
އެއީ ކޮން ބައެއް ބާއެވެ؟ އެމިހުން އެއުޅެނީ ކީއް ކުރަން ބާއެވެ؟ ހަމަ އެކަނި އިނގޭ އެއްޗަކީ އެމިހުން ކުރަން އެއުޅޭ ކަމަކީ އެތައް ބައެއްގެ ދިރިއުޅުން އެފުށްމިފުށަށް ޖަހާލާނެ ކަމެއް ކަމެވެ.
****
ފަޒްލާ އިނީ މިޝްޔާ އެގޮތަށް ދިޔުމުން ހައިރާން ވެފައެވެ. އެހެނީ މި ހުރިހާ ދުވަހު ޒައިން މިޝްޔާ އަށް ކިތަންމެ އުނދަގުލެއް ކުރިއަސް އެގޮތަށް ރޮއެ، ރުޅިއެއް ނާދެއެވެ. ޒައިން އާއި ގުޅުމެއް ވީ ކަމެއް ކަމަށް ހިތާ ފަޒްލާ އިނީ ވަރަށް ކަންބޮޑު ވެފައެވެ.
ފަޒްލާ ވިސްނުމަކަށް ގެއްލި އިންދާ ފަހަތުން މާއިން އައިސް ކޮއްޓާލިއެވެ. ނަމަވެސް މާއިން އަށް ބަލައިވެސް ނުލައި ފަޒްލާ އިންނަން ފެށުމުން މާއިން ހައިރާން ވިއެވެ.
“ފަޒޫ.. އޭއި.. ކިހިނެތް ވެފަތަ ތި އިނީ.. މަ ގޮވީމަ ވަސް އަޅައިނުލާ؟” މާއިން ފަޒްލާ ކައިރީ އިށީނެވެ. މާއިން އެހެން އެހުމުން ފަޒްލާ މިޝްޔާ ގެއަށް އައި އިރު ހުރި ގޮތާ އޭނާ އަށް ހީވާގޮތް މާއިން ކައިރީ ބުންޏެވެ. ” ހެހެ.. އެވަރު ކަމަކާތަ ފަޒޫ ކަންބޮޑު ވެގެން ތިއުޅެނީ؟ އަހަންނަށް ޔަގީން ޒައިން ކޮންމެސް ކަމެއް ކުރީމަކަން..” މާއިން ހީލިއެވެ. ” ނޫން މާއިން.. އަހަރެމެންގެ ދަރިފުޅަށް ބަދަލު ތަކެއް އައިއްސި.. ކެއިން ބުއިމާ ދުރުވުމާއި އަބަދު ވަރުބަލި ވެފަ ހުންނަ ކަންވެސް އަހަރެންނަށް ފާހަގަ ވާތާ މިހާރު ދުވަސް ކޮޅެއް ވެއްޖެ.. ” ފަޒްލާ މަޑުމޮޅި އަޑަކުން ވާހަކަ ދެއްކިއެވެ. ” އަހަރެންނަށް ވެސް ތިކަން ފާހަގަވި.. އެކަމަކު އެއީ ކަމެއް ނޫން ކަންނޭނގެ.. މީޝް ބޮޑުވީ ކަންނޭނގެ.. ” މާއިން އެހެން ބުނުމުން ފަޒްލާއަށް ހެވުނީއެވެ.
****
” ޒައިން.. ޒައިން.. ޒައިންންންންން!! ” ވިޝާމާ ޒައިންގެ ދޮރުގައި ތަޅަމުން ޒައިން އަށް ގޮވަމުން ދިޔައެވެ. ” މޯމް.. ކިހިނެއް ވީ؟ ” ކިއްލި ގޮށްޓެއް އަނގަ އަށް އަރިކުރަމުން އައި އިޝާން އޭނާގެ މަންމަ ކައިރީ އަހާލިއެވެ. ” ދަރިފުޅާ އިޝާން.. އިޝާން ދެން ޒައިން އާ ވާހަކަ ދައްކާ.. މަންމަ ގޮވާ ގޮވާ ދޮރެއް ނުހުޅުވި.. މިއަދު މީޝް އާ އެކީ ބޭރަށް ގޮސް އައިފަހުން ވެފައި ހުރި ގޮތެއް.. ޒައިން މަންމަ ކައިރީ ނުބުނާނެ.. އެކަމް އިޝާން ކައިރީ ބުނެދާނެ.. އަދި ހެނދުނު އެގެއިން ސައި ބުއި ގޮތަށް އެހެރީ.. ” ވިޝާމާ ކަންބޮޑުވެފައިވާ އަޑަކުން ވާހަކަ ދެއްކިއެވެ.
