ހަ އަހަރު ފަސް ފަތިހުގެ ހިތްގައިމު ފިނިކަން ޖައްވުގައި ހިފާލާފައިވާއިރު، ކާޅުތަކާއި ވާތައް މިންވަރު ކުރެއްވި އާދުވަހައް އުފާފާޅުކުރުމުގައި އެއްގަހުން އަނެއްގަހައް ތިރިކުރަމުންދިޔައީ ގަސްގަހުގައި އަޅާފައި ހުންނަ މޭވާތަކުގެ ރަހަ ބަލަމުންނެވެ. ކާޅާއި، ކޮވެއްޔާއި އަދި އިރުއިރުކޮޅާއި އިވޭ ހާ ގޮވާ އަޑުން އެ ހެނދުނުގެ ހިތްގައިމުކަން އިތުރު ކުރުވައެވެ. އިރު މަޑުމަޑުން އޭގެ ފުރިހަމަ ބައްޓަން ދައްކަމުން އަރަމުން ދިޔަ ދިޔަހެން އެ ހިތްގައިމު ފިނިކަން މަޑުމަޑު ހޫނުކަމަށް ބަދަލުވަމުން ދިޔައެވެ. ގަސްތަކުގެ ތެރެއިން ފޭދިގެން […]
ތެޅިތެޅި އޮތް ހިތަކާއެކު އަޝްރާ ފޯނު ނަގައި ހެލޯ އޭ ބުނެލިއެވެ. އަޝްރާ ހެލޯ އޭ ބުނެލުމުންވެސް ޝާއިފް އެއްވެސް އެއްޗެކޭ ނުބުންޏެވެ. ” ޝާއިފް… ” އަޝްރާ މަޑުމައިތިރި އަޑަކުން ޖެހިލުންވެފައިހުރެ ޝާއިފަށް ގޮވާލިއެވެ. ” އަޝްރާ ބުނެބަލަ… އަޝްރާ ލޯބިވަނީ އަހަރެންދެކެތަ ނޫނީ ނާއިލްދެކެތަ… ” ހަރުކަށިކަމާއެކު ޝާއިފް ކުރި ސުވާލުން އަޝްރާ ހިތްހަމަނުޖެހުނެވެ. އޭނަ ލޯބވަނީ ޝާއިފްދެކެކަން ޝާއިފަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އަޝްރާއަށް ހިތާހިތުން ބުނެލެވުނެވެ. ޝާއިފްގެ އެސުވާލުން އަޝްރާ ދެރަވެސް […]
އާޅެން ރުއިމުގެ އަޑު އިސްމާޢީލް ޢަލީ ކަނދޮޅުދޫ އިންފާރުފަދަ އެކުވެރީން ދޫކޮށްލީމެވެ. އެއްފުރާނަވާ ދެހަށިގަޑު ފަދައިން އުޅެން ޖެހިފައި ވަނިކޮށެވެ. ކުޑަކުދީންގެ ރުއިމުގެ އަޑު ބުޅާކޯޅޭ އަޑުކަމުގައި ހީކުރީމެވެ. އެމީހުން ކަމަކު ކިޔާފާނެތީ ބޮޑުތަޅު އެޅުވީމެވެ. ފަޅު ހިސާބުގަނޑުދިރިއުޅޭން ޚިޔާރުކުރީ އެހެންވެއެވެ. މިއަދު މިއޮތީ އެހީތެރިކަމުގެ އަތެއް ބޭނުން ވެފައެވެ. އަވަށްޓެރީންނަކީ އަޚުންފަދަ ބައެކެވެ. ރުއިމުގެ އަޑު އެންމެ ކުރީން އަހާނީ އެމީހުންނެވެ. އެމީހުންގެ ފަރާތުން ދިމާވާ ކަންކަމަށް ކެތްތެރިވާންވާނެއެވެ. މަދަދުގާރަކުނެތި ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ އަބަދުފެނިދެނިވާ […]
ފޯނު ކަނޑާލާފައި އަޖްވަދު ހިނގައިގަތީ ދާދި ދެންމެއަކު ތަޅު ނައްޓާލި ޒިޔަލްއާ ދިމާލަށެވެ. އެ ދެ ފިރިހެނުން އެކުއެކީހެން އަލިޝްކާގެ ކޮޓަރިއަށް ވަނެވެ. ހުރިހާ ބޮއްކެއް ނިވާލާފައި ވީނަމަވެސް ޓޯޗެއްގެ އެހީގައި ތަންދޮރު ހޯދައިގެން ގޮސް އަލިޝްކާ އެނދާ ހަމައަށް އެމީހުން ވާސިލްވިއެވެ. މާޒީގައި ހިނގައި ދިޔަ ކަންތަކުން އިބްރަތް ހާސިލް ކުރި އަޖްވަދު ޒިޔަލްގެ އަތުން ދެ ފޮތިކޮޅު އަތުލިއެވެ. ޙިޔާލެއް ފިކުރެއް ނެތި ނިދާފައި އޮތް އަލިޝްކާގެ އަނގަމަތީގައްޔާއި ލޯމަތީގައި އޭތި އައްސާލީ ރަހުމެއް […]
