Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 37

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
March 17, 2019 9 Mins Read
52 Comments

” ހެލޯ… އައިމް ޒިޔަލް… މިހޮސްޕިޓަލަށް އަލަށް ޖޮއިން ކުރި ޑޮކްޓަރެއް… ޑޮކްޓަރ އަހުމަދު ޒިޔަލް ސައީދު… ” ޒިޔަލް އޭނަގެ ފިރިހެންވަންތަ ހިނިތުންވުން ހަދިޔާކުރަމުން މިންހާއަށް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ” މިންހާ… ޑޮކްޓަރ އައިޝަތު މިންހާ އަޝްރަފް… ކިހިނެއް އަހަރެންގެ ނަން އިނގުނީ… ކުރިން ނަން ބުނެވުނު ހަނދާނެއްނުވޭ… ” މިންހާ ޒިޔަލްގެ އަތުގައި ހިފާކަށް ނޫޅުނެވެ. އޭނާ  ޒިޔަލްގެ މޫނަށް ބަލަހައްޓާއިގެން ހުރެ އެހެން ބުނެލިއެވެ. މިންހާ އޭނަގެ އަތުގައި ނުހިފުމުން ޒިޔަލް އޭނަގެ އަތް މަޑުމަޑުން މުއްކަވާލިއެވެ. ” މިންހާ ގާތު ހުރި އަންހެން ކުއްޖާ ގޮވާލި އަޑު އިވުނީ… އަހަރެން އުޅުނީ ނަން އަހަން… އެކަމަކު މިންހާ އޭގެ ކުރިން ދިޔައީ އެއްނު… ” ޒިޔަލް ބުނެލިއެވެ. ޒިޔަލްގެ ބެލުންތަކުން މިންހާ ހުރީ އުނދަގޫވެފައެވެ. ކަޅި ޖަހާާ ނުލާ ބަލަން ހުރި ޒިޔަލްގެ ތޫނު ނަޒަރު އޭނައަށް ސީދާވެފަައިވުމުން ހިތް ވަނީ ނުތަނަވަސްވެފައެވެ. ” އައިމް ގެޓިން ލޭޓް… ” ޒިޔަލް އެއްޗެކޭ ބުނަން އުޅުނުތަނާާ މިންހާ އަވަސް އަވަހަށް އެހެން ބުނެ ހޮސްޕިޓަލު ތެރެއަށް ވަންނަން ހިނގައިގަތެވެ. މިންހާ އެދިޔަ ގޮތަށް ގޮސް ލިފްޓް އަންނަންދެން އިންތިޒާރުގައި މަޑުކޮށްލިއެވެ. ލިފްޓް އައުމާއެކު ލިފްޓަށް އަރާ ތިންވަނަ ފްލޯއަށް ދިއުމަށް އަވަސްވެގަތެވެ. ތިންވަނަ ފްލޯއަށް ލިފްޓް ހުއްޓުމާއެކު މިންހާ ލިފްޓުން ފައިބާ ރިސެޕްޝަން އާއ ދިމާލަށް މިސްރާބުޖެހިއެވެ. ސައިން އިން ވެލުމަށްފަހު އޭނާ ދެން ގޮސް އަމިއްލަ ކެބިންއަށް ވަނެވެ.

ޒިޔަލް އަދިވެސް އެތަނުގައި މަޑުކޮށްގެން ހުރީއެވެ. ކަންތައް ކުރެވުނު ގޮތުން އޭނާ ލަދުވެސްގަތެވެ. އޭނާ އެހާވަރަށް ބެލުމުން މިންހާ ހީކުރާނީ ކީކޭ ހެއްޔެވެ؟ އެހެނަސް އޭނައަށްވެސް އަމިއްލަ ނަފްސު ކޮންޓްރޯލު ނުކުރެވުނީއެވެ. ހިތުގެ އެދުމަށް އިޖާބަދެވުނީއެވެ. އެންމެ ފެނިލުމަކުން އެހިތް މިލްކުކޮށްލި ސޫރަ ކުރިމަތިން ފެންނަން ހުރުމުން ނުބަލާ ނުހުރެވުނީއެވެ. ޒިޔަލް އޭނަގެ ކަދުނރާގައި އަތް ހިންގާލިއެވެ. އޭރު އޭނަގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ. ޒިޔަލް ހަމަޖެހިލަމުން ހޮސްޕިޓަލު ތެރެއަށް ވަންނަން ހިނގައިގަތެވެ. ހޮސްޕިޓަލަށް ވަދެ އެންމެ ފުރަތަމަވެސް ޒިޔަލް މިސްރާބުޖެހީ ރިސެޕްޝަނާއި ދިމާލަށެވެ. އޭނާ ރިސެޕްޝަންގައި ތިބި ތިން ކުދިންގެ ތެރެއިން އެއްކުއްޖަކާ ވާހަކަ ދެއްކިއެވެ. އެކުއްޖާ އޭނާ ގާތު އެތައި ކައިރި ހުރި ސޯފާއެއް ދައްކާ އެތަނުގައި މަޑުކޮށްލުމަށް އެދުނެވެ. ޒިޔަލް ގޮސް ސޯފާގައި އިށީނދެ އޭނަގެ ފޯނަށް ނަޒަރު ހުއްޓާލިއެވެ. އޭރު ރިސެޕްޝަންގައި އިން އަންހެން ކުއްޖާ ފޯނުން ކޮންމެވެސް މީހަކަށް ވާހަކަ ދައްކަމުން ދިޔައެވެ.

އިއާން އަޝްރާ އޮފީހަށް ލުމަށްފަހު ހޮސްޕިޓަލަށް ދިއުމަށް ކާރު ދުއްވާލިއެވެ. ކާރު ޕާކުކޮށްލުމަށްފަހު އޭނަގެ ފިރިހެންވަންތަ ހިނގުމުގައި އިއާން ގޮސް ހޮސްޕިޓަލަށް ވަނެވެ. އޭނަވެސް މިސްރާބުޖެހީ ރިސެޕްޝަނާ ދިމާލަށެވެ. ރިސެޕްޝަންގައި އިން ކުއްޖާ އިއާންއަށްވެސް އެސޯފާ ދައްކާލަމުން އިށީނުމަށް ބުނެލިއެވެ. އިއާން އެއަންހެން ކުއްޖާ އިޝާރާތް ކުރި ދިމާލަށް ބަލައިލިއެވެ. އޭރު އެސޯފާގައި އަންހެން ކުއްޖެއްގެ އިތުރުން ފިރިހެން ކުއްޖެއްވެސް އިނެވެ. ފިރިހެން ކުއްޖާގެ ނަޒަރު ފޯނަށް ހުއްޓިފައިވީއިރު އަންހެން ކުއްޖާގެ ނަޒަރު ހުއްޓިފައިވީ އިއާންއަށެވެ. އެއަންހެން ކުއްޖާ އިއާންއަށް ހިނިތުންވުމެެއް ރައްދުކުރުމާއެކު އިއާންއަށްވެސް ލުއި ހިނިތުންވުމެެއް ރައްދުކޮށްލިއެވެ. ކާކުކަންވެސް ނޭނގޭ އެއަންހެން ކުއްޖާ އެވަރަށް ބަލަމުން ދިޔުމުން އިއާންގެ ހިތުގައި ސުވާލު އުފެދުނެވެ. އާދައިގެ ހިނގުމެއްގައި ގޮސް އިއާން އެތައި ވަކިން އިން ސޯފާގައި އިށީނެވެ. ” އާރް ޔޫ އަ ނިއު ޑޮކްޓަރ… ” ޒިޔަލް އޭނަގެ ފޯނުން ނަޒަރު ވަކިކޮށްލާ ވަކިން ހުރި ސޯފާގައި އައިސް އިށީން ޒުވާނާއަށް ބަލައިލަމުން ބުނެލިއެވެ. އެއާއެކު އެޒުވާނާ ބޯ ޖަހާލިއެވެ. ” އޯހް… ގްރޭޓް… އަހަރެންވެސް އަލަށް މިޖޮއިން ކުރީ… އައިމް ޒިޔަލް… ” ޒިޔަލް ހިތްހެޔޮކަމާއެކު ސަލާމަށް އަތް ދިއްކޮށްލަމުން ހިނިތުންވުމަކާއެކު ބުނެލިއެވެ. ”އިއާން… ” ޒިޔަލް ދިއްކޮށްލި އަތުގައި ހިފާ ސަލާމްކޮށްލަމުން އިއާން އޭނަގެ ނަން ބުނެލިއެވެ. ” އަޅުގަނޑާއެކު މީޓިން ރޫމަށް ދުރުވޭ… ” އެވަގުތު ރިސެޕްޝަނުން ކުއްޖަކު އައިސް އެހެން ބުނުމާއެކު ތިން މީހުންވެސް އެކުއްޖާގެ ފަހަތުން ހިނގައިގަތެވެ.

