ދޫކޮށްފައި ނުދޭ ލޯބިވާ.. ( 2 )

- by - 54- November 10, 2018

ކާރު ބާރު ބޮޑު މާލޭގައި އެހާ ބާރަށް ދުއްވާފައި ދިއުމުން މިޝްޔާ އިނީ ތުން ދަމައިގެންނެވެ. ޒައިން ކައިރީގައި ކިޔާ ކިޔާ ވެސް މަޑެއް ނުކުރިއެވެ. ވިލާ ކޮލެޖު ކައިރީގައި ސައިކަލު ޕާރކު ކޮށްފައި ދެމިހުން އެތެރެއަށް ވަންނަން ދިޔައީ އެކީގައެވެ.

ޒައިން އާއި މިޝްޔާ އަކީ ކުޑައިރުން ސުރެ ވެސް ވަރަށް ގާތް ރަހުމަތްތެރިންނެވެ. މިޝްޔާގެ ބައްޕަ މާއިން އާއި ޒައިން ގެ ބައްޕަ ޒިޔާން އަކީ ވެސް އެމީހުން ކުޑައިރުން ފެށިގެން އެންމެ ގާތް ރަހުމަތްތެރިންނެވެ. އެމީހުންގެ އެކުވެރިކަން އަދި އަދަށް ދާން ދެންވެސް އެބަ އޮތެވެ.

ޒައިން އާއި މިޝްޔާގެ އޮންނަ ގާތް އެކުވެރިކަމުގެ ސަބަބުން ކޮލެޖުގެ ކުދިންނަށް ހީވެފައި އޮންނަނީ އެއީ ރައްޓެހި ވެގެން އުޅޭ ދެމިހުން ކަމަށެވެ.  ނަމަވެސް އެމިހުން އެ ދިމާ ކުރުން ތަކަށް އަޅައެއް ނުލައެވެ.

ދެމިހުން ވަސް ކިޔަވަނީ ބިޒްނަޒް މެނޭޖްމެންޓް ކަމުން ކުލާހަށް ދިޔައީ އެކީގައެވެ. ދެމިހުންގެ ވެސް ގަޑިތައް ނިމުނީމައި ޒައިން އާއި މިޝްޔާ ދިޔައީ ލައިބްރަރީ އަށެވެ. އެއީ އެމިހުންގެ ހުސް ގަޑިއެކެވެ. ފާހަނަ އަށޭ ކިޔާފައި ޒައިން ދިޔުމުން މިޝްޔާ ޖެހިލީ ފޮތް ހަރުގަނޑެއްގެ ކައިރިއަށެވެ. ކުއްލިއަކަށް އެތަނަށް އައި އަންހެން ކުއްޖެއް ޖެހިގަތީ މިޝްޔާގެ އަތުގައެވެ. އެކަހަލަ ކަމަކަށް އެހާ ތައްޔާރުވެގެން ނެތް މިޝްޔާގެ އަތުގައި ހުރި ފޮތްތައް ބިންމައްޗަށް ވެރި ލައިބްރަރީ ގައި އޮތް ހަމަހިމޭން ކަން ނެތި ދިޔައެވެ.

ދެބުމަ ގޮށްޖަހައިލައިގެން ހުރެ ފަހަތް ބަލާލި މިޝްޔާގެ މޫނު މަތީގައި ހުރި ކުލަވަރު އެކަށް ބަދަލުވެގެން ދިޔައީ އެ ކުއްޖާ ފެނުމުންނެވެ. ލައިގެން ހުރި ހެދުން ބާރު ކަމުން ހަށިގަނޑުގެ ވަނާތައް އިނގޭވަރުވެއެވެ. ތިރިއަށް ލައިގެން ހުރި ޖިންސުގެ އެކި ތަންތަން ކޮޅު ހުރީ ވީދާފައެވެ. މޫނުމަތީގައި އުނގުޅާފައި ހުރި މޭކަޕުން މުޅި މީހާގެ ސިފަ ގެއްލޭވަރު ވެއެވެ. ” ކޮންމެހެން މާ ވައްތަރަކަށް ބަލަން ހުންނާނެ ކަމެއް ނެތް އިނގޭ.. މާ ރީތި މީހެއް ކަމަށް ހިތާ އަދި އެބަ ޒައިން ފަހަތުން އުޅެއޭނުން.. ޒައިން ހާސިލް ކޮށްފަ ނޫނީ މި ނިހާ އެއް ހުއްޓައެއް ނުލާނަން.. ރީތި މީހެއް ނަމަވެސް ރަނގަޅޭނުން.. ކަޅު ކަޅު މީހެކޭ.. އެވަރު ނުވެގެން އެހާ ފަލަ.. ހަހަހަ.. ހަނދައިން ބަހައްޓާތި.. ޒައިން އިޒް އޮންލީ މައިން.. ” ނިހާ އެހުރިހާ އެއްޗެއްސެއް ކީ އިރުވެސް އަމިއްލަ ދިފާއުގައި މިޝްޔާ އެއްވެސް އެއްޗެކޭ ނުބުނެއެވެ.

