Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާނަމޭ އުމުރަށް އެކީ ޖާނާ ( 4 ވަނަ ބައި )

Maayu Level 2100 Login10 Stories
November 19, 2018 4 Mins Read
7 Comments

އަސުރަށްފަހު ޢަޒީޒް ދިޔައީ ހަވީރުއޮތް ޢީދު ހަރަކާތްތައް ބަލާލުމަށެވެ. ރަށްފުށުގެ މާޙައުލަކީ އޭނާއަށް ވަރަށް ކަމުދާ މާޙައުލެކެވެ. ނަމަވެސް އެތާނގައި އޭނާއަށް މާގިނަ ވަގުތަކު ހުރެވުނު ކަމަކަށް ނުވިއެވެ. އޭނާ މިރަށަށް އައީ ބޭނުމެއްގައެވެ. އެހެންކަމުން ފުރުމުގެ ކުރިޔަށް އެކަންތައް ނިންމުން އޭނާއަށް ވަރަށް މުހިއްމެވެ.

” ޢަޒީޒް… ޢަޒީޒްއާ ބައްދަލުކުރަން މީހަކު އައިސް އެބަހުރި… ދުރުވަންވީނޫންތޯ؟؟…” ގެޔައް ދިޔުމަށް ހިނގައިގަތް ޢަޒީޒް މަޑުޖެހުނީ އޭނާގެ އެކުވެރިއެއްކަމުގައިވާ ޢިސްމާޢީލް ގޮވާލުމުންނެވެ.

” އަހަރެންނާ ބައްދަލުކުރަންށޭ… ކާކުތަ؟؟ އަހަރެން ދަންނަ މީހަކަށް މިރަށު ހުންނާނީ ޢިސްމާއީލް އެކަންޏެއްނު؟؟.. ގެން ކާކުތަ އައީ؟؟..” މީހަކު އޭނާއާ ބައްދަލުކުރަން އައުމުން ޢަޒީޒް ހައިރާންވިއެވެ.

” އެއީ އަހަރެންގެ ރައްޓައްސެއް… ޔާސިރު ކިޔަނީ… ޢަޒީޒްއައި ބޭނުން ބުނުމުން އޭނަ ބުނީ އެކަން ކޮއްދީފާނަމޭ.. އެހެންވެ…” ޢިސްމާޢީލް ޖަވާބުދިނެވެ.

” މައްސަލައެއް ނެތް.. ހިނގާ ދަމާ ދޯ ތިމީހަކާ ބައްދަލުކުރަން… ފުރުމު ކުރިޔަށް މިކަންތައް ނިންމާލަން އަހަރެންވެސް ބޭނުން…” ޢަޒީޒްއަށް އެހީވާނެ މީހެއް ވުމުން ޢަޒީޒް ބޭނުންވީ އެމީހަކާ ބައްދަލުކޮށް އަވަހަށް މިކަން ނިންމާލައި ފުރާށެވެ. އޭނާގެ ވިޔަފާރީގެ ކަންތައްތައް ބެލުމަށް އޭނާ ވަނީ ވަރަށް އަވަހަށްފުރަން ޖެހިފައެވެ. ނަމަވެސް އައި ބޭނުން ނިންމާފައި ނޫނީ ނުފުރަން އޭނާ ހުރީއެވެ.

*****************************************************

” މޭއީ.. ބަލާބަ އޭނަ މޭއީއަށް ބަލާވަރެއް… ހީވަނީ ސްކޭންއެއް ކޮއްލަނީހެން.. އެއީ ކާކުތަ؟؟ ހާދަ ހޮޓް ކުއްޖެކޭ.. މޭއީއަށް ހިއްކީ ކަންނޭގެ އޭނަ.. ބާލާގޮތުންވެސް ހާދަ ހީވެޔޭ.. މޭއީ ބަލާބަ.. އައި ތިންކް ޔޫ ވުޑް އޯލްސޯ ފޯލް ފޮރ ހިމް އެޓް ފަރސްޓް ސައިޓް… ” ހަރަކާތްތައް އޮތް ސަރަހައްދަށް ދިޔައިއްސުރެ މީހަކު ކަޅިޖަހާނުލައި މައިރާއަށް ބަލަމުން ދިޔަކަން ޒީޝާއަށް ފާހަގަވިއެވެ.

