Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު…. 36

Ushaali Level 810 Stories100 Comments100 Stories500 Comments
March 18, 2019 10 Mins Read
17 Comments

35 ވަނަ ބައިގެ ތެރެއިން…

“ވައްތަރީއެއްނޫން. އެއީ ޔަނާލް. އިނގޭތަ އަހަރެން މިއައީ ކާކާ ބައްދަލުކޮށްފަކަން. ޔަނާލާ. ޔަނާލް އަހަރެންނަށް ހުރިހާ ޙަޤީޤަތެއް ކިޔާދީފި” ޝިފާ ކޮޅަށް ތެދުވިއެވެ. އޭނާ ވާހަކަދައްކަމުން ދިޔައިރު ރާކިން އިނީ ޝޮކެއްގައެވެ. އޭނާގެ ހިޔަލީ ލޯގަނޑަށް ކަނޑުގެ ލޮނުތަކުގެ ތެރޭގައި ޔަނާލް ތެޅިފޮޅެމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ. އެހީއަށް އެދި ޔަނާލް ލަވަމުން ދިޔަ ހަޅޭ ވެސް ކަންފަތުގައި ގުގުމަމުން ދިޔަހެން ހީވިއެވެ.

*****************************************

“ޔަނާލޭ.. އެހެން ކިހިނެއްވާނީ… ޔަނާލް މަރެއްނުވޭތަ…؟ އެހެންނޫނަސް ޝިފާ ބައްދަލުކުރީ ޔާނާއަކާ ނޫންތަ….؟” ހައިރާންކަމުގެ ތެރެއިން ރާކިން އަހާލިއެވެ.

“އަހަރެން ބައްދަލުކުރަން ދިޔައީ ޔާނާއާ. އެކަމަކު ބައްދަލުވީ ޔަނާލާ. މިހުރިހާ ދުވަހު އަހަރެމެން މަރުވީކަމަށް ހީކޮށްގެން އުޅުނު އަހަރެމެންގެ ކުޑަކުޑަ ނާލް” ޝިފާ ވާހަކަދެއްކިއެވެ. ރާކިންއަށް ހީވީ ބޮލަށް ހޫނުފެން އެއްޗެއް އޮށްސާލިހެންނެވެ.

“އެކަމަކު… އައި ކާންޓް ބްލީވް…” ރާކިންއަށް ދެކޮޅަށް ހިނގެން ފެށުނެވެ.

“ކީއްވެ…؟ އަހަރެން ދޮގުހަދާ ކަމަށްތަ ހީކުރީ. ދެންމެ ތިފެނުނު ފޮޓޯއަކީ ދެންމެ މަށާ ނާދުއާ ނާލް ނެގި ފޮޓޯއެއް. ޔަނާލް ދުނިޔޭގައި ހުރިކަން އިނގޭ އެންމެފަހު މީހާ މަށަކީ. މިރޭ ފައި މަ އެގެއަށް ގެންދިޔައީވެސް ނާލް ބުނެގެން އެޙަޤީޤަތް މަށަށް ކިޔާދޭން ބޭނުންވެގެން” ޝިފާ އިތުރަށް އޮޅޫންފިލުވައިދިނެވެ.

“އޭނަ…އޭނަ ކޮންވާހަކައެއް ދެއްކީ…؟ ރާކިން އަހާލިއެވެ.

“ކުށްވެރިން އިންސާފުގެ ކުރިމައްޗަށް ގެންނަންވީ ވަގުތު ޖެހުނީމި. އަހަރެން ހިތާމަކުރަން މިކަމުގައި އަހަރެންގެ ފިރިމީހާ ޝާމިލްވާތީ. އަހަރެން ކިހާ ނަޞޭޙަތެއްދިނިން. އަހަރެންގެ ފިރިމީހާގެ ކުރިމަތީގައި އަހަރެން އެކައްޗަކަށްވެސް ނުވި…” ޝިފާއަށް ރޮވުނެވެ.

“ޝިފާ ކީކޭ ތިކިޔަނީ. އަހަރެންނޭ ކިޔައިގެން ޔަނާލް ދެއްކި ވާހަކައެއް ވިއްޔާ އެއީ އެއްވެސް ޙަޤީޤަތެއްނެތް ވާހަކަތަކެއް” ޝިފާ ރޯ މަންޒަރު ފެނުމުން ރާކިން ބުނެލިއެވެ.

“އަދިވެސް ކުށް ޤަބޫލުކުރާކަށް ނުވޭދޯ ރާކިން. ކަލޭމެން ތީ ކޮންފަދަ ރަހުމެއްނެތް އިންސާނުންތަކެއް. އެވާހަކަތައް އަޑު އަހާފައި އަހަރެންގެ ހިތް ހަލާކުވެއްޖެ. ކަލޭމެންނަށް ކޮން އުނދަގުލެއްތަ ޔަނާލް ކުރީ” ޝިފާ ހަޅޭއްލަވާގަތެވެ. ވަގުތުން ރާކިން އިސްޖެހިއެވެ. ޝިފާ ކުރިމަތީގައި މިރޭ އޭނާ ބޭޒާރުވެއްޖެއެވެ.

“ކަލޭމެން ތީ ޝައިތާނުންތަކެއް. އެ ކުށެއްނެތް އަންހެންކުއްޖާ ކަނޑުފެއްތި މަންޒަރާއި ގަދަވެ ސަލަމާތުން ކޮޅަށް ހުރި އެ ޔަޒްދާނަށް ޒަހަރު ދިން ގޮތާއި ހާރޫންބެ ނުކުޅެދޭ މީހަކަށް ހަދާލީ. އެހުރިހާ ކަމެއް ބަލަން ހުންނަން އަޅެ ރާކިން އަތުގައި ހިތެއް އޮތްތަ…؟ މާދަމާ ރާކިންގެ ތިއޮތް ކުޑަކުޑަ ދަރިފުޅާމެދު މީހަކު އެގޮތަށް ކަންތައް ކުރާއިރުވެސް ބަލަންތަ ހުންނާނީ…؟ ޝިފާ އަހާލިއެވެ.

“ޝިފާ އަހަންނަށް މަޢާފްކުރޭ. އަހަރެންނަށް ކުށެއް ކުރެވުނު. އެކަމަށް އަހަރެން ތަޢުބާވެއްޖައިން. އަހަރެން އެމީހުންނާއި އެކަހަލަ އެއްވެސް ގުޅުމެއް މިހާރު ނުބާއްވަން” ރާކިން ވާހަކަދެއްކިއެވެ.

“އަހަރެން ބޭނުންވަނީ މިހާރުން މިހާރަށްވެސް މިތަނުން ފުރަން. ރާކިން ފެންނަ ހިސާބެއްގަ އެންމެ ހިނދުކޮޅަކުވެސް ހުންނާކަށް އަހަރެން ބޭނުމެއްނޫން” ޝިފާ ބުނެލިއެވެ.

“ނޫން… އަހަރެން ޝިފާއާއި ދަރިފުޅު ބޭނުން. އަހަރެން ކޮންމެސް ދުވަހަކުން ޝިފާއާއި ދަރިފުޅު ބަލާދާނަން. އަހަރެންނަށް އިންތިޒާރުކުރާތި…” ރާކިންގެ އަޑު ބެދުނެވެ.

