Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

އިމްތިޙާން (11ވަނަ ބައި)

Faathii Level 410 Stories100 Comments100 Login
November 19, 2018 5 Mins Read
15 Comments

މާހިލް ކިތަންމެ ނުވިސްނަން އުޅުނު ނަމަވެސް އޭނާގެ ސިކުނޑިން ހިބާގެ ހަނދާންތަކާއި ދުރުވެވޭ ގޮތެއް ނުވިއެވެ. އޭނާ މީހަކާއި އިނދެ އަމިއްލަ ދިރިއުޅުމެއް ފަށަން ބޭނުންވެފައި ހުންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް ބޭނުންވާ ކަހަލަ އަޚްލާޤް ރަނގަޅު ދީންވެރި ކުއްޖަކާއި ދިމާނުވިއެވެ. އޭނާގެ ބައްޕަ ގާތުގައިވެސް އެއްފަހަރު އެވާހަކަ ދައްކާފައިވަނީ ބައްޕައަށް ކަމުދާ ރަނގަޅު ކުއްޖަކު ހުރެދާނެ ކަމަށެވެ. އެހެން ނަމަވެސް ބައްޕަވެސް އެކަމާއި އުޅޭ ހެނެއް ހިޔެއް ނުވެއެވެ. ހިބާ ޔަކީ ކުރިންވެސް ދީނާއި ދުރު އިރުވެސް އަޚްލާޤް ގޯސް ކުއްޖެއް ނޫނެވެ. އެހެންކަމުން އަދި މިހާރު ދީނާއި އެއްގޮތައް އުޅެން ފެށުމުން އޭނާވާނީ މާހިލް ބޭނުންވެގެން އެއުޅޭ ފަދަ ކުއްޖަކާކަން ކަށަވަރެވެ. މާހިލްގެ ހިތުން ހިބާގެ ނަން މިވީހާތަނަށް ދުވަހަކުވެސް ފިލައިގެން ނުދެއެވެ. އޭނާއަށް ތެދުމަގު ލިބެން މެދުވެރިވީ ހިބާގެ ސަބަބުންކަމަށްވާތީ ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް ކުރިން ހަނދާންވާ ކޮންމެ ފަހަރަކު އޭނާއަށް ހެޔޮ ދުޢާ ކޮށްލާފާއި ނިންމާލަނީއެވެ. ނަމަވެސް މިހާރު ހިބާގެ ހަނދާންތައް އޭނާގެ ސިކުނޑިއާއި ކުޅެނީ އެހެންކަމަކަށް ވިސްނަން އުނދަގޫވާ ވަރަށެވެ.

މާހިލް ވިސްނަމުން ދިޔައީ ހިބާގާތު މާފައްއެދި އޭނާގެ އުޅުން އިސްލާހު ކޮށްފައިވާކަން ސާބިތު ކޮށްދޭނެ ގޮތަކާއިމެދުއެވެ. އަދި ކައިވެންޏައް އަހާނެ ގޮތަކާއިމެދުއެވެ. ހިބާ އާއި ނާސިރު އެކަމާއި ޤަބޫލުވާނެކަން ނުވަތަ ނުވާނެކަންވެސް ދެނެވޮޑިގެންވާނެ ފަރާތަކީ ހަމައެކަނި ﷲ އެވެ. ބޭނުންވާ ރަނގަޅު ކަންކަމަށް މަސައްކަތް ކުރަން ޖެހޭނެ ނޫން ހެއްޔެވެ؟ ކާމިޔާބު ލިބޭނީ އޭރުން ވިއްޔާއެވެ.