އަޝްރާ އޮފީހަށް ވަދެ ޗެކިން އިން ވެލާފައި އޭނަގެ ކެބިން ހުންނަ ފްލޯއަށް ދިއުމަށް މިސްރާބުޖެހިއެވެ. ލިފްޓް އައިސް ހުއްޓުމާއެކު ލިފްޓުން ފައިބާ އަޝްރާ އެންމެ ފުރަތަމަ ވަނީ ނާއިލްގެ ކެބިންއަށެވެ. އަޝްރާ މަޑުމަޑުން ކެބިންގެ ދޮރު ހުޅުވާލަމުން ބަލައިލިއެވެ. އެކަކުވެސް ފެންނަން ނެތުމާއެކު އަޝްރާ އަވަސް އަވަހަށް ކެބިންގެ ތެރެއަށް ވަނެވެ. އޭނާ ގޮސް ނާއިލްގެ މޭޒު ކައިރީ ހުއްޓިލިއެވެ. އެއަށްފަހު މޭޒު މަތި ރީތިކޮށް ތަރުތީބުކޮށްލިއެވެ. މޭޒު މަތީ ބެހެއްޓިފައިވި ފައިލްތައްވެސް ނަގައި ރީތިކޮށް ފައިލްތައް ހުރި ބިއްލޫރި ކަބަޑަށް ލިއެވެ. އެއަށްފަހު ކެބިން އިން ނުކުތުމަށް ހިނގައިގަތެވެ. ކެބިންގެ ދޮރު ހުޅުވާލަން އުޅުނު އަޝްރާ ސިހިފައި ފަހަތަށް ޖެހިލީ އޭނަގެ މޫނު މަތީގައި ދޮރު އައިސް ޖެހުމުންނެވެ. އެވަގުތު އޭނަގެ އަނގައިން ވޭނީ އާހެއްގެ އަޑު ބޭރުވިއެވެ. ދޮރު ޖެހުނު އައިސް ޖެހުނު ގޮތުން އޭނަގެ ނޭފަތައް ނުހަނު ތަދުވިއެވެ، ވީތަދުން އަޝްރާއަށް ހުރެވުނީ ނޭފަތުގައި އަތް އަޅާއިގެންނެވެ. އެވަގުތު އަޝްރާ ހުރި ގޮތުން ދޮރު ހުޅުވާލާ އެތެރެއަށް ވަން ނާއިލްގެ ހިނިގަނޑު ދިޔައީ ފަޅާއިގެންނެވެ. ނޭފަތުގައި އަތް އަޅާއިގެން ދެބުމަ ގޮށްޖަހާލައިގެން ހުރިއިރު އަޝްރާގެ ދެލޮލުން އިންތިހާއަށް ރުޅިވެރިކަން ހާމަވެގެންދެއެވެ. ނާއިލް ހޭން ފެށުމުން އަޝްރާގެ ރުޅިގަނޑު އިތުރަށް ގަދަވިއެވެ. އޭނާ މިހާލަތުގައި ހުރުއިރުވެސް ނާއިލް ހުރެގެން ހެނީއެވެ. އޭނައަށް ވާނެ ތަދާމެދު ނާއިލް ކުޑަކޮށްވެސް ވިސްނާނުލައެވެ. އެންމެ ކުޑަމިނުން ސޮރީއޭވެސް ބުނެނުލައެވެ. އެންމެ ފުރަތަވެސް ފެށީ ހޭށެވެ. އައިސްފައި ހުރި ރުޅިއާއެކު ވީތަދުން އަޝްރާގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ.

އަޝްރާގެ ލޮލަށް ޖަމާވި ތާޒާ ކަރުނަތައް ރޮނގަކަށް އައިސް އެދޮން ކޯތާފަތުގައި ބޮސްދިން މަންޒަރު ފެނި ނާއިލްއަށް ވަގުތުން އޭނަގެ ހުނުން ހުއްޓާލެވުނެވެ. ” އަޝްރާ… ” އޭނައަށް ލިިބުނު ހައިރާންކަމުގައި އަޝްރާއަށް ބަލަހައްޓާއިގެން ހުރެ މަޑުމަޑުން ގޮވާލެވުނެވެ. ކަންބޮޑުވެފައި ހުރެ އަޝްރާގެ ކައިރިއަށް ދިއުމަށް ފިޔަވަޅެއް އަޅާލިތަނާ އަޝްރާ އޭނަގެ ކަރުނަތައް ފޮހެލުމަށްފަހު ނާއިލްއަށް ފަސްދީފާ ދާން ހިނގައިގަތެވެ. ” އަޝްރާ މަޑުކޮށްބަލަ… ކިހިނެއްތަވީ… ކީއްވެތަ ތިރޮނީ… ތަނަކަށް ތަދުވީތަ… ” އަޝްރާ ދާން ހިނގައިގަތުމާއެކު ނާއިލް އަޝްރާ އަތުގައި ހިފާ އޭނައާއި ކުރިމައްޗަށް ވާނޭހެން އަޝްރާ އަނބުރާލަމުން ވާހަކ ދެއްކިއެވެ. އިސްދަށަށް ޖަހާލައިގެން ހުރި އަޝްރާގެ ލޮލުން އޭރުވެސް ކަރުނަތައް ފައިބަމުން ދިޔައެވެ . ” އަޝްރާ… ” އަޝްރާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފެނުމާއެކު ނާއިލްއަށް މިފަހަރުވެސް މަޑުމަޑުން އަޝްރާގެ ނަން ކިޔާލެވުނެވެ. އަޝްރާގެ ލޮލުން ކަރުނަ ފައިބަމުން ދިޔަ މަންޒަރު ފެނި ނާއިލްގެ ހިތް ނުތަނަވަސްވިއެވެ. އޭނައަށް އަނެެއްކާވެސް މަޑުމަޑުން އަޝްރާއަށް ގޮވާލަމުން އަޝްރާގެ ދަތްދޮޅީގައި ހިފާ އޭނަގެ ލޮލާ ލޯ ނަޒަރު ސީދާ ކުރުވަން އުޅުމާއެކު އަޝްރާ ނާއިލްގެ އަތް ފޮޅުވާލާ ދުރަށް ޖެހިލިއެވެ. އަޝްރާގެ އެހަރަކާތުން ނާއިލްއަށް ސިހުން ލިބުނެވެ. ހައިރާންކަމާއެކު ނާއިލްއަށް އަޝްރާއަށް ބަލައިލެވުނެވެ. އޭރު އަޝްރާ ހުރީ އޭނައަށް ބަލަހައްޓާއިގެންނެވެ. އަނެއްކާާވެސް އަޝްރާގެ މޫނު މަތީގައިވީ ރުޅިވެރިކަމެވެ. އެދެލޮލުން ހީވަނީ ހަމަ ދެންމެ ދެންމެވެސް ނާއިލް ފިއްސާލަފާނެހެންނެވެ.

