Skip to content
އެސްފިޔަ

ވިސްނުމުގެ ބޭނުން ހިފުމުން ލިބޭ ފައިދާ ބޮޑެވެ.( ދެވަނަބައި )

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އަންހެނުންގެ ކޮއްކޮ އެކަނި ހުރި ވަޤުތެއްގައި އަހަރެން ކޮށްލި ކުޑަކުޑަ ސަމާސާ ވިހަވާނެކަން އަހަރެންނަށް އެގޭނީ ކިހިނަކުން ހެއްޔެވެ؟އެ ސަމާސާއާއި ކޮއްކޮ ވަރަށް ގަޔާވިއެވެ.އޭގެފަހުން އެފަދަ ސަމާސާތަކަށް އެދެމުންގޮސް ސަމާސާ ބޮޑުވެ އެންމެ ފަހުން ވިހަވީއެވެ.

ކަޅިރަވަތޫނު ހުޝިޔާރު އެއަންހެންކުއްޖާއަކީ ކާވެނީގެ ސަބަބުން ކާވެނި ޙަރާމުވާ ކުއްޖެއްކަން އަހަރެން ހިތަކަށްނޭރިއެވެ.ބަދަހި ޢާއިލާ ބައިބައިވެ މައްސަލަތައް އުފެދި ލޯބިލޯބި ކުދިންކޮޅު ބިކަވެ ހިތާމަތަކެއްކުރާނެކަން އެއްގޮތަކަސްވެސް ޚިޔާލަށް ނުގެނެވުނެވެ.ޤަދަރު ގެއްލި ބޮޑު ލައްގަޑެއް ޖެހިގެންދާނެކަމެއް ނުވިސްނުނެވެ.އަހަރެން ރިވެތި ނަމޫނާ ދައްކަންވާނެ ރައްޔިތުންތިބި ކަމެއް ހަދާނެއްނުވިއެވެ.

އަހަރެންގެ އުފާވެރިޙަޔާތަށް ބާރުގަދަ ކޮޅިގަޑެއްލައިގެންފިއެވެ.މިއޮއްބަދަހި ޢާއިލާ ވިއްސި ވިހާލިވާން އުޅެނީއެވެ.އަންހެނުންގެ މޫނުމަތީން ފެންނަނީ ފުންހިތާމައާއި،ހާސްކަމެވެ.ކުދިވެރީން ތިބެނީ ބިތްޖެހިފައެވެ.

އަހަރެންނަށް ޤަދަރުކޮށް އިހްތިރާމާއިލޯބި ދީގެން އުޅުނު މީހުން އަހަރެން ފެނުމުން މޫނު އަނބުރާލަނީ ނަފްރަތާއިއެކުގައެވެ.އަވަށްޓެރީން މިގެއާދިމާއަށް ބަލާ އުޅެނީ ނުރުހުމުގެ ލޮލަކުންނެވެ.ރަށުގެ އެންމެން ތުންގުޅުވަ ،ތުންގުޅުވާފައިކައްކަނީ އަހަރެންގެ ވިޔާނުދާ ކަމުގެ ވާހަކައެވެ.މިކަންތައްބޮޑު ހައިޖާނަކަށް ވެއްޖެއެވެ.އަހަރެންނަށް ހަދާނެގޮތެއްނުވިސްނުނެވެ.

ކުޑައިރު އަޑުއިވިފައިވާ ބައެއް ތަންތަންކޮޅު ހަނދާނަށް އާދެއެވެ.”މިމާ އެއްލާލެވޭކަށްނެތް”އެމާލިބޭކަށްނެތް”ދެމާ އެކުގައި ބިނދެވޭކަށްނެތް”މިޢިބާރާތްކޮޅު އަހަރެންގެ މިއަދުގެ ޙާލަތާ ވަރަށްގުޅެއެވެ.ދެން ހަދާނީ ކިހިނެއްހެއްޔެވެ؟މިމައްސަލަ ހައްލުކުރުމަށް ވާހަކަ ދައްކާލަން ރަޙުމަތްތެރިންގެ ތެރެއިން ބަޔަކު އަންނާނެ ނަމައޭ ހިތަށް އަރައެވެ.މިފަދަ ވަގުތުތަކުގައި ގާތް މީހުންނާއި، ރަޙުމަތްތެރިންގެ ލަފާ ވަރަށް މުހިއްމުވާނެއެވެ.ނަމަވެސް އެމީހުންވެސް ނުރުހުންވެ ކުޅިބަލަން އެތިބީ ދުރުގައެވެ.

އަންހެނުން ރުޅި އިސްކުރުމުގެ ބަދަލުގައި އަހަރެންނަށާއި ކޮއްކޮއަށް ވިސްނައި ދީގެން މިސަކަރާތްގަޑު ހުއްޓާލާތޯ ގަދައަޅާ މަސައްކަތް ކުރިއެވެ.ރަށުމީހުން މަލާމާތް ކުރަމުންދާއިރުވެސް ކުދިދަރީންގެ ހައްޤުގައި ގެދޮރާއި އަހަރެން ދޫކޮށްލާފައި ނުގޮސް ގޭތެރޭގެ މަސައްކަތުގައި އުޅެމުންދެއެވެ.

އަންހެނުންގެ ބަސް ޤަބޫލު ކުރުމަށްވުރެ ރަގަޅު އެހެން ގޮތެއްނެތެވެ.ކުދިންކޮޅުގެ މުސްތަޤްބަލް ބަނަ ނުވާނީ އޭރުންނެވެ.އަންހެނުންގެ ކޮއްކޮއަށް އެހެންމަގެއް ހޯދައިދިނުމުގައި އަހަރެން އެހީތެރި ވެދޭނީއެވެ.އަހަރެންގެ ޙަޔާތުގައި މިޖެހުނީ ނުފިލާވަރުގެ ލައްގަޑެކެވެ.ނަމަވެސް މިފާފައިން ތައުބާ ވުމުގެ ދޮރުވަނީ ހުޅުވިފައެވެ.އަހަރެން ތައުބާވެ ކުރީން އުޅެމުން އައިގޮތަށް އަންހެނުންނަށް ލޯބިދީގެން ދިރިއުޅެންވީއެވެ.

 

 

 

( ނިމުނީ )

Comments (2)

  1. Hajja

    Hamdharudhee vaahaalu bunelan othee dhenves bindheveykahala malaku noonee aiynulaashey.. khaassa koh dhevana malehgai aiylaairu.. Best of LUCK.. eemaantherikan hithugai abadhuves beyvveytho balaasheve.

    1. ismail ali kaleyfaanu
      Hajja

      Hajja ah shukriyya.

Comments are closed.