އެންމެ ހިނިތުންވުމަކަށް 02
” އެހެންވެއޭ އަހަރެން މިބުނީ އަހަންނަކަށް ނޭންގެޔޭ އުލްވީއަށް ރިހާމް ކަމުދާކަމެއް.. އެނަން ފެނުނީމަ ތިއޮތް ވީވަރެއް ދޯ އެކަމް..” ކިޔާން ބޭނުންވީ އުލްވީއާއި ދިމާކުރާށެވެ. ” އަހަރެން ނުބުނަމެއްނު އަހަންނަށް އޭނަ ކަމުދެޔެކޭ.. އެހާ ދުވަސް ފަހުން ދެން ދަންނަ މީހެއްގެ ނަމެއް އިވުނީމަ ކޮންމެސް އެއްޗެކޭ ހިތަށް އަރާނެއެއްނު..” އުލްވީ ބުނެލިއެވެ.
” ހޫމް ދެން ތިހެން ކިޔާ..” އުލްވީގެ ކެބިންއިން ނިކުންނަމުން ކިޔާން ބުނެލިއެވެ. ކިޔާން ދިޔުމުން އުލްވީވެސް އޭނާގެ މަސައްކަތާއި ވެގެން ކުރިޔަށްދާން މަސައްކަތް ކުރަމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން ރިހާމްގެ ރީތި މޫނު އެދެލޯ ކުރިމައްޗަށް ފެންނަ ކަހަލައެވެ. ” އުލްވީ ކޮންސެންޓުރޭޓް އޮން ޔުއާރ ވޯކް.. ކޮންސެންޓުރޭޓް..” ނަމަވެސް އުލްވީއަށް ރިހާމްއާއި ދޭތެރޭ ވިސްނެނީއެވެ. އެއްވެސް އިހްތިޔާރަކާއި ނުލައެވެ. ރިހާމް މިހާރު ހުންނާނެ ގޮތަކާއި މެދުއެވެ. ރިހާމް އުޅޭ ތަނެއް އެނގެން އުލްވީ ބޭނުންވިއެވެ.
” ކީއްވެ އަހަންނަށް ނުދެވެންވީ.. އަހަރެން ދާނަން.. އިރާދަކުރެއްވިއްޔާ ރެމީގެ އުފަން ދުވަހު އަހަރެން ހުންނާނީ ނިއު ޔޯރކްގައި.. އަދި ބުނަން މިފަހަރު ރެމީގެ އުފަން ދުވަސް ފާހަގަަ ކުރާނީ އަހަރެންގެ ހަރަދުން.. އަހަރެން މާދަމާ ބައްޕައާއި ވާހަކަ ދައްކައިގެން ހުރިހާ ކަމެއް ހަމަޖައްސާނަން..” އެންމެ ގާތް އެކުވެރިޔާއަށް ވީޑިއޯ ކޯލް ކޮއްގެން ހުރި އުލްޔާ ބުނެލިއެވެ. ރެމީއަކީ އޮސްޓުރޭލިއާއަށް އުފަން ކުއްޖަކެވެ. އުލްޔާއާއި ދެކުދިން ދިމާވީ ނިއު ޔޯރކްއިންނެވެ. އުމުރުން 13 އަހަރުން ފެށިގެން ދެކުދިން ކިޔަވަން އުޅުނީ އެކީގައެވެ. ހަތް އަހަރު ވަންދެން ރާއްޖެ ނައިސް އުޅުމައްފަހު އުލްޔާ ރާއްޖެއައީ މީގެ 3 އަހަރު ކުރިންނެވެ. ބައްޕަ އެކްސިޑެންޓް ވެގެންނެވެ. އޭގެ ފަހުން އޭނާ ނިއު ޔޯރކްއަށް ދާން އުޅުނަސް ޒަރީރު ހުއްދައެއް ނުދެއެވެ.
” ވާވް މީހަަމަ އުލްޔާގެ ޓުވިން ސިސްޓަރ ތަ.. އަހަރެން ފުރަތަމަ ހުރީ ކާކުކަން ނޭންގިފަ ބިޒްނަސް ދާއިރާއަށް ނިކުތީ..” އުލްޔާ ފޯނު ބޭއްވުމުން ކައިރީގައި ހުރި ލައިލާ ބުނެލިއެވެ. އުލްޔާ ލައިލާގެ ފޯނު އަތުލައިފައި ބަލައިލިއެވެ. ރާއްޖޭގެ އެންމެ ޒުވާން ސީއީއޯ އާއި ބެހޭ އާޓިކަލްއެކެވެ. އުލްވީގެ ރީތި ފޮޓޯތަކަކާއި އެކީގައެވެ. ” ތިދެމީހުންގެ ހެއާރ ސުޓައިލް އެކަނި ދޯ ތަފާތީ އަނެއްހެން ލުކްސް އިން.. ޕާސަނަލިޓީ އުޑާއި ބިމާ ހާ ތަފާތު.. އުލްޔާ އަޅެ ޖެލަސްއެއް ނުވޭތަ އުލްވީ މިހާ ފޭމަސް ވީމަ.. މުޅި ރާއްޖޭވެސް ނޫޅޭނެ އުލްވީ ނުދަންނަ މީހަކު.. އުލްޔާ ފެނުނީމަ މީހުން އުލްވީއޭ ކިޔާފަ ގޮވީމަ އަޅެ ކަޑައެއް ނުވޭތަ.. އަހަރެންނަަމަ ކަޑަވެގެން ގޮސްވެސް އަނެއް ދުވަހު އިންނާނީ އޮފީހުގަ ގޮސް..” އުލްޔާ ވީފުއްސެއްގެ ބޮޑުކަމުން ތުން އަނބުރާލިއެވެ. އެއީ އުލްޔާ ގާތުގައި ލައިލާ ވަރަށް ގިނައިން ދައްކާ ވާހަކައެކެވެ. އަބަދުވެސް އުލްވީއާއި އުލްޔާ އަޅާ ކިޔާނެއެވެ.