” ކިހިނެެއްވީ… އަދިވެސް ނާއިލް ހޭން ބޭނުންވަނީތަ… ކީއްވެތަ ނުހީ ތިހުންނަނީ… ނާއިލް ހޭނެ ވަރަކަށް ހެންދެން އަހަރެން ހުރެފާނަމޭ… ހީބަލަ ދެން ބޭނުން ވަރަކަށް…. އަހަރެންނަށް ތަދުވިޔަސް ނާއިލް ބޭނުމީ ހޭކަށްނު… މަލާމާތްކުރާކަށްނު… އެންމެ ކުޑަމިނުން ސޮރީވެސް ބުނެނުލާ… ހާދަ ތަދުވެޔޭ ނޭފަތައް ނާއިލްއަށް ނޭނގުނަކަސް… ” ދެބުމަ ގޮށްޖަހާލައިގެން ހުރެ އަޝްރާ ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ. އޭރުވެސް އޭނަގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ” އަޝްރާ… ” ނާއިލް އަޝްރާއަށް ގޮވާލަމުން ކައިރިއަށް ފިޔަވަޅެއް އަޅާލުމާއެކު މިފަހަރުވެސް އަޝްރާ ނުރުހިފައި ފަހަތަށް ޖެހުނެވެ. ” އަޝްރާ ލިސެން ޓު މީ…” އަޝްރާ ފަހަތަށް ޖެހުމުން ނުރުހިފައި ނާއިލް އަޝްރާގެ އަތުގެ ފަލަ މަސްގަނޑުގައި ހިފާ އޭނަ އާއި ގާތަށް ދަމާލަމުން ހަރުކަށިކަމާއެކު ބުނެލިއެވެ. އެއާއެކު އަޝްރާ އައިސް ތަތްވީ ނާއިލްގެ ހަށިގަނޑުގައެވެ. އަޝްރާއަށް ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮށްލާ ނާއިލްގެ މޫނަށް ބަލައިލެވުނެވެ. ހިނދުކޮޅަކު ދެޒުވާނުންގެ ހަތަރު ކަޅި ބައްދަލުވިއެވެ. އެކަކު އަނެކަކުގެ ހޫނު ނޭވާ ދިޔައީ މޫނަށް އެޅެމުންނެވެ. ދެހިތުގެ ހިނގުންވެސް އަވަސްވެގެން ދިޔައެވެ. އަޝްރާގެ ލޮލާއިލޯ ސީދާވުމާއެކު ނާއިލްގެ މޫނު މަތިން ނުރުހުންތެެރިކަން ވަގުތުން ފިލައިގެން ދިޔައެވެ. އެދެލޮލުގައިވި ކަރުނަތައް ފެނުމާއެކު އެހިތަށް އުނދަގޫވިއެވެ. ” އައިމް ސޮރީ އަޝްރާ… އަޝްރާއަށް އެހާ ތަދުވާނެ ކަމަކަށް އަހަރެން ހިޔެއްނުކުރަން… އައިމް ރިއަލީ ސޮރީ… ” ނާއިލް މަޑުމަޑުން އަޝްރާގެ ލޮލުން ފޭބި ކަރުނަތައް އޭނަގެ އަތުން ފޮހެލައިދެމުން ވާހަކަ ދެއްކިއެވެ. އަޝްރާއަށް އެއްވެސް ހަރަކާތެެއްނުކޮށް ނާއިލްއަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. އޭނާ ދިޔައީ ނާއިލްގެ ދެލޮލުގައިވި އަސަރުތައް ދެނެގަންނަން މަސައްކަތްކުރަމުންނެވެ. ”އަހަންނަށް ހެވުނީ އަޝްރާ ހުރި ގޮތުން… ނޭފަތުގައި އަތް އަޅާއިގެން ދެބުމަ ގޮށްޖަހާއިގެން ހުރިއިރު ތިދޮން މޫނުކޮޅު އެކީ ވަނީ ރަތްވެފަ… މިކުޑަކުޑަ ނޭފަތްވެސް ހީވާނީ އޭރު ރަތްކުލައިގެ ޖަނބުރޯލެއްހެން… ހެހެހެ… ” ނާއިލް އަޝްރާ އާއި ސަމާސާކޮށްލުމުގެ ގޮތުން އަޝްރާގެ ކުޑަ ނޭފަތުގައި މަޑުމަޑުން ހިފާލަމުން ލުއި ހުނުމަކާއެކު ބުނެލިއެވެ. ނާއިލްގެ އެއަމަލުން ބޭއިޚްތިޔާރުގައި އަޝްރާއަށްވެސް މަޑުމަޑުން ހެވުނެވެ. އޭރުވެސް ދެމީހުން ތިބީ ކުރިން ތިބިހެން ނުހަނު ގާތުގައެވެ.

ގާތްގާތުގައި ތިބި ދެމީހުން ސިހިގެން ދިޔައީ ކެބިންގެ ދޮރު ހުޅުވާލި އަޑަށެވެ. ދެމީހުނަށް އެކުގައި އެދިމާލަށް ބަލައިލެވުނެވެ. އޭރު ނައުޝާދު ދެލޯ ބޮޑުކޮށްލައިގެން އެދެމީހުނަށް ބަލަހައްޓާއިގެން ހުއްޓެވެ. ” ސޮރީ ސޮރީ… ރޯންގް ޓައިމިން… ދެން ފަހަރަކުން ނޮކްކޮށްލާނަން… ” ނައުޝާދު އަވަސް ހަރަކާތަކާއެކު އޭނަގެ އަތުގައި އޮތް ފައިލް މޫނު މަތީ އަޅަމުން ބުނެލިއެވެ. އަދިވެސް ތިބެވުނީ ނުހަނު ގާތުގައިކަން އިނގުމާއެކު ދެމީހުނަށްވެސް ކުއްލިއަކަށް އެކަކު އަނެކަކާ ދުރުވެވުނެވެ. ”އެހެމް… ދޮންތަބޭ ވަދޭ އެތެރެއަށް… ” ކަރުކެހިލަމުން ނާއިލް ބުނެލިއެވެ. އެއާއެކު ނައުޝާދު ފައިލް އޭނަގެ މޫނު މަތިން ނަގާ ނާއިލް އާއި އަޝްރާއަށް ބަލައިލިއެވެ. ދެމީހުންވެސް ތިބީ އިސްޖަހާލައިގެންނެވެ. އެވަގުތު ނައުޝާދު ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. ނައުޝާދު އެތެރެއަށް ވަނުމާއެކު އަޝްރާ އަވަސް ހިނގުމެއްގައި ނާއިލްގެ ކެބިންއިން ނިކުތެވެ. އަޝްރާ ނުކުތުމާއެކު ނައުޝާދުގެ ހިނގަނޑު ދިޔައީ ފަޅާއިގެންނެވެ. ” ދެން ދޮންތަބޭ… ދޮންތަބެ ތިހީކުރާ ކަހަލަ ކަމެެއްނުވެޔޭ… ” ނައުޝާދު ހޭންފެށުމުން ނާއިލް ބުނެލިއެވެ. ” އެކަމެެއް ނޭނގެ… ހެހެހެ… ނާއިލްގެ ކެބިންގެ ދޮރުގަ ޑޯންޓް ޑިސްޓާރބް ބޯޑެއް އަޅުވާފަ ބައިންދަންވީނު… އޭރުން މިއަދު މިދިމާވި ކަހަލަ ކަމެއް ނުވާނެ… ” ނައުޝާދު ހެމުން ހެމުން ވާހަކަ ދެއްކިއެވެ. ” ދޮންތަބެވެސް ދޯ މިހާރު ދޮންތަހެން ދިމާކުރަން ފެށީއޭ… ދޮންތަގެ ކަންތަކޭ… ” ނާއިލް މިހެން ބުނެ ގޮސް އޭނައަށް ޚާއްސަކުރެވިފައި ގޮނޑީގައި އިށީނެވެ. ” ކުރިން ދޮންތަ ނާއިލް އާއި އަޝޫގެ ވާހަކަ އެހެން ދެއްކިޔަކަސް ދޮންތަބެ ގަބޫލެއްނުކުރަން… އެކަމަކު މިހާރު ގަބޫލުކުރަން… ތިދެމެދުގަ ވަނީ ހަމައެކަނި ރަހުމަތްތެރިކަން ނޫންކަން މިވީ މަދު ދުވަސްކޮޅުގެ ތެރޭގަ ދޮންތަބެެެއަށް ފެނުނު މަންޒަރުތަކުން ޔަގީންވެއްޖެ… ރަހުމަތްތެރިކަމަށްވުރެ ގާތް ގުޅުމެއް ތިދެމެދުގަ ވަނީ އުފެދިފަ… އެއަށްވުރެ ވަރުގަދަ ގުޅުމެއްވޭ ނާއިލް އާއި އަޝޫ އާ ދެމެދު… އެހެން ނޫންނަމަ ދެމީހުން އެކަކު އަނެކަކުގެ ލޮލަށް ގެއްލިފަކަ ނުތިބޭނެ… ތިހެން އެކަކު އަނެކަކާ އެހާ ގާތެެއްނުވެވޭނެ… އެކަން އަދި ދެމީހުނަށްވެސް އިހުސާސްނުވަނީ ކަމަށްވެސް ވެދާނެ… ނޫނީ އިހުސާސްވި ނަމަވެސް ގަބޫލުކުރަން ބޭނުން ނުވަނީކަމަށްވެސް ވެދާނެ… ” ނައުޝާދުވެސް ނާއިލްގެ ކުރިމައްޗަށް ވާނޭހެން ގޮނޑީގައި އިށީންދެ ނާއިލްގެ މޫނަށް އަރާ ފައިބަމުންދިޔަ ކުލަތައް ދިރާސާކުރަމުން ވާހަކަ ދެއްކިއެވެ. ނާއިލްގެ މޫނު މަތިން އޭނަގެ ވާހަކަތަށް ސިކުނޑިއާއި ހަމައަށް ވާސިލްވެއްޖެކަން ނައުޝާދުއަށް ޔަގީންކުރެވުނެވެ. ” އެނީވޭސް… ހިއާ އީޒް ދަ ފައިލް… ” ނައުޝާދު އިރުކޮޅަކު ނާއިލްގެ މޫނަށް ބަލަހައްޓާއިގެން އިނުމަށްފަހު އޭނަ ނާއިލްއަށް ހަވާލުކުރަން އައި ފައިލް މޭޒު މަތީގައި ބޭއްވުމަށްފަހު ކެބިންއިން ނިކުތެވެ. އޭރުވެސް ނާއިލް އިނީ ފުން ވިސްނުމެެއްގެ ތެރޭގައެވެ.

