އެއީ އަހަރެންގެ އުމުރުން އެންމެ ބާރަ އަހަރުގައި އެވެ. ބޭސްފަރުވާއަކަށް އަހަރެންގެ މަންމަ އާއި ބައްޕަ އިނޑިއާއަށް ދިޔައީ އަހަރެން ބޮޑުދައިތަ ކަައިރީ ރަށުގައި ބަަހައްޓާފައި އެވެ. ތަޤުދީރުގައި ކަން އެހެން ވާން ލިޔުއްވާފައި އޮތްކަން އަހަރެންނަށް ކުރިން އެނގުނު ނަމަ އެ ހަޑި މުޑުދާރު އަމަލުން ރެކުމަށް މަންމަމެންނާއި އެކު ދިޔައީމުހެވެ. އާއެކެވެ. ގަދަކަމުން އަހަންނަށް ބެހުނީ ދުރު މީހެއް ނޫނެވެ. މިބުނާ ބޮޑުދައިތަގެ ފިރިމީހާއެވެ. ކުޑަކުޑަ އަހަރެން އެ ބިޔަ މީހާ ކައިރީން ސަލާމާތްވާން […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ފަށުވިގަޑެއްފަދަ އިސްތަށިގަޑު ވަނީ ހާވާލެވިފައެވެ. ދެތުންފަތް ވަނީ ރޫޖެހިފައެވެ. ކޯތާފަތް ހީވަނީ ހުދުކަފަގަޑެއް ހެންނެވެ. ލޮލުން ފެންނަނީ ވީރާނާކަމެވެ. ކުޑަހިނދުކޮޅެއްތެރޭ އެފަރި ނާޒުކުކަން ގެއްލުނީ ކީއްވެބާވައެވެ! ފޭރިގަތުމުން ދެންބާކީ އޮންނާނީ ކޮންއެއްޗެއް ހެއްޔެވެ؟ ފޭރިގަތީ ރީތިކަން އެކަންޏެއްނޫނެވެ. އަބުރުގެ ދާވަނިވެސް ހަފުސްކޮށްލީއެވެ. އަބުރުވެރި ގޮތުގައި ޖިންސީ ބާރުތައް ބޭނުންކުރެވެން އެބައޮތެވެ . ކުކުޅުހާލަށްވުރެ ދަށު ދަރަޖައަކަށް ވެއްޓެނީ ކީއްވެހެއްޔެވެ؟ އަރާމާއިއެކު ލިބެވޭން އޮތް އުފާ ދަންތުރައަކަށް ހަދަނީ ކީއްވެހެއްޔެވެ؟ ހިތުން ބިރުވެރިކަން ނުފިލާނަމަ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ޙަޤީޤަތް ފޮރުވުމަށްޓަކައި، ލައްކައިން ފައިސާ ޚަރަދު ކުރިއެވެ. އިންޖެކްޝަން ލިބުނު މުނާސަބާ ފާހަގަ ކުރިއެވެ. ގޮވައިގެން ރާއްޖެއިން ބޭރަށް ދިޔައެވެ. ދުނިޔޭގެ މީހުންގެ ލޮލުގައި އަނދުން އެޅުވިއެވެ. ދުނިޔެ ދޫކުރީ ފާފަތަކުގެ ޝިކާރަ އަކަށް ވެގެންނެވެ. ދުނިޔޭގެ ޙަޤީޤަތަކީ،ނެތިދިއުމެވެ. ދިރިއުޅުމުގެ ޙަޤީޤީ ބޭނުމަކީ،ފަހުދުވަހަށް ތައްޔާރު ވުމެވެ. ޙަޤީޤީ މައިންބަފައިންނަކީ،ރަގަޅު ކަންތައް ކުރުވާ މީހުންނެވެ. ޙަޤީޤީ މުއްސަނދި ކަމަކީ، ފުދުންތެރި ކަމެވެ. ޙަޤީޤީ ރީތި ކަމަކީ،ރިވެތި އަޚްލާޤެވެ. ޙަޤީޤަތް ޒަހަރަށްވުރެ ހިތްޗެވެ. ޙަޤީޤަތް މާމުޔަށްވުރެވެސް […]
