” މަންމާ.. ޒައިނޫ!!!” ކަންފަތް ފަޅައިންދާ ވަރަށް މިޝްޔާ ހަޅޭއްލަވައިގަތެވެ. އެއަޑަށް ކޮޓަރި ދޮރު ވެސް ހުޅުވުނެވެ. ” ހަހަހަހަ.. ” ފަޒްލާ ދޮރު ހުޅުވާލިގޮތަށް ފެށީ ހޭށެވެ. ” ކޮބާ މީޝް.. މަންމަ ބުނަމޭނުން ނަމާދު ކޮށްގެން ދެން ނޯއްތާށޭ.. ޒައިން ތިހެދީ ހަމަ ރަނގަޅަށް.. ” “އަދި މަންމަ ވެސް ޒިންގެ ކޮޅަށްތަ؟ ތީ މީޝްގެ މަންމަ ތަ ޒައިންގެ މަންމަތަ؟” އެނދުން ވެއްޓި ނުތެދުވެފައި އިން މިޝްޔާ ތުން އޫކޮށްލާފައި ބުންޏެވެ. ” […]
މުޅި ތަނުގައި ވަނީ މީހުންގެ އަޑުތައް ގުގުމާލާފައެވެ. އެކި މީހުން ކުރަނީ އެކި މަސައްކަތެވެ. އެކަކު ފިތަކަށް ފިއްތާލާ އަޑު އިވޭ އިރަށް އނެއްފަރާތުން އެއްޗެއް ގޭނޭ އަޑު އިވެއެވެ. ހަނާގެ މޫނު މަތިން މާޔޫސް ކަން ފެންނަން ފެށިއެވެ. މިއަދަކީ އެހެން ދުވަސް ދުވަހަށް ވުރެ އޮފީސް މާ ބޮޑަށް ވެސް ބިޒީ ދުވަހެކެވެ.ހަނާގެ ހިތަށް އަރަނީ މިކަހަލަ ދުވަސް ދުވަސް ވެސް މީހުންނަށް އާދޭބާއެވެ. ކުއްލިއަކަށް ހަނާގެ ޑެސްކާއި ޖެހިގެން އިން ކުޑަދޮރަށް ބަލައި ހަނާގެ އެ މާޔޫސްކަން ގެއްލިގެން ދިޔަ ކަހަލައެވެ. އޮހޭ ވާރެއަށް ބަލަމުން ހެވެމުން ދިޔައެވެ.ކުޑަދޮރު ހުޅުވާލާ ވާރޭ ތިކި ތިކީގައި ބީހެމުން ލަދު ރަކި ވަމުން ދިޔައެވެ. އަމިއްލަ ނަފްސުގައި ބައްދާލައިފައި ލަދުގަންނަ ގޮތްވެސް ވެއެވެ. ވަރަށް ފުން ޚިޔާލުތަކެއް ތެރެއަށް ހަނާ ގަރގުވެއްޖެކަން ޔަގީނެވެ. ކުއްލިއަކަށް ހަނާގެ މޫނުގެ ކުލަވަރު ބަދަލުވެ އެ މާޔޫސް ކަމަށް އެނބުރި އައިސްސިއެވެ. ވަރަށް އަވަސް އަރުވާލާފައި ކުޑަ ދޮރު ލައްޕާލުމަށްފަހު ގޮނޑީގައި އިށީނދެ ޑެސްކްގައި ބޯ ޖަހާލިއެވެ. އަދި އިރުކޮޅަކުން ތެދުވެ ލޮލުގައި އޮތް ނަންބަރު އައިނު ނަގާ އިސްތަށިގަނޑުހާވާލުމަށްފަހު ބޯޖަހާލިއެވެ. ހީވަނީ ދެންމެ ދެންމެ ހަމަ މީހަކު ހަނާ އާ ދިމާލަށް އެއްޗެހި ކިޔާ ދެރަކޮށްލިހެންނެވެ. ހަނާގެ މޫނު