Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރުހާލެވުނޭ ތި ސޫރަ މިހިތުގައި….. 6 ވަނަ ބައި

rishu Level 110 Stories
December 11, 2018 One Min Read
2 Comments

“އެހެރި އަންނަނީ” މަލަކުގެ އަޑަށް ދޮރުމަތީގައި ތިބި އެންމެން މަލަކު އިޝާރަތްކުރި ދިމާލަށް ބަލާލިއެވެ.  އެކުގައި ހިނގައިފައި އައި އަރިޔާއާއި އީތާން ފެނިފައި އެންމެން ކޮސްވެފައި އެދެމީހުންނަށް ބަލަންފެށިއެވެ. އިއްތިފާގުން ނަމަވެސް އީތާން އަށާއި އޭނާލެވިފައި ހުރީ ކުލަގުޅޭ ހެދުމެވެ. އަރިޔާ އަށްލައިގެން ހުރި މަޑުނޫކުލައިގެ ކަކުލާއިހަމައަށްއަންނަ ދެމޭފޮތީގެ ހެދުމަކަާއި ކަޅުލެގިންސް އީތާންލައިގެންހުރި ގަދަނޫކުލައިގެ ޓީޝާޓްއާއި ކަކުލާއިހަމައަށް އަންނަ އަޅިކުލައަށްދާ ސޯޓާއި ގުޅެއެވެ.”ދެމީހުން ރާވައިގެން ކުރިކަމެއްތަ؟” މަލަކު އެއްމިޔަކަނިން ހީލަމުން އަހާލިއެވެ. މަލަކު އެންމެން ތިއްބާ އަރިޔާގާތު އެހެން އެހުމުން އަރިޔާ ގަތްލަދުން މޫނުއެއްކޮން ޖަންބުވިއެވެ. އެހެންމީހުންނަށް އެމޫނު ނުދައްކަންވެގެން އިސްޖަހާލިވަގުތު ކަންފަތް ދޮށަށް ލެއްވިފަ އިން އިސްތަށިކޮޅު އަރިޔާގެ މޫނު ނިވާކޮއްދިނެވެ. “ދެން ހިނގަދާން މަލްގެ ކަންތައްތައް ހާދަބޮޑޭ ދޯ” ޒޯޔާ އަރިޔާގެ ދިފާޢުގައި ނުކުތިއެވެ.

ހުރިހާއެންމެން އެކުއެކީ ގެއިންނުކުމެގެން ބަނދަރާއިހަމައަށްދިޔައީ ހިނގައިފައެވެ. އަރިޔާގެ ފަހަތުން އީތާން ހިނގަމުންދިޔައެވެ. އެވަގުތު ޖެހިލި ހެނދުނުގެ ފިނިވައިރޯޅިން އަރިޔާގެ ދޫކޮއްލެވިފައިވާ އިސްތަށިގަނޑާއި ކުޅެލިއެވެ. އެމަންޒަރު ބަލަންހުރި އީތާންއަށް ހިނިތުންވެލިއެވެ. އަރިޔާއަށް އީތާން ބަލާކަން ރޭކާލުމާއެކު ލަދުގަތުނެވެ. މީހާހަމައަކަށް އެޅުވުމަށް ފުންނޭވާއެއްދޫކޮށްލިކަން އީތާންއަށްއެނގުނެވެ. “މީތި އަޅައިގެން އުޅެބަލަ” އީތާން ފުރުސަތުގެ ބޭނުންހިފައި އަރިޔާބޮލުގައި ސަންހެޓްއެއް އަޅުވާދިނެވެ. މީހަކު ފޮޓޯނެގިހެން ހީވެގެން އަރިޔާއާއި އީތާން އެދިމާއަށް ބަލާލިއެވެ. ފޯނު ހިފައިގެން ހުރި ރާއިފް އާއި ދާއިން ފެނި އީތާން އެދިމާލަށް ދުއްވައިގަތުނީ އެމީހުން އަތުލުމަށެވެ. އީތާންގެ ކިބައިން ސަލާމަތްވުމަށްޓަކައި ދެމީހުން ދެކޮޅަށް ދުއްވާގަނެވުނެވެ. އެތަންބަލަންހުރި އަރިޔާއަށް ހެވުނެވެ.