” އަހަރެން ކޮން ކަމަކާއި ޖެލަސްވާންވީ.. ކަމެއް ނުކޮއް މިހެން އުޅެން އަހަންނަށް މާފަސޭހައެއްނު.. ބޭނުން ކޮންމެ އެއްޗެއް ލިބޭ.. ކީއްކުރަން އަހަރެން އޮފީހަށް ގޮސް ބޭކާރު ގޮތުގައި އަހަރެންގެ ޅަދުވަސްކޮޅު ގެއްލުވާލަނީ.. ދޮންތިއާއި މެދު އަހަރެން ފަހުރުވެރިވެސްވޭ.. އެކަމަކު ބައެއް ފަހަރު އައި ފީލް ރިއަލީ ބޭޑް ފޯރ ހާރ.. ކާކު ބޭނުންވާނީ އުމުރުން އެންމެ 21 އަހަރުގައި އެކަހަލަ ޒިންމާދާރު މަގާމެއްގައި ހުންނަން.. އެންމެ ފުރަތަމަ ދޮންތި އޮފީހަށް ނިކުންނަން އުޅުނު ދުވަހު އަހަރެން ބުނިން މަހެއް ވަންދެންވެސް ނޫޅެވޭނޭ.. މިތިން އަހަރު ދުވަހު ދޮންތި އުޅުނު ގޮތް އެންމެ ގާތުން ފެނުނު މީހަކަށް އަހަރެން ވާނެ.. އަބަދުވެސް ކޮންމެވެސް އޮފީސް ކަމެއްގައި އުޅޭނީ.. އެންޖޯއި ކޮއްލާނެ ޓައިމްއެއް ނުލިބޭ.. އަހަރެން ބޭނުންވާ ކަހަލަ ލައިފްއެއްނޫން އެއީކީ.. ސޯ ބޯރިންގް.. އަހަރެން ބޭނުންވަނީ މިހެން ތިމީހުންނާއި އެކު މަޖާ ނަގަން.. މިނިވަންކަމާއިއެކު ..” ލައިލާއަށް ރައްދު ދިނުމައްފަހު އުލްޔާ އެތަނުން ނިކުމެގެން ދިޔައީއެވެ. މޫޑް ހަރާބުވެއްޖޭވެސް ބުނެފައިއެވެ.
އޮފީހުން އައިސް ފެންވަރައިލައިގެން ނިކުތް ގޮތަށް އުލްވީ އެދަށް ވެއްޓިގަތެވެ. ހުޅުވާލެވިފައިވާ ކުޑަދޮރުތަކުން ވަންނަމުން ދިޔަ ފިނިފިނި ވައިރޯޅިތައް އޭނާގެ ފަން އިސްތަށިގަނޑަށް ގޯނާ ކުރަމުން ދިޔައެވެ. ކޮންމެ ދުވަހަކުވެސް އޭނާ އޮފީހުން ނިމިގެން އައިސް 2 ގަޑިއިރު ވަންދެން ނިދާލައެވެ. ނަމަވެސް މިއަދު އޭނާގެ ލޮލުގައި ނިދީގެ އަސަރެއްވެސް ނެތެވެ. ވެފައިވާ ވަރުބަލިކަމުގެ ސަބަބުން ދެލޯ މަރައިލެވުނެެވެ. އޭނާގެ ހިތަށް އުދަގޫވާން ފެށިއެވެ. އަނެއްކާވެސް ރިހާމްގެ ހިޔާލުތަކެވެ. އެއީ އުލްވީ ދުވަހަކުވެސް މާގާތްކޮށް ވާހަކަ ދެއްކި މީހެއްނޫން ކަމުގައިވިޔަސް ކިޔާން ބުނި ފަދައިން ފުރާވަރުގައި އެހެން އަންހެން ކުދިން ފަދައިން އުލްވީއަށްވެސް ރިހާމް ކަމުދިޔައެވެ. އެރީތި ކަމުގެ ޖާދޫގައި ނުޖެހޭ އަންހެން ކުއްޖަކު ނުހުންނާނެއެވެ. އެކަން ހިތުގައި ފޮރުވައިގެން އުޅެވެނީވެސް އުލްވީ ކަހަލަ މަދު ކުއްޖަކަށެވެ.