” ޒީޝް.. އަޅާނުލާބަ.. ބަލާނެވަރަކަށް ބަލާނެއެއްނު.. އައި ޑޯންޓް ކެއަރ… ޕްލަސް ޒީޝް ތިހުރީ ބަލާކަށްނު.. ސޯ ބެޓާ ޔޫ ފޯލް ފޮރ ހިމް… ” މީހަކު ބަލައޭ ބުނުމުން މައިރާ ވީ ފޫއްސެވެ. އެއީ އޭނާއަށް އާ ކަމެއް ނޫނެވެ. ކޮންމެ ތާކަށް ދިޔަސް މީހުންގެ ބެލުންތައް އޭނާއަށް އަމާޒުވާކަން މައިރާއަށް އެނގެއެވެ. ނަމަވެސް މައިރާއަށް ނޭނގުނު ކަމަކީ އެޒުވާނާގެ ހިތް ހަމަ އަސްލަށްވެސް މައިރާއަށް ދީފި ކަމެވެ. އޭނާގެ ހިތުގައި މައިރާއަށްޓަކައި އާ ވިންދެއް ޖަހަންފެށި ކަމެވެ.

**************************************************

” ހޭއި ޕްރިޓީ ގަރލް.. ހާދަ އެކަނިވެފަ… ކޮމްޕެނީއެއް ދޭނަވީތަ އަހަރެން…” ސަނާޝް ސިއްސައިގެން ދިޔައީ މީހަކު އައިސް އޭނައާ ވާހަކަ ދެއްކުމުންނެވެ. ރުޅިއައިސްގެން އޭނާއާ ދިމާލަށް ބަވާލަން އިސްއުފުލާލި ވަގުތު ހުރިހާ ދޫ ތަޅުލެވުނު ކަހަލައެވެ. އޭނާފެނި ސަނާޝް ބަސް ހުއްޓުނެވެ. އެހާ ރީތި ކުއްޖަކު އަދި އޭނާ ދުވަހަކުވެސް ނުދެކެއެވެ. ވާހަކަދައްކަން ބޭނުންވިޔަސް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. މުޅި މީހާ ހުރީ ފިނިވެފައެވެ.

އެ ޒުވާނާއަށް ވެސް ވީ ހަމަ ސަނާޝްއަށް ވީ ވަރެވެ. ސަނާޝް ފެނުމުން އޭނާއަށް ވަމުންދިޔައީ ކީއްކަމެއް ޅުދު އޭނާއަށްވެސް ނޭނގެއެވެ. އެހާ ފުރިހަމަ ކުއްޖަކު އޭނައާ މިހާތަނަށް ދިމާވެފައެއް ނެތެވެ. އެކިތަންތަނަށް ދަތުރުކޮށް ހެދިއިރުވެސް މިކަހަލަ ކުއްޖަކާ އަދި މި ދިމާވީއެވެ. ސަނާޝްގެ އެތޫނު ދެލޮލުގެ ތެރެއަށް ގެނބިގެންދާން އޭނާބޭނުންވީ ކީއްވެކަމެއް ޚުދުއޭނާއަށްވެސް ނޭނގެއެވެ.

” އޭ ބްރޯ..ހިނގާ ދާން.. ފުރާ ގަޑި ޖެހެނީއޭ.. ޕެކް ވެސް ނުކޮށް މިތިބީ…….. ބްރޯ… ކޮންތާކަށް ގެއްލިފަ.. އަދިވެސް ބުނޭ އަހަންނޭ އެހެންދުނިޔެއަކަށް ގޮސްގެން އެޅުނީ..”