ފުރަން ވަގުތުޖެހުމާއެކު ހުރިހާއެންމެން ދޯންޏަށް އެރިއެވެ. މިފަހަރު އީތާންހުރީ އަރިޔާގެ ކުރިމައްޗަށްވާ ގޮތަށެވެ. ދޯނި އޭގެ އެންމެ ހަލުވި ބާރުމިނުގައި ދުއްވަމުންދިޔައިރު އަރިޔާގެ ފަންއިސްތަށިގަނޑު ވަޔާއެކުވިހުރެމުންދިޔައެވެ.އީތާންއަށް އަރިޔާ ބޮލުގައިއަޅާފައިހުރި ހެޓްގެ އެއްފަޅީގައިހިފަހައްޓައިގެން ހުރިކަން އެނގުނެވެ.

ދަތުރުދާން ހަމަޖެހިފައިވާ ރަށަށްއައުމާއެކު ފިރިހެންވެރިން މޫދަށް ފުންމާލިއެވެ. ބައެއް ފިރިހެންވެރިން އަންހެންވެރިން އަތްދަނޑިމައްޗަށް ލައިގެން ގޮނޑުދޮށަށް ގެންގޮސްދިނުމުގައި އުޅެމުންދިޔައެވެ. “އާދެ” މީހާކު ގޮވާލިއަޑަށް އަރިޔާ އެދިމާލަށް ބަލާލިއެވެ. އޭރު އީތާންވެސް ހުރި އޭނާއަށް ބަލަންށެވެ. ހަތަރުކަޅިހަމަވުމާއެކު އަރިޔާ އިޙްތިޔާރުން ބޭރުގައި އެދިމާލަށް ފިޔަވަޅުތަކެއްނެގުނެވެ. އީތާންބަލާއިގެން އަރިޔާ އޭނާގެ އަތްދަނޑިމައްޗަށް އުފުއްލާލިއެވެ.

“ތިއޮއްކަމެއްބަލާބަލަ” ޒޯޔާއާއި މަލަކުގާތަށް އައިި ރާއިފްއާއި ދާއިން އީތާން ދައްކާލިއެވެ. “ސާބަސް…. އިއްޔެވީ ޕްރިންސަސްއަކަށް…މިއަދު ކުއީންއަކަށް”މަލަކުއަށް އެތަންފެނފައި މަޖަލަކަށް އެހެންބުނެލިއެވެ.”އަދިނިމުނީކިއެއްނޫން….މިއޮތީ” ރާއިފް ފޯނުނަގައި ކުރިން ނެގިފޮޓޯ ދައްކާލިއެވެ.”އާޗާ….. ދޭ ލުކް ޕާރފެކްޓް….”ޒޯޔާއާއި މަލަކު އެފޮޓޯ ބަލާލިއެވެ.

“ތިއޮއް އަންނަނީ”އެކުގައި ހިނގާލައިފައި އައި އަރިޔާއާއި އީތާންފެނިފައި މަލަކުއަތުގައި އޮތް ރާއިފްގެ ފޯނު ދާއިން ޖަހާގަތުނެވެ. “އޭތް އަހަރެމެންނަށް ނުދައްކާ ފޮރުވައިގެން ތިއުޅެނީ ކޮންޗެއްތަ؟” އީތާން ދާއިން އެއްޗެއްފޮރުވިތަން ފެނިފައި އަހާލިއެވެ. “އެއްޗެއްނޫން” ދާއިން ނޫންްކަމަށް ހެދިގެން އަވަހަށް އުޅުނީ އެތަނުން ދާންށެވެ.

*************

ހުރިހާ އެންމެން ހަމަވުމާއެކު ކުޅެންހަމަޖެހިފައިވާ ކުޅިވަރުގެ ގަވާއިދުތައް އިޒާން އެންމެންނަށް ކިޔާދިނެވެ. ކުޅެންހަމަޖެހިފައިވާ ކުޅިވަރަކީ ކުލަޖަހުމެވެ. އަންހެންފިރިހެން ވަކިން ކުޅެންހަމޖެހުމުން ހުރިހާ އަންހެންކުދިން އެއްކުއްޖަކު އަނެއްކުއްޖަކަށް ހިތްވަރުދިނެވެ. އަންހެންކުދިންނަށް ރަތްކުލައިގެ ފެންޕެކެޓް ދީފައިވާއިރު ފިރިހެންކުދިންނަށް ފެހިކުލަހަވާލުކުރިއެވެ. އިޒާން ކަށިކަނޑު އެޅުމާއެކު އެކިކުދިން އެކިދިމާލަށް ދުއްވާގަތުނެވެ. އަރިޔާގެ ފަހަތުން އެއްވެސްކުއްޖަކު ނާންނާތީ ހަމަޖެހިލައިގެން މަގޫގަހުގެ ފަހަތަށް ވަދެ ފިލިއެވެ. އަރިޔާ ހީކުރި ގޮތާއި ޙިލާފަށް މީހަކު އޭނާއަށް އެބަފާރަލައެވެ.

