Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިޙާން (6 ވަނަ ބައި)

Faathii Level 410 Stories100 Comments100 Login
November 10, 2018 4 Mins Read
5 Comments

މާހިލްގެ ސިކުނޑީގައި ދައުރުވަމުންދާ ނަފްރަތުގެ ސަބަބުން އޭނާއަށް އިތުރު އެއްވެސް ކަމަކަށް ސަމާލުކަމެއް ދެވޭކަށް ނެތެވެ. އަނެއްކާވެސް ބޮލުގައި އަތްއަޅައިގެން ދެކަކޫމަތީ ބޯ ޖަހާލެވުނީ ލޯބިވާ މައިންބަފައިންގެ ހަނދާންތައް އާވުމުންނެވެ. “އޭނާގެ މައިންބަފައިން ކިހާ ލަދުގަންނާނެ ހެއްޔެވެ؟ އެމީހުންގެ ދަރިއެއް މިފަދަ ނުބައި ކަމެއްގައި ޖަލައް ލެވުނީމައި ކިހާ މީހުނެއްގެ ބަދުބަސްތަކާއި ކުރިމަތި ލާންޖެހޭނެ ނޫން ހެއްޔެވެ؟ އެތައް އުންމީދަކާއެކު ބިނާކުރަމުން އައި މުސްތަޤުބަލުގައި ބޮޑު ލައްގަނޑެއް ޖެހިއްޖެހެވެ. އެއީ އެއްވެސް ކަމަކުން ފިލާދާނެ ލައްގަނޑެއް ނޫނެވެ. މީހުންގެ މަލާމާތުގެ ބަސްތައް ދުވަހަކުވެސް ދެން ހުއްޓޭނެ ހެއްޔެވެ؟ އެ ލައްގަނޑާއެކު މީހުންގެ ކުރިމައްޗައް ނިކުންނަންނީ ކޮން މޫނަކާއިއެކު ހެއްޔެވެ؟” މާހިލްގެ ސިކުނޑިއަށް އަރާމެއް ލިބުމެއްނެތެވެ. ފިކުރުތަކުން ހިތް ރޮއްވަމުން ގެންދިޔައެވެ. ރައްޓެހިވެވުނު އަންހެނެއްގެ ސަބަބުން ދިރިއުޅުން ބަރުބާދުވީ ކަމަށް ހީވަމުން ދިޔައެވެ.

އެގޮތުގައި އެ ތޭރިތަކުގެ އެތެރޭގައި ދުވަސްތައް ގުނަމުން ދިޔައީ ހިތައް އެއްވެސް ހަމަޖެހުމެއް ނުލިބިއެވެ. މަޑުމަޑުން އޭނާޔާއެކު އެގޮޅީގައިވާ ޝޭޚްއާއި ވާހަކަދެކެވި ދެމީހުންގެ ގާތްކަން އިތުރުވިއެވެ. އެކިއެކި ވާހަކަތަކުންގޮސް އެންމެ ފަހުން މާހިލް ގައިދީއަކަށް ވާންޖެހުނު ގޮތް ކިޔައިދިނެވެ. އެހިނދު އެ ޝެއިޚް ބުންޏެވެ. “ކޮންމެ ކަމެއްވެސް ވާނީ ހަމަ އެންމެ ރަނގަޅައް. ކަލޭ ތިކަމާއި ކުރަންވީ އުފާ. ހިތާމައެއް ނޫން. ކަލޭ އެއަންހެންކުއްޖާގެ ބައްޕައަށް ޝުކުރު އަދާކުރޭ” އެ ޖަވާބާއި އެކު މާހިލްގެ ދެބުމަ ގޮށްޖެހިގެން ދިޔައީ ސުވާލުތަކަކުން ހިތްފުރިގެން ދިޔުމުންނެވެ. “އަހަރެން ޝުކުރުވެރިވާންވީ ކީއްވެގެން؟  އޭނާގެ ނުބައި ރޭވުމުން އަހަރެންގެ ދިރިއުޅުން ބަރުބާދު ކުރީމަތަ؟ އެންމެންގެ ކުރިމަތީގައި ނުބައި ބަދުނާމަކުން ބަދުނާމު ކޮށްދިނީމަތަ؟” ހިތުގައި ފުނިޖެހުނު ސުވާލުތައް ފަށްޗަކައް އަމުނާލެވުނީ އަމިއްލަ އިޚްތިޔާރަކާއި ނުލައެވެ.

