ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ. މިވީ ދުވަސްތަކުގައިވެސް އަނީސް ގާތު އެ ވާހަކަ ބުނާނޭ ގޮތެއް ނާޖިދު އަކަށް ނުވިސްނުނެވެ. އަނީސް ގާތު ބުނެފިނަމަ އެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގުޅުމަށް އަރާނޭ ލޮޅުމެއް އޭނާ އަށް ލަފާ ކޮށްލާކަށް ނޭނގެއެވެ. ސިކުނޑީގައި އެނބުރެން ފެށީ މީގެ އަހަރުތަކެއް ކުރިން އަޔާން މަލަކް އާ އެކު އުޅުނު ދުވަސްވަރު އައިމަން ބުނެފައިވާ ވާހަކަ ތަކެވެ. ހިޔާލް ގެ މަންޒަރަށް އެ ދުވަސްތައް ފެންނަން ފެށުމާއެކު […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ފަހު ނޭވާ ލުމުގެ ކުރިން އެފަކީރަށް އެހީވެވުނު ނަމައެވެ. ނިމި އެދިޔައީ އެހީތެރިކަމުގެ އަތެއް ނެތިއެވެ. ގުލާނު ކޮށްގެން އަހަރެންނަށް ހޭހަން ކުރިއެވެ. ބޮޑުވެ މީހަކަށްވީދުވަހު އެފަކީރު ދޫކޮށް ލެވުނީއެވެ. އަޅާނުލާކަށް ނޫނެވެ.ހޭހަން ނުކުރާކަށް ނޫނެވެ. އެހީތެރިކަން ބޭނުންވާނީ މުސްކުޅި ވީމާ ކަމުގައި ހީކުރެވުނީއެވެ. ދުއްވާފައި ދާ ދޯންޏެއް ހުއްޓުވި ދާނެއެވެ. ވަގުތު ހުއްޓުވުމަކީ މުސްތަޙީލު ކަމެކެވެ. ޖަވާހިރަށްވުރެވެސް ވަގުތު އަގުބޮޑެވެ. ވަގުތު އިންސާނާއަކަށް ނުބަލާނެއވެ. އިންސާނާ ވަގުތު ފަހަތުން ދުވަންވީއެވެ. ގެއްލިއްޖެ […]
މިއަދަކީ މައިރާގެ ނަތީޖާ ލިބޭ ދުވަހެވެ. 12 އަހަރު ވަންދެން އޭނަ ކުރި މަސައްކަތުގެ ނަތީޖާ ލިބޭ ދުވަހެވެ. މައިރާ ސްކޫލަށް ދިޔައީ ސަނާޝް ގޮވައިގެންނެވެ. އޭނާ ހުރީ ވަރަށް ބިރުންނެވެ. ކިތަންމެ މަސައްކަތް ކުރިޔަސް ކާމިޔާބު ނުލިބޭ ފަހަރު އަންނަކަން މައިރާ ޤަބޫލުކުރެއެވެ. ޚުދު އޭނާ މިހާރުއެދަނީ އެކަންތައްތއް ތަޙައްމަލް ކުރަމުންނެވެ. ބައްޕަގެ ލޯބި ހޯދުމަށްޓަކައި އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނަމަވެސް އޭނާ ކުރި ހުރިހާ މަސައްކަތްވީ ފެނަށެވެ. އެބައްޕަގެ ފަރާތުން ލޯބީގެ ބަދަލުގައި […]
ހިބާ އެސައިންމެންޓް ނިންމުމަށްފަހު އެ ހުށަހަޅާފައި ތިރިއަށް ފައިބެލީ ފެންފުޅި އެއް ބަލައެވެ. އެވަގުތު ބައްޕަ ރީތިވެގެން ބޭރަށް ނުކުތްތަން ފެނުމުން އެދަނީ ހުކުރު ނަމާދައްކަން އެނގުމުން ހިތް އުފަލުން ނަށާލިއެވެ. އޭނާގެ ދުޢާތައް އިޖާބަކުރައްވާކަން އިހްސާސްވުމުން އަވަހައް ﷲ އަށް ޙަމްދު ކޮށްލިއެވެ. އަދި އެނބުރި ކޮޓަރިއަށް ދިޔައީ އެވަގުތު އެ ދެމީހުންގެ ކުރިމައްޗައް ނުކުތުން ރަނގަޅެއް ނުވާނެޔޭ ހިތާއެވެ. …………… ނާސިރު އޭނާގެ ކެބިންގައި އިނީ އޮފީހުގެ މަސައްކަތްތަކުގައެވެ. އެވަގުތު ރިސެޕްޝަނުން ގުޅާފައި އޭނާއާއި […]