މިންހާ ގޮސް އަޝްރާގެ ކޮޓަރިއަށް ވަންއިރު އަޝްރާ ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނަގެ މޫނު މަތިން ނުތަނަވަސްކަން ފެންނަން ހުއްޓެވެ. ” އަޝޫ… ކިހިނެއްވީ ހާދަ ހާސްވެފަ… ” ކޮޓަރިއަށް ވަދެ އަވަސް ހިނގުމެއްގައި އަޝްރާގެ ގާތަށް ހިނގައި ގަންނަމުން މިންހާ ސުވާލުކުރިއެވެ. ” ޝާއިފް ބުނީ މީޓްކޮށްލަން ބޭނުމޯ މިއަދު މިވަގުތު… އަހަރެމެން ގޭ ކައިރީ ބީޗްއަށް އަންނާށޯ… ނޭނގެ ކީއްކުރަން ކަމެއް… ދާކަށް ނުކެރޭނޭ ބުނީމަ ހުރީ ހިތްހަމަނުޖެހިފަ… އަހަރެން […]
އެންމެންނަށް ލިބުނު ޙައިރާން ކަމުގައި އަޖާއިބުވެފައި ޙިބާ އަށް ބަލަހައްޓައިގެން ތިބެވުނީ ސުވާލުން ފުރިފައިވި ހިތަކާއިއެކުއެވެ. ޙިބާ ލައިގެންހުރި ކައިވެނީގެ ހެދުމުގައި އެއްވެސް ހާއްސަކަމެއް ފެންނަން ނެތުމުންނެވެ. ބްރައިޑެއްހެންވެސް ހީނުވާތީއެވެ. ޙިބާގެ އާއިލާއަކީ ވިޔަވާރީއެއް ހިންގާ ފުދުންތެރި ބަޔެއްކަމަށް ވީނަމަވެސް އެކަން ލައިގެންހުރި ހެދުމުން ނުފެންނާތީއެވެ. އާންމުކޮށް ޙިބާ ލާއުޅޭ ކަހަލަ ކަޅު، ގަޔައްދޫ ހެދުމެއްގައި ފެންނަން ހުރިއިރު އެންމެހާ ޒީނަތްތެރިކަން ވަނީ ރަނގަޅައްވެސް ފޮރުވިފައެވެ. އެކަޅު ހެދުމުގެ ފަސްބައިގައި ރީތި ޑިޒައިނެއް ހަދާލާފައިވެއެވެ. އަދި އަޅައިގެންހުރި […]
“ޔެސް…” ދަތް ޖައްސާލަމުން އަލިޝްކާގެ ކަންފަތް ބުޑުގައި އަވްޔަން ބުނެލިއެވެ. އަލިޝްކާ ދެލޯ ކުޑަކޮށްލަމުން އަވްޔަންއަށް ބަލާލީ ކޭކުފޮތި އަތަށް ނަގައިގެން ހުރެއެވެ. “ޔެސްއޭ..ކޮންކަމަކަށްބާ..” އަވްޔަންގެ އަނގަޔަށް ކޭކުފޮތިލައިދިން އަލިޝްކާގެ ހިތުގައި ސުވާލު އުފެދުނެވެ. މަންޒަރު ބަލަން އެންމެން ތިބީ ހިމޭންވެފައެވެ. ހިނިގަނޑު ހިފާއްޓާލައިގެންނެވެ. “ސުވާލު ކުރީމެއްނު..މަ މިދިނީ ޖަވާބު..” ކޭކު ކައިނިންމާފައި އަވްޔަން މަސަތްކަތް ކުރީ ވާހަކަ ދަށްކާށެވެ. ނާއިލް ނިއްކުރި މަތީގައި ޖަހާލިއެވެ. “ހަމަ އެއަށްވުރެ ރީއްޗަށް ބުނަން ނޭނގުނު ބާ..” ސައިފްވެސް ހުރީ […]
އިތުރަށް އެވާހަކަތައް އަޑު އަހާ މަންޒަރުތައް ބަލާނެހާ ހިތްވަރު ނެތުމާއެކު ކަރުނަވީ ދެލޮލާއެކު އެތަނުން ދިއުމަށް ފަސްއެނބުރި ހިނގައިގަތް އިއާންގެ ފުރަތަމަ ފިޔަވަޅާއެކު ހުއްޓުން އެރީ އޭނަ އެހާލުގައި ހުއްޓާ އިތުރު މީހަކަށް ފެނުމުންނެވެ. އިއާންގެ ލޮލުގައިވި ކަރުނަތައް ފެނުމާއެކު އަޝްރާގެ ހިތުގައި ސުވާލުތައް އުފެދިގެން ދިޔައެވެ. އިއާންގެ މޫނު މަތިން އެހިތަށް ނުހަނު އަސަރުކޮށްފާވަކަން ހާމަވާން ހުއްޓެވެ. ކުރިން އުޖާލާކަން ފެންނަން ހުރި މޫނު މަތިން މިހާރު ފެންނަމުން ދަނީ ހިތާމަވެރިކަމެވެ. ހިތުގައި ފުނިޖެހެމުން ދިޔަ […]
ޙިބާ އާއި ހުމާޔާ ދެކުދިންނަކީވެސް ހިކި ކޮށް ތިބޭ ދެކުދިން ކަމުން ހިބާގެ ހެދުން ހުމާ ލުމުންވެސް ހުމާގެ ގަޔައް މާ ބޮޑު ތަފާތެއް ނުފެނެއެވެ. ނަމަވެސް ހުމާ އާންމުކޮށް ލައި އުޅޭ ހެދުންތަކާއިބަލާފައި މާބޮޑައްވެސް ދޫކަން ހުމާއަށް އިހްސާސް ކުރެވުނެވެ. ޢެހެން ކަމުން ދެންވެސް އެ ލައިގެން ތިރިއަށް ދާންވީކަމާއިމެދު ޔަޤީން ނުވެފައި ލޯގަނޑުން ބަލަހައްޓައިގެން ހުރީއެވެ. ޙިބާ ގޮސް އޭނާގެ އަލަމާރީގެ އެކިއެކި ދިމާ ހޯދާފައި އެންމެ ފަހުން އައީ ޝޯލެއް ހިފައިގެންނެވެ. އެއީ […]