ހަވީރުގެ ވަގުތެވެ. އާދައިގެ މަތިން އަހަރެން އިނީ ޓެރަހުގައި އޮފީސް މަސައްކަތެއްގައި މަސްއޫލުވެގެންނެވެ. އޮފީހުގައި މިރޭ އޮންނަ ބައްދަލުވުމަކަށް ތައްޔާރުކުރަންޖެހޭ ޕްރެޒެންޓޭޝަނެއް ނިންމާލުމަށެވެ. މަސައްކަތުގެ ތެރެއަށް ވަދެވިފައި އިންވަރުން އެތަނަށް މީހަކު އައިކަމެއްވެސް އަހަރެންނަކަށް ނޭނގުނެވެ. “ޕޮއް..” އަހަރެން ދިޔައީ ސިއްސައިގެންނެވެ. ސިއްސައިގެން ދިޔަ ވަގުތު މޭޒުގައި ފައިން ޖެހިފައި މޭޒުމަތީގައި ހުރި ކޮފީތަށި ބަންޑުންވިއެވެ. އަހަރެން ބަލާލިއިރު ކައިރީގައި ހެވިފައި ހުރީ އަހަރެންގެ ހަ އަހަރަށްދާ ފިރިހެން ދަރިފުޅު ޒައުލްއެވެ. “ދަރިފުޅާ! ބައްޕަ އަބަދުވެސް ބުނަމެއްނު […]
ޝާމިން އަށް ވާހަކަ ތައް ކިޔައިދިނުމުން އެ ދެމެދުގައި އުފެދިފައި އޮތް ނުތަނަވަސްތަން ވެސް ހައްލުވިއެވެ. އެރޭ ތިން މީހުނ ގެއަށް ދާން ދިޔައި ހިންހަމަ ޖެހިފައިވާ ހިތަކާއިގެންނެވެ. އެހެންނަމަވެސް އެ ހަމަޖެހުން ދެމި އޮތީ މަދު ސިކުންތުކޮޅަކަށެވެ. މަލަކް އަށް އައި ފޯން ކޯލާއެކު މަލަކް ގެ އަތުން ފޯން ދޫވެގެން ވެއްޓުނެވެ. “މަލަކް… ދައްތަ އަށް ގޮތެއް ވަނީ… އަވަސް… އަވަސް އާދޭ ގެއަށް… ވެއްޓެނީ” ބަސާލާ ގެ ޖުމްލަތައް ކަންފަތުގައި ގުގުމަން ފެށުމާއެކު […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ހާދަވޭނެއް ހާދަތުރާލެއް އުފުލާފައިވާނެއެވެ. ރޭތަކެއްގެ އަރާމު ނިދި ގެއްލިފައި ވާނެއެވެ. އުފާތަކެއް މަޑު ޖައްސައި ހޭހަން ކޮށްދީފައިވާނެއެވެ. އަމިއްލަ ހަށިގަނޑަށްވުރެ ލޯބިދީފައިވާނެއެވެ. ބަނޑަށްހުރެ ދަރިފުޅުގެ ބަނޑު ބޮޑު ކޮށްދިނީމެވެ. ގަހުގެ ބޭނުން ނެތުނީމާ ގިސްލާނުރޮވޭނެ ހެއްޔެވެ؟. އެހެންމީހުންނަށް ފުނިވަރު އަޅާދޭތަން ފެނުމުން ހިތްދަތި ނުވާނެހެއްޔެވެ.؟ ކޮންކަމަކަށްޓަކައިތޯއެވެ.މަލެއްގެ ޙައްޤު ގައެވެ. ކަށީގެ ޖަންގައްޔެއްގައި ފޮޅޭން ތައްޔާރުވާ މަލެކެވެ. ބިނދެވޭނެ ކަމުގެ އުއްމީދު ކިހާވަރަކަށް އެބައޮތްބާވައެވެ. ކަށިހެރިދާނެތި ނަސޭހަތް ދޭނީ މަންމައެވެ. ގިނަ ތަޖްރިބާ […]
ހުމާ ކޮޓަރިން ނުކުތްތަން ބަލަން ހިބާއަށް އިނދެވުނީ ވެގެން އުޅޭ ގޮތަކާއިމެދު ސުވާލު އުފެދިފައިވީ މޫނަކާއެކުގައެވެ. ލީޝާއަށް އެކަން ރަނގަޅަށް ފާހަގަ ކުރެވުނެވެ. ހިބާގެ މޫނާއި ދިމާލުގައި ލީޝާ އަތް ހޫރާލީ ހިބާ ފުންހިޔާލަކަށް ގެއްލި ހުސްވެފައި އިންހެން ހީވާތީއެވެ. ލީޝާ ކައިރީ އިންކަން ހިބާ އަށް އިހްސާސް ކުރެވުމުން އަވަހަށް ލީޝާއަށް ހިނިތުން ވުމެއް ރައްދު ކޮށްލީ ހުމާގެ ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. “ޑޯންޓް ވޮރީ ޑާރލިންގ، ހުމާ ދުވަސްކޮޅަކުން އޯކޭ ވެދާނެ. އެހާ […]
ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. އުމުރުން ތިރީހުގެ އަހަރުތައް ގުނަމުންދާ ނިޔާޒްއަކީ މަތިވެރީ އަންހެނަކާއި ކައިވެނިކޮށްގެން އެރަށުގައި ވަޒަންވެރިވެފައިވާތާ އަށް އަހަރު ވެފައިވާ މީހެކެވެ. ޒިންމާދާރު ފިރިއެކެވެ. ލޯބިލޯބި ދެކުދިންގެ ބައްޕައެކެވެ. މީހުންގެ ލޯތްބާއި ޤަދަރު ލިބިފައިވާ ހިތްހެޔޮ އޯގާތެރި މީހެކެވެ. ދަރިވަރުންދެކެ އިންތިހާއަށް ލޯބިވާ މުދައްރިސެކެވެ. އޭނާއެކޭ އެއްފަދައިން އޭނާގެ ދަރިވަރުންވެސް އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. އެއީ އެކުދިންގެ ދެވަނަ ބައްޕަ ކަމުގައި ބުނަނީ ފަޚުރުވެރިކަމާއެކުގައެވެ. އޭނާގެ ފަރާތުން އެކުދިންނަށް ދެމުންދާ ހެޔޮ ނަސޭޙަތާއި ހިތްވަރުގެ ސަބަބުންނެވެ. މެންދުރު ފަހު […]
ޒައިޝާ އަކީ ވަރަށްބަސް އަހާ ކުއްޖެެކެވެ. ޒައިޝާގެ އާއިލާ ދިރިއުޅުން މެލެޝިޔާ އަށް ބަދަލުކުރިީ ޒައިޝާ އަށް ރަނގަޅަށް ކިޔެވުުމުގެ މަގު ފަހި ކޮށްް ދިނުމުުގެ ބޭނުމުގައެވެ. ރޭލު އެކްސިރެނޓެއްގައިި ޒައިޝާގެ މަންމަ އާއި ބައްޕަ ނިޔާވެއެވެ. ޒައިޝާ އުޅެމުން އައީ އެކަނިވެރި ދިރިއުޅުމެކެވެ. ޒައިޝާގެ ދައްތައެއް ހުންނަކަން އެނގުނެވެ… ***އިންތިޒާރު ކޮށްލައްވާ***
މާހިލްގެ ސިކުނޑީގައި ދައުރުވަމުންދާ ނަފްރަތުގެ ސަބަބުން އޭނާއަށް އިތުރު އެއްވެސް ކަމަކަށް ސަމާލުކަމެއް ދެވޭކަށް ނެތެވެ. އަނެއްކާވެސް ބޮލުގައި އަތްއަޅައިގެން ދެކަކޫމަތީ ބޯ ޖަހާލެވުނީ ލޯބިވާ މައިންބަފައިންގެ ހަނދާންތައް އާވުމުންނެވެ. “އޭނާގެ މައިންބަފައިން ކިހާ ލަދުގަންނާނެ ހެއްޔެވެ؟ އެމީހުންގެ ދަރިއެއް މިފަދަ ނުބައި ކަމެއްގައި ޖަލައް ލެވުނީމައި ކިހާ މީހުނެއްގެ ބަދުބަސްތަކާއި ކުރިމަތި ލާންޖެހޭނެ ނޫން ހެއްޔެވެ؟ އެތައް އުންމީދަކާއެކު ބިނާކުރަމުން އައި މުސްތަޤުބަލުގައި ބޮޑު ލައްގަނޑެއް ޖެހިއްޖެހެވެ. އެއީ އެއްވެސް ކަމަކުން ފިލާދާނެ ލައްގަނޑެއް ނޫނެވެ. […]
ކާރު ބާރު ބޮޑު މާލޭގައި އެހާ ބާރަށް ދުއްވާފައި ދިއުމުން މިޝްޔާ އިނީ ތުން ދަމައިގެންނެވެ. ޒައިން ކައިރީގައި ކިޔާ ކިޔާ ވެސް މަޑެއް ނުކުރިއެވެ. ވިލާ ކޮލެޖު ކައިރީގައި ސައިކަލު ޕާރކު ކޮށްފައި ދެމިހުން އެތެރެއަށް ވަންނަން ދިޔައީ އެކީގައެވެ. ޒައިން އާއި މިޝްޔާ އަކީ ކުޑައިރުން ސުރެ ވެސް ވަރަށް ގާތް ރަހުމަތްތެރިންނެވެ. މިޝްޔާގެ ބައްޕަ މާއިން އާއި ޒައިން ގެ ބައްޕަ ޒިޔާން އަކީ ވެސް އެމީހުން ކުޑައިރުން ފެށިގެން އެންމެ ގާތް […]
އިސްކޮޅުން ދިގު ރީތި ޒުވާން ހަށިގަނޑެކެވެ. ފެހިކުލައިގެ ޓީޝާޓަކާއި ކަށިމައްޗައް އަރާ ދިގު ސޯޓެއް ލައިގެން ޖޮގިން ބޫޓަކައް އަރާފައި ހުއްޓެވެ. މެދުމިންވަރަކަށް ތުނބުޅި ދިގުކޮށްފައިހުރިއިރު، މަތިމަސް ތުނިކޮށް ކޮށާލާފައި ވެއެވެ. ކަޅެއް ނޫނެވެ. މާ ދޮނެއްވެސް ނޫނެވެ. “ތީ ހިބާ ދޯ؟” މާހިލް އެ ސުވާލު ކޮށްލީ ހިބާތޯ ޔަޤީންކުރުމަށެވެ. މޫނުބުރުގާގެ ނިވަލުގައިހުރި ހިބާގެ ނަޒަރު ގޮސް ހުއްޓުނީ އެ ޒުވާނާގެ މޫނަށެވެ. އެ މޫނުމަތިން ދަންނަ ވައްތަރު ނުޖެހިޔަސް އެއަޑަކީ ހިބާޔައް އޮޅޭނެ އަޑެއް […]