އަޝްރާ ނާއިލްގެ ކެބިން އިން ނިކުތުމަށްފަހު ގޮސް ވަނީ އޭނަގެ އަމިއްލަ ކެބިންއަށެވެ. ކެބިންއަށް ވަދެ އޭނައަށް މޭޒު ކައިރި ހުއްޓި މޭޒުގައި ބާރަށް އަތުން ހިފަހައްޓާލެވުނެވެ. އޭނައަށް މިވަނީ ކީއްހެެއްޔެވެ؟  ނާއިލް ކައިރިވުމުން އޭނައަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވެނީ ކީއްވެ ހެއްޔެވެ؟ އޭނައަށް ނާއިލްގެ ލޮލުން ނަޒަރު ވަކިކޮށްނުލެވެނީ ކީއްވެ ހެއްޔެވެ؟ ބައެއް ފަހަރު ކިތަންމެ ރުޅިއަންނަން ބޭނުންވި ނަމަވެސް އެކަން އޭނައަށް ކާމިޔާބު ނުވަނީ ހެއްޔެވެ؟ މިހާރަކަށް އައިސް ނާއިލްގެ ހަނދާންތައް އޭނަގެ ސިކުނޑީގައި ގިނަ ވަގުތު ރަސްކަން ކުރަނީ ކީއްވެ ހެެއްޔެވެ؟ މިފަދަ ސުވާލުތަކުން އަޝްރާގެ ބޯ ހާސްކުރުވަމުން ދިޔައެވެ. އަޝްރާ އޭނަގެ ދެލޯ މަރާ ބާރުކޮށްލީ އެކަމުން ކުޑަވެސް ލުއެއް ލިބޭތޯއެވެ. އެހެނަސް ލޯ މަރާލުމާއެކު އަޝްރާއަށް ސިފަވެގެން ނާއިލް އާއި އެހާ ގާތުގައިވި މަންޒަރުތަކެވެ. ނާއިލް އޭނަގެ އަތުގައި ހިފާ ދަމާލުމާއެކު އޭނާ ގޮސް ނާއިލްގެ ހަށިގަނޑުގައި ތަތްވި ގޮތެވެ. ދެމީހުންގެ ނަޒަރު ސީދާވި ގޮތެވެ. ނާއިލްގެ ތޫނު ދެލޮލުން އޭނައަށް ބަލަންހުރި ގޮތެވެ. އެފިރިހެންވަންތަ އަޑުން މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކި ގޮތެވެ. އޭނަގެ ލޮލުން އޮހޮރުނު ކަރުނަތައް އޯގާތެރިކަމާއެކު ފޮހެލަދިން ގޮތެވެ. އޭނަގެ ނޭފަތުގައި މަޑުމަޑުން ހިފާލި ގޮތެވެ. އަޝްރާއަށް ކުއްލިއަކަށް ދެލޯ ހުޅުވާލެވުނެވެ. އޭރު އޭނަގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. ދެފަރާތަށް ބޯ ހޫރުވާލުމަށްފަހު އަޝްރާ ގޮސް ގޮނޑީގައި އިށީނެވެ. އެޚިޔާލުތަކުން ދުރުވުމަށް ފައިލެއް ނަގައި އަޝްރާ އޭނަގެ މަސައްކަތައިގެން ކުރިއަށް ދެވޭތޯ ބެލިއެވެ. އެހެނަސް ދޭތެެރެ ދޭތެރެއިން އެހަނދާންތައް އާވެއެވެ.

” ޑރ މިންހާ… ވަރަށް އަވަހަށް މީޓިން ރޫމަށް ދުރުވެލައްވާ… ” މިންހާ ކެބިންގައި އިންދާ ރިސެޕްޝަންގައި އިން ކުއްޖަކު އައިސް އެހެން ބުނުމާއެކު މިންހާ މީިޓިން ރޫމަށް ދިޔުމަށް އަވަސްވެގަތެވެ. ލިފްޓުން ފައިބައިގެން އައިސް މީޓިން ރޫމުގެ ދޮރު ހުޅުވާލުމަށްފަހު މިންހާ އެތެރެއަށް ވަނެވެ. އޭރު ގިނަ ޑޮކްޓަރުން ތިބީ ހާޒިރުވެފައެވެ. މިންހާ ފެނުމާއެކު އިއާންގެ ހިތަށް ބަޔާންކުރަންދަތި ހިތްހަމަޖެހުމެެެއް ލިބިގެން ދިޔައެވެ. އެރީތި ސޫރައަށް އަބަދުގެ އަބަދަށް ބަލަހައްޓާއިގެން ހުރުމަށް އެހިތް އެދިގޮވަމުން ދިޔައެވެ. ކަޅު ކުލައިގެ ފައިތިލަ އާއި ހަމައަށް އަންނަ ހެދުމަކާއެކު ގަދަ ފިޔާތޮށި ކުލައިގެ ޝޯލްއެއްގައި ހުރިއިރު ބަލާލަން ނުހަނު ހިތްގައިމެވެ. ހެދުމުގެ ފަސްބައިގައި ރީތި ގޮތަކަށް ތަރުތީބުކަމާއެކު ހުދާއި ގަދަ ފިޔާތޮށި ކުލައިގެ އެސް ތަތްކުރެވިފައިވެއެވެ. ގަދަ ފިޔާތޮށި ކުލަ ޝޯލްގެ ތެރެއިން ފެންނަން ހުރި ދޮން މޫނުގައި ކޮށްފައިވި ލުއި މޭކަޕުން އެރީތިކަން އިތުރުކޮށްދީފައެވެ. ގަދަ މުށި ކުލައިގެ ސާފު ކަޅިއެއް ލިބިފައިވި އެބޮޑު ދެލޮލުގައި ވަށާއިގެން އަދުން އަޅާފައިވާއިރު އެސްފިޔަތަކުގައި މަސްކަރާ އަޅާފާވުމުން އެރީތި ދެލޮލުގެ ޖާދޫގައި ޖެހި ބެހިގެންދާ ކޮންމެ ޒުވާން ފިރިހެން ކުއްޖެއް ހިތް އެދޭނެކަން ގައިމެވެ. ގަދަ ފިޔާތޮށި ކުލައިގެ ލިޕްސްޓިކުން ފަވާލެވިފައިވި ދެތުންފަތުގައިވި ފުރިހަމަ ހިނިތުންވުން ފެނި އެތައް ބައެއްގެ ހިތްތައް ދީވާނާވެގެންދާހާވެއެވެ. މިންހާ އައިސް ގޮނޑީގައި އިށީންއިރުވެސް އިއާންއަށް ބަލަހައްޓާއިގެން އިނދެވުނެވެ. އޭރު ޒިޔަލްގެ ނަޒަރުވެސް ހުއްޓިފައިިވީ މިންހާއަށެވެ.

