ކޯތާފަތުން ތިރިއަށް ކަރުނައިގެ ރޮނގެއް ފައިބަމުން ދިޔައެވެ. އެސްފިޔަތަކުގައިވަނީ ތެތްކަމެވެ. އަޅާފައިވާ އަނދުން ތައް ކަރުނައިގެ ސަބަބުން ކޮންމެވެސް ވަރަކަށް ފޭޑް ވެފައި ވެއެވެ. ބައެއްފަހަރު ހިން ދިރުވާލާ ގޮތުން އެ ހުރީ ވަރަށް ދެރަވެ ހިތަށް އަސަރު ކޮށްފައި ކަން އެނގެއެވެ. އެ އަންހެން ކުއްޖާގެ ވިސްނުން ދަތުރުކުރަމުން ދިޔައީ ކޮން ދިމާލަކަށް ކަން ލަފާ ކޮށްލާކަށް ނޭނގެއެވެ. މޫނު މަތީގައިވި އަސަރުތަކުން އެނގޭހާވެސް އެއްޗަކީ އެ ހިތުގައި ހިނގަމުން ދިޔައީ އާދައިގެ ހަނގުރާމައެއް ނޫންކަމެވެ. […]
މުޅި މާހައުލު ވަނީ ރަން އަލިކުލައިން ދިއްލާ އަޅާފައެވެ. ރީތިރީތި މާކޯނި ތަކުން ޖަރީ ކޮށްފައެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ކަނޑު ނޫކުލައާއި އަޅި ކުލައިގެ ފަރުމާތަކެވެ. ކާމޭޒްތައް އަޅި ކުލައިގެ ފޮތިން ޖަރީ ކޮށްފައިވާއިރު، އެ މޭޒުތައް ކައިރީގައިވާ ގޮނޑިތަކުގައި ލައްވާފައިވަނީ ކަނޑު ނޫކުލައިގެ އުރަތަކެކެވެ. ފާރުގެ އެކި ހިސާބުތަކުގައި ދެކުލައިން އެއްކޮށްފައި މާބޮނޑިތައް ހަރުކޮށްފައި ހުރިއިރު، ސީލިންގް ގައި ހަރުކުރެވިފައިހުރި ޑިސްކޯ ލައިޓް ތަކުން ގަދަ ނޫކުލައިގެ ބޮޅުތަކެއް ރަންކުލައިގެ މާހައުލައް އެޅިފައިވެއެވެ. […]
އެއީ ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކާޅާއި ބަކަމޫންގެ އަޑު ފަޒާގެ ހިމޭންކަން ނަގާލާއެވެ. ފުރިހަމަވެފައިވާ ހަނދު ފަރުދާވެފައިވަނީ ހުދު ވިލާގަނޑެއްގެ ފަހަތުގައެވެ. ކޮޓަރި ތެރެއިން އިވެމުން ދިޔައީ މަޑު ގިސްލުމެއްގެ އަޑެވެ. އަސަރުގަދަ ރުއިމެކެވެ. އެ އެ ރުއިމުގެ އަޑުން އަސަރު ނުކުރާނެ ހިތެއް ނުވާނެކަން ގައިމެވެ. “އޭތް..ރޯންވީކީ ނޫނޭ..ދޭބަލަ މަށަށް ކާން ހަދަން..” އަނދިރި ކޮޓަރިތެރެއަށް އަލިކަމެއް އެޅުނީ މައިދޮރު ހުޅުވުމުންނެވެ. ބާރު ހިނގުމެއްގައި އައި ކަޅު ހިޔަނި ހިފައިގަތީ ކޮޓަރީގެ ކަނުގައި […]
***** ފަސް އަހަރު ފަސް**** ނޯޓު: މިބައި ފެށިފައި މި ވަނީ އަޝްޖައުގެ ނަޒަރަކުން ނޫނެވެ. ބްރިޖްމަތިން ކާރު ދުއްވާފައި ދިޔައިރު ފެންނަމުން ދިޔަ މަންޒަރުތަކުން އަހަންނަށް ހުރެވުނީ އާޝޯޚުވެފައެވެ. ފޮޓޯތަކުން ރައްޖޭގެ ރީތިކަން އަހަންނަށް ފެނުނެވެ. ފޮޓޯތަކަށް ވުރެ ހަމަލޮލަށް ރާއްޖެ ފެންނަލެއް މާ ހިތްގައިމެވެ. “މަންމި ލުކް ޑޮލްފިންސް” މޫދުގައި ފުމެމުން ދިޔަ ކޯމަސްތައް އަހަންނަށް ދެއްކީ ޖީނާއެވެ. އަހަންނެކޭ އެއްފަދައިން ޖީނާވެސް އެހުންނަނީ ރާއްޖޭގެ ރީތި ކަމުން އާޝޯޚުވެފައެވެ. ޝައުގުވެރިކަމާއެކު ކޯމަސްތަކަށް ބަލަން […]
އެއީ ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ކާޅާއި ބަކަމޫންގެ އަޑު ފަޒާގެ ހިމޭންކަން ނަގާލާއެވެ. ފުރިހަމަވެފައިވާ ހަނދު ފަރުދާވެފައިވަނީ ހުދު ވިލާގަނޑެއްގެ ފަހަތުގައެވެ. ކޮޓަރި ތެރެއިން އިވެމުން ދިޔައީ މަޑު ގިސްލުމެއްގެ އަޑެވެ. އަސަރުގަދަ ރުއިމެކެވެ. އެ އެ ރުއިމުގެ އަޑުން އަސަރު ނުކުރާނެ ހިތެއް ނުވާނެކަން ގައިމެވެ. “އޭތް..ރޯންވީކީ ނޫނޭ..ދޭބަލަ މަށަށް ކާން ހަދަން..” އަނދިރި ކޮޓަރިތެރެއަށް އަލިކަމެއް އެޅުނީ މައިދޮރު ހުޅުވުމުންނެވެ. ބާރު ހިނގުމެއްގައި އައި ކަޅު ހިޔަނި ހިފައިގަތީ ކޮޓަރީގެ ކަނުގައި […]