” މަންމާ.. ޑޯންޓް ވޮރީ.. އެބަ ގޮވަން އަޅެ.. ” އިޝާން ވެސް އޭނާގެ ކޮއްކޮ އާއި މެދު ކަންބޮޑުވިއެވެ. ވިޝާމާ އެއްކޮޅަކަށް ޖެހިލުމުން އިޝާން ދޮރާ ކައިރިވެލިއެވެ. ” ޒައިން.. ޒައިން ދޮރު ހުޅުވަބަލަ.. ދޮންބެ އޭ މީ.. މެންދުރު ނުވެސް ކައޭނުން ތިއުޅެނީ.. ނިކުމެބަލަ.. އައިމް ވެރީ ބޯރޑް..” އިޝާން ދޮރުގައި ޖަހާލަމުން ބުންޏެވެ. ” މޯމް.. ދޮންބޭ.. އަހަރެން ބަނޑުހައެއް ނޫން.. މިއުޅެނީ ނިދަން.. އިހަށް ދޭބަލަ..” އިރުކޮޅެއް ފަހުން ޒައިންގެ ޖަވާބު އައި އިރު އެ އަޑުގައި ކުރަކި ކަމެއް ހުއްޓެވެ. ހީވަނީ ރޮއެފަ ހުރިހެންނެވެ. ” ނޫން.. ދޮންބެ ނުދާނަން.. ހަމަ މިހާރު ދޮރު ހުޅުވަންވީ.. ނޫނީ ޑަބަލް ކީ އިން ހުޅުވާނީ.. ތި ވެގެން އުޅޭ ގޮތެއް ވެސް ބުނީމަ ދޯ އިނގޭނީ.. ” ގޮތްދޫ ނުކުރާ ރާގެއްގައި އިޝާން ފާޑަކަށް ހަޅޭއްލަވައި ގަތެވެ.
” އަރރގް.. ފައިން.. ވަދޭ.. ” ދޮރު ހުޅުވާލި ޒައިން ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. ” ބްރޯ.. ކިހިނެއް ލޮލަށް ވެފަ ތިހިރީ؟؟ ހާދަ ރަތޭ.. ރޮއެފަތަ؟” އިޝާން ހައިރާން ވެފާ ސުވާލު ކޮށްލިއެވެ. ” އުހުން.. ” ކުރު ޖަވާބަކުން ޒައިން ފުއްދާލިއެވެ.
ބައި ގަޑިއިރު ވަރު ޒައިން ގެ ކޮޓަރީގައި އުޅުމަށް ފަހު އިޝާން ނިކުތް އިރު އެ ތުންފަތުގައި ރީތި ހިނިތުން ވުމެއް ވިއެވެ. ” އިޝާން.. ދަރިފުޅާ.. ކިހިނެއްތަ ޒައިން އަށް ވީ؟” އޮފީހުން ގެއަށް އައިސް އިން ޒިޔާން އިޝާން ކައިރީ އަހާލިއެވެ. ” މާ ބޮޑު ކަމެއް ނުވޭ.. ” އިޝާން ބުނެލިއެވެ. ” އެކަމަކު އެސޮރު އެއުޅެނީ މެންދުރު އެކައްޗެއް ވެސް ނުކައި..” ވިޝާމާ އެވާހަކަ އަނެއްކާވެސް ހަނދައިން ކޮށްދިނެވެ. ” ޒައިން ބުނީ އެބަ ނިކުންނަމޯ ކާން.. ” އަވަސް އަވަހަށް އިޝާން ބުނެލިއެވެ.
****
ބޮޑު އެނދުގައި ބަންޑުން އޮއްތައިގެން އޮތް މިޝްޔާ ދަނީ ގިސްލަމުންނެވެ. ރޮއެ ރޮއެ ވެސް ވަރުބަލި ވީ އެވެ. އޭނަ އަށް އެ ދިމާވެގެން އުޅޭ ގޮތް ނޭނގޭ ކަންތަކާ ހެދި އޭގެ ހުރިހާ ވަރެއް ބޭލުނީ ޒައިން އަށެވެ. އެކަމާ މިޝްޔާ ދެރަވެއެވެ. ކީއްވެ ކަމެއް ނޭނގެއެވެ.
