Skip to content
އެސްފިޔަ

ކަޅު ދުވަސް

އެއީ މީގެ ފަންސަވީސް އަހަރު ކުރިއެވެ. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހެވެ. އެދުވަހުގެ ހަނދާންތަށް މިހިތުގައި ބިންވަޅު ނެގިފައި އަދިވެސް އެބަ ހުއްޓެވެ.

ފިނިފިނި ފަތިހެއްގެ ވަޤުތެކެވެ. އަރާމު ނިންޖަކުން ނިދާފައި ތިބި އަހަރެމެންނަށް ކުއްލި ގޮތަކަށް ހޭލެވުނީ ދުވަހަކުވެސް ނީވޭފަދަ ބިރުވެރި ނާމާން އަޑުތަކެއް އިވެން ފެށުމުންނެވެ. އެ އިވެނީ ބަޑި ޖަހާ ފާޑުގެ އަޑެއްކަމަށް އަހަރެންގެ ހިތް ބުނަމުން ދިޔައެވެ.

އިވެން ފެށި އަޑުތަކުގެ ހަގީގަތް ހޯދުމަށް އަހަރެން މަގު މައްޗަށް ނިކުތީމެވެ. އޭރު ތަފާތު ގޮތްގޮތަށް ރަށުތެރެއަށް ވާހަކަތައް ވަނީ ފެތުރިގެން ގޮސްފައި ވެއެވެ. ”އެވާނީ ނޮވެމްބަރު އެގާރައަށް ސިފައިން ފަރިތަކުރަނީ ކަމަށް” ގޭދޮށު އަހަން މަދުބޭ ބުނެލި އަޑު އެހީމެވެ. އެއަށް ފަހު މިސްކިތަށް ގޮސް ނަމާދުކޮށްލައިގެން އަހަރުން އެނބުރި ގެއަށް ގޮސްފީމެވެ.

 

ދުވަހުގެ ހެނދުނެވެ. ރަށުތެރެއަށް އިތުރު ބިރުވެރިކަމެއް ވެރިވެއްޖެއެވެ. ރާއްޖޭގެ ވެރިކަން ވައްޓާލުމަށް އަރާތިބި ހާއިނުން ތަކެއް އެއްވެސް ރަހުމެއްނެތި، ކުށެއް ނެތް އެތައް ދިވެހި ރައްޔިތެއް ޝަހީދުކޮށްލައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ އާއި ބައެއް ވަޒީރުން އަވަހާރަކޮށްލާފައިވާ އަޑުތައް ރަށު ތެރެއަށް އަރައިގެން އައުމުންެނެވެ.

ދުވަހުގެ މެންދުރުން ފަސްވި ވަޤުތެވެ. މުޅި މާލޭން ކަރަންޓު ކެނޑިއްޖެއެވެ. ރޭޑިއޯ ކެނޑި މުޅި ރާއްޖެއަށް ކަމެއް ގޯސްވެއްޖެކަން ޔަޤީންވެއްޖެއެވެ. ”ދިވެހިރާއްޖޭގެ އަޑު” ކެނޑުނީމަ އެދެން ވަރަށް ގޯސްވީ ކަމަށް ބަލާށެވެ. ދިވެހިންގެ މިނިވަންކަމާ ކުޅެލަން އަރާތިބި ބާޢީންގެ ހަމަލާތައް ސިފައިންގެ މައި މަރުކަޒު، ބަންޑާރަ ކޮށްޓަށް އަމާޒު ކުރަން ފެށީ ބަލަންބަލަން ތިބެފައެއް ނޫނެވެ. ތަނެއް ދޮރެއް ބެލުމެއް ނެތި ހެމަލާތަށް އަމަޒުކުރަމުން ދިޔައީ އިންސާނިއްޔަތުގެ ޒައްރެއްގެ މިންވަރުވެސް ހުރި ބައެކޭ ހަމަ ލޮލަށް އެ މަންޒަރު ދުށް މީހަކު ނުބުނާނެއެވެ.

 

ދެން ފެނުނީ ތަފާތު މަންޒަރެކެވެ. ދިވެހި ސިފައިންގެ ސަފުތަށް ރުކުރުވަލައި ހާއިނުންނާއި ކުރިމަތީލީ ފިސާރި ޖޯށުގައެވެ. މީހަކަށްފަހު މީހެއްގެ ދުވަސް ދާންފެށުމުން ހާއިނުންގެ ބައިގަނޑު “ސައިޒު” ވެއްޖެއެވެ. އިސާހިތަކު ބިރުން މި ބައިގަނޑު ރާއްޖޭން ފިލާ ރައްކާވެއްޖެއެވެ.