ކުޑައިރުކޮޅެއް ތެރޭގައި ހޮސްޕިޓަލުގެ އިސްވެރިން އައިސް މީޓިން ފެށިއެވެ. އެންމެންވެސް ތިބީ މީޓިންއަށް ފުރިހަމަ ސަމާލުކަން ދީގެންނެވެ. ހޮސްޕިޓަލު ހިންގުމާއި ހަވާލުވެހުރި ފަރާތުން ވާހަކަ ދައްކަމުން ދިޔައެވެ. ކުއްލި ގޮތަކަށް މިބޭއްވުނު ބައްދަލުވުމަކީ ހޮސްޕިޓަލާއި އަލަށް ގުޅުނު ތިން ޑޮކްޓަރުންނަށް މަރުހަބާ ކިޔާ ތަޢާރަފު ކޮށްދިނުމުގެ ގޮތުން ބޭއްވުނު މީޓިންއެއް ކަމަށް ފާހަގަކުރިއެވެ. ” އަޅުގަނޑުމެންގެ ކަނާތް ފަރާތުން އެންމެ ކައިރީގައި މިއިންނެވީ އެތެރެހަށީގެ ޚާއްސަ ޑޮކްޓަރ އަހުމަދު އިއާން އަރީފް… އެއަށްފަހު ކަަށީގެ ޚާއްސަ ޑޮކްޓަރ އަހުމަދު ޒިޔަލް ސައީދު އަދި ތިންވަނައަށް އަންހެނުންގެ ޚާއްސަ ޑޮކްޓަރ މަރިޔަމް އޫޝާ… ތިން ބޭފުޅުންނަށްވެސް އަޅުގަނޑާއި މިހޮސްޕިޓަލުގެ ހުރިހާ ސްޓާފުންގެ ނަމުގައި މަރުހަބާ ދަންނަވަން… ” އެގޮތުން މީޓިންގައި އެވަގުތު ތިބި ހުރިހާ ޑޮކްޓަރުންނަށް އަލަށް ގުޅުނު ތިން ޑޮކްޓަރުން ތަޢާރަފް ކޮށްދިނެވެ. އެޑޮކްޓަރުންނަށް ހޮސްޕިޓަލާ ގުޅުމުން ޝުކުރުއަދާކުރިއެވެ. ބަލި މީހުން ބަލަން ހަމަޖެހިފައިިވި ވަގުތު ޖެހެން ގާތްވަމުން ދިޔުމާއެކު އެބައްދަލުވުން އެހިސާބުން ނިންމާލިއެވެ. ބައްދަލުވުން ނިންމާލުމުގެ ކުރިން އިސްފަރާތުން މިރޭ އަށްގަޑި ތިރީހުގައި ޚާއްސަ ބައްދަލުވުމެެއް އޮންނާނެ ވާހަކަ އިއުލާންކުރިއެވެ. ބައްދަލުވުން ނިމުމާއެކު ޑިއުޓީ ފެށެން ގާތްވެފައި ޑޮކްޓަރުން އެމީހެއްގެ ކެބިންއަށް އަވަހަށް މިސްރާބުޖެހިއެވެ. އިއާން އާއި ޒިޔަލްގެ އިތުރުން އޫޝާާގެ ފުރަތަމަ ދުވަހަށް ވުމާއެކު އެއްވެސް މަސައްކަތެއް މިއަދު ކުރާކަށް ނުޖެހެއެވެ. ތިން މީހުނާވެސް ހޮސްޕިޓަލުގެ ދެސްޓާފަކު ހަވާލުވެ ހޮސްޕިޓަލުގެ އެކި ތަންތަން ދައްކާލާ ކަންތައްތަކާއި އުސޫލުތައް ހަމަޖެހިފައިވި ގޮތް ކިޔައިދެމުން ދިޔައެވެ.

އަލޫފް އޭނަގެ ކެބިންގައި ލެޕްޓޮޕުން މަސައްކަތެއް ކުރަން އިނެވެ. އެވަގުތު ޝަމްހާ ފަރި ހިނގުމެއްގައި އައިސް އަލޫފްގެ ކެބިންއަށް ވަނެވެ. ” އަލޫފް… މީ ބްރޭކް ގަޑިއެއްނު… އެކަމަކުވެސް ތިއިނީ މަސައްކަތުގަ… ” ޝަމްހާ ޝަކުވާ ކުރާ ރާގެއްގައި ބުނެލިއެވެ. ” ވަރަށް މުހިއްމު މަސައްކަތެއް މީ… އެހެންވީމަ ނިންމާލާފަ ބްރޭކަށް ދާނީ… ” ލެޕްޓޮޕުން ނަޒަރު ވަކިކޮށްލުމެެއްނެތި އަލޫފް ވާހަކަ ދެއްކިއެވެ. ” އަހަރެންނަށްވުރެ މުހިއްމެއް ނޫނެެއްނު ދޯ… ހިނގާބަ ބްރެކްފާސްޓަށް އަހަރެންގެ ގެއަށް މިއަދު… މަންމަ ބުނި އަލޫފްވެސް ގެންނަށްޗޭ މިއަދު… މިހާރު ދުވަސްކޮޅެއް ވެއްޖެއެއްނު އަހަރެންގެ ގެއަށް ނުދަނީ… އަލޫފް މިހާރު އަހަރެންނާ ދުރުވާކަމުގެ އިހުސާސްވެސް ކުރެވޭ… އެއީ ކީއްވެތަ އަލޫފް… އަހަރެން މަތިން ފޫހިވަނީތަ… ” ހިތާމަވެރިކަން އެކުލެވިފައިވި އަޑަކުން ޝަމްހާ އެހެން ބުނުމާއެކު އަލޫފްގެ ހަރަކާތްތަކަށް މަޑުޖެހުމެެއް އައެވެ. އޭނާ ޝަމްހާގެ މޫނަށް ބަލައިލިއެވެ. ޝަމްހާގެ މޫނު މަތިންވެސް އެކަމާ ދެރަވެފައިވާކަން ހާމަވެއެވެ. ދާހިތްނުވި ނަމަވެސް އަލޫފްއަކަށް އިންކާރު ކުރާކަށް ނުކެރުނެވެ. ” ނޫނޭ… ޝަމޫ މަތިން ކިހިނެއް ފޫހިވާނީ… މިދުވަސްކޮޅު ބިޒީވީމަ ޓައިމް ނުވަނީ… ޝަމޫ ބުނިހެން ދުވަސްކޮޅެއްވެއްޖެ ތިގެޔަށްވެސް ގޮސްނުލެވޭތާ.. ސޯ ލެޓްސް ގޯ…” ގަދަކަމުން ތުންފަތް މައްޗަށް ހިނިތުންވުމެެއް ވެރިކުރުވަމުން އަލޫފް އެހެން ބުނެ ގޮނޑިން ތެދުވިއެވެ. ” އޯން… ތެންކްޔޫ ސޯ މަޗް އަލޫފް… އެން އައި ލަވް ޔޫ ސޯ މަޗް… ” ލިބުނު އުފަލަކުން ޝަމްހާ އަލޫފްގެ ހަށިގަނޑުގައި ބައްދާލަމުން ބުނެލިއެވެ. ކުރަން ނުކުރަން ހުރެފައިވެސް އަލޫފް އޭނަގެ ދެއަތް ޝަމްހާގެ ހަށިގަނޑުގައި ވަށާލިއެވެ. އެވަގުތު އަލޫފްގެ ކެބިންއަށް ވަން އީލާފްއަށް އެމަންޒަރު ފެނި ފުޅާ ހިނިތުންވުމެެއް އޭނަގެ ތުންފަތަށް ވެރިވިއެވެ. އީލާފް ބޮޑުވައި އިނގިލީގެ އިޝާރާތުން ރަނގަޅު ކަމުގައި ބުނެ އަލޫފްއަށް އިޝާރާތްކުރަމުން ކެބިން އިން ނިކުތެވެ. އަލޫފް އޭރުވެސް ހުރީ ގަދަކަމުން ހިނިތުންވެލައިގެންނެވެ. ” ކަމްއޯން… ލެޓްސް ގޯ… މިހެން ތިއްބަކަސް ނުދެވޭނެއެއްނު… ” އަލޫފް ޝަމްހާ ދުރުކޮށްލުމަށްފަހު ހިނިތުންވުމަކާއެކު ވާހަކަ ދެއްކިއެވެ. ޝަމްހާ ބޯ ޖަހާލަމުން އަލޫފްގެ އަތުގައި ހިފާލިއެވެ. އެއާއެކު އަލޫފް ހިނގައިގަތެވެ. އޮފީހުން ނިކުމެ އަލޫފް ސައިކަލަށް އެރުމާއެކު ޝަމްހާ ސައިކަލުގެ ފަހަތަށް އަރާ އަލޫފްގެ ހަށިގަނޑުގައި ކުޑަކޮށް ބައްދާލިއެވެ. ޝަމްހާގެ ގާތްކަމުން އުނދަގޫވި ނަމަވެސް އަލޫފް އޭނާ ދުރުކޮށްލާކަށް ނޫޅުނެވެ. ”ލެޓްސް ގޯ… ” ޝަމްހާ ހިނިތުންވެލަމުން އެހެން ބުނުމާއެކު އަލޫފްވެސް ހިނިތުންވެލަމުން ސައިކަލު ދުއްވާލިއެވެ.

