
ވިންދޭ ލޯބި ތީ އެދޭ 5
އަޝްރާގެ އެ ހިމޭންކަމުގެ ސަބަބުން އިއާންގެ ހިތުގައިވި ނުތަނަވަސްކަން ހިނދެއް ހިނދަކަށް ދިޔައީ އިތުރުވަމުންނެވެ. ” އަޝޫ… ދޮންބެއަށް މިހީވަނީ ހަމަ ރަނގަޅަށްތަ… ” އަޝްރާ އަދިވެސް އެެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އިއާން މިފަހަރުވެސް ވާހަކަ ދެއްކިއެވެ. ” ނޫން.. އެދެމީހުން ދެމެދު އެކަހަލަ އެއްވެސް ގުޅުމެއް ނޯވޭ… އަޅުގަނޑަކަށް ފާހަގައެއްވެސް ނުވޭ ތިކަހަލަ އެއްވެސް ކަމެއް… ” އިއާން ދެވަނަ ފަހަރަށް ސުވާލުކުރުމުން އަޝްރާ ވިސްނާލުމަށްފަހު އޭނައަށް ވިސްނުނު އެންމެ ރަނގަޅު ޖަވާބެއް ދިނެވެ. އަމިއްލަ ދޮންބެއަށް ދޮގު ހަދަންވުމުން އޭނަގެ ހިތް ކޮންމެވެސް ވަރަކަށް ނުތަނަވަސްވިއެވެ. އެހެނަސް އެންމެ ގާތް އެކުވެރިޔާއަށްޓަކައި އެގޮތަށް ކަންތައްކުރަން އޭނަ ނިންމިއެވެ. އަޝްރާގެ ޖަވާބުން އިއާންގެ ހިތުގައިވި ނުތަނަވަސްކަން އިސާހިތަކު ފިލައިގެން ދިޔައެވެ. އަޝްރާއަށް ހިނިތުންވުމެއް ހަދިޔާކުރުމަށްފަހު ބާއްޖަވެރި ރޭގަނޑަކަށް އެދެމުން އިއާން އެ ކޮޓަރިން ނިކުމެ އޭނަގެ ކޮޓަރިއަށް ދިޔުމަށް މިސްރާބުޖެހިއެވެ.
އިއާން ދިޔުމާއެކު އަޝްރާ އޭނަގެ މޭގައި އަތް އަޅާ ފުން ނޭވައެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އަދި ބެލްކަނިން ނިކުމެ ބެލްކަނީގެ ދޮރު ރަނގަޅަށް ލައްޕާލުމަށްފަހު ކޮޓަރި ދޮރުވެސް ލައްޕާ ތަޅުލިއެވެ. އެއަށްފަހު ފާޚާނާއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން އައިސް ނިދަން އޮށޯތެވެ.
ސުކޫލުން އައިސް މެންދުރުގެ ކެއުމަށްފަހު މިންހާ ކުޅޭތަން ބަލަންދާން ތައްޔާރުވާންފެށިއެވެ. ތައްޔާރުވެގެން ތިރިއަށް ފޭބިއިރު އަޝްރާ އެގެއަށް އައިސް ވަންނަނީއެވެ. ދެކުދިން އެކުގައި ގެއިން ނިކުމެ އަވަސް ހިނގުމެއްގައި ސުކޫލަށް މިސްރާބުޖެހިއެވެ. ސުކޫލަށް ވަދެގެން ދިޔަ މިންހާ އާއި އަޝްރާއަށް ޒުވާން ގިނަ ފިރިހެން ކުދިންގެ ނަޒަރުތައް ވަނީ އަމާޒުވެފައެވެ. ގަޔަށް ދޫ ކަޅު ހެދުމަކާއެކު ރަތް ކުލައިގެ ޝޯލްއެއް އަޅާފައިވާއިރު ދެކުދިންގެ މޫނުގައިވެސް ވަނީ ލުއިލުއި މޭކަޕެއް ކުރެވިފައެވެ. ކިތަންމެ ގިނަ ބައެއްގެ ނަޒަރުތައް އަމާޒުވެފައިވީ ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދީ ދެކުދިންވެސް ގޮސް އެކުދިންގެ ހައުސްއަށް ޚާއްސަކުރެވިފައިވި ކުލާހަށް ވަނެވެ.
ކުލާހަށް ވަންއިރު ޓީމް ކުދިންނާއެކު ހައުސް މާސްޓަރުންގެ އިތުރުން ހައުސްގެ ބައެއް ކުދިންނާއި ޓީޗަރުން ތިއްބެވެ. މިންހާ އާއި އަޝްރާވެސް ކުލާހަށް ވަދެ ސަޕޯޓްކުރުމަށް އެމީހުން ހަދާފައިވި އެއްޗެހިތަށް ކައިރިއަށް ޖެހިލިއެވެ. މިންހާ އެންމެ ފުރަތަމަވެސް ނެގީ ”ހޮޕް ހޮޕް އަލޫފް ” ލިޔެފައިވި ރަތް ކުލައިގެ ދިދައެކެވެ. އަޝްރާ އޭނަގެ ދޮންބެގެ ނަން ލިޔެފައިވި ދިދައެއް ހޯދަ ހޯދައިގެން ނެނގިއިރު މިންހާވެސް އިއާންގެ ނަން ލިޔެފައިވި ދިދައެއް ފެނޭތޯ ބަލައިލިއެވެ. އެހެނަސް އޭނައަށް ނުފެނުމުން އަތުގައި އޮތް އަލޫފްގެ ނަން ލިޔެފައިވި ދިދަ ހިފައިގެން ކުރިއަށް ޖެހިލިއެވެ. އޭރު އެކި ކުދިން އެކި ވާހަކައިގައި ތިއްބެވެ.
