Skip to content
އެސްފިޔަ

14 ބުނެދޭށޭ ރުހެމޭ

“ޝަލީ ބުނެބަލަ އަހަރެން ކޮށްނުދެނީ ކޮންކަމެއް؟… މިހެން އުޅުމަކީ އަހަންނަށްވެސް ވަކި ފަސޭހަކަމެއް ނޫނޭ… އަހަރެންގެ ހައްްްގަކަށްވާއިރުވެސް އަހަރެން ކެތްކުރާވަރު ޝަލީއަށް އިނގޭނެނަމަ…” މަޔާން ޝަލީންއާއި ދިމާލަށް އެނބުރުނުއިރު އެ ދެލިކޮޅެއްފަަދަ ލޮލުގައިވަނީ ކަރުނައެވެ. ކަރުނައާއި އެކުވެގެން އެ ލޮލުން ފެނި ވޭނުން ޝަލީންގެ ހުރިހާ ހިއްސުތަކެއް ވަކިވެގެންދިޔަހެން ހީވިއެވެ.

“އިޒް އިޓް ބިކޯޒް އޮފް ޔުއަރ ޑޭޑް؟” މަޔާން ސުވާލިކޮށްލިއިރު އެ ވަރުގަދަ ބުމަ ގޮށްޖެހިގެން ދިޔައިރު އެ ލޮލުން ރުޅިވެރިކަމުގެ އަސަރުތަށް ފެނިލިއެވެ. ޝަލީންގެ ހިމޭންކަން މަޔާންއަށް ޖަވާބަކަށް ފުދުނުއިރު މަޔާން ގޮށްމުކަވާފައި ރެއިިލިންއަށް ބޭލި އެތިފަހަރުން ޝަލީންގެ ހިތްވެސް ގުޑައިގެންދިޔަފަދައެވެ. ކުރިއަށް އަޅާލި ފިޔަވަޅާއިއެކު މަޔާންގެ އަތުގައި ހިފަހައްޓާލިއިރު މަޔާން ޝަލީންއަށް ބަލާލީ ރުޅިވެރިކަމާއިއެކުގައި ފިއްސާލާފަދަ ނަޒަރަކުންނެވެ.

“ޔުއަރ ޑޭޑް އެންޑް ހިޒް ޑޭމް އެންގަރ…” މަޔާން ދަތްކުނޑިވިކައިލައިގެން ހުރިއިރު އަމިއްލަ ނަފްސު މައިތިރިނުކުރެވިފައި ހުރިކަން ނަގައިގަނެވި ޝަލީން ވަގުތުން އައިސް މަޔާންގެ ހަށިގަނޑުގައި ފަހަތުން ހިފައިގަތެވެ.

“ޔާން އަންޑަރސްޓޭންޑްވެބަލަ ޝަލީއަށް އުނދަގޫވާނެވަރު… މަންމަ ކުރީ ދުވަހު އެވާހަކަ ދެއްކިއިރު ރިގްރެޓްވީވަރުން ބުނާނެ އެއްޗެއްވެސް ނޭނގުނު… މަންމަ އެވަރަށް އިތުބާރުކުރާއިރު އެ އިތުބާރު ޝަލީ ނަގާލިތާ ކިތަންމެ ދުވަހެއްވެއްޖެކަން އިނގޭދުވަހު މަންމަގެ ހިތަށް ކިހާ އަަސަރެއްކުރާނެ… ޔާން… ޝަލީއަށްވެސް ފަސޭހައެއްނޫނޭ… ތެދެއް ބުނާނަމަ މިލޯބީގެ ސަބަބުން ރިގްރެޓްކުރެވޭވަރެއްވެސް ނޭނގެ… އައި ލަވް ޔޫ… އެކަމަކު ޔާންދެކެ ލޯބިވުމަކީ ހާދަ އުނދަގޫކަމެކޭ… ކުށްވެރިކަމުގެ އިހުސާސްތަށް ކޮންމެ ދުވަހަކު މިހިތް ނުތަނަވަސްކުރުވާ…” ޝަލީންގެ މޫނު މަޔާންގެ ބުރަކަށީގައި ޖައްސާލިއިރު އެ ލޮލުން އޮހުނު ވޭނީ ކަރުނަތައް މަޔާންގެ ޓީޝާޓް ތެރެއަށް ފޭދިގެންދިޔައެވެ. މަޔާން އެވަގުތުު ފަސްއެނބުރިބަލާލިއިރު ޝަލީންގެ ލޮލާއި ހަތަރުކަޅި ހަމަވީގޮތަކުން ހިތްވިރިގެންދިޔަހެން ހީވިއެވެ. ކަރުނައާއި ކުށްވެރިކަމުގެ އިހުސާސްތަށް އެލޮލުގައިވީ ވޭނީ އަސަރުތަށް ދެގުނަކޮށްލައިފައި ވެއެވެ.