ހެނދުނުގެ ނާސްތާގައި ބައިވެރިވާން ބައްޕަ އަންގައިފައި އޮތްކަން އުލްޔާ ހަނދާންވީ ނިދަން ޖައްސާލި ތަނުންނެވެ. އޭރު ގަޑިން 2 ޖަހައި ބޮޑުވެއްޖެއެވެ. އޭނާ ގެޔަށް އައީވެސް 1 ޖެހި ފަހުންނެވެ. ކުރިން ހަނދާންވިނަމަ ތަންކޮޅެއް އަވަހަށް ގެޔަށް އައިސް ނިދާލެވުނީސް ނޫންހޭ ކިޔައި ފޯނު އެލާމް ކޮއްލިއެވެ. 3 ގަޑިއަކަށް އެލާމް ކޮއްލިއިރު ފޯނުގެ ރިންގްޓޯން އެންމެ ބާރުކޮއްލިއެވެ. އެވަރުންވެސް ހޭލެވޭނެކަމުގެ އެއްވެސް އިތުބާރެއްނެތެވެ.
އާދައިގެ މަތިން މިއަދުވެސް އެންމެ ކުރިން ކާމޭޒު ދޮށުގައި އިށީނީ އުލްވީއެވެ.ޒަރީރު އެތަނަށް އައީ އުލްވީ ދުވަހުގެ ނޫސް ކިޔަން ހުއްޓައެވެ. އެކަކު އަނެކަކަށް ބާއްޖަވެރި ހެނދުނަކަށް އެދުމައްފަހު ނާސްތާއާއި ވެގެން ކުރިޔަށް ދިޔައެވެ. ” ސޮރީ ސޮރީ ކުޑަކޮށް ލަސްވީ.. ” ދުވެފައި ކަހަލަ ގޮތަކަށް އައިސް އިށީންނަމުން އުލްޔާ ބުނެލިއެވެ. އޭރު އޭނާ ހުރީ ރަގަނޅަށް ނިދިންވެސް ނުހޭލެވިކަން އެނގެއެވެ.ރާޅުބާނީ އިސްތަށިގަނޑު ހޭވިފައި އޮތްއިރު ރަގަނޅަށް މޫނު ދޮވެލާފައިވެސްނެތެވެ. ” ކޮއްކޯ ދޭ މޫނު ދޮވެލައިގެން ރީތިވެގެން އަންނަން.. ދޮންތިމެން ވެއިޓް ކޮއްލާނަން..” ޒަރީރު އުލްޔާއާއި ދިމާއަށް އެއްޗެކޭ ބުނުމުގެ ކުރިން އުލްވީ ބުނެލިއެވެ. ” ދޮންތީ ޕްލީޒް.. މޫނު ދޮވެ ރީތިވެވޭނީ އަހަރެންގެ ދެލޯ ރަގަނޅަށް ހުޅުވިގެން ދޯ.. މީ މީހުން ނިދާ ގަޑިއޭ.. ބައްޕާ ތިދައްކަން އުޅޭ ވާހަކައެއް އަވަހަށް ފަށާ.. އަހަރެން ނިދަން ދާންވެއްޖެ.. އަދި އަހަރެންވެސް އެބައޮތް ބައްޕަ ކައިރީ ވާހަކައެއް ބުނަންވެފަ..”
” އުލްޔާ ތިއައްވުރެ ހަރުދަނާ ވާންވެއްޖެއެއްނު..” ޒަރީރު ބުނެލިއެވެ. ” އޯ ބައްޕާ އަނެއްކާ އެއްކަލަ ބޭކާރު ވާހަކަތައް.. އަހަރެން މިހާރު ކިތައް ފަހަރު ބުނާނީ އަހަރެން އަދި ނުވެއޭ މާ ސީރިއަސް ވެގެން މަސައްކަތް ކުރަން ފަށާކަށް.. ލެޓް މީ އެންޖޯއި މައި ލައިފް ޕްލީޒް.. ދޮންތި އެހުރީނު ބިޒްނަސް ކަންތައް ހެންޑަލް ކުރަން.. ކޮންމެހެން އަހަރެން އޮފީހަށް ނުނިކުތަކަސް ވެދާނެއެއްނު..” އުލްޔާއަކީ ބޯހަރު ގޮތްދޫނުކުރާ ކުއްޖެކެވެ.
” ބައްޕަ އަބަދުވެސް ބުނަމެއްނު ބައްޕަ ބޭނުންވަނީ ތިދެކުދިން އެއްކޮށް މަސައްކަތް ކުރާށޭ.. އުލްވީއަށް އޮފީހަށް ގޮސް މަސައްކަތް ކުރެވޭ އިރު ކީއްވެ އުލްޔާއަށް ނުވާންވީ.. ތިގޮތަށް ބޭކާރު ގޮތުގައި ވަގުތުތައް ދުއްވާނުލާ މާދަމާއިން ފެށިގެން އޮފީހަށް ނިކުންނަން ފަށާ.. އުލްވީ މިއަދު އޮފީހަށް ގޮސް ހުރިހާ ކަމެއް ހަމަޖައްސާތި..” މިފަހަރު ޒަރީރުގެ އަޑުގައިވަނީ ހަރުކަށިކަމެވެ.
” ލައްބަ ބައްޕާ..އަޅުގަނޑު ހުރިހާ ކަމެއް ހަމަޖައްސާނަން.. ކޮއްކޯ ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު އަދިވެސް އެހުރީ ކޮއްކޮއަށް ހުސްކޮއްފައި.. އައި ވިލް ބީ ދެއާރ ޓު ހެލްޕް ޔޫ..” އުލްވީ ބުނެލިއެވެ.
