ހިތުގެ އެ ގޮވުމަށް އިޖާބަދީ ދުވަހަކަށްފަހު ދުވަހެއް އޭނާ ފާއިތު ކުރަމުން ދިޔައީ ހެޔޮ ކަންތައް ތަކުގައި ޝާމިލުވުމުގައި އިސްނެގުމުގައެވެ. އެގޮތުން ފުރަތަމަ ނަމާދު ޤާއިމްކުރުމަށްފަހު، ފަހަރަކު ކަމަކަށް ފަހު ކަމެއް އިސްލާހުކުރަމުން ގޮސް މޫނުބުރުގާވެސް އެޅީއެވެ. ހިބާ އަކީ ކުރީގައި ދީނީ ކަންތައްތަކަށް ކުޑަކޮށް ނަމަވެސް ހޭލުންތެރި ކުއްޖެއް ނޫނެވެ. އޭނާގެ ދިރިއުޅުން ބައްޓަންވެފައި ހުރީ އޭނާގެ މައިންބަފައިން ފަދައިންނެވެ. ސްކޫލުގައި އުޅުނު އިރު އިސްލާމް ފޮތުން އިސްލާމްދީނާ ބެހޭ ގޮތުން އެނގުނު އެއްޗެއް އެނގުނީއެވެ. […]
ކުރީގެ އަދަދާއި ގުޅޭ: ޒޭންވެސް ޝައިހާގެ ހަށިގަނޑުގައި ދެއަތްވަށާލުމަށްފަހު ހިނިތުންވެލިއެވެ. އެވަގުތު އަނެއްކާވެސް ޒޭންގެ ދެލޯ ކަޅުކުލައަށް ބަދަލުވިއެވެ. އެހެންނަމަވެސް ޝަައިިހާާއަަށްް މިފަހަރުވެސް އެމަންޒަރު ފެންނަ ގޮތެއް ނުވިއެވެ. “މިއީ އަދި ފެށުން. ސިތާ ކޮއްކޮއަށް ނޭނގުނަސް އަހަރެން ތި އަންހެނާއަށް ފާރަލަން. އެކަމަކު ތިއަންހެނާދެކެ އަހަރެން ކުޑަކޮށްވެސް ލޯތްބެއްނުވޭ.. ނިވާކަން ކުޑަ ހެދުން އަބަދު ލާނީ. އަހަރެން ތި އަންހެނާއާ އަޅައިގަތީ އެހެންވެ. މިހާރު ތިއީ ހަމަ އެކަނިި މަގޭ މީހެއް. އަހަރެން ބޭނުންްގޮތަކަށް އުފާވެސް […]
އެއީ ތެދެކެވެ. ހިބާ މެލޭޝިއާއަށް ބަދަލުވީންސުރެ ކޮންމެ މަހަކުވެސް އެބައިގެ ކުލި ހިބާގެ އެކައުންޓަށް ޖަމާވާގޮތައް ހަދާފައިވަނީ ހިބާ ބޭނުން ޚަރަދެއް ކުރުމުގެ އިޚްތިޔާރު އޭނާއަށް ދިނުމުގެ ގޮތުންނެވެ. އެއީ ނާސިރާއި ރަހްމާގެ ނިންމުމެކެވެ. އެމީހުންގެ ދަރިން ބޭނުންވާ އެއްވެސް ކަމަކުން އުނިކުރުމަކީ އެދެމީހުން ބޭނުންވާ ގޮތެއް ނޫނެވެ. ބުނިހާވެސް އެއްޗެއް ހޯދަދީ ބުނިހާވެސް ކަމެއް ކޮށްދެނީ އެހާ ލޯބިންނެވެ. އަދި ދެކުދިންނަށްވެސް އެއުމުރުފުރައިގެ ކުދިންނަށް ބޭނުންވާނެފަދަ ފުރިހަމަ މިނިވަންކަންވެސް ދީފައިވެއެވެ. ނަމަވެސް ހިބާގެ ހިތުގައިވާ ޝަކުވާއަކީ […]
ފުޅާ ސިޑިން ދުވެލާފައި ކަހަލަ ގޮތަކަށް ފޭބީ ޒުވާން އަންހެން ކުއްޖެކެވެ. ދުނިޔެ މަތީގެ ޕަރީއެއް ފަދައެވެ. ހަންގަނޑު ދޮން ނޫނަސް ކަޅެކޭ ވެސް ނުބުނެވޭނެ އެވެ. ކުޑަ ކޮށް ފަލަ ވިޔަސް ނުލާހިކު ލޯތްބެވެ. ފިޔާތޮށި ކުލައިގެ ތުނި ތުނި ތުންފަތެކެވެ. އެ ކަޅުކަން ގަދަ ލޯ ތޫނު ވެފައި ރީއްޗެވެ. ފިރިހެން ކުއްޖަކު މޮޔަވާހާ ރީތިކަން ގުދުރަތުން ލިބިފައި ވެއެވެ. ” މީޝް.. ބައްޕަ ބުނަމޭނުން ސިޑިން ދުވެފަ ނުފައިބާށޭ.. ދަރިފުޅަށް އަނިޔާ އެއް […]
ކުރީގެ އަދަދާއި ގުޅޭ: “ޒާރާއަށް ކިހިނެއްވީތަ؟” ސިތާރާއަށް އެވާހަކައާ ބެހޭ އިތުރު ސުވާލުތައް ކުރުން ހުއްޓައެއްް ނުލެވުނެވެ. “ދަރިފުޅާ އެއީ ވަރަށް ނަސީބު ދެރަ ރެއެއް. ޒާރާއާއި ޒާރާގެ ފިރިމީހާ މަރުވީ އެކްސިޑެންޓެއްގައި. ކޮންމެވެސް ތަނަކަށް ދާން އެމީހުން ދަނިކޮށް އެކަން ދިމާވީ. ޒާރާއާއި ފިރިމީހާ ހިނގާފައި ދަނިކޮށް ކުއްލިއަކަށް މާބާރު ސުޕީޑެއްގައި އައި ކާރަކުން ޖެއްސީ.. އޭރު ޒާރާގެ އުރުގައި އެމީހުންގެ ތުއްތު ދަރިފުޅުވެސް އިން. ޒާރާ ސަލާމަތްކުރަން ޒާރާގެ ފިރިމީހާ އުޅުނަސް އެކަމެއް ވާގޮތެއް […]
ފްލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުން ހިބާ ނިކުމެ ލަގެޖް ނަގައިގެން ބޭރަށް ނިކުތީ އެތައް ދުވަހަކަށްފަހު އޭނާގެ ލޯބިވާ މަންމައާއި ބައްޕަޔާއި އާއިލާގެ މެމްބަރުން ލޮލުން ދެކިލަން ކެތްމަދުވެފައިވާ ހާލެއްގައެވެ. ނަމަވެސް ހިތައް ކުރުވީ ފުން ހިތާމައެއްގެ އަސަރެވެ. ގޭގައި ގެންގުޅޭ ޑްރައިވަރު ހިބާ ބަލާ ފޮނުވިއިރު އިތުރަށް އެގެއިން އެކަކުވެސް އޭނާ ދެކިލާކަށް ނާދެއެވެ. ލިބުނު ހިތާމައިން ދެކޯތާފަތް މައްޗައް ކަރުނުތައް އޮހޮރިގަތެވެ. އޭނާގެ މައިންބަފައިން އޭނާއަށް އެނަފްރަތު ކުރަނީ އޭނާގެ ކޮންކުށެއް އޮވެގެން […]
“ސުބުހާނަﷲ! ޤުދުރަތީ މަންޒަރު ތަކަކީ ހާދަހާވެސް ފުރިހަމަ ހިތްގައިމު މަންޒަރުތަކެކޭ. ބަލާބަލާ ފޫހިވެސް ނުވާފަދަ އަޖާއިބުން ފުރިގެންވާ އެތައްކަމެއް.” މަޑު ނޫކުލައިގެ އުޑުގައި ލައްވާފައިވާ ހިތްގައިމު ހުދުކުލައިގެ ވިލާތަކުގެ މަންޒަރުތަކަށް ބަލަހައްޓައިގެން އިން ހިބާ ހިތައް އަރަމުން ދިޔައެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ އެ ޚިޔާލުތަކުގައި އިންދާ ބޯޓް ވިލާތަކަށްވުރެ ތިރިޔަށް ފައިބަމުންދާ މަންޒަރު ފެނުމުން އޭނާގެ މަންޒިލް ގާތްވެއްޖެކަން އިހްސާސް ކުރެވުމުންނެވެ. ރާއްޖޭގެ ކުދިކުދި ރަށްތަކުގެ ހިތްގައިމު ނޫ ވިލުތަކާއި، ފަޅުތަކާއި، ހުދު ފަސް ގޮނޑުދޮށްތަކުގެ ރީތި […]
އެތައް ފަހަރަކު ރިންގްވަމުން ދިޔަ ފޯނު ނެގި އަޑު އިވުމުން މާޔާ ބަލާލީ ޝައިނާ އާއި ދިމާއަށެވެ. ސްޕީކާ އޮން ކޮށްފައި ހުރުމުން އެކޮޅުން “ހެލޯ” ބުނި އަޑު ދެމީހުންނަށްވެސް އިވުނެވެ. މާޔާ އެފޯނު ޝައިނާއަތަށް ދެމުން އަތުން އިޝާރާތްކޮށްލީ ހުރިހާ ކަމެއް ރަނގަޅުވާނެއެވެ. ތުރުތުރު ލެވިފައިވާއަތަކުން ޝައިނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލުމަށްފަހު “ހެލޯ”އޭ ބުނެލިއިރު އެހިތް އޮބިނޯންނަވަރަށް ތެޅެމުންދިޔައެވެ. ޝައިނާގެ އަޑު ޖެހުމާއިއެކު އަދާން އިތުރަށް އެންމެ ބަހެއްވެސް ނުބުނެ ފޯނު […]
3 ވަނަ ބައި “ ހުނ.ފިރިހެނުންނެއްނު؟ ތިހެންތިބޭ އަންހެންކުދިން ހައްލަން މަސައްކަތް ކުރާނެ. ލޯބީގެ ލަވަތަށް ކިޔާދިނުމާއި ފަރިހި ކިޔާދިނުން މިއީ ޒަމާންވީ ދިވެހިންގެ އާދައެއް. ތިޔަ ޝައިނާއަށް ދިމާވީވެސެް އެކަހަލަ މީހެއްތާ.. ނަސީބެއްނު އެކަކު އަނެކަކު ނުފެނި ސަލާމަތްވިކަންދޯ.. ދެން އެންމެ ރަނގަޅުވާނީ އޭނާ އާއި މެދު އެއްގޮތަކަށްވެސް ނުވިސްނުން. ދެން ޝަފްރާޒް އާއި ދިމާވީ ކިހިނެއް؟” ޝީތަލް ޝައިނާއަށް ނަސޭހަތްް ދެމުން އަހާލިއެވެ.. “މަންޒިލެއް ލިބޭތޯ އަހަރެން އަބަދުވެސް އަތް ފުނާ އަޅަން އެހެންދިޔުމުގެ ތެރޭ ޝަފްރާޒް […]