“މިހުރިހާކަމެއްވާންޖެހެނީ ޝަލީގެ ބައްޕަގެ އީގޯއާއިހެދި… ދެއާއިލާގެ ދެމެދުގައި ރޯވެފައިވާ އަލިފާންގަނޑު ބޮޑުކުރަނީވެސް ޝަލީގެ ބައްޕަ… ޒާތި ހަސަދައާއި ރުޅިވެރިކަމުގެ ސަބަބުން ކަމަކަށް ނުވާފަދަ މައްސަލައެއް މިހިސާބަށް ގެނައި ފަރާތަކީ އެއީ… ޕްރޮސިިކިއުޓަރެއްގެ ހައިސިއްޔަތުން ބައްޕަ އަދާކުރި ޒިންމާ ޝަލީ ބައްޕަގެ ނަޒަރުގައި ކުށަކަށްވީ ކީއްވެކަމެއްނޭނގެ… ވިޔަފާރިވެރިޔާއަށް ލިބޭނެ ގެއްލުމަކަށް ބަލާފައި މައްސަލައާއިގެން ކުރިއަށް ނުދިޔުމަކީ ޕްރޮސިކިއުޓަރުންގެ އުސޫލެއްނޫން…” މަޔާން ޝަލީންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެގެން ވާހަކަދެއްކިއިރު އެ ބުމަގޮށްޖެހިގެން ދާގޮތުންނާއި ދަތްތަކަށް ބާރުކޮށްލާގޮތުން މަޔާން ވަރަށް ގަދަޔަށް ރުޅިއައިސްފައި ހުރިކަން ޝަލީންއަށް ނަގައިގަނެވުނު އިރު މަޔާންގެ ކޮންމެ ޖުމްލައަކުން ޝަލީންގެ ހިތަށް އުނދަގޫވިއެވެ. ހަގީގަތަކީ އެއީކަމަށް ވީނަމަވެސް އެވާހަތަށް ޤަބޫލުކުރަން ހިތް ދެކޮޅުހެދިއެވެ.

“ބަދަލުހިފަން ބޭނުންނަމަ އަހަރެމެންގެ އާއިލާއަށްވެސް ކުރެވޭނެ ކަންތައް ހުންނާނެ… ޝަލީގެ ބައްޕަ ފެތުރި ދޮގުވާހަކަތަކުން ބައްޕަގެ ކެރިއަރަށް އެޅުުނު ބިޔަވިލާގަނޑުގެ ސަބަބުން ބައްޕަ ދެކެމުންދިޔަ ހުވަފެންތަކަށް ވެގެންދިޔަގޮތް… އެކަމުން ހިތްދެމި ބައްޕަގެ ހުވަފެންތަށް އަލުން ބިނާކުރުމަށް ކުރަންޖެހުނު މަސައްކަތް އަހަރެން ހަނދާން އެބަހުރި… ވީއިރު ޝަލީ ބައްޕަގެ ފަރާތުން އަހަރެންވެސް ބަދަލުހިފަންވީނު…” މަޔާންގެ އަތްމުށްކެވިގެންދިޔައިރު އެ ލޮލުން ފެނިލި ކުލަވަރުންވެސް ޝަލީންގެ ހިތުގައި ނުތަނަވަސްކަމެއް ހިނގާލިއެވެ. އެހާ ފާޅުކަން ބޮޑުގޮތެއްގައި މަޔާން އެވާހަކަތައް ދެއްކި ފުރަތަމަ ފަހަރަށްވީއިރު އެ މޫނުމަތިން ފެނިލި ރުޅިވެރިކަން ޝަލީންގެ ހިތުގައި ބިރުވެރިކަމުގެ ވިންދެއް ޖަހާލިއެވެ. ނަފްރަތާއި ރުޅިވެރިކަމަކީ އިންސާނާ ބަދަލުކޮށްލާއި އެންމެ ބާރުގަދަ ހަތިޔާރެވެ. އެ އިހުސާސްތަށް ހިތުގައި އުފެދިގަތުމަކީ އިންސާނާގެ ހަލާކެވެ.