އަހަރެންގެ ނަސީބުދެރައީ… ކިހިނެއް އިނގޭނީ އަހަރެންނަށް ލިބޭނީ މިކަހަލަ ފިރިއެއްކަމެއް. މާއިރާއާއި ބައިވެރިވެގެން ކިތަންމެ ނުބައެއް ހަދާފައި ހުރިނަމަވެސް ފަހަރެއްގައި އަހަރެންނަށް މަޢާފް ކުރެވުނީސް. އެކަމަކު މީހެއްގެ މަރު….” ޝިފާއަށް ރޮވުނެވެ. އަނގަމތީގައި އަތް އަޅާލި ވަގުތު އޭނާ އެނދުމައްޗަށް ވެއްޓިގަތެވެ.

“ޝިފާ އަހަރެންނަށް މަޢާފްކުރޭ. އެއީ އުފަން މަންމަ ކަމުގައި ވިޔަސް އެމަންމަ އަހަރެންނަށް ދައްކަދިނީ ނުބައި މަގު. އަހަރެން އަމިއްލައަށް އެހުރިހާ ކަމަކުން ދުރުވެގަތީ. އެކަމަކު އެއީ ވަގުތު ފާއިތުވިފަހުން” ރާކިން ވާހަކަދެއްކިއެވެ. ޝިފާ ގިސްލަމުންދާ އަޑު އިވިއިވި ހުއްޓެވެ. ރާކިން އަސަރާއެކު އެދިމާ ބަލާލިއެވެ.

“އަހަރެން މިނިވަންކޮށްދީ… ޖަލުން ދުވަހަކުވެސް ރާކިންއަށް ސަލާމަތެއް ނުވެވޭނެ. ރާކިންގެ އިންތިޒާރުގައި އަހަރެން ދުވަސްތައް ބޭކާރުގޮތުގައި ދުއްވާލާކަށް ބޭނުމެއްނޫން. އަހަރެން ބޭނުންވަނީ ހެއްދެވި ފަރާތެއްވާކަން ދަނެ އަހަރެންނާއެކު އާޚިރަތަށް މަސައްކަތްކުރާނެ އޯގާތެރި ފިރިހެނަކާއި ކައިވެނިކުރަން. އަދި މަގޭ ދަރިފުޅަށް ބައްޕައެއްގެ ލޯބި ހޯދަދޭން. އެކުއްޖާ ބޮޑުވަމުން އަންނައިރު ބައްޕައަކީ މީހުން މަރާ މީހެއްކަމާއި ބައްޕަވީ ޖަލުގައޭ ބުނެ ހިތްމަރާލަން އަހަރެން ބޭނުމެއްނޫން” އެނދުމަތީގައި އޮވެ ޝފާ ވާހަކަދައްކަމުން ދިޔައެވެ.

“ނޫން…ނޫން…. ޝިފާ…. ﷲ ށްޓަކައި. ތިހެންނުބުނޭ. އަހަރެންނަށް ޝިފާ ދޫކޮށެއްނުލެވޭނެ. އަހަރެން މަރުވެދިޔަސް އެއީ ހަމައެކަނި އަހަރެން ނުކުރާނެ ކަމަކީ” ރާކިން ޝިފާ ކައިރީގައި އިށީންނަމުން ބުނެލިއެވެ. ޝިފާރޮމުން ދިޔަސް ރާކިންއަކީ ފިރިހެނަކަށްވީތީ އޭނާ ހިތްވަރުކުރިއެވެ. ނަމަވެސް އޭނާގެ ހިތް ދިޔައީ ކަރުނައަޅާ ރޮމުންނެވެ.

***************************************

ވަދެގެން އައި އާކިން ފެނުމުން ސިޓިންގްރޫމް ސޯފާގައި އިން އިފްނާ ތެދުވީ ކުއްލިއަކަށެވެ. އޭނާ ދުވެފައި ގޮސް އާކިންގެ ގައިގާ ބައްދައިގަތެވެ. އެމަންޒަރު ބަގީޗާގައި ގަސްތަކަށް ފެންދޭން ހުރި ކުލްޝޫމަށް ފެނުމުން ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

“ކޮބާ މަންމަ…؟ ހިނގާ މަންމަ ކޮޓަރިއަށް. މިތަނުގައި ހަސަދަވެރިން ވަރަށް ގިނަ…” އާކިން އެހެންބުނީ ދުރުގައި ހުރި ކުލްޝޫމަށް ބަލާލަމުންނެވެ.

އަމިއްލަ ތަޤްދީރާއިމެދު ޝަކުވާ ކުރަން އޮތް މާއިރާ ސިހުނީ ދޮރުހުޅުވާލާފައި އެތެރެއަށް ވަތް އާކިން ފެނުމުންނެވެ. އޭނާ އެނދުން ތެދުވީ ހައިރާންކަމާއި އެކުގައެވެ.

“އާކިން…؟ މާއިރާ ގޮވާލިއެވެ. އާކިން ދުވެފައި ގޮސް މާއިރާގެ ގައިގާ އޮޅުލައިގަތެވެ.

“ކާކު އާކު ސަލާމަތްކުރީ…؟’ މާއިރާ އަހާލިއެވެ.

“މީހަކު ސަލާމަތްނުކުރޭ. އަދި ހައްޔަރުން މިންޖުވެސްނުވޭ. ދޫކޮށްލާފައި މިހިރީ ޝަރުތުކޮށްފަ” އާކިން ބުނެލިއެވެ.

“އެއީ ކިހިނެއް ދޫކޮށްލުންތަ…؟ މާއިރާ އަހާލިއެވެ.

“މިއަދު މުއްދަތް ޖަހަން ކޯޓަށް ގެންދިޔައިމަ ގާޒީ އަޅުގަނޑަށް ވާހަކަދައްކަން ފުރުޞަތެއް ދިނީމަ ތެދުވެފަ ބުނީ އަންހެނުން ބަނޑުބޮޑޭ އަދި އުޅެނީ ވަރަށް ބަލިކޮށޭ… ބުނީމަ ޝަރުތުކޮށްފަ ދޫކޮށްލީ” އާކިން ކިޔާދިނެވެ.

“ކޮންކަމަކަށް ޝަރުތުކުރީ…” މާއިރާ އަހާލިއެވެ. އާކިން އޭނާގެ ޖީބުން ނެގި ގަނޑު ދައްކާލިއެވެ. އަދި އިފްނާ އަތަށް ދިއްކޮށްލިއެވެ.

“މީގައި މިއޮތީ މިއީ ވަގުތީ ދުލެއްކަމާއި މައްސަލައިގެ ޝަރީޢަތް ނުނިމެނީސް އާކުއަށް އެއްވެސް ތަނަކަށް ފުރައިގެން ނުދެވޭނެކަމާއި ކޮންމެދުވަހަކު ކްރިމިނަލް ކޯޓަށް ގޮސް ލިޔުމެއްގަ ސޮއިކުރަން ޖެހޭނެކަމަށް. އަދި އާކުގެ ފޯނު ފުލުހުން ބެލުމުގެ ދަށުގައި އޮތްކަމަށް…” އިފްނާ މާއިރާއަށް އަޑު އިވޭވަރަށް ކިޔާލިއެވެ.

“ނަސީބެއްނު ތިގޮތަށްވެސް ދޫކުރިކަން. އެކަމަކު ކީތްކުރަން ތިއައީ…؟ މަންމަމެންނަށް ވެލްކަމް ކިޔަން ހުރިނަމަ….” މާއިރާ އެއްވެސް އަސަރެއްނެތް ގޮތަކަށް ބުނެލިއެވެ.

“އެއީ ކީއްވެ…؟ މަންމާ! ބުނަންތަ ވާހަކައެއް. އަޅުގަނޑު މިހުރީ ވަރަށް މަސައްކަތުން ގޮޅިން ނިކުމެވިފަ. ދެން އަޅުގަނޑު ގޮޅިއަށް ނުވެއްދޭނެ އެއްވެސް މީހަކަށް. އަދި މަންމަވެސް އިފޫވެސް…” ޔަޤީންކަމާއެކު އާކިން ބުނެލިއެވެ.