” މިންނު… ދިސް އީޒް ނޮޓް ފެއާ… އެހާ ކްލޯޒް އިރުވެސް އަހަރެންގެ ނަން ލިޔެފައިވި ދިދައެއް ނޫނެއްނު ތިހިރީ ހިފައިގެން… މިންނު ބުނީމެއްނު މަށަށް ސްޕެޝިއަލްކޮށް ސަޕޯޓްކޮށްދޭނަމޭ… ” މިންހާގެ އަތުގައި އޮތް އަލޫފްގެ ނަން ލިޔެފައިވި ދިދަ އިއާން ބުނެލިއެވެ. ” ނުފެނުނޭ އާންގެ ނަން ލިޔެފައިވި އެއްޗެއް… އިނގެއްނު ގިނަ އަންހެން ކުދިން އެންމެ ފުރަތަމަވެސް ބަލާނީ އާންގެ ނަން ލިޔެފައިވި އެއްޗެއް ފެނޭތޯކަން… ތަންކޮޅެއް ލަހުން އާދެވުނީމަ ނުފެނުނީ… ސޮރީ… ” އިއާންއަށް ބަލަހައްޓާއިގެން ހުރެ މިންހާ ބުނެލިއެވެ. ” ލެޓް މީ ސީ… ” މިހެން ބުނެ އިއާން ދިދަތަކާއި ބޭންޑްތައް ބަލަންފެށިއެވެ. އެހެން ބަލަމުން ދަނިކޮށް އޭނަގެ ނަން ލިޔެފައިވި ރަތް ކުލައިގެ ކަރުދާހުން ހަދާފައިވި ބޭންޑެއް ފެނުމާއެކު މިންހާއަށް އައުމަށް އަތުން އިޝާރާތްކުރިއެވެ. އިއާންގެ އެ އިޝާރާތާއެކު މިންހާ ގޮސް އިއާންގެ ގާތުގައި ހުއްޓިލިއެވެ. ”އައި ފައުންޑް ވަން… ” ހިނިތުންވެލަމުން އެހެން ބުނަމުން އިއާން އެ ބޭންޑު މިންހާގެ ބޮލުގައި އަޅުވާލަދިނެވެ. ” ތޭންކްސް… ” މިންހާވެސް ފުޅާ ހިނިތުންވުމަކާއެކު ބުނެލިއެވެ. އެވަގުތު ބޭރުގައި އެކުލާހުގެ ކުޑަ ދޮރުން އެ މަންޒަރު ބަލަން ހުރި އީލާފްގެ މޫނު މަތިން ރުޅިވެރިކަން ފެންނަމުން ދިޔައެވެ.
ގަޑި ޖެހުމުގެ ކުރިން ޓީމުގެ ކުދިންނާއެކު ސަޕޯޓްކުރާ ކުދިންވެސް ދަނޑަށް ހާޒިރުވިއެވެ. އަޝްރާއަށް އެވަގުތު އޭނައަށް ނަޒަރު ހުއްޓާލައިގެން ހުރި ޝާއިފް ފެނި ހިނިތުންވެލަމުން އަތުގެ އިޝާރާތުން އޯލް ދަ ބެސްޓް އޭ ބުނެލިއެވެ. އެވަގުތު ޝާއިފްވެސް އޭނައަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. މި މަންޒަރު މާ ދުރު ނޫން ހިސާބެއްގައި ހުރި ނާއިލްގެ ލޮލުގައި އަޅާއިގަތެވެ. އެވަގުތު އޭނަގެ ހިތަށް އާދަޔާ ޚިލާފު އިހުސާސެއް ކުރެވިގެން ދިޔައެވެ. ޝާއިފް އެހުރި ޖާގައިގައި އޭނައަށް ހުރެވުނު ނަމައޭ އެވަގުތު ހިތަށް އެރިއެވެ. އަދި އަޝްރާގެ އަމަލުތައް އޭނައާއި އެހާ ގާތްކޮށް ނުބަހައްޓާއިރު ޝާއިފްއާ ބެހެއްޓުމުން ނާއިލްގެ ހިތުގައި ސުވާލު އުފެދުނެވެ. އެކަމާ އިތުރަށް ވިސްނަން ނަހަދާ މެޗަށް ސަމާލުކަން ދެވޭތޯ ނާއިލް މަސައްކުރިއެވެ. އެހެނަސް އިރުއިރުކޮޅުން އަޝްރާއަށް ނަޒަރެއް ދެވެއެވެ. އެއިން އެންމެ ފަހަރަކުވެސް އަޝްރާ އޭނައަށް ބަލައެއްނުލައެވެ. އެކަމުން އޭނަގެ ހިތަށް ނޭނގޭ މާޔޫސްކަމެއް ވެރިވިއެވެ.
