އެންމެ ނިދި ގަދަވީ ވަގުތު މަންމައައިސް ގޮވަން ފެށިއެވެ. ދަންވަރު ހޭލާއެޅުފައި ނިދަން ޖައްސާލި ވަގުތު އެގޮވީ ސްކޫލަށް ދާށެވެ. އެނދުން ނުތެދުވަނީސް ނުހުއްޓާނެކަން އެނގޭތީވެ ކަންނެއް ކަމާއެކު އެނދުން ތެދުވެގެން ފާާޚާނައަށް ވަނީމެވެ. ހަމައެކަނި ދަތް އުނގުޅައިގެން ފާޚާނައިން ނިކުމެ ޔުނީފޯމްލާ ތައްޔާރުވީމެވެ. ލޯގަނޑު ކުރިމައްޗަށް ހުއްޓުނު ވަގުތު ދިގުވެފަައި ހުރި އިސްތަށިގަނޑު ފެނުނެވެ. ޖެލްލައި ތަތްކޮށްގެން ދާހާ ވަގުތު ނެތުމުން އެހުރި ގޮތަށް ބަހައްޓާފައި ފޮތް ދަބަސް ހިފައިގެން ގެއިން ނުކުތީމެވެ. ކަންނެއް ހިނގުމެއްގައި […]
ކޮންމެ މީހެއްގެ ހަޔާތުގައިވެސް އެކިއެކި ކަންތަށްތަކާ ދިމާވާނެއެވެ. ބައެއް ދުވަސްތަކަކީ ތިބާގެ ހަޔާތަށް ބަހާރުމޫސުން އައިސްފައިވާ ދުވަސްތަކަށް ވެދާނެއެވެ. އަދި އަނެއްބައި ދުވަސްތަކަކީ ތިބާގެ ހަޔާތް ކަޅުވިލާގަނޑަކުން ފޮރުވިފައިވާ ދުވަސްތަކަކަށްވެސް ވެދާނެއެވެ. ނަމަވެސް މި ދަނޑިވަޅު ތަކަކީ މުޅިން ހިތްވަރު އެލުވައިލާ ހުއްޓެންވީ ދަނޑިވަޅުތަކެއްނޫނެވެ. އޭގެ ބަދަލުގައި އާ ހިތްވަރެއްލައި ކުރިޔަށް ހިނގައިގަންނަންވީ ވަގުތެވެ. ދަރިންނަކީ މާތް ﷲ އަހަރުމެންނަށް ބަލަން ހަވާލުކޮށްފައިވާ އަމާނާތެކެވެ. އެކުދިންނަށް ފުރިހަމަ ރަށްކާތެރިކަން ފޯރުކޮށްދީ ހިމާޔަތް ކޮށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަކީ […]
އޮމާންކޮށް އޮތް ކަނޑުގެ ލޮނުގަނޑު ކަފަމުން އައި ލާންޗެއް ރަށުގެ ބަނދަރާ ކައިރިކޮށްފިއެވެ. އެވަގުތު އެ ލާންޗުންފޭބީ ޒުވާން ފިރެހެން ކުއްޖެކެވެ. އިސްކޮޅުން ދިގު، ބާމަތިފުޅާ ޒުވާނެކެވެ. މާ ދިގު ނޫން ފަން އިސްތަށިގަނޑު ވަނީ ރީތިކޮށް ސަޓައިލް ކޮށްލާފައެވެ. އޭނާ ލާފައިވާ ބްރޭންޑެޑް ގަމީހާއި ސްކީނީ ޖީންސް، އޭނާއަށް ލިބިފައިވާ މާ ދޮން ނޫން ހަމުގެ ކުލަޔާ ނުހަނު ގުޅެއެވެ. ލޮލުގައި އަޅާފައިވާ ރޭބަން އަވިއައިނު ނެގުމަށް ފަހު، ނޫ ކުލައިގެ ލެންސް ލައްވާފައިވާ އެ […]
މާތް ﷲ އިންސާނުން ޚަލްޤުކުރެއްވީ ވަރަށް މާތް މަޤުސަދެއްގައެވެ. ނަމަވެސް އެކަން ދަންނަނީ ކިތައް މީހުންބާވައެވެ. ސަކަރާތާއި މަޖަލަކީ ދިރިއުޅުމުގެ މަޤުސަދު ކަމުގައި ހީކުރާ މީހުން ވަރަށްވެސް ގިނައެވެ. ކޮންމެ މީހަކުވެސް ފަޚުރުވެރިވެލާފައި ތިމަންނައަކީ މުސްލިމެކޭ ބުނާއިރު މުސްލިމުން އުޅެންޖެހޭ ގޮތަށް އުޅެވެނީ ކިތައް މީހުންނަށްބާވައެވެ. ދިރިއުޅުމުގެ ޙަޤީޤީ މަޤުސަދާއިމެދު ގިނަ މީހުންނަށް ވިސްނެނީ އުމުރުގެ ބޮޑު ބައެއް ބޭކާރުގޮތުގައި ހޭދަކޮށްލެވޭ ފަހުންނެވެ. އަހަރެންނަކީ އޭގެ ތެރެއިން އެކަކީމެވެ. އަހަރެންގެ އުމުރުން ތޭރަ އަހަރުގައި މަންމަ ނިޔާވިއެވެ. […]