“އެއީ ކިހިނެއް…؟؟” މާއިރާ ހައިރާންކަމާއެކު އަހާލިއެވެ.

“އެބައިން އައިޑިއާއެއް. އަޑުއަހާ ރަނގަޅަށް. މިބުނާގޮތަށް ކަންތައްކުރާނީ…؟” އާކިން އިރުކޮޅެއްވަންދެން ސިއްރު ވާހަކަތަކެއް ދެއްކިއެވެ. މާއިރާ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ.

“އެކަމަކު މަގޭ ޒާކިންއަށް ކިހިނެއްވާނީ…؟” މާއިރާ އަހާލިއެވެ.

“މަންމާ….!!! ޒާކުވެސް ކުޑަކުއްޖެއް ނޫނެއްނު. އޭނަ ސަލާމަތްވާނެގޮތް ހޯދާނީ އޭނަ އަމިއްލައަށް” އާކިން ފަރުވާކުޑަ ޖަވާބެއްދިނެވެ.

މޮޅެތި ގޮތްގޮތަށް އެގުރޫޕް ރޭވުންތައް ރާވަމުން ދާއިރު ތަޤްދީރުގައި ރޭވިފައިވާ މޮޅު ރޭވުމާއިމެދު އެކައްޗެއްވެސް ހިތަށް ނާރައެވެ.

************************************

ގެއިން ނިކުތްގޮތަށް ރާކިން އެރޭ ނިދަންވެސް ނުދެއެވެ. އޭނާ ވަގުތު ދުއްވާލީ ރަސްފަންނުގައި ހުރި ޖޯލިތަކުގައެވެ.  ޝިފާ ކުރިމައްޗަށް ދާނެހާ ހިތްވަރު ނެތީއެވެ. އެގޭތެރޭގައި ދެފައި ޖައްސަން ބޭނުންނެތީއެވެ. އޭނާ ހަދާނެ ގޮތަކާއިމެދު އެތައް އިރަކު ވިސްނިއެވެ. އަދަބުން ރެކިގަންނަން އޭނާ ހިތަށްވެސް ނާރައެވެ. ޔަނާލާއި ބައްދަލުކޮށް މަޢާފަށް އެދެންވެސް އޭނާ ހިތަށް އަރަމުން ދިޔައެވެ. ނަމަވެސް އެހިތްވަރު އޭނާގެ ނެތެވެ. މީހުން ބުނަނީ ތެދެކެވެ. ވިސްނުމެއްނެތި ކަމެއް ކޮށްފިނަމަ އެކަމުގެ ސަބަބުން ހިތި ކަރުނަ މުޅި އުމުރަށް އޮށްސަންޖެހެއެވެ. އެދުވަސް މިވަނީ މިހާރު އޭނާއަށް ދެކެންޖެހިފައެވެ. އާއިލާއެއް ބިނާކޮށް އަނބިމީހާގެ އަތުގައި ހިފައިގެން ކުރިއަށްދާން އުޅުނު ވަގުތު މިޖެހުނީ ލޯބިވާމީހުން ދޫކޮށްފައި ދާށެވެ. ދެލޮލުން ފޭބި ކަރުނަތައް ފޮހެލުމަށްފަހު އޭނާ މިސްރާބުޖެހީ ކައިރި ހޮޓަލަކާއި ދިމާލަށެވެ. ބަނޑަށް ހުރުމުގެ ސަބަބުން ދެފައިގައި ތުރުތުރު އަޅަމުން ދިޔައިރު އޭނާގެ ގޮހޮރު ކާއެއްޗަކަށް އެދި އާދޭސްކުރަމުން ދިޔައެވެ. ކާހިތްކެނޑިފައި ހުއްޓަސް ނުކައި ހުންނަން އޭނާ ބޭނުމެއްނުވިއެވެ. ތިމާގެ އިހުމާލުން އަމިއްލަ ނަފްސަށް ލިބޭ ކޮންމެ ގެއްލުމަކީ ފާފައެއްކަން އޭނާއަށް ހަނދާންކޮށްދިނީ ރާއްޖެއިން ބޭރުގައި އުޅުނު ދުވަސްވަރު މިސްކިތަކުން ދިމާވި ޝެއިޚެކެވެ.

***********************************

ހެނދުނު ހޭލީއްސުރެ ފެށިގެން ކުލްޝޫމް އުޅުނީ ބަދިގޭގައި އަވަދިނެތިއެވެ. އޭނާއަށް އެހީވުމުގައި ޝިފާ އުޅުނެވެ. އިރުކޮޅަކާއި ކުލްޝޫމް ޝިފާގެ މޫނަށް ބަލާލައެވެ. އެމޫނު މިއަދު އެހެން ދުވަސް ދުވަހާއި ތަފާތުކަން ކުލްޝޫމް ދެނެގަތެވެ.

“ކިހާއިރަކު ފުރަނީ މިއަދު…؟” ކުލްޝޫމް އަހާލިއެވެ.

“ހަވީރު ތިނަކަށް ޗެކިން އެބައިން” ޝިފާ ބުނެލިއެވެ.

“ދެން ނޭނގެދޯ އާދެވޭނެ ދުވަހެއް. ރަޔަންވެސް ވަރަށް ބޮޑުވެފައި ހުއްޓަ ކަންނޭނގެ ދެން ފެންނާނީ” ހީލަމުން ކުލްޝޫމް ބުނެލިއެވެ.

“ހިއެއްނުވޭ ކުލައްތާ ދެން ދުވަހަކުވެސް އަޅުގަނޑު މިޤައުމަށް އަންނާނެހެން. މަންމައާއި ބައްޕަ ބަދަލުވިޔަސް ކޮންމެ ހާލެއްގަވެސް އަޅުގަނޑު ހުންނާނީ ރަޔަން ގޮވައިގެން އެތަނުގަ” ޖުމްލަ ފުރިހަމަ ކުރިއިރު ޝިފާގެ ދެލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

“އެއީ…؟ ކަމެއްވީތަ…؟ ރާކިންއާއި މައްސަލައެއް ޖެހުނީތަ…؟” ކުލްޝޫމް އަހާލިއެވެ. ޝިފާ ވަކި ޖަވާބެއް ނުދިނެވެ. ކުލްޝޫމް ޝިފާގެ އަތުގައި ހިފާ އޭނާއާއި ދިމާލަށް އަނބުރާލިއެވެ.

“ކުލައްތާ….! އަޅުގަނޑަށް ހުރިހާ ޙަޤީޤަތެއް އިނގިއްޖެ. ނާލްވެސް ފެނިއްޖެ. ބައްދަލުވެސް ކޮށްފިން. އެކަމުގެ ތެރެއިން އަޅުގަނޑަށް ރާކިންއަކީ ކާކު ކަން އިނގިއްޖެ. އަނިޔާވެރިންނާއި ގާޠިލުންނާއި އޯގާތެރިން ވަކިވެއްޖެ. އަޅުގަނޑު ބޭނުމީ ޔަޒްދާނަށް އިންސާފު ލިބެން. އަޅުގަނޑުގެ ފިރިމީހާ ބަދަލުވެ އިސްލާހުވެފައި ހުއްޓަސް ކުރި ކުށުގެ އަދަބުލިބެން ބޭނުންވަނީ. އެހެންވެ މިއަދު ރާކިން ބަހައްޓާފައި ފުރަން މިއުޅެނީ…” ޝިފާ ވާހަކަދެއްކިއެވެ. އޭނާއަށް ރޮވެމުން ދިޔައިރު ކުލްޝޫމްގެ ހިތަށް ވެސް އަސަރުކުރަމުން ދިޔައެވެ. ޝިފާ ގެނެސް މޭގައި ޖައްސާލީ އަމިއްލަ ދަރިއެއް ފަދައިންނެވެ.