ކުޑަދޮރާވީ ފަޅިއަށް އަނބުރާލުމަށްފަހު އޮތީ މަޑުމަޑުންނެވެ. އެއްވެސް ކަހަލަ އަސަރެއް މޫނުމަތިންނެއް ނުފެނެއެވެ. މަޑު މަޑުން އިނދެގެން ހަނާގެ ޙަޔާތުގެ ޞަފްޙާތައް މީގެ ފަސް އަހަރު ކުރިއަށް އުކާލިއެވެ. އަދިވެސް ހަނދާންވަނީ އެދުވަސްތަކެވެ. އަދިވެސް ހީވަނީ އެއީ ކުރިމަތީގައި ވޭވޭ ހުންނަ ކަމެއް ހެންނެވެ. އަނދުނުގެ ކަޅު ކުލައާއި އެކީ ކަރުނަތައް މޭޒަށް އޮހެމުން ދިޔައެވެ. ހަނާ އަށް ހީވަނީ މުޅި ދުނިޔެ އަނދިރި ވެއްޖެހެންނެވެ. އެހެން ނަމަވެސް އެކަމާއި އަދިވެސް ހަނާ ދެރަވެއެވެ. އެ މަޑުމައިތިރި ވަގުތު ތައް ހަނާ އެ ހޭދަކުރަނީ މާޒީގެ އެ ޞަފްޙާތއް ތެރޭގައެވެ. ކުރިމަތިން ފެންނަނީ ވަރަށް ބައިވަރު މީހުން ޕާރޓީ ކުރާ ތަނެވެ. ސަކަރާތް ޖަހާ މަންޒރެވެ. އަޑު އިވެނީ ހޭ އަޑެވެ. އެކަކު އަނެކަކު ނަށަން ވެސް ނަށައެވެ. ރައްޓެހިވެގެން އުޅޭ ދެ މީހުން އެކުގައި އުނގަނޑަށް އަތްލައިގެން ނަށާ ތަން ވެސް ފެންނަހެން “ހަނާ!”ހަނާ”!”ހަނާ!” ހަނާ އަށް ކުއްލި ސިހުމެއް ލިބި އެ ޞަފްޙާތައް ތެރެއިން ބޭރަށް އާދެވުނީ ނަހޫ ގޮވާލުމުންނެވެ. ލިބުނު ސިހުމާ އެކީ “އާނ! އާނ! ކިހިނެއްވީތޯ ސުވާލުކުރިއެވެ؟ ހިނގާބަ ބްރޭކަށް ދާން! ކިހާ ބަނޑުހައި!ހަނާ އަށް ކަމެއް ވީތަ؟ ނަހޫ އެއްފަހަރާ ހުރިހާ ވާހަކައެއް ދެއްކިއެވެ. ނަހޫ އަކީ އޮފީހުގައި ހަނާ އާއި އެންމެ ގާތް ކޮށް އުޅޭ ކުއްޖާއެވެ. ދެމީހުންނަކީ ވަރަށް ސަކަރާތް ޖަހާ ދެމީހުންނެވެ. ދުވަސް ނިމުމަށްފަހު ގެއަށް ދިއުމަށް ފަހު ހަނާ ފެންވަރައިލައިގެން އެރީ ޢިޝާ ނަމާދަށެވެ. އަދި ނަމާދުކޮށް ނިމި ދުޢާ ކުރަމުން ދިޔައީ ރޮމުންނެވެ. ހަނާ އޮފީހުގެ ބައެއް މަސައްކަތް ކުރަނީ ރޭގަނޑުގެ ވަގުތު ތަކުގައި ގޭގައެވެ. އޮފީހުގައި ހިސާބުތަކެއްގައި މައްސަލަތަކެއް އުޅޭތީވެ އެކަމާއި ވިސްނާ ފިކުރުކޮށް ކަން ކަން ޙައްލު ކުރަން އިން ވަގުތު އެއްފައި ގޮނޑިއަށް