ބޮޑާ ގޮތަކަށް ލައިބްރަރީ އިން ނިކުމެގެން އައި ނިހާ އަޅައިގަތީ ލައިބްރަރީ އަށް ވަންނަން އައި ޒައިން ގައިގައެވެ. ސޮރީ ބުނެލާފައި ޒައިން ދިޔުމުންވެސް ނިހާ އަށް ހުރެވުނީ އަމިއްލަ ގައިގައި ފިރުމަންށެވެ. އަމިއްލަ ހިޔާލަކަށް ގެއްލިފައި ހުއްޓާ ފަހަތުން ކުދިން ތަކެއް ހޭން ފެށުމުން ނިހާ ސިހުނެވެ. އެމިހުން އެ ހެނީ ނިހާ ޖެއްސި ވައްތަރުންކަން އެނގި އޭނާ ލަދުގަތެވެ. އަވަހަށް އެތަނުން އޭނާ ދިޔައީ އެކުދިންނަށް ވައްތަރު ވެސް ޖައްސާލާފައެވެ.

ޒައިން ލައިބްރަރީ އަށް ވަދެފައި ބަލާލީ މިޝްޔާ ކޮބައިތޯއެވެ. ބޯޖަހައިގެން އޮތް މިޝްޔާ ފެނި ޒައިން އެދިމާލަށް ހިނގައިގަތީ ހަލުވި ފިޔަވަޅުތަކެއްގައެވެ. ކައިރިވި ވަރަކަށް މިޝްޔާ ތުރުތުރު ލަމުން ދާކަން އެނގި ޒައިން ހާސްވިއެވެ. ” މިޝޫ.. މިޝޫ.. ކިހިނެއް ވީ.. ކީއްވެ ތި ރޮނީ؟ މީހަކު އެއްޗެކޭ ބުނީތަ؟ ދެންމެ ނިހާ ވެސް ފެނުން.. އަނެއްކަވެސް އޭނަ އެއްޗެކޭ ކީތަ؟” ޒައިން ސުވާލު ފަތި އަމުނާލިއެވެ. ” ޒިން.. ޒިން ދޭބަލަ ނިހާ ކައިރިއަށް.. އަހަރެން ދޫކޮށްލާ.. އަހަރެންނާ ހެދި ޒިން އަށް ރައްޓެހި ވާނެ ކުއްޖެއްވެސް ނުލިބެނީ.. އަހަރެންނާ އެކީ ނޫޅޭ.. ޒިން ދޭ.. އަހަރެންކަހަލަ ކަޅު މީހެއް ކައިރީ ހުންނާނެ ކަމެއް ކެތް.. އަދި އަހަރެން އެހާ ފަލަ.. ޒިން ދޭ.. ” މިޝްޔާ ވާހަކަ ދެއްކީ ގިސްލަމުންނެވެ. ” މިޝޫ ބުނީމަ މިހުރިހާ ދުވަހު ނިހާ އާއި ދިމާލަށް އެއްޗެކޭ ނުބުނެ މިހުންނަނީ.. އެކަމަކު މިއަދު ކެތެއް ނުވާނެ.. ހިނގާ އަހަންނާ އެކު..” އެހެން ކިޔާފައި މިޝްޔާ ގޮވައިގެން ޒައިން ބޭރަށް ނުކުތެވެ.