“ހިތްވަރުކުރޭ…” ކުލްޝޫމް ބުނެލިއެވެ.  އެހިތާމައަކީ ތާ އަބަދު އޭނާ ކުރާނެ ހިތާމައަކަށް ވާތީ ޝިފާ ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. އަދި ދެލޯ ކައިރި ފޮހެލުމަށްފަހު ކުލްޝޫމަށް އެހީވެދިނުމުގައި އަވަސްވެގަތެވެ.

“މިއަދު ކީއްވެތަ މިހާ ބައިވަރު މިކައްކަނީ…” ޝިފާ އެހެން އަހާލި ވަގުތު އެއީ މާއިރާ ބަދިގެއަށް ވަތް ވަގުތެވެ.

“މިއަދު މެންދުރު ކެއުމަށް ހާރޫންގެ ދެމަފިރިން މިގެއަށް އަންނާނެ” ކުލްޝޫމް ބުނެލިއެވެ. މާއިރާއަށް ސިހުމެއް ލިބުނެވެ. ހާރޫން އެގެއަށް އަންނަނީ ހެއްޔެވެ؟

“ދެމަފިރިންނޭ…” މާއިރާ ފާޑަކަށް އަހާލިއެވެ. އެކަކުވެސް ޖަވާބެއް ނުދިނެވެ. މާއިރާ ރަކިވިއެވެ.

“އަހަރެންގެ ހާރޫން އަންނަނީތަ…؟ ޔަޤީން އެ އަންނަނީ އަހަރެންނާ ބައްދަލުކުރަންކަން…” ވިސްނާލުމަށްފަހު މާއިރާ އޭނާ ކިޔަމުން އައި ލަވައިގެ ރާގު އެހެން ކޮޅަކަށް ބަދަލުކޮށްލިއެވެ. މިފަހަރުވެސް އެކަކުވެސް އަނގައިން ނުބުނިއެވެ. މާއިރާ ތުން އަނބުރާލިއެވެ. ކުލްޝޫމް ކައްކަން ހުރި ރިހައިގެ ވަސްގަނޑު ނޭފަތުގައި ޖެހުމުން މާއިރާ ކުޅުދިޔާވިއެވެ.

“އޭ ޝިފާ….! ކަލޭ ތިއުޅެނީ މިގެއަށް އައިސް މަގޭ މާމަދަރި ވެސް މަށަށް ދައްކާނުލާ. ކަލެއަށް ކޮން ޙައްޤެއް އޮތީ އެދަރި މަށަށް ފޮރުވައިގެން އުޅެން” މާއިރާ ރުންކުރު ރާގަކަށް އަހާލިއެވެ.

“ކަލޭގެ މާމަދަރިއެއް މަގޭ ނުހުންނާނެ. އެއީ މަގޭ ދަރިއެއް. އެދަރި މިދުނިޔެއަށް އުފަންކުރުވީ އަހަރެން…” ޝިފާ ޖަވާބުދިނެވެ. ޝިފާގެ ވާހަކަދެއްކުމުގެ ރާގު ހުރިގޮތުން މާއިރާއަށް ޚައިރާންކަމެއް ލިބުނެވެ.

“ހާދަ ހަޔާތްކުޑައޭދޯ… ރާއްޖެއިން ބޭރުގަ ދެދުވަސް ވާއިރަށް ފެންވަރު އޮޅުނީތަ…؟” މާއިރާ އަހާލިއެވެ. މޭޒު ކައިރީގައި ހުރި ގޮނޑި އޭނާ ދަމާލީވެސް ފުދޭ ވަރަކަށް ބާރަށެވެ. ގޮނޑީގައި އޭނާ ޖައްސާލީ ޝިފާއާއި ޒުވާބުކުރާށެވެ. ޒުވާބުކޮށްގެން ވިޔަސް ގަދަވާން ޖެހޭނީ އޭނައެވެ.

“ހެހެހެ… ހެވެއްނު. ތިކަހަލަ މީހުންނާއި ވާހަކަދައްކަންވީ ރާގާއި ބަހުރުވަ މަށަކަށް ނޯޅޭވިއްޔާ ރާއްޖެއިން ބޭރުގަ ދެދުވަސް ކީތްކުރަން އެއްދުވަސް ވިޔަސް” ޝިފާ ވާހަކަދެއްކިއެވެ. ކުލްޝޫމް ބަހެއް ނުބުނެ ހުއްޓަސް އޭނާ ދިޔައީ ހިތާހިތުން ޝިފާއަށް ސަޕޯޓްކުރަމުންނެވެ. މިއަދު އޭނާ ޝިފާ ހުއްޓުވާކަށް ބޭނުމެއްނުވިއެވެ. ސަބަބަކީ މިހާރު މާއިރާ އެއިނީ އިންފަހަނައަޅާ ގޮށްސައެވެ.

“ކަލޭ ކިތަންމެ ދެރައެއް އެރިޔަސް މަގޭ ދަރިއަކަށް އެސޮރު ވާނީ. ރާކިންއަކީ މަގޭ އުފަން ދަރިއެއް. ކަލެއަށް ތިގޮތަށް މިގޭގައި ނޫޅެވޭނެ އަންހެނާ” މާއިރާ ބުނެލިއެވެ.

“ހީވާގޮތުން މިއަދު ވަރަށް ޒުވާބުކުރާ ހިތުން އުޅޭ ދުވަހެއް. ޔާނާ ނެތީމަ އަނގައިގެ ކަސްރަތުކޮށްދޭނެ މީހަކު ނެތީ ދޯ” މަލާމާތުގެ ރާގަކަށް ޝިފާ ބުނެލިއެވެ.

“ހަމަ މިހާރު މަށަށް މަގޭ މާމަދަރިފުޅު ދައްކާ. އެހެންނޫނީ ތިކޮޓަރިއަށް މަ އަމިއްލައަށް ގޮސް ނަގާނީ” މާއިރާ ގޮނޑި ދުރުކޮށްލާފައި ތެދުވީ ޝިފާގެ ކޮޓަރިއަށް ގޮސް ރަޔަން އުރަން ދިޔުމަށެވެ.

“ހަބަރުދާރު… މަގޭ ދަރިފުޅު ގައިގަ އިނގިލި ކުރި ޖައްސާލިޔަސް ތިދެއަތް ކުޑަހުޅުން ބުރިކޮށްލާނަން. ހަނދާންކުރާތި….” ޝިފާ ކުރިއަށް ޖެހިލާ މާއިރާއަށް ވަރުގަދަ އިންޒާރެއްދިނެވެ. މާއިރާ ޝިފާއަށް ބަލާލީ އަލިފާން ބެލުމަކުންނެވެ.

“ލަދެއްވެސް ނުގަނޭތަ….؟ މަގޭ ދަރިއަކާ އިނދެގެން ހުރެ މިހާރު ތިބޭނުންކުރަނީ މަ ބޭނުންކުރާކަހަލަ އިބާރާތްތައް. މަ ކަލެއަށް ވުރެ އުމުރުގެ ގޮތުން ބޮޑުކަމެއް ކަލޭ ހަނދާންނެތުނީތަ…؟ ނޫނީ އަހަރެން ހަނދާންކޮށްދޭންވީތަ….؟؟” މާއިރާ އަޑަށް ބާރުލާފައި ބުނެލިއެވެ.