އަރުވާލައި ކަކުލުގައި އަތް އަޅުވާފައި ބޮލުގައި އަތްވިއްދައިގެން އިނދެ ގަލަމުގެ ކޮޅު އަނގައަށް ލައިގެން ވިސްނަމުން ދިޔައެވެ. އަވަދިނެތި އުޅެފައި ހަނާ އަށް ގަޑިއަށް ބަލައިލެވުނު އިރު ގަޑިން މެންދަމުން އަނބުރާ 2.00 ޖަހަނީއެވެ. ހަނާގެ ގަޔަށް ހީވީ އެވަގުތު ކަށްޓެއް ހަރާލި ހެންނެވެ. އަވަސް އަވސް ކޮށްލާފައި ނިދަން އޮށޯތެވެ. ދެއަތް ބޯ ދަށަށް ލުމަށްފަހު އެނބުރެމުން ދިޔަ ފަންކާ އަށް ނަޒަރު ހުއްޓައިގެން އޮށްވަ ފެންނަނީ ހަނާ އެންމެންގެ ތެރޭގައި ތަށްޓެްއ ހިފަހައްޓައިގެން މޭޒެއްގެ ކަނުގައި ރަތް ކުލައިގެ، ކަކުލާއި ހަމަ އަށް އަރާ ހެދުމެއް ލައިގެން ލެނގި ލައިގެން އެއްޗެއް ބޯން ހުރި ތަނެވެ. ކަންފަތުގައި އެލުވާލައިފައި ވަނީ ރީތި ގަހަނާ އެކެވެ. އަންހެނުންނާއި ފިރިހެނުން ވަނީ އެތަނުގައި މަސްހުނިވެފައެވެ. ތަންކޮޅެއް ދުރުން ހިނގާލާފައި ދޮން، ދިގު ފިރިހެނަކު ހަނާ އާ ދިމާލަށް އަންނަތަން ހަނާ އަށް ފެނުނެވެ. އޭނާ ހަނާ ގާތަށް އައުމުން ހަނާ އަށް ލަދުން އޮޅެވެއެވެ. ހަނާ ދުވަހަކުވެސް ނުދެކޭފަދަ ރީތި ކަމެއް އެ ޒުވާނާ ގައިގައި ވެއެވެ. އަދި ބަލައިލަން އެހާ ހިތްފަސޭހަ އެވެ. އޮމާން، އަމާން ސާދާ މޫނެކެވެ. ހަނާ ގާތަށް އައިސް ހުއްޓި. ހަނާ ލެނގިލައިގެން ހުރި މޭޒު ދަށުގައި ހުރި އެއްޗެއް ނަގައިގެން ދިޔައެވެ. ހަނާ އަށް މަޑުމޮޅިކަން އެ ވަގުތު އިޙްސާސް ކުރެވުނެވެ. ހަނާ ހީކޮށްގެން ހުރީ އެ ޒުވާނާ އައިސް ހަނާ އާއި ވާހަކަ ދައްކާނެ ކަމަށެވެ. ނަމަވެސް ކަން ވީ އެހެނަކުން ނޫނެވެ. ހަނާގެ ގާތަށް އައިސް އެހެން ޒުވާން ފިރިހެން ކުއްޖެއް މަޑުކޮށްލިއެވެ. އަދި ހަނާގެ އުނގަނޑުގައި ހިފައި ބައްދާލުމަށް ފަހު ނަށާލަން ދިޔައެވެ. ދެމީހުން އެކީ ނެށުމަށްފަހު އެ ޕާރޓީގައި ހުރި ކޮޓަރިއަކަށް ވަނެވެ. ހަނާގެ މާޒީގެ ޞަފްޙާ ތަކުގައި އޮވެ ހަނާ އަށް ނިދުނު ގޮތް ނުވެސް އިނގުނެވެ.
