ކުރިމަތީގައި ހުރި ލޯގަނޑުން އިޝްމާ އޭނާގެ އަމިއްލަ ނަފްސާ ދިމާއަށް ބަލާލިއެވެ. އަމިއްލަ ސޫރަ ލޯގަނޑުން ފެނުނު ހިނދު ރަކި ހިނިތުންވުމެއް އޭނާގެ ތުންފަތްމަތީގައި ދުވެލިއެވެ. އޭނާ ރީތިކޮށްފައި ހުރިލެއް ފުރިހަމަކަމުން ހިތާހިތުން މާނީއާއި އިސްރާއަށް ތައުރީފުކޮށްލެވުނެވެ. ޕީޗްކުލައިގެ ކައިވެނި ހެދުމުގައި ހުރި އިޝްމާއާ ކޮށްފައި ހުރި ލުއި މޭކަޕު ނުހަނު ގުޅެއެވެ. ޝޯލް އަޅުވައިފައިވެސް އެހާމެ ރީތި ކޮށެވެ. އިޝްމާއެކޭ އެއްފަދައިން ނަވްޔާވެސް ހުރީ ޕީޗްކުލައިގެ ކައިވެނި ހެދުމުގައެވެ. ނަވްޔާއާ ގުޅޭ ގޮތަށް އޭނާގެ މޭކަޕް […]
“ކަމެތް ނުވޭ…ދެން އީން އިންލެތް ލޯބި ކަމުން މި ލޯ ދުރަށް ނުލެވުނީ ތި ދިމާލުން” މިކްޔަން ސަމާސާ ގޮތަކަށް އެއްލޯ މަރާލަމުން ބުނެލިއެވެ. އީނާލް ދެފަރާތަށް ބޯ ހޫރާލަމުން އަނެއްކާވެސް ކުޑަ ދޮރުން ބޭރަށް ނަޒަރު ހުއްޓައިލިއެވެ. މިކްޔަން ގެ ވާހަކައަށް އޭނާ މާ ބޮޑު ސަމާލް ކަމެއް ނުދިނެވެ. ޑިއުޓީ ނިންމާލާފައި އިނާލް ދިޔައިރު ނާޖިދު އާއި ސާމިރާ އާއި ދެމީހުން ސޯފާގައި ތިއްބެވެ. އޭރު ރޭގަނޑު އަށެއް ޖަހާ ބޮޑު ވެއްޖެއެވެ. “އީނާލް […]
ހިތުގެ ހިނގުން އަވަސްވެ އަތް ފައި ފިނިވިކަމުގެ އިހުސާސެއް އައިލީންއަށް ކުރެވުނެވެ. ޔޫހާން އައިލީންގެ ދަތްދޮޅީގައި ހިފައި ކައިރިކޮށްލި ވަގުތު އައިލީންއަށް ބޭއިހްތިޔާރުގައި ދެލޯ މަރާލެވުނެވެ. އެއާއެކު ޔޫހާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޔޫހާން ނުހަނު ލޮއެބާއެކު މަޑުމަޑުން އައިލީންގެ އެރީތި ދެލޮލުގައި ބޮސްދިނެވެ. އެހިނދު އައިލީންގެ ތުންފަތަށްވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ” ޔޫ ހޭވް ބިއުޓިފުލް އައިސް… ” އައިލީން އާއި ދުރުވެލުމަށްފަހު އެ ރީތި ދެލޮލަށް ނަޒަރު ހުއްޓާލަމުން ޔޫހާާން ބުނެލިއެވެ. […]
” ވަޓް ދަ ހެލް.. މީ ކާކު ފޮނުވި އެއްޗެއް.. ޔަގީން އަހަންނާއި ރާދްއާއި ޖައްސަން އުޅޭ މީހެއްކަން.. ރާދް އަހަރެން ދެކެ ލޯބިވާވަރު އަހަންނަށް އިނގޭ.. ދެމަފިރިން ދޭތެރަށް ވަންނަން އުޅުނަސް މީދެން ބޮޑުވަރު..” ޔާނާ އަމިއްލަ މީހާއާއި ވާހަކަ ދެއްކިއެވެ. ނަމަވެސް އޭރުވެސް އޭނައަށް ބެލެނީ އަތުގައި އޮތް ޕެން ޑުރައިވްއަށެވެ. އޭގައި ވާއެއްޗެއް ބަލަން ބޭނުންވާ ކަހަލައެވެ. އިރުކޮޅަކު ވިސްނަން ހުރެފައި ދުވެފައިގޮސް ސިޑިން އަރައި އޭނާގެ ކޮޓަރިއަށް ވަނެވެ. ލެޕްޓޮޕް ނަގައި […]
“ޒައިން” ހިޔާލް ތަކުން ނުކުތް އީނާލް ގެ ދުލުން ބޭރުވި ލަފްޒާއެކު އޭނާ އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލައިގެން ހުރުމަށްފަހު އިނާލް ވިސްނާލިއެވެ. އޭނާ އެ ނަންބަރަށް މެސެޖް ކޮށް ޒައިން ތޯ އަހަން ވީ ހެއްޔެވެ؟. އެހެންނަމަވެސް ޒައިން އަށް އެ ނަންބަރު ލިބޭނީ ކިހިނެތްތޯ އޭނާ އަމިއްލަ ހިތާ ސުވާލުކޮށްލިއެވެ. އެއަށް ފަހު ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެފައި ވަރަށް ވިސްނާލުމަށް ފަހު އޭނާ އެ ނަންބަރަށް މެސެޖެއް […]