ވަރަށް ފޯރީގައި މެޗް ފެށިގެން ދިޔައެވެ. މެޗް ފެށުމާއެކު ދެހައުސްގެ ބައިވެރިންގެ ސަޕޯޓްކުރުމުގެ އަޑުން މުޅި ދަނޑު ގުގުމައިގެން ދިޔައެވެ. ފުރަތަމަ ހާފްގެ މެދެންހާ ހިސާބުން އިއާން ކާމިޔާބުކޮށްދިން ގޯލަކާއެކު އެވަގުތަށް ރެޑް ހައުސްއަށް ލީޑް ނެގުނެވެ. އެއާއެކު ސަޕޯޓަރުންގެ އަޑު ކުރިއަށްވުރެ ގަދަވެގެން ދިޔައެވެ. އިއާންގެ އެ ގޯލާއެކު ނާއިލްމެނަށް ކޮންމެވެސް ވަރެއްގެ މާޔޫސްކަމެއް ލިބިގެން ދިޔައެވެ. އެހެނަސް ހިތްވަރާއެކު ކުޅުމައިގެން ކުރިއަށް ދިޔައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ލިބުނު ފުރުސަތުގެ ބޭނުން ހިފާ ނާއިލް އޭނަގެ ޓީމަށް ކުރި ހޯދައިދިނެވެ. އެގޮތުން ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެޓީމު އެެއްވަރުވެގެންނެވެ. ދެވަނަ ހާފް ފެށިގެން ބްރޭކަކަށް ފަހުއެވެ. ދެވަނަ ހާފްގައި ދެޓީމުންވެސް އެމީހުންގެ ކުޅުން އިހުނަށްވުރެ ރަނގަޅު ކުރިއެވެ. އެހެނަސް ޝާއިފް ކުރި ފައުލަކާއެކު އިއާންމެނަށް ލިބިގެން ދިޔަ ހިލޭ ޖެހުން ޖަހާ އަލޫފް އޭނަގެ ހައުސްގެ ދެވަނަ ގޯލް ކާމިޔާބުކޮށްދިނެވެ. މެޗު ނިމިގެން ދިޔައީ ދޭއް އެކެއްގެ ނަތީޖާއިން އިއާން މެން ކުރި ހޯދައިގެންނެވެ.
މެޗް ނިމުމާއެކު މިންހާމެން އެމީހުންގެ ޓީމުގެ ގާތަށް ގޮސް އެކުދިންނަށް ޝުކުރުގެ ބަސްތައް ރައްދުކޮށް ތައުރީފުކުރިއެވެ. ސަޕޯޓްކުރަން ގެންގުޅުނު އެއްޗެހިތައް ސުކޫލުގައި ބެހެއްޓުމަށްފަހު ދެކުދިންވެސް ގެއަށް ދިއުމުގެ ކުރިން އަތިރިމައްޗަށް ގޮސްލިއެވެ. މިންހާގެ ގެއާއި ކައިރި ދިމާލުގައިވި ޖެޓީގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ދެއެކުވެރިން ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. ޖެޓީގެ ވަކި ހިސާބަކަށް ފޭބުނުތަނާ އެދިމާލަށް އަންނަމުން ދިޔަ ނާއިލް އަޝްރާގެ ލޮލުގައި އަޅާއިގަތެވެ. ” ޔޭ… ނާއިލްމެން ދައްވީއޯ… ވީ ވޮން… ހެހެހެހެ… ” ނާއިލް އާއި އަރާ ހަމަވުމާއެކު އަޝްރާ ވަރަށް ފޯރީގައި ބުނެލިއެވެ. އެހެނަސް އެއަށް ސަމާލުކަމެއް ނުދީ ނާއިލް ހިނގައިގަތެވެ. ނާއިލް އޭނަ އެހެން ބުނުމުން ރައްދުގައި އެއްޗެކޭ ނުބުނެ ދިޔުން އަޝްރާއަކަށް ކަމަކު ނުދިޔައެވެ. ” ވެދާނެ ތުއްތު އެހާ ޓްރައި ކުރިއިރުވެސް މޮޅު ނުވީމަ ކުޑަކޮށް ދެރަވީކަމަށް… ވަރަށް މޮޅަށް ކުޅުނެއްނު ތުއްތު… ” ނާއިލް ދިޔަ ދިމާލަށް ބަލަހައްޓާއިގެން ހުރެ މިންހާ އެހެން ބުނެލުމުން އޭނައަށް އެހެން ބުނެވުނީތީ އަޝްރާ އޭނަގެ އަމިއްލަ ނަފްސު ކުށްވެރިކުރިއެވެ. ” ހޭއި ނާއިލް… ޑޯންޓް ލޫޒް ހޯޕް އޯކޭ… ޔޫ ރިއަލީ ޕްލޭޑް ވެލް… ” ފަސްއެނބުރި ނާއިލަށް ބަލައިލުމަށްފަހު ރަނގަޅު ކަމަށް ބޮޑުވައި އިނގިލިން އިޝާރާތްކުރަމުން އޭނައަށް އަޑު އިވޭ ވަރަށް އަޝްރާ ބުނެލިއެވެ. އެއާއެކު ނާއިލްވެސް ފަސްއެނބުރި އަޝްރާއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. ނާއިލް ހިނިތުންވެލުމުން އަޝްރާގެ ހިތަށްވެސް ހަމަޖެހުން ލިބިގެން ދިޔައެވެ.
ދެހަފްތާގެ ތެރޭގައި ކުޅިވަރު މުބާރާތްތައް ކުޅެ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ދިނެވެ. މިފަހަރުވެސް މިންހާ އާއި އަޝްރާ ބަށި މުބާރާތް ކުޅެ ނިންމާލީ ރަން ވަނަތަކެއް ހާސިލްކޮށްފައެވެ. ބަށި ރާނީގެ މަޤާމު މިންހާ ހާސިލްކުރިއިރު އެންމެ ގިނަ ބޯޅަ ހިފި ކުޅުންތެރިއަކަށް ހޮވުނީ އަޝްރާއެވެ. ދެކުދިންވެސް އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނުއިރު ޗެމްޕިއަންކަންވެސް ލިބުނީ އެކުދިންގެ ހައުސްއަށެވެ. އީލާފް އާއި ޝަމްހާވެސް އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނެވެ. އެހެނަސް އީލާފްއަށް އޭނަ ބޭނުންވާ މަޤާމު އޭނަށް ނުލިބި މިންހާއަށް ލިބުމުން އެހިތުގައި މިންހާއަށްޓަކައިވި ހަސަދައިގެ ހުޅުގަނޑު ރޯވެ ބޮޑުވެގެން ދިޔައެވެ.