ހިބާ އޮންލައިންކޮށް ކިޔަވަމުން ލިބޭ އިތުރު ވަގުތުތައް ހުސްކުރަމުން ދިޔައީ އެން.ޖީ.އޯގެ މަސައްކަތް ތަކުގައެވެ. އެގޮތުން ބައެއް ފަހަރު އެކި އެކި ޓީވީ އަދި ރޭޑިޔޯ ޗެނަލްތަކަށް އެމީހުންގެ އިވެންޓް ތަކާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ދާން ޖެހެއެވެ. މާހިލްގެ ނަސީބު އަތުގައި ހިފީ އެކަހަލަ ދުވަހެއްގައެވެ. ޕީ.އެސް.އެމް ޗެނަލްގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި އެމީހުންގެ އިވެންޓާއި ބެހޭގޮތުން މަޢުލޫމާތު ދެނިކޮށް މާހިލްއަށް ފެނުނެވެ. އޭނާ ނިންމީ އެ ފުރުސަތުގެ ބޭނުން ހިފާށެވެ. އެހެންކަމުން ހުކުރު ދުވަހެއްގެ ހަވީރުހައި ކުޑަކުދިންގެ ބަގީޗާގައި އޮތް އެ އިވެންޓައް އޭނާ ދިޔައީ ހިބާއާއި ވާހަކަ ދައްކާލާނެ ފުރުސަތެއް ލިބޭތޯއެވެ.

މާހިލް ބަގީޗާގެ އެކި ހިސާބުތައް ހޯދަމުން ދަނިކޮށް ހާއްސަ އެހީއަށް ބޭނުންވާ ކުޑަކުދިންތަކެއްގެ ތެރޭގައި އެކުދިންނާއި ސަކަރާތްޖަހަން ހިބާ ހުރިތަން ފެނުނެވެ. ބައެއް ބެލެނިވެރިންވެސް ހިބާގެ ވަށައިގެން އެކިކަންކަމުގައި އުޅެމުންދާތީ ފެނެއެވެ. އެހެން ކަމުން މާހިލް ހިބާއަށް ނުފެންނާނޭހެން އޭނާގެ ފަހަތުން ގޮސް ހިބާގެ ގާތުގައި ހުއްޓުނެވެ. އަދި ހިބާ ވާހަކަ ދައްކަމުންދިޔަ ކުއްޖާ ކޮލުގައި ހިފާލާ ލޯބި ކޮށްލިއެވެ. ހިބާ ހީކުރީ އެކުއްޖާގެ ގާތްމީހެއް ކަމަށެވެ. ނަމަވެސް އެނބުރި ބަލާލިތަނުން މާހިލް އެހާ ގާތުން ފެނުމުން ލިބުނު ސިހުމުގައި ހިތައް ނުބައި ގޮތްތަކެއް ވެގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލާފައި ބަލާލެވުނީ އެހެންވެގެންނެވެ.

