” ބިކޯޒް އައި ސްޓިލް ލަވް ޔޫ… އޮންލީ ޔޫ… މިވީ ހަތް އަހަރު ތެރޭގަވެސް… ތިނޫން ފަރާތަކަށް މިހިތުން ޖާގައެއް ނުދެވުން.. ތިލޯބި މިހިތުން ފޮހެވިގެނެއްނުދޭ… އައި ކާންޓް ސްޓޮޕް ލަވިން ޔޫ މިންނު… ކުރިއަށްވުރެވެސް ބޮޑަށް ލޯބިވޭ… ” އިއާންއަށް އޭނަގެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވި މިންހާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ އޭނަގެ ހިތުގެ ހާލަތު މިންހާގެ ކުރިމަތީގައި ބަޔާންކޮށްދެވުނެވެ. އިއާންގެ ދުލުން ބުނެލި ބަސްތަކުން މިންހާގެ ހިތުގެ ހިނގުން ކުޑަ ވަގުތުކޮޅަކަށް […]
ހައިޒަލް އެވަގުތު ޕޯޓިކޯއަށް ނިކުތީ ފޯނެއްގައި ހުރެގެންނެވެ. އެ މޫނުމަތިން އެވަގުތު ފެނުނީ ސީރިޔަސްކަމާއި ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. ދޭތެރެއިން ނިއްކުރީގައި އަތުން ފިރުމާލައިގޮތުން ހާސްވެފައިހުރިހެން ހީވެއެވެ. ހައިޒަލް ޕޯޓިކޯގެ ތަނބަށް ލެގިލަމުން ވެހެމުންދިޔަ ވާރެއަށް ނަޒަރު ހުއްޓާލިވަގުތު ހިނދުކޮޅަކަށް ހުއްޓުންއެރިއިރު އެހެން ދިމާލަކަށް ބަލާލަންވެސް ނުކުޅެދުނެވެ. ވެހެމުންދިޔަ ބޯވާރޭގެތެރޭ ނައިނާ މޫނު އުފުލާލައިގެން ވާރޭ ވިލާތަކަށް ބަލަހައްޓައިގެން ހުރިއިރު އެތަށް ހާސް ފެންތިކިތައް އެ މޫނަށް ބޮސްދީފައި އޮމާން މޫނުމަތީ ދެމެމުންދިޔަ މަންޒަރު ރީތިކަމުން ނައިނާގެ މޫނުން […]
” އިޝް! ބާންއަށް އެނގޭ އިޝް ދުވަހަކުވެސް ކުއްޖަކާ ރައްޓެހިވެގެން ނޫޅޭކަން. ކުއްޖަކު ދެކެ ލޯބިވެގެން ވެސް ނޫޅޭކަން. އެކަމަކު ބާންއަށް އިޝްދެކެ ވަރަަށް ބޮޑަށް ލޯބިވެވިއްޖެ. ދެން ގޮތް ނިންމާނީ އިޝް! އިޝް ކޮންމެ ގޮތަކަށް ނިންމިއަކަސް ބާން އެކަން ހެޔޮހިތުން ޤަބޫލުކުރާނަން. އެނގޭ މިހާ ކުއްލިގޮތަކަށް ކަންތައްތައް ވީމައި ގޮތެއް ނިންމަން އިޝްއަށް އުނދަގޫވާނެކަންވެސް. އިޝް ބޭނުންވަރަކަށް ބާން، އިޝްއަށް ޓައިމް ދޭނަން. އިޝް ގޮތެއްް ނިންމާފައި އަންގާލާ. ބާންއެއް އިޝްއަކަށް ދެނެއް ނުގުޅާނަން. […]
