އާޅެން ވީއްލިގެން އުޅޭ މީހާ އިސްމާޢީލް ޢަލީ ކަނދޮޅުދޫ ތަފާތު ކުލަކުލައިގެ މާތައް ފޮޅުވިއެވެ. ވަސްމީރު ހުވަނދުން މުޢައްތަރު ކުރުވިއެވެ. ނުވާޢަހުދެއް ހުވައެއް ނެތެވެ. އަތަށް އެރުމާއިއެކު ޙާލުގައި ޖެއްސިއެވެ. ރޮއިރޮއި އިންދާ ފަރިމަލެއް ބިނދެގެން ގެނައެވެ. އެއްފުޅައް މަތިން ފުއްމާލި ބަކަރި އަނެއް ފުޅައްމަތިން ފުންމާނެއެވެ. މަށަށް ކެހިދިން މީހާ އޭނައަށްވެސް ކެހި ދޭނެއެވެ. ހިތެއް ފުޑުފުޑު ކޮށްލައިގެން އުފާ ހޯދަން އެދެނީ ހެއްޔެވެ؟ ހުހަށް ހުރިމީހެއްގެ މޭގައި ބޯއެޅި ނަމަ އެވެ. އަހަރެން ހުރަހަކަށް […]
“އާހް…މާބޮޑަށްވެސް ސަކަރާތްޖެހިއްޖެ” މަލަކު ބަނޑުގައި އަތްއަޅަމުން ވެލިގަނޑުމަތީ އިށީނނެވެ. “ރީޔާ….. އަބަދު އެގޮތަށް ސްމައިލްވެގެންހުންނަނަމަ…. އީތާން ހާދަކުޅަދާނައޭ އަރިޔާ ހެއްވާލަން…” ޒޯޔާ ބަލާލީ އީތާންގެ ފަހަތުގައި ދުވަމުންދިޔަ އަރިޔާއަށެވެ. އީތާން އަރިޔާ ހަޔާތަށްއައި އައިފަހުން އަރިޔާގެ ދިރިއުޅުން ކުރިއަށްވުރެ ތަފާތެވެ. މީހަކު އެއްޗެއްނުބުނަނީސް އަރިޔާ އަނގައަކުން ނުބުނާނެވެ. އެހެނަސް މިއަދު އަރިޔާގެ މޫނުމަތިން ހިނިތުންނުފިލައެވެ. “މިއުޅޭނީ” އިޒާންގެ އަޑު އިވުމާއެކު މަލަކުމެން ބަލާލިއެވެ.” ހޯދަނީ މީ…..”އިޒާން މާނެވާލެވިފައި ހުރެ ބުނެލިއެވެ. “ހިނގާދާން….ކައިގެން ފައިގަތަޅާ ކުޅެން” އިޒާން އެހެންބުނުމުން އަރިޔާއާ އީތާން އެކަކު އަނެކަކަށް ބަލާލިއެވެ. އީތާން އަރިޔާ އަތުގައި ހިފާލަމުން އެއްގަމާއި ދިމާއަށް މިސްރާބުޖެހިއެވެ. ************* އަރިޔާ ތަށްޓަކަށް ފިހުނު ކުކުޅު ފަޔަކާއި މަސްކޮޅެއް ލުމަށްފަހު އަތިރިމަތީ އެކަނިމާ އެކަނި އިން އީތާންއަށް ދިއްކޮށްލިއެވެ. އީތާން ތަށީގައި ހިފުމުގެ ބަދަލުގައި ހިފީ އަރިޔާގެ އަތުގައެވެ. “މިތާ އިށީނދެބަލަ” އަރިޔާގެ މުށިކުލައިގެ ލޮލަށްބަލާލަމުން ބުނެލިއެވެ. އީތާން އެއަތުގައި ހިފައިފާހުރުމުން އަރިޔާ އެތަނުން ދާނެ ފުރުސަތެއް ނުލިބުނެވެ. އެވަގުތު އެތަނަށް އައި މަލަކު ފެނިފައި އަރިޔާ ލޮލުގެ އިޝާރަތުން އޭނާ އެތަނުން ގެންގޮސްދިނުމަށް އެދުނެވެ. މަލަކު ހިނިތުންވެލައިފާ އީތާން އަށް ބަލާލިއެވެ. ” ކޯކެއްނުގެންނަމެއްނު…..މަ މިއަންނަނީ ހިފައިގެން” މަލަކުކަންތައް ކުރި އަރިޔާ ހީކުރިގޮތާއި ހިލާފަށެވެ. މަލަކު މޫނަށް އޭނާ ބަލާލި ރުޅިވެރިކަމާއެކުއެވެެ. މަލަކު އެއްލޯ މަރާލިތަް ފެނި އަރިޔާގެ ރުޅި ކުރިއަށްވުރެ ގަދަވިއެވެ. ތުންފަތުގައި ދަތްއެޅީ އީތާންގެ މުނަށް ނުބަލަންވެގެންނެވެ. “ނުކާންތަ ތިއިނީ؟ އާދެ…ލަވާދޭނަން” އީތާން ރޮށިކޮޅު ވިނުވާލުމަށް އޭގެތެރެއަށް މަސްކޮޅެއް ލިއެވެ. އަރިޔާ ނުކާންގަދަހަދަމުން ދިޔައެވެ. “އެހެރި މާކަނާއެއް” އީތާން އެހެން ބުނުމުން އަރިޔާ ކޮބާހޭ އެހިއެވެ. ފުރުސަތުގެ ބޭނުންހިފާ އީތާން އަރިޔާގެ އަނގަޔަށް ރޮށިކޮޅު ލެވިއެވެ..”