Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި…..7ވަނަބައި

rishu Level 110 Stories
December 11, 2018 One Min Read
2 Comments

“އާހް…މާބޮޑަށްވެސް ސަކަރާތްޖެހިއްޖެ” މަލަކު ބަނޑުގައި އަތްއަޅަމުން ވެލިގަނޑުމަތީ އިށީނނެވެ. “ރީޔާ….. އަބަދު އެގޮތަށް ސްމައިލްވެގެންހުންނަނަމަ…. އީތާން ހާދަކުޅަދާނައޭ އަރިޔާ ހެއްވާލަން…” ޒޯޔާ ބަލާލީ އީތާންގެ ފަހަތުގައި ދުވަމުންދިޔަ އަރިޔާއަށެވެ. އީތާން އަރިޔާ ހަޔާތަށްއައި އައިފަހުން އަރިޔާގެ ދިރިއުޅުން ކުރިއަށްވުރެ ތަފާތެވެ. މީހަކު އެއްޗެއްނުބުނަނީސް އަރިޔާ އަނގައަކުން ނުބުނާނެވެ. އެހެނަސް މިއަދު އަރިޔާގެ މޫނުމަތިން ހިނިތުންނުފިލައެވެ.

“މިއުޅޭނީ” އިޒާންގެ އަޑު އިވުމާއެކު މަލަކުމެން ބަލާލިއެވެ.” ހޯދަނީ މީ…..”އިޒާން މާނެވާލެވިފައި ހުރެ ބުނެލިއެވެ. “ހިނގާދާން….ކައިގެން ފައިގަތަޅާ ކުޅެން” އިޒާން އެހެންބުނުމުން އަރިޔާއާ އީތާން އެކަކު އަނެކަކަށް ބަލާލިއެވެ. އީތާން އަރިޔާ އަތުގައި ހިފާލަމުން އެއްގަމާއި ދިމާއަށް މިސްރާބުޖެހިއެވެ.

*************

އަރިޔާ ތަށްޓަކަށް ފިހުނު ކުކުޅު ފަޔަކާއި މަސްކޮޅެއް ލުމަށްފަހު އަތިރިމަތީ އެކަނިމާ އެކަނި އިން އީތާންއަށް ދިއްކޮށްލިއެވެ. އީތާން ތަށީގައި ހިފުމުގެ ބަދަލުގައި ހިފީ އަރިޔާގެ އަތުގައެވެ. “މިތާ އިށީނދެބަލަ” އަރިޔާގެ މުށިކުލައިގެ ލޮލަށްބަލާލަމުން ބުނެލިއެވެ. އީތާން އެއަތުގައި ހިފައިފާހުރުމުން އަރިޔާ އެތަނުން ދާނެ ފުރުސަތެއް ނުލިބުނެވެ. އެވަގުތު އެތަނަށް އައި މަލަކު ފެނިފައި އަރިޔާ ލޮލުގެ އިޝާރަތުން އޭނާ އެތަނުން ގެންގޮސްދިނުމަށް އެދުނެވެ. މަލަކު ހިނިތުންވެލައިފާ އީތާން އަށް ބަލާލިއެވެ. ” ކޯކެއްނުގެންނަމެއްނު…..މަ މިއަންނަނީ ހިފައިގެން” މަލަކުކަންތައް ކުރި އަރިޔާ ހީކުރިގޮތާއި ހިލާފަށެވެ. މަލަކު މޫނަށް އޭނާ ބަލާލި ރުޅިވެރިކަމާއެކުއެވެެ. މަލަކު އެއްލޯ މަރާލިތަް ފެނި އަރިޔާގެ ރުޅި ކުރިއަށްވުރެ ގަދަވިއެވެ. ތުންފަތުގައި ދަތްއެޅީ އީތާންގެ މުނަށް ނުބަލަންވެގެންނެވެ. “ނުކާންތަ ތިއިނީ؟ އާދެ…ލަވާދޭނަން” އީތާން ރޮށިކޮޅު ވިނުވާލުމަށް އޭގެތެރެއަށް މަސްކޮޅެއް ލިއެވެ. އަރިޔާ ނުކާންގަދަހަދަމުން ދިޔައެވެ. “އެހެރި މާކަނާއެއް” އީތާން އެހެން ބުނުމުން އަރިޔާ ކޮބާހޭ އެހިއެވެ. ފުރުސަތުގެ ބޭނުންހިފާ އީތާން އަރިޔާގެ އަނގަޔަށް ރޮށިކޮޅު ލެވިއެވެ..”ދޭން…. އިތާން…… އައި ރިޔާލީ ހޭޓް ޔޫ” އަރިޔާ ތުން އޫކޮށްލުމަށް ފަހު އެތަނުންއަވަހަށް ދާން ހިނގާގަތުނެވެ. އެވަގުތު އަރިޔާއަށް ހިނިތުންވެލިއެވެ.

*******

ދަތުރު ނިމުނީ ހީވެސްނުކުރާހާ އަވަށެވެ. ވަގުތުހޭދަކުރެވުނީ ހުސްވެސް މަޖާކަންކަމުގައެވެ. ގެއަށް އައުމާއެކު ހުރިހާ އެންމެންނަށް ވަރުބަލިކަން އިހުސާސްވިއެވެ. އަރިޔާ ފެންވަރައިގެން އޮށޯތީ ނިދަންށެވެ. އެނދުގައި ހަމަޖެހުމާއެކު އަރިޔާ ފުން ނިދިތެރެއަށް ގެނބުނެވެ.