މާހިލް އޭނާގެ ބެލުން ތިރިކޮށް އެހެން ދިމާލަކަށް ބަލަމުން ވާހަކަ ދައްކަން ފެށިއެވެ. “އަހަރެން މިއައީ ހިބާއަށް އެއްވެސް އުނދަގުލެއް ކުރާކަށް ނޫން. ނަމަވެސް މާޒީގައި ހިބާއަށް ދެވިފައިވާ އަނިޔާތަކަށް މާފައް އެދެން. ފަހަރެއްގައި އެއީ ހިބާއަށް މާފް ނުދެވޭނެ އަމަލުތަކެއް ކަމުގައިވެސް ވެދާނެ. އެހެން ނަމަވެސް އަހަރެން އެދެނީ ހިބާއަށް މާފްދެވޭ ވަރަކުން މާފް ދިނުން. އަހަރެން މާފައް މިއެދުނީ ހިބާއާއި ރައްޓެހިވެގެން އުޅުނު އިރު ވެވުނު ބޭވަފާތެރިކަމަށް. ދެވުނު ހިތްދަތިކަމަށް. ހިބާ އަހަންނަށް ކުރި އިތުބާރުގެ ނާޖާއިޒް ފައިދާ ނެގުނީތީ. އޭރު އަހަރެމެން ދެމީހުންނަށްވެސް އުޅެވުނީ ރަނގަޅަކަށް ނޫން. އެހެން ނަމަވެސް ޚަބަރުތަކުން އަހަރެންނާއި ބެހޭގޮތުން މުޅި ދުނިޔެ އަށް އެ އިޢުލާންކުރި ނުބައިކަމަކީ އަހަރެން އަރައިގަތް ކަމެއް ނޫން. އެއީ ބައެއްގެ ރޭވުމުން އަހަރެން ބެއްދި މަޅިއެއް. ނަމަވެސް އެ ހާދިސާވީ އަހަންނަށް ތެދުމަގު ފެނި އަހަރެންގެ ދިރިއުޅުން އިސްލާހު ކުރުމަށް ލިބުނު ފުރުސަތަކަށް. ﷲގެ މަގައް ރުޖޫޢު ވުމަށް ލިބުނު ފުރުސަތަކަށް. އެ ޖަލުގޮޅީގެ ތޭރިތަކުގެ ފުރަގަހުން އަހަންނަށް ލިބުނީ އަލިކަން. އަހަރެން އެތަނުން ނުކުތީ މުޅިން އާ މީހެއްގެ ގޮތުގައި. މާޒީގެ މާހިލްއާއިމެދު ކަރުނަ އަޅާ މީހެއްގެ ގޮތުގައި…. … ދެން މާޒީގެ ހިތާމަވެރި ޞަފްހާ ތަކުގެ ހަނދާން އާ ނުކުރަމާ ދޯ.. އުންމީދު ކުރަން ހިބާ އަހަންނަށް މާފް ދޭނޭކަމަށް. ” އެހެން ބުނެ މާހިލް އެތަނުން ދިޔައީ ހިބާއަށް އިތުރު އެއްޗެއް ބުނާނޭ ފުރުސަތުވެސް ނުދީއެވެ. ހިބާހުރީ ބުނާނޭ އެއްޗެއްވެސް ނޭނގި ގަނޑުވެފައި ކަހަލަ ގޮތަކަށެވެ. ކުއްލިޔަކަށް މާހިލް ކައިރިން ފެނުމާއި އަދި އެ ދެއްކި ވާހަކަތަކުގެ ސަބަބުން އެއީ ހަޤީޤަތެއްކަން ޤަބޫލު ނުކުރެވިފައެވެ.

ހިބާއަށް ސިހުން ވީ ކައިރީގައި އިން ކުއްޖާ އޭނާގެ ގައިގައި ކޮއްޓާލުމުންނެވެ. އެއާއިއެކު އަވަހައް އެ ޚިޔާލުތަކުން އެއްކިބާވެ އެކުދިންގެ ދުނިޔޭގައި މަޝްއޫލު ވެވޭތޯ މަސައްކަތްކުރަން ފެށިއެވެ. އެހެން ނަމަވެސް ދޭތެރެ ދޭތެރެއިން މާހިލް ދެއްކި ވާހަކަތައް އޭނާގެ ސިކުނޑީގައި ގުގުމާ ކަހަލައެވެ. “މާހިލް އެ ދެއްކީ ތެދު ވާހަކަ ތަކެއް ބާވައެވެ! އޭނާ ޖަލައް ދާން ޖެހުނީ އޭނާ ނުކުރާ ކަމެއް ގައި ހެއްޔެވެ؟ އޭނާ އަށް ހަޤީޤަތުގައިވެސް ހިދާޔަތުލިބި އިސްލާހުވީ ހެއްޔެވެ؟ މާފައް އެދޭނީ ގައިމުވެސް އެއްޗެއް ވިސްނުނީމަތާއެވެ.” އެކަހަލަ ޚިޔާލުތަކުން އޭނާގެ ސިކުނޑީގެ ހަމަޖެހުން ގެއްލުވާލާފައި ވާކަހަލައެވެ.

………….