ދޭން…. އިތާން…… އައި ރިޔާލީ ހޭޓް ޔޫ” އަރިޔާ ތުން އޫކޮށްލުމަށް ފަހު އެތަނުންއަވަހަށް ދާން ހިނގާގަތުނެވެ. އެވަގުތު އަރިޔާއަށް ހިނިތުންވެލިއެވެ. ******* ދަތުރު ނިމުނީ ހީވެސްނުކުރާހާ އަވަށެވެ. ވަގުތުހޭދަކުރެވުނީ ހުސްވެސް މަޖާކަންކަމުގައެވެ. ގެއަށް އައުމާއެކު ހުރިހާ އެންމެންނަށް ވަރުބަލިކަން އިހުސާސްވިއެވެ. އަރިޔާ ފެންވަރައިގެން އޮށޯތީ ނިދަންށެވެ. އެނދުގައި ހަމަޖެހުމާއެކު އަރިޔާ ފުން ނިދިތެރެއަށް ގެނބުނެވެ. ******* މޯޅިއަކަށް ދެމިލަމުން އަރިޔާ އެނދުން ތެދުވިއެވެ. ދެލޯ އުނގުޅަމުން ފާހަނައަށް ވަދެ މޫނުދޮވެލިއެވެ. ކޮޓަރިން ނުކުތި އިރު ގޭގައި އެކަކުވެސް ނެތެވެ. އަރިޔާ ބަދިގެއަށް ވަތްވަގުތު މީހަކު އޭނާގެ ފަހަތުން އައިކަން އެނގުނެވެ.”ކީއްކުރަނީ މިއޮތް ދަން ގަޑިއެއްގައި؟” އީތާން ދޮރުކަނީގައި ލެގިލަމުން އަހާލިއެވެ. “ބަނޑުހައިވީ…..ގޭގައި އެކަކުވެސް ނޫޅެނީތަ؟” އަރިޔާ އަތްދޮވެލަމުން އަހާލިއެވެ.”ހޫމް އެންމެން ގޮއްސި ފިހާރައަށް… މާދަން ބީބީކިއު ހަދަންވެގެން” އީތާން ބަދިގެއަށް ވަދެ ކަބަޑުން ދެ ޕެކެޓް ނޫޑުލިސް ނެގިއެވެ. “ކީއްކުރަން ތިއުޅެނީ؟” އީތާން އައިސް އަލަމާރި ހުޅުވާލިތަން ފެނި އަރިޔާ ސުވާލުކުރިއެވެ.” މީތާ އިށީނދެބަލަ” ކާމޭޒުން ގޮނޑިއެއް ދުރުކުރުމަށްފަހު އަރިޔާއަށް ބަލާލިއެވެ. އަރިޔާއަށް ކަންތައްތައް ވާންއުޅޭ ގޮތްނޭނގޭތީ އޭނާއަށްހުރެވުނީ އީތާން އަށް ބަލަންށެވެ. އީތާން އަރިޔާއަތުގައި ހިފުން އަރިޔާ އެއަތްފޮޅާލަމުން ގޮނޑީގައި ހަމަޖެހިލިއެވެ. އަރިޔާއަށް ހުރެވުނީ އީތާން ކަންތައްތައްކުރަންއުޅޭގޮތް ބަލަންށެވެ. އީތާން ކައްކަމުންދިޔައިރު އަރިޔާއަށް ހުރެވުނީ އަނގަހުޅުވައިގެންނެވެ.”ތިއަނގަލައްޕަބަލަ!” އީތާން ނޫޑުލިސް ތައްޓާކަށް އެޅުމަށްފަހު އަރިޔާއަށްވާގޮތަށް ކުރިމަތީގައި ތަށި ބެހެއްޓިއެވެ.” ޓްރައި އިޓް” އީތާން ތައްޓަށް އިޝާރަތް ކުރިއެވެ. އަރިޔާ އީތާންއަށް ބަލާލުމަށްފަހު އުލުން ނޫޑުލިސްކޮޅެއް ކާލިއެވެ. “ޕްރޮފެޝަނަލް ޝެފެއްތަ ތީ؟” އަރިޔާއަށް މިވަރުގެ އެއްޗެއްނުކައެވެ. މީރުކަމުން އަރިޔާއަށް އެތަށީގައި ހުރި އެތިކޮޅު ހުސްކުރެވުނެވެ. “މީރުދޯ” އީތާން އަރިޔާއުޅުންގޮތް ފެނިފައި ހިނިއައެވެ.”ހޫމް…އެކަމް ހާދަ ކުޅިއޭ” އަރިޔާ ދެލޯ ބޮޑުކޮށްގެން އީތާންއަށްބަލާލިއެވެ..”ފެން” އަރިޔާ ފެންތައްޓަކަށް އެދުނެވެ. އީތާން ފެންތަށި ދިއްކޮށްލުމުން އަރިޔާ ފެންތަށި އެއްކޮން ހުސްކޮއްލިއެވެ.އެވަގުތު އީތާންއަށް އެއްޗެއްފާހަގަވިއެވެ. އޭނާ އަރިޔާ މޫނު ކައިރިއަށް އޭނާގެ މޫނު ކައިރިކުރެވުނެވެ. އަރިޔާގެ ތުންފަތްކައިރީ ހޭކިފައިހުރި ސޯސްކޮޅު ފޮހެލިއެވެ. އަރިޔާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ.