ފުޓުބޯޅަ މުބާރާތުގެ ޖޫނިއާ ގުރޫޕުގެ ޗެމްޕިއަންކަން ނާއިލްމެންގެ ހައުސްއަށް ލިބުނުއިރު ސީނިއާ ގުރޫޕުން ޗެމްޕިއަންކަން ހޯދީ އިއާންމެންގެ ހައުސްއެވެ. އިއާން އާއި ނާއިލްގެ އިތުރުން އަލޫފް އާއި ޝާއިފް އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނުއިރު އެހެނިހެން މަޤާމުތައްވެސް އެކުދިންނަށް ލިބިގެން ދިޔައެވެ.
އިޝާ ނަމާދަށްފަހު ޑްރެސިން ޓޭބަލް ކުރިމަތީގައި ހުއްޓިހުރެ މިންހާ ތައްޔާރުވާން ފެށިއެވެ. މިންހާ ތައްޔާރުވަމުން އެދަނީ ކުޅިވަރު މުބާރާތްތަކުން އެ ހައުސްއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ސުކޫލުގައި އެހައުސްގެ ދަރިވަރުންނާއި ޓީޗަރުން ބާއްވާ ޕާޓީއަށް ދިއުމަށެވެ. ހިތްހަމަޖެހޭ ވަރަށް ތައްޔާރުވެވުމުން މިންހާ އޭނަގެ ކޮޓަރިން ނިކުމެ މަންމަ ގާތު ބުނެލާފައި އަޝްރާގެ ގާތަށް ދާން ނިކުތެވެ.
އަޝްރާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލުމާއެކު ވަންނާށޭ ބުނި އަޑުއިވުމާއެކު މިންހާ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. އޭރު އަދި އަޝްރާ އުޅެނީ ޝޯލް އަޅާށެވެ. ” ސާބަސް… މި އަޝޫއަކަށް ދުވަހަކު އަވަހަކަށް ތައްޔާރެއްނުވެވޭނެ… ދައްކަބަލަ ޝޯލް އަޅާލަދޭނަން… ” މިންހާ މިހެން ބުނެ ވަރަށް ރީތި ގޮތަކަށް އަޝްރާއަށް ޝޯލް އޮޅާލަދިނެވެ. އަޝްރާ ތައްޔާރުވެ ނިމުމުން ދެއެކުވެރިން އަވަސް އަވަހަށް ގެއިން ނުކުމެ ސުކޫލަށް ދިޔައެވެ.
ޕާޓީގެ ތެރެއަށް ވަދެގެން އައި އިއާންއަށް ގިނަ އަންހެން ކުދިންގެ ލޯތައް އަމާޒުވެގެން ދިޔައެވެ. ރަތް ކުލައިގެ ގަމީހަކާއެކު ހުދު ކުލައިގެ ސްކިނީގައި ހުރި އިރު ގަމީހުގެ އަތް ވަނީ އޮޅަބޮއްޓާއި ހަމައަށް އޮޅާލެވިފައެވެ. ބޮލުގެ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައިވާއިރު އަރާފައިވަނީ ހުދާއި ކަޅު ކުލައިގެ ސްނީކާސް ބޫޓަކަށެވެ. އިއާންގެ އަސަރުގަދަ ދެލޮލުން ބަލައިލާ އެންމެ ބެލުމަކަށްވެސް ފިދާވާނެ އެތައް އަންހެން ކުދިންނެއް ތިބޭނެކަން ގައިމެވެ. އެކަން އިނގިހުރެވެސް އެކަމަކަށް އިއާންގެ އެއްވެސް ޝައުގުވެރިކަމެެއްނެތެވެ. އޭނަގެ ދެލޯ ހޯދަމުން ދަނީ ހަމަ އެންމެ ސޫރައެކެވެ. އެހިތް އެދި ގޮވަނީ ހަމައެކަނި މިންހާގެ މައުސޫމް ސޫރަ ދެކެލުމަށެވެ.
އެކި ދިމަދިމާލަށް އޭނަގެ ނަޒަރު ހިންގަމުން ގޮސް އިއާން އޭނަގެ ރައްޓެހި ކުއްޖެއް ގާތު މަޑުކޮށްލިއެވެ. ރަހުމަތްތެރިޔާ އާ ވާހަކަ ދައްކަމުން ދިޔަނަމަވެސް އިއާންގެ ފުރިހަމަ ސަމާލުކަން އެކަމަކަށް ނުދެވެއެވެ. އޭރުވެސް އޭނަގެ ނަޒަރު ދިޔައީ އެކި ތަންތަނަށް ހުއްޓެމުންނެވެ. އެހެންހުރެ ހޯލު ތެރެއަށް ވަންނަ ދޮރާއި ދިމާލަށް އިއާންއަށް ބަލައިލެވުނު ވަގުތު އޭނަގެ ހިތުގެ ހިނގުން އަވަސްވެގެން ދިޔައެވެ. އެސްފިޔަޖަހާލަންވެސް ނޭނގިފައި މިންހާއަށް ބަލަހައްޓާއިގެން އިއާންއަށް ހުރެވުނެވެ. ކަޅު ކުލައިގެ ބަޓަފްލައި އަބާޔާއަކާއެކު ރަތް ކުލައިގެ ޝޯލްއެއްގައި ހުރި މިންހާގެ ރީތިކަން މިރޭ ސިފަކޮށްދޭންވެސް ދައްޗެވެ. އެހާވެސް ރީއްޗެވެ. ގަދަ މުށިކުލައިގެ ކަޅިއެއް ލިބިފައިވި އެބޮޑު ދެލޮލޮގައި އަދުން އަޅާ ދިގު އެސްފިޔަތަކުގައި މަސްކަރާ އަޅާފައިވުމުން އެ ހުދުކަން ގަދަ ދެލޮލުގެ ރީތިކަން ވަނީ އެތަށް ގުނައަކަށް އިތުރުކޮށްދީފައެވެ. ތުނި ތުންފަތުގައި ރަތް ކުލައިގެ ލިޕްސްޓިކް ޖައްސާފައިވުމުން އެދޮން އޮމާން މޫނާ ނުހަނު ގުޅެއެވެ.
