Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި…5 ވަނަބައި

rishu Level 110 Stories
December 8, 2018 One Min Read
6 Comments

އީތާން އަރިޔާ ހަމައަކަށް އެޅެންދެންއިނެވެ. އަރިޔާ އަމިއްލަނަފްސު ހަމައަކަށް އަޅުވަންއުޅުނަސް އޭނާގެ ލޮލުކުރިމަތިން ސިފަވަނީ އަޒުރާއޭނާއަށް ކޮއްދިންކަންތައްތަކެވެ. އަރިޔާ އަމިއްލަނަފްސް ހަމައަކަށް އެޅުމަށްފަހު އީތާންގެ އަތް ފޮޅުވާލިއެވެ. އަރިޔާ ހަށިގަނޑު ތެދުކޮއްލުމަށްފަހު ކަރުނަތައް ފޮހެލިއެވެ.

“ރިޔާ…ކިހިނެއްވީ؟” ސިޓިންރޫމްގައި ތިބި ހުރިހާ އެންމެންގެ ނަޒަރު މަޑުހިނގުމެއްގައި ހިނގައިފައި އައި އަރިޔާއަށް ހުއްޓުނެވެ. އަރިޔާ ލުއިހިނިތުންވުމެއް ރައްދުކޮއްލުމަށްފަހު އޭނާ ހުންނަން ހަމަޖެހިފައިވާ ކޮޓަރިއަށް ވަދުނެވެ. ކޮޓަރިދޮރު ތަޅުލުމާއެކު އޭނާ އަށް ރޮވުނެވެ. ބިންމަށްޗަށްވެއްޓިގަނެވުނީ ބޭއިޙްތިޔާރުގައެވެ. ކަރުނަތައް އޮހެގެންދިޔައީ ތަނެއްދޮރެއްބެލުމެއްނެތިއެވެ. އަރިޔާ ދެކަކުލުގައި ބޯ އެޅުމަށްފަހު ހިތްހަމަޖެހެންދެން ރޯންއިނެވެ. އޭނާއަށް ނިދުނީވެސް އެހެންއޮއްވައެވެ.

***ޖެހިގެންއައި ދުވަސް***

މީހަކު ދޮރުގައި ތެޅިއަޑަށް ނިދާފައި އޮތް އަރިޔާ ދިޔައީ ސިއްސައިގެންނެވެ. އަވަސްއަވަހަށް ތެދުވެ ދޮރާއި ދިމާލަށް ހިނގާގަތުނެވެ. ނަމަވެސްއޭނާގެ ފިޔަވަޅު ހުއްޓުނީ އޭނާ ހުރި މާހުއުލު ތަފާތުވުމުންނެވެ. އަރިޔާ ވަށައިގެންވާ މާހައުލަށް ބަލާލިއެވެ. މީ އޭނާ އުޅެން ހަމަޖެހިފައި އޮންނަކޮޓަރިއެއްނޫނެވެ. އާދައިގެ ގެއެއްގެ ސިޓިންރޫމްއާއި އެއްވަރު އެ ބޮޑު ކޮޓަރީގައި އަރިޔާ އެކަނި ނިދުނުކަން އެނގުމުން ބިރުގަތުނެވެ. އަރިޔާ ބޮލުގައި އެވަގުތު ސުވާލުން ފުރުނެވެ. އޭނާ މިކޮޓަރިއަށް އާދެވުނީ ކިހިނެއްހެއްޔެވެ؟ މީކާކު ކޮޓަރިއެއްހެއްޔެވެ؟ މހުރިހާ ސުވާލުތަކަކާއި ހެދިއަރިޔާ ބޮލަށް ތަދެއްއެރިއެވެ. އެވަގުތު މީހަކު ދޮރުހުޅުވާލިއަަޑަށް އަރިޔާ އެދިމާލަށް ބަލާލިއެވެ. ކުރިމަތީގައި ހުރި އީތާން ފެނި އަރިޔާގެ ނޭވާ ކުރުވިއެވެ. “އަދިކިރިޔާ ދޯ ތި ހޭލެވުނީ” އީތާންގެ ފިރިހެންވަންތަ އަޑުން އަރިޔާ ފިނިވިއެވެ.”އަން…. މިހެދުންލާ” އީތާން އަލަމާރި ދޮރު ހުޅުވާލުމަށްފަހު އަޅިކުލައަށްދާ ހައުސްޑްރެސްއެއް ދިއްކޮށްލިއެވެ….”ވެއިޓް އަ މިނެޓް… ކިހިނެއް އަހަރެން މިކޮޓަރިއަށް އާދެވުނީ؟” އަރިޔާ ސުވާލުކުރުމުން އީތާން އަރިޔާއަށް ބަލާލިއެވެ..”އިޓްސް މައި މޮމްސް ވިޝް… މަންމަ ބޭނުންވަނީ އަރިޔާ އަހަރެންގެ ބެލުމުގެ ދަށުގައި ހުންނަން” އީތާން އެހެންބުނެފައި އަރިޔާއާ ދިމާލަށް ފިޔަވަޅެއްނެގިއެވެ. އަރިޔާ އަވަސްއަވަހަށް ފަހަތަށްޖެހެން އުޅެނިކޮށް ފައި އަރިއަޅާލިއެވެ. ވެއްޓެންދިޔަ ވަގުތު އޭނާއަށް ދެލޯމަރާލެވުނެވެ. ދެވަނަ ސިކުންތުކޮޅުގައި އޭނާއަށް އިހުސާސްވީ ބާރުގަދަ އަތެއް އޭނާގެ އުނަގަނޑުގައި އެޅުވެފައިވާކަމެވެ.އޭނާ ބިންމައްޗަށް ނުވެއްޓޭތީ ދެލޯ ހުޅުވާލިއެވެ. ކުރިމަތީގައި ހުރި އީތާން ފެނިފައި އޭނާގެ ހިތުގެ ތެޅުންއަވަސް ވިއެވެ. ލާން ހުރި ނޭވާވެސް ހުއްޓުނެވެ. އަރިޔާގެ ހާލު ފެނިފައި އީތާންގާތަށް އައީ ހިންޏެވެ. “ދޭން…..”އަރިޔާލަދުގަތުނެވެ. އެ ދޮންކޮތާފަތަށް ޖަންބުކުލައިން ފޭދުނެވެ.”ރީތިވެގެން އާދެ ސައިބޯން” އީތާން ހިނިތުންވެލަމުން ބުނެލިއެވެ. އަދި ކޮޓަރިން ނުކުމެގެން ދިޔައެވެ.