އެއީ މީގެ ފަންސަވީސް އަހަރު ކުރިއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. އެދުވަހުގެ ހަނދާންތަށް މިހިތުގައި ބިންވަޅު ނެގިފައި އަދިވެސް އެބަ ހުއްޓެވެ. ފިނިފިނި ފަތިހެއްގެ ވަޤުތެކެވެ. އަރާމު ނިންޖަކުން ނިދާފައި ތިބި އަހަރެމެންނަށް ކުއްލި ގޮތަކަށް ހޭލެވުނީ ދުވަހަކުވެސް ނީވޭފަދަ ބިރުވެރި ނާމާން އަޑުތަކެއް އިވެން ފެށުމުންނެވެ. އެ އިވެނީ ބަޑި ޖަހާ ފާޑުގެ އަޑެއްކަމަށް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ. އިވެން ފެށި އަޑުތަކުގެ ހަގީގަތް ހޯދުމަށް އަހަރެން މަގު […]
އެ ކޮޅުން ބުނާ ވާހަކައިން އީނާލް ގެ ތުންފަތް މައްޗަށް ވެރިވަމުން ދާ ހިނިތުންވުމާ ވާހަކަދައްކަމުން އަތަށް ގެންނަ ހަރަކާތް ތަކުން އޭނާ އެ ވާހަކަ ދައްކަމުން ދަނީ ވަރަށް ގަޔާވާ މީހަކާ ކަން އެނގެއެވެ. އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު އީނާލް ފޯން ބޭއްވިއެވެ. އަދި އަލުން އޭނާ ލެޕްޓޮޕުން ކުރަން އިން މަސައްކަތަށް ސަމާލް ވިއެވެ. ކޮފީތަށި ހުސްވުމާއެކު އީނާލް އެ ހިފައިގެން ކައްކާ ބަޔަށް ވަތް އިރު ސާމިރާ އެހާ އަވަހަށް ބަދިގެ ތެރޭގައި […]
ރޭގަނޑު ނިދަން އޮށޯވެގެން އޮވެ މަލާކް ވިސްނަމުން ދިިޔައީ މިއަދު ފެނުނު ޒުވާނާއާ މެދުގައެވެ. އެއީ އަލޫކަށް ވެދާނެބާއެވެ؟ އެކަމު މިރަށަށް އަލޫކް އަޢީ ކީއްވެބާއެވެ؟ އޭނާ ހޯދަން އައީބާއެވެ؟ އެންމެފަހުން ސުވާލުތަކުން ސިކުނޑި ތޮއްޖެހެން ފެށުމުން މަލާކް ފޯނުނެގިއެވެ. ހެނދުނު މޫދަށް ގޮސް ނެގި ފޮޓޯތައް ބަލަމުން ބޭކާރު އެއްޗެހި ޑިލީޓުކުރަމުން ދިޔައެވެ. މާޒް ޖެއްސުމަށްކިރި ކަންތައް ފަޅާއެރުމުން މާޒްއަށް ބޮނޑިއެއް ދޭން ދާން ހިތަށްއަރާ، އެނދުން ތެދުވުމަށްފަހު ދެތިން ފޮޓޯ ސްވައިޕް ކޮށްލި ތަނުން […]
ޝާނާ އަހަންނާ ދިމާލަށް ހިނދުކޮޅަކު ބަލަން އިދެފައި ފުން ނޭވާއެއް ލިއެވެ. އަހަރެން އަނެއްކާވެސް ސުވާލު ކުރީމެވެ. ޝާނާ ވަރަށް ވިސްނަން އިނދެފައި އަހަރުމެންނަށް އަދި ކުއްޖަކު ނުލިބެޔެއް ނޫންހޭ ބުނެލީ ހިތް ހަލާކުކޮށްލާފަދަ އަޑަކުންނެވެ. އެ އަޑުންވެސް އެފަކީރު ދެރަވެފައިވާ ވަރު ހާމަކޮށްދެއެވެ. ޝާނާ އެހެން ބުނުމުން އަހަރެންވެސް އެކަމާ ވިސްނާލީމެވެ. ތެދެކެވެ. އަހަރުމެންގެ ދެމީހުންގެ ގުޅުމަށް 5 އަހަރު ވެގެން ދިޔައިރުވެސް މި ގުޅުމުގައި އަދި މަލެއް ނުފޮޅެއެވެ. ދަރިޔަކު ހޯދުމުގެ މުހިންމު ކަން […]