އިސްމާޢީލް ޢަލީ ކަނދޮޅުދޫ ދަތް ހުރި ދުވަހު ކާށި ކެވޭތީ ފަޚުރުވެރި ވީމެވެ. މީހެއްގެ ޙައްޤަކަށް ނުބަލަންމެއެވެ. ބަދަހި ޢާއިލާތައް ރޫޅާލީމެވެ. އުފާ ބޭނުން ނަމަ ދަރިންކޮޅު ދޫކޮށްލަން ބުނީމެވެ. ފިރިމީހާގެ އަސާއަކަށް ނުވުމަށް ނަސޭހަތް ދިނީމެވެ. އަނބިމީހާ ހިތާމަ ކޮށް ކޮށް ހިކި އަނަރޫފަ ވެއްޖެއެވެ. އުފަން ދަރިންކޮޅަށް ރަޙުމެއްނުކުރެވުނެވެ. އޭނާގެ ހިތްވެސް ކިހާ ހިލަ ހެއްޔެވެ. އުފަން ދަރިންނާއި ފިރިމިހާ ދޫކޮށް އައުމަށް ރުހިއްޖެއެވެ. ބަތްތަށީގެ އެއްފަޅީން ކެއުމަށް ރުހިއްޖެއެވެ. ދެ ހަނދު އުދަވީ […]
ނޯޓް: މިއީ ޙަޤީޤީ ޙާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. ރަފާގެ ހަނދާން ހުންނަން ފެށިއިރުވެސް އޭނާގެ ބައްޕައެއް ނުހުރެއެވެ. އުޅެ ބޮޑުވީ މަންމަގެ ގާތުގައެވެ. ޚުދު ބައްޕަގެ ނަންވެސް ރަފާއަކަށް ނޭނގެއެވެ. އޭނާއަށް ނަން ދިންއިރު ބައްޕަގެ ނަން ނުދިނީވެސް އޭނާއަށް ބައްޕަ އޮޅުންފިލައިފާނެތީ ކަންނޭނގެޔޭ އޭނާގެ ހިތަށް އަރައެވެ. އޭނާ މަންމައާއި ބައްޕައާއި ބެހޭގޮތުން ސުވާލުކޮށްފިނަމަ މަންމަގެ ޙާލު ބޮޑުވެއެވެ. ރޮވެއެވެ. ރުޅި އާދެއެވެ. އެހެންކަމުން ރަފާއަށް މަޖުބޫރުވެފައިވަނީ ބައްޕަ ހޯދަން ކިތަންމެ […]
އަސުރަށްފަހު ޢަޒީޒް ދިޔައީ ހަވީރުއޮތް ޢީދު ހަރަކާތްތައް ބަލާލުމަށެވެ. ރަށްފުށުގެ މާޙައުލަކީ އޭނާއަށް ވަރަށް ކަމުދާ މާޙައުލެކެވެ. ނަމަވެސް އެތާނގައި އޭނާއަށް މާގިނަ ވަގުތަކު ހުރެވުނު ކަމަކަށް ނުވިއެވެ. އޭނާ މިރަށަށް އައީ ބޭނުމެއްގައެވެ. އެހެންކަމުން ފުރުމުގެ ކުރިޔަށް އެކަންތައް ނިންމުން އޭނާއަށް ވަރަށް މުހިއްމެވެ. ” ޢަޒީޒް… ޢަޒީޒްއާ ބައްދަލުކުރަން މީހަކު އައިސް އެބަހުރި… ދުރުވަންވީނޫންތޯ؟؟…” ގެޔައް ދިޔުމަށް ހިނގައިގަތް ޢަޒީޒް މަޑުޖެހުނީ އޭނާގެ އެކުވެރިއެއްކަމުގައިވާ ޢިސްމާޢީލް ގޮވާލުމުންނެވެ. ” އަހަރެންނާ ބައްދަލުކުރަންށޭ… ކާކުތަ؟؟ އަހަރެން […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ އަންހެނުންގެ ކޮއްކޮ އެކަނި ހުރި ވަޤުތެއްގައި އަހަރެން ކޮށްލި ކުޑަކުޑަ ސަމާސާ ވިހަވާނެކަން އަހަރެންނަށް އެގޭނީ ކިހިނަކުން ހެއްޔެވެ؟އެ ސަމާސާއާއި ކޮއްކޮ ވަރަށް ގަޔާވިއެވެ.އޭގެފަހުން އެފަދަ ސަމާސާތަކަށް އެދެމުންގޮސް ސަމާސާ ބޮޑުވެ އެންމެ ފަހުން ވިހަވީއެވެ. ކަޅިރަވަތޫނު ހުޝިޔާރު އެއަންހެންކުއްޖާއަކީ ކާވެނީގެ ސަބަބުން ކާވެނި ޙަރާމުވާ ކުއްޖެއްކަން އަހަރެން ހިތަކަށްނޭރިއެވެ.ބަދަހި ޢާއިލާ ބައިބައިވެ މައްސަލަތައް އުފެދި ލޯބިލޯބި ކުދިންކޮޅު ބިކަވެ ހިތާމަތަކެއްކުރާނެކަން އެއްގޮތަކަސްވެސް ޚިޔާލަށް ނުގެނެވުނެވެ.ޤަދަރު ގެއްލި ބޮޑު ލައްގަޑެއް ޖެހިގެންދާނެކަމެއް ނުވިސްނުނެވެ.އަހަރެން […]