ޒައިން ހޯދަމުން ދިޔައީ ނިހާ އެވެ. އޭނާ ފެނުނީ ކުލާސް ތެރެއިންނެވެ. އޭރު އެތާ ހުރިހާ ކުދިން ހަރަކާތް ތެރި ވެއެވެ. ނަމަވެސް ޒައިން އެންމެ ތަންކޮޅެއް ވެސް ފަހަތަކަށް ނުޖެހެއެވެ. ” މިތާ ތިބި އެންމެން ވެސް އަޑުއަހާ.. ހާއްސަ ކޮން ނިހާ.. ތިހުރިހާ އެންމެން ވެސް އަހަރެންނާ މިޝްޔާ އޭ ކިޔައިގެން އަޅުވައި ކިޔަސް އަހަރެން އެއްވެސް އެއްޗެކޭ ނުބުނަން.. އެކަމަކު މިއަދު ނިހާ އާ ހެދި އެވާހަކަ ވެސް މި ޖެހުނީ ދައްކަން.. އަހަރެންނާއި މިޝޫ އަކީ ގާތް އެކުވެރިން.. ޝީ އިޒް މައި ބެސްޓް ފްރެންޑް.. މިޝޫ އާ ދިމާލަށް ފަލަ އޭ އެއްޗެހި މީގެން ފަހުން ކިޔައިގެން ނުވާނެ.. ނިހާ އަށް މި ބުނީ.. މިޝޫ ވިލް ސްޓޭންޑް ފޯ ހާރސެލްފް.. މީގެ ފަހުން.. އެހެން ވީމަ.. ” ” އަހަރެން ބަލާނަމޭ ތި އެކުވެރި ކަން އޮންނަނީ ކިހާ ދުވަހަކަށްތޯ.. އަހަރެން ތި ދެމިހުންނަށް އެކީ ނޫޅެވޭ ވަރު ކުރާނަން.. ރައްޓެހިވިޔަސް..” ޒައިން އާއި މިޝްޔާ ދާން އެނބުރެލި ތަނާ ނިހާ ހަޅޭއްލަވައިގަތެވެ. ” ނިހާ އާ ކޮންބެހޭ ކަމެއް.. އިރާދަ ކުރެއްވިއްޔާ އަހަރެމެންގެ މި އެކުވެރިކަން ރޫޅައެއް ނުލެވޭނެ.. އެންޑް ޔާރ ވަން މޯ ތިންގް.. އަހަރެންނާ ޒިން ރައްޓެހިވިޔަސް ނިހާ އަކަށް އެއް ކަމެއް ވެސް ނުކުރެވޭނެ.. ރިމެމްބަރ..” ޒައިން ހައިރާން ވީ މިޝްޔާ އެހުރިހާ އެއްޗެއް ގޮވާލީމައެވެ.

ޒައިން އާއި އެކީ ސައިކަލަށް އެރި މިޝްޔާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޒައިން ސައިކަލު ދުއްވާލީ ޒައިންގެ ގެއާ ދިމާލަށެވެ. ސައިކަލު ޕާރކު ކޮށްފައި މިޝްޔާ ގޮވައިގެން ޒައިން ސިޓިން ރޫމަށް ވަނެވެ. ” މިޝްޔާ.. ރޮއެފަތަ ތިހިރީ؟ ޒައިން.. މިހާރު އެ ފަކީރަށް ކީއްކުރީ؟” ޒައިންމެން ގެއަށް ވަތް ތަނާ ޒައިން ގެ މަންމަ ވިޝާމާ ސުވާލު ކޮށްލިއެވެ. “މަމް.. ކަމެއް ނުވޭ.. މި ދަނީ ގަރޑެން އަށް..” ފަހުން ކިޔައިދޭނަމޭ ބުނާ ކަހަލަ އިޝާރާތެއް ކުރަމުން ޒައިން މިޝްޔާ ގޮވައިގެން ގަރޑެން އަށް ދިޔައެވެ. ވިޝާމާ ހުރީ ވަރަށް ކަންބޮޑު ވެފައެވެ. މިޝްޔާ ދެކެ ދަރިއެއް ފަދައިން އޭނާ ލޯބިވެއެވެ.