ރަހްމާ ކާން އިން ޕާންފޮތިވެސް އޭނާ ކާހިތް ކެނޑުނެވެ. އެހެންކަމުން ރުޅިއައިސްގެން ގޮސް އެ ޕާން ފޮތި ޑަސްބިނަށް ލަފައި ތައްޓާއި ގެންގުޅުނު މޭޒުމަތީ ވަޅި ސިންކައް ލާފައި އޭނާވެސް ގޮސްވަނީ ކޮޓަރިއަށެވެ. އެނދުމަތީ އިށީން ނަމަވެސް އެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. ރުޅި ގަދަވެގެން ފަޅައިގެން ގޮސްފާނެހެން ހީވެއެވެ. އައި ރުޅީގައި އަތު ޖެހޭ ހިސާބުގައި އޮތް ބާލިސް ނަގަ ކޮޓަރި ތެރެއަށް ހޫރާލިއެވެ. ނުބައި ވަސްވާސްތައް އޭނާގެ ސިކުނޑި ވަށައިލިއެވެ. “ކައިވެނި ކުރަން އުޅޭއިރު […]
ވެހެމުންދިޔަ ބޯވާރޭ ހުއްޓާލާނޭ އިރެއް ލަފާކޮށްލަންވެސް ދައްޗެވެ. ދޭތެރެއަކުން ގަދަޔަށްވިދާލާފައި ޖަހާލާ ބާރު ގުގުރިން ކަންފަތްތައް ފަޅައިގެންދާހާވެއެވެ. ބާރަށް ވައިޖެހެމުންދިޔައިރު ގަސްތައް މުލުން ލުއްސާނުލާ ތިބީ ނަސީބަކުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ގާއަޅާފައިވާ ރަށުގެ މަގުތައްމަތިން ވައިގެ ހަމަލާތަކަށް ކުޅަދާނަނުވެގެން ފައިބައިފައިވާ ފަތްތަކާއި ގޮފިކޮޅުތައް ނޫންއެއްޗެއް ނުފެނެއެވެ.ހަވީރުގެ ވަގުތެއްކަމަކު ވެެރިވެފައިވާ އަނދިިރިކަމުގެ ސަބަބުން ބައެއް ގެތަކާއި ފިހާރަތައްވެސް ވަނީ ދިއްލަންފަށާފައެވެ. މަގުތަކުގައި ހަރުކޮށްފައިވާ ސްޓްރީޓް ލައިޓްތައް މާކުރިންވެސް ވަނީ ދިއްލިފައެވެ. އެ ތޫފާނީ ވައިޖެހެމުންދިޔަ ވަގުތު، ފަޅުވެފައިވާ […]
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ.އުޑުމަތީގައި ސާދަ ފަނަރަ ވިލޭރޭގެ ހަނދު ފެންނާކަށް ނެތްއިރު ތަރިތަކުގެ ބޮޑު ފައުޖެއް ހަނދު ނެތްކަމުގެ ފަޅުކަން ފިލުވުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ހެކިތައް ފެންނަމުންދިޔައެވެ.