އާޅެން
ވީއްލިގެން އުޅޭ މީހާ
އިސްމާޢީލް ޢަލީ ކަނދޮޅުދޫ
ތަފާތު ކުލަކުލައިގެ މާތައް ފޮޅުވިއެވެ.
ވަސްމީރު ހުވަނދުން މުޢައްތަރު ކުރުވިއެވެ.
ނުވާޢަހުދެއް ހުވައެއް ނެތެވެ.
އަތަށް އެރުމާއިއެކު ޙާލުގައި ޖެއްސިއެވެ.
ރޮއިރޮއި އިންދާ ފަރިމަލެއް ބިނދެގެން ގެނައެވެ.
އެއްފުޅައް މަތިން ފުއްމާލި ބަކަރި އަނެއް ފުޅައްމަތިން ފުންމާނެއެވެ.
މަށަށް ކެހިދިން މީހާ އޭނައަށްވެސް ކެހި ދޭނެއެވެ.
ހިތެއް ފުޑުފުޑު ކޮށްލައިގެން އުފާ ހޯދަން އެދެނީ ހެއްޔެވެ؟
ހުހަށް ހުރިމީހެއްގެ މޭގައި ބޯއެޅި ނަމަ އެވެ.
އަހަރެން ހުރަހަކަށް ނުވެ ހިގައިދާނަމެވެ.
އެހެން މަލެއް ނުބިންނާނެ ކަމުގެ ޔަޤީންކަން އެބައޮތް ހެއްޔެވެ؟
ކުލަރީތި މާތައް އެތައް މިތާގައި ފަރިވެ ފޮޅިފައިވެއެވެ.
ވީއްލިގެން އުޅޭމީހާ ކަޅި ނާޅާނެހެއްޔެވެ؟
ތިޔަމާ މޯޅިވާ އިރަށް އެހެން މަލެއް ހޯދަނެއެވެ.
ބިމުގެ ވެއްޔާ އެކުވެދިއުން ނޫން ގޮތެއް ނޯންނާނެއެވެ.
2 Comments!
Comments are closed.
Yeah.this wat they doo..
thanx