ބްރޭކް ގަޑީގައި ގެއަށް ދިޔުމަށް މިންހާއަށް ނުކުމެވުނީ ޒިޔަލް އާއި އެކުއެކީގައެވެ. އޭނާ ފެނުމާއެކު ޒިޔަލް ހިނިތުންވެލިއެވެ. މިންހާވެސް ހިނިތުންވެލުމަށްފަހު އަވަހަށް ޓެކްސީއަކަށް ގުޅާލިއެވެ. ” މިންހާ… އަހަރެން ގެއަށް ގޮސްދީފާނަން… ކަމް އެންޑް ސިޓް… ” ޓެކްސީގެ އިންތިޒާރުގައި ހުރި މިންހާގެ ގާތަށް ކާރުގައި އައިސް މަޑުކޮށްލަމުން ޒިޔަލް ބުނެލިއެވެ. ޒިޔަލް ދިޔައީ މިންހާއާއެކު ވަގުުތު ހޭދަކޮށްލަން ލިބިދާނެފަދަ ކޮންމެ ކަމެއްވެސް ކުރަމުންނެވެ. އޭނާ ހުންނަނީ އެފަދަ ވަގުތަކަށް ބަލަބަލައެވެ. ހިތުން ފުރަތަމަ ފަހަރަށް ޚާއްސަ މަގާމެއް ދެވުނު އެރީތި އަންހެން ކުއްޖާ އެހާ ފަސޭހައިން ދިޔަ ދޭނީ ކިހިނެއް ހެއްޔެވެ؟ މިންހާ ހާސިލުކުރުމަށްް އޭނާ އެހުރީ ކޮންމެ ކަމެެއްވެސް ކުރަން ތައްޔާރަށެވެ. އެންމެ ފުރަތަމަ ކަމަކަށް ޒިޔަލް ދެކޭ ގޮތުގައި މިންހާ ހާސިލްކުރުމަށް އެދެމެދުުގައި ރަހުމަތްތެރިކަން އޮންނަންވާނެއެވެ. މިންހާ އާއި ދެމެދު ގާތް ރަހުމަތްތެރިކަމެއް އުފެއްދުމަށް އޭނާ އެދަނީ މަސައްކަތްކުރަމުންނެވެ. ” ނޯ ތޭންކްސް… މިހާރު ޓެކްސީއަކަށް ގުޅާއިފިން… ” މިންހާގެ  ޖަވާބުން ޒިޔަލްގެ ހިތް މާޔޫސްވިއެވެ. އެހެނަސް މިންހާއަށް ހިނިތުންވުމެެއް ރައްދުކޮށްލުމަށްފަހު އެންމެ ރަނގަޅު ކަމުގައި ކާރު ދުއްވާލިއެވެ. ޓެކްސީ އައުމާއެކު މިންހާ ޓެކްސީއަށް އެރިއެވެ. ދާންވީ ތަން ބުނުމާއެކު ޑްރައިވަރު ޓެކްސީ ދުއްވާލިއެވެ. ޓެކްސީ ދުއްވަމުން ދިޔައިރު މިންހާާ އިނީ ބިއްލޫރި ގަނޑު ތިރިކޮށްލައިގެން ބޭރު ބަލާށެވެ. އެހެން އިންދާ އަލޫފްގެ ސައިކަލު ފަހަތުގައި އަލޫފް އާއި ނުހަނު ގާތްވެގެން އިން ޝަމްހާ ފެނި މިންހާއަށް އޭނަގެ މޫނު އަނެެއް ފަރާތަށް އަނބުރާލެވުނެވެ. ތެދުތެދަށް ބުނާނަމަ އަދިވެސް އޭނަގެ ހިތުގައި އަލޫފްއަށްޓަކައި އިހުސާސްތަކެއްވެއެވެ. މާޒީގެ ހަނދާންތައް އޭނަގެ ހިތުން ފޮހެވިގެނެެއް ނުދެއެވެ. އެހެނަސް އޭނަ އެމާޒީން އިތުރަށް ހަނދާންކޮށް ހިތާމަކުރާކަށް ބޭނުމެއްނޫނެވެ. އޭނަގެ ހިތުގައި އަލޫފްއަށްޓަކައި އިހުސާސްތަކެެއް ވާކަން އެއްވެސް މީހަކަށް އެނގޭކަށް އޭނާ ބޭނުމެއް ނޫނެވެ. އަމުދުން އަލޫފްއަށް އެނގޭކަން ނޭދެއެވެ. އަލޫފް އޭނަ އާއިމެދު ކަންތައް ކުރި ގޮތުން މިންހާގެ ހިތުގައި އަލޫފްއަށްޓަކައި ކޮންމެވެސް ވަރެެއްގެ ރުޅިވެރިކަމާއި ފޫހިކަމެެއް އުފެދިފާވެއެވެ. އޭނަގެ ހިތުގައި އަލޫފްއަށްޓަކައިވި ލޯބީގެ މައްޗަށް މިންހާ މިހާރު އިސްކުުރަނީ ރުޅިވެރިކަމާއި ފޫހިކަމެވެ. އޭނާ ދެކޭ ގޮތުގައި އޭނަގެ ތެދުވެރި ލޯބި އަލޫފްއަކަށް ހައްގެއްނޫނެވެ. ޚިޔާލުތަކުގައި އިން މިންހާއަށް ހަމަބިމަށް އާދެވުނީ ޓެކްސީ އައިސް ގޭ ދޮރުމައްޗަށް ހުއްޓުނެވެ. ޑްރައިވަރަށް ފައިސާ ދެއްކުމަށްފަހު މިންހާ އަވަހަށް ޓެކްސީއިން ފައިބާ ގޭތެރެއަށް ވަނެވެ.

އަޝްރާ އާދައިގެ ހިނގުމެއްގައި މަގުގެ ދުވާރު މަތިން ހިނގާފައި ދިޔައެވެ. ” އަޝްރާ… ” ތަންކޮޅަކަށް ދެވުނު ތަނާއި އޭނަގެ ނަމުން މީހަކު ގޮވާލުމާއެކު އަޝްރާ ފަސްއެނބުރި ބަލައިލިއެވެ. އެއާއެކު ފެނިގެން ދިޔަ ސޫރައަކުން އޭނަގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (12 ވަނަ ބައި)

Next

ބުނެދޭށޭ ރުހެމޭ 6

Next
March 18, 2019

ބުނެދޭށޭ ރުހެމޭ 6

Previews
March 17, 2019

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…………! (12 ވަނަ ބައި)

52 Comments!

  1. ifoo says:
    March 17, 2019 at 10:58 pm

    Salaam dear readers… Finally here is the next part… Hope all will like this part too… Again check nukoh mi up kohly… Just finished writing n hama liye ninmaafa mi up kohly maa lasveema check nukoh… Sorry dear readers… N thankyou soooooo much dear readers ifoo ah thidhey support ❤️❤️❤️?????????… Waiting for comments… Maadhama In Sha Allah kury part n mi part gevx comments thakah reply kuraanan ???… Good night all n love you all my readers ❤️❤️❤️?????????…

  2. a.ishaa says:
    March 17, 2019 at 11:11 pm

    Wow me first dhw.. when next

    1. ifoo says:
      March 18, 2019 at 9:12 am

      Yup.. Ur first ???… Congratulations on being first ???… Thankyou soooooo much ❤️❤️❤️?????????…

  3. Choppi says:
    March 17, 2019 at 11:15 pm

    Mashallah. This part is so so beautiful. I don’t understand why minhaa still have feeling for aloof. She is such a fool. She is a kind of person who don’t know open the door when love knocks at her door. Ifoo waiting for the next part…

    1. ifoo says:
      March 18, 2019 at 9:15 am

      Choppi ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Minnu dhw ???… To overcome from the situation she had, she needs time ???… People who have experienced will know how hard it is ???… Hhehe… Next part In Sha Allah Wednesday night ga ???… Much more loves ❤️❤️❤️?????????…