މުޅި ތަނުގައި ވަނީ އެކި ވައްތަރުގެ މާ ގަސް ތަކެވެ. އެތަން ހިޔާ ކޮށްފައި ހުރި އިރު ފަރުމާ ކުރެވިފައިވާ ބެންޗެއް އެތާ އިނެވެ. މުޅި ތަނުގައި މަޑު މީރު ވަހެއް ހުރުމުން ހިތްގައިމު ގޮތެއް ހުރެއެވެ. ބެންޗް ގައި މިޝްޔާ ބައިންދާފައި ޒައިން އިށީނީ ވިނަގަނޑުމަތީގައެވެ.

” މިޝޫ.. ބަލާބަ މިކޮޅަށް.. މިޝޫ ތި ހީކުރަނީ ކިހިނެއްތަ؟ މިޝޫ ތީ އަހަރެންނަށް ފެނުނު އެންމެ ރީތި ކުއްޖާ.. ފަލަ އެއް ނޫނޭ.. މިޝޫ ވަރަށް ލޯބި.. އެންޑް ކަޅެއް ވެސް ނޫން އިނގޭ.. ދެން ތިބުނީ މިޝޫ އާ ހެދި އޭ ގަރލް އެއް ނުލިބެނީ.. ނޫން.. އެއީ އަހަރެން އަދި ބޭނުން ނުވާތީ.. ދެން އެހެން ނޫނަސް މިހާރު ހާހެއް ނުވޭ.. މިޝޫ ތި ބުނީނު ރައްޓެހި ވިޔަސް އެއްވެސް ކަމެއް ނުކުރެވޭނޭ.. އެހެން ވީމަ މިޝޫ މަށާ ރައްޓެހިވާނަމޭނުން ދޯ.. ހެހެހެ..” ޒައިން ލާނެއް ކަމާ އެކު ވާހަކަ ދެއްކިއެވެ. ” ދޭންންން.. ޒިން ގަނޑާ!! އެ އޭނަ ޖޭ ކޮށްލަން އަހަރެން ބުނި އެއްޗެކޭ..” ތުން ދަމާ ލާފާ މިޝްޔާ ބުންޏެވެ. ” ހަހަ.. އެހާ ތުންދިގު ނުކުރޭ.. ބުރިކޮށްލަން ޖެހިދާނެ.. ” ޒައިން އެހެން ބުނުމުން މިޝްޔާ ޒައިން ގެ ކަރުގާ އަތް އަޅުވާލާފައި ބައްދާލިއެވެ. އަދި ބުންޏެވެ. ” ޒިން.. ތެންކްޔޫ ފޯރ އޯލްވޭސް ބީން ވިތް މީ..” ” ދެޓްސް ވައި ޔޫ ކޯލް މީ ޔުއާ ބެސްޓީ.. ” މިޝްޔާގެ ބުރަކަށީގައި އަތް އަޅުވާލަމުން ޒައިން އިއްވާލިއެވެ.

ބައްދާލައިގެން ތިއްބާ މީހަކު ކަރުކެހިލި އަޑު އިވިފައި ދެމިހުން ދިޔައީ ސިއްސައިގެންނެވެ. އަވަސް އަވަހަށް ދުރަށް ޖެހިލާފައި އަޑު އައި ދިމާލަށް ބަލާލިއެވެ. ކުރިމަތީ ގައި ހުރި މީހާ އާއި އެމިހާގެ މޫނު މަތީގައި ވީ ކުލަވަރުން ޒައިން މިޝްޔާ އަށް ދެމިހުން ދެމިހުންގެ މޫނަށް ބަލާލެވުނެވެ.

ނުނިމޭ

54

Maaii

Hey guys.. I luv to read stories.. n this time im gonna try writing too.. plx support me.. comment below.. n luv u all.. :-) ;-)

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. hey guys.. plx comment.. here is the second part.. n tell me the things i need to correct.. lots of luv.. n thank u zaara

    ⚠Report!

Leave a Reply

Your email address will not be published.