ފުރާވަރުގެ ދުވަސްތަކުގައި ދިމާވާ ކުދިކުދި ކަންތައްތަކާ ވަރަށް ފަސޭހައިން ދިރިއުޅުން މަތިން ފޫހިވެއްޖޭ ބުނާ ހަނދާން އަދިވެސް އަހަރެން އެބަހުއްޓެވެ. ހަގީގަތުގައި ދިރިއުޅުން މަތިން ފޫހިވުމަކީ ކޮބައިކަން އިހުސާސްމިވަނީ މިހާރުއެވެ. އެއްވެސް ކަމެއް ކުރާހިތެއް ނުވެއެވެ. ކާހިތެއް ނުވެއެވެ. ނިދުމަކީ އަހަންނަށް ކުރަން އެންމެ އުނދަގޫ ކަންތަކެވެ. މިހުރިހާ ދައްޗަކާ އެކުވެސް ދިރިއުޅެވޭތޯ މަސައްކަތް މިކުރަނީ މަންމަމެންނަށްޓަކައެވެ. އެމީހުން ހިތްހަމަ ޖެއްސުމަށް މަސްނޫއީ ހިނިތުންވުމެއް މޫނުމަތީގައި ކުރަހައިގެންހުރެ ކޮންމެ ދުވަހަކު އަހަރެންގެ އަމިއްލަ ނަފްސާއި ކުރަމުން މިދާ […]
“ވަރަށް ރީތިދޯ…” ކެންޓީންގެ ބިއްލޫރިންވާ ބިތާއި އެންމެކައިރި މޭޒުގައި ނައިނާ އިންއިރު ކެންޓީންގެ ބޭރުގައި ހުންނައިރު ނުހަނު ރީއްޗަށް ނައިނާ ފެނެއެވެ. އެހެންދުވަސްތަކާއި ހިލާފަށް މިއަދު އަައްސާލެވިފައިވާ ފަން އިސްތަށިގަނޑު ދޫކޮށްލައިފައިވާތީ ނައިނާ މާ ތަފާތުކަމަށް ދައްކައެވެ. “އަސްލުވެސް…” ހައިޒަލް ނައިނާއަށް ގެއްލިފައި ހުރެ ޖަވާބުދިނުމާއިއެކު މިކްޔާލް ހޭންފެށިއެވެ. އެއާއިއެކު ހައިޒަލް ކުޑަކޮށް ރަކިވެފައި މިކްޔާލްއަށް ބަލާލިއިރު ދެވަނަ ސިކުންތުގައި ބުމަގޮށްޖަހާލިއެވެ. “މިކް… ދޭ… އަހަރެން އެބަ ދަން…” ނައިނާ އެގޮތަށް ފެނުމުން ޖެއްސުމެއްކޮށްނުލާ ދާކަށް ހައިޒަލްގެ […]
” ވާނޭހެ ދުނިޔޭގައި… ތިޔަފަދަ ފަރި ނަލަ މަލެެއް… ދީވާނަ ކޮށްލީ މަގޭ… ތިޔަ ހިނިތުންވުމޭ… މާޒިވި ލޯބީގެ ރޭރޭ… އެހަނދާންވުމުން… ބޭނުންވަނީ މިއަދުވެސް އެއުފާވެރިކަމޭ… އައިމް ސޯ ސޮރީ މިނޫ… އައިމް ސޮރީ… ” ކާޑުކޮޅުގައިވި ބަސްކޮޅު ކިޔާލުމާއެކު މިންހާއަށް އެއްފިޔަވަޅު ފަހަތަށް އަޅާލެވުނެވެ. އޭރުު އެދެލޮލަށް ދިޔައީ ތާޒާ ކަރުނަތައް ޖަމާވަމުންނެވެ. ”އަލޫފް… ” ލޮލުން ފޭބި ކަރުނަތިކި އައިސް އެދޮން ކޯތާފަތުގައި ބޮސްދިނުމާއެކު އަތުގައި އޮތް އޯކިޑް މާބޮނޑީގައި ބާރަށް ހިފަހައްޓާލަމުން މިންހާއަށް […]