ޖައްވުގެ ތެތްފިނިކަމުން ހަށިގަނޑަށް އަރާމު ފިނިކަމެއް ކުރުވަދެއެވެ. އުޑުމަތީގައިވާ ނޫ ވިލާތައް އަދި ފާޅު ނުވިނަމަވެސް، މަޑު އަޅިކުލައިން ފެންނަނީ ހަމަހިމޭންކަމާއި މަޑުމައިތިރިކަމެވެ. އެއީ ހެނދުނުގެ އިރު އަރާ ވަގުތެވެ. އިރު އަރާ މަންޒަރު އެގޭ ބެލްކަންޏައް ނުފުނުނު ނަމަވެސް މާހައުލު ނުލާހިކު ހިތްގައިމެވެ. ހިބާ އިނީ ކޮފީތަށި ހިފައިގެން ބެލްކަންޏައް ނިކުމެއެވެ. ލިބެމުންދިޔަ ހިތްހަމަޖެހުން ހިއްސާ ކޮށްލަން އޭނާ ކައިރީ މިވަގުތު ބައިވެރިއަކު އިންނަމައޭ ހިތައް އެރިއެވެ. ލީޝާވެސް ވީ އޮސްޓްރޭލިއާއަށް ގޮހެވެ. ހުމާޔަކީ ހެނދުނު އެހާ އަވަހައް ހޭލާ ކުއްޖެއް ނޫނެވެ. އޭނާގެ މަންމަ އޭނާއާއި ކަމެއް ނުވަތަ ވާހަކައެއްވެސް ހިއްސާ ނުކޮށްލާތާ ވީ ދުވަހެއް ނޭނގެއެވެ. މީހަކާއި އިންނަންވީ ކަންނޭނގެއޭ އޭނާގެ ހިތައް އެރުމުން ލަދުރަކި ގޮތަކަށް ހެވުނެވެ. ނަމަވެސް ހަމަ އެ ސިކުންތުގައި ނޭނގޭ ސަބަބަކާއި އެކު ހަނދާންވީ މާހިލްގެ ނަމެވެ.

އެނަން ހަނދާން ވުމާއިއެކު އެ ހިނިތުންވުން ފަނޑުވިއެވެ. “ނޫނެކެވެ. އޭނާ އާއި މާހިލްއަކާއި ދެން ނުގުޅެވޭނެއެވެ. މާހިލް އިސްލާހު ވެފައި ވީނަމަވެސް އެވެ.” އޭނާގެ ސިކުނޑިއަށް އައި ޚިޔާލުން ދުރުވަން އޭނާގެ ހިތައް އެކަން ވިސްނައިދެވޭތޯ ބެލިއެވެ. އެހެންކަމުން އެ ޚިޔާލުތަކުން އަނެއްކާވެސް އެއްކިބާވެފައި އޭނާގެ މައިންބަފައިންނާއިމެދު ވިސްނާލިއެވެ. އޭނާގެ މައިންބަފައިންނަށް ތެދުމަގު ލިބޭތޯ، އެ މަގު ދައްކުވައިދޭން ނުވަތަ ހެޔޮ ނަސޭހަތެއްދޭން އޭނާއަށް މިވީހާތަނައް އެއްވެސް ކަމެއް ނުކުރެވޭކަމުގެ އިހްސާސް އެހިތައް ކުރުވިއެވެ. އެހެން ކަމުން ކުރެވިދާނެ ކަމަކާއިމެދު ވިސްނުމުން ހިތައް އެރީ އެރޭ އެ މީހުން ބާއްވަން އޮތް ހާއްސަ އިވެންޓައް އެގޭ އެންމެންނަށް ދަޢުވަތު ދޭށެވެ. ސީދާކޮށް އެމީހުންނާއި އެކަންކަމާއި ގުޅޭގޮތުން ވާހަކައެއް ނުދެއްކޭނެއެވެ. އެމީހުން އަޑެއް ނާހާނެ ވިއްޔާއެވެ. އެކަމަކު އެކަހަލަ އިވެންޓެއްގައި އެންމެން ކުރިމަތީ ދައްކާ ވާހަކަ އަހަން ޖެހޭނެތާއެވެ. އަދި އެ އިވެންޓްގައި ބައިވެރިވާ އެހެން މީހަކަށްވެސް އޭނާގެ ވާހަކައިން ތެދުމަގު ލިބިދާނެ ނޫން ހެއްޔެވެ؟ ނަމަވެސް ސުވާލަކީ ނާސިރާއި ރަހްމާ އޭނާގެ އެ ދަޢުވަތު ޤަބޫލުކުރާނެ ހެއްޔެވެ؟

