައަށް އެހެން ހަދާފާނެކަމަކަށް ޔޫހާންއަށް އެއްވެސް ވަރަކަށް ގަބޫލެއްނުކުރެއެވެ. އޭނައަށް […]