ނޯޓް: މީ މީގެ ކުރިން ވާހަކަ.ކޮމް ގައި ޝާއިއު ކުރެވިފައިވާ ވާހަކައެއް. ފެނުން މައްޗަށް ބޯހިއްލައިލި އާދަނު ސިހިގެންދިޔައީ މުޅި ދުނިޔެ ބައްދާފައިވާ އަނދިރިކަން ފެނިފައެވެ.ވިއްސާރައިގެ ބޯކަޅު ވިލާތަކުން އުޑުމަތި ބަނަވެފާ އޮތަސް ދުވާލެއްގަ މިހާ އަނދިރިކަން ވެރިކޮށްލި މީފުރަތަމަ ފަހަރެވެ.ތޫފާނެއްފަދަ މިބޯ ވިލާ ގަނޑުގެ ވައި އުތުރުން ޖެހެންފެށުމުން މޫދުގައި އޮތް އާދަނު ގުޑުގުޑުޖަހައިގަތެވެ.މުންޑު ގަނޑު ރަނގަޅު ކޮށްލަމުން އާދަނު އަވަސްވެގަތީ އެއްގަމަށް އަރާށެވެ.ގޮނޑުދޮށުގައިވެސް މީހަކު ފެންނާކަށްނެތެވެ.މިހިރަ ކަޅުވިލާގަނޑެއް ފެނިފަ ހިޔަލެއްގަ ހުރެ ނިކުންނަން ކެރޭނީ […]
“ރިހާނާ މަޑުކުރޭ… ހައިޒަލް ހުންނަ ތަނެއްގައި ރިހާނާއަށް ނުހުރެވޭނެ ސަބަބެއް ނޯންނާނެ…” އަލްހާން ހިތްހަމަނުޖެހިފައި ބުނެލުމާއިއެކު ރިހާނާގެ ރުޅިވެރި ނަޒަރު އަލްހާންއާއި އަމާޒުވިއެވެ. އެ ނަޒަރުން އެކަނިވެސް އެ ސަބަބު އަލްހާންއަށްވުރެ ރަނގަޅަށް އިނގޭނެ ފަރާތެއްނުވާނޭކަން ރިހާނާ ހަނދާންކޮށްދިން ފަަދައެވެ. ހައިޒަލް އެއްފަރާތެއްގައި އެ މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެން ހުރިއިރު އެ މޫނުމަތިން ތަފާތު އަސަރެއް ނުފެނުނެވެ. އެއީ ކޮންމެ ދުވަހަކު ފެނި ހައިޒަލްއަށް އާދަވެފައިވީ މަންޒަރުތަކެކެވެ. ތުއްތުއިރުއްސުރެ ރިހާނާ ހައިޒަލް ދުރުކޮށްގެން ގެންގުޅުނުއިރު ރިހާނާ ހުންނަ […]
އައި ނޯ އައި ކޭން ޓްރީޓް ޔޫ ބެޓަރ، ބެޓަރ ދޭން ހީ ކޭން، ބެޓަރ ދޭން ހީ ކޭން،” ލިބާން، ލަވަ ކިޔާ ނިންމާލުމުން މުޅި ތަން ހީވީ ކެކި އަރައިގަތް ހެންނެވެ. ކޮންމެ މީހަކުވެސް އެމީހަކަށް ލެއްވުނު އެންމެ ގަދައަކަށް އަޑު ލައްވަމުން ދިޔައިރު އެތަނުގައި އެކަކު ދައްކާ ވާހަކައެއް އަނެކަކަށް އަޑު ނީވޭނެކަން ގައިމެވެ. ” އާދެ! އެތައް ދުވަހަކަށް ފަހު އަނެއްކާވެސް ތަފާތު، ފާހަގަކޮށްލެވޭ ފަދަ ޝޯއެއް ފެށުމުގެ ޝަރަފު، އަނެއްކާވެސް […]