” އަހަރެން މިހާރު ބުނެފީމެއްނު އަހަރެން އޮފީހަކަށް ނުނިކުންނާނަމޭ އަހަރެން އަދި ރެޑީއެއް ނޫނޭ އެހާ ބޮޑު ޒިންމާއެއް އުފުލާކަށް.. އެހެން ނޫނަސް އަހަރެން މިއުޅެނީ މާދަން ނޫން އަނެއް ދުވަހު ނިއު ޔޯރކްއަށް ދާން ވެގެން.. ދެ ތިން ދުވަހަށް.. އެވާހަކަ ދައްކަން ވެގެންނޭ އަސްލު މިއައީވެސް މާވަރަކުން.. ބައްޕާ އަހަންނަށް 50000 ރުފިޔާ ދީބަލަ.. އަހަރެންގެ އެކައުންޓުގައި މިހާރު އިނީ އެންމެ 2000 ރުފިޔާ..” އާފަލެއް ކޮށަމުން އުލްޔާ ބުނެލިއެވެ.
” ނުލިބޭނެ.. ކޮންމެ މަހަކު އުލްޔާއަށް 20000 ރުފިޔާ އެބަދެން މިހާރުވެސް.. މަސް ނިމެންވާއިރަށް އަތުގައި އެންމެ ރުފިޔާއެއްވެސް އޮވޭތަ.. އުލްޔާ ހީކުރަނީ ފައިސާ ހޯދުމަކީ ވަރަށް ފަސޭހަކަމެއް ކަމައްތަ.. ބަލަ އެއީ އެތަށް ބައެއްގެ މިއްނެތް މަސައްކަތުން ހޯދާ ފައިސާއޭ.. އެއްވެސް ކަމެއް ނުކޮށް ތިހެން އުޅޭ މީހަކަށް ދުވަހަކުވެސް އެކަމެއް ނުވިސްނޭނެ.. ބައްޕަ އުލްޔާ ބުނިހާ ކަމެއް ކޮއްދީގެން ގެންގުޅުނީތީ ކަންނޭންގެ އުލްޔާއަށް ތިހެން ވެފަ ތިހުރީ.. އުލްޔާ ބުނި ބަސް މައްޗަށް ނިއު ޔޯރކްއަށް ކިޔަވަން ފޮނުވީ..ދެން އެކަމަކު ބައްޕަ އެއްވެސް އުލްޔާ ބުނާ ކަމެއް ނުކޮއް ދޭނަން.. އުލްވީ މިކުއްޖާ ކިތަންމެ ވަރަކަށް އާދޭސް ކުރިޔަސް ބައި ރުފިޔާވެސް ދީގެން ނުވާނެ.. ގޭގެ ވައިފައިވެސް ހަމަ މިހާރު ކަޑާލާ.. އުލްޔާއަށް މީގެ ފަހުން ގޭން ބޭރަށްވެސް ނިކުންނާކަށް ނުކެރޭނެ.. ލަކްޝްމީ.. އުލްޔާގެ ކޮޓަރިއަށް ގޮސް އުލްޔާގެ ކާޑްތަކާއި، ލެޕްޓޮޕް އަދި ޕާސްޕޯޓް އަހަރެންނަށް ގެނެސްދީ.. އަހަރެންގެ ބަސްނާހާ ކުއްޖަކަށް އަހަރެންވެސް ދެން ކަމެއް ނުކޮއްދޭނަން..” ޒަރީރު އެހެން ބުނުމުން ލަކްޝްމީ އަވަހަށް އުލްޔާގެ ކޮޓަރިއަށް ދާން ހިނގައިގަތެވެ.
” އޭ ލަކްޝްމީ އަހަރެންގެ ހުއްދަނެތި އަހަރެންގެ ކޮޓަރިއަށް ވަންނަން ހިތަށްވެސް ނާރުވާތި..އެންޑް ބައްޕާ..އަހަރެން މިހުރިހާ ދުވަހު މިކޮޅުގައި މަޑުކޮއްގެން މިހުރީ ބައްޕަ ބުނެގެނެއް ނޫންތަ.. މިހާރުވެސް އެކޮޅަށް ދާން މިކިޔަނީ ދެތިން ދުވަހަށް.. ހަމަ ރަގަނޅަށް އެނގޭނެ އަހަރެން ރާއްޖޭގައި އުޅޭ ހިތްނުވާކަށް.. ދެން ކޮބާ އަހަރެން ބައްޕަ ބުނާ ގޮތަށް ނޫޅިފައި.. އަހަރެން އޮފީހަކަށް ނުނިކުންނާނަން.. މިއީ އަހަރެންގެ އެންމެ ފަހުގެ ނިންމުން..” އުލްޔާ ޒަރީރުއާއި އެގޮތަށް ވާހަކަ ދެއްކުމުން އުލްވީ އިނީ ވަރަށް ލަދުންނެވެ. މިވީހާތަނަށް އޭނާ ބައްޕަގެ ކުރިމަތީ އެގޮތަށް ވާހަކަ ދައްކައިފައެއް ނޯންނެއެވެ. އެގޮަތަށް ވާހަކަ ދައްކާކަށް އޭނާއަކަށް ނުވެސް ކެރޭނެއެވެ.