އިއާންގެ ނަޒަރު މިންހާއަށް ހުއްޓިފައިވީ ނަމަވެސް މިންހާގެ ތޫނު ނަޒަރު ހުއްޓިފައިވަނީ އޭނައަށް ބަލަހައްޓާއިގެން ހުރި އަލޫފްއަށެވެ. ކަޅު ކުލައިގެ ޓީޝާޓަކާއެކު ހަމައެކުލައިގެ ސްކިނީގައި ހުރި އަލޫފް ހުރީ ލައިގެން ހުރި ކަޅު ޓީޝާޓުގެ މަތިން ރަތް ކުލައިގެ ޖެކެޓެއް ލައިގެންނެވެ. ކަޅު ކުލައިގެ ސްނީކާސް ބޫޓަކަށް އަރައިގެން ހުރިއިރު ބޮލުގެ އިސްތަށިގަނޑު ވަނީ ޒަމާނީ ގޮތަށް ސްޓައިލް ކުރެވިފައެވެ. އަލޫފްގެ އެތޫނު ބެލުމުން މިންހާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަލޫފް އޭނަގެ އެއްލޯ މަރާލުމަށް ލާނެއް ހިނިތުންވުމެއް ވެރިކުުރުވިއެވެ. އެއީ އާދައިގެ މަތިން އަލޫފް މިންހާއަށް ކޮށްލާ ސަމާސާއެކެވެ. އަލޫފްގެ އެ ސަމާސާއިން މިންހާ ކޮންމެ ފަހަރަކުވެސް ލަދުން އިސްޖަހާލައެވެ.
މިންހާއަށް ބަލަހައްޓާއިގެން ހުރި އަލޫފްގެ ހިތުގެ ހިނގުން ވަނީ އަވަސްވެފައެވެ. އެ ލޯބި ނިޔަނެތި މޫނުގައި ފިރުމާލުމަށް އޭނަގެ ހިތް އެދެމުން ދެއެވެ. މިންހާ ފެނުމާއެކު އޭނަގެ ހިތުގައި އުފެދޭ ޖަޒުބާތުތައް މީހަކަށް ބުނެދޭންވެސް ދަތިވެއެވެ. އޭނާގެ ސަމާސާއިން މިންހާ ލަދުން އިސްޖަހާލާ ކޮންމެ ފަހަރަކު އެހިތުގައި މިންހާއަށްޓަކައިވާ ލޯބި އިތުރުވެގެންދެއެވެ.
މިންހާގެ ނަޒަރު އަލޫފަށް ހުއްޓިފައިވިތަން ފެނި އިއާންގެ ހިތުގައި ރިއްސާލިއެވެ. ފާއިތުވެދިޔަ ދެހަފްތާގެ ތެރޭގައިވެސް އޭނައަށް މިފަދަ އެތައް މަންޒަރެއް ފެނިއްޖެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އެދެމީހުންނާއިމެދު އޭނަގެ ހިތުގައި ޝައްކުތަކެއް އުފެދިގެން ދެއެވެ. އެހެނަސް އެކަން އެެއްފަރާތް ކޮށްލަނީ އަޝްރާ އޭނައަށް ދިން ޖަވާބު ހަނދާންކޮށްލަމުންނެވެ.
” ވާއު… އިޓްސް ސޯ ބިއުޓިފުލް… ހާދަ ރީއްޗޭ މިތަން މިހާރު… ” އަލޫފްގެ ސަމާސާއިން ލަދުގަނެ އިސްޖެހިފައިހުރި މިންހާ ސިހުނީ ދާދި ގާތުގައި ހުރި އަޝްރާ ވާހަކަ ދެއްކުމުންނެވެ. އަޝްރާގެ އަޑަށް މިންހާ އިސްއުފުލާލަމުން އެތަނަށް ވަށާއިގެން ނަޒަރެއް ދިނެވެ. މުޅި އެތަން ވަނީ ވަރަށް ރީތިކޮށް ޒީނަތްތެރިކުރެވިފައެވެ. ރަތްކުލައިގެ ފުއްޕާހަން ފާރުގެ އެކިއެކި ތަންތަނުގައި ހަރުކުރެވިފައިވީއިރު އިތުރު ފުރިހަމަ ކަމެއް ގެނެސްދެނީ ރަތާއި ހުދު ކުލައިގެ ބޮކި ފަތިތަކުންނެވެ. މޭޒުތަކުގެ މަތީގައި ރަތް ކުލައިގެ ފޮތި އަޅާފައިވީއިރު ގޮނޑިތައް ޒީނަތްތެރިކުރެވިފައި ވަނީ ހުދުކުލައިންނެވެ. އެއްފަރާތެއްގައި ތަފާތު އެކި މީރު ކެއުންތަކާއި ބުއިންތައް ބެހެއްޓިފައި ހުއްޓެވެ. ” ޔެސް… އިޓްސް ބިއުޓިފުލް… ” އެތަނަށް ވަށާއިގެން ނަޒަރު ހިންގާލުމަށްފަހު މިންހާއަށްވެސް ބުނެލެވުނެވެ.