ކޮންމެޔަކަސް އެ އިވެންޓައް ހިބާ ގެންނަން ބޭނުންވި އިތުރު ތަފާތާއި ބެހޭގޮތުން އެކަމުގައި ޝާމިލްވާ މީހުންނަށް އެންގުމަށްފަހު އޭނާ އޭނާގެ މައިންބަފައިންނަށް ދަޢުވަތު ދިނީ ހެނދުނުގެ ސަޔައް އިންސާފް ކުރަން ތިބިއިރު ކާ މޭޒް ދޮށުންނެވެ. އެއީ ވަރަށް ހާއްސަ ހަރަކާތެއް ކަމާއި އަދި އެކި އެކި މުޢައްސަސާތަކުގެ މަތީ މަޤާމުތަކުގައި ތިއްބަވާ ބައެއް މީހުންވެސް އަންނާނެކަމަށްބުންޏެވެ. އެގޮތުން ނާސިރު ދަންނަ އޭނާގެ ބައެއް ރައްޓެހިންގެ ނަންތައްވެސް ކިޔެވެ. އަދި އެ ހަރަކާތުގެ އޯގަނައިޒަރުންގެ އާއިލާ މީހުންނާއި، ބައިވެރިވާ ކުދިންގެ ބެލެނިވެރިންވެސް ބައިވެރިވާނެ ކަމަށް ބުނެ ތަނާއި ވަގުތު އަންގާލިއެވެ.

ނާސިރާއި ރަހްމާ އެހާ ދާ ހިތްނުވިނަމަވެސް އެބުނާހާ މީހުން އަންނައިރު ހިބާގެ ފަރާތުން އެއްވެސް މީހަކު ނުގޮސްފިއްޔާ މީހުންގެ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެޔޭ ހިތާ ދާން ނިންމިއެވެ. އަދި ފަހަކަށް އައިސް ހިބާ މާގިނަގިނައިން ޓީވީ ތަކުން ފެންނާތި ނާސިރާއި ރަހްމާގެ ރައްޓެހިންވެސް ވަނީ ހިބާގެ މަސައްކަތައް ތަޢުރީފްކޮށް އެމީހުން ކައިރީ ވާހަކަ ދައްކާފައެވެ. އެހެންކަމުން ނާސިރުގެ ހިތުގައި ހިބާއާއި މެދު ވީ ހިތްހަމަ ނުޖެހުން މިހާރުވަނީ ފުދޭ ވަރަކަށް ފަނޑުވެފައެވެ. ހުމާވެސް ހުރީ އެކަހަލަ އިވެންޓަކަށް ދާން ފުރުސަތު ލިބުނީތީ ވަރަށް އުފަލުން ވަގުތު ނުޖެހިގެން ލަސްވެފައެވެ.

………………….