“ނޫން. ކަލޭ އުފާކުރަންވީ އެނުބައި ކަންކަމުން ކަލޭ ދުރުކޮށްދިނީތީ. އަހަރެމެން މުސްލިމުންނަށްވެ ތިބެ ފާފަތަކާއި ދުރައްދެވުމަކީ އަހަރެމެން އުފާކުރަންވީ ކަމެއް ނޫންތަ؟ ﷲވަނީ ޒިނޭއާއި ގާތްނުވުމަށް އަންގަވާފަ. އެކަމުގެ ހުރި ނުބައިކަން މިސާލު ޖައްސަވާ އަންގަވާފައިވޭ.” އެ ޝެއިޚައް އެ ހިސާބައް ބުނެވުމުން މާހިލް ރުޅިއައިސްފައި ބުންޏެވެ. “އަހަރެން މިދެއްކި ވާހަކަ ކަލޭއަށް ރަނގަޅައް އަޑު ނީވެނީތަ؟ އަހަރެން މިކަމުގައި މީހަކު ބެއްދީ. އަހަރެން މީ ހަށި ވިއްކާ މީހެއް ނޫން.” އެ ޝެއިޚް ޝައުޤުވެރިގޮތަކަށް މާހިލް އަށް ބަލައިލިއެވެ. އަދި ބުންޏެވެ. “އަހަރެންނައް ތިހެން ބުނި އަޑު އިވުނު. އަހަރެން ނުބުނަން ކަލޭތީ ހަށިވިއްކާ މީހެކޭ. ފުރަތަމަ މަޑުމައިތިރިކަމާއެކު އަހަރެން މި ދައްކާ ވާހަކަ އަޑުއަހާ. އެއަށްފަހު ކަލޭގެ ސުވާލެއް އޮތިއްޔާ ކުރާނީ.” މިހެންބުނެ ގޮނޑީގައި ރަނގަޅައް ހަމަޖެހިލަމުން މާހިލްއާވީ ފަރާތައް ތަންކޮޅެއް ގާތްވެލާފާ ބުންޏެވެ.

“ޒިނޭ ކުރުމަކީ ހަމައެކަނި ހަށިވިއްކުމެއް ނޫން. އަންހެނަކާއި ފިރިހެނަކު އެކަހެރި ވާ ކޮންމެ ވަގުތެއްގައި އެ ކައިރިވެވެނީ ޒިނޭއަށް. ޝައިޠާނާ އެކަމަށް މަގުފަހިކުރުވާނެ. ކަލޭ ބުނީމެއްނޫންތަ ކަލޭ ތިން ކުދިންނާއި ރައްޓެހިވެގެން އުޅުނު ވާހަކަ. އަދި އެންމެ ކުއްޖަކާއިއެކު ނަމަވެސް ޒިނޭ ވާނީ ޒިނޭއަށް. ޒިނޭއަށް މަގުފަހިވާ ކޮންމެ ކަމަކަށް އަރައިގަތުމަކީ ބޮޑު ފާފައެއް…