ގަޑި ނުޖެހޭތީ އަދި ހުރިހާ ކުދިންނާއި ޓީޗަރުން ހަމައެއްނުވެއެވެ. މިންހާ އާއި އަޝްރާ ގޮސް އެމީހުންގެ ރަހުމަތްތެރިންގެ ގާތުގައި މަޑުކޮށްލިއެވެ. ” އަޝްރާ… ކޭކު ގެނައިންތަ… ” ރަހުމަތްތެރިންނާ ވާހަކަ ދައްކަން ހުރި އަޝްރާގެ ކޮނޑުގައި އައިސް އަތް ބާއްވާލަމުން ހައުސްގެ ޓީޗަރަކު ބުނެލިއެވެ. ” އޯ ނޯ… އައިމް ސޯ ސޮރީ މިސް… އަޅުގަނޑު ހަނދާންނެތުނީ… އެބައަންނަން އިނގޭ ހިފައިގެން… ” އަޝްރާ އެހެން ބުނުމާއެކު ޓީޗަރު ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އެއާއެކު އަލޫފަށް ލޮލުން އިޝާރާތްކުރަމުން އަޝްރާ މިންހާގެ އަތުގައި ހިފައިގެން އެތަނުން ނިކުންނަން ހިނގައިގަތެވެ.
މިންހާގެ އަތުގައި ހިފައިގެން އެތަނުން ނިކުން އަޝްރާ ހުރީ އެމީހުންގެ ޕްލޭން އާއި އެއްގޮތަށް ފުރަތަމަ ކަންތައްވުމުން ހިތްހަމަޖެހިފައެވެ. އޭނާ ހަމަ ގަސްތުގައި ކޭކު ނުގެނައީއެވެ. މިންހާއަށް ޝައްކުވެސް ނުވާނޭހެން އެކިއެކި ވާހަކަ ދައްކަމުން ގޮސް އަޝްރާ އޭނަގެ ގެއަށް ވަނެވެ. ސިޓިން ރޫމަށް ވަންއިރު އެކަކުވެސް ފެންނަން ނެތުމުން މަންމަ އާއި ބައްޕަ ވާނީ ކޮޓަރީގައިކަން އަޝްރާއަށް ވިސްނުނެވެ. އެއާއެކު އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. ” މިންނު… މިންނު ދާން ވީނު ކޭކު ބަލައި… ކާކޮޓަރީގެ މޭޒު މަތީގައިވީ… އެބައަންނަން ފާޚާނާއަށް ވަދެލާފަ… ” އަޝްރާާ މިހެން ބުނުމާއެކު މިންހާ ބޯ ޖަހާލިއެވެ. އެއާއެކު އަޝްރާ ހިނިތުންވެލުމަށްފަހު ސިޑިން މައްޗަށް އަރަން ފެށިއެވެ.
” ހޭއި އާން… ކޮބާ ކެމެރާ… ފޮޓޯ ނަގަން ވާނެއެއްނު… ” އިއާންގެ ގާތަށް އައިސް ހުއްޓެމުން އޭނަގެ އެކުވެރިއެއްކަމަށްވާ ފަރުހާން ބުނެލިއެވެ. ” އޭ މަ ހަނދާނެއްނުވި ގެންނާކަށް.. އެބައަންނަން އިނގޭ ހިފައިގެން… އަދި އެންމެނެއް ނުވެސް އާދެއެއްނު ދޯ ނަސީބަކުން… ” އިއާން ވަރަށް އަވަހަށް އަންނާނަން ކަމަށް ބުނެ ގެއަށް ދިއުމަށް އަވަސްވެގަތެވެ.
މިންހާ ގޮސް ކާކޮޓަރިއަށް ވަދެ ސްވިޗް ޖައްސާލިއެވެ. ” މިންހާ… ” މޭޒާއި ގާތަށް ޖެހިލާ ކޭކު ބެހެއްޓިފައިވި ޓްރޭ ނަގަން އަތް ހަރަކާތްކޮށްލުމާއެކު ސިހިގެން ދިޔައީ އޭނަގެ ނަމުން މީހަކު ގޮވާލުމުންނެވެ. މިންހާއަށް އޭނަގެ ނަމުން އެގޮވާލީ އަލޫފްކަން ހަމަ ރަނގަޅަށްވެސް އެނގުނެވެ. އަލޫފްގެ ފިރިހެންވަންތަ އަޑެއް އޭނައަކަށް ނޯޅޭނެއެވެ. އަލޫފްކަން އެނގިހުރެވެސް މިންހާއަށް އެއްވެސް ހަރަކާތެއް ގެންނާކަށް ނޭނގުނެވެ. އޭނައަށް ހަރަކާތެއްނެތި ހުރެވުނީއެވެ. ” މިންހާ… ” ދެވަނަ ފަހަރަށް އަލޫފް އޭނައަށް ގޮވާލުމުން މިންހާ މަޑުމަޑުން ފަހަތަށް އެނބުރުނެވެ. އޭރު އަލޫފް އޭނަގެ ކުރިމަތީގައި ހުއްޓެވެ. ކޮޅަށްހުރި އަލޫފް މިންހާގެ ކުރިމަތީގައި އެއްފައި މައްޗަށް ތިރިވިއެވެ. ” އަލޫފް… ” އަލޫފްގެ އެ ހަރަކާތުން މިންހާއަށް މަޑުމަޑުން އަލޫފްގެ ނަން ކިޔާލެވުނެވެ.
ގެއަށް ވަދެގެން އައި އިއާންއަށް ކާކޮޓަރިން މީހަކު ވާހަކަ ދެއްކި އަޑު އިވުނުހެން ހީވުމުން މަޑު ފިޔަވަޅުތަކެއްގައި އެދިމާލަށް މިސްރާބުޖެހިއެވެ. ކާކޮޓަރިއަށް ވަންނަން އެޅި ފުރަތަމަ ފިޔަވަޅާއެކު އަވަހަށް ފަހަތަށް ޖެހި ދޮރާއި ނިވާވެލެވުނީ މިންހާގެ ކުރިމަތީގައި އެއްފައި މައްޗަށް ތިރިވެ އިން އަލޫފް ފެނުމުންނެވެ. ފެނުނު މަންޒަރުން އޭނައަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބިގެން ދިޔައެވެ.