ދަރުބާރުގޭ ދޮށިމޭނާ މާލަން ރީތި ގޮތަކަށް އެކިއެކި ކުލަތަކުން ދިއްލާ އަޅާފައިވަނީ އެރޭގެ ހާއްސަ ހަފްލާއަށެވެ. ހުރިހާ އެންމެންވެސް ރީތި ހެދުންތަކުން ޖަރީ ވެގެންތިބިއިރު ހާއްސަ މެހެމާނުންނަށް ކުރީ ސަފުތަކުންވަނީ ޖާގަ ކަށަވަރު ކޮށްދީފައެވެ. އެގޮތުން ނާސިރު ތިންމައިންނަށް ޖާގަ ލިބުނީ ދެވަނަ ސީޓުންނެވެ. ހިބާ ބުނިހެން ނާސިރުގެ ބައެއް ދަންނަ ރައްޓެހިންނާއި އެތަނުން ދިމާވިއެވެ. އެންމެންވެސް ހިބާއަށް ތަޢުރީފްކޮށްފައި ވާހަކަ ދެއްކުމުން ނާސިރު ހުރީ އުފަލުން ފޮޅިފައެވެ. ފަޚްރުވެރިކަން އެ ހިތައް އިހްސާސް ކުރެވެމުން ދިޔައެވެ. ރަހްމާވެސް ވަކި އެއްޗެކޭ ނުބުނެ ހުރި ނަމަވެސް ބުނެދޭން ނޭނގޭ އުފާވެރިކަމުގެ އިހްސާސެއް އޭނާގެ ހިތުގައި ހިނގަހިނގާ ހުއްޓެވެ. ހުމާ ރީތި ހިނިތުން ވުމަކާއިއެކު ބައްޕަގެ ރައްޓެހިންނާއި ކުރިމަތި ލަމުން ދިޔައެވެ.

ޤުރުއާނުގެ ބަރަކާތުން ހަފްލާ ފެށިގެން ކުރިއަށް ދިޔައެވެ. ހަފްލާ ހާއްސަ ކޮށްފައިވަނީ ފާއިތުވެ ދިޔަ އަހަރު ތެރޭ ކީރިތި ޤުރުޢާން އެކީ ހިތުދަސްކޮށްފައިވާ ކުދިންނަށެވެ. ބޮޑު ގްރޫޕެއްހެން ކުދިންތައް ސްޓޭޖްމަތީ އެތުރިގެންތިބެ ފަހަރަކު ކުއްޖެއް ޤުރުޢާނުގެ ޢާޔަތެއް ހުށައަޅައިދިނީ މުނިފޫލިފިލުވުމުގެ ހަރަކާތެއްގެ ގޮތުންނެވެ. އެކުދިންގެ ކިޔެވުމުގައިވި ރީތިކަމާއި އަޑާއި ރާޤުގެ ފުރިހަމަކަމުން އެތައް ބަޔެއްގެ ހިތްތައް ފަޠަޙަ ކުރިއެވެ. އަދި ބައެއް ކުދިން ޤުރުޢާނުގެ ބައެއް އާޔަތްތަކުގެ މާނަވެސް ތަފްސީރު ކޮށްދިނީ ޝަޢުޤުވެރި ގޮތަކަށެވެ. އެފަދަ ޅައުމުރުގެ ކުދިންގެ ހިތުގައި ޤުރުއާނައްވާ ލޯބި ފެނުމުން ބުނެދޭން ނޭނގޭ އިހްސާސްތަކެއް ހިތުގައި އުތުރި އަރަމުންދެއެވެ.