” އެހެންވެއޭ އަހަރެން މިބުނީ އަހަންނަކަށް ނޭންގެޔޭ އުލްވީއަށް ރިހާމް ކަމުދާކަމެއް.. އެނަން ފެނުނީމަ ތިއޮތް ވީވަރެއް ދޯ އެކަމް..” ކިޔާން ބޭނުންވީ އުލްވީއާއި ދިމާކުރާށެވެ. ” އަހަރެން ނުބުނަމެއްނު އަހަންނަށް އޭނަ ކަމުދެޔެކޭ.. އެހާ ދުވަސް ފަހުން ދެން ދަންނަ މީހެއްގެ ނަމެއް އިވުނީމަ ކޮންމެސް އެއްޗެކޭ ހިތަށް އަރާނެއެއްނު..” އުލްވީ ބުނެލިއެވެ. ” ހޫމް ދެން ތިހެން ކިޔާ..” އުލްވީގެ ކެބިންއިން ނިކުންނަމުން ކިޔާން ބުނެލިއެވެ. ކިޔާން ދިޔުމުން އުލްވީވެސް އޭނާގެ މަސައްކަތާއި ވެގެން […]
މާހިލް ކިތަންމެ ނުވިސްނަން އުޅުނު ނަމަވެސް އޭނާގެ ސިކުނޑިން ހިބާގެ ހަނދާންތަކާއި ދުރުވެވޭ ގޮތެއް ނުވިއެވެ. އޭނާ މީހަކާއި އިނދެ އަމިއްލަ ދިރިއުޅުމެއް ފަށަން ބޭނުންވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް ބޭނުންވާ ކަހަލަ އަޚްލާޤް ރަނގަޅު ދީންވެރި ކުއްޖަކާއި ދިމާނުވިއެވެ. އޭނާގެ ބައްޕަ ގާތުގައިވެސް އެއްފަހަރު އެވާހަކަ ދައްކާފައިވަނީ ބައްޕައަށް ކަމުދާ ރަނގަޅު ކުއްޖަކު ހުރެދާނެ ކަމަށެވެ. އެހެން ނަމަވެސް ބައްޕަވެސް އެކަމާއި އުޅޭ ހެނެއް ހިޔެއް ނުވެއެވެ. ހިބާ ޔަކީ ކުރިންވެސް ދީނާއި […]
އެކުގައި ވާން ބޭނުމެވެ. އިސްމާޢީލް އަލީ،ރ.ކަނދޮޅުދޫ ހިތުންނުފިލާތީ އަބަދު އެކުގައި ވާން ބޭނުމެވެ. އެހެން މީހަކާއިއެކު ގުޅުން ބާއްވަފާނެތީ ހިތްތެޅެއެވެ. ތިޔަނަން އަބަދު ކިޔޭ ތަސްބީޙައަކަށް ވެއްޖެއެވެ. ތިޔަނަން އަބަދު ފޮޅުވަތެއްހެން ލިޔެވެނީއެވެ. ޚަބަރެއް ވާނެކަމަށް އަބަދު އިންތިޒާރު ކުރެވެނީއެވެ. ހަނދާން އާވާ އެއްޗިއްސާއި ދުރު ނުވެވެނީއެވެ. ޖިންސުގެ ޖީބު ބާލީހުއުރާގައިވަނީ ހަރުކުރެވިފައެވެ. ކަލާގެ ފޮޓޯ އަލްބަމް ވިރުދަކަށް ވެއްޖެއެވެ. ކަލާގެ ބަލައިލުން އުފާވެރިކަމުގެ ނާނާ އަޅުވާލައެވެ ކަލާގެ މަސްތީ އަޑު ލިބުމުން ހިތްއަވަސްވެއެވެ. ކަލާގެ ގާތް […]
އެއީ އަހަރެންގެ އުމުރުން އެންމެ ބާރަ އަހަރުގައި އެވެ. ބޭސްފަރުވާއަކަށް އަހަރެންގެ މަންމަ އާއި ބައްޕަ އިނޑިއާއަށް ދިޔައީ އަހަރެން ބޮޑުދައިތަ ކަައިރީ ރަށުގައި ބަަހައްޓާފައި އެވެ. ތަޤުދީރުގައި ކަން އެހެން ވާން ލިޔުއްވާފައި އޮތްކަން އަހަރެންނަށް ކުރިން އެނގުނު ނަމަ އެ ހަޑި މުޑުދާރު އަމަލުން ރެކުމަށް މަންމަމެންނާއި އެކު ދިޔައީމުހެވެ. އާއެކެވެ. ގަދަކަމުން އަހަންނަށް ބެހުނީ ދުރު މީހެއް ނޫނެވެ. މިބުނާ ބޮޑުދައިތަގެ ފިރިމީހާއެވެ. ކުޑަކުޑަ އަހަރެން އެ ބިޔަ މީހާ ކައިރީން ސަލާމާތްވާން […]