“އެހެރި އަންނަނީ” މަލަކުގެ އަޑަށް ދޮރުމަތީގައި ތިބި އެންމެން މަލަކު އިޝާރަތްކުރި ދިމާލަށް ބަލާލިއެވެ. އެކުގައި ހިނގައިފައި އައި އަރިޔާއާއި އީތާން ފެނިފައި އެންމެން ކޮސްވެފައި އެދެމީހުންނަށް ބަލަންފެށިއެވެ. އިއްތިފާގުން ނަމަވެސް އީތާން އަށާއި އޭނާލެވިފައި ހުރީ ކުލަގުޅޭ ހެދުމެވެ. އަރިޔާ އަށްލައިގެން ހުރި މަޑުނޫކުލައިގެ ކަކުލާއިހަމައަށްއަންނަ ދެމޭފޮތީގެ ހެދުމަކަާއި ކަޅުލެގިންސް އީތާންލައިގެންހުރި ގަދަނޫކުލައިގެ ޓީޝާޓްއާއި ކަކުލާއިހަމައަށް އަންނަ އަޅިކުލައަށްދާ ސޯޓާއި ގުޅެއެވެ.”ދެމީހުން ރާވައިގެން ކުރިކަމެއްތަ؟” މަލަކު އެއްމިޔަކަނިން ހީލަމުން އަހާލިއެވެ. މަލަކު އެންމެން ތިއްބާ އަރިޔާގާތު އެހެން އެހުމުން އަރިޔާ ގަތްލަދުން މޫނުއެއްކޮން ޖަންބުވިއެވެ. އެހެންމީހުންނަށް އެމޫނު ނުދައްކަންވެގެން އިސްޖަހާލިވަގުތު ކަންފަތް ދޮށަށް ލެއްވިފަ އިން އިސްތަށިކޮޅު އަރިޔާގެ މޫނު ނިވާކޮއްދިނެވެ. “ދެން ހިނގަދާން މަލްގެ ކަންތައްތައް ހާދަބޮޑޭ ދޯ” ޒޯޔާ އަރިޔާގެ ދިފާޢުގައި ނުކުތިއެވެ. ހުރިހާއެންމެން އެކުއެކީ ގެއިންނުކުމެގެން ބަނދަރާއިހަމައަށްދިޔައީ ހިނގައިފައެވެ. އަރިޔާގެ ފަހަތުން އީތާން ހިނގަމުންދިޔައެވެ. އެވަގުތު ޖެހިލި ހެނދުނުގެ ފިނިވައިރޯޅިން އަރިޔާގެ ދޫކޮއްލެވިފައިވާ އިސްތަށިގަނޑާއި ކުޅެލިއެވެ. އެމަންޒަރު ބަލަންހުރި އީތާންއަށް ހިނިތުންވެލިއެވެ. އަރިޔާއަށް އީތާން ބަލާކަން ރޭކާލުމާއެކު ލަދުގަތުނެވެ. މީހާހަމައަކަށް އެޅުވުމަށް ފުންނޭވާއެއްދޫކޮށްލިކަން އީތާންއަށްއެނގުނެވެ. “މީތި އަޅައިގެން އުޅެބަލަ” އީތާން ފުރުސަތުގެ ބޭނުންހިފައި އަރިޔާބޮލުގައި ސަންހެޓްއެއް އަޅުވާދިނެވެ. މީހަކު ފޮޓޯނެގިހެން ހީވެގެން އަރިޔާއާއި އީތާން އެދިމާއަށް ބަލާލިއެވެ. ފޯނު ހިފައިގެން ހުރި ރާއިފް އާއި ދާއިން ފެނި އީތާން އެދިމާލަށް ދުއްވައިގަތުނީ އެމީހުން އަތުލުމަށެވެ. އީތާންގެ ކިބައިން ސަލާމަތްވުމަށްޓަކައި ދެމީހުން ދެކޮޅަށް ދުއްވާގަނެވުނެވެ. އެތަންބަލަންހުރި އަރިޔާއަށް ހެވުނެވެ. ފުރަން ވަގުތުޖެހުމާއެކު ހުރިހާއެންމެން ދޯންޏަށް އެރިއެވެ. މިފަހަރު އީތާންހުރީ އަރިޔާގެ ކުރިމައްޗަށްވާ ގޮތަށެވެ. ދޯނި އޭގެ އެންމެ ހަލުވި ބާރުމިނުގައި ދުއްވަމުންދިޔައިރު އަރިޔާގެ ފަންއިސްތަށިގަނޑު ވަޔާއެކުވިހުރެމުންދިޔައެވެ.އީތާންއަށް އަރިޔާ ބޮލުގައިއަޅާފައިހުރި ހެޓްގެ އެއްފަޅީގައިހިފަހައްޓައިގެން ހުރިކަން އެނގުނެވެ. ދަތުރުދާން ހަމަޖެހިފައިވާ ރަށަށްއައުމާއެކު ފިރިހެންވެރިން މޫދަށް ފުންމާލިއެވެ. ބައެއް ފިރިހެންވެރިން އަންހެންވެރިން އަތްދަނޑިމައްޗަށް ލައިގެން ގޮނޑުދޮށަށް ގެންގޮސްދިނުމުގައި އުޅެމުންދިޔައެވެ. “އާދެ” މީހާކު ގޮވާލިއަޑަށް އަރިޔާ އެދިމާލަށް ބަލާލިއެވެ. އޭރު އީތާންވެސް ހުރި އޭނާއަށް ބަލަންށެވެ. ހަތަރުކަޅިހަމަވުމާއެކު އަރިޔާ އިޙްތިޔާރުން ބޭރުގައި އެދިމާލަށް ފިޔަވަޅުތަކެއްނެގުނެވެ. އީތާންބަލާއިގެން އަރިޔާ އޭނާގެ އަތްދަނޑިމައްޗަށް އުފުއްލާލިއެވެ. “ތިއޮއްކަމެއްބަލާބަލަ” ޒޯޔާއާއި މަލަކުގާތަށް އައިި ރާއިފްއާއި ދާއިން އީތާން ދައްކާލިއެވެ. “ސާބަސް…. އިއްޔެވީ ޕްރިންސަސްއަކަށް…މިއަދު ކުއީންއަކަށް”މަލަކުއަށް އެތަންފެނފައި މަޖަލަކަށް އެހެންބުނެލިއެވެ.”