” ޒާހިދާ… ކީއްކުރަންތަ އޭނަ ތި ގެނައީ މިގެޔަށް…. ހަމަމިހާރު އޭނަ ނެރޭ މިގެއިން….” ޔާސިރުއަށް މައިރާ ޒާހިދާއާ އެއްކޮން އައިސް އެގެޔަށް ވަތްތަން ފެނުމުން ޔާސިރު ހަޅޭއްލަވައިގަތެވެ. ” ބަލަ އަހަރެން އޭނަ މިގެނައީ މިގޭގަ ބަހައްޓާކަށް ނޫނޭ… މިއައީ މައިރާގެ އެއްޗިހި ބަލައި.. މީގެ ފަހުން މައިރާ ހުންނާނީ އަހަރެން ގާތު.. ޔާސިރު މައިރާ ނުބެލިޔަސް އަހަރެން ބަލާނަން… ޔާސިރު ހުރިހާ ކަމެއް ހަނދާން ނައްތާލިޔަސް އަހަރެންނެއް ނުނެތޭ… ނަޝްފާ ކުރި ވަސިއްޔަތް އަހަރެން […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ގުލާނު ކޮށްގެން ހުރިހާ ކުދިންގެ ބަނޑުފުރާނަ މުއްތި ކޮށްދެވޭތޯ ބެލީމެވެ. ސާހިބަކު އެހީވެދޭން ބުނަނީ ފާފައަކަށްފަހުގައެވެ.. ހުއްދަވާ އެންމެ ގިނައަދަދަށް އަނބިން ތިބޭ އިރުވެސްމެއެވެ. ކުދިވެރީން ބަނޑުހައިކަމުގައި ރޮއި ހަދަނީއެވެ. އިތުރަށް އޮތްމަގަކީ އެގޮތާއި އެއްބަސް ވުމެވެ. ކުދިވެރީންގެ ޝަކުވާ އެހުމަށް ކަންފަތް ވަނީ ނުކުޅެދިފައެވެ. މަފަކީރަކީ،ފިރިމަރުވިއިރުވެސް ޢިއްދައިން ކެނޑިފައިވާ މީހެކެވެ. ކޯތާފަތުގައި ރޫޖެހި ދެއަޑިކޮޅު ހެދިފައިވާ މީހެކެވެ. ޕަރީންތަކެއްފަދަ އަނބީން ލިބިފައިވާއިރު ހިތްއޮބިނޯވެގެން އުޅެނީއެވެ. ނިކަމެތީންގެ ބަލިކަށިކަމުގެ ނާޖާއިޒް ފައިދާ ނަގަން […]
ކުޑަދޮރުން ފުރޭނިގެން އެޅިފައިވާ އިރުގެ ރަން އަލި ކައިޒީންގެ ދޮންމޫނަށް އުނދަގޫ ކުރަމުން ދިޔައެވެ.މޯޅިއަކަށް ދެމިލުމަށްފަހު ތެދުވެ ފޯން ހުޅުވާލީ ގަޑި ބަލާލުމުގެ ނިޔަތުގައެވެ.ނަމަވެސް ލޮލުގައި އަޅައިގަތީ ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ ގުޑްމޯރނިންގެ ފަށުވި އިބާރާތް ކޮޅެވެ.އަނެއްކާ ކާކުބާއެވެ؟ނުދަންނަ ނަމްބަރަކަށް ވުމުން ރިޕްލައި ކޮށްލުމުގެ ބަދަލުގައި ކައިޒީން ފޯން ބޭއްވުމަށްފަހު ފާހަނައަށް ވަދެ ފެންވަރާލިއެވެ.އަވަސް އަވަހަށް ޝޯލް އަޅާ ތައްޔާރުވަމުން ދިޔައީ ސުކޫލަށް ދިއުމަށެވެ. ކައިޒީން އެރަށު ސްކޫލްގެ ޕްރައިމަރީ ޓީޗަރެކެވެ. ފިރިމީހާ ޖާއިން އުޅެނީ ކައިރި […]