މިޝްޔާ ތެދުވެފައި ފެންވަރައިލައިގެން ނަމާދު ކުރިއެވެ. އޭގެ ފަހުން މަންމަ ގެނެސްދީފައި ހުރި އާފަލު ކޮޅު ނަގައިގެން ކާން ފެށިއެވެ. އެގަޑީގައި މަންމަ އެ ކާލާށޭ ބުނީމަ ވަސް ފަހުންނޭ ކިޔާފައި މިޝްޔާ އޮތީ އެވެ.
ކަމުންކަމުން މިޝްޔާ އޭނާގެ ފޯނު ނެގިއެވެ. އަދި ވައިބަރ އަށް ގޮސް ޒައިންގެ ބަޔަށް ވަނެވެ. މިޝްޔާގެ އިނގިލިތައް ހަރަކާތް ކުރީ މެސެޖެއް ލިޔާށެވެ. މެސެޖު ލިޔެފައި އަނެއްކާ ވެސް އެ މެސެޖު ފުހެލިއެވެ. އެގޮތަށް ދެތިން ފަހަރު ކަންތައް ކޮށްފައި އެންމެ ފަހުން އޭނާ މެސެޖެއް ލިޔެލިއެވެ. އަދި ފޮނުވާލިއެވެ.
ކައިގެން އެންމެނާއި އެކީ ސިޓިން ރޫމުގައި އިން ޒައިން ގެ ފޯނު ވައިބްރޭޓް ވިއެވެ. ބަލާލިއިރު ވައިބަރ އިން އައިއްސަ އިން މެސެޖެކެވެ. އެއްވެސް އިހުސާސެއް ނެތް ޒައިންގެ މޫނު ކުއްލި އަކަށް އުޖާލާވީ މިޝްޔާގެ މެސެޖެއް ކަން އިނގުމުންނެވެ.
މިޝްޔާ: ޒިން.. އައިމް ސޮރީ.. މިއަދު ކަމެއް ވީ.. އައި ހޭވް ސަމްތިންގް ޓު ޓެލް..
ޒައިން: މީޝް.. އެ އޯކޭ ވާނެ.. ބުނެބަލަ..
މިޝްޔާ: ފަހުން ދޯ..
ޒައިން: މިއަދު ހަވީރު.. އަހަރެން ވެސް އެބޮއެއް އެއްޗެކޭ ބުނަން ވެފަ.. މިއަދު ހަވީރު ވިލިގިއްޔަށް ދާނީ ދޯ..
****
ދެމިހުން ވެސް ހަވީރު ވިލިގިއްޔަށް ދާ ގޮތަށް ނިންމި އެވެ. އޭރު ދެހިތަށް ވެސް ވަނީ އުފާވެރިކަން ވެރިވެފައެވެ.
މިޝްޔާ ލެޕްޓޮ ކައިރީގައި އިއްތީ އޭނާ ޒައިން ކައިރީ އެ ވާހަކަ ބުނުމުގެ ކުރިން ޔަގީން ކުރާށެވެ. ތިރިއަށް ސްކްރޯލް ކޮށްފައި އެތަނުން އެއްޗަކަށް އޭނާ ވަނެވެ. ލެޕްޓޮޕް ލައްޕާލާފައި އެނދުން ތެދުވި އިރު މިޝްޔާގެ ދެލޮލުން ވަނީ ކަރުނަ އައިސް ފައެވެ.
އަސުރު ނަމާދު ކޮށްފައި ތައްޔާރުވާން އަދި ވަގުތު އޮތުމުން މިޝްޔާ ނިކުތީ ބޭރަށެވެ. ހަމަ އެގަޑީގައި ގޭގެ ބެލް ޖަހާލި އަޑު އިވިގެން އެދިމާލަށް މިޝްޔާ މިސްރާބު ޖެހިއެވެ. ދޮރު ހުޅުވާލި އިރު ކުރިމަތީގައި ހުރީ ނުދަންނަ ޒުވާނެކެވެ. އެކުއްޖާގެ އަތުގައި އޮތް ޕާރުސަލެއް މިޝްޔާ އަށް ހަވާލު ކޮށްފައި އެކުއްޖާ ހިނިތުން ވެލިއެވެ. އަދި މިޝްޔާ އަށް އެއްޗެކޭ ނުބުނެވެނީހުން ދިޔުމަށް ހިނގައިގަތެވެ.