ބެލްކަނީގެ ރެއިލިންގައި އަތްވިއްދާލަމުން އެއަންހެންކުއްޖާ އުޑުމައްޗަށް ބަލާލިއެވެ. ދޫކޮށްލެވިފައިވާ އިސްތަށިގަނޑު ޖެހެމުންދާ ފިނިވާރޯޅިއާ ކުޅެމުންދިޔައިރު އެއަންހެންކުއްޖާ އިރުއިރުކޮޅާ އިސްތަށިގަނޑު މަތަކޮށްލައެވެ. މޫނުމަތިން ފާޅުވަމުންދަނީ ނުތަނަވަސްކަމެވެ. ބަލާލި ކޮންމެމީހަކަށް އަރިޔާ ހާސްވެފައި ހުރިވަރު އެނގޭނެވެ. “ރިޔާ… ކީއްވެ މިތާ އެކަނި ތިއިނީ؟” ބެލްކަންޏަށް ނުކުތް މަލަކް އަރިޔާ ފެނުނެވެ. އަރިޔާގެ ފަރާތުން ޖަވާބެއް ނައުމުންމަލަކުއަށް އަރިޔާ ހާސްވެފައި ހުރިވަރު އެނގުނެވެ.”އާރ ޔޫ އޯކޭ؟” އަރިޔާގެ ގާތަށް ޖެހިލިއެވެ.” ހޫމް” އަރިޔާ ޖަވާބު ކުރެވެ.”ހާދަ ހާސްވެފައި؟ ކިހިނެއްވީ؟” މަލަކު އަހާލިއެވެ.”ނަތިން ފްރެންޑެއް ފޯނު ނުނަގާތީ” އަރިޔާ ފޯނަށްނަޒަރު ހިންގާލަމުން ޖަވާބު ދިނެވެ.”އަނެއްކާ ކާކުތަ؟” ދިމާކުރާ ރާގަކަށް މަލަކު އަހާލިއެވެ. މަލަކު ހީކުރިގޮތާ ޙިލާފަށް އަރިޔާ ހުރީމަޑުންނެވެ. ކޮތާފަތަށް ޖަންބުކުލަ އެރުމުގެ ބަދަލުގައި އަރިޔާ ފަޒާގެ ތެރެއަށް ފުންނޭވާއެއް ދޫކޮށްލިއެވެ. ” ތި ބޮލުން ހުރިހާ އެއްޗެއް ނެރެލާ.. އޯ ޔުއާރ ގޮއިން ޓު ހޭވް އަ ހެޑްއޭކް ޓުމޯރޯ” މަލަކު އަރިޔާ އަތުގައި ހިފާގެން ކޮޓަރިތެރެއަށް ވަދުނެވެ. “އަރިޔާ ޑޯންޓް ތިންކް ޓޫ މަޗް…ސިޓިންރޫމް އަށްދާން ހިނގަާ.. ހުރިހާ ކްލާސްމޭޓްސްތައް އައިސްހުރި އިރު ރިޔާ ތިހެންއިންނާކަށްނުވާނެ… މަޖާ ކުރަންވެސްވާނެ…އަބަދުކަންކަމާއި ފިކުރުކުރާކަށްނުވާނެ” މަލަކުގެ އާދޭސްތައް އަޑުއަހަން ކެތްނުކުރެވިގެން އަރިޔާ ކޮޓަރިން ނުކުތެވެ. މީހެއްގެފިޔަވަޅުތަކެއްގެ އަޑުއިވިފައި ސިޓިންރޫމްގެ އެންމެން ހަމަހިމޭންވިއެވެ. މަލަކު ކައިރީ ހުރި އަރިޔާ ފެނިފައި އެ އުފާވެރި މޫނުތައް ނުތަނަވަސްވިއެވެ.އެންމެންގެ މޫނުމަތިން “ކީއްކުރަންހޭ އޭނާ ގެނައި؟” ބުނާފަދައެވެ. އެންމެން ހަމަވުމާއެކު އަރިޔާމެންގެ ކްލާސް މޮނީޓަރ ވާހަކަދައްކަން ފެށިއެެވެ.”ތެންކްސްފޯރ ކަމިން.. އެކަމަކު ވަރަށް ބޮޑުކަމަކާއި ބެހޭގޮތުން ވާހަކަދައްކަންވެގެން ހުރިހާ ކުދިން މިއެއްކޮއްލީ” އިޒާން ބުނެލިއެވެ. “ކިހިނެއްވީ؟” ކްލާހުގައި އެންމެ ނުފޫޒްގަދަ ކޮއްލާގެން އުޅޭ ލީނާ އަހާލިއެވެ. “އަހަރެންގެ ދޮންބެ އެބައާދޭ… ވަރަށް ކުއްލިގޮތަކަށް 2 ވީކްސްއަށް… ސޯވަޓް ޝުޑްވީ ޑޫ؟”