ނާސިރާއި ރަހްމާ އަދި ހުމާވެސް އިނީ ޙައިރާންވެފައެވެ. އެހާ ކުޑަކުޑަކުދިންތަކެއް އެހާ މޮޅައް ކިޔަވާލަދިނީތީއެވެ. އެކުދިން ކިޔައިދިން ބައެއް ތަކެތި އެމީހުންގެ ހިތްތަކުގައި ކޮންމެވެސް ވަރަކަށް ހަރުލިއެވެ. ދެން އޮތީ ޝަރަފްވެރި މެހެމާނުގެ އަތުން ކުދިންނަށް އިނާމުތައް ރައްދު ކުރުމެވެ. އެކަން ނިމުމުން ޝަރަފުވެރި މެހެމާނުގެ ކުޑަކުޑަ ވާހަކަ ކޮޅަކަށްފަހު ދެން އިވެންޓްގެ ވަގުތީ މެނޭޖަރު އަދި އިވެންޓްގެ އިސް އޯގަނައިޒަރ ޝުކުރުގެ ބައި ފުރިހަމަކުރުމަށް ސްޓޭޖައް ހާޒިރުވުމަށް ގޮވާލިއެވެ. ހިބާގެ ނަމުން ގޮވާލި ވަގުތު ނާސިރާއި ރަހްމާގެ ހިތް އަވަސްވެގެން ދިޔައެވެ. އެދެ މީހުންގެ މޭތެރެ ކުއްލިއަކަށް ފިނިވެގެން ދިޔަ ކަހަލައެވެ. “އާއިޝަތު ހިބާ ނާސިރު” ދެފަހަރު ގޮވާލުމުން ހިބާ މަޑު ހިނގުމެއްގައި ސްޓޭޖައް އެރިއެވެ. އަދި މައިކް ކައިރިއަށް ހުއްޓި އޭނާގެ މައިންބަފައިންނަށް ބަލާލާފައި ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. އެ ހިނިތުންވުން އޭނާގެ މޫނުފޮތިކޮޅުގެ ސަބަބުން މީހަކަށް ނުފެނުނު ނަމަވެސް، ނާސިރުގެ އެއްވެސް އިޚްތިޔާރެއް ނެތި އޭނާއަށްވެސް ހިނިތުންވުމެއް ރައްދުކޮށްލެވުނެވެ.

**ނުނިމޭ**

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faathii

Level 410 Stories100 Comments100 Login

I write with a purpose to deliver a message and remind others about the real life of this world and hearafter.

Other Articles

Previous

ހޯދޭތޯ މަންޒިލެއް… 23

Next

އެންމެ ހިނިތުންވުމަކަށް 02

Next
November 19, 2018

އެންމެ ހިނިތުންވުމަކަށް 02

Previews
November 19, 2018

ހޯދޭތޯ މަންޒިލެއް… 23

15 Comments!

  1. Sofoo says:
    November 19, 2018 at 7:32 am

    Masha Allah ? vvv reethi

    1. Faathii says:
      November 19, 2018 at 3:48 pm

      Jazaakillah
      ?

  2. Shahaaf says:
    November 19, 2018 at 8:27 am

    Yay me first dho.. Vvv reethi.. Waiting for the next part ????

    1. Faathii says:
      November 19, 2018 at 12:53 pm

      ? jazaakillah

  3. ?shifrraa?Shifnaa? says:
    November 19, 2018 at 9:17 am

    Yeyy me 2nd. Finally vaahaka up vejje. Mi part vx varah varah reethi. Ummeedhu kuran mi vaahakaige aneh part varah avahah kiyaalan libeyney kamah. When nxt part?? Waiting 4 next prt……???

    1. Faathii says:
      November 19, 2018 at 12:56 pm

      ☺Next part wednesdayga In Shah Allah.

  4. Mary says:
    November 19, 2018 at 9:23 am

    Miee vvvvvv reethi vahaka eh ❤❤??
    Ma sha Allah

    1. Faathii says:
      November 19, 2018 at 12:59 pm

      Jazaakillah
      ?

  5. Abdulla says:
    November 19, 2018 at 10:09 am

    Maasha Allah…

    1. Faathii says:
      November 19, 2018 at 1:02 pm

      Jazaakallah

  6. Xaaan says:
    November 19, 2018 at 1:48 pm

    Masha Allah

    1. Faathii says:
      November 19, 2018 at 3:51 pm

      Jazaakallah

  7. Ishaan says:
    November 19, 2018 at 7:03 pm

    maasha allah… dhen vaane gotheh……hiba ge parents ah avahah thedhumagu dhahka vaashi
    =aameen=

  8. Ishaan says:
    November 19, 2018 at 7:03 pm

    maasha allah… dhen vaane gotheh……hibaa ge parents ah avahah thedhumagu dhahka vaashi
    =aameen=

    1. Faathii says:
      November 21, 2018 at 8:01 am

      Aameen
      🙂

Comments are closed.

Next Episodeއިމްތިޙާން (12ވަނަ ބައި)←


All Right Reserved!