” ސޮރީ ޕްރިޓީ ގާރލް… އައި ގޮޓަ ގޯ… ހޯޕް ދެޓް އައިލް މީޓް ޔޫ އިން ފިއުޗަރ.. ބާއި…”  އެޒުވާނާ ސިހުނީ އޭނާގެ ބޭބެ ގޮވާލުމުންނެވެ.. އެހެންވެ އަވަހަށް އެދިމާލަށް ދިޔައީ ސަނާޝްއާ ދިމާލަށް އަދިވެސް އެއްފަހަރު އެއްޗެކޭ ބުނެލާ ވަދާޢު ކިޔުމަށްފަހުގައެވެ.

” ސޮރީ ބްރޯ.. އައި ޖަސްޓް ފައުންޑް ދަ މޮސްޓް ބިއުޓިފުލް އެންޑް ކިއުޓެސްޓް ގާރލް އިން ދަ ވޯރލްޑް…” ޚިޔާލަކަށް ގެއްލިފަހުރެ އެޒުވާނާ ވާޙކަ ދެއްކިއެވެ.

” ހޫން ހޫން.. ކިޔަވާށޭ ބުނީމަ އަންހެން ކުދިން ފަހަތުން ދުވަނީ ދޯ.. ސާބަސް ކޮކީއަށް… ދޮންބެ އުޅޭހެން އުޅޭށޭ ބުނެފީމެއްނު… ”

” ޔާ.. ކިޔަވައި ނިންމާފަ އަންނާނީ އެ ޕްރިޓީ ގާރލް ހޯދަން ދޯ…”

ދެމީހުން ވާހަކައިގައި ތިބެ ގެޔަށް ގޮސް އަވަހަށް އެއަރޕޯޓަށް ދިޔުމަށް މިސްރާބު ޖެހިއެވެ. ކިތަންމެ މަޑުކުރަން ބޭނުންވިޔަސް މަންމަގެ އެދުމަށް ފުރަގަސް ދޭން ބޭނުންނުވާތީ ދެމީހުންވެސް އަވަހަށް ފުރަނީއެވެ.

***************************************

“އައްސަލާމަ އަލައިކުމް…. ޔާސިރު އުޅުއްވާތޯ؟؟..” ޢަޒީޒް އަށް ދީފައިވާ އެޑްރެހަށް ގޮސް ސަލާމް ގޮވާލިއެވެ.

” ވަޢަލައިކުމުއްސަލާމް… އަޅުގަނޑު މީ ޔާސިރު.. ޢަޒީޒް ދެއްތޯ… ވަންނަވާ…” ޔާސިރު ނުކުމެ ސަލާންބަލައިގަތެވެ.

” ޢިސްމާއީލް ބުނި ޔާސިރު އަޅުގަނޑަށް އެހީތެރިވެދޭނެކަމަށް ބުނެފައިވާ ވާހަކަ.. އަޅުގަނޑު މިރަށަށް އައި ބޭނުން ޔާސިރުއަށް އޮންނާނީ އެނގިފައި… އަޅުގަނޑު ބޭނުން ވީހާވެސް އަވަހަށް މިކަންތައް ނިންމާލަން….” ޢަޒީޒް އައި ބޭނުން ބުނެލިއެވެ.

” އަޅުގަނޑުވެސް ބޭނުން މިކަންތައް ވަރަށް އަވަހަށް ނިންމާލަން.. އެހެންވެ ޢަޒީޒްއާ ބައްދަލުކޮއްލަން ބޭނުންވީ… ޢަޒީޒްގެ އާނބަސް ލިބުނީމަ ހަމަ ނިންމަންވީ ހުރިހާކަމެއްވެސް…”

” ކޮބާތޯ ތިބުނާ ކުއްޖަކީ… އާނބަސް ދެވޭނީ އޭރަކަށް ނޫންތޯ؟؟…”