އިޒާން ސުވާލުކޮށްލިއެވެ. “ކޮން ބޭބެއެއް؟ އަހަރެންނަކަށް ނޭނގޭ ޒާން ބޭބެއެއް ހުންނަކަމެއް؟” އިޒާންގެ އެންމެ ގާތް އެކުވެރިޔާ ހަނާން އަހާލިއެވެ.ހަނާން ބުނެލިއެއްޗަކުން ހުރިހާ އެންމެން އިޒާންއަށް ނަޒަރު ހިންގާލިއެވެ. ” މީ ޓޫ.. އަހަރެންނަކަށްވެސް ނޭނގެ ކުރިން ބޭބެ އެއް ހުންނަކަމެއް.. އިއްޔެ ޑޭޑް ގުޅާފައި ބުނި.. ބޭބެ މެލޭއިން އަންނަ ވާހަކަ…” އިޒާން ވާހަކަ ނުނިމެނީސް ހުރިހާ އަންހެންކުދިން އިޒާން ގާތު ބޭބެގެ ފޮޓޯއެއް ދެއްކުމަށް އެދުނެވެ. ނަމަވެސް އިޒާން އެކަމަށް ސަމާލުކަން ނުދީ ވާހަކައާގެން ކުރިއަށްދިޔައެވެ.”ޑޭޑް ބުނެފައި އޮތްގޮތުން މާދަމާ މެންދުރު ބޭބެއަާއި އެކު ބޭބެގެ ދެ އެކުވެރިންވެސް އާދޭ..ދެން އަހަރެންގެ ކަޒިން ޝެރީންވެސް… ސޯ ސުވާލެއް އެބައޮތްތަ؟” އިޒާން އެންމެންނަށް ބަލާލިއެވެ.”ދެން ކިހިނެއް އަހަރެމެން ހަދަނީ؟ މި ގެޓް ޓޫގެދަރ އަކީވެސް ޓޫ ވީކްސް ގެ އެކްޓިވިޓީއެއް” ހަނާން ބުނެލިއެވެ.”އެބައުޓް ދެޓް.. އަހަރެން ޑޭޑްއާ ވާހަކަ ދައްކާފިން.. ޑޭޑް ބުނީ މިގެޓް ޓުގެދަރ ކުރިއަށްގެންދާށޭ”އިޒާން އެހެން ބުނެލުމާއެކު މުޅިތަން ކެކުރިއަރާގަތުނެވެ. ދެން ދެކުވުނީ އިޒާންގެ ބޭބެއަށް ސަޕްރައިޒް ދިނުމަށް ކުރާނެކަންކަމުގެ ވާހަކައެވެ. އަރިޔާ އަށް ކޭކްގެ ކަންތައްތައް ހަވާލި ކުރުމަށް އިޒާން މަލަކު އަށް ގޮވާލިއެވެ. ދެމީހުން އެއްފަރާތައް ޖެހިލުމަށްފަހު އިޒާން ވާހަކަދެއްކިއެވެ.” ޒޯޔާވެސް އާދޭ ބޭބެއާއި އެކު… އެނގޭދޯ ޒޯޔާ ކައިވެނި ކުރިކަން..”މަލަކު ބޯޖަހާލިއެވެ. “ނުބުނާތި އަރިޔާގާތު…ޒޯޔާ ބުނީ މަލަކު ގާތު ބުނާށޭ”އިޒާން އެހެންބުނެފައި އެތަނުން ދިޔައެވެ. މަލަކު ޒޯޔާ ކުރަންއުޅޭ ކަންތައްތައް ނަގައިގަނެވުނެވެ.އެތަނުން މަލަކު ދާންއުޅުނު ވަގުތުއޭނާގެ ފޯނު ޜިންގުވާން ފެށިއެވެ.