” ތިޔަހެން ވިއްޔާ އުލްޔާ އަހަރެންގެ ފަހުގެ ނިންމުންވެސް އަޑުއަހާ.. މިއަދުން ފެށިގެން އަހަރެން އުލްޔާއަށް ހަރަދެއް ނުކުރާނަން.. އުލްޔާ އޮފީހަށް ނިކުންނަންވީ ނޫނީ އެހެން ކޮންމެވެސް ތާކުން ވަޒީފާ ހޯދަންވީ.. އަމިއްލައަށް ފައިސާ ހޯދައިގެން ދާން ބޭނުން ތަނަކަށް ދާންވީ.. ވަރަށް ދުވަހު ތި އުޅުން ބަދަލުވޭތޯ އަހަރެން އެއްޗެކޭ ނުބުނެ ކެތްކޮއްލައިގެން އުޅެފިން.. އުލްޔާއަށް ތިހެން ވެފައި ތިހުރީވެސް އަހަރެންގެ ސަބަބުންކަން އަހަރެން ގަބޫލުކުރަން.. އަހަންނަށް މާ ލޯބިން ގެންގުޅެވުނީމަ ވީގޮތް މިއީ.. އުލްޔާ ބުނިހާ ކަމެއް ކޮއްދިނުމުގެ ނަތީޖާ މިލިބުނީ ވަރަށް ހިތިކޮށް.. ނިކަން ބަލާބަލަ އުލްޔާގެ ދޮންތައަށް.. ނުކެރޭނެ އަހަރެންގެ ކުރިމަތީ ތިގޮތަށް ބަހެއް ބުނާކަށް.. އަހަރެން ހިތަށް އަރާ އުލްވީއަށް ދެވުނު ތަރުބިއްޔަތު އުލްޔާއަށް ނުދެވުނީ ކީއްވެބާއޭ.. ތިޔަ ނިއު ޔޯރކްއަކަށް އުލްޔާ ފޮނުވުން އެއީ އަހަންނަށް ހެދުނު އެންމެ ބޮޑު ގޯސް.. ކުރާނެ ކަމެއްނެތް.. އެގޯސްވެސް ހެދިއްޖެ..” މާޔޫސްކަމާއި ރުޅިވެރިކަން އެއްވެފައިވާ އަޑެއްގައި ޒަރީރު އެހެން ބުނުމައްފަހު ވިޖޭ ކައިރީ އޭނާގެ ކޮޓަރިއަށް ގެންގޮސް ދިނުމައް އެދެނުވެ.
ޒަރީރު ދިޔުމުން އުލްޔާ އުލްވީ ގާތުގައި އޭނާއަށް ފައިސާ ދިނުމަށް ބުނެ އާދޭސް ކުރަން ފެށިއެވެ. ” ބައްޕަ އެދިޔައީ ދޮންތިއަށް ކޮއްކޮއަށް ފައިސާ ދިނުން މަނާކޮއްފައި.. ދޮންތިއަކަށް ނުކެރޭނެ އެހެންވީމަ ދޭކަށް..އެހެންނޫނަސް ދޮންތިވެސް މިހުރީ ވަރަށް ހިތްހަމަ ނުޖެހިފަ.. ކޮއްކޮ ކީއްވެތަ ބައްޕައާއި ތިގޮތަށް ވާހަކަ ދެއްކީ.. ބައްޕަވެސް ބޭނުންވާނެއްނު އަހަރުމެން ދެމީހުން ބައްޕަގެ ބިޒިނެސް ހެންޑަލް ކުރާ ތަން ދެކެން.. އަހަރުމެން ފިޔަވާ ބައްޕަގެ އިތުރު މީހަކުވެސް ހުރީކީނޫން.. ކޮއްކޮ ދެން ބައްޕައާއި އެގޮތަށް ވާހަކަ ނުދައްކާތި.. ބައްޕަ ބުނިހެން އަހަރެންނަށް މިކަން ކުރެވެންޏާ ކޮއްކޮއަށް ވާނެ.. ކޮންމެ ކަމެއްވެސް ކުރަން ފެށީމަ ޝައުގުވެރިކަންވެސް އުފެދޭނެ.. އަދިވެސް އެއްފަހަރު ކޮއްކޮ މިކަމާއި ދޭތެރޭ ރަގަނޅަށް ވިސްނާލާ.. ދޮންތި ދެން ދަނީ..ވަރަށް ލަސްވެއްޖެ..” ބައްޕަ ޒަރީރު އެކޭ އެއްފަދައިން އުލްވީވެސް ބެލީ އުލްޔާއަށް އެއްޗެއް ވިސްނައި ދެވޭތޯއެވެ. ނަމަވެސް އެއްޗެއް ވިސްނުމުގެ ބަދަލު އުލްވީގެ ވާހަކަވެސް އެގޮތަށް ހުރުމުން އުލްޔާ ވީ ފޫއްސެވެ. ތުން އަނބުރަމުން ހިތުން ކުދި ކިޔަމުން އޭނާގެ ކޮޓަރިއަށް ގޮސް އުލްވީގެ ބޮލަށް އެރެން ހަދާނެ ގޮތަކާއި މެދު ވިސްނައިލިއެވެ.