“އަދިވެސް ލަދުގަންނަންވީ އަހަރެންތަ…؟ ލަދެއްވެސް ނުގަނޭތަ…؟ އެހެންމީހަކު ނަމަ މީހަކާއި ހަތަރުކަޅި ހަމަކޮށްލަން ނުކެރުނިސް. ލަދުން ބޯފަޅައިގެންދާވަރުވޭ. ރަށްމެދަށް ބަލިވެ އިނދެ މުސްކުޅިވީ ދުވަހު ޒިނޭކުރަމުން ތިދުވަނީ. އެވަރުންވެސް މަގޭ ކައިރީގައި ތިއަހަނީ މަ ލަދެއްނުގަނޭހޯ…. ހެހެހެ… ކިހާ ހެއްވާ…. ތިމާ ކުރާ ވިޔާނުދާ ކަންތަކުގަ އަމިއްލަ ދަރިން ބައިވެރި ކުރިއިރު އެންމެފަހަރަކުވެސް ވިސްނާލިންތަ ތީ އެކުދިންގެ އަމައޭ… ކުށެއްނެތް މީހުން މަރަމުން މީހުންގެ މުދަލަށް އަތްގަދަކުރަމުން ފައިސާއަށްޓަކައި ދަރިން ވިއްކަމުން ދުވާއިރު ހިތަށް އެރިތަ މިނޫން ދުވަހެއް އެބައޮތޭ.. ހީކުރީތަ ތިމާ ކުރި ކަންތައް މުޅި އުމުރަށް އޮންނާނީ ސިއްރުވެފައޭ….” ފަހު ޖުމްލަ ބުނެލިއިރު ޝިފާއަށް ހުރެވުނީ މާއިރާއާއި ދާދި ގާތުގައެވެ.

“އަހަ….އަހަރެން….އަހަރެން ކާކު މެރީ….” މާއިރާ ހުއްޓަމުން އަހާލިއެވެ.

“އަހަ…އަހަރެން މެރި މީހު ން ވަރަށް ކަލޭ ކުރިމައްޗަށް އަންނާނެ…. ވަރަށް އަވަހަށް ކަލޭ މުޅި ދުނިޔެއަށް ފަޟީޙަތްވާނެ. އަހަރެމެން ތިބޭނަން ކުޅިބަލަން….” މާއިރާ ވާހަކަދެއްކި ރާގުގައި ވާހަކަދައްކަމުން ޝިފާ ބަދިގެއިން ނިކުތެވެ. މާއިރާ ހުރީ ކިޔާނެބަހެއް ނޭނގިފައެވެ. ކަންތައްތައް ގޯސްވެފައިވާކަން އޭނާއަށް އިނގެއެވެ. އެހެނަސް އެއްވެސް މީހަކަށް ވުރެ ބަލިވާން އޭނާ ބޭނުންނުވާތީ ބަލަނީ ޖެހުނު މީހަކަށް ބަވާލެވޭތޯއެވެ.

“ލަދުގަނެއްޖެދޯ… މިހާރު ތިހުންނަނީ ސައިޒުގަ. ދެންވެސް މީހުން ތިބޭ ތަންތަނުގަ އަނގަ ނުހުޅުވޭތޯ ބަލާތި. އެހެންނޫނީ ލަދު މައްޗަށް ލަދު މަލާމާތުގެ މައްޗަށް މަލާމާތް ރައްދުވާނީ. އަދި އެއްވާހަކަ. މާއިރާ ހެދިހާގޮތަކަށް ހެދިގެން ހުންނަން ޝިފާއަކީ އެންމެކުރިން މާއިރާއާއި ބައްދަލުވި ޔަނާލެއްނޫން. މިހާރު އެކަން އޮންނާނީ އެނގި ހާމަވެފަ” މިފަހަރު މާއިރާއާއި ދިމާކޮށްލީ ބަދިގެއިން ނިކުންނަން ދިޔަ ކުލްޝޫމެވެ.

“ހުން… މިއީ އަދި ކާކުތަ މަށަށް ލެކްޗަރ ދޭން. މި މީހުން ހީވަނީ ދުވަހަކުވެސް ފާފައެއްނުކުރާ ބައެއްހެން. ކޮންމެ މީހަކު ފުއްޕައިގަންނައިރު ހީވަނީ ފިޔޮށް ކުކުޅެއްހެން ވިއްޔާ” މާއިރާ ތުން އަނބުރާލިއެވެ.

***********************************

މެންދުރު ނަމާދުކޮށް އަވަދިވެގެން ކުލްޝޫމް އިނީ ސިޓިންގްރޫމް ސޯފާގައެވެ. ހާރޫނާއި ޝާއިރާ ގެއާއި ކައިރިކުރާ ވާހަކަ ބުނުމުން އެދެމަފިރިންނަށް މަރުޙަބާ ކިޔުމަށެވެ. ކައިރީގައި ޝިފާއާއި ފައިޒަންވެސް އިނެވެ.

“އައްސަލާމަ އަލައިކުމް…” ހާރޫން ސަލާން ގޮވާލިއެވެ. އެ އަޑު ކޮޓަރިން ނިކުތް މާއިރާއަށް އިވުނެވެ. އޭނާގެ ހަށިގަނޑުން ހީބިހި ނަގައިގަނެގެން ދިޔައިރު ލޮލަށް ފެނުނު މަންޒަރު ޤަބޫލުކުރަން ދަތިވިއެވެ. އޭނާއަށް ބަލަހައްޓައިގެން ދެފައި މައްޗަށް ކޮޅަށް އެހެރީ މީގެ ދުވަސްތަކެއް ކުރިން އޭނާ އެތައް އަނިޔާއެއްދިން މީހާއެވެ. ކުރީގެ ރީތިކަން ހާރޫން ހުރީ އަލުން މިލްކު ކޮށްގެންނެވެ. މޮޅު ހިޔާލެއް މާއިރާއަށް އައީ އެވަގުތުއެވެ. އޭނާ ދެފަޔަށް ބާރުލާފައި ކުރިއަށް ހިނގައިގަތެވެ.

“ވައަލައިކުމުއްސަލާމް. އަވަހަށް އާދޭ އެތެރެއަށް…” ހިނިތުންވުމަކާއެކު ކުލްޝޫމް ސަލާމް ބަލައިގަތެވެ. ކުއްލިއަކަށް ހާރޫން ސިހުނީ އޭނާގެ ހަށިގަނޑުގައި މާއިރާ އޮޅުލައިގަތުމުންނެވެ.

“މަގޭ ހާރޫން… ކިހިނެއްތަ…؟ ހާދަ އުފާވެއްޖޭ… ކީއްވެތަ މިގެއަށް ނައިސް ތިހާ ގިނަދުވަހު ހުރީ…” މާއިރާ ކިޔަމުން ދިޔައެވެ. އޭނާ ހީކުރީ ހާރޫނުގެ ހިތް ބަދަލުވާނެ ކަމަށެވެ. އެހެނީ އެކީގައި ހޭދަކުރި ދުވަސްތަކުގައި އޭނާއަށް ފެނިފައިވަނީ ހާރޫންގެ ފަރާތުން ލޯތްބާއި އަޅާލުމެވެ. ހާރޫން އޭނާއަށްޓަކައި ކޮންމެފަދަ ގުރުބާނީއެއް ވުމަށް ތައްޔާރަށް ހުރި ދުވަސްތަކެއްވެސް ދިޔައެވެ.