އަދިނިމުނީކިއެއްނޫން….މިއޮތީ” ރާއިފް ފޯނުނަގައި ކުރިން ނެގިފޮޓޯ ދައްކާލިއެވެ.”އާޗާ….. ދޭ ލުކް ޕާރފެކްޓް….”ޒޯޔާއާއި މަލަކު އެފޮޓޯ ބަލާލިއެވެ. “ތިއޮއް އަންނަނީ”އެކުގައި ހިނގާލައިފައި އައި އަރިޔާއާއި އީތާންފެނިފައި މަލަކުއަތުގައި އޮތް ރާއިފްގެ ފޯނު ދާއިން ޖަހާގަތުނެވެ. “އޭތް އަހަރެމެންނަށް ނުދައްކާ ފޮރުވައިގެން ތިއުޅެނީ ކޮންޗެއްތަ؟” އީތާން ދާއިން އެއްޗެއްފޮރުވިތަން ފެނިފައި އަހާލިއެވެ. “އެއްޗެއްނޫން” ދާއިން ނޫންްކަމަށް ހެދިގެން އަވަހަށް އުޅުނީ އެތަނުން ދާންށެވެ. ************* ހުރިހާ އެންމެން ހަމަވުމާއެކު ކުޅެންހަމަޖެހިފައިވާ ކުޅިވަރުގެ ގަވާއިދުތައް އިޒާން އެންމެންނަށް ކިޔާދިނެވެ. ކުޅެންހަމަޖެހިފައިވާ ކުޅިވަރަކީ ކުލަޖަހުމެވެ. އަންހެންފިރިހެން ވަކިން ކުޅެންހަމޖެހުމުން ހުރިހާ އަންހެންކުދިން އެއްކުއްޖަކު އަނެއްކުއްޖަކަށް ހިތްވަރުދިނެވެ. އަންހެންކުދިންނަށް ރަތްކުލައިގެ ފެންޕެކެޓް ދީފައިވާއިރު ފިރިހެންކުދިންނަށް ފެހިކުލަހަވާލުކުރިއެވެ. އިޒާން ކަށިކަނޑު އެޅުމާއެކު އެކިކުދިން އެކިދިމާލަށް ދުއްވާގަތުނެވެ. އަރިޔާގެ ފަހަތުން އެއްވެސްކުއްޖަކު ނާންނާތީ ހަމަޖެހިލައިގެން މަގޫގަހުގެ ފަހަތަށް ވަދެ ފިލިއެވެ. އަރިޔާ ހީކުރި ގޮތާއި ޙިލާފަށް މީހަކު އޭނާއަށް އެބަފާރަލައެވެ. މީހަކުގެ ފިޔަވަޅުގެ އަޑަށް އަރިޔާ ބަލާލިއެވެ. ކުރިމަތީގައި ހުރި ހަނާންފެނި އަރިޔާ އަވަހަށް ދުއްވައިގަތުނެވެ. ހަނާން އަތުގައި އޮތްފެން ޕެކެޓް އަރިޔާއާއި ދިމާއަށް އެއްލިއެވެ. އޭތި އަރިޔާގައިގައި ނުޖެހުނެވެ. ފުރުސަތުގެ ބޭނުންހިފައި އަރިޔާ ހަނާންއާއި ދިމާލަށް ފެންޕެކެޓް އެއްލިއެވެ. ފެންޕެކެޓް ހަނާން ގައިގައި ޖެހި ފަޅާގެންދިޔަކަން އެނގުމާއެކު އަރިޔާ އަވަހަށް އެތަނުންދިޔައެވެ.”ރިޔާ އާރ ޔޫ ރެޑީ؟” އަތިރިއަށް އާދެވުމާއެކު ފިލާހުރި އީތާން ނުކުތިއެވެ. އީތާންގެ އަޑަށް އަރިޔާ ފަހަތަށް އެނބުރުނެވެ. “އޭތް ނުޖަހާތި” އަރިޔާއަށް އީތާން އަތުގައި އޮތް ދެ ފެންޕެކެޓް ފެނި އަރިޔާއަށް ބުނެލެވުނެވެ. އީތާން އަރިޔާއާ ދިމާލަށް ފެންޕެކެޓެއް އެއްލިއެވެ. އަރިޔާ އަވަހަށް ރެކެންވެގެން ދުއްވައިގަނެވުނެވެ. އީތާންވެސް އަރިޔާގެފަހަތުން ދުއްވައިގަނީ އޭނާ އަތުލުމަށެވެ. އެދިޔަގޮތަށްގޮސް އަރިޔާ އަތްދަނޑިމައްޗަށް އުފުއްލާލިއެވެ. ވަގުތު ބޭކާރުނުކޮށް އަރިޔާ މޫދަށް އެއްލާލިއެވެ. “ދޭން ދޯ” އަރިޔާ އީތާންގަޔަށް ފެން ބުރުވާލިއެވެ.ރައްދުގައި އީތާންވެސް އަރިޔާއާ ދިމާލަށް ލޮނު ބުރުވާލިއެވެ. އެވަގުތު އަތިރިމައްޗަށް ވަގުތުކޮޅެއް ހޭދަކޮށްލުމަށް ޒޯޔާއާއި ރާއިފްއަށް އެމަންޒަރު ފެނުނެވެ. ތުއްތުކުދިންތަކެއްހެން އުޅެމުންދިޔަ އަރިޔާއާއި އީތާން މެން މަލަކުމެންނަށްދައްކާލިއެވެ. މަލަކުވެސް މަޑުންހުންނާކަށް ބޭނުމެއްނުވިއެވެ. މަލަކު ޒޯޔާގެ އަތުގައި ހިފައިގެން މޫދަށް އެރުނެވެ. އެތަންފެނިފައި ރާއިފްއާއި ދާއިން އެކަކު އަނެކަކަށް ބަލާލިއެވެ.ދެމީހުންވެސް އީތާންމެންގެ ސަކަރާތުގައި ބައިވެރިއެވެ. އެކަކު އަނެކަކުގަޔަށް ފެންޖަހަމުން ދިޔައިރު އެއިން އެކަކަށް ވަގުތު ހިނގަމުންދިޔަގޮތެއް ނޭނގެއެވެ