އޮފީހަށް ގޮސްވެސް އުލްވީއަށް ވިސްނުނީ އުލްޔާއާއި ދޭތެރޭގައި އެވެ. ބައްޕައާއި އެގޮަތަށް ވާހަކަ ދައްކަން އުލްޔާއަށް ކެރޭތީ އޭނާ ވަރަށް ހައިރާންވެއެވެ. އެއީ އުލްވީގެ އެއްމާބަނޑު ކޮއްކޮއޭވެސް މީހަކު ނުބުނާނެއެވެ.ރޭގައި ރިހާމްގެ ފިކުރުތަކާއި ހެދި ނުނިދިގެން އުޅުނު މީހާ މިހާރު އެކަން ހަނދާނުގައިވެސް ނެތެވެ. ނޫރާ ކެބިންއަށް ވަދެ އުލްވީގެ މޭޒުމަތީގައި ފައިލްއެއް ބާއްވައިލައިފައި އެއާއި ބެހޭ ގޮތުން ވާހަކަ ދައްކަން ފެށިއެވެ. އުލްވީއަށް އެކަމަށް ސަމާލުކަން ނުދެވުމުން ފަހުން އައުމަށް ބުނެލިއެވެ. ކިޔާން އުލްވީގެ ކެބިންއަށް ވަތް އިރުވެސް އޭނާ ހުރީ އެފިކުރުގައެވެ. އިރުކޮޅެއް ވަންދެން އުލްވީގެ ކުރިމަތީ ހުރި ގޮނޑީގައި އިށީންދެލައިގެން އިނުމައްފަހު ކިޔާން ތެދުވެލިއެވެ. އުލްވީގެ ގޮނޑީގެ ފަހަތަށް ގޮސް އޭނާގެ ކަންފަތް ދޮށުގައި ބޭބީއޭ ބުނެލިއެވެ. ކިތަންމެ މަޑުން އެހެން ބުނިކަމުގައި ވިޔަސް އުލްވީ ދިޔައީ ސިއްސައިގެންނެވެ. އެހާ ކައިރިން އަޑުއިވުނީމައެވެ.
” ކިހިނެއް ވީ.. އަހަރެން ހިކުރީ އަހަންނާއި ދިމާއަށް ހަޅޭލަވައި ގަންނާނެ ކަމަށް..” ކިޔާން އިތުރަށް ޖެއްސުން ކުރުމުންވެސް އުލްވީ ބަހެއް ނުބުނެ އިންނަން ފެށުމުން ކިޔާން އަހައިލިއެވެ. އުލްވީ ހެނދުނު ގޭތެރޭގައި ހިނގައިދިޔަ ބައްޕައާއި އުލްޔާގެ ދެބަސްވުމުގެ ވާހަކަ ކިޔާންއަށް ކިޔައިދިނެވެ. ” އުލްޔާ ދޯ.. ޒަރީރުބެ ބުނިހެން އޭނަ އެހުރީ ނިއު ޔޯރކްއަށް ފޮނުވުމުން މުޅިން ހަލާކުވެފަ.. ގައިމު ކުޑައިރު އަހަރެން ދަންނަ އުލްޔާއެއް ނޫން އެއީކީ މިހާރަކު..އޭރު އުލްޔާވެސް ހަމަ މަގޭ ޖާންގަނޑުހެން ބަސްއަހާނެ.. މިހާރު ފޮނިކަމުން މަށާއި އަނގައިންވެސް ނުބުނޭ..ކިޔާން ރާއްޖެތެރޭ މީހަކަށް ވުމުންނޯ.. އަހަރެން ހާދަ ފުއްސެއްވެޔޭ އެބޮޑާ އަންހެނާ ދެކެ..” ކިޔާންގެ ވާހަކަތައް މެދުކެނޑުނީ އުލްވީ އޭނާގެ ގައިގައި ވިކައިގަތުމުންނެވެ.
” ދެވަނަ ފަހަރަށް ތިހެން ނުބުނައްޗޭ އިނގޭ.. އެ އަހަރެންގެ ކޮއްކޮއޭ..” އުލްވީ ވިކައިގަތުމުން ތަދުވެގެން ކިޔާން އަނގަޔަށް ވައްތަރެއް ޖައްސައިލުމުން އުލްވީ އެތަނުގައި ފިރުމައިލިއެވެ.
” އެ އަހަރެން ސަމާސާއަކަށް ބުނި އެއްޗެކޭ.. އުލްވީގެ ކޮއްކޮ ވާނީ ހަމަ އަހަރެންގެވެސް ކޮއްކޮއަކަށްނު ދޯ.. އުލްވީ ހާސްނުވޭ.. އަދި އުލްޔާއަށް ވިސްނޭނެ.. އަހަންނަކަށް ނުފެނޭ އުލްވީމެން އުލްޔާ ކައިރީ ތިހާ ވަރަށް އޮފީހަށް ނިކުންނަން ކިޔާކަށް.. އެންމެން އުލްވީ ހެންނެއް ނުވާނެ.. އެއްވެސް ވަރަކަށް ޝައުގުވެރިކަން ނެތިއްޔާ އޮފީހަށް ނިކުތަސް އުލްޔާއަކަށް ރަގަނޅަކަށް މަސައްކަތެއް ނުކުރެވޭނެ.. އުލްވީވެސް އޭރު ރެޑީ ނުވިޔަސް އަބަދުވެސް ބިޒިނެސް ދާއިރާއަށް ޝައުގުވެރިކަން ހުރެއެއްނު ދޯ.. ޝަކުވާ ނުކުރިޔަކަސް އަހަންނަށް އެނގެޔޭ އުލްވީވެސް މަސައްކަތް ކުރަން ފެށީ ކުރާހިތުން ނޫންކަން.. އެނޫން ގޮތެއް ނެތިގެންކަން.. އުލްވީވެސް އޭރު ބޭނުންވީ އެންޖޯއި ކޮއްލަންނު ދޯ.. އެހެންވީމަ އުލްޔާގެ ހާލަތު އަސްލު އުލްވީއަށް އެނގެންވާނެ.. ގިވް ހާރ ސަމް ޓައިމް އޯކޭ.. “ކިޔާންގެ ވާހަކަތަކުން އުލްވީއަށް ހިތްހަމަޖެހުން ލިބިގެން ދިޔައީ އެދެއްކި ވާހަކަތައް ގަބޫލު ކުރެވޭތީއެވެ. އެކަމާއި ބެހޭ ގޮތުން އޭނާ ބައްޕަ ޒަރީރުއާއި ވާހަކަ ދައްކާނެ ކަމުގައި ބުނެލިއެވެ. އަދި ކޮންމެސް ގޮތަކުން ކޮއްކޮގެ އުޅުންވެސް އިސްލާހު ކުރެވޭތޯވެސް ބަލާނެ ކަމަށް ބުންޏެވެ.