“ގޮތްކުޑަ އަންހެނާ… ދުރުގައި ހުރޭ…” ކުއްލިއަކަށް މާއިރާގެ ހަށިގަނޑުގައި އަޅާ ދުރަށް ކޮށްޕާލިއެވެ. މާއިރާއަށް ވަގުތަށް ބެލެންސްކޮށް ނުލެވުނުނަމަ އަނގަވަތަށް ވެއްޓުނީހެވެ. މާއިރާ ފަސްއެނބުރި އެދިމާލަށް ބަލާލިއެވެ. ހާރޫންގެ އަތުގައި ހިފައިގެން އެހުރީ ޝާއިރާނޫން ދެވަނަ މީހެއްނޫނެވެ.

“ކަލޭތަ…؟؟ އަނެއްކާ އަހަރެމެންގެ ދިރިއުޅުމަށް ވެރިވެގަތީތަ…؟ މިދެން ކިހާބޮޑު އުނދަގުލެއްތަ…؟ އެކްސިޑެންޓްގަ ކަލޭ މަރުނުވި ދޯ…..” މާއިރާ ޝާއިރާއަށް ދެލޯ އަޅާލިއެވެ. މިވަގުތު މާއިރާގެ މޫނުމަތިން ފެންނަނީ ޝައިރާއަށްޓަކައި ހިތުގައި އަނދަމުންދާ އަލިފާނުގެ ކުލަވަރުތަކެވެ. ޝާއިރާ ހުރީ ހަމަޖެހިފައެވެ.

“އެންމެކުރިންވެސް އަހަރެމެންގެ ދެމީހުންގެ ދިރިއުޅުމަށް ޒަހަރުލީ ކަލޭ. އެހެންވީމަ އަހަރެންގެ ފިރިމީހާގެ ހަށިގަނޑުގައި ތިގޮތަށް އިނގިލީ ކުރި ޖައްސާލުމުގެ ޙައްޤެއް މިހާރު ކަލެއަކަށް ނޯންނާނެ… އަދި އެއްކަމެއް ހަނދާން ބަހައްޓާތި. އެއްވެސް މީހެއްގެ މަރު ހިއްޕަވަން ކަލޭ ތީ މަރުގެ މަލާއިކަތާއެއްނޫން” ޝާއިރާ ވާހަކަދެއްކިއެވެ.

“އަހަރެން އަދިވެސްމީ ހާރޫންގެ އަންތްބެއް. ކަލެއަށް އެވަރު ނޭނގޭތަ…؟” މާއިރާ ބުނެލިއެވެ. ޝާއިރާ އެއްޗެއް ބުނުމުގެ ކުރިން މިފަހަރު ހުއްޓުވީ ހާރޫނެވެ.

“އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު މަރާލަން މަސައްކަތްކޮށް އަހަރެންގެ ކާފަ ދަރިފުޅަށް ކަލޭގެ ރަޙުމެއްނެތް ދަރިން ދިން އަނިޔާ އަހަރެންނަށް ފަޅާއެރި ދުވަހު އަހަރެންގެ ދިރިއުޅުމުން ކަލޭ ބޭރުކޮށްފިން. މިހުރިހާ ދުވަހު ކަލޭ މި އެންމެންނަށް އެކަން ސިއްރުކޮށްގެން ހުއްޓަސް މިހާރު މިވަނީ ކަލޭ ފަސްއަޅާ ފޮރުވާފައިވާ ހުރިހާ ޙަޤީޤަތެއް ހާމަވެފަ” ހާރޫން ވާހަކަދެއްކިއެވެ. މާއިރާ ވަގުތުން އިސްޖަހާލިއެވެ. ކޮޓަރީގައި އޮވެފައި އިފްނާ ބޭރަށް ނިކުތީ އަޑުގަދަވުމުންނެވެ.

“ފަހަރެއްގައި ކަލޭ ހަނދާން ނެތުނީކަމަށް ވެދާނެ. އެހެންވީމަ ހަނދާންކޮށްދީފާނަން. ކަލޭތީ އަހަރެންގެ އަންތްބެއްނޫން. އަހަރެންގެ އަނބިމީހާއަކީ މިއީ.. ޝާއިރާ… އަހަރެންގެ ދަރިފުޅުގެ މަންމަ… އަހަރެން އޭރުގަވެސް އަދި މިހާރުވެސް ލޯބިވަނީ ޝާއިރާދެކެ” ހާރޫން ވާހަކަދެއްކިއެވެ. މާއިރާ އިސްއުފުލާވެސްނުލާ ހުއްޓެވެ. އިފްނާ އައިސް ހުއްޓުނީ މާއިރާ ކައިރީގައެވެ.

“ކަލޭމެންގެ އެއްވެސް މީހަކަށް މަންމައާއި ދިމާލަށް ފާޑުފާޑުގެ އެއްޗެހި ބުނުމުގެ ޙައްޤެއް ނޯންނާނެ. ހިނގާ މަންމާ ކޮޓަރިއަށް…” އިފްނާ ވާހަކަދެއްކިއެވެ. މާއިރާގެ ދެލޮލުން ހުރީ ފާޑަކަށް ކަރުނަ ހިލިފައެވެ.

“ބޭކާރު މީހުންނާ ވާހަކަދައްކަން އަހަރެމެންގެ މި އަގުހުރި ވަގުތުތައް ހޭދަކޮށްލުމަކީ މޮޔަކަމެއް. ހިނގާ ކާން” ކުލްޝޫމް ވާހަކަދެއްކިއެވެ.

“އެއީ ކާކުތަ…؟” ޝާއިރާއަށް އިފްނާއަކީ ކާކުކަމެއް ނޭނގުނެވެ. އެހެންވެ ހިނގައިގަތް ވަގުތު ކުލްޝޫމް ކައިރީގައި ސިއްރުން އަހާލިއެވެ.

“އެއީވެސް ހަމަ އެކަހަލަ އަންހެނެއް. ދެމީހުންގެ ތަފާތު އެއްވެސް ކަމެއްނެތް. ދެމީހުންވެސް ތިބީ ރަށްމެދަށް ބަލިވެ. ލަނޑަޔާ ވާނީ ލަނޑަޔަކާނު” ކުލްޝޫމް ބުނެލިއެވެ.

***********************************

“މަންމަ އެމީހުން ކުރިމަތީގަ ކަރުނަވެސް އަޅަންފެށީތަ….؟ މަންމަ ކޮންއިރަކުތަ ތިހާ ބަލިކަށިވީ…” އެނދުގައި މާއިރާ ބައިންދަމުން އިފްނާ އަހާލިއެވެ. މާއިރާ ޝަހާދަތުގެ އިނގިލިން ލޯ ކައިރީގައި އިނގިލި ޖައްސާލިއެވެ. އެއަށްފަހު އިނގިލީގައި ހޭކިފައިހުރި ކަރުނައިގެ ތެތްކަމަށް އޭނާ ބަލާލިއެވެ.

“އަހަރެން ނުރޯނަން. އެމީހުން އެއްޗެއް ބުނެގެން ރޯނެހާ ދަށުދަރަޖައިގެ މީހެއްނޫން މަށަކީ….” މާއިރާ ގަދަވެލިއެވެ.

“ދެން ކީއްވެ މަންމަ ރައްދުނުދިނީ…؟” އިފްނާ އަހާލިއެވެ.

“އެހެންވަނީ ކަލޭމެންގެ ސަބަބުން. ސިންގާއާއި ކުރިމަތިލާންޖެހޭނީ އަބަދުވެސް އަހަރެން އެކަނި. ކަލޭމެން ތިބޭނީ ފިލާ…” މާއިރާގެ ރުޅި މިފަހަރު އަމާޒުވީ އިފްނާއަށެވެ.