“ޔާން…” ޝަލީންގެ އަޑުގައިވީ ތުރުތުރުލުމާއިއެކު މަޔާންގެ ނަން ކިޔާލިއިރު އެލޮލުން ފެނިލި ސިހުމުގެ ކުލަވަރުން މަޔާންގެ ހިތަށް ތަފާތު އަސަރެއްކުރިއެވެ.

“އަހަރެންނަށް ބަދަލުހިފަން ހަތިޔާރެއްގެ ގޮތުގައި ހިތަކަށް ޝަލީން ލިބިފައިހުރިއިރު އަހަރެން އެގޮތަކަށް ކަންތަކެއްނުކުރަމެއްނު… ސަބަބަކީ އަހަރެން ޝަލީދެކެ ލޯބިވާތީ… އެހާ ރަހުމްކުޑަ އިންސާނަކަށްވާން ބޭނުންނުވާތީ…” މަޔާން ޝަލީންގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން ހުރެ ވާހަކަދެއްކިއިރު އެއަޑުގައިވީ އަސަރަކުން ޝަލީންގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް އަސަރުކުރިއެވެ. ކޮންމެވެސް ސަބަބަކާއިހެދި އެވަގުތު އިންތިހާ ރައްކާތެރިކަން އިހުސާސްކުރެވުނުއިރު ލޮލުން ކަރުނަ ފާއްދާލީ މަޔާން އޭނަ ދެކެ ލޯބިވާވަރު އިޙުސާސްވެފައެވެ. ނަމަވެސް މަޔާންއަށް އެކަރުނަތައް މާނަކުރެވެނީ އެހެން ގޮތަކަށެވެ.

“މި ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް އޮހުރުވާނުލާފާނަންތަ؟ ޝަލީ ބޭނުންގޮތެއް ބުނެބަލަ… ކިތަންމެ އުނދަގޫވިޔަސް ޝަލީ ބޭނުންވާވަރަކަށް ދުރުމިންދޭން އަހަރެން މިހުރީ… ސަބަބަކީ ޝަލީގެ ހިތަށް ކުޑަވެސް އަނިޔާއެއް ލިބެން އަހަރެން ނޭނދޭތީ…” މަޔާން ޝަލީންގެ ކަރުނަތައް ފުހެލަދެމުން ވާހަކަދެއްކިއިރު އެ ލަފްޒުތަށް ބުނަން ކިތަންމެ ވަރަކަށްވެސް އުނދަގޫވިއެވެ. އެއްވެސް ހާލެއްގައި ޝަލީން ދިޔަދޭކަށް އޭނަ ބޭނުމެއްނޫނެވެ. ޝަލީންއަކީ އޭނާގެ ހިތުގެ ވިންދަށް ވާއިރު ޝަލީންއާއި ދުރުގައި އުޅުމަކީ ހިތަށް ކެތްވާނެކަމެއްނޫނެވެ.

އޭރު ޝަލީން ރޮއެރޮއެ ހުރެފައި މަޔާންގެ މޫނަށް ބަލާލިއިރު އެ ލޮލުގައިވީ ރިހުންފެނި ހިތުގައި ރިއްސާލިއެވެ. މަޔާން އޭނައަށްޓަކައި އެހާ ގުރުބާންވާއިރު މަޔާންއާއި ވަކިވާން ބުނެވުނީތީ އަމިއްލަ ނަފްސުކުށްވެރިކުރެވުނެވެ. ހިނދުކޮޅަކަށް މަޔާންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެފައި ޝަލީންގެ ލޮލަށް ގިނަވި ކަރުނަތަކާއިއެކު މަޔާންގެ އަތުތެރޭ ބޮނޑިވެގަތެވެ.