” ދެން ހިނގާބަލަ އަހަންނާއިއެކު ސައިބޯން.. ވަރަށް ބަނޑުހައި..” ބަނޑުގައި އަތްކާތަމުން ކިޔާން ބުނެލިއެވެ. އުލްވީ ބުނީ އޭނާ ހުރީ ސައިބޮއިގެން ކަމަށެވެ. ” ކޮފީއެއް ޕްލީޒް.. އެވަރު ނުވަންޏާ އެޓްލީސްޓް އަހަރެން ސައިބޮއި ނިމެންދެން އެތަނުގައި ހުރެދޭން ހިނގާބަލަ..” ކިޔާން އާދޭސް ކުރަން ފެށުމުން އުލްވީ އެއްބަސްވިއެވެ. ކިޔާން ފުރަތަމަ އޮފީހުން ނިކުތުމަށް އުލްވީ ބުންޏެވެ. އޮފީހު މީހަކަށް ދެމީހުން އެއްކޮއް ނިކުމެގެން ދާތަން ފެނިއްޖިއްޔާ އެއްޗެކޭ ބުނެފާނެތީއެވެ. ކައިރީގައި އިން ރެސްޓޯރެންޓަށް އަންނަން ބުނުމައްފަހު ކިޔާން ނިކުމެގެން ދިޔައެވެ. 15 މިނިޓް ފަހުން ދާން ކަމަށް ނިންމައި އުލްވީ އޭނާގެ ލެޕްޓޮޕް ހުޅުވައިލިއެވެ. އިރުކޮޅަކުން އޭނާގެ ފޯން ރިންގުވެގެން ބަލައިލިއިރު ގުޅަނީ ކިޔާންއެވެ. އުލްވީ ހީކުރީ ލަސްވެގެން ގުޅަނީކަމަށެވެ.
” ބޭބީ އަދި ލަހެއް ނުވެއެއްނު.. އަހަރެން މިދަނީއޭ އިރުކޮޅަކުން..” ގަޑި ބަލައިލުމައްފަހު އުލްވީ ބުނެލިއެވެ. ” އައްދޭ ހާދަ ލޯބިން ތިބުނީ.. އަހަރެން މިގުޅީ ކޮންމެހެން އުލްވީ ލަސްވެގެން ޝަކުވާކުރާކަށްނޫނޭ.. އަސްލު އަހަރެން އުލްވީ މެޑަމްގެ ކެބިންއަށް ދިޔަ ކަންތައް މަތިން ހަނދާން ނެތިގެން އެވާހަކަ ބުނަން ވެގެންނޭ މިގުޅީ.. 10 ޖަހާއިރު އޮތް މީޓިންގްގެ ވާހަކަ ނޫރާ ބުނިދޯ.. އައްޑޫގައި ހޮޓެލް ކަންތައް މެނޭޖް ކުރުމުގައި އުޅޭ އެންމެންނަށް އަހަރެންވާނެ މީޓިންގްއަށް ކިޔައިފައި ރޭގައި.. ހުރިހާ ޑީޓެއިލްއެއް ހުންނާނެ ނޫރާ ދިން ފައިލްގަ.. އޭތި ބަލައިލައިފިންތޯ އަހައިލަންވެގެން ދިޔައީ.. ” ނޫރާ ގެނެސްދިން ފައިލްމަތިން އުލްވީ ހުރީ ހަނދާން ނެތިފައެވެ.