  4. A..na says:
    March 17, 2019 at 11:19 pm

    Me first dhw

    1. ifoo says:
      March 18, 2019 at 9:16 am

      Ur third dear ???…

  5. Noor says:
    March 17, 2019 at 11:28 pm

    Haadha dhigu inthizaarakah fahuey kiyaalan milibunee kuru henves heevey. Hmm Mihaaru minnu eba ranglhu vey. Thi aloof aa hedhi ulheyne kameh neiy Ekam anekkaa aneh kanthah elaigathee eulheny zial eh anyway’s vaahaka varah reethi dhen aan&minnu ge baeh mihaaru kiyaalaa hihvanee keep it up dear waiting for the next part

    1. ifoo says:
      March 18, 2019 at 9:20 am

      Noor ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Next part ga In Sha Allah aan n minnu ge baeh kiyaalan libeyne ???… Keep waiting ???… Much more loves ❤️❤️❤️?????????…

  6. Choppi says:
    March 17, 2019 at 11:33 pm

    Mashallah this part is so so beautiful. Plz ifoo minhaa ah realize kohdhybala aan loves her more than anyone ey. Waiting for the next part.. much loves

    1. ifoo says:
      March 18, 2019 at 9:21 am

      Choppi ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Let’s see what happens ???.. Much more loves ❤️❤️❤️?????????… Next part In Sha Allah Wednesday night ga ???…

  7. Nau says:
    March 17, 2019 at 11:36 pm

    When nxt ?????story vrh reethi ifoo ??????…Masha Allah?? ❤️❤️aan n minnu gulhuvachcheyy sis ???? curiously waitinn…???ashoo n naail vx ????…. Keep up the gud wrk????????

    1. ifoo says:
      March 18, 2019 at 9:22 am

      Nau❤️❤️❤️… Haadha loabi colourful comment ekey ???… Thankyou soooooo much ❤️❤️❤️?????????… Let’s see what happens ???.. Much more loves ❤️❤️❤️?????????… Next part In Sha Allah Wednesday night ga ???..

  8. Anonymous says:
    March 17, 2019 at 11:37 pm

    When next?

    1. ifoo says:
      March 18, 2019 at 9:23 am

      Next part In Sha Allah Wednesday night ga ???..

  9. Ainth says:
    March 17, 2019 at 11:44 pm

    First me dhw…. vaahaka v salhi ❤? thihaa burakoh ulhemun vx up kohdhinii thii thankx ? next part knirakun dhn up kohdheyynii … keep it up dear ???..? Gud nyt … luv yu too ?❤????

    1. ifoo says:
      March 18, 2019 at 9:25 am

      Ainth ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Next part In Sha Allah Wednesday night ga ???… Keep waiting… Much more loves ❤️❤️❤️?????????…

  10. Scarlet says:
    March 18, 2019 at 12:15 am

    Ohh shaaif dho eii ???
    Vaahaka vrh reethi ifoo ❤️❤️❤️?❤️❤️❤️❤️❤️❤️????? kmms kahala incident eh or kmms relation eh avahah kuriah gendhebah dear. Just a thought ngeh heevany same phase ga hunna hen ekm vx vaahaka v v v reethi. Your way of describing is awesome hama ❤️?❤️?❤️??❤️?❤️???? next part ah waiting

    1. ifoo says:
      March 18, 2019 at 9:28 am

      Scarlet ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️?????????… V v v ufaavehje ???… Thankyou soooooo much for your thought ???… Madu madun kuriah dhaane story… Relationship forms vaan vx time beynun vaane ehnu dhw dear ???… Next part In Sha Allah Wednesday night ga… Much more loves from me dear ❤️❤️❤️?????????…

  11. Mahoo says:
    March 18, 2019 at 12:17 am

    Its too nice ifoo??.. great work.. when next part up kuranyy.. can’t wait.☺☺

    1. ifoo says:
      March 18, 2019 at 9:29 am

      Mahoo ❤️❤️❤️… Thankyou soooooo much ?????????❤️❤️❤️… V v v ufaavehje ???… Next part In Sha Allah Wednesday night ga… Much more loves from me dear ❤️❤️❤️?????????…

  12. Een says:
    March 18, 2019 at 12:51 am

    V reethi mivaahaka. Vvv inthizaaru kureveyy loabi vaahakaeh…. ❤️❤️❤️Athuga fala masgandekeyy nukiyaaneyy dear…. Ragalhu kohlahchey

    1. ifoo says:
      March 18, 2019 at 9:31 am

      Een ❤️❤️❤️… Thankyou soooooo much ?????????❤️❤️❤️… V v v ufaavehje ???… Actually ifoo kiyaafa huri baeh vaahaka thakuga egothah use kohfa huryma ehen liyuny ???… I don’t know exactly liyan vee ehcheh ???… Heheh… In Sha Allah dhn faharakun ragalhu kohlaanan ???… Next part In Sha Allah Wednesday night ga… Keep waiting ???… Much more loves from me ❤️❤️❤️?????????…

  13. Naum says:
    March 18, 2019 at 7:31 am

    its awesome ifoo.????.. vaahaka v v v reethi…hama obiness to the max..sifa kurun thah hama best..heevay loluge kuri mathyga manzaru thah sifa vaa hen..?…
    I think ziyal and ashaa will be a couple later , and help minnu to realize her love for aan.. heevaa gotheh hama…ekam vaane gotheh neynge ehgothakahves..mihaa thanah story ga kankan vefa huree heeves nukuraa gothah.. so guess eh kuranvess asslu varah undhagoo..
    BEST WRITTER IFOO. .?????⚘???…
    Much love ??????

    1. ifoo says:
      March 18, 2019 at 9:33 am

      Naum ❤️❤️❤️… Thankyou sooooooooo much for the support n love ❤️❤️❤️?????????… V v v ufaavehje naum ge Comment kiyaalaafa ???… It means a lot for me ???… Maybe ???… Hhehe… Let’s see what happens ???… Next part In Sha Allah Wednesday night ga ???… Keep waiting ???… Much more loves ❤️❤️❤️?????????…

  14. maai says:
    March 18, 2019 at 9:20 am

    Masha Allah… Mee mi story ge enme reethi part????????????????
    Haadha reachey mi story…ifoo thee mi site be star eh mihaaru…i luv your stories so much????????????????
    Vvvvvv happy vejje ingey ehaa dhigu kn mi part genesdhinythy…☺☺☺☺????????????☺
    Ifoo plx plx plx plx plx plx plx plx plx plx plx plx plx plx plx plx…minnu and aan gulhuvabaa..??????
    E nulafaa aloof gandah minnu dheefiyya I too ada rulhi???
    I HATE U ALOOF ?????????????????????????????????????????
    I foo loabi thee esfiya site ya huri enme salhi eh writer ingey❤❤❤❤❤❤….avahah next ep genesdhechey..once again vvvvvvv reethi mi story ????????????????????????????????
    Your big fan maai

    1. ifoo says:
      March 18, 2019 at 9:35 am

      Awwwwnn ❤️❤️❤️???… Maai ❤️❤️❤️… Thankyou sooooooooo much for the support n love ❤️❤️❤️?????????… V v v ufaavehje maai ge Comment kiyaalaafa ???… It means a lot for me ???… Let’s see what happens ???… Heheh… Anything is possible hama ???… Next part In Sha Allah Wednesday night ga ???… Keep waiting ???… Much more loves ❤️❤️❤️?????????…

  15. SCARLET❤ says:
    March 18, 2019 at 9:22 am

    Omg… vvvvvvvvvvvvvvvvvvvvvvvvvvvv reethi… Hama best… Ekamu haadha lahakun up kury.. anyway I’m late for scwl.. ekamu vec comments kollaafa dhaan vegn… Ifoo stry varh salhi I ingey.. I luvv itt????❤️❤️❤️❤️❤️

    1. ifoo says:
      March 18, 2019 at 9:37 am

      SCARLET ❤️❤️❤️… thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ❤️❤️❤️???… Ifoo balikoh ulhunyma lasvee mi part… Next part In Sha Allah Wednesday night ga… Keep waiting dear ???… Hhehe… Avahah dhey school ah ???… Much more loves from me ❤️❤️❤️?????????…

  16. Zuam says:
    March 18, 2019 at 9:34 am

    Wow varah reethi ????