” އަޅުގަނޑުދެ ދަރިފުޅު މައިރާގެ ވާހަކަ މިދައްކަނީ… އަޅުގަނޑަށް އެނގޭ އުމުރުގެ ފަރަގަ ހުރިކަން.. އެކަމަކު އަޅުގަނޑުގެ ދަރިފުޅަކީ އަޚުލާގު ރަނގަޅު ގެވެހި ކުއްޖެއް.. މިދިޔަ އަހަރު މަތީ ސާނަވީ އިމްތިހާނު ހެދީ… ކިތަންމެ މަސައްކަތެއް ކުރިޔަސް ކިޔެވުމަކަށް އެހާ ރަނގަޅެއް ނޫން.. އެހެންކަމުނ ްރަނގަޅު ބައިވެރިޔަކު ހޯދައިދިނުމަކީ ނުލާހިކު އުނދަގޫ ކަމެއް.. މިހާޜު އެންމެންވެސް ބޭނުންވަނީ ކިޔަވައިގެން ތިބި އަނބިން.. ރިތި އަޚްލާގަކީ އެމީހުންނަށް މުހިއްމު އެއްޗެއް ނޫން… ޢަޒީޒް ވެސް ބޭނުންވަނީ އަޚްލާގު ރަނގަޅު ޞާލިޙު އަތްބެއް ނޫންތޯ….” ޔާސިރު މައިރާގެ ދިރިއުޅުން ހަލާކުކޮއްލަން ކުރަން ޖެހުނު ކޮންމެ ކަމެއްވެސް ކުރާނެއެވެ. ޢޒީޒް ރަށަށް އައި ބޭނުން އިގުނު ދުވަހުން ފެށިގެން އޭނާ ރާވަމުން ދިޔައީ މައިރާއާ ޢަޒީޒްއާ ދެއްވާނެ ގޮތަކާމެދުގައެވެ.

” ޔާސިރުގެ ދަރިފުޅު އެއްބަސްވެއްޖެތޯ؟؟… އޅުގަނޑު ބޭނުމެއް ނޫން މީހަކަ ގަދަކަމުން އިންނާކަށް.. އެހެން ނޫނަސް މީހުން ކީކޭތޯ ކިޔާނީ އަޅުގަނޑު ޔާސިރުގެ ދަރިފުޅާ ކައިވެނި ކޮއްފިއްޔާ…”

” މީހުން އަބަދުވެސް އެއްޗިހިކިޔާނެ.. އެއެއްޗިހި ކިޔުންތަކެއް އަޅުގަނޑުމެންނަކަށް ނުހުއްޓުވޭނެ.. ޢަޒީޒް ބޭނުން ވާނަމަ މައިރާ ގޮވައިގެން ގޮސް ކައިވެނި ކުރިޔަސްވެސް އަޅުގަނޑަށް މައްސަލައެއް ނެތް..”

” އަޅުގަނޑު ބޭނުން ތިކުއްޖަކާ ބައްދަލުކޮއްލަން.. އެގެ ފަހުނ ގޮތެއް ނިންމޭނީ… އެންމެ ރަނގަޅުތޯ އެގޮތް..”

ޔާސިރު ކިތަންމެ ބޭނުން ނުވިޔަސް ޖެހުނީ ޢަޒީޒްގެ ނިންމުމާ އެއްބަސް ވާށެވެ. ނަމަވެސް އޭނާ ވިސްނަމުން ދިޔައީ މައިރާ އަނބުރައި ގެޔަށް ގެންނާނެ ގޮތަކާ މެދުގައެވެ. ހަމަ ގޮސް ބުނެލާއިރަށް އެންމެންނަށް ޝައްކުވާނެކަން ޔަޤީނެވެ.