އަޝްޖައުގެ ނަޒަރުން: ތޮށިގަނޑުމަތީ ރަހުވާ އިށީންދެގެން އިންއިރު ހީވަނީ މޮޑެލްއެއް ހެންނެވެ. އިރުގެ އަލި އެދޮން މޫނަށް އެޅިފައި ހުރުމުން އިތުރަށް ދޮންހެން ހީވެއެވެ. މޫދުގައި އޮތްއިރު އަހަންނަށް ސަމާލުކަން ދެވެމުން ދިޔައީ ރަހުވާއަށެވެ. ރަހުވާއަށް ބަލަން ހަދައިގެން އަހަރެންގެ ފައި ގަބައިގަން އިރުވެސް ނޭންގުނެވެ. ކުއްލިއަކަށް ގަނބައިގަތުމުން ފަތައިގަންނަށްވެސް އަހަންނަށް ނޭންގުނެވެ. ސަލާމަތްވާވެގެން މޫދުގައި ބަކަ ތަޅައިގަން ވަގުތު އަނގަފުރާ ލޮނުބޮވުނެވެ. ނެވާ ކުރުވެ އަހަރެންގެ ދެލޯ މެރުނުއިރުވެސް ހުރެވުނީ ރަހުވާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭރު […]
“ދެން މަންމަ އަށް ސާބަސް. ހިބާ ނޫޅެއެއްނު ނާހިލް ކޮއްކޮ މިތާ އިނީތީ ނުކެވިގެނެއް. މަންމަ މެނައްނު ތިއުޅެނީ ހިބާގެ އެ މޫނުބުރުގަލާހެދި އުނދަގޫ ވެގެން.” ލީޝާ މަޑުމަޑުން ޖެހިލުންވެފައިވާ ރާޤެއްގައި އޭނާގެ މަންމަ އަށް ވިސްނައިދޭން އުޅުނީ އިތުރަށް އެންމެންގެ ކުރިމަތީގައި ހިބާއާއި ދިމާލައް އެމީހުން އެއްޗެހި ކިޔުން ހުއްޓޭތޯއެވެ. “އެއީ ތެދެއް އަފޫދައްތާ.. އަޅުގަނޑަކަށް އެއްވެސް އުނދަގުލެއް ނޫން މިހެން ކާކަށް. އަދި ނާހިލް އިނީމަކާވެސް އުނދަގުލެއް ނުވޭ.” ހިބާ ލީޝާ އާއި ބައިވެރިވެލީ […]
“އަހަރެން މީ އީނާލް ގެ ބޭބެ… ބައްދަލުކޮށްލަން ބޭނުންވެގެން މިގުޅާނީ ވަގުތު ކޮޅެއް އެބަ އެއްތަ އަހަރެންނާ ބައްދަލުކުރަން” އެކޯޅުން ވާހަކަ ދެއްކި ގޮތުން ނާއި އެ އަޑުން އެކަނިވެސް ހިސާބެއްގެ ނުރުހުންވުމެއް ޒައިން އަށް ފާހަގަކުރެވުނެވެ. އެހެންކަމުން އެ ހިތަށް ހިސާބެއްޖެ ބިރުވެރިކަމެއް ވަނެވެ. “ލައްބަ… ވަގުތު ކޮޅެއް ދެވިދާނެ” ޒައިން ޖަވާބުދިނެވެ. ‘އެހެންވީމަ އަތިރި މަތީ ހުންނަ ކެފޭއިން މިރޭ ބަރާބަރު އަށްގަޑި ބައިގައި އަހަރެން ދިމާކުރާނަން” އެހެން ބުނުމަށްފަހު އިތުރަށް އެއްވެސް ވާހަކައެއް […]