 

ބަންޑާރަކޮށި ހާއިނުންގެ އަތްދަށަށް ނުގެންދެވުނީ އެމީހުންގެ ރޭވުންތަކާ އެއްގޮތަށް ކަންކަން ނުދިއުމުންނެވެ. އެދުވަހު ފެނިގެން ދިޔަ ހިތްވަރުގަދަ ޒުވާނާ ޝަހީދު ހުސައިން އާދަމް، ޝަހީދުވީ ހާއިނުންގެ ރޭވުންތައް ފެންކޮށްލާ ވައިކޮށްލުމަށް ބަދަލު ކުރެވުނު ވަރުގަދަ ހަމަލާތަކުގައި އަތުގައި ހުރި ވަޒަން ހުސްވެގެނެވެ.

 

މަރުވިއަސް ހިތް އޮތީ ހަރު އަޑުން ގޮވަ ގޮވާ…

އެކުވެރިންނޭ ހަވާލެ ވަތަން ލޯބިވާ، ވަތަން ލޯބިވާ…

 

ނަވާރަ ދިވެހިން އަނިޔާވެރި ގޮތަކަށް ޝަހީދުކޮށްލި ހާއިނުން ވަނީ ރައްޔިތުންނާއި ދައުލަތުގެ މުދާ ލޫޓުވާ ބޮޑެތި ގެއްލުންތަކެއް ދީފައި އެވެ. އެހެންކަމުން އެއީ އިއާދަނުކުރެވޭވަރުގެ ގެއްލުންތަކެއް ދިވެހިންނަށް ކުރިމަތި ކުރުވި ދުވަހެކެވެ. އެއީ ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެން ނުދާނެ ދުވަހެކެވެ. އެއީ ގައުމަށް ޣައްދާރުވި ހާއިނުންނާ ބާޣީންގެ އަތުން ދިވެހިން ނަސްރު ހޯދި ދިވެހިންގެ ފަހުރުވެރި ނަސްރުގެ ދުވަހެވެ.

 

ހަޤީޤަތުގައިވެސް އެއީ ކަޅު ދުވަހެކެވެ.

 

މިވާހަކައަކީ އަޅުގަނޑުގެ ހިޔާލަށް އަި ގޮތަށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ. ނަމަވެސް ނޮވެމްބަރު 3ގެ އުދުވާނީ ހަމަލައާ ގުޅުން ހުންނާނެއެވެ. މިއީ އެ ހާދިސާގެ ހަނދާނަކަށް ލިޔެފައިވާ ވާހަކައެއް ވެސް މެއެވެ.

Comments (15)

  1. Sarah

    ❤❤❤✌??

    1. Zidhan /R. Vaadhoo
      Sarah

      thanks <3

  2. Izzahtheri

    Reethih vaahaka…vaahaka yaa eh varah ahulaagu ves reethih vaaneh kamah mih balanee

    1. Zidhan /R. Vaadhoo
      Izzahtheri

      thanks <3

  3. Shyma

    Hithaamahuri gaumuge meehun kohfa hunna kankan fenuneema ivuneema.gaumahtakaa shaheedhuvee varah ves faahaga kurevey bathalun thakeh?

    1. Zidhan /R. Vaadhoo
      Shyma

      hehe yeah dhw <3

  4. loabivaa raajje

    V reethi mi story..hama best…I love a lot e bathalun dheke…lolun karuna ves aissi mi story kiyaa fa..?????❤

    1. Zidhan /R. Vaadhoo
      loabivaa raajje

      thanks <3

  5. n@d#u

    mee alhundu men rashu meeheh dhw corpral shaheedh hussain adam akee.. vrh heart touching..

    1. Zidhan /R. Vaadhoo
      n@d#u

      yess.. <3

  6. Heyoedhey faraatheh

    25 yrs or 30 yrs, I’m hope you don’t learn maths from Professor Adhurey ?. Love your hardworking. Best wishes dear Zikko ❤

    1. Zidhan /R. Vaadhoo
      Heyoedhey faraatheh

      actually 5 yeas back i wrote this.. hahaha yeah!

  7. Heyo edhey

    Really. Thank god you didn’t graduate from Adhurey my dear.

  8. Siruhaan

    Varah reethi

  9. cutie afuar

    varah salhi

Comments are closed.