ދެ ޖިންސުގެ ޒުވާނުން ފެނާއި ކުލަޖެހުމުގައި ހޭލަމޭލައަށް ދުވެ ނަގަނީއެވެ. މަގުމަތީގެ ވެލިގަނޑު އޮތީ އެކި ކުލަތަކުން ޖަރީވެފައެވެ. ދުވަހަކީ 1994 ވަނަ އަހަރުގެ އަޟުޙާ ޢީދު ދުވަހެވެ. އީދު ނަމާދުކޮށް ނިންމުމަށްފަހު ސައިބޮއެގެން ޔާނިއުވެސް ރައްޓެހިންނާއެކު ނުކުތީ ރަތާއި، ފެހިކުލަ އަޅާފައިވާ ފެން ފުޅިތަކާއި، ކުލަ ފުޅިތަކެއް ހިފައިގެން ރަށުގައި މިއަދު ކުޅޭ ފެންކުޅީގައި ބައިވެރިވުމަށެވެ. ކުއްލިއަކަށް ޔާނިއުގެ ގްރޫޕަށް ކުއްޖަކު ފެނިއްޖެއެވެ. “އޭ ޔާނިއު އެއްދަނީ ކުލަ ޖަހާލަން ރަނގަޅު ކުއްޖެއް” މަގުމަތީގައި ކުލަޖަހަން […]
އައިރާ ރޮމުން ދިން ހަބަރަކުން ޔާނާއަށް ތެޅިގަނެވުނެވެ. ދުވެފައި ކަހަލަ ގޮތަކުށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އިރުކޮޅަކުން ނިކުތީ ނިދަންލައިގެއި ހުރި އެއްޗެހި ބަދަލުކޮއްގެންނެވެ. ދެމީހުން އެކީގައި ނިކުމެ ބެލީ ޓެކްސީއެއް ލިބޭތޯއެވެ. ލަސްވާތީ ޔާނާ ގެޔަށްވަދެ ޝަރްވާން ކައިރީގައި ޑްރޮޕެއް ދިނުމައް އެދުނެވެ. ޝައުންވެސް އެމީހުންނާއި އެކު ދާންބޭނުންވި ނަމަވެސް ރާއްކޮ އެކަނި ގޭގައި ބާއްވަން ޖެހޭތީ އޭނާ މަޑުކުރީ ރާޔާ ކައިރީގައެވެ. “މިތަނަށް އަހަރެންގެ މަންމަ ގެނެސްފިއޭ ބުނީމަ.. ކޭން އައި ސީ […]
މާއިޒްގެ އިތުރުން އާރާޝްވެސް ފުރައިގެން ދިޔުމުން ގޭތެރެ ފަޅުވިއެވެ. އެކަނިވެރިކަން އެންމެ ބޮޑަށް އިހްސާސް ކުރެވުނީ މާނީއަށެވެ. ނައުޝާދްގެ ކުއްލި ނިންމުމުގެ ސަބަބުން ޝަހުދާއަށް ސިހުން ގެނުވިއެވެ. ދެ ހަފްތާ ތެރޭގައި އިސްރާ އަދި އަހުސަމްގެ ކައިވެނި ކުރުވަން ނައުޝާދް ނިންމިއެވެ. ފާޅުގައި އެކަމަށް ޝަހުދާ އިންކާރުކުރިއެވެ. އެހެނަސް އެކަމަށް ފަރުވާލެއް ނެތި ކައިވެނީގެ ކަންތަކާއިގެން ނައުޝާދް އުޅުނެވެ. އިސްރާ މާނީމެންނަށް ގުޅާފަ އެޚަބަރު ދިނުމުން އެކުދިންވެސް އެކަމާ އުފާކުރިއެވެ. “ކަލޭ ހާދަ ފޭކޭދޯ! ހަމަ އަހަރުން […]
ބައްޕަ ނިޔާވުމަށްފަހު ޒާޔާ ދިރިއުޅެމުންދިޔައީ އޭނާގެ ގޭގައި އެކަންޏެވެ. ތިރީ ފަންގިފިލާއާއި ،ފުރަތަމަ ފަންގިފިލާ ކުއްޔަށް ދީފައި ހުރުމުން ޒާޔާގެ ދިރިއުޅުމުގެ ކަންތައްތައް ކުރުމަކަށް ފައިސާގެ ތާށި ނުވިޔަސް މައިންބަފައިން ނުލާ އެކަނި ދިރިއުޅެން ޖެހުނީމައި ގޭތެރޭގައި ދިރުމެއްނެތެވެ. ނަމަވެސް އަތުން ފައިން ކަމެއް ނުކުރުވާ ބޮޑުކޮށްފައިވާ ދަރިއެކޭ ބަލާފައި ޒާޔާގެ އަތްމަތި ހިވާގިވެފައި ސާފްތާހިރެވެ. ގޭތެރޭގެ ކަންތައްތައް ކުރުމާއި ކެއްކުމަކީ މިހާރު އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. އަމާން އާއި މާނީގެ އެހީތެރިކަމާއި އެކު ޒާޔާ […]