” މިންހާ… އިނގޭ އަހަރެން މިހެން ފެނުމުން ތިހިރީ ވަރަށް ހައިރާންވެފަކަން… އެކަމަކު ކީއްކުރާނީ… އަހަރެންގެ މި ބަސްނާހާ ހިތް އަހަރެންގެ ހިތުގެ ހާލު މިންހާއަށް ނާންގާ ހުންނާކަށް އެއްބަހެެއްނުވި… ދުވަސްތަކެއްވެއްޖެ އަހަންނަށް މިންހާ ފެނުމުން ތަފާތު އިހުސާސެއް ކުރެވޭތާ… މިފަދަ ފޮނި އިހުސާސެއް އަހަރެންނަށް ކުރެވުނު މީ ފުރަތަމަ ފަހަރު… އަބަދުހެން ހިތުގައި ވަނީ ތި ރީތި ސޫރަ… މިންހާގެ ގާތުގައި ވުމަށް އަހަރެންގެ މިހިތް އަބަދުމެ އެދޭ… ދެން ނޭނގެ އިތުރަކަށް ތަފްސީލުކޮށް ކިޔައިދޭކަށް… ތިން ލަފުޒަކުން އަހަރެންގެ ހިތުގައިވި އިހުސާސްތައް ކުރުކޮށް ފޮނިކޮށް މި ބުނެލަނީ… އައި ލަވް ޔޫ… އައި ރިއަލީ ލަވް ޔޫ މިންހާ… އަހަރެންގެ ލޯބި މިންހާ ގަބޫލުކުރާނަންތަ… ” އަލޫފް ދެއްކި ވާހަކަތަކުން މިންހާގެ ހިތަށް ލިބުނު އުފާވެރިކަން ބަޔާންވެސް ނުުރެވޭނެއެވެ. އެކަން އޭނަގެ ލޮލަށް ޖަމާވެފައިވި އުފާވެރިކަމުގެ ކަރުނަތަކުން ސާބިތުވެއެވެ. ” ޔެސް… އަލޫފްގެ ތި ލޯބި އަހަރެންގެ މިހިތުގެ ވިންދު ގަބޫލުކޮށްފި… އައި ލަވް ޔޫ ޓޫ… ” އުފާވެރިކަމުގެ ކަރުނަތައް އޭނަގެ ކޯތާފަތުގައި ބޮސްދެމުން ދިޔައިރު އެކަމަށް ފަރުވާލެއްނެތި މިންހާވެސް އޭނަގެ ހިތުގެ ހާލަތު އަލޫފްގެ ކުރިމަތީގައި ހާމަކުރިއެވެ. އަދި އަލޫފް ދިއްކޮށްލައިގެން އިން ރަތްކުލައިގެ ނުފޮޅޭ ފިނިފެންމަލުގައި މަޑު ތުރުތުރެއް އެކުލެވުފައިވި އޭނަގެ ކަނާ އަތުން ހިފިއެވެ. މިންހާގެ ޖަވާބުން އަލޫފަށް އޭނަ ބޭނުންވި ހުރިހާ އުފަލެއް ލިބުނު ފަދައެވެ. ހިތަށް ލިބިގެން ދިޔައީ ބަޔާންނުކުރެވޭ ފަދަ ހިތްހަމަޖެހުމެކެވެ.
އެއްބަޔަކަށް އެއިވުނު ވާހަކަތަކާއި ފެނުނު މަންޒަރުތަކަކީ އުފާވެރި އަޑު އަހާލަން ފަސޭހަ ވާހަކަތަކެއް ނަމަވެސް އެ މަންޒަރުތަކާއި ވާހަކަތައް ވެގެން ދިޔައީ އިއާންގެ ހިތް ކުދިކުދިވެގެންދިޔަ ވާހަކަތަކަކާއި މަންޒަރުތަކަކަށެވެ. އިއާން ހުރީ އިވުނު ވާހަކަތަކާއި ފެނުނު މަންޒަރުތައް ގަބޫލުކުރަން ދަތިވެފައެވެ. ގަބޫލުކުރަން ދަތިވުމަށްވުރެވެސް ބޮޑަށް އިއާން ގަބޫލުކުރަން ބޭނުންނުވަނީއެވެ. ސިކުނޑިއަށް ކުރަމުން ދިޔަ ބާރާއެކު ހިތަށް ކުރަމުން ދިޔަ އަސަރަކުން ފިރިހެނެކަށްވެހުރެވެސް އިއާންގެ ދެލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ. އެމީހަކު ލޯބިވާ ފަރާތް އެމީހެއްގެ ދުލުން އެހެން މީހަކުދެކެ ލޯބިވާކަން ހާމަކޮށް އެ ލޯބި ގަބޫލުކުރާ މަންޒަރު ފެންނަ މީހެއްގެ ހިތަށް ހަމަގައިމުވެސް ވަރަށް އަސަރުކުރާނެއެވެ. އެމީހެއްގެ ހިތް އެވަގުތު ކުދިކުދިވެގެންދާނެކަން ހަމަ ޔަގީނެވެ. މިންހާ އާއި އަލޫފްގެ ލޯބިވެތި ބަސްތައް ވެގެން ދިޔައީ އިއާންގެ ހިތަށް ހެރުނު ތޫނު ހަންޖަރުތަކަކަށެވެ. އިތުރަށް އެވާހަކަތައް އަޑުއަހާ މަންޒަރުތައް ބަލާނެހާ ހިތްވަރު ނެތުމާއެކު ކަރުނަވީ ދެލޮލާއެކު އެތަނުން ދިއުމަށް ފަސްއެނބުރި ހިނގައިގަތް އިއާންގެ ފުރަތަމަ ފިޔަވަޅާއެކު ހުއްޓުން އެރީ އޭނަ އެ ހާލުގައި ހުއްޓާ އިތުރު މީހަކަށް ފެނުމުންނެވެ.