އެންމެ ރަނގަޅު. ހަށިވިއްކާމީހުން އެކަން ކުރަނީ ރުފިޔާގެ ދަހިވެތިކަމުގައި. ދެން ކަލޭމެން އެކަން ކުރަނީ ކޮންއެއްޗެއްގެ ދަހިވެތިކަމުގައިތަ؟ .. އަހަރެން ބުނެދީފާނަން. ވަގުތީ އަރާމެއްގެ ދަހިވެތިކަމުގައި. ނޫންނަމަ ގުޅުން ގިނަދުވަހު ދެމެހެއްޓުމުގެ ދަހިވަތިކަމުގައި. ނުވަތަ ބައިވެރިޔާ ހިތްއުފާ ކޮށްދިނުމުގެ ދަހިވެތިކަމުގައި. އެ އުފާ ތިމާގެ ކިބައިން ބައިވެރިޔާއަށް ނުލިބިގެން އެހެން މީހަކު ކައިރިއަށް ގޮސްފާނެކަމުގެ ބިރައްޓަކައި. ދުނިޔޭގެ އެންމެންވެސް އުޅޭގޮތޭ ބޮލައްވަދެ ބޮޑުކަމެކޭ ހިތައް ނާރާތީ. މީހައްތަހާވެސް ޝައިޠާނާގެ މޮޅެތި ރޭވުންތައް. ވަސްވާސްތައް.

ފުރަތަމަ ރޭވުމަކީ އެކަކު އަނެކަކާއި ރައްޓެހިވުން. ޒަމާނުގެ ބަހުން ބުނަނީނަމަ ބިޓުން ނެގުން ނުވަތަ ޑޭޓް ކުރުން. އެކަންކުރަނީ އެކަކު އަނެކަކު ރަނގަޅައް ދަސްކުރުމަށްޓަކައޭ ކިޔާފައި. ކައިވެނި ކުރުމުގެ ކުރިން އެކަކު އަނެކަކު ރަނގަޅައް ދަސްކުރާށޭ ބުނެ. އެކަމަކު ވިސްނާލަބަލަ. ދުނިޔެއަށް ލޯ ހުޅުވާލާފަ ބުނެބަލަ. ތިބުނާ ގޮތައް އެކަކު އަނެކަކު ދަސްކުރަން ފެށީންސުރެ މިއަދާ ޖެހެންދެން ވަރީގެ ނިސްބަތްވަނީ ދައްތަ؟ ވަނީ ހަމަ އިތުރެއް ނޫންތަ؟ އެކަކު އަނެކަކަށް އެހާވަރަށް ދަސްކޮށްފަވެސް ދުވަސްކޮޅެއް ނުވެ ވަރިވާން ޖެހެނީ ދަސްނުވާތީތަ؟ މުޅިންވެސް ޝައިޠާނުން، އިންސާނުން މަގުފުރައްދަން ދޭ ވަސްވާސް މީ” ޝައިޠާނާ ވަނީ އެކަންކުރާނެކަމަށް ވަޢުދުވެފައި.” ޝެއިޚްގެ ވާހަކަ ނުނިމި އުޅެނިކޮށް މެންދުރުގެ ކެޔުމަށް އިންސާފު ކުރުމަށް އެމީހުންގެ ގޮޅީގެ ދޮރު ހުޅުވިގެން ދިޔައެވެ.