“ރިގްރެޓްކުރެވުނުވަރުން އެހެން ބުނެވުނަސް ޔާންއާއި ވަކިވާން ދުވަހަކު ބޭނުމެއްނުވޭ… ކޮންމެ ހާލެއްގައިވެސް އެކުގައިވުން ދުއާއަކީ… ޔާން ދުވަހަކު އަހަރެން ދޫކޮށްނުލައްޗޭ…” ޝަލީން މަޔާންގެ މޭގައި މޫނު ޖައްސާލައިގެން ހުރެ މަޔާންގެ ހަށިގަނޑުގައި އަތްވަށާލީ ދުވަހަކު ދުރަށްދާން ބޭނުމެެއްނޫނޭ ބުނާފަދަ ގޮތަކަށެވެ.

“ދުވަހަކުވެސް ދުލެއް ނުކޮށްލާނަން… އެހާ ލޯބިވޭ…” މަޔާންގެ ދެއަތް ޝަލީންގެ ހަށިގަނޑު ވަށާލެވިގެންދިޔައިރު ޝަލީންގެ އިސްތަށިގަނޑުގައި މޫނު ޖައްސާލިއެވެ.

ހިނދުކޮޅަކަށް ދެމިގެންދިޔަ ބައްދާލުމަށްފަހު ދެ ޒުވާނުން ދުރުވެލިއިރު ޝަލީން މަޔާންގެ މޫނުގައި ފިރުމާލަމުން އެރީތި މޫނަށް ބޮސްދިނެވެ.

ދެލޯބިވެރިންނަށް ލިބިފައިމިވާ ދުވަސްކޮޅު މުޅި ދުނިޔެއަށްވެސް ސިއްރުން މަޔާންއަށް އޭނަގެ އެންމެ ފުރިހަމަ ލޯބިދޭން ޝަލީން ނިންމީ އެވަގުތުކޮޅުއެެވެ. ބާރުވެރިކަން، ގުޅިފައިވާ އެދެފުރާނަ ވަކިކުރުވުމުގެ ކުރިން ހުރިހާ އުފަލެއް މަޔާންއަށް ހޯދައިދެން ޝަލީން ބޭނުމެވެ. ފާއިތުވެގެންދާ ކޮންމެ ހިމޭން ދުވަހަކާއިއެކު ހިތުގައި ވަކި ހިއްޕާލާފައިވާ ބިރުވެރިކަން ނަފްސުގެ މައްޗަށް ގަދަވަމުން އަންނައިރު ހިތްވަރުގަދަކުރަން އޭނަ ބޭނުމެވެ. ފާއިތުވެގެންދާ ކޮންމެ ވަގުތަކީ އެދެލޯބިވެރިންގެ ލިބިގެންދާ އިންޒާރެކެވެ.

**********************

އިރާކޮޅުގެ ވަގުތު ނިމިގެންދިޔައިރު ބޮޑެތި ވިލާތަކުން އުޑުމަތި ބައްދާލާ ދުނިޔެމަތީ ކަޅު ސާލެއް އޮޅާލީ ރޭގަނޑުގެ އަނދިރިކަން އިތުރަށް ފުންކުރުވަމުންނެވެ. ބުރަހެލި ވިލާތަށް އުޑުމަތި ބައްދާލިގޮތަށް ބާރުވަޔާއިއެކީ އިންޒާރަކާއި ނުލާ ހިމަފޮދުވާރޭގެ ހަމަލާތަށް ދުނިޔެއަށް އަމާޒުވެގެން ދިޔައެވެ. ވާރޭ އެންމެ ބޯކޮށްލި ވަގުތު ނައިނާ ޕެންޓްހައުސްގައި އެރިއިރު ޕެންޓް ހައުސް ތެރޭވެސް އެއްއަޑަކަށް ގުގުމާލައިފައިވީ ވާރޭ ވެހޭ އަޑެވެ. ރޭގަނޑުގެ މިވަގުތު ޕެންޓް ހައުސްގައިވަނީ ވަރަށްވެސް ފަނޑުއަލިކަމެވެ. ރޭގަނޑުގެ ވަގުތުކަމަށްވުމުން މުޅި ޕެންޓްހައުސް ހިމޭންވެފައިވީއިރު މީހެއްގެ ހިލަމެއްވެސް ނެތެވެ. ނައިނާ އިރުކޮޅެއްވަންދެން އެ ހިމޭންކަމުން ހިތްހަމަޖެހުން ލިބިގަންނަން ހުރެލުމަށްފަހު ޕެންޓް ހައުސް ލައިޓްތަށް ދިއްލައިލައިފިއެވެ. ލޮލަށް އުނދަގޫވާފަދަ ގަދަ އައްޔަކުން މުޅި ޕެންޓްހައުސް ދިއްލިގެން ދިޔައިރު ނައިނާއަށް ދެތިންފަހަރަކު އެސްފިޔަތަށް ހަރަކާތްކޮށްލަން މަޖުބޫރުވިއެވެ. އެއާއިއެކު ނައިނާ ކެތްތެރިކަން ކުޑަވެފައިވާގޮތަކަށް ތަންތަން ފާސްކުރަންފެށީ އެއްޗެއް ގެއްލިގެން ހޯދާފަދަ ގޮތަކަށެވެ. އެގޮތުގައި އިރުކޮޅެއްފާއިތުވެގެންދިޔުމަށްފަހު ކޮފީ މެޝިން ކައިރީގައި ވައިބްރޭޓްވަމުންދިޔަ ފޯނު ނައިނާގެ ލޮލުގައި އަޅައިގަތްއިރު އެ މޫނުމަތިން ހިތްހަމަޖެހުމުގެ އަސަރުތައް ފާޅުވިއެވެ. އެއާއިއެކު އެއްއަތުން ފޯނު ނަގަމުން ނައިނާ ބޯބިއްލޫރިގަނޑުގައި މޫނު ޖައްސާލަމުން ބޭރު ބަލާލިއެވެ. އެވަގުތު އަނގަޔަށް ގޮތެއް ހަދާލެވުނީ ހިނދެއް ހިނދަކަށް ވާރޭ ބޯކުރަމުން ދިޔަކަން ފާހަގަކުރެވިފައެވެ.