ކޮންމެ ގޮތެއްވިޔަސް މިހުރިހާ ދުވަހު އީނާލް ބަލާ ބޮޑު ކުރީ އެ މައިން ބަފައިންނެވެ. އޭނާ އަކީ އަދި އިހަކަށް ދުވަހު އީނާލް އަށް ފެނުނު މީހެކެވެ. އީނާލް އަށް އޭނާގެ މައިންބަފައިން ވެސް މުހިންމު ވާނެއެވެ. އެހެން ވެއްޖެނަމަ އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟ އީނާލް އަށް އޭނާގެ މައިން ބައިން ބޭނުންވާފަދަ އަރާމް ދިރިއުޅުމެއް ހޯދައި ދިނުމަށް އޭނާގެ އަތުން އީނާލް ގެ ހިތް ކުދި ކުދޮ ކޮށްލަން ވީ ހެއްޔެވެ؟ ކުރިއަށް ވާން […]
މަލާކަށް ތޫލި އަޑަކުން ހަޅޭއްލަވައި ގަނެވުނެވެ. ބާރުގަދަ އަތަކުން ދެލޯ މަރާ ތަގުޅި ކޮށްލައިގެން އޮތް މަލާކްގެ އޮމާން އަތުގައި ހިފަހައްޓައިގެން ހުރިހެން ހީވެގެން މަލާކް މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ދާދި ކައިރިން ޒާހިލްގެ ނުތަނަވަސްވެފައި ހުރި މޫނު ފެނުމުން މަލާކްގެ ހިތް ތެޅިލިއެވެ. އޭރު ސައިކަލުގައި އައި ޒުވާނާވެސް ހުރީ އެދިމާލަށް ބަލަހައްޓައިގެންނެވެ. “ކެއަރފުލް މަލާ..” ޒާހިލް މަލާކަށް ނަސޭހަތްތެރި ވަމުން ޑިންގީއަށް މަލާކް އެރުވިއެވެ. ނަމަވެސް މަލާކްގެ ނަޒަރު އެޒުވާނާއާ ވަތްކެއް ނުވެއެވެ. އަލޫކް […]
ފެހިފެހި އާޒާދީ ނޫރޭ އާވާނީ… ފެހިފެހި އާޒާދީ ނޫރޭ ….. ފޯނުން އިވެމުން ދިޔަ ލަވަ ހުއްޓުނީ މެސެޖެއް ނޯޓިފިކޭަޝަނެއް އައުމުންނެވެ. އަހަރެން މެސެޖު ކިޔާލީމެވެ. ކޮފީތައްޓެެއް އެއްއަތުން ހިފަހައްޓައިގެން އިން އަހަރެންގެ އަތުން ތަށި ދޫވެގެން ބިން މައްޗަށް ވެއްޓުނީ ބޭ އިޙްތިޔާރުގައެވެ. އަޅާ އިދިކޮށް ދުއްވައިގަތީ ސީދާ އަހަރެންގެ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ތަޅުލައި، ފާހަނާއަށް ވަދެ، ފާހަނާގެ ދޮރުވެސް ތަޅުލީމެވެ. އިސާހިތަކު އަހަރެން މުށިތަކު މައްޗަށް ދެމުނެވެ. ދިހަ ވަރަކަށް މިނެޓު […]
ނާސިރާއި ރަހްމާ އަދި ހުމާވެސް އިނީ ޙައިރާންވެފައެވެ. އެހާ ކުޑަކުޑަކުދިންތަކެއް އެހާ މޮޅައް ކިޔާލަދިނީތީއެވެ. އެކުދިން ކިޔައިދިން ބައެއް ތަކެތި އެމީހުންގެ ހިތްތަކުގައި ކޮންމެވެސް ވަރަކަށް ހަރުލިއެވެ. ދެން އޮތީ ޝަރަފްވެރި މެހެމާނުގެ އަތުން ކުދިންނަށް އިނާމުތައް ރައްދު ކުރުމެވެ. އެކަން ނިމުމުން ޝަރަފުވެރި މެހެމާނުގެ ކުޑަކުޑަ ވާހަކަ ކޮޅަކަށްފަހު ދެން އިވެންޓްގެ ވަގުތީ މެނޭޖަރު އަދި އިވެންޓްގެ އިސް އޯގަނައިޒަރ ޝުކުރުގެ ބައި ފުރިހަމަކުރުމަށް ސްޓޭޖައް ހާޒިރުވުމަށް ގޮވާލިއެވެ. ހިބާގެ ނަމުން ގޮވާލި ވަގުތު ނާސިރާއި […]
ޝައުން އަހަންނާ ދިމާއަށް ބަލަން ހުރެފަ ބާރަކަށް ހޭންފެށިއެވެ. “ޔޫ ކިޑިންމީ ނާ!” “ނޯ އައި އޭމް ސީރިއަސް އައި ލަވް ޔޫ” އަހަރެން ލޮލުން ވެއްޓުނު ކަރުނަތިކި ގޮސް ޖެހުނީ ޝައުންގެ އަތުގައެވެ. އަހަރެން ސަމާސާކުރަނީ ނޫންކަން އެނގުމާއެކު ޝައުންގެ ހުނުން މައިތިރިވިއެވެ. “ރަހުވާ ނޭންގުމެއްގެ ތެރޭގަ ރަހުވާގެ ފީލިންގްސްއާ ކުޅެވުނުނަމަ ވަރަށް ބޮޑަށް މާފަށް އެދެން. މަށަކަށް އެއްވެސް ވަރަކަށް ނޭންގޭ ރަހުވާ އެފަދަ ގޮތަކަށް މަށާ ދޭތެރޭ ދެކޭ ކަމެއް.” އިސް ޖަހައިގެން […]