“މަންމަ ހާސްނުވޭ… އާކުގެ ޕްލޭން ވަރަށް ސްޓްރޯންގް. މިރޭ ޖެހޭނެ އެއަށް އަމަލުކުރަން. އާކު އުޅެނީ އެކަން ހަމަޖައްސަން. އޭރުން މި މީހުންނަށް އޮންނާނީ ރާކަނި މަސް ކެވިފަ” އިފްނާ ވާހަކަދެއްކިއެވެ. މާއިރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.

“އޭގެކުރިން އަހަރެން ބޭނުން މި މީހުންނަށް ވަރުގަދަ ލަގާއެއްދޭން” މާއިރާ ބުނެލިއެވެ.

“ތިބުނީ…” އިފްނާ އަހާލިއެވެ.

“ލެޓް މީ ތިންކް” މާއިރާ ބުނެލިއެވެ. އޭނާގެ ތުންފަތްމަތީގައި ވަނީ ވިހަގަދަ ހިނިތުންވުމެކެވެ.

***********************************

އާދުވަހަށް އިރު ފެނުން ތޮޅިލައިފިއެވެ. އުދަރެހުން ދައްކާލި އިރުގެ އަލިކަން ދުނިޔެ މައްޗަށް ފެތުރިގެންފިއެވެ. އޭގެ ވާޖިބުއަދާ ކުރުމުގައި ފޫހިކަމެއްނެތެވެ. ވަގުތުތައް ބަދަލުވާވަރަކަށް ދުނިޔޭގެ ބިމަށް ގަދަ ހޫނުން އަތްގަދަ ކުރަމުން ދިޔައެވެ. ރަސްފަންނުގައި ހުރި ޖޯއްޔެއްގައި ނިދާފައި އޮތް ރާކިންގެ މޫނަށް އިރުގެ ހޫނު އެޅުމާއެކު އޭނާގެ މޫނުގެ ހަންގަނޑަށް ދިލަ ނަގައިގަތެވެ. އޭނާ ހަށިގަނޑު ސީދާކޮށްލަމުން އުޑުމައްޗަށް ނަޒަރު ހިންގައިލިއެވެ. އަނެއްކާވެސް އާދުވަހެއް އައީއެވެ. މިހާރު އޭނަގެ ލޯބިވާ އަނބިމީހާއާއި ދަރިފުޅު އެމީހުންގެ މަންޒިލަށް ވާސިލްވެދާނެއެވެ. އޭނާ ޖީބުގައި އޮތް ފޯނު ނެގިއެވެ. ޑިސްޕްލޭ ދިއްލިގެން ދިޔައިރު ފެންނަން ހުރީ އޭނާގެ އެކުޑަކުޑަ އާއިލާގެ ހިތްގައިމު ތަސްވީރެކެވެ. އިސާހިތަކު އޭނާގެ ދެލޯ ކަރުނައިން ފުރިއްޖެއެވެ. އޭނާގެ މުޅި ހަޔާތުން ޝިފާ ބީވެއްޖެއެވެ. މިހާރު ޝިފާއަކީ އޭނާގެ އަންތްބެއްނޫނެވެ. އޭނާ ޝިފާ އެދުނު ފަދައިން ކަންތައް ކޮށްދީފިއެވެ. އޭނާ ކަހަލަ މީހަކާއި ޝިފާ ކަހަލަ މާތް އަންހެނަކު އެކަށީގެނެއް ނުވެއެވެ. މިހާރު މިދުނިޔޭގައި އޭނާދެކެ ލޯބިވާ ހަމަ އެކަކުވެސް ނެތެވެ. އޭނާ ގެއަށް ނުވަންނަތާ ދެދުވަސް ވީއިރު ކޮބާތޯ ބަލާލަން ގުޅާލި މީހެއްވެސް ނެތެވެ. އެގެއަށް ވަންނަން އޭނާ ބޭނުންވެސް ނުވަނީއެވެ. އޭނާގެ މުޅި ދިރިއުޅުން ހަލާކުކޮށްލި ތަނަކީ އެއީއެވެ. އޭނާއަށް ހެވާއި ނުބައި އޮޅުވާލީވެސް އެފުރާޅުގެ ދަށުގައެވެ. މަންމަގެ އުނގުން ރަނގަޅު ތަރުބިއްޔަތެއް ލިބޭނީ ނަސީބުގަދަ ދަރިއަކަށެވެ. އޭނާގެ މަންމަގެ ފަރާތުން ލިބުނު ތަރުބިއްޔަތެއްގެ ސަބަބުން މިއަދު އޭނާ އެވަނީ އުފަލުން މަހުރޫމްވެފައެވެ. އޭނާއަށް އިސްލާހުވެވުނީ މާ ފަހުންނެވެ.

“ދަރިފުޅާ…!! ތިއީ ކޮންކުއްޖެއް. ކޮންރަށަކު ކުއްޖެއް….؟” ރާކިންއާއި ދާދި ކައިރީގައި އިށިން މުސްކުޅި ފުރައިގެ ފިރިހެނަކު ވާހަކަދެއްކިއެވެ. އޭނާ އެމީހާއާއި ހަތަރުކަޅި ހަމަކޮށް ބަލާލިއެވެ. ދެލޮލުގައިވާ ކަރުނަތައް އޭގެ މަގާމްދޫކޮށް އޮހިގަތުމުން އެމީހާގެ ހިތުގައިވެސް ރިއްސާލިއެވެ. އެއީ ބޮލުގައި ހުދު ކުލައިގެ ތާކިހާއެއް އަޅާފައިވާ މީހެކެވެ. ބޮލުގައާއި ތުނބުޅީގައި ވަނީ ހުދު އިސްތައްޓެވެ. ލައިގެން އިނީ އަތްދިގު ހުދު ގަމީހަކާއި ހުދުކުލައިގެ ފަޓްލޫނެކެވެ. ލޮލުގައި ނަންބަރ އައިނެކެވެ.

“ބޭބެ މިތަނަށް ގަވައިދުން ކޮންމެ ދުވަހެއްގެ ހެނދުނު އަންނަން. ދެދުވަހު ހަމަ މި ޖޯލިން ދަރިފުޅު ފެނިއްޖެ. ބޭބެއަށް ވަރަށް ހީވޭ ދަރިފުޅު ކަމަކާއި ހިތާމަކުރާހެން” އެމީހާ އަހާލިއެވެ. ރާކިން ވަކި ޖަވާބެއް ނުދިނެވެ. އެމީހާގެ އަޑުގައި ވަނީ އޯގާތެރިކަމެވެ.

“ބޭބެއަކީ ފަނޑިޔާރު މިސްކިތުގެ އިމާމު. މިތާ ކައިރީގައި ބޭބެގެ ގެ ހުންނަނީ. ބޭބެގެ އުމުރުން ނުވަދިހަ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ. ކޮއްކޮއަށް ތިދިމާވެގެން އުޅޭ ކަންތަކުގައި ބޭބެއަށް އެހީވެވިދާނެ” އަނެއްކާވެސް އެމީހާ ވާހަކަދެއްކިއެވެ. ރާކިންގެ ހިތް އެމީހާއަށް އިތުބާރު ކުރާށޭ ބުނީ ކީއްވެގެން ކަމެއް ނޭނގުނެވެ. އޭނާ ފެށިގެން ނިމެންދެކަށް ހުރިހާ ވާހަކަތަކެއް އެމީހާއަށް ކިޔައިދިނެވެ.