“އަޅޭ… ވާރޭވެސް ބޯކޮށްލީ… ތެމިގެން ކަންނޭނގެ ގެއަށް ފޯރާނީވެސް…  މި މާލޭގައި އަވަސް ރަހުމަތެއްގައި ޓެކްސީގަނޑެއްވެސް ނުލިބޭނެ…” ނައިނާ މޫނަށް ގޮތެއް ހަދާލައިގެން ހުރެ ކުދި ކިޔާލިއެވެ.

ނައިނާ އިރުކޮޅެއްވަންދެން ވާރޭވެހޭ މަންޒަރު ބަލަންހުރެލުމަށްފަހު ޕެންޓްހައުސްއިން ނިކުންނަން ހިނގައިގަތްއިރު ފިޔަވަޅުތަށް ހުއްޓުނީ ހައިޒަލްއަށް ހާއްސަކުރެވިފައިވާ ބަޔާއި އަރާހަމަވެފައެވެ. މިރޭ އެބައިގެ ދޮރުހުޅުވާލެވިފައިވާއިރު އެތަނުގައިވަނީ ފަޑުއަލިކަމެކެވެ. އަބަދު ތަޅުލައިފައިވާ އެބައިގެ ސިއްރު ހޯދަން ޝައުގުވެރިވެފައި ހުރިވަރުން ނައިނާ ދޮރުން އެތެރެއަށް ފިޔަވަޅެއް އެރިއިރު މަޑުމަޑުން ކުރިއަށްދާންފެށީ ވަށައިގެން ނަޒަރު ހިންގަމުން ހުރެއެވެ.

ހައިޒަލްއަށް ހާއްސަކޮށްފައިވާ ބައި ފުދޭވަރަކަށް ތަނަވަސްއިރު ބޮޑު ލިވިންރޫމްގައި އަޅިކުލައިގެ ސޯފާތަކުން ފަޅުފިލުވާލައިފައިވާއިރު ސޯފާގެ ކުރިމައްޗަށްވާ ފާރުގައި ބޮޑު ފަތިޓީވީއެއް ހަރުކޮއްލާފައިވެއެވެ. އެއްފަރާތެއްގައި ބަހައްޓާލެވިފައިވާ ބިއްލޫރި ރެކްގައި ފައިލްތަކާއި އެކިއެކި ހަނދާނީ ހަދިޔާތަކާއި ފޮޓޯ ފްރޭމްތަށް ތަރުތީބުކަމާއިއެކު ބަަހައްޓާލެވިފައިވެއެވެ. ބެލްކަންޏަށް ނިކުމެވެން އިން ބިއްލޫރި ފާރުގައި ބޯ ފަރުދާއެއް ދަމާލެވިފައިވާއިރު ފާރުތަކުގައިވާ ވޯލްފޭފަރގައި މަޑުއަޅި ކުލައެއް ވުމުން ލޮލަށް ފަަސޭހަަކަމަށްދައްކައެވެ.

