Skip to content
އެސްފިޔަ

އެކުގައި ވާން ބޭނުމެވެ.

އެކުގައި ވާން ބޭނުމެވެ.

އިސްމާޢީލް އަލީ،ރ.ކަނދޮޅުދޫ

ހިތުންނުފިލާތީ އަބަދު އެކުގައި ވާން ބޭނުމެވެ.

އެހެން މީހަކާއިއެކު ގުޅުން ބާއްވަފާނެތީ ހިތްތެޅެއެވެ.

ތިޔަނަން އަބަދު ކިޔޭ ތަސްބީޙައަކަށް ވެއްޖެއެވެ.

ތިޔަނަން އަބަދު ފޮޅުވަތެއްހެން ލިޔެވެނީއެވެ.

ޚަބަރެއް ވާނެކަމަށް އަބަދު އިންތިޒާރު ކުރެވެނީއެވެ.

ހަނދާން އާވާ އެއްޗިއްސާއި ދުރު ނުވެވެނީއެވެ.

ޖިންސުގެ ޖީބު ބާލީހުއުރާގައިވަނީ ހަރުކުރެވިފައެވެ.

ކަލާގެ ފޮޓޯ އަލްބަމް ވިރުދަކަށް ވެއްޖެއެވެ.

ކަލާގެ ބަލައިލުން އުފާވެރިކަމުގެ ނާނާ އަޅުވާލައެވެ

ކަލާގެ މަސްތީ އަޑު ލިބުމުން ހިތްއަވަސްވެއެވެ.

ކަލާގެ ގާތް މީހުން ފެނުމުން އުފާވެރިކަން އިޙްސާސް ވެއެވެ.

ކަލާއަށް ނަފުރަތު ކުރާމީހުންނާއި ދެކޮޅުވެރި ވެވެއެވެ.

ކަލާގެ ހުރިހާ އައިބުތަކަކަށް ވަނީ ފަސްއެޅިފައެވެ.

ރުހުމުގެ ލޮލަކަށް އައިބު ނުފެންނާނެތީއެވެ.

ލޯތްބަކީ ލޯކަނު އެއްޗަކަށްވާތީއެވެ.

 

Comments (1)

  1. Xaara

    V v reethi mi lhen Masha Allah

Comments are closed.