މީހަކުގެ ފިޔަވަޅުގެ އަޑަށް އަރިޔާ ބަލާލިއެވެ. ކުރިމަތީގައި ހުރި ހަނާންފެނި އަރިޔާ އަވަހަށް ދުއްވައިގަތުނެވެ. ހަނާން އަތުގައި އޮތްފެން ޕެކެޓް އަރިޔާއާއި ދިމާއަށް އެއްލިއެވެ. އޭތި އަރިޔާގައިގައި ނުޖެހުނެވެ. ފުރުސަތުގެ ބޭނުންހިފައި އަރިޔާ ހަނާންއާއި ދިމާލަށް ފެންޕެކެޓް އެއްލިއެވެ. ފެންޕެކެޓް ހަނާން ގައިގައި ޖެހި ފަޅާގެންދިޔަކަން އެނގުމާއެކު އަރިޔާ އަވަހަށް އެތަނުންދިޔައެވެ.”ރިޔާ އާރ ޔޫ ރެޑީ؟” އަތިރިއަށް އާދެވުމާއެކު ފިލާހުރި އީތާން ނުކުތިއެވެ. އީތާންގެ އަޑަށް އަރިޔާ ފަހަތަށް އެނބުރުނެވެ. “އޭތް ނުޖަހާތި” އަރިޔާއަށް އީތާން އަތުގައި އޮތް ދެ ފެންޕެކެޓް ފެނި އަރިޔާއަށް ބުނެލެވުނެވެ. އީތާން އަރިޔާއާ ދިމާލަށް ފެންޕެކެޓެއް އެއްލިއެވެ. އަރިޔާ އަވަހަށް ރެކެންވެގެން ދުއްވައިގަނެވުނެވެ. އީތާންވެސް އަރިޔާގެފަހަތުން ދުއްވައިގަނީ އޭނާ އަތުލުމަށެވެ. އެދިޔަގޮތަށްގޮސް އަރިޔާ އަތްދަނޑިމައްޗަށް އުފުއްލާލިއެވެ. ވަގުތު ބޭކާރުނުކޮށް އަރިޔާ މޫދަށް އެއްލާލިއެވެ. “ދޭން ދޯ” އަރިޔާ އީތާންގަޔަށް ފެން ބުރުވާލިއެވެ.ރައްދުގައި އީތާންވެސް އަރިޔާއާ ދިމާލަށް ލޮނު ބުރުވާލިއެވެ. އެވަގުތު އަތިރިމައްޗަށް ވަގުތުކޮޅެއް ހޭދަކޮށްލުމަށް ޒޯޔާއާއި ރާއިފްއަށް އެމަންޒަރު ފެނުނެވެ. ތުއްތުކުދިންތަކެއްހެން އުޅެމުންދިޔަ އަރިޔާއާއި އީތާން މެން މަލަކުމެންނަށްދައްކާލިއެވެ. މަލަކުވެސް މަޑުންހުންނާކަށް ބޭނުމެއްނުވިއެވެ. މަލަކު ޒޯޔާގެ އަތުގައި ހިފައިގެން މޫދަށް އެރުނެވެ. އެތަންފެނިފައި ރާއިފްއާއި ދާއިން އެކަކު އަނެކަކަށް ބަލާލިއެވެ.ދެމީހުންވެސް އީތާންމެންގެ ސަކަރާތުގައި ބައިވެރިއެވެ. އެކަކު އަނެކަކުގަޔަށް ފެންޖަހަމުން ދިޔައިރު އެއިން އެކަކަށް ވަގުތު ހިނގަމުންދިޔަގޮތެއް ނޭނގެއެވެ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

rishu

Level 110 Stories

i love to read stories as well as write stories.

Other Articles

Previous

ރޫޚް 3

Next

ވާ ލޯބި އެނގޭ ނަމަ 14

Next
December 11, 2018

ވާ ލޯބި އެނގޭ ނަމަ 14

Previews
December 11, 2018

ރޫޚް 3

2 Comments!

  1. Hazu says:
    December 12, 2018 at 10:40 am

    Wowwwwwwww
    Vvvvvv reethi story keep it up hama speechless vehje

    1. brom says:
      December 29, 2018 at 9:47 am

      yap

Comments are closed.

Next Episodeކުރުހާލެވުނޭ ތިސޫރަ މިހިތުގައި…..7ވަނަބައި←


All Right Reserved!