ދެކޮނޑު އަރުވާލާފައި މިޝްޔާ ދޮރު ލައްޕާލިއެވެ. އެއީ އޭނާގެ ބައްޕަ އަށް އައި އެއްޗެއް ކަމަށް ހިތާ ގޮސް ސްޑަޓީ ރޫމަށް ވަނެވެ. މޭޒުމަތީގައި ފޮށިގަނޑު ބަހައްޓާފައި އޭނާ އޭތި ބަލާލިއެވެ. އޭރު އެއްކައިރީގައި ‘މިޝޫއަށް ‘ މިހެން ޖަހާފައި އިނެވެ.
ފޮށިގަނޑު ހިފައިގެން ކޮޓަރިއަށް މިޝްޔާ ވަނީ ދުވެފައެވެ. އެއީ ޒައިން ފޮނުވި އެއްޗެއްކަން އޭނާ އަށް އެނގުނީމައެވެ. ޒައިން ނޫން މީހެއް އޭނާ އަށް މިޝޫއެއް ނުކިޔާނެއެވެ.
ފޮށިގަނޑު ހުޅުވާލި އިރު އޭގައި އޮތީ ވަރަށް ރީތި ހުދު ކުލައިގެ ސްވެޓާ އެކެވެ. ދެން އޮތީ ކަޅުކުލައިގެ ސްކަރޓަކާއި އެއާ ގުޅޭ ކަޅުކުލައިގެ ވެޖް ބޫޓެކެވެ. އަދި އޭގެ ތެރޭގައި ނޯޓް ކޮޅެއް ވެސް އޮތެވެ. މިޝްޔާ އެ ހުޅުވާލި އެވެ. އޭގައި އޮތީ މިހެންނެވެ. ” ބީ ރެޑީ ފޯ 5:30.. އައި ވިލް ކަމް ޕިކް ޔާ.. ” .. މިޝްޔާ ފެންވަރައިގެން ނިކުމެ އެ ލިއެވެ. އޭގައި މިޝްޔާ ފެންނަލެއް ވަރަށް ފުރިހަމައެވެ. މިޝްޔާ އަށް ނޭނގުނީ އެހާ ހެޔޮވަރުކޮށް ޒައިން އެއްޗެހި ގަތީ ކިހިނެއް ކަމެވެ.
ސީދާ 5:30 ވި ތަނާ މިޝްޔާގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނެގީމައި ޒައިން ބުނީ ބޭރަށް އައުމަށެވެ. މިޝްޔާ ބޭރަށް ނިކުތް އިރު ޒައިން އިނީ ސައިކަލު މަތީގައެވެ. ޒައިން އިނީ ހުދު ކުލައިގެ ހޫޑީއެއްގައި ކަޅު ކުލައިގެ ޖިންސެއް ލައިގެންނެވެ. ޒައިން އަރައިގެން އިނީ ކަޅުކުލައިގެ ސްނީކަރ އަކަށް އަރައިގެންނެވެ.
ދެމިހުން ވެސް ފެރީގައި ތިބި އިރު ތިބީ ވަރަށް މަޑުންނެވެ. ވިލިގިއްޔަށް އާދެވުމުން ޒައިން މިޝްޔާ ކައިރީ ބުނެލިއެވެ. ” އައިމް ވިތް ޔޫ.. ” އެހެން ބުނެފައި މިޝްޔާގެ ލޮލުގައި ފޮތި ކޮޅެއް އައްސާލިއެވެ. މަޑުމަޑުން ހިނގަމުން ގޮސް ޒައިން މަޑުކޮށްލާށޭ މިޝްޔާ ކައިރީ ބުންޏެވެ.
މިޝްޔާގެ ލޮލުން ފޮތި ކޮޅު ނައްޓާލި ތަނާ އިވެން ފެށީ ‘ބްރޫނޯ މާރސްގެ ޖަސްޓަ ދަ ވޭ ޔޫ އަރ’ ގެ ރާގެވެ. ފުސް ވެފައި ހުރުމުން އަވަސް އަވަހަށް މިޝްޔާ އެސްފިޔަ ޖަހާލިއެވެ. އޭރު އިޝާން އާއި އެހެން ދެކުދިން ގިޓާ ޖަހަމުން ދިޔައެވެ. އިޝާންގެ ކައިރީ އަންހެން ކުއްޖެއްވެސް ހުއްޓެވެ. ވާނުވާ ނޭނގި ހުރި މިޝްޔާ އަށް ދެން އިވެން ފެށީ ޒައިންގެ ހިތްގައިމު އަޑުން އެ ލަވަ ކިޔާ އަޑެވެ.