    1. ifoo says:
      March 18, 2019 at 9:22 pm

      Zuam ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???…

  17. Sama says:
    March 18, 2019 at 11:29 am

    Wow nice story, please next part varah awahah beynun, kiyaaa hithuh hama… So ummydhukurah varah awahah next part libeyne kaman… Love this story… Keep it up, bless you your hard… Ummmwah????❤❤❤❤???????????

    1. ifoo says:
      March 18, 2019 at 9:25 pm

      Awwwwnn ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… Haadha loabi colourful comment ekey ???❤️❤️❤️… V v v ufaavehje ???.. It means a lot for me ???… Next part In Sha Allah Wednesday night ga ???… Keep waiting ???… Much much more loves from me ❤️❤️❤️?????????…

  18. jiji says:
    March 18, 2019 at 12:54 pm

    Maalahun dhw comment mi kohlevuny..I was at swcl ga..ehnve nuvy???..as usual mi part vx vrh vrh furihama..mistakes ge hilameh vx nuve..evarah Improve kohlaafa hurikan faahaga kurevey❤❤❤???..sifakukoh laafa huri leh vx vrh habbu..stry kiyamun dhaairu kurimathyga manzaru sifavaa kahala???????????????????..alhe Ziyal plx..minnu aky aan ge haqqekey..so plx jiji ah takaa vx minnu beynunuvegen noolhefaanan thr..naail nd Ashraa ge scene vx vrh salhi..Um ifoo dhuvas.mv ah liyan thr ‘ burusoora ‘ kiyaa stry eh liyan thr..heheh..if u ah vejjiyyaa bunahche pleezu…GWS soon ingey baligandu rangalhu nuvangna…Tc ?❤❤?????Lyyyyy??????

    1. Cute Lips says:
      March 18, 2019 at 4:35 pm

      jiji …. keehve ary kairi nubuny wattpad ah nuvadheveyene vaahaka

    2. jiji says:
      March 18, 2019 at 6:24 pm

      Swry time nuvy dear???…I knw u will be angry with me..and my parents don’t wanna tlk people on wattpad..u can tlk in esfiya..jiji Eiimerr ge stry ah 5 varakah Comment kurin..adhivx iny awaiting moderation ga kanneyge..I think mi site in UK kairi bunin hn..

    3. ifoo says:
      March 19, 2019 at 10:04 pm

      Awwwwnn ❤️❤️❤️???… Thankyou soooooo much Jiji ❤️❤️❤️?????????… V v v ufaavehje ???… Ur so supportive ???… It’s ok lasviyas???… Comment kohleema hama v v v bodah ufaavehje ???… No dear… Ifoo nuliyan dhuvas. Mv akah ehvx story eh… Hama ekani esfiya ah mi liyany ???… Once again thankyou sooooooooo much dear n much much more loves from me ❤️❤️❤️?????????…

    4. Cute Lips says:
      March 20, 2019 at 4:41 pm

      no jiji Rysh rulhi eh naannanemy … dhera v nubunyma.. Eiim bunyma inguny…it’s ok.. eyy ehn vs vedhaane dw…

  19. Anii says:
    March 18, 2019 at 1:45 pm

    alhey… hows yuh…. haadha reechey mi bai vx … I want to see minnu and aan relation akah dhaa than….. and nail and ashooo also….. keep it up ifooo… ur the best…. lysm…. waiting for the next part…..insha alllah my wish will come true on next part….

    1. ifoo says:
      March 20, 2019 at 7:53 pm

      Anii ❤️❤️❤️… awwwwnn ❤️❤️❤️???… I’m soooooo happy to see ur comment ???… V v v ufaavehje story nimemdhen madunukoh mi part ahvx comment kohleema ???… Thankyou soooooo much dear ❤️❤️❤️?????????… Alhamdhulillah ifoo hama v ragalhu mihaaru ???… Hope ur fine too ???… Let’s see what happens ???… Much more loves ❤️❤️❤️?????????…

  20. muslim says:
    March 18, 2019 at 2:49 pm

    ohhhh… v reethi… whens next part?

    1. ifoo says:
      March 20, 2019 at 7:54 pm

      Thankyou soooooo much ❤️❤️❤️?????????… Now next part uploaded ???…

  21. Cute Lips says:
    March 18, 2019 at 4:33 pm

    wow wow wow…. naushadh be ginain e romantic kanthah balaa dhimaa kuraathi…and plzzzzzzz……. ziyal thah nukuraathi minnu ai…

    1. ifoo says:
      March 20, 2019 at 7:55 pm

      Cute Lips ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Heheheh ???… Let’s see what happens ???… Much loves ❤️❤️❤️?????????…

  22. Naukko says:
    March 18, 2019 at 4:35 pm

    Ahchi .. mee kon zial eh tha??…. minnu hoadhan ulheyne kameh neii… minnu eii aan ge … not yours….get that??…. anyways.. story v v v riithi .. keep up the gud work ifoo…. much loves frm me

    1. ifoo says:
      March 20, 2019 at 8:01 pm

      Naukko ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Heheheh ???… Let’s see what happens ???… Much loves ❤️❤️❤️?????????…

  23. unique says:
    March 18, 2019 at 8:35 pm

    masha allah
    ifoo you are just an awesomw writer
    ly loads
    much more misses
    may allah bless yo with a bright future and good health
    ameen:-):-*

    1. ifoo says:
      March 20, 2019 at 8:03 pm

      Unique ❤️❤️❤️… Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Heheheh ???… Let’s see what happens ???… Much more loves loves ❤️❤️❤️?????????..

  24. Naju says:
    March 18, 2019 at 9:24 pm

    Masha Allah ??? Haadha Haadha Haadha furihama ey mi part ???❤❤❤???… Kiyamun dhiyairu iny hama rangalhahvx story thereyah vadhevifa hyvany hama loa kuri mathin fenunu manzaru thakeh hen ehaavx furihama ?????????… Ifoo ur soooo sweet ?????????… ur the best n greatest writer ?????????… much n more loves from naju ????????????????????????

    1. ifoo says:
      March 20, 2019 at 8:04 pm

      Awwwwnn ❤️❤️❤️???… Thankyou soooooo much for the colourful Comment ❤️❤️❤️???… V v v ufaavehje ???… It means a lot for me ???… Much much more loves from me ❤️❤️❤️?????????…

  25. @Ikleel says:
    March 19, 2019 at 5:15 pm

    Its finally here againg…❤❤????…wow..just wow…❤❤????…This part also just awesome and intresting dear…❤❤????..Your doing a really great job dear….❤❤????….Imaginations are just perfect hama…❤❤????…Loa kurimathy live koh fennan hen heevany..❤❤????…Basthah athuraafa huri goiy vex vrh salhi hama…❤❤????..Mi site ga in emme reethi vaahaka ey bunaany hama…❤❤????..Vaahaka dhigu koh genesdheythy vrh ufaa vey aslu…❤❤????…Nothing wrong here…❤❤????..Alhe minnu aa aan gulhuvadhyba avahah..❤❤????…I am waiting for that..❤❤????..Aan deserves her love…❤❤????…Kon ziyal eh tha e ee…?? Minnu aa ziyal nugulhuvaathi please….❤❤????…Minnu and aan is better…❤❤????…Ohh..Anekkaa ash nail dheke like vaan feshy tha mihaaru…❤❤????. I think they are also going to be a relation together…❤❤????…Dhn ifoo alhe komme vex relation eh fattuvan ulheba story ga avahah..❤❤????…Is that shaaif coming again…??? I think shaaif want her again…But hopefully ash will say No to him..❤❤????..I just hate that shaaif and aloof..Keep it up dear…❤❤????…You are very good writter dear..❤❤????…I think you can do better than this ..❤❤????…May god bless you…❤❤????…Hope next part adhi miah vuren vex reethi koh salhi koh genesdheyne kamah…❤❤????…You know vrh inthizaaru kurevey mi story ah mihaaru…Ehnvex vaane thaa dhw dhen ifoo mihaa salhi story eh genesdheythy….❤❤????…Anyways thank you once again for this wonderful story…❤❤????…Miss you…❤❤????..Much loves from me dear…❤❤????..
    THE BEST STORY
    TH BEST WRITTER
    ❤❤❤❤????

    1. ifoo says:
      March 20, 2019 at 8:05 pm

      Thankyou soooooo much @Ikleel for the colourful Comment ❤️❤️❤️?????????.. V v v ufaavehje ???… Let’s see what happens ???… Much loves ❤️❤️❤️?????????…

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 38←


All Right Reserved!