22ވަނަ ބައި ނާސިރު އަވަސް އަރުވާލައިގެން ގޭތެރެ ތައްޔާރު ކުރުމުގެ މަސައްކަތުގައި އުޅޭތަން ހިބާއަށް ފެނުމުން މަންމަ ކޮބާބާއޭ ހިތައް އެރިއެވެ. އޭނާ ކައިވެންޏެއް ކުރާއިރު މަންމަގެ ހެޔޮ ނަސޭހަތެއް ހިސާބުވެސް އޭނާ އަށް އަޑު ނީވޭތާ މަންމަގެ ހިތްހެޔޮ ހިނިތުންވުމެއްވެސް އޭނާއަށް ނުފެންނަތާ މިހާރު ވީ ކިތައް ދުވަސް ކަމެއްވެސް ނޭނގެއެވެ. މާ ގިނަ ދުވަހެއް ނުވެ އޭނާ ފިރިމީހާއާއެކު އެގެއިން ނިކުމެގެން ދާން ޖެހޭނެއިރު މަންމަގެ ރުހުން ނުލިބި ދާން ވެއްޖެ ނަމަ އޭނާގެ […]
އަޝްރާގެ އެ ހިމޭންކަމުގެ ސަބަބުން އިއާންގެ ހިތުގައިވި ނުތަނަވަސްކަން ހިނދެއް ހިނދަކަށް ދިޔައީ އިތުރުވަމުންނެވެ. ” އަޝޫ… ދޮންބެއަށް މިހީވަނީ ހަމަ ރަނގަޅަށްތަ… ” އަޝްރާ އަދިވެސް އެެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އިއާން މިފަހަރުވެސް ވާހަކަ ދެއްކިއެވެ. ” ނޫން.. އެދެމީހުން ދެމެދު އެކަހަލަ އެއްވެސް ގުޅުމެއް ނޯވޭ… އަޅުގަނޑަކަށް ފާހަގައެއްވެސް ނުވޭ ތިކަހަލަ އެއްވެސް ކަމެއް… ” އިއާން ދެވަނަ ފަހަރަށް ސުވާލުކުރުމުން އަޝްރާ ވިސްނާލުމަށްފަހު އޭނައަށް ވިސްނުނު އެންމެ ރަނގަޅު ޖަވާބެއް ދިނެވެ. […]
***2 ދުވަސްފަސް**** ވޭތުވެދިޔަ ދެދުވަހު އަރިޔާ އުޅުނީ އީތާންގެ ކުރިމައްޗަށް ނޭރެވޭތޯއެވެ. މިކަން މަލަކުއާއި ޒޯޔާއަށްވެސް ފާހަގައެވެ. ދެމީހުން އަރިޔާ ގާތު އެހިއެއްކަމަކު އަރިޔާ ޖަވާބެއްނުދެވެ. ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ރޭގަނޑުގެ ކެއުމަށް އެންމެން އިންސާފުކުރަމުންދިޔަ އެވެ. އަރިޔާ އާއި ޒޯޔާ އަދި މަލަކު އުޅުނީ މޭޒުމައްޗަށް ކާއެއްޗެހި އެރުވުމުގައެވެ. ހަމަހިމޭންމާހައުލުގައި އެންމެން ކަމުންދިޔައިރު ކުއްލިއަކަށް އީތާންގެ ފޯނު ރިންގުން ހަމަހިމޭންކަން ފޫދުއްވާލިއެވެ. “ހަލޯ……ކިހިނެތްވީ؟” އިތާން ވާހަކަ ދެއްކި އަޑަށް އެންމެން އެދިމާލަށް ނަޒަރު ހިންގާލިއެވެ.” އަހަރެމެން ހޯދި ހޯދުންތަކުން އެ އަންހެންކުއްޖާއަކީ ކާކުކަން އެނގިއްޖެ…”އެކޮޅުން ވާހަކަދެއްކި މީހާ ބުނެލިއެވެ.”އެއީކާކު؟” އީތާން އެހެންބުނެލި ވަގުތު އަރިޔާ ނޫޑުލިސް އަޅާފައި ހުރިތަށި ހިފައިގެން އައެވެ. ފުން ނޭވާއެއްފަޒާގެތެރެއަށް އީތާންދޫކޮށްލުމަށްފަހު އޭނާ ފޯނު ބޭއްވިއެވެ. ކާމެޒުދޮށަށް ހާޒިރުވެފައި ތިބިމީހުންނަށް ބަލާލިއެވެ. “ކޮބާ މިތަނުން މަރިޔަމް އަރިޔާ އަކީ؟” އިތާން އަހާލުމާއެކު ހުރިހާ އެންމެން އީތާން އަށް ބަލާލިއެވެ. ބަދިގެއަށް ވަންނަން މިސްރާބުޖަހާގެންހުރި އަރިޔާ ދެފައިގައި ހީވީ ކަސްތޮޅު އެޅުވުނުހެންނެވެ. އޭނާ މަޑުމަޑުން ފަސްއެނބުރި ބަލާލިއެވެ. މަލަކު ލޮލުގެ އިޝާރާތުން އީތާންއަށް އަރިޔާ ދައްކާލިއެވެ. އީތާން އަވަސްފިޔަވަޅުތަކުން އަރިޔާއާއި ދިމާލަށް އަންނާތީ އަރިޔާ ހާސްވިއެވެ. “ތީ އަރިޔާތަ؟ އީތާން ޔަގީންކުރަންވެގެން އަރިޔާގާތު އަހާލިއެވެ. އަރިޔާ ބޯޖަހާލިއެވެ.”އެހެންވިއްޔާ އަޒުރާ ދަންނަންތަ؟” އީތާން ކޮށްލި ސުވާލުން އަރިޔާ ދެލޯ ބޮޑުބޮޑުވިއެވެ.”ތީ އަޒުރާއްތަގެ….ދަރި..ދަރިފުޅުތަ؟” އީތާންއަށް އަރިޔާ ބަލާލީ ދެލޯބޮޑުކޮށްގެންނެވެ. އޭނާގެ މޫނުން ފެންނަނީހާސްކަމާއި ނުތަނަވަސްކަމެވެ. އީތާން ޖަވަބުގައި ބޯ ޖަހައިލުމުން އަރިޔާގެ ހާސްކަން ދެގުނަ އިތުރުވިއެވެ. އޭނާ އީތާންއަށް ފަސްދިނުމަށްފަހު އެނބުރި ބަދިގެއަށް ދާންއުޅުނީ އީތާން ކުރަން އުޅުނު ސުވާލު އިހުސާސްވުމުންނެވެ. “ވީ ނީޑް ޓު ޓޯކް” އަރިޔާ އަތުގައި ހިފާލަމުން އީތާން އޭނާގެ ކޮޓަރިއާއި ދިމާލަށް ހިނގައިގަތުނެވެ. އަރިޔާ އެބާރުގަދަ އަތް ނައްޓުވަން އުޅުނެވެ. ހިފަހައްޓާލައިފައި ހުރިލެއްބާރުކަމުން އަރިޔާ ކުރި މަސައްކަތްވީ ބޭކާރެވެ. އީތާން އެދިޔަ ގޮތަށްގޮސް އޭނާ ކޮޓަރިއަށް ވަދެ އަރިޔާ ސޯފާ މައްޗަށް އެއްލާލިއެވެ. އަރިޔާ ކޮޓަރިންނުކުމެގެންދާނެތީ އީތާން ކޮޓަރި ތަޅުލިއެވެ. ސޯފާގައި އިށީނދެއިން އަރިޔާ އިނީ ބިރުންވިރިވިރިއެވެ. ދެންވާންއުޅޭކަންތައްތައް ނޭނގޭހާލު އަރިޔާ އަށް ހުރެވުނީ ބިރުންނެވެ. އީތާން އަރިޔާއަށް ވާގޮތަށް ކުރިމަތީގައި ހުރިސޯފާގައި އީށީނދިއެވެ.”ކިހިނެތް އަސްލު އަރިޔާ އާއި އަހަރެންގެ މަންމައާއި ދިމާވީ؟” އީތާން ސުވާލިކޮށްލުމުން އަރިޔާ އިސްއުފުލާލިއެވެ. އަރިޔާ ބޮލުގައި އެދުވަހުގެ ހަނދާންތައް އާވިއެވެ.ހާސްވިޔަސް އޭނާ އެވާހަކަ ކިޔާ ދިނެވެ.” އައި ވޯޒް ކިޑްނޭޕްޑް ދެޓް ޑޭ….އެކަންކުރި މީހުން އުޅުނީ އަސްލު އަހަރެން މަރާލަން … އެދުވަހު އަޒުރާއްތަ ކާރު ކުރިމައްޗަށް ނޭރިނަމަ އަހަރެން މިދުނިޔޭގައި ނުހުންނާނެ… އެދުވަހަށްފަހު އަހަރެން ބަލާބޮޑުކުރީ އަޒުރާއްތަ…އަޒުރާއްތަ މެލޭއަށް ފޮނުވީވެސް އަޅުގަނޑު….އެކަމަކު… މިހާރު ދެހަފްތާވެދާނެ ޙަބަރެއްނުވާތާ….”އަރިޔާ މުނުމަތިން ފެންނަނީ ހާސްކަމެވެ. އީތާންއަރިޔާ އަށް ފެންނުޅިއެއް ދިއްކޮށްލިއެވެ.”ކޭން އައި ލީވް ނާއު؟”އަރިޔާ ފެންފުޅީގައި ހިފާލަމުން އަހާލިއެވެ..”ޔާ… ދެން ދިޔަސް އޯކޭ..” އީތާން އެހެންބުނެލުމުން އަރިޔާ ތެދުވެގެން ދޮރާއި ދިމާލަށް މިސްރާބުޖެހިއެވެ. “ވަން މޯތިން…..މައި މޮމް ހޭޒް ޕާސްޑް އަވޭ..” އަރިޔާ ފެން ބޯންހުރިވަގުތު އެހެން އީތާންބުނުމުން އަރިޔާ ކޮށިއެރިއެވެ. “ތީ ދޮގެއް”އަރިޔާ އެކަމާ ދެކޮޅުހެދިއެވެ. އޭނާ އީތާން އަށްބަލާލިއެވެ. އީތާންގެ މޫނުމަތިން ފެނުނު ނުތަނަވަސްކަން އޭނާއަށް ވަޒަންކުރެވުނެވެ.އެވަގުތު އަރިޔާގެ ސިކުނޑިއަށް ކަމެއް ނަގާގަނެވުނެވެ. މިދެހަފްތާތެރޭގައި ޑޮކްޓަރ ވިވިއަން އޭނާއަށް ނުގުޅާސަބަބު އެނގުނެވެ. އެވަގުތު އަރިޔާގެ ދެލޮލުން ހޯސްލައިފައި ކަރުނަފޭބިއެވެ. ދެފައިން ވާގިނެތިގެން ވެއްޓެންދިޔަވަގުތު އީތާން އޭނާ ހިފެހެއްޓިއެވެ.އަރިޔާ އަނގަމަތީގައި އަތްއެޅިފައިވާއިރު އީތާންއަށް އަރިޔާގެ ގިސްލުމުގެ އަޑު އިވުނެވެ.