އީތާން ނުކުމެގެން ދިޔަތަން ބަލަނހުރި އަރިޔާ އަށް ބޭއިޙްތިޔާރުގައި ހިނިތުންވެލުނެވެ. އީތާން ދިން ހެދުމަށް ބަލާލިއެވެ. އަރިޔާ އަވަސްއަވަހަށް ފާހަނައަށް ދިޔައީ ރީތިވުމަށެވެ.

“އާޗާ….ހާދަ ވަރަކަށް ހެވިފައި” އަރިޔާ ކޮޓަރިން ނުކުތީންސުރެ ހުރެވުނީ ހިނިތުންވެލައިގެންނެވެ.މިކަން މަލަކުއަށް ފާހަގަވެގެން އަރިޔާއަށް ދިމާނުކޮށް ނުހުރެވުނެވެ. އީތާންއަށްވެސް މިކަންފާހަގަވިއެވެ. އަރިޔާ ހިނިތުންވެލައިގެން ހުރުމުން އޭނާގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފަލެކެވެ.”ދޮންބޭ…. އަހަރެމެންނާއެކު ދާނަންތަ ދަތުރަކަށް… ؟” އީތާން ގާތު އިޒާން އަހާލިއެވެ. “ކޮންބައެއްދަނީ؟” އީތާން އަރިޔާ އަށް ނަޒަރެއްހިންގާލަމުން އަހާލިއެވެ. އެވަގުތަކީ އަރިޔާވެސް އީތާން އަށް ބަލާލިވަގުތެވެ. އަރިޔާ ހިނިތުންވެލީ ޝުކުރުވެރިކަމާއެކުއެވެ.”އަހަރެންވެސް ދާނަން” އީތާން ބުނެލިއެވެ.”އޯކޭ” އިޒާން އެތަނުންދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

rishu

Level 110 Stories

i love to read stories as well as write stories.

Other Articles

Previous

ވިންދޭ ލޯބި ތީ އެދޭ 4

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 37

Next
December 8, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 37

Previews
December 8, 2018

ވިންދޭ ލޯބި ތީ އެދޭ 4

6 Comments!

  1. Nax says:
    December 8, 2018 at 7:28 pm

    Varah reethi story… Bt thankolheh kurii… ❤️?

    1. rishu says:
      December 9, 2018 at 1:28 pm

      thnkx… and will try to improve it

  2. xell says:
    December 9, 2018 at 1:07 pm

    nice but thankolheh kurry whn next part

    1. rishu says:
      December 9, 2018 at 1:27 pm

      tonight or tmrw ah up kureveytho mitry kurany….
      and thnkx

  3. Elee says:
    December 9, 2018 at 10:12 pm

    V reethi

  4. Safarukadha says:
    December 13, 2018 at 5:24 pm

    Wow beautiful ?????

Comments are closed.

Next Episodeކުރުހާލެވުނޭ ތިސޫރަ މިހިތުގައި….4ވަނަބައި←


All Right Reserved!