ބޮޑު ކެންޓީނެއް ފަދަ އެ ތާނގައި ގައިދީންތަކުގެ އަޑުތަކުން ގުގުމާލާފައި ވެއެވެ. އެއްބަޔަކު އަނެއްބަޔަކަށް ވަކި ކޮށްފައިވި ފާރުތަކުގެ ތެރެއިން ނުކުމެވުމުން ދައްކާނެ ވާހަކަތައް ގިނަވީ ކަންނޭނގެއެވެ. އާންމުކޮށް މުގުރިހަޔާއި ބަތް ލިބޭ އެ މެންދުރުގެ އަވީގައި ކެޔުމަށް އިންސާފު ކުރަމުން އެދަނީ އެއްވެސް ތަފާތު ކުރުމެއް ނެތިއެވެ. ކުދިކުދި ކުއްވެރިންނުން ފެށިގެންގޮސް އެންމެ ބޮޑެތި ކުއްވެރިންވެސް މެއެވެ. މުޅީންވެސް މުސްލިމު މި ޤައުމަށް އުފަންވެފައިވާ މުސްލިމުންނެވެ. އެއްބަޔަކު އެމީހުންގެ ކުއްތަކަށް، ފާފަތަކަށް ތަޢުބާ ވެފައިވާ ހާލުގައި އެތަނުން ސަލާމަތްވާނެ ދުވަހަކަށް އިންތިޒާރު ކުރެޔެވެ. އަމިއްލަ މައިންބަފައިންގެ އަތުން ކައްކާ މީރު ކެޔުންތަކަށް އިންސާފު ކުރެވޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. އަނެއްބަޔަކު އެތައް ފަހަރަކު އެއް ކުށަކަށް އަރައިގަނެ ކުށެއް ކުރެވިފައިވާކަންވެސް އިހްސާސް ނުކުރެވޭ ހާލު ވަށައިގެންވާ ހުރިހާ ކަމަކަށް ފާޑު ކިޔަމުންދަނީ ކުއްވެރިޔަކީ އޭނާ ފިޔަވާ އެހެން އެންމެން ފަދައިންނެވެ. އަނެއްބަޔަކު އެ ތޭރިތަކުގެ ތެރޭގައި ސަލާމަތްކަމާއި އަމާންކަން އިހްސާސްވާ ހާލު އެތަނުން ނިކުތުމަށް ބޭނުމެއް ނުވެއެވެ.

މުޅީންވެސް އިންސާނުންނެވެ. ތަފާތަކީ އެމީހުންގެ ތަޖުރިބާއެވެ. އެތަޖުރިބާއިން ޚިޔާލަށާއި ވިސްނުމަށް އައިސްފައިވާ ބަދަލެވެ. އެ ބަދަލުން އެ މީހުންގެ ދިރިއުޅުން ބިނާކުރަނީ އެމީހުންނަށް ވިސްނޭ އެންމެ ރަނގަޅު ގޮތައް ކަމަށްވެސް ވެދާނެއެވެ. އެ ގޮތަކީ އަނެކާގެ ވިސްނުމާއި މުޅީންހެން ފުށުއަރާ ކަމެއްކަމުގައި ވަނީނަމަ އެފަދަ ދެބަޔަކު އެކީގައި އުޅެން އުނދަގޫ ވާނެއެވެ. އެ ބޮޑު ޖަލުތެރޭގައިވެސް އެފަދަ ކަންކަމުގެ ސަބަބުން އެތައް އަރާރުމަކާއި، މާރާމާރީއެއް ހިންގާ ދުވަސްތައް މަދެއް ނޫނެވެ.

މާހިލްގެ ތައްޓައް ކާތަކެތި އަޅައިގެން އައިސް ޝެއިޚް ކައިރީ އިށީނދެލީ ދެން އެތަނުގައިވާ އެހެން އެއްވެސް މީހަކީ އޭނާ ދުވަހަކުވެސް ވާހަކަ ދައްކާ ދެކި ފަރިތަ ބަޔަކައް ނުވާތީއެވެ. ކުޑަ ހިނދުކޮޅެއް ކުރިން ޝެއިޚް ދެއްކި ވާހަކަތައް މާހިލްގެ ސިކުޑީގައި ދައުރުވަނީ އެހެން ކަމަކަށް ސަމާލުކަން ދެވޭ ވަރަކަށް ނޫނެވެ. އެހެން ކަމުން ތައްޓައް ބަލަހައްޓައިގެން އިނދެވުނީ އެ ވިސްނުމުގެ ތެރޭގައެވެ. “މިތާގައިވަނީ މުޅިންވެސް ކުއްވެރިން. އިންސާނުންނަކީ ކުއްކުރެވޭނެ ބައެއް. ކުށައް ތަޢުބާވުމުން ﷲ ފާފަ ފުއްސަވާނެ ކަމައް އަންގަވާފައިވޭ. ބުއްދިވެރީންނަކީވެސް އެއީ.” ސިހުންވީ ޝެއިޚް ވާހަކަ ދައްކަން ފެށުމުންނެވެ.