އެއީ ކޮން ބައެއް ބާއެވެ؟ އެމިހުން އެއުޅެނީ ކީއް ކުރަން ބާއެވެ؟ ހަމަ އެކަނި އިނގޭ އެއްޗަކީ އެމިހުން ކުރަން އެއުޅޭ ކަމަކީ އެތައް ބައެއްގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލާނެ ކަމެއް ކަމެވެ. **** ފަޒްލާ އިނީ މިޝްޔާ އެގޮތަށް ދިޔުމުން ހައިރާން ވެފައެވެ. އެހެނީ މި ހުރިހާ ދުވަހު ޒައިން މިޝްޔާ އަށް ކިތަންމެ އުނދަގުލެއް ކުރިއަސް އެގޮތަށް ރޮއެ، ރުޅިއެއް ނާދެއެވެ. ޒައިން އާއި ގުޅުމެއް ވީ ކަމެއް ކަމަށް ހިތާ ފަޒްލާ އިނީ […]
އީތާން އަރިޔާ ހަމައަކަށް އެޅެންދެންއިނެވެ. އަރިޔާ އަމިއްލަނަފްސު ހަމައަކަށް އަޅުވަންއުޅުނަސް އޭނާގެ ލޮލުކުރިމަތިން ސިފަވަނީ އަޒުރާއޭނާއަށް ކޮއްދިންކަންތައްތަކެވެ. އަރިޔާ އަމިއްލަނަފްސް ހަމައަކަށް އެޅުމަށްފަހު އީތާންގެ އަތް ފޮޅުވާލިއެވެ. އަރިޔާ ހަށިގަނޑު ތެދުކޮއްލުމަށްފަހު ކަރުނަތައް ފޮހެލިއެވެ. “ރިޔާ…ކިހިނެއްވީ؟” ސިޓިންރޫމްގައި ތިބި ހުރިހާ އެންމެންގެ ނަޒަރު މަޑުހިނގުމެއްގައި ހިނގައިފައި އައި އަރިޔާއަށް ހުއްޓުނެވެ. އަރިޔާ ލުއިހިނިތުންވުމެއް ރައްދުކޮއްލުމަށްފަހު އޭނާ ހުންނަން ހަމަޖެހިފައިވާ ކޮޓަރިއަށް ވަދުނެވެ. ކޮޓަރިދޮރު ތަޅުލުމާއެކު އޭނާ އަށް ރޮވުނެވެ. ބިންމަށްޗަށްވެއްޓިގަނެވުނީ ބޭއިޙްތިޔާރުގައެވެ. ކަރުނަތައް އޮހެގެންދިޔައީ ތަނެއްދޮރެއްބެލުމެއްނެތިއެވެ. އަރިޔާ ދެކަކުލުގައި ބޯ އެޅުމަށްފަހު ހިތްހަމަޖެހެންދެން ރޯންއިނެވެ. އޭނާއަށް ނިދުނީވެސް އެހެންއޮއްވައެވެ. ***ޖެހިގެންއައި ދުވަސް*** މީހަކު ދޮރުގައި ތެޅިއަޑަށް ނިދާފައި އޮތް އަރިޔާ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް ތެދުވެ ދޮރާއި ދިމާލަށް ހިނގާގަތުނެވެ. ނަމަވެސްއޭނާގެ ފިޔަވަޅު ހުއްޓުނީ އޭނާ ހުރި މާހުއުލު ތަފާތުވުމުންނެވެ. އަރިޔާ ވަށައިގެންވާ މާހައުލަށް ބަލާލިއެވެ. މީ އޭނާ އުޅެން ހަމަޖެހިފައި އޮންނަކޮޓަރިއެއްނޫނެވެ. އާދައިގެ ގެއެއްގެ ސިޓިންރޫމްއާއި އެއްވަރު އެ ބޮޑު ކޮޓަރީގައި އަރިޔާ އެކަނި ނިދުނުކަން އެނގުމުން ބިރުގަތުނެވެ. އަރިޔާ ބޮލުގައި އެވަގުތު ސުވާލުން ފުރުނެވެ. އޭނާ މިކޮޓަރިއަށް އާދެވުނީ ކިހިނެއްހެއްޔެވެ؟ މީކާކު ކޮޓަރިއެއްހެއްޔެވެ؟ މހުރިހާ ސުވާލުތަކަކާއި ހެދިއަރިޔާ ބޮލަށް ތަދެއްއެރިއެވެ. އެވަގުތު މީހަކު ދޮރުހުޅުވާލިއަަޑަށް އަރިޔާ އެދިމާލަށް ބަލާލިއެވެ. ކުރިމަތީގައި ހުރި އީތާން ފެނި އަރިޔާގެ ނޭވާ ކުރުވިއެވެ. “އަދިކިރިޔާ ދޯ ތި ހޭލެވުނީ” އީތާންގެ ފިރިހެންވަންތަ އަޑުން އަރިޔާ ފިނިވިއެވެ.”އަން…. މިހެދުންލާ” އީތާން އަލަމާރި ދޮރު ހުޅުވާލުމަށްފަހު އަޅިކުލައަށްދާ ހައުސްޑްރެސްއެއް ދިއްކޮށްލިއެވެ….”