” އަންނަ ހަފްތާ ހޯމަ ދުވަހުގެ ރޭ ދުރުވާވްވީ ނޫންތޯ.. ބަންދު ނިމޭނެއެއްނު އޭރަށް ވާއިރަށް.. މިދުވަސްކޮޅު އޭނާގެ ރައްޓަހިންނާއެއްކޮށް މަޖާކޮއްލާ ދުވަސްކޮޅެއްވީމަ.. އެގޮތް ކިހިނެއްވާނެތޯ؟؟..” ޔާސިރު ބޭނުންވީ މައިރާ ހައްލާލައިގެން ގެއަށް ގެނައުމަށް ކުޑަދުވަސްކޮޅެކެވެ.

” އެންމެ ރަނގަޅު.. އަޅުގަނޑު ދެން ދަނީ..” ޢަޒީޒް ޔާސިރުއާ ސަލާމް ކޮއްލުމަށްފަހު ގެޔަށްދާން ހިގައިގަތެވެ. އޭނާއަށް މިކުރެވެން އުޅޭ ކަންތަކާ މެދު ވިސްނަމުން ދިޔައެވެ. އޭނާގެ ހިތް ބުނަނީ މިކުރެވެނީ ގޯސް ކަމެއް ކަމުގައެވެ. ނަމަވެސް އޭނާގެ ސިކުޑި ބުނަމުން ދިޔައީ މިއީ ރަނގަޅު ކަމެއް ކަމުގައެވެ. ކޮންމެއަކަސް ޢަޒީޒްގެ ބޮލަށް ދިޔައި ބާރުވަމުންނެވެ. މި ވިސްނުންތަކާ ދުރުވުމަށް އޭނާ ގަސްދުކުރީ ނިދާލުމަށެވެ. އެހެންކަމުން ގެޔަށްގޮސް ނިދަން އޮށޯވެތީ ސިކުނޑިއަށް ލުއި ކަމެއް ގެނައުމަށްޓަކައެވެ.

*****************************

ހަވީރު އަތިރިމަތިން އައިއްސުރެ ސަނާޝް އެއޮންނަނީ އެޒުވާނާގެ ޚިޔާލުގައެވެ. އެއި ކާކުކަން ހޯދަން ސަނާޝް ވަރަށް ބޭނުމެވެ. ނަމަވެސް ހޯދާނެ ގޮތެއް ނޭގެއެވެ. އެންމެ ކުޑަމިނުން އެޒުވާނާގެ ނަމެއްވެސް އިގެނީކީ ނޫނެވެ.

” އޭ އަންހެނާ ކޮން ޚިޔާލެއްގަ….” ސަނާޝްގެ މިޒާޖަށް އައިސްފައިވާ ބަދަލު ފާހަގަވުމުން މައިރަ އަހާލިއެވެ.

” ކީކޭ؟؟ ނާޝް ކާކުގެ ޚިޔާލެއްގަތަ އޮންނަން.. ނާޝް ހަމަ އޮތީއޭ…” ސަނާޝް އަވަހަށް ނޫން ކަމަށް ހަދާލިއެވެ.

” ބަލަ މޭއީ ބުނެފިންތަ މީހެއްގެ ވާހަކަ.. މިހާރު ޔަޤީންވެއްޖެ ތިއޮތީ ކޮންމެވެސް މީހެއްގެ ޚިޔާލެއްގަ ކަން… ޓެލްމީ… އެހެންނޫނީ.. ބޮޑުދައިތަ ގާތު ބުނާނަން ނާޝް ގެ ހިތް މީހަކަށް ދިން ވާހަކަ..” މައިރާ އިންޒާރެއް އަޅާލިއެވެ.

” ހަހް.. ތިހާވަރު ނުވިޔަސް ބުނެފާނަމޭ.. ބުނަންށޭ ހުރީ… ”

” ދެން ބުނަންވެއްޖެއެއްނު އޭރަށް…”

” އެއީ މިއަދު އަތިރިމަތިން ދިމާވި ކުއްޖެއް… ވަރަށް ރީތި ކުއްޖެއް.. ހީ ވޯސް ސޯ ހޭންޑްސަމް… އެންޑް ވަރަށް ރީތި އަޑެއް އިންނަ ކުއްޖެއް.. އައި ވޯންޓު ނޯ ހޫ ވޯސް ހީ.. ބަޓް އައި ކާންޓް..”