އެއްފަރާތެއްގުގައި މައްޗަށް އެރުމަށް ހާއްސަކޮށް ލަކުނޑިން ފަރުމާކުރެވިފައިވާ ސިޑިބަރީގެ ފަރުމާ ރީތިކަމުން އާސޯހުވާވަރުވެއެވެ. ސިޑިއާއި ދިމާލުން ވަދެވެން ހުރި ކޮޓަރީގެ ބޮޑު ދޮރު ވަނީ ހުޅުވާލެވިފައެވެ.

ނައިނާ ގަޔާވެފައިހުރެ އެތަނުގެ ވަށައިގެން ނަޒަރު ހިންގިއިރު ތަނުގެ ރީތިކަމުން އާސޯހުވާވަރުވިއެވެ. އާރކިޓެކްޗަރުންގެ މިންނެތް މަސައްކަތަށް ހިތާހިތުން ތައުރީފުކުރެވުނެވެ. އެވަގުތު މާބްލްމަތީ ބާރަށް އެއްޗެއް ޖެހުނު އަޑުން ތަނުގެ ހިމޭންކަން ނަގާލިއިރު ނައިނާގެ ހަށިގަނޑުގެ ހުރިހާ ލޯލިތަކެއް ކޮއްޅަށް ޖެހިގެންދިޔައެވެ. އެއާއިއެކު ނައިނާ ސިހިފައި ފަސްއެނބުރިބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. އޭރު އެ ހިތް ތެޅެމުންދިޔަލެއް ބާރުކަމުން ބޭރަށްވެސް އަޑުއިވޭނޭހެން ހީވެއެވެ. އެއަޑު އިވުނީ ސިޑިކައިރީގައި ހުރި ކޮޓަރިންކަން ޔަގީންވިއިރު ނައިނާ މޭގާ އަތްއަޅާލައިގެން ހުރެ އެ ކޮޓަރިއާއި ދިމާލަށް ފިޔަވަޅުތަށް ނަގަންފެށިއެވެ. އޭރު އެދެލޮލުން ފެންނަމުންދިޔަ ސިހުމުގެ ކުލަވަރާއިއެކު ހިމޭންވެފައިވާ މާހައުލަށް ބަލަމުންދިޔައީ ޖެހިލުންވެފައި ހުރެއެވެ.

އެ ކޮޓަރިއާއި އަރާހަމަވިތަނާ މަޑުމަޑު ކުކުރުމެއްގެ އަޑު ނައިނާގެ ކަންފަތުގައި ޖެހުނުއިރު ނައިނާ ވަގުތުން ހުޅުވާލެވިފައިވާ ދޮރު ބޮޑަށް ކޮއްޕާލަމުން ކޮޓަރިއަށް ވަދެގަތެވެ. އެއާއިއެކު ލޯކުރިމަތިން ފެނުނު މަންޒަރަކުން ހިނދުކޮޅަކަށް މީހާ ހުއްޓުން އެރިއިރު އެ މޫނުމަތިން ތަފާތު އަސަަރުތަކެއް ފެނިލިއެވެ.

ކޮޓަރީގެ މެދަށްވާގޮތަށް ބަހައްޓާލެވިފައިވާ ކިންގް ސައިޒް އެނދުގައި ހައިޒަލް އޮތްއިރު ކުރެހިފައިވާ އަޑުން ހުއްޓުމެއްނެތި ކުކުރަމުންދިޔަގޮތުން ކޮންމެވެސް ވޭނެއް ތަހައްމަލް ކުރަމުންދިޔަހެން ހީވެެެއެވެ. އޭސީގެ އެންމެ ފިނިކަމުގައިވެސް އެ ތަނަވަސް ނިއްކުރިމަތީގައާއި ކަނދުރާގައި ދާތިކިތަށް ވިދަމުން ދިޔައެވެ. ރީތިމޫނު ހުދުވެގެންގޮސް މޫނުގައި އެންމެ ލޭކޮޅެއްވެސް ނެތްހެން ހީވާއިރު ކުލަފަޑުވެފައިވާ ތުންފަތް ރޫރޫއަޅަމުންދިޔައެވެ. ބޯ ސޫޓްއެއްގައި އޮތްއިރުވެސް ބަލިކަށިވެފައިވާ ހަށިގަނޑު ހުއްޓުމެއްނެތި ތުރުތުރުލަމުންދިޔައެވެ.