*******

މޯޅިއަކަށް ދެމިލަމުން އަރިޔާ އެނދުން ތެދުވިއެވެ. ދެލޯ އުނގުޅަމުން ފާހަނައަށް ވަދެ މޫނުދޮވެލިއެވެ.  ކޮޓަރިން ނުކުތި އިރު ގޭގައި އެކަކުވެސް ނެތެވެ. އަރިޔާ ބަދިގެއަށް ވަތްވަގުތު މީހަކު އޭނާގެ ފަހަތުން އައިކަން އެނގުނެވެ.”ކީއްކުރަނީ މިއޮތް ދަން ގަޑިއެއްގައި؟” އީތާން ދޮރުކަނީގައި ލެގިލަމުން އަހާލިއެވެ. “ބަނޑުހައިވީ…..ގޭގައި އެކަކުވެސް ނޫޅެނީތަ؟” އަރިޔާ އަތްދޮވެލަމުން އަހާލިއެވެ.”ހޫމް އެންމެން ގޮއްސި ފިހާރައަށް… މާދަން ބީބީކިއު ހަދަންވެގެން” އީތާން ބަދިގެއަށް ވަދެ ކަބަޑުން ދެ ޕެކެޓް ނޫޑުލިސް ނެގިއެވެ. “ކީއްކުރަން ތިއުޅެނީ؟” އީތާން އައިސް އަލަމާރި ހުޅުވާލިތަން ފެނި އަރިޔާ ސުވާލުކުރިއެވެ.” މީތާ އިށީނދެބަލަ” ކާމޭޒުން ގޮނޑިއެއް ދުރުކުރުމަށްފަހު އަރިޔާއަށް ބަލާލިއެވެ. އަރިޔާއަށް ކަންތައްތައް ވާންއުޅޭ ގޮތްނޭނގޭތީ އޭނާއަށްހުރެވުނީ އީތާން އަށް ބަލަންށެވެ. އީތާން އަރިޔާއަތުގައި ހިފުން އަރިޔާ އެއަތްފޮޅާލަމުން ގޮނޑީގައި ހަމަޖެހިލިއެވެ. އަރިޔާއަށް ހުރެވުނީ އީތާން ކަންތައްތައްކުރަންއުޅޭގޮތް ބަލަންށެވެ. އީތާން ކައްކަމުންދިޔައިރު އަރިޔާއަށް ހުރެވުނީ އަނގަހުޅުވައިގެންނެވެ.”ތިއަނގަލައްޕަބަލަ!” އީތާން ނޫޑުލިސް ތައްޓާކަށް އެޅުމަށްފަހު އަރިޔާއަށްވާގޮތަށް ކުރިމަތީގައި ތަށި ބެހެއްޓިއެވެ.” ޓްރައި އިޓް” އީތާން ތައްޓަށް އިޝާރަތް ކުރިއެވެ. އަރިޔާ އީތާންއަށް ބަލާލުމަށްފަހު އުލުން ނޫޑުލިސްކޮޅެއް ކާލިއެވެ. “ޕްރޮފެޝަނަލް ޝެފެއްތަ ތީ؟” އަރިޔާއަށް މިވަރުގެ އެއްޗެއްނުކައެވެ. މީރުކަމުން އަރިޔާއަށް އެތަށީގައި ހުރި އެތިކޮޅު ހުސްކުރެވުނެވެ. “މީރުދޯ” އީތާން އަރިޔާއުޅުންގޮތް ފެނިފައި ހިނިއައެވެ.”ހޫމް…އެކަމް ހާދަ ކުޅިއޭ” އަރިޔާ ދެލޯ ބޮޑުކޮށްގެން އީތާންއަށްބަލާލިއެވެ..”ފެން” އަރިޔާ ފެންތައްޓަކަށް އެދުނެވެ. އީތާން ފެންތަށި ދިއްކޮށްލުމުން އަރިޔާ ފެންތަށި އެއްކޮން ހުސްކޮއްލިއެވެ.އެވަގުތު އީތާންއަށް އެއްޗެއްފާހަގަވިއެވެ. އޭނާ އަރިޔާ މޫނު ކައިރިއަށް އޭނާގެ މޫނު ކައިރިކުރެވުނެވެ. އަރިޔާގެ ތުންފަތްކައިރީ ހޭކިފައިހުރި ސޯސްކޮޅު ފޮހެލިއެވެ. އަރިޔާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެންނެވެ.

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

rishu

Level 110 Stories

i love to read stories as well as write stories.

Other Articles

Previous

ވާ ލޯބި އެނގޭ ނަމަ 14

Next

ކޮށްލި ސަމާސާ

Next
December 11, 2018

ކޮށްލި ސަމާސާ

Previews
December 11, 2018

ވާ ލޯބި އެނގޭ ނަމަ 14

2 Comments!

  1. Hazu says:
    December 12, 2018 at 10:43 am

    Alhey haadha reechey story
    Hama speechless vehje
    Whn is nxt part avas kohla dhybala higey story vvvvvv rethi
    Keep it up dear

  2. brom says:
    December 29, 2018 at 10:02 am

    yes……v reethi igey keep it up …..aslu v story liya hihvey …..

Comments are closed.

Next Episodeކުރުހާލެވުނޭ ތިސޫރަ މިހިތުގައި……8ވަނަބައި←


All Right Reserved!