” އޯކޭ އެހެންވީމަ އަހަރެން މިދަނީ ފައިލް ހިނފައިގެން އިނގޭ.. ތިތަނަށް ގޮސްފަ ކިޔާލާނީ ދެން.. ބާއި.. ” ފޯނު ކަނޑާލުމައްފަހު ފައިލް ކުޑަކޮށް ބަލައިލަމުން އުލްވީ އޭނާގެ ކެބިން އިން ނިކުތެވެ. ފައިލްއަށް ގެއްލި ހުސްވެހުރެ ހިނގައިފައި ދިޔުމުގެ ނަތީޖާއަކަށްވީ ކުރިމަތިން އައި މީހެއްގެ ގައިގައި ޖެހި އަރި އަޅައިލައިގެން ވެއްޓެން ދިޔުމެވެ. ވެއްޓެން ދިޔަ ވަގުތު ބާރުގަދަ އަތަކުން އޭނާގެ އުނގަނޑުގައި ހިފައިހައްޓައި އަނެއް އަތުން ވައަތުގެ ކުޑަހުޅުގައި ހިފެހެއްޓިކަން އިނގެއެވެ. ނަމަވެސް ވެއްޓިދާނެތީ ގަނެފައިވާ ބިރެއްގެ ސަބަބުން އުލްވީއަށް ދެލޯ މަރައި ބާރުކޮއްލައިގެން އިރުކޮޅެއްވަންދެން އޮވެވުނެވެ. ލަސްލަހުން އޭނާ ލޯހުޅުވާލިއެވެ. ކުރިމަތީ ކޮލުދަތްތައް ފެންނަ ވަރަށް ހިނިތުންވެލައިގެން ހުރި ޒުވާނާގެ ފެނި އޭނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާ އަވަސްއަވަހަށް އެސްފިޔަތަށް ތަޅުވާލިއެވެ. ނަމަވެސް މަންޒަރު ބަދަލެއްނުވިއެވެ.
” އަދިވެސް ހަމަ އެހާވަރަށް ވެއްޓޭތަ..” އެއަޑު އޭނާގެ ކަންފަތުގައި ޖެހުމުން މުޅި މީހާ ގަނޑުވި ކަހަލައެވެ. ތަން މިނަށް އަނގަ ހުޅުވާލެވުނެވެ. އޭނާގެ ލޯކުރިމަތީގައި އެހުރީ ހަމަ ރޭގައި އޭނަގެ ނިދި ގެއްލުވައިލި ރިހާމް ހެއްޔެވެ. މިހުރިހާ ދުވަހު އޭނާގެ ހިތް އެންމެ ދެކެން ބޭނުންވި ސޫރަ ހެއްޔެވެ.
ލާނެތް ހިނިތުންވުމަކާއި އެކު ރިހާމް އުލްވީގެ ލޯކުރިމަތިން އަތްހުރަސްކޮއްލިއެވެ. އުލްވީއަށް ލިބުނު ސިހުމާއި އެކު އަވަސްއަވަހަށް ހަށިގަނޑު ސީދާ ކޮއްލަން އުޅުނު ގަޑީގައި އޭނާގެ ބޮލުން ރިހާމްގެ ބޮލުގައި ޖެހުނެވެ. ދެމީހުން އެކުއެކީގައި އައުޗް އޭ ކިޔައި ބޮލުގައި އަތްކާތަން ފެށިއެވެ. ” ހަތް އަހަރު ވެގެން ދިޔައިރުވެސް އުލްވީ ބަދަލެއްނުވޭ ދޯ.. އަދިވެސް އަބަދު ހުންނަނީ ވެއްޓި ވެއްޓި ދޯ.. ނޫނީ މިހުރިހާ ދުވަހު އެކަން މެދުކެނޑިފަ އަނެއްކާ ފެށުނީތަ.. ތީއަބަދު އަހަރެންގެ އަތު ތެރެއަށް ވެއްޓޭ ކުއްޖެއްނު ދޯ..” އުލްވީއާއި ދިމާއަށް އެއްލޯ މަރައިލަމުން ރިހާމް ވާހަކަ ދެއްކިއެވެ. ރިހާމްއާއި ވާހަކަ ދެއްކުމުގެ ބަދަލުގައި އުލްވީ ބެލީ ވީހާވެސް އަވަހަކަށް ރިހާމްގެ ލޯކުރިމަތިން ދެވޭތޯއެވެ. އަހަރުތަކެއް ފަހުން ރިހާމްގެ ރީތި ސޫރަ ފެނުމުން އޭނާގެ ހިތުގައިވަނީ ނޭނގޭ ހައިޖާންގަނޑެއް އުފެދިފައެވެ. މީހަމައެކަނި ކުރަޝްއެއް ހެއްޔެވެ. ނުނީ އުލްވީއަށް މިވަނީ ރިހާމް ދެކެ ލޯބިވެވިފައި ހެއްޔެވެ. އެނާގެ ހިތުގައިވާ އެއްޗެއް ހުދު އޭނާއަށްވެސް ނޭންގެއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




Salaam everyone..
Here is the second part of the story..
Phone mahsala jehigen upkoh nudhevi las v.. hope yuh all will understand.
If yuh have enjoyed reading this part, please share your opinions as a comment ??
Yayyyyy finally Vaahaka up v..
Mi partves varah varah reethi..
Good luck dear ?❤❤
Thank yuh so much Ana dear ?❤
Nice story.. cover pic ga ethibee kon baeh tha
Thank yuh dear
Cover picga einy Merrell twins (storyga aee Ulvy and Ulya). Dhn einy Vanessa Merrell and Aaron Van Wormer (Ulvy and Kiyaan). Collins Key aky Rihaam ?
Masha Allah mi partves habeys
Waiting for the next part
Thank yuh so much dear ?
Thank yuh so much dear ?
Varah reethi wowowow ❤️
Thank yuh so much ?❤❤
Vrh reethi story???when next part?
Thanks a lot Ma! ??
Ey Varah salhi ey ♥️♥️
Thank yuh ey ??❤
Mi partves varah nice
When next part