ކުރިއަށް އަޅާލި ފިޔަވަޅާއިއެކު ނައިނާގެ ލޮލުގައި އަޅައިގަތީ ދުރަށް ވިއްސައިގެން ގޮސްފައި އޮތް ސައިޑްލޭމްޕްއެވެ. އެއާއިއެކު އިވުނު ބާރުއަޑުފަށްގަނޑުގެ އިވުނު ސަބަބަކީ އެއީކަން ދެނެގަންނާކަށް ނައިނާއަށް ގިނަވަގުތެއް ބޭނުމެއް ނުވިއެވެ.

“ހައިޒަލް….” ނައިނާ ހައިޒަލްއާއި ގާތަށް ފިޔަވަޅެއް އަޅާލިއިރު ހައިޒަލް ތަހައްމަލްކުރަމުންދިޔަ ވޭން ފެނިފައި މެޔަށް ބާރުވެގެން އައިފަދަ އިހުސާސްއެއްކުރެވުނެވެ. މިވޭތުވެދިޔަ ދެތިން ދުވަސް ނައިނާއަށް ހައިޒަލް ނުފެނި ފާއިތުވެގެންދިޔަނަމަވެސް ހައިޒަލް މިފަދަ ހާލެއްގައި ވެދާނޭކަމަށް ނައިނާ ހިއެއްވެސް ނުކުރެެއެވެ.

“ދޮންތާ… ދޮންތާ…” ތުރުތުރުއަޅަމުން އަޅަމުން ދިޔަ އަޑަކުން ހައިޒަލް ބުނެލި ބަސް ނައިނާއަށް ކުޑަކޮށް ސާފުވިއިރު އެއާއި ވިއްދައިގެން ހައިޒަލް އެއްޗެކޭ ކިއީ ނަމަވެސް ސާފުނުވީ އެއަޑުގައިވީ ތުރުތުރުލުމުގެ ބޮޑުކަމުންނެވެ.

“ހައިޒަލް…” ނައިނާ ހިފާލީ ހައިޒަލްގެ ފިނިވަމުން އައިސް ގަނޑުފެންކޮޅަކަށްވެފައިވީ އަތްތިލައިގައެވެ. އަނެއްއަތް ހައިޒަލްގެ ނިއްކުރީގައި ޖައްސާލިއިރު އަތަށް ވީ ހޫނާއިއެކު ނައިނާ އަވަހަށް އަތްތިލަ ދަމައިގަތެވެ. އެވަގުތު ހައިޒަލް ކުޑަކޮށް ލޯ ހުޅުވާލަމުން ނައިނާގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. އެލޮލުން މިރޭ ފެންނަމުންދިޔަ އެތަށް އަސަރުތަކެއްގެ ސަބަބުން އެ މޫނު ފެންނަނީ ހިތާމައިގެ ރީތި ތަސްވީރެއްހެންނެވެ. ފެންކަޅިވެފައިވާ އެ ރަތް ލޭކޮޅެއްފަދަ ލޮލަށް ބަލާލި މީހަކަށް އަސަރު ނުކޮށްނުދާނެއެވެ. އެ ވޭނީ ލޮލުގެ އެންމެ ނަޒަރަކުން ނޭނގިހުއްޓާ ނައިނާގެ ހިތަށްވެސް ބާރުވެގެންއައެވެ.