ހޮނިހިރު ދުވަހެއްގެ ހެނދުނުގެ ވަގުތެވެ. އޭރު އަދި 8ވެސް ނުޖަހައެވެ. މަލާކްގެ އެދުމުގެ މަތިން އެހާ ހެނދުނާވެސް އަފާއާއި މާޒް އޭނާއެކު ރަށުގެ ޖެޓީ ފަރާތުން ގެސްޓް ހައުސްތަކާ ދިމާލަށް މޫދަށްއައިސްއުޅެއެވެ. “މީނަ ކަޅުވެދާނެތީ އަރެމެން މިޖެހެނީ ޗުއްޓީދުވަސް ދުހުގެ ނިދިވެސް ނަގާލާފަ މީނަ އާއެކީ އަންނަން ދޯ އަފާ؟!” މާޒް ހުއްޓާލުމެއްނެތި މަލާކާ ދިމާކިރަމުން ދިޔައެވެ. މާޒްގެ ވާހަކަތަކަށް ރައްދު ދިނުމެއްނެތި މަލާކް ދިޔައީ އޭނާގެ އައިފޯނުން ‘ހެސްކިޔާފަ’ފޮޓޯ ނަގަމުންނެވެ. އެމަންޒަރުތަކާއި ވަގުތުތައް ހިތުގަޔާއި ފޯނުގައި […]
ސާދަ ވިލޭރޭގެ ހަނދު މެދު އުޑުގައި ރަސްކަން ކުރަމުން ދިޔައެވެ. އެ ރަސްކަމުގެ ދަރުބާރުގައި އެތައް މިލިއަން ތަރިއެއް ދިޔައީ ޝާމިލްވަމުންނެވެ. ރޭގަނޑުގެ އެ ހަމަހިމޭން ވަގުތު ރަށު ފާލަން މަތީ އޮތް ކައިޒިންގެ މަޑު މުށި ކުލައިގެ ލޮލުގައި ވިދަމުން ދިޔައީ ޒުވާންކަމުގެ ރޫޙެވެ. ޖެހެމުން ދިޔަ މަޑު މަޑު ވައިރޯޅިތައް އޭނާގެ ފަން ބޯ އިސްތަށިކޮޅަށް ދިޔައީ އެކިއެކި ގޯނާކުރަމުންނެވެ. އޭނާގެ ތުންފަތުގައި އެވާ ރީތި ހިނިތުންވުން ފެންނަ ކޮންމެ މީހުއްގެ ހިތް ކައްސާލާހާވެއެވެ. […]
އިވެމުން ދިޔަ ވާހަކަ އިން ޒައިން ގެ ހިތަށް އެތަކެއް ޒަހަމެއް ލިބެމުން ދިޔައެވެ. މޭތެރޭގައި އޮތް ހިތަށް ތޫނު ހަންޖަރެއް ހަރައިލިޔަސް އެހާ ތަދުވާނޭކަމެއް ނޭނގެއެވެ. އިހްތިޔާރަކާ ނުމެލާ އަނގައިން ވޭނީ އާހް އެއް ބޭރުވެގެން ދިޔައެވެ. އިތުރަށް އެތަނުގައި ހުރުމުގެ ހިޔާލް ދޫކޮށްލުމަށްފަހު ހަލުވި ފިޔަވަޅުތަކުގައި ޒައިން މިސްކިތުން ބޭރަށް ދިޔައެވެ. އަތުގައި އޮތް ފޯން އެވަގުތު ރިންގް ވަމުން ދިޔަނަމަވެސް ޒައިން ފޯނަށް ބަލާލުމަށްފަހު ސައިލެންޓަށް ލަމުން ޖީބަށް ކޮށްޕައިލިއެވެ. ގުޅަނީ އީނާލް […]
“ބަލާއެއްނު.. ހަމަ ބޭރަށް ދާން ނުކުންނައިރަށް ތި ލެކްޗަރުފަތި އަމުނައިގަންނަންވޭތަ؟ މަ އުޅޭނީ މަ ބޭނުން ގޮތަކަށް.. މިކަމަކާ އެކަކަށްވެސް ނުބެހެވޭނެ.. ކޮންފަދަ ބަލާވެރިކަމެއްތަ މީ؟ މަގޭ ހިތަށް އަރާ މަށަށް މި ބަލާވެރިކަމުން ސަލާމަތްވެވޭނީ ކޮން ދުވަހަކުންބާއޭ؟” ނީތާ ހަޅޭއްލަވައިގަތީ އޭނާގެ މަންމައާއި ދިމާއަށެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ބަސްމަގު ހުރިގޮތުން ނަޖުމާގެ ލޮލުން ކަރުނަ އޮހިގަތެވެ. “އަދި ހަމަ އެއްޗެކޭ ބުނާއިރަށް ހޭރެން ފަށާނެ.. މަގޭ ހިތަށް އަރާ ކާކަށް ދައްކަންބާއޭ ކަމެއް ވާއިރަށް […]
“މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ… ފަހަތުގައި ވަނީ… އަޔާން ގެ… އަޔާން ގެ އާއިލާ…” ލޯ މަރާލުމަށްފަހު މަލަކް ހާމަ ކޮށްލި ހަޤީގަތުން އަޔާން އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ކީކޭ ހޭ އަދި އެއްފަހަރު އަހާލެވުނީ ހައިރާންވެފައި އިނދެއެވެ. “އާނ… އަޔާން ގެ އާއިލާ… އަހަރެންނާ އަޔާން އާ ދުރުކުރުވީ އަޔާން ގެ އާއިލާ” މަލަކް ބުނެލިއެވެ. “މަލަކް ތި ބުނަން އުޅެނީ އަހަރެންގެ އާއިލާ މަލަކް އާއި ދުރު ކުރުވީ މަލަކް އަކީ…” އަޔާން […]