21 Comments!
Comments are closed.
Surprise readers ???… Aslu maadhama up kuraa vaahaka bunefa innaanee bt liyevunyma mi up kohly ???… Hope all will like this part too n feel free to comment your views ???… Next part In Sha Allah Wednesday ga ???… Thankyou all for the support n love ❤️❤️❤️??????…
V salhi ❤
Fasa ❤️❤️❤️… Thankyou so much dear ❤️❤️❤️??????… V v v ufaavehje story reethi v ma ???…
Omg ??? Thank you sooo much Ifoo dear mihaa avahah next part up kohladhinythyve ???❤❤❤???… Asusual mi partvx v v v furihama ?????????… Alhey Ifoo noon plxxxxxx iaan ah ehn nuhadhaa efakyru moya vedhaane aslu najuvx beynun vany iaan n minnu gulhen bt dhn nengey dhw fahun vaane gotheh iaan ah hama minnu libivx dhaane ?????????… Masha Allah ur so talented ?????????… Keep up the hard work dear ???⭐⭐⭐???… Curiously waiting for the next ???❤❤❤???… Much n More loves from naju ????????????????????????❤❤❤??????????????????
Naju ❤️❤️❤️… Thankyou so much dear for the support ❤️❤️❤️??????… As usual comment v v v loabi ❤️❤️❤️???… Aan minnu dheke loabi viyas minnu nuveyey aan dheke loebeh ???… So they can’t be together… Right… Aloof n minnu loves each other… So 2 lovebirds gulhuvee ifoo… Let’s see what happens… Things might change… Heenukuraa gothakah vx haalathu badhalu vedhaane ???… Much loves from me dear ❤️❤️❤️??????…
Yess…!! Finallly again… Surprised ❤❤❤…Speechless…!!! ❤❤❤ This part also awesome ❤❤❤….Its a Pleasure for me to read this wonderful story ❤❤❤….Waiting for next part…Thanx ifoo ifoo for the wonderful story….Much loves…❤❤❤
Awwwwnn ❤️❤️❤️??????… Such a lovely comment ???❤️❤️❤️… Thankyou so much dear for the love n support n most welcome ❤️❤️❤️??????… I’m soooooo happy to see ur comment in every part ❤️❤️❤️???… Dear ge comment akee ifoo v v v inthizaaru kuraa comment eh now ???… I hope abadhuvx thigothugai ifoo ah support kuraane kamah ???… Surprise kamudhiyaima v v v ufaavehje ???… Much more loves from me dear ❤️❤️❤️??????… Ur one of my best reader ???❤️❤️❤️???…
soooooo cute so emotional
varah loabi but sadly aan
feel sad for him but insha allah he’ll get his love
ifoo missed hihi thanks for the lovely story
Unique ❤️❤️❤️… Ur so sweet ❤️❤️❤️??????… Thankyou so much dear ❤️❤️❤️??????… Let’s see whether aan get his love or not ???… Miss you too dear n much more loves from me ❤️❤️❤️??????…
“Vindhey loabi thee edhey” mi bunanee keekey tha alhe!?
Hithuge vindhu edhey loabakee thiey ???…
Mi part ves v reethi adhi ehaame furihama.???
Alheyyy. ??? iaan ah ehn nahadhaa. ?? i really feel bad for him… loabi vaa meehaa ehn meehaka eky ulhey tan lolun fenunyma kihaa veyneh alhaane iaan ge hituga… ??☹ aslu neynge kihve kameh Naum beynunvany minnu and iaan gulhn but…
hopefully fahun e dhemeehun gulheyne. ??
Mi part ves v reethi..??
Alheyy.??? iaan ah ehn nahadhaa.?? i really feel bad for him… aslu loabi vaa meehaa ehn meehaka rahttehiven ulhey tan fenunyma haadha dhera vaane ey.??? . Neyge kihve kameh Naum beynun vany minha and iaan gulhn? but…☹
Hopefully adhi fahun iaan ah minhaa ge loabi libeyne?
Naum ❤️❤️❤️… Thankyou so much for the love n support ???❤️❤️❤️???… I also feel bad for aan… Let’s see what happens… Things might change ???… Keep waiting… Much loves from me dear ❤️❤️❤️??????…
Noooo ?????????????…..aan aa minnu aa gulhuva ….pls…pls.pls??????????????.
Btw story varah reethi??????
aaff ❤️❤️❤️… Thankyou so much dear ???❤️❤️❤️???… V v v ufaavehje ???… Heheheh… Let’s see what happens…
story varah salhi love u ifoo
Siyaa ❤️❤️❤️… Thankyou so much dear ❤️❤️❤️??????… Love you too ❤️❤️❤️??????…
This is my first comment but feshunyhsuren mi story kiyan ❤️❤️? Wowwowow v v v v v rythi… Speechless ❤️❤️ Alhey ifoo ehn nuhadhaa minnu aa aaan gulhuvaba plssssss ??? story is very beautiful… Ifoo u r so talented Maasha Allah.. Curiously waiting for the next part❤️❤️❤️❤️❤️❤️❤️Much loves
Aurora ❤️❤️❤️… Such a beautiful comment ??????❤️❤️❤️… Thankyou so much dear ???❤️❤️❤️???… V v v ufaavehje story reethi v ma dear ah n comment kohleema ❤️❤️❤️??????… Hope to see ur comment more often ???… Now next part kiyaaleveyne ???… Much more loves from me dear ???❤️❤️❤️???…
Alheyy ehn nahadhaa aan ah