ހައިޒަލް ނައިނާގެ މޫނަށް ނަޒަރު ހުއްޓައިލައިގެން އޮވެ ދެތިން ފަހަރަކު އެސްފިޔަތަށް ތަޅުވާލިއެވެ. އެއާއިއެކު އޭނާގެ ނަޒަރުހުއްޓުނީ ނައިނާގެ އަތްތިލައާއި ގުޅިފައިވާ އޭނާގެ އަތަށެވެ. ހައިޒަލް މަޑުމަޑުން ނައިނާ އޭނާގެ ގަޔާއި ދިމާލަށް ދަމާލިއިރު އަރިއަޅައިލައިގެން ނައިނާ ވެއްޓުނީ ހައިޒަލްގެ ގައިމައްޗަށް ކަހަލަގޮތަކަށެވެ. ދެޒުވާނުންގެ މޫނު ޖެހޭހާ ކައިރީގައިވީއިރު ހައިޒަލްގެ ހޫނު ނޭވާތަށް ނައިނާގެ މޫނަށް އެޅެންފެށިއެވެ. އެވަގުތު ހައިޒަލްގެ ދެއަތްތިލަ ނައިނާގެ ފަންއިސްތަށިގަނޑު ތެރެއަށް މަހާލަމުން އެދެމެދުގައިވީ ދުރުކަން ކުރިއަށްވުރެ ކުޑަކޮށްލިއެވެ. އެއާއިއެކު ހައިޒަލް ކޮށްލިކަމަކުން ނައިނާގެ ދެލޯ ބޮޑުވެގެންދިޔައިރު ހިނދުކޮޅަކަށް ނޭވާލާންވެސް ހަނދާންނެތުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (30)

  1. jiji

    Heii..me first dhw ..kiyaafa comment eh kohlaanan ingey dhirooo❤❤❤

    1. dhiraa wish
      jiji

      k

  2. SCARLET❤

    Omg.. haadha hiyy thelhey thanakun thi nimmaaly.. vvvvvv nice.. nxt prt v avahah up koh dhehchey… waiting..

    1. dhiraa wish
      SCARLET❤

      thnkx..insha allah

  3. jiji

    Alhey..dhemeehun kissed kurytha e..hehe..????????????haadhaa curious kohfa ey thi nimmaaly dhiraa lwbs..????????❤❤???????????????..I just luv it…u r so kind…v v ufaa vejje ehaa Bodah injury vegen ulhun iru vecan story genesdheythy..I really appreciate ur work grl..ly??

    1. dhiraa wish
      jiji

      hehehe thnks

  4. shara

    Alhey haadha hiyy thelhey hisaabakunney thi nimmaaly,,???? v v v reethi mi prt,, haadha lahey up vaaleh,,?? dhen in prt avahah up kohla dhehchey,, kiyaa hithun kehnuvey ??????????????????????????

    1. dhiraa wish
      shara

      thnks n swry.. dhiraa injury vegen n bxyy veema evarah typenulibenee…insha allah i won’t keep reader to wait

  5. Koo

    Dhiraaa alhe haadha riithi ey mi part. Masha Allah ❤️❤️❤️❤️. N after long time haizal, ?????

    1. dhiraa wish
      Koo

      hehehe thnkss

  6. Xaaan

    Alley hama rovijje haadha reehchey Masha Allah Masha Allah dhiraa haadha inthizaar kurevijjeyey vaahaka kiyaahithun kehmadhuvefa konme dhuvahaku heylaigen beley v ufaavejje up kohlyma thnx dear vvvvvvvvvvvvvvvv reethi story

    1. dhiraa wish
      Xaaan

      thnkx

  7. Laalu

    Oh v v v nice dhiraa whn nxt prt…. Enme kiyaa hiyvi thanun thi ninmaaliy thihn hadhaakah nuvaanu BTW whn nxt prt… Luv u m n m?????????????????❤️❣️????

    1. dhiraa wish
      Laalu

      hhehehe insha allah v avahah

  8. Next part please

    When next part?????????????
    Mi part vx vvvvvvvvvvvv furihama
    Masha Allah

  9. Daisy girl

    Dhiroo!!! Hama obi ????????????❤️❤️V.. Lwbi! Scarlet buni gothah hiy thalhu vaalaafa ???

    1. dhiraa wish
      Daisy girl

      heheeheh thnks

  10. Siyaa

    When next part?

    1. dhiraa wish
      Siyaa

      insha allah within one day

  11. Unknown

    Thank you dhiraa wish ?????

    1. dhiraa wish
      Unknown

      anytime

  12. Unknown

    It’s really very nice… ? ? love ur stories lots..

    1. dhiraa wish
      Unknown

      thnks

  13. hell

    dhira thy girl eh tha?

  14. BTS ??

    Wow… Varah reethi ???????????????Keep it up!

    1. dhiraa wish
      BTS ??

      thnkx

  15. Dhonthi

    Very nice part waiting for next part please upload fast

    1. dhiraa wish
      Dhonthi

      thnks. insha allah v avahah

  16. Suhee

    Varah reethi keep it up

    1. dhiraa wish
      Suhee

      thnkx

Comments are closed.