“ތިއީ ހަމަ ބޭބެގެ އުފަން ކާފަ ދަރިއެއްފަދަ. ކޮންމެ އިންސާނަކަށްވެސް ކުށްކުރެވޭނެ. ދަރިފުޅު މިހާރު ތިވަނީ ކުރެވުނު ކަންތަކަށް ތަޢުބާވެ ޙައްޤުގެ މަގަށް ރުޖޫޢަވެފަ. ތިވަރުންވެސް ކޮއްކޮގެ ހިތަށް ހިތްހަމަޖެހުން އިޙުސާސް ނުކުރެވޭނަމަ ބޭބެ ބުނާ ގޮތަކަށް ކަންތައްކުރޭ. ބޭބޭ ދަރިފުޅަށް ނުބައި ނަޞޭޙަތެއް ނުދޭނަން. ބޭބެގެ ބޮލުގައިމިވާ އިސްތަށިތައް ހުދުވެފައި މިވަނީ ދުނިޔޭގައި އެތައް ތަޖުރިބާއެއް ކުރިފަހުން…..” އެމީހާ ދައްކަމުން ދިޔަ ވާހަކަތައް ކަނުލާ ރާކިން އަޑުއެހިއެވެ. އެމީހާގެ ދަރިއެއް ބަލާ އައުމުން އެނބުރި ދިޔައީ ރާކިންއާއި ސަލާންކޮށް ބޮލުގައި ފިރުމާލާފައެވެ. ރާކިން ނިންމުމެއް ނިންމިއެވެ. އޭނާ ކޮޅަށް ތެދުވެ ހިނގައިގަތެވެ. އޭނާގެ ހިތްހަމަޖެހުން އޮތް ދިމާލަށް މިސްރާބު ބަދަލުކޮށްލިއެވެ.

************************************

ގެއިން ފިލަން އާކިން ރާވާފައިވާ ގޮތަށް އެކަމެއް ކުރިއަށް ނުދިޔައެވެ. ކޮންމެވެސް ސަބަބަކާ ހުރެ އާކިން ހިފި ލޯންޗުގެ ކެޕްޓަން އެދަތުރު ކެންސަލް ކުރިއެވެ. އެކަމާއި މާއިރާގެ މުޅި ދުވަސް ވަނީ ހަރާބުވެފައެވެ. ދެވަނަ ފަހަރަށް އާކިން ބުނި ގޮތަށް ކަންތައް ކުރުމަށް ފޮށި ދަމަމުން މާއިރާ ނިކުތީ މެންދުރު ނަމާދަށް ކުލްޝޫމް ކޮޓަރިއަށް ވަތް ވަގުތުގައެވެ. ފައިޒަންވެސް އެގަޑީގައިވާނީ އޮފީހުގައިކަން އިނގޭތީއެވެ. މާއިރާއާއި ދާދި އެއްވަރެއްގައި އިފްނާވެސް އޭނާގެ ކޮޓަރިން ފޮށި ހިފައިގެން ނިކުތެވެ. ދެމީހުންނަށްވެސް ކުއްލި ސިހުމެއް ލިބިގެން ދިޔައީ ފިރިހެނަކު ސަލާން ގޮވާލި އަޑަށެވެ. އަޑު އައި ދިމާލަށް ދެމީހުންނަށް ބަލާލެވުނީ އެކުއެކީގައެވެ. އެވަގުތު އެއީ އާކިން ކޮޓަރިއަށް ވަދެ ފޯނު ހިފައިގެން ނިކުތް ވަގުތެވެ. ކުރިމަތީގައި ނޫކުލައިގެ ހެދުމުގައި ތިބި ތިން މީހުން ފެނި މާއިރާގެ ތިންމައިންގެ ފައިތިލަ ކާޕެޓްމަތީގައި ތަތްވި ކަހަލައެވެ. ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. ވަގުތު އައިސް ޖެހުނީއެވެ. މާއިރާއަށް ހިންދިރުވާލެވުނު ވަގުތު ބޮލަށް އެނބުރުން އެރިއެވެ. އޭނާ ހިންގާފައިވާ ނުބައި ޖަރީމާތައް ކުލަކޮށް ކުރިމަތީގައި ރޯލްވާން ފެށިއެވެ. އިސާހިތަކު އޭނާގެ މުޅި ހަށިގަނޑުން އޮށްދާހިއްލާ ދެފައިގާ ތުރުތުރެއް އުފެދުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ބުނެދޭށޭ ރުހެމޭ 6

Next

ބުނާށެ ލޯބި ނުވަނީހޭ….12

Next
March 18, 2019

ބުނާށެ ލޯބި ނުވަނީހޭ….12

Previews
March 18, 2019

ބުނެދޭށޭ ރުހެމޭ 6

17 Comments!

  1. jiji says:
    March 18, 2019 at 12:41 pm

    Thanks Ushaali..for uploading this prt..kon irakun nxt prt upkohladheyny??❤???

  2. Ushaali says:
    March 18, 2019 at 12:44 pm

    salaam
    huriha kudhinnah mi bai ves kamudhaane kamah 🙂 ummydhu kuran

  3. Shaai says:
    March 18, 2019 at 12:57 pm

    Yey.. Alhamdhulillah vaahaka v v reethi… Comment nukuriyas baraabarah mi vaahaka kiyamun midhanee… Kon irakun dhen oiy bai upload waanee??

    1. Ushaali says:
      March 18, 2019 at 1:28 pm

      🙂 thankyou so much Shaai
      maadhama vahaka up kolla dheynan ingey. insha allah

  4. Scarlet says:
    March 18, 2019 at 1:00 pm

    Varah reethi mi bai vess ❤️❤️❤️❤️❤️❤️❤️❤️ Finally busy vany dho emmen vx. They have to get punished for their sins. How many more parts??

    1. Ushaali says:
      March 18, 2019 at 1:29 pm

      🙂 thankyou so much Scarlet. yeah kuh kuri emmennah adhabu liben jeheyne

    2. scarlet says:
      March 18, 2019 at 3:32 pm

      bust***

  5. inaak says:
    March 18, 2019 at 1:08 pm

    Ushaali dear.. keehve ehaa lahun up kuree.. I miss this stry soooooooo much… Anyways mi prt vec vvvvvvvvvvvvvvvvvvvvvvvvvvvv reethi… Nxt prt avahah up koh dhehchey… Luvvvv ur stry..❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. Ushaali says:
      March 18, 2019 at 1:32 pm

      🙂 sorry inaak
      story lasvy bizy v ma. yeah i will try my best to upload next part as soon as possible ingey. thankyou so much ingey story kiyaaleethi

  6. AMAAN says:
    March 18, 2019 at 1:24 pm

    Mi part ves varah rythi.❤… keep it up dear…?

    1. Ushaali says:
      March 18, 2019 at 1:32 pm

      🙂 thankyou so much AMAAN

  7. Anonymous says:
    March 18, 2019 at 2:33 pm

    Kon site ehga meethyge first part innaany?? ?

    1. Ushaali says:
      March 18, 2019 at 3:54 pm

      🙂 facebook ga innaane ushaaly ge vahaka kiyaa page eh. page ah vanyma kiyaaleveyne huriha baithakeh

  8. Ami says:
    March 18, 2019 at 2:46 pm

    Ushaaleege vaahaka

  9. ainth says:
    March 18, 2019 at 2:49 pm

    Mi part vx v v v reethi ❤ keep it dear ????? when next part genesh dheyynii… ???❤

    1. Ushaali says:
      March 18, 2019 at 3:55 pm

      🙂 thankyou so much ainth. i will try ingey maadhama up kolleveytho

  10. Sid says:
    March 18, 2019 at 6:05 pm

    Woah. It’s really awesome. I was really busy at work that’s why I was not able to leave a comment. Thanks for your hard work and I am really happy to see the story getting more and more interesting. Hope to get the next part soon ??

Comments are closed.

Next Episodeދިނީ ޒަހަރު… 37←


All Right Reserved!