އެވާހަކަތައް ވީ ޝެއިޚްގެ ކިބައިން މާހިލްއަށް ލިބުނު ފުރަތަމަ ނަސޭހަތަށެވެ. ދުވަހަކައްފަހު ދުވަހެއް ފާއިތުވަމުން ދިޔައީ ދީނުގެ ކަންކަން އޭނާއަށް ދަސްވެ، ހެޔޮ ވިސްނުން ވިސްނި، އެކީގައި ދިރިއުޅުން އިސްލާހް ކުރެވޭތޯ މަސައްކަތް ކުރެވެމުން ދިޔަ ދުވަސްތަކަކަށެވެ. ﷲގެ ހެޔޮ ރަޙްމަތުން އޭނާއަށް ތެދުމަގު ދެއްކެވީތީ އޭނާ ﷲ އަށް ޙަމްދު ކުރެއެވެ. އެއާއެކު އަބަދުވެސް ނާސިރުގެ އެ ލަނޑު އޭނާއަށް ލިބުނު ނިޢުމަތެއްކަން ހަނދާންވާ ކޮންމެފަހަރަކު ނާސިރަށާއި އެ އާއިލާއަށް ތެދުމަގު ދައްކަވާތޯ ދުޢާ ކުރެވެނީ އެކަމަށް ހިތުގެ އަޑިން ޝުކުރުވެވޭލެއް ބޮޑުކަމުންނެވެ. ޔަޤީނުންވެސް އޭނާ އެ ޖަލައް ނުލީނަމަ މިއަދުވެސް އޭނާ ވާ ހުށީ އަންހެންކުދިންގެ ދިރިއުޅުމާއި ކުޅެމުންދާ، އާވާރާވެފައިވާ އިންސާނަކަށެވެ.

…………..

އަރާމު ނިންޖަކުން ބޮޑު އެނދުގައި ނިދާފައި އޮތް ހިބާ ސިއްސައިގެން ދިޔައީ މީހަކު އައިސް ކަންފަތްކައިރީގައި ހަޅޭލަވައި ގަތުމުންނެވެ. ސިހިފައި ތެދުވެ ލޯ ބޮޑު ކޮށްލެވުނީ ކައިރީގައި ހެވިދިއްލިފައި އިން ލީޝާގެ މޫނު ފެނުމުންނެވެ. ހިބާވެސް ބަލާކައް ނީނދެ ހަޅޭކަކާއިއެކު، ދެއަތް ފުޅާކޮށްފައި ލީޝާ ގައިގައި ބައްދާލީ އެތައް ދުވަހަކަށްފަހު އެންމެ ގާތް އެއް އެކުވެރިޔާ ލޮލައް ފެނުމުންނެވެ. ލީޝާ ވެސް އޮސްޓްރޭލިއާގައި ޓޫރިޒަމް ކިޔަވަމުންދާތީ ދެކުދިން އެ ބައްދަލުވީ ގާތްގަނޑަކައް ދެ އަހަރު ފަހުންނެވެ. ލީޝާއަކީ ހިބާގެ ތިމާގެ ވެސް ކުއްޖެކެވެ. އަފޫދައްތަގެ ދޮށީ ދަރިއެވެ. އަފޫދައްތައަކީ މަންމަޔާއި އެއްބަނޑު އެއްބަފާ ދައްތަ އެކެވެ. މިއަދުގެ މެންދުރު ކެއުމަށް އިންސާފު ކުރުމަށް އެމީހުން އަންނާނެ ވާހަކަ މަންމަ އޮތީ ބުނެފައެވެ.