ސިޑިން މައްޗަށް އަރަމުން ދިޔަ މިންހާއަށް ފައި އެޅުނު ގޮތަކުން ފަހަތަށް ވެއްޓެން ދިޔައެވެ. ސިޑިން ވެއްޓިއްޖެނަމަ ވާނެ ތަދު ހިތަށް އެރުމާއެކު މިންހާއަށް އޭނަގެ ދެލޯ މަރާ ބާރުކޮށްލެވުނެވެ. އެހެނަސް ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން އޭނަގެ އަތުގައި ހިފާ ދަމާލުމަށްފަހު އުނަގަނޑުގައި އަތް ވަށާލި ކަމުގެ އިހުސާސެއް ކުރެވުނެވެ. މަޑުމަޑުން މިންހާ އޭނަގެ ދެލޯ ހުޅުވާލިއެވެ. ދެލޯ ހުޅުވާލުމާއެކު އޭނައަށް ދާދި ކައިރިން ފެނިގެން ދިޔައީ އިއާންގެ ސޫރައެވެ. އިއާންއަށް ކަޅި ޖަހާ ނުލާ […]
އިސްމާޢީލް ޢަލީ ކަނދޮޅުދޫ ރޮއިރޮއި ހަނާވުން ނޫންގޮތެއް ނެތެވެ. މަޔަކަށް ވުމުގެ ނަސީބެއް ނުލިބުނެވެ. ފިރިމީހާގެ ކުދިން ތިބޭތީ އިތުރު ކުދިން ނުހޯދަނީއެވެ. އަހަރެންގެ ހިތުން ކެކި އުތުރިއަރާ ޖަޒްބާތުތަކުގެ އަސަރެއްނުކުރިއެވެ. މަޔަކަށް ވުމަށްޓަކައި ޤުރްބާންތަކެއްވާންވީއެވެ. މިލޯބި ދޫކޮށް އެލޯބި ހޯދަންވީއެވެ. މަސްތީ ނިދީން ހެލަންވީތާ ކިތަންމެ ދުވަހެކެވެ. މަޤްސަދެއް ނެތި ދިރިއުޅުމުގެ ބޭނުމެއް ނެތެވެ. ތަކުރާރުކޮށް ކުއްޖަކު ބޭނުން ކަމަށް ބުނެފީމެވެ. ކަހާތަން ހިރުވާވެސް ނުލައެވެ. މިހާރު ރައްކާތެރި ޢުމުރު ގެއްލެނީއެވެ. ދުވަސްކޮޅަކުން ޢިއްދައިންވެސް ކެނޑިދާނެއެވެ. […]
މާހިލްގެ ބަސްތައް ހަސަނުގެ ސިކުނޑިތެރޭގައި ބިންވަޅު ނެގުނެވެ. އެހެން ނަމަވެސް މާހިލް އެ މައުޟޫއަށް ވާހަކަ ދައްކަން ޝަޢުގުނުވާހެން ހީވުމުން އަދި ހަސަނައްވެސް ދީނާ ބެހޭގޮތުން ވާހަކަ ދައްކަން ނޭނގޭތީ މަޢުޟޫ ބަދަލުކޮށްލީ މާހިލްގެ މޫޑު ރަނގަޅު ކޮށްލުމަށްޓަކައި ވެސް މެއެވެ. މާހިލް މެން ކޮފީ ބޮއި ނިމުމުން އެތަނުން ދާން ނިކުންނަން ހިނގައިގަތީ ހަަނު ކައުންޓަރައްގޮސް ބިލް ދައްކަން ނިންމައިގެންނެވެ. ނަމަވެސް އެހިސާބައް އަރާ ހަމަވުމުން މާހިލް މަޑުނުކޮށް ދިޔައީ އަވަހަށް ގެއަށްދާން ވެގެންނެވެ. މާހިލް […]
2000 ވަނަ އަހަރުގެ ޑިސެމްބަރު 1 ވަނަ ދުވަހެވެ. އޮފީހުގެ މުވައްޒަފުން ރާވަމުން ދިޔައީ އަންނަ ހަފްތާ ބަންދުގައި ދަތުރެއް ދިޔުމަށެވެ. ދަތުރުގެ އިންތިޒާމް ކޮށް ރޭވުމުގައި އެންމެ އިސްކޮށް ހުރީ އާކިލްއެވެ. އެކަހަލަ ކަންކަމުގައި އެންމެ އިސްކޮށް އުޅޭ މުވައްޒަފަކީ އެއީއެވެ. ކޮންމެ ހަފްތާ ބަންދަކު މިކަހަލަ ކޮންމެވެސް ކަމެއް ކުރުމަށް ރާވައެވެ. ނަމަވެސް ހުރިހާ ކަމެއް ރާވާ ނިމޭއިރު ދަތުރު ދާނެ މީހުން ހަމަ ނުވެގެން ރޭވި ހުރިހާކަމެއް ނިމެނީ ފެނަށް ވެގެންނެވެ.. […]