‘ އޯ ހަރ އައިސް، ހަރ އައިސް މޭކް ދަ ސްޓަރސް ލުކް ލައިކް ދެއާ ނޮޓް ޝައިނިންގް..
ހަރ ހެއަރ، ހަރ ހެއަރ ފޯލްސް ޕާފެކްޓްލީ ވިތައުޓް ހަރ ޓްރައިންގް..
ޝީޒް ސޯ ބިއުޓިފުލް އެންޑް އައި ތެލް ހަރ އެވްރީ ޑޭ..
ޔެއަރ.. އައި ނޯ، އައި ނޯ ވެން އައި ކޮންޕްލިމެންޓް ހަރ ޝީ ވޯންޓަ ބިލީވް މީ..
އެންޑް އިޓްސް ސޯ، އިޓްސް ސޯ ސޭޑް ޓު ތިންކް ދެޓް ޝީ ޑޯންޓް ސީ ވަޓް އައި ސީ..
ބަޓް އެވްރީ ޓައިމް ޝީ އާސްކްސް މީ ޑޫ އައި ލުކް އޯކޭ، އައި ސޭ..
ވެން އައި ސީ ޔޯރ ފޭސް.. ދެއަރސް ނޮޓް އަ ތިންގް ދެޓް އައި ވުޑް ޗޭންޖް..
ކޮޒް ގަރލް ޔުއާ އަމޭޒިންގް ޖަސްޓް ދަ ވޭ ޔޫ އާރ..
އެހާ ހިސާބަށް ލަވަ ކިޔާފައި ޒައިން އައިސް ހުއްޓުނީ މިޝްޔާ ހުރި ހިތް ތެރޭގައެވެ.
މުޅި އެތަން ޖަރީ ކޮށްފައި ވަނީ ކުދި ކުދި ހިތުގެ ބައްޓަމަށް ހުރި ބޮކި ފަތިންނެވެ.
” މިޝޫ.. އިޓްސް ބީން މެނީ ޑޭޒް ސިންސް އައި ވޯންޓެޑް ޓު ޓެލް ޔޫ ދިސް.. އަހަރެންނަށް މިހާރު މިޝްޔާ އާ މެދު ދެކެވެނީ އެހެން ގޮތަކަށް.. އައި ވޯންޓެޑް ޓު ސޭ.. ” މިޝްޔާގެ އަތުގައި ހިފައިގެން ހުރި ޒައިން މަޑުމަޑުން ވާހަކަ ދެއްކިއެވެ. އަދި މިޝްޔާގެ ކޮނދުގައި ހިފާ ފަހަތަށް އަނބުރާލިއެވެ. މިހާރު އެތާ އިޝާން މެނެއް ނެތެވެ. އެތާ ހުރީ ފިނިފެންމާ ތަކަކާ އައި ލަވް ޔޫ ޖަހާފަ އިން އަކުރު ތަކެކެވެ.
” ޔެސް.. އައި ލަވް ޔޫ މިޝޫ.. އައި ރިއަލީ ޑޫ.. ވިލް ޔޫ ބީ މައިން؟؟” އުފާވެރި އަޑަކުން ޒައިން ވާހަކަ ދެއްކިއެވެ.
“ޒިން.. ވީ ކާންޓް ބީ ޓުގެދަރ.. ” މިޝްޔާ ގެ ލޮލަށް ކަރުނަ ޖަމާވިއެވެ. ” މިޝޫ.. ވައި؟؟ ” ޒައިން ހައިރާން ކަމާއި އެކީ އަހާލިއެވެ..
” އައިވިލް ޓެލް ޔޫ އެވްރީ ތިންގް.. ” މިޝްޔާ ލޯ މަރާލާފައި ބުންޏެވެ.
ނުނިމޭ
4 Comments!
Comments are closed.
Reethi..
V.v.v reethi…..alhey nxt part pls avahah up kohdhechchey dear…..curiously waitinn??
thank u maain n nau.. will try my best to upload soon.. much loves..
Wow? mishya pregnant dhw