އެ ހަނދާންވުމުން މެންދުރުވެގެން ދިޔައީ ބާއޭ ހިތާ އަވަސް އަވަހައް ގަޑި ބަލާލެވުނީ ނަމާދު ނުކޮށް ހުރި ހަނދާން ވުމުންނެވެ. ގަޑިން އަދި ކިރިޔާ އެގާރަ ޖެހީއެވެ. އެޔާއެކު ލީޝާ ހީލާފައި ތަންކޮޅެއް ކުރިން އައީ ހަމަ ހިބާ ދެކިލާހިތުން ނުހުރެވިގެން ކަމަށް ބުންޏެވެ. ދެން ތިބި މީހުން އަންނާނީ އެކެއް ޖަހާކައްހާއިރު ކަމަށް ބުންޏެވެ. އެއާއެކު ދެކުދިން އެކަކު އަނެކަކާއި އެތައް ވާހަކަތަކެއްގައި ޝާމިލްވެގެން ތިބީ ވާހަކަ ހުސްނުވާ ދެމީހުން ފަދައިންނެވެ.

“ހާދަހާ ވާހަކަ ގިނައޭ ދޯ؟” ހުމާގެ އަޑައް ދެކުދިން ބަލައިލިއިރު ކުޅި ކާޖާ ތައްޓަކާއި ދެ ކޮފީ ތަށި ހިފައިގެން އައިސް ހުމާ އެ އެދެކުދިން ކައިރީގައި ބަހައްޓަނީއެވެ. ނީލާ ކެއްކުމުގައި ބިޒީ ކޮށް އުޅޭތީ މަންމަ ފޮނުވި އެއްޗެއްކަމަށްބުނެ އެ ބަހައްޓާފައި ހުމާ ނިކުމެގެން ހިނގައްޖެއެވެ. ހުމާގެ މޫނުމަތީގައިވާ ކުލަވަރުން ކަމެއް ގޯސްހެން ހިބާއަށް ހީވިއެވެ. އެ މޫނުމަތި ވަނީ އެއްކޮށް މިލާ މޯޅި ވެފައެވެ. ހީވަނީ ވަރަށް ގިނަ އިރު ރޮއެފާ ހުރުމުން މޫނުގައި ދުޅަކަމެއް ހުރި ހެންނެވެ. އަދި ކުރީގައި އެ ހުންނަ ޖޯޝާއި ފޯރިގަނޑެއްވެސް އެވަގުތަކު އެއަޑަކު ނެތެވެ. ނަމަވެސް ކައިރީގައި ލީޝާ އިނުމުން އެކަމާއި ބެހޭގޮތުން ސުވާލެއް ކުރަން ނުކެރުނުތާ ލީޝާ ދޫކޮށްލާފައި ހުމާ ކައިރިއަށް ދާކަށްވެސް ނުކެރުނެވެ. އަދި ކުރީ ދުވަހު ބޭރައްދިޔައީ ކާކާއެކުތޯ އަހަންވެސް ހިބާ ބޭނުމެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ގެވެހި އަތްނބަކަށް ވެވުނުނަމައެވެ.

Next

ބީވެދިޔައީ ދެލޮލުގެ ނޫރު އެކަންޏެއްނޫނެވެ

Next
November 11, 2018

ބީވެދިޔައީ ދެލޮލުގެ ނޫރު އެކަންޏެއްނޫނެވެ

Previews
November 10, 2018

ގެވެހި އަތްނބަކަށް ވެވުނުނަމައެވެ.

5 Comments!

  1. Faathii says:
    November 10, 2018 at 2:22 pm

    Assalaam alykum everyone. part 7 maadhamaa up kohdheynan. In Shah Allah. Have a good day..

  2. Haaf says:
    November 10, 2018 at 3:59 pm

    Thankolheh kury

    1. Faathii says:
      November 11, 2018 at 5:24 am

      Next part kudakoh dhigu kollaanan. In Shah Allah

  3. Ranko says:
    November 10, 2018 at 9:11 pm

    Masha Allah V reethi.

    1. Faathii says:
      November 11, 2018 at 5:26 am

      Jazaakillah. (May Allah reward you)
      🙂

Comments are closed.

Next Episodeއިމްތިޙާން (7ވަނަ ބައި)←


All Right Reserved!