ވެއިޓް އަ މިނެޓް… ކިހިނެއް އަހަރެން މިކޮޓަރިއަށް އާދެވުނީ؟” އަރިޔާ ސުވާލުކުރުމުން އީތާން އަރިޔާއަށް ބަލާލިއެވެ..”އިޓްސް މައި މޮމްސް ވިޝް… މަންމަ ބޭނުންވަނީ އަރިޔާ އަހަރެންގެ ބެލުމުގެ ދަށުގައި ހުންނަން” އީތާން އެހެންބުނެފައި އަރިޔާއާ ދިމާލަށް ފިޔަވަޅެއްނެގިއެވެ. އަރިޔާ އަވަސްއަވަހަށް ފަހަތަށްޖެހެން އުޅެނިކޮށް ފައި އަރިއަޅާލިއެވެ. ވެއްޓެންދިޔަ ވަގުތު އޭނާއަށް ދެލޯމަރާލެވުނެވެ. ދެވަނަ ސިކުންތުކޮޅުގައި އޭނާއަށް އިހުސާސްވީ ބާރުގަދަ އަތެއް އޭނާގެ އުނަގަނޑުގައި އެޅުވެފައިވާކަމެވެ.އޭނާ ބިންމައްޗަށް ނުވެއްޓޭތީ ދެލޯ ހުޅުވާލިއެވެ. ކުރިމަތީގައި ހުރި އީތާން ފެނިފައި އޭނާގެ ހިތުގެ ތެޅުންއަވަސް ވިއެވެ. ލާން ހުރި ނޭވާވެސް ހުއްޓުނެވެ. އަރިޔާގެ ހާލު ފެނިފައި އީތާންގާތަށް އައީ ހިންޏެވެ. “ދޭން…..”އަރިޔާލަދުގަތުނެވެ. އެ ދޮންކޮތާފަތަށް ޖަންބުކުލައިން ފޭދުނެވެ.”ރީތިވެގެން އާދެ ސައިބޯން” އީތާން ހިނިތުންވެލަމުން ބުނެލިއެވެ. އަދި ކޮޓަރިން ނުކުމެގެން ދިޔައެވެ. އީތާން ނުކުމެގެން ދިޔަތަން ބަލަނހުރި އަރިޔާ އަށް ބޭއިޙްތިޔާރުގައި ހިނިތުންވެލުނެވެ. އީތާން ދިން ހެދުމަށް ބަލާލިއެވެ. އަރިޔާ އަވަސްއަވަހަށް ފާހަނައަށް ދިޔައީ ރީތިވުމަށެވެ. “އާޗާ….ހާދަ ވަރަކަށް ހެވިފައި” އަރިޔާ ކޮޓަރިން ނުކުތީންސުރެ ހުރެވުނީ ހިނިތުންވެލައިގެންނެވެ.މިކަން މަލަކުއަށް ފާހަގަވެގެން އަރިޔާއަށް ދިމާނުކޮށް ނުހުރެވުނެވެ. އީތާންއަށްވެސް މިކަންފާހަގަވިއެވެ. އަރިޔާ ހިނިތުންވެލައިގެން ހުރުމުން އޭނާގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ.”ދޮންބޭ…. އަހަރެމެންނާއެކު ދާނަންތަ ދަތުރަކަށް… ؟” އީތާން ގާތު އިޒާން އަހާލިއެވެ. “ކޮންބައެއްދަނީ؟” އީތާން އަރިޔާ އަށް ނަޒަރެއްހިންގާލަމުން އަހާލިއެވެ. އެވަގުތަކީ އަރިޔާވެސް އީތާން އަށް ބަލާލިވަގުތެވެ. އަރިޔާ ހިނިތުންވެލީ ޝުކުރުވެރިކަމާއެކުއެވެ.”އަހަރެންވެސް ދާނަން” އީތާން ބުނެލިއެވެ.”އޯކޭ” އިޒާން އެތަނުންދިޔައެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް މުބާރާތްތައް ފެށެން ދެދުވަހަށް ވެއްޖެއެވެ. ހުރިހާ ދަރިވަރުންވެސް ދިޔައީ ފަރިތަކުރުމަށް ލިބޭނެ އެންމެ ފަހު ދެދުވަހަށް ވުމުން ވަރަށް ފުރިހަމައަށް ފަރިތަކުރުން ކުރިއަށް ގެންދަމުންނެވެ. ހަމައެއާއެކު ކޮންމެ ހައުސްއަކުންވެސް ދަނީ ސަޕޯޓްކުރުމަށް ދިދަ އާއި ހަންފަދަ ތަކެތި ތައްޔާރުކޮށް ކުރިއާލާ ތައްޔާރުވަމުންނެވެ. ހަވީރުގެ ހިތްގައިމު ވަގުތުތައް ނިމި އިރު އޮއްސުމަކާއި ގާތްވަމުން ދަނީއެވެ. ޕްރެކްޓިސް ނިންމާލުމަށްފަހު ވަރުބަލި ފިލުވާލުމަށްޓަކައި އަތިރިމަތި ކައިރީގައި ހުރި ހޮޅުއަށީގައި މިންހާ އާއި އަޝްރާ ތިއްބެވެ. ދެކުދިންގެ ނަޒަރުވެސް […]