ވިންދޭ ލޯބި ތީ އެދޭ 44

- by - 77- April 11, 2019

” ހޫމް… އޯކޭ… އަހަރެން މިއުޅެނީ ހަމަ ނާއިލްއާ ގާތްވާހިތުން… ހެޕީ… ” އަޝްރާ ދެއަތުގައި ފުށް ހޭކުމަށްފަހު އަވަސް ހަރަކާތަކާއެކު ނާއިލްގެ މޫނުގައި ފިރުމާލަމުން ހުރިހާ ދަތްތައް ފެންނަ ވަރަށް ހިނިތުންވެލަމުން ވާހަކަ ދެއްކިއެވެ. ހީވެސްނުކޮށް ހުއްޓާ އަޝްރާގެ ފަރާތުން އެފަދަ އަމަލެއް ފެނުމުން ނާއިލް ހުރީ ދެން ގެންނަންވީ ހަރަކާތެއްވެސް ނޭނގިފައެވެ. ނާއިލްއަށް ވީގޮތް ފެނި އަޝްރާގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. ”އަޝްރާ… ” ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ ހިތްހަމަނުޖެހުން އެކުލެވިފައިވި ރާގެއްގައި އަޝްރާގެ ނަން ކިޔާލަމުން ނާއިލްވެސް އޭނަގެ އަތް ފުރާ ފުށް ނަގާ އަޝްރާ އާއި ދިމާލަށް އޭނަގެ އަތް މަޅާލިއެވެ. އެހެނަސް ހުޝިޔާރުކަމާއެކު އަޝްރާ އެއަމަލުން ރެކިގަތެވެ. ނާއިލްގެ ފަރާތުން އެފަދަ އަމަލެއް ފެނިދާނެކަމަށް އަޝްރާ ހުރީ ކުރިއާލާ ތައްޔާރުވެގެންނެވެ. ނާއިލް އަޝްރާ އަތުލެވޭތޯ މަސައްކަތްކުރަމުން ދިޔައިރު އަޝްރާ ދިޔައީ ނާއިލްގެ އަތު ނުޖެހިވޭތޯ ބަލަމުންނެވެ. އޭރު ބަދިގެ ތެރެއިން އިވެމުންދަނީ އަޝްރާގެ ލުއި ހުނުމުގެ އަޑެވެ. ގޭގައި އެކަކުވެސް ނޫޅޭތީ ދެމީހުން ސަކަރާތްޖަހަމުން ދިޔައިރުވެސް އެއްޗެކޭ ބުނާނެ މީހަކު ނޫޅެއެވެ. އަރީފް އާއި އާސިމާވެސް ވީ ރައްޓެއްސަކު ބަލިވެ އުޅޭތީ ގޮވާލަން ގޮހެވެ. ” އައި ވިލް ނޮޓް ސްޕެއަރ ޔޫ… ” ދެލޯ ހަނިކޮށްލައިގެން ހުރެ އަޝްރާއަށް ބަލައިލަމުން އެހެން ބުނެ ނާއިލް އަޝްރާގެ ފަހަތުން ދުއްވައިގަތެވެ. ނާއިލްގެ ފަރާތުން ސަލާމަތްވުމަށް ބަދިގެއިން ނިކުންނަން އުޅުނު އަޝްރާއަށް ނާކާމިޔާބުވީ ހުޝިޔާރުކަމާއެކު ފަހަތުން އައިސް ނާއިލް އޭނަ ހިފެހެއްޓުމުންނެވެ. ނާއިލް ފަހަތުން އަޝްރާގެ ހަށިގަނޑުގައި ހިފަހައްޓާ އޭނަގެ މޫނު އަޝްރާގެ މޫނުގެ ދެފަރާތުގައި ޖައްސާ ކާތާލިއެވެ. އެއާއެކު ނާއިލްގެ މޫނުގައި ހޭކިފައިހުރި ފުށްތައް އަޝްރާގެ ދޮން ކޯތާފަތުގައި ހޭކިގެން ދިޔައެވެ. އޭރު އަޝްރާ ދިޔައީ ނާއިލްގެ ކިބައިން ސަލާމަތްވުމަށް މަސައްކަތްކުރަމުންނެވެ. އެހެނަސް އޭނައަށް އެކަން ކާމިޔާބުނުވަނީ ނާއިލް އޭނަގެ މެދުހަށީގައި މާބަރަށް ހިފަހައްޓާގައި ހުރުމުންނެވެ.