” އެ ކީއްވެ؟؟ ”

” ނާޝްއަށް ނުކެރުނު އޭނައާ ޓޯކް ކުރާކަށް.. ބަޓް އޭނަ ނާޝްއާ ޓޯކް ކުރި… އެގަޑީގަ އޭނަ ދޮންބެ ގޮވީމަ ފުރަންދަނީއޭ ކިޔާފަ ދިޔައީ.. ބަޓް ބުނި ފަހުން ދިމާވާނެ ކަމަށް އުއްމީދުކުރާ ވާހަކަ..” ސަނާޝް މިއަދު ހަވީރުގެ ހާދިސާ މައިރާއަށް ކިޔާދިނެވެ.

” އޯހ.. މޭއީގެ ނާޝްވެސް ބޮޑުވެއްޖެދޯ… ބަޓް ޑޯންޓް ތިންކް އެބައުޓް އިޓް އިނގޭ.. ކިޔަވާ ނިންމާފަ އެކަހަލަ ކަމަކާ ވިސްނާނީ.. ޔޫ ހޭވް އަ ފިޔުޗަރ އަހެޑް.. އޯކޭ…” ކޮއްކޮއަކަށް ވިސްނައިދޭފަދަ ގޮތަކަށް މައިރާ ސަނާޝްއަށް ވިސްނައިދިނެވެ.

” ލައްބަ ނާޝްގެ މަންމާ.. ކޮން އިރަކުން މޭއީގެ ރިސަލްޓް ލިބެނީ… ”

” ސަންޑޭގަ.. ނާޝް ދާނަން ދޮ މޭއީއާއެކު..”

” ޔާ.. ހިނގާ ނިދަން.. އަމް ވެރީ ސްލީޕީ…”

 

 

Share Article

Follow Me Written By

Maayu

Level 2100 Login10 Stories

Other Articles

Previous

ތިބާ އާއި ނަމާދު

Next

ހަދިޔާ (އެއްވަނަ ބައި)

Next
November 19, 2018

ހަދިޔާ (އެއްވަނަ ބައި)

Previews
November 19, 2018

ތިބާ އާއި ނަމާދު

7 Comments!

  1. Maayu says:
    November 19, 2018 at 3:23 pm

    Srry readers ehaa lahun up kohdhevunyma.. Hope you’ll like this part… And Thnkiu all for your support…

  2. Ree?reena says:
    November 19, 2018 at 10:29 pm

    Vara salhi den ana part avaha up koladyba plzzz???

    1. Maayu says:
      November 20, 2018 at 8:23 am

      Thnkiu Ree❤❤ Insha Allah v avahah up kohdheynan…

  3. Reet says:
    November 19, 2018 at 10:59 pm

    English bass thah dhivahi bass thakah badhalu kohgen vaahaka liyun muhimmu kameh. Vaahaka ga ulhany Dhivahin. Aslu dhivahi vaahaka akah nubehteene ehen bass beynun kurumun dhaairu. Dhivahi n hifahatan y dhivahi bass. Ok. V bodah faadu kiyunee ma sorry. V gina farath thakah buna vaahaka eh mi. English vaahaka ga dhivahi bass beynun kohfaa hutta feneythoo?

    1. Maayu says:
      November 20, 2018 at 8:22 am

      Thnkiu Reet… Will try to reduce english word… Hunna mistakes thah abadhuvx faahaga kohdheyne kamah ummeedhu kuran…

    2. Aalaa says:
      November 21, 2018 at 7:00 pm

      Reet I know that u are telling the truth n I agree with u .. bt I think u will also know writers are writing story in the present not in past.. in present most of the youths talk in English … So writer can use English words as well.. btw mayyu
      Story is very nice

  4. Maayu says:
    November 22, 2018 at 3:38 pm

    Thnkiu sooo much Aalaa❤❤???

Comments are closed.


All Right Reserved!