ކުރެވެމުން ދިޔައީ ތަފާތު އިހުސާސެއްކަމުން އަޝްރާއަށް މަޑުޖެހިލެވުނެވެ. ނާއިލް އާއި އެހާ ގާތުގައިވުމުން އޭނައަށް ބުނެދޭން ނޭނގޭ ގޮތްތައް ވެއެވެ. އަޝްރާ މަޑުޖެހުމާއެކު ނާއިލްއަށްވެސް މަޑުޖެހިލެވުނެވެ. އަޝްރާއާއެކު ހުރެވުނު ގާތްކަން އިހުސާސްވީ އަދި ކިރިޔާއެވެ. އޭނައަށް އެހުރި ގޮތަށް ހުރެ އަޝްރާއަށް ނަޒަރެއް ދެވުނެވެ. އަޝްރާގެ މެދުހަށީގައި އޭނަގެ ދެއަތް ވަށާލެވިފައިވީއިރު ދެމީހުން ތިބީ ޖެހި ފިތިގެންނެވެ. އޭނާ އަޝްރާގެ މޫނާއި ދިމާލަށް ބަލަހައްޓާއިގެން ހުއްޓާ އަޝްރާ އެހުރި ގޮތަށްހުރެ ކުޑަކޮށް ފަސްއެނބުރި އޭނަގެ މޫނަށް ބަލައިލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު ދެހިތުގެ ހިނގުމަށްވެސް ބަދަލުގެނުވިކަން ގައިމެވެ. ނާއިލްގެ އަސަރުގަދަ ދެލޯ އޭނައަށް ހުއްޓިފައިވި މަންޒަރުފެނި އަޝްރާގެ އަތްފައި ފިނިވެގެން ދިޔައެވެ. އެދެލޮލުން ނަޒަރު ވަކިކޮށްލުންވީ އޭނައަށް ނާދިރުކަމަކަށެވެ. ދެމީހުނަށްވެސް އެހެން ތިބެވުނީ ކިހާ އިރަކު ކަމެއްވެސް ނޭނގެއެވެ. އެކަކު އަނެކަކު ހޫނު ނޭވާ މޫނަށް އެޅެމުން ދިޔައިރު ދެމީހުންވެސް ތިބީ އިތުރު ހަރަކާތެއް ގެންނަން ނޭނގިފައެވެ. އެކަކު އަނެކަކަށް ނަޒަރު ހުއްޓާލައިގެން ތިބި މީހުނަށްވެސް ސިހިފައި އަވަހަށް ދުރުވެވުނީ ސިޓިންރޫމުން އިއާން އާއި މިންހާ ވާހަކަ ދައްކަމުން އަންނަ އަޑު އިވިފައެވެ. ދެމީހުންވެސް ހާސްވެފައި އެކަކު އަނެކަކަށް ބަލައިލީ އެދެމީހުނާއި ބަދިގެތެރެ އޮތް ގޮތުންނެވެ. ހަމަގައިމުވެސް މިފަހަރު އިއާން އާއި މިންހާގެ ސުވާލުތަކާއި އެދެމީހުނަށްވެސް ކުރިމަތިލާން ޖެހޭނެއެވެ. ކަންތައް ކުރަންވީ ގޮތެއް ނޭނގި ތިއްބާ އިއާން އާއި މިންހާ އައިސް ބަދިގެ ދޮރުމަތީގައި ހުއްޓިލިއެވެ. ” އަޝޫ… ތުއްތު… މިއޯ ކޮންކަމެއް… އަޅެ އަހަރެމެންނަށް ބުނެވުނީ އަންނަންވާއިރަށް އެކަކު އަނެކަކު ގަޔަށާ މުޅި ބަދިގެއަށް ފުށް އަޅާށޭތަ… ” ބަދިގެ ދޮރުމަތީގައި ހުއްޓިލުމާއެކު އެތަނުގެ ހާލަތާއި އަޝްރާ އާއި ނާއިލް ހުރި ގޮތް ފެނި މިންހާއަށް ދެލޯ ބޮޑުކޮށްލަމުން ބުނެލެވުނެވެ. ” ސާބަސް އިނގޭ ދެމީހުނަށް.. މިދެމީހުން އެކަނި ބަހައްޓާފަ ގޮސްގެން އަހަރެމެނަކަށް ފަސޭހައެއްނުވާނެ މިންނު… ބަލާބަލަ ބަދިގެތެރެ އޮތް ގޮތް… މިވީ ގޮތުން ފުރަތަމަ މިތަން ސާފު ކުރާކަށްނު މިޖެހުނީ… ” ދެފަރާތަށް ބޯ ހޫރުވާލަމުން އިއާން ވާހަކަ ދެއްކިއެވެ. ” އަޝްރާގެ ކަންތަކޭ… އަޝްރާ ފެށީ ފުރަތަމަ… ” ނާއިލް އަވަސް އަވަހަށް ބުނެލިއެވެ. ” އޯހް ރިއަލީ… ނާއިލްގެ އަނގަ ގަދަކަމުން އެހެން ކަންތައް ކުރަންޖެހުނީ…” އުނަގަނޑުގައި ދެއަތް އަޅުވާލައިގެން ހުރެ ދެލޯ އަޅާލަމުން އަޝްރާ ވާހަކަ ދެއްކިއެވެ. ” އަހަރެން ކޮންމެ އެއްޗެއް ކިޔަސް އަޝްރާ ނުޖެހޭ ދޯ ފުށް ހާކާކަށް… ” ނާއިލްވެސް ދޫދޭކަށް ބޭނުމެއްނުވިއެވެ. ”ހާކާނަން… އަދިވެސް ހާކާނަން.. ” އައި ރުޅީގައި އެހެން ބުނެ އަޝްރާ އަތުގައި ހުރި ފުށްތައް ހާކާލުމުގެ ބޭނުމުގައި ނާއިލްގެ އިސްތަށިގަނޑު ހާވާލިއެވެ. ” ވަޓް ދަ… ” އަޝްރާގެ އެއަމަލުން ހިތްހަމަނުޖެހުނު ވަރުން ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެ އެހެން ބުނެ އޭނަގެ އަތުގައި ހުރި ފުށްތައް އަޝްރާގެ މޫނުގައި ހާކާލިއެވެ.

” އިނަފް.. ސްޓޮޕް އިޓް… ” ދޮރު މަތީގައި މަޑުކޮށްލައިގެން ތިބި މިންހާ އާއި އިއާންއަށް އެއްފަހަރާ ބުނެލެވުނެވެ. މިންހާ އާއި އިއާންގެ އަޑަށް އަޝްރާ އާއި ނާއިލްގެ ހަރަކާތްތައްވެސް މަޑުޖެހުނެވެ. ” ކުޑަކުދިންނެއް ނޫނެއްނު ތީ… ދޭ ދެމީހުންވެސް ތި ފުށްތައް ފިލުވައިގެން އަންނަން… މަންމަމެންވެސް އައިސްދާނެ… ” އިއާން އަޑަށް ކޮންމެވެސް ވަރެއްގެ ހަރުކަށި ކަމެއް ގެންނަމުން އެހެން ބުނުމާއެކު އަޝްރާ އާއި ނާއިލް އެކަކު އަނެކަކަށް އަވަސް ނަޒަރެއްދީ ލޯ އަޅާލުމަަށްފަހު ބަދިގެއިން ނިކުތެވެ. ދެމީހުންގެ މޫނު މަތިންވެސް ފެންނަމުން ދަނީ ނުރުހުންތެރިކަމެވެ. އަޝްރާ އާއި ނާއިލް ދިޔުމާއެކު މިންހާ އާއި އިއާންގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. ” މިދެމީހުން މުސްކުޅިވިޔަސް އެހެން އުޅޭނީ… ހެހެހެ… ” ހެމުން ހެމުން މިންހާ އެހެން ބުނެލިއެވެ. އިއާންވެސް އެކަމަށް ބޯ ޖަހާލިއެވެ. ދެމީހުންވެސް ދެން އަވަސްވެގަތީ ބަދިގެތެރެ ރީތިކޮށްލުމަށެވެ. އިއާން ކުނިކަހަން ފިހިގަނޑު ހިފައިގެން އައި އިރު މިންހާ ކުޑަ ތުވާލިކޮޅަކުން ބައެއް ތަންތަން ފޮހެން ހުއްޓެވެ. ފޮހެ ކުނިކަހާ ނިމުމުން މިންހާ މޮޕް ލާން ފެށިއެވެ. އޭރު އިއާާން މިންހާގެ ހަރަކާތްތަކަށް ގެއްލިފައި ބަލަން ހުއްޓެވެ. މޮޕްލުމަށްފަހު މޮޕް ހިފައިގެން ނިކުންނަން އުޅުނު ވަގުތު މޮޕްގެ އެއްބަޔަށް އެރި ކައްސާލައިގެން މިންހާ ވެއްޓެން ދިޔައެވެ. އެވަގުތު މިންހާއަށް މޮޕުން އަތް ދޫކޮށްލަމުން ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ. އެމަންޒަރު ފެނި ކުއްލި ހަރަކާތަކާއެކު މިންހާގެ ހިމަ އުނަގަނޑުގައި ދެއަތް އަޅުވާލަމުން މިންހާ ވެެއްޓުނަ ނުދީ އިއާން ހިފެހެެއްޓިއެވެ. ދެމީހުންގެ ނަޒަރު ސީދާވި ވަގުތު މިފަހަރުވެސް ދެހިތުގައި ރީތި ރާގެއް ކުޅެވިގެން ދިޔައެވެ. ” އަރ ޔޫ އޯކޭ… ” މިންހާ ރީތިކޮށް ތެދަށް ބަހައްޓާ އުނަގަނޑުން އަތް ނައްޓުވާލާ މިންހާގެ މޫނަށް ކަންބޮޑުވެފައިހުރެ ބަލައިލަމުން އިއާން އެހެން ބުނެލުމާއެކު މިންހާ ބޯ ޖަހާލިއެވެ. ވެއްޓިފައި އޮތް މޮޕް ހިފައިގެން މިންހާ ބަދިގެއިން ނިކުތެވެ. އޭރު އިއާންގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.

އަޝްރާ އާއި މިންހާ ރޮށި ފިހުމުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ރޮށި ނިންމާލުމަށްފަހު ބޯވަ ހަނާކުރުމުގެ މަސައްކަތް ފެށިއެވެ. އެއްޗެހި ތައްޔާރުކުރެވުނުއިރު ހުރީ ނުވަގަޑި ބައިވެފައެވެ. އެމީހުން ތައްޔާރު ކުރީ މައިޝާމެނަށްވެސް ވާވަރަށެވެ. އެހެންކަމުން ދެމީހުންވެސް ފުރަތަމަ އެމީހުނަށް ގެންގޮސްދިނުމަށް އަވަސްވެގަތެވެ. މިންހާ އާއި އަޝްރާ ދެމީހުން އެކުގައި ގޮސް މައިޝާއަށާއި ނަޝްފާއަށް ގެންގޮސްދިނެވެ. ނާއިލް އާއި އިއާންވެސް ކާން ނުފަށާ މަޑުކޮށްލައިގެން ތިބީ މިންހާ އާއި އަޝްރާގެ އިންތިޒާރުގައެވެ. ކައި ނިމިގެން ހަތަރު ޒުވާނުންވެސް ބޭނުންވީ ފިނި ބުރެއް ޖަހާލަން ބޭރަށް ނިކުމެލުމަށެވެ. ހަތަރު ޒުވާނުން އެކުގައި އެކި ވާހަކަތައް ދައްކަމުން ގޮސް ބަނދަރު ސަރަހައްދުގައި މަޑުކޮށްލިއެވެ. ޖެހެމުންދިޔަ ފިނި ވައިރޯޅިތަކުން އަރާމު އިހުސާސެއް ކުރުވަމުން ދިޔައެވެ. އޭރުވެސް ބަނދަރު ސަރަހައްދުގެ އެކި ހިސާބުތަކުގައި މީހުން ތިއްބެވެ. ގުރޫފު ހަދައިގެން ތިބޭ މީހުނާއި ރޭގަނޑުގެ އެހިތްގައިމު ވަގުތު އެކުގައި ހިނގާލަން ނުކުމެ އުޅޭ ދެލޯބިވެރިންވެސް މަދެއްނޫނެވެ. ދިރިއުޅުމުގައި އޭނައަށް ކަންތައް ކުރެވުނު ގޮތާއިމެދު ވިސްނަން އިން އަލޫފްގެ ލޮލުގައި އިއާން ގާތު ހުއްޓި ހުރި މިންހާ ފެނި ހުރިހާ ސަމާލުކަމެެއް އެދިމާލަށް ހުއްޓުނެވެ. އިރުއިރުކޮޅުން ރީތި ހިނިތުންވުމެއް ހަދިޔާކުރަމުން ވާހަކަ ދައްކަމުންދާ މަންޒަރު ފެނި އަލޫފްގެ ރުޅިގަނޑު އަނެއްކާވެސް ގަދަވާން ފެށިއެވެ. އޭނައަކަށް ވާގޮތެއް ނޭނގެއެވެ. މިންހާ އެހެން ފިރިހެނަކަށް ބަލައިލަންވެސް އޭނަ ބޭނުމެެއްނުވެއެވެ. އަދި އެފަދައިން ހިނިތުންވުމަކާއެކު ވާހަކަ ދެއްކުމުން މާބޮޑަށް އޭނާ ހިތްހަމަނުޖެހެއެވެ. އަދިވެސް ހިތް ހިތްބުނަނީ މިންހާ އަކީ އޭނަގެ ހައްޤެއް ކަމުގައެވެ. އެންމެ ފަހުން އެމަންޒަރުތައް ބަލަން ކެތްނުވުމުން އަލޫފް ގެއަށް ދިއުމަށް މިސްރާބުޖެހިއެވެ. ދިހަގަޑި ބައިވުމުން އިއާންމެންވެސް ގެއަށް ދިޔުމަށް ހިނގައިގަތެވެ.

ހަފްތާ ބަންދު ނިމި އަނެއްކާވެސް މުޅިން އައު ހަފްތާއެއް ފެށިގެން ދިޔައެވެ. އާދިއްތަ ދުވަހަށް ވުމުން މިއަދު މަގުމަތި ފެންނަނީ ހަލަބޮލިކޮށެވެ. ސުކޫލުތަކަށްދާ ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ވަޒީފާތަކަށްދާ މީހުން އެމީހުންގެ މަންޒިލަށް ގަޑިއަށް ވާސިލްވެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. އަޝްރާވެސް އިއާންއާއެކު އޮފީހަށް ދިޔުމަށް ކާރުގައި ދަތުރުކުރަމުން ދިޔައެވެ. އަޝްރާ އޮފީހަށް ގެންގޮސްދިނުމަށްފަހު އިއާން މިސްރާބުޖެހީ ހޮސްޕިޓަލަށް ދިޔުމަށެވެ. ހޮސްޕިޓަލަށް ދާން ދިޔަ މަގުމަތީގައި ޓެކްސީއެއްގެ އިންތިޒާރުގައި އޫޝާ މަޑުކޮށްލައިގެން ހުރިތަން ފެނި އިއާން އޭނަގެ ކާރު މަޑުކޮށްލިއެވެ. ” އޫޝާ… މޭ އައި ޑްރޮޕް ޔޫ… އަހަރެންވެސް ހޮސްޕިޓަލަށް މިދަނީ… އަރަންވީނު… ” ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލާ ކުޑަކޮށް ބޯދިއްކޮށްލަމުން އިއާން ވާހަކަ ދެއްކިއެވެ. ” އޯހް… މާރަނގަޅަކަށްނު މިދިމާވީ… ލެޓްސް ގޯ… ” އުފާވެރި މޫނަކާއެކު އިއާންއަށް ބަލައިލާ ވާހަކަ ދައްކަމުން އައިސް އޫޝާ ކާރަށް އެރިއެވެ. އޫޝާ އެރުމާއެކު ލަސްކުރުމެއްނެތި އިއާން ކާރު ދުއްވާލިއެވެ. ކާރުގައި އިންއިރު އެދެމީހުންގެ ދެމެދުގައި ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވުނެވެ. އިރުއިރުކޮޅުން އޫޝާގެ ނަޒަރު އިއާންއަށް ހުއްޓެމުން ދިޔައިރު އެކަމުން ކޮންމެވެސް ވަރަކަށް އިއާން އިނީ އުނދަގޫވެފައެވެ. އެހެނަސް އެކަމާ ބެހޭގޮތުން އޭނަ ވަކި އެއްޗެކޭ ނުބުނެއެވެ.

ނާއިލް އޭނަގެ ކެބިންގައި ފަހު ފަހަރަށް ޕްރެޒެންޓޭޝަން ބަލައިލުމަށް އިނެވެ. ކެބިންގެ ދޮރުގައި ޓަކި ޖަހާލަމުން ވަނުމުގެ ހުއްދައަށް އެދުމާއެކު ނާއިލް އެތެރެއަށް ވަނުމަށް ބުނެލިއެވެ. އަޝްރާ ކެބިންގެ ދޮރު ހުޅުވާލާ އެތެރެއަށް ވަނެވެ. ” މީ މީޓިންއަށް ބޭނުންވާނެ ހުރިހާ ލިޔުންތައް… އެއްވެސް ލިޔުމެއް މަދުތޯ ބަލާލަންވީނު… ” މަޑުމައިތިރިކަމާއެކު އަޝްރާ ވާހަކަ ދެއްކިއެވެ. އަޝްރާ ބޭއްވި ފައިލު ނަގައި ނާއިލް ފަރުވާތެެރިކަމާއެކު ލިޔުންތައް ބަލަމުން ދިޔައެވެ. ”އޯކޭ… ހުރިހާ ލިޔުންތައްވެސް އެބަހުރި… ދިހައެއް ޖެހީމަ އަހަރެމެނ ފުރާނަން… އަހަރެން އަންނަންދެން އަޝްރާ ހުރިހާ ކަމެއް ބަލަހައްޓާތި…” އަޝްރާގެ މޫނަށް ބަލަހައްޓާއިގެން ހުރެ ނާއިލް އެހެން ބުނެލުމުން އަޝްރާ ކިޔަމަންތެރިކަމާއެކު ބޯ ޖަހާލިއެވެ. ކުރިން ނާއިލް އާއެކު އަޝްރާ އެދަތުރުގައި ދާން ހަމަޖެހުނު ނަމަވެސް ފަހުން ނައުޝާދު ދާ ގޮތަށް ބަދަލުވީއެވެ. އިތުރު ކަމެއް ނާއިލް ފާހަގަނުކުރުމުން އަޝްރާ އެކެބިންއިން ނުކުމެ އޭނަގެ އަމިއްލަ ކެބިންއަށް މިސްރާބުޖެހިއެވެ. ނާއިލް ގިނަ ވަގުތު މިއަދު އޮފީހުގައި ނޫޅޭނެތީ އޭނައަށް ވަރަށް ބުރަވާނެއެވެ. އަޝްރާ އަވަސްވެގަތީ ކުރަންޖެހޭ މަސައްކަތަށް ކުރުމަށެވެ.

މިންހާ އޭނަގެ ކެބިންގައި ޕޭޝެންޓެއްގެ ރިޕޯޓްތައް ބަލަން އިނެވެ. ފަރުވާތެރިކަމާއެކު ކޮންމެ ގަނޑަކަށްވެސް ބަލަމުން ދިޔައިރު އޭނަގެ މޫނު މަތީގައި ވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރުތަކެކެވެ. ރިޕޯޓުތައް ބަލައިލުމަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން މިންހާ އޭނަގެ ކުރިމަތީގައި ތިބި ދެމީހުނަށް ބަލައިލިއެވެ. އޭރު އެދެމީހުންގެ މޫނު މަތިން އޭނަގެ ބަހަކަށް އިންތިޒާރު ކުރާވަރު ވަރަށް ރަނގަޅަށް ހާމަވަމުންދެއެވެ. ” އިންޝާ ﷲ ބޭސް ކާންފެށީމަ ރަނގަޅުވާނެ… ގަވާއިދުން އަޅުގަނޑު ދޭ ބޭސް ކުރިއަށް ގެންދަވާ… ދެން އެތެރެހަށީގެ ކުޑަ މައްސަލައެއް އުޅޭކަމަށް އަޅުގަނޑަށް ފާހަގަވޭ… ކުރިންވެސް ބުނެލިހެން… އަޅުގަނޑު ރެކޮމެންޑު ކުރަން ޔޫހާ ޑރ.އިއާންއަށް އެއްފަހަރު ދައްކާލަން… ފުރަތަމަ އަޅުގަނޑު މިކޭސްއާ ބެހޭގޮތުން މިއަދުގެ ވަގުތެއްގަ ޑރ. އިއާންއާ ކުޑަކޮށް މަޝްވަރާކޮށްލާނަން… އެއަށްފަހު އިތުރަށް ދައްކާލަން ޖެހޭކަމުގަ ވާނަމަ އަޅުގަނޑު އެކަން ފާހަގަކޮށްލާނަން… އިންޝާ ﷲ ރަނގަޅުވާނެ… ” މިންހާ ހިތްހެޔޮ ހިނިތުންވުމެއްގައި އިނދެ ވާހަކަ ދެއްކިއެވެ. މިންހާގެ ކުރިމަތީގައި ތިބި ޔޫހާގެ މަންމަ އާއި ބައްޕައަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. ރިޕޯޓުތައް ހިފައިގެން އެދެމީހުން ނިކުތީ މިންހާއަށް ޝުކުރު އަދާކުރުމަށްފަހުއެވެ.

ބްރޭކް ގަޑި ޖެހުމާއެކު މިންހާ އޭނަގެ ކެބިންއިން ނިކުތެވެ. ކެބިން އިން ނުކުމެ ލިފްޓާއި ދިމާލަށް މިސްރާބުޖެހިއެވެ. ލިފްޓް ކައިރި އޭނައަށާއި އިއާންއަށް އައިސް ހުއްޓެވުނީ އެކުއެކީގައެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ލިފްޓަށް އަރާ އިއާން ގްރައުންޑް ފްލޯއަށް ދިޔުމަށް ފިތާލިއެވެ. ” އާން… އަހަރެން ބޭނުން ކޭސްއަކާ ބެހޭގޮތުން ކުޑަކޮށް ޑިސްކަސްކޮށްލަން… އިފް ޔޫ ޑޯންޓް މައިންޑް… މިއަދު ޑިއުޓީ ނިންމާލާފަ އެކަމާ ޑިސްކަން ކޮށްލަން މަޑުކޮށްލެވޭނެތަ.. އެހާ އިރެއްނުވާނެ…” ލިފްޓް ތެރޭގައިވި ހަމަހިމޭންކަން ފޫއަޅުވާލަމުން މިންހާ ވާހަކަ ދެއްކިއެވެ. ” ޔެއާ… އޮފް ކޯޒް… ޑިއުޓީ ނިންމާފަ މަޑުކުރެވޭނެ… ” އިއާން ބުނެލިއެވެ. ލިފްޓް ހުއްޓުމާއެކު ދެމީހުން އެކުގައި ގޮސް ކެންޓީނަށްވަނެވެ. ފިނި ބުއިމަކަށް އޯޑަރު ކުރުމަށްފަހު އެތަނުން މޭޒެެއް ކައިރީ އިށީންދެ ތިބި ޒިޔަލް އާއި އޫޝާ ފެނި ދެމީހުންވެސް އެދިމާލަށް މިސްރާބުޖެހިއެވެ.

ޑިއުޓީ ނިންމާލުމަށްފަހު އިއާންގެ ކެބިންއަށް ދިޔުމަށް ރިޕޯޓްތައް ހިފައިގެން އަވަސް ހިނގުމެއްގައި ހިނގާފައިދިޔަ މިންހާ މީހެއްގެ ގައިގައި ޖެހި އަތުގައި ހުރި ރިޕޯޓްތައް ވެރުނެވެ. ސިހިފައި މިންހާއަށް ކުރިމަތީގައި ހުރެ މީހާގެ މޫނަށް ބަލައިލެވުނެވެ. އެވަގުތު ކުރިމަތިން ފެނުނު ސޫރައަކުން ހީވީ ލާއުޅުނު ނޭވާވެސް ތާށިވީހެންނެވެ.

 

77

ifoo

I'm a girl who loves to read and write stories ❤️❤️❤️😊😊😊... I love to read comments too ❤️❤️❤️😊😊😊... Writing story is a hobby 😀😀😀... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️...

You may also like...

63 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Salaam dear readers… Here is the next part… Hope all will like this part too… Feel free to comment your views… Sorry for being late n mi part vx kurukoh up kurevunyma… Tonight also I m really busy… Reyga vx up nukurevunyma mi up kuru kurukoh viyas… Hope all will understand… Thankyou sooooooooo all for the support n love ❤️❤️❤️💜💜💜😊😊😊💐💐💐…

    ⚠Report!
  2. Me first baa..anyways thanks for uploading the story. .kiyaafa comment eh kohlaanan ingey dear😊😊😊💖💖😘😘💙💙❤❤

    ⚠Report!
    1. Jiji ❤️❤️❤️… Yesss… Ur first 😊😊😊.. Congratulations on being first ❤️❤️❤️😊😊😊… Waiting for comment 😊😊😊…

      ⚠Report!
  3. Me seconde dhw hehehe,❤❤❤❤❤❤❤❤❤❤❤❤❤❤🌺🌺🌺🌺🌺🌺🌺🌺🌺🌺🌼🌼🌼🌼🌼🌹🌹🌹🌹🌹 adhi nu eh kiyan kiyaalaafa comment eh kohlaanan💐💐🌼🌼🌺🌹🌹

    ⚠Report!
    1. Ainth ❤️❤️❤️… Yesss… Ur second 😊😊😊.. Congratulations on being second ❤️❤️❤️😊😊😊… Waiting for comment 😊😊😊…

      ⚠Report!
    1. Ishu ❤️❤️❤️… Thankyou sooooooooo much ❤️❤️❤️💜💜💜💐💐💐😊😊😊… Let’s see who that person is 😊😊😊… Heheh…

      ⚠Report!
  4. Vvvv reethi mi prt vx❤❤❤💝💝🌼🌼💐💐💐🌺🌹🌹🌹🌺🌺🌺🌺🌺🌺💜💜💜💜💝💝💝🌼🌼🌹😁😁😁😁

    ⚠Report!
    1. Ainth ❤️❤️❤️… Thankyou sooooooooo much for the colourful Comment ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje 😊😊😊…

      ⚠Report!
    1. Juma ❤️❤️❤️… Thankyou sooooooooo much ❤️❤️❤️💜💜💜💐💐💐😊😊😊… Hingaa balamaa kaaku thr aee 😊😊😊…

      ⚠Report!
  5. wow ❤❤❤❤amazing 😍🤗🤗❤❤❤❤❤❤ varah vss furihama 💝💝💝💝💝💝💝💝🌹masha allah ❤❤❤❤❤❤💗💗💗💜💜💜🧡🧡 hahaha.. naail aai ashu aa ulhey goii varah majaa hama kudhadhinhnn ulheni v cute. ❤❤❤❤❤❤❤❤❤❤❤❤💗💗💗💜💜💜💛💛💛💜💜🧡🧡💚💚. iffoo dhnvs avahah minnu aai aan gulhuvaba🧡💛💛💛💚💚 next part avahah up kohdhehche..waitin.. 🌺🌺💐💐💚💚🏵🏵⚘⚘🌷🌷🌼🌼💗🌺🌸🌸LOVE U ❤❤💗💗💗💜💜🧡🧡🧡💛💛💝💝💚💚

    ⚠Report!
    1. Awwwwnn ❤️❤️❤️😊😊😊… Thankyou sooooooooo much yaaanaa ❤️❤️❤️😊😊😊💜💜💜💐💐💐… As usual comment v v v loabi ❤️❤️❤️😊😊😊… V v v ufaavehje yaaanaa ge comment kiyaalaafa ❤️❤️❤️😊😊😊… Let’s see what happens 😊😊😊… Much more loves from me ❤️❤️❤️💐💐💐💜💜💜😊😊😊…

      ⚠Report!
    1. Asra ❤️❤️❤️… Thankyou sooooooooo much ❤️❤️❤️💜💜💜😊😊😊💐💐💐… Will try my best to upload the next part on Sunday night 😊😊😊…

      ⚠Report!
    1. Sasha ❤️❤️❤️… Thankyou sooooooooo much ❤️❤️❤️💜💜💜😊😊😊💐💐💐… Will try my best to upload the next part on Sunday night 😊😊😊…

      ⚠Report!
    1. Scarlet ❤️❤️❤️… Thankyou sooooooooo much ❤️❤️❤️💜💜💜😊😊😊💐💐💐… V v v ufaavehje 😊😊😊… Will try my best to upload the next part on Sunday night 😊😊😊…keep waiting dear

      ⚠Report!
    1. Will try to make it different 😊😊😊… Thankyou soooooo much for the opinion, both Inu and Roo ❤️❤️❤️💜💜💜💐💐💐😊😊😊..

      ⚠Report!
  6. Omg..omg..😱😱😱I’m speechless.. Masha allah..mi part vec v v v habbu…v kiyaa hithun indha nimuny vec..U knw jiji v inthizaaru kurymey mi story up vaane irakah…hehe..bt ehaa bxy koh ulhemun story up kuryma v ufaavejje..u r really Amazing writer..💚💛😘ifoo sis vareh neiy hama adhi mi site ga eh..thankolheh kurin vec buneli fadhain thy hama world’s best story writer ever.. Aslugavec… That much molhu u r…I am outta of words…mihaa lwbi story akaa nulaa jiji akah noolheveyne..hehe…dhn alhe ifoo maa curious kohlaafa mi part vec thi finish kohly 💚💛😘….Sifakurumah sis haahsa samaal kameh dheythy v ufaa vey….hama v realistic kohfa hunnanii..v kamudhey……ifoo buneba ifoo ge bday aky kon dhuvaheh kan if u don’t mind..Anyways keep up the gud wrk…I really appreciate it!!!Miss u nd luv u loadsssss💚💛😘

    ⚠Report!
    1. Awwwwnn ❤️❤️❤️😊😊😊… My dear sweet jiji ❤️❤️❤️💜💜💜😊😊😊💐💐💐… V v v ufaavehje jiji ge comment kiyaalaafa 😊😊😊… Thankyou sooooooooo much ❤️❤️❤️💜💜💜💐💐💐😊😊😊… Ur so supportive ❤️❤️❤️😊😊😊💜💜💜💐💐💐… Ifoo akah neynge bunaane ehcheh vx 😊😊😊… Ehaa vx ufaavehje 😊😊😊… Once again thankyou soooooo much dear n much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  7. vvvvvv nice mi part vx😍😍😍😍😍…ekm haadha kureyy😭😭😭 n whn next part avahah up kohlah dehcheyy…

    ⚠Report!
    1. Thankyou sooooooooo much ❤️❤️❤️💜💜💜💐💐💐😊😊😊… Next part In Sha Allah Sunday night ga 😊😊😊… Will try my best to upload the next part as soon as possible 😊😊😊…

      ⚠Report!
    1. Zuam ❤️❤️❤️… Thankyou sooooooooo much 😊😊😊❤️❤️❤️💜💜💜💐💐💐… V v v ufaavehje 😊😊😊… Keep waiting for the next part 😊😊😊…

      ⚠Report!
  8. Is he aloof?😈😈 dont make him as aloof.. Minnu akee hama eknai aan ge haggeh… Let him get minnu forever❤❤ 💟💟 and that aloof dhw.. Eyna v nun eyna ge shamha eky ulhen….😍😍 aan aa minnu avahah gulhuvaba…. Im sure that they both love each other… But she is shy to express it… Am i correct? This is my opinion!!❤❤ im pretty sure that naail and ashooo aaa dhemeehunnah fahun engeyne dhemeehun vx dhemeehun dheke lwbi vaaakan… So when next part… Im curiously waiting for the next part…. Hope it will be very nice and long…. Avahah up kohdhehchey….
    Much loves
    LOVE YOU A LOT
    BEST WRITER

    ⚠Report!
    1. Anii ❤️❤️❤️… Thankyou soooooo much for your opinion ❤️❤️❤️💜💜💜💐💐💐😊😊😊… Let’s see what happens 😊😊😊… Next part In Sha Allah Sunday night ga 😊😊😊… Much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  9. Hama Habeys!!! ❤️❤️❤️❤️💖💖💖💖Ifoo sis vareh neih💘💘💘💋💋🥀🥀🥀🍁💜🌷🌷sifa kurun ehvana😍😍😍😍😍😍💝💝💝💝💝 thiy Hama liyuntheri eh!!!!🌷🌷🌷💝💝💝💖💖💖may God bless you 😊😊😊😊😊

    ⚠Report!
    1. Awwwwnn ❤️❤️❤️😊😊😊… Thankyou sooooooooo much Daisy girl ❤️❤️❤️💜💜💜💐💐💐😊😊😊… Your comment is so colourful 😊😊😊… V v v ufaavehje 😊😊😊… Much more loves ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  10. kaakutha eii?? aloof dho? anyways mi part vx v salhi ingey… we all understand ingey ifoo.. aslu readers v kiyaahithun thibyma rude koh comment kurevuny… sorry for that… mi part hama habeys… whens nxt part?💚💚💚💖

    ⚠Report!
    1. Let’s see who that person is 😊😊😊… Thankyou sooooooooo much for the support n for understanding me ❤️❤️❤️💜💜💜💐💐💐😊😊😊.. I can understand 😊😊😊… I know all are waiting for a new part curiously 😊😊😊… V v v ufaavehje 😊😊😊… Next part In Sha Allah Sunday night ga 😊😊😊… Much loves ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  11. Yeeeyyyy… Finally ki ihje…. Masha Allah… God bless you..woww … soooooooo soooooooo amazing 😘😍🤗😍😘😊😂 hope next vx mihaa awesome vaane kamah…my fav story writer
    ever ..insha Allah.. 🥀🥀🥀🥀🥀🥀🥀🌸🌸🌸🌷🌷🌷🌷🌷🌹🌺🌻🎴🌼🌼🌼💠💠💠💐💐🏵️🏵️🏵️🏵️🏵️🏵️💐💐💐🥀🥀🥀🥀🥀
    I am the bigggggggestttt fan of you…😊😊😊😊

    ⚠Report!
    1. Awwwwnn ❤️❤️❤️😊😊😊… Thankyou sooooooooo much girl ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje girl ge comment kiyaalaafa 😊😊😊… It means a lot for me 😊😊😊… Keep waiting dear 😊😊😊… Much more loves from me 😊😊😊❤️❤️❤️💜💜💜💐💐💐…

      ⚠Report!
  12. He’llo dear readers 😊😊😊… I read all the comments of last part 😊😊😊… I took all those comments as positive 😊😊😊… Ifoo ehvx kuhjaku dheke rulhi eh naadhey ingey 😊😊😊… Thankyou soooooo much dear readers for commenting your views 😊😊😊… Both positive and negative comments are welcomed 😊😊😊… Negative comments vx if it is saying in a nice way, I mean politely with proper words, I will always appreciate it 😊😊😊… I personally believe that, nowadays most of the time I am getting one day late to upload a new part 🙁🙁🙁… N the parts are shorter than the previous parts that I have uploaded in the beginning 🙁🙁🙁… When I started the story I had a lot of free time… But now a lot has changed in life… I’m in a job plus these days are super busy 😌😌😌… I have my own life, my family, n my friend 😊😊😊… I want to give time for them too 😊😊😊… N I understand readers ge points vx 😊😊😊… Readers ge point of view inn balanyaa you guys are right 😊😊😊… I know all are waiting for next part curiously 😊😊😊… N at that time I saying I won’t be able to upload a new part 🙁🙁🙁… I know n I believe that, readers will feel bad 😊😊😊… Even might get angry… I’m really sorry dear readers 😊😊😊… N baeh readers bunelihenn ifoo ge fans foohi vx vedhaane 🙁🙁🙁… Story kiyun huhtaavx laafaane 🙁🙁🙁… But ifoo ah hama time nuvany 😊😊😊… I will try my best to upload the parts as soon as possible 😊😊😊… Kuryge parts ga reply nudhevunu kudhinnge kibain v bodah maafah edhen 🙁🙁🙁… Hope e kudhinn mi comment kiyaalaane kamah n thankyou sooooooooo much for commenting 😊😊😊💜💜💜💐💐💐❤️❤️❤️… Ifoo ge fans dheravaane fadha gothakah kanthah nukureveythr v v v masaikah kuraanan 😊😊😊… Bunaa dhuvahah up kureveythr I will try my best 😊😊😊… N dhn twist ge vaahaka dhw 😊😊😊… Ifoo story kuriah mi gendhany hama enme kurin vx ifoo plan kohfa inn gothah… It’s a long story… So every step of life will be slow… It will take some time… I know readers are waiting for minnu and aaan to be together… Ashraa n naail vx… But It will take some time to create the feelings… It will take some time to realise the feelings and their mistakes… N there are other characters too… Anything might happen… Couples thah form vaan vaguthu nagaane… Knme 2 character ehvx hama couple akah vedhaane… I’m bringing the story as I planned 😊😊😊… Some of the readers might get bored… Some may not like it… I believe that… Everyone in this world are different … Right… So there views are also different 😊😊😊… They have different opinions 😊😊😊… Ekan ifoo v ragalhah gaboolu kuran 😊😊😊… I respect to all my readers n their views 😊😊😊… N story kurukohlaa hiyaaleh vx eba kuran ifoo… Cause kuriaa balaafa mihaaru story ah ehaa time nudheveythy n story maa dhigu kamah vx eba faahaga kurey baeh readers… But I haven’t final my decision 😊😊😊… I will try my best to upload the parts on the day I mention n will try to give the replies for all the comments 😊😊😊❤️❤️❤️… N I will try my best to make the parts more interesting n longer 😊😊😊… Situation ge gothun I may not be able to do it… So please try to understand my point of view too 😊😊😊… V v v ufaavi mistakes thah faahaga koh, ragalhu kuranvy kanthahthah bunedhy and ifoo ah support dhy kohfaavi comment thah fenifa 😊😊😊… It means a lot for me 😊😊😊… Readers ge views ifoo ah v v muhihmu 😊😊😊… Thankyou sooooooooo much all the readers who are supporting me ❤️❤️❤️💜💜💜💐💐💐😊😊😊… Without you guys I won’t be able to do it 😊😊😊.. You guys are my strength 😊😊😊❤️❤️❤️… Love you all my readers ❤️❤️❤️💜💜💜💐💐💐😊😊😊… Hope kuran mi comment kiyaalaafa knme reader ehge views vx haamakohlaane kamah 😊😊😊… Hope all will keep supporting me 😊😊😊… Next part In Sha Allah Sunday night ga 😊😊😊… I will try my best to upload the next part on Sunday night 😊😊😊… Much loves all 💜💜💜💐💐💐😊😊😊❤️❤️❤️…

    ⚠Report!
    1. Thankyou soooooo jiji 😊😊😊❤️❤️❤️💜💜💜💐💐💐…

      ⚠Report!
    2. I can understand your situation…😚😚😚😍😍😍😄 understand e nuvaa myhunaky true fans eh nun I think..
      More loves from me 😍😍😍😊😊

      ⚠Report!
  13. Ifoo mi partvx v nice n intresting ingey 😍😍😍… I just love story 😜😜😜🌹🌹🌹… I’t ok dear I can understand ingey dhw ehaa bxy schedule eh ga ulhemun plus story up kohladheykamah vx hama hithuge adin shukuru adhaakuran 😎😎😎❤❤❤… Thy hama best n enme loabivaa writer 😘😘😘💙💙💙… curiously waiting for the next 😀😀😀🌸🌸🌸… lysm dear 💛💛💛💜💜💜💚💚💚💗💗💗💐💐💐🌷🌷🌷🌻🌻🌻🌼🌼🌼🌺🌺🌺

    ⚠Report!
    1. Naju ❤️❤️❤️… V v v ufaavehje Naju ge colourful Comment kiyaalaafa 😊😊😊… Thankyou sooooooooo much ❤️❤️❤️💜💜💜💐💐💐😊😊😊… It means a lot for me 😊😊😊… Much more loves ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  14. I am speechless dear…❤❤😘😘💙💙…No words to explain hw nice the story dear..❤❤😘😘💙💙…Story aa medhu ehcheh bunangnaa buneveyny mi site ga mi vaguthu in emme salhi story ey mi ee…❤❤😘😘💙💙..Vrh reethi sifa kurun thah..❤❤😘😘💙💙…Readers ufaa koh dheyn thi kurany vrh vrh bura massakkatheh…We really accept it dear…❤❤😘😘💙💙 Ifoo ah bunelan othy thikuraa massakaiy huttaa nulaaa kuriah gendhaashey…❤❤😘😘💙💙..Kuru koh upload kuri nama vex story furathama plan kohfa in gothah kuriah gengosdheyne kamah ummeedhu kuran because i like the story very much…❤❤😘😘💙💙…But story liyany ifoo v ma ifoo decide kuraany plan kuraany kihineh kameh…😀😀😘😘….Story kurukoh genayas dhigu koh genayas i will keep my support to you…❤❤😘😘💙💙…Because i knw hw hard the work is…Job eh ga ulhemun,Family and friends ah time dhyfa life ge ehen kankamah time dhemun story liyumaky ehaa faseyha kameh noon…Adhi story dhigu kuraa varakah ekamuga spend kuran jehey time vex gina vaane dhw aslu…E kamuga noolhey bayakah neygeyne e ee kihaa vareh ge maskkatheh kameh…I knw emmen ge views eh gotheh nuvaane kan…I respect views of others….Ifoo ah bunelan beynun vany time vee varakun kuriah dhaashey…Ifoo aky mi field ga kuri magu oiy kujjeh kamah faahaga kuran…❤❤😘😘💙💙…Story vex kuriah gendhaa goiy vrh salhi ey bunaany…❤❤😘😘💙💙..Hedhey mistakes madhu kohfa kuriah dhiyumah hiyvaru dhen…❤❤😘😘💙💙…You are the best writter for me…❤❤😘😘💙💙..Waiting for next part dear…❤❤😘😘💙💙…Hope next part dhigu koh genesdheyne kamah…❤❤😘😘💙💙…Much loves dear…❤❤😘😘💙💙
    THE BEST STORY
    THE BEST WRITTER
    ❤❤❤❤💙💙💙💙

    ⚠Report!
    1. @Ikleel ❤️❤️❤️… Thankyou sooooooooo much for the supportive comment ❤️❤️❤️💜💜💜💐💐💐😊😊😊.. I’m just speechless 😊😊😊… V v v ufaavehje 😊😊😊… Much loves ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  15. ވަރަށް ރީތި… ހަމަ ހީވަނީ ކުރިމަތިންް ސިފަ ވާހެން ހަމަ ވަރަށް ރީތި ތިޔަކީ ސަޅި ލިޔުންތެރިއެއް މުސްތަގުބަލުގައި އިރާދު ކުރެއްވިޔާ ރަނގަޅު ލިޔުން ތެރިއަކަށް ވާނެ…. އިފޫގެ ފޭން ގާރލް123

    ⚠Report!
    1. Girl 123 ❤️❤️❤️… Thankyou sooooooooo much ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje 😊😊😊…

      ⚠Report!
  16. Maasha allah.😚😚😚😚😚😚😚😚😚😚😚….vvvvv reethi mi part ves….ifoo darling its ok kuruviyas..we can uderstand …. you are so buxy…we are happy to got a writer like u 😂😂😂😂😂 this part is so amazinng😍😍😍😍😍😍😍😍😍🤗😍😍😍😍
    Your are now my second favorite writer..keep it up…aisha ge strys nulaa dhen enme reethi ifoo ge stories mihaaru ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    Luv u ifoo
    Your big fan maai

    ⚠Report!
    1. Maai ❤️❤️❤️… Thankyou sooooooooo much ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje 😊😊😊… It means a lot for me 😊😊😊… Much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  17. its fine ifoo.. pls story kuru nukuraathi.. u can continue with the story as u have planned…pls pls story kuru nukuraathi… pleaseeeeeeee

    ⚠Report!
    1. Awwwwnn ❤️❤️❤️😊😊😊… Thankyou sooooooooo much ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje 😊😊😊… It means a lot for me 😊😊😊… Will try not to make the it short 😊😊😊…

      ⚠Report!
  18. ifoo, koba thr, hadha dhigu inthixaarekey thi kuru wany, hama kiyaa hithuh ngey, ngey ifoo varah bxy kah, ekm vx keh nuvy hama, bt anyways nice this stroy, adhi esfiya in mi ah vureh reethi vahaka alhugandeh nukiyah, ehnve ifoo ah hama ahsaribahaa saabas rahdhu kurah, thi mashan kathuga Allah barakaaiy lahvaashi eve, Aameen. ummydhu kurah varah awahah upload khdheynama next part… waiting for ngey, dhn varah laobiwey hama ifoo dheke..

    ⚠Report!
    1. Awwwwnn ❤️❤️❤️😊😊😊… Haadha sweet Comment eh ❤️❤️❤️😊😊😊💜💜💜… V v v ufaavehje samaan ge comment kiyaalaafa 😊😊😊… Thankyou sooooooooo much for the support n love ❤️❤️❤️💜💜💜😊😊😊💐💐💐… It means a lot for me 😊😊😊… Last night I have uploaded the story 😊😊😊… Now you can read it 😊😊😊… Much much more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  19. Ifoo please don’t feel bad 😞😞 Its totally understandable you have your own life.. We all have our own lives dho.. Kan kan dhimaavany bunefakaa eh noon.. And plus everyone who reads this story should have understood by now that ifoo thee hama ekani geyga huregen story liyun hobby akah hadhaigen ekan kuraa kujjeh noon kan.. This is just your interest and passion dho.. Not officially your career.. So job ga ulhemun ves mihaa reethi perfect story eh genesdheythee hurihaa kudhin ves vaane appreciate kuran.. Ifoo dear i appreciate your hard work varah bodah hama ♥♥♥♥ And I feel so happy bc thihaa busy koh ulhey kujjeh normally mihaaru vaa irah hunnaany story genesdhinun huttaalaafa kanneynge.. And komme part akun ves you surprise us with your talent masha allah ❤❤💋💋 komme kameh ves emme perfect koh describe kohdhyfa hunnany 😍😍😍😍 and yes !! You can bring twists and turns whenever you want because this is your story! Its based on your thoughts !! 😊😊 Ekam livy ah aan and minnu gulhuvaashey ebbai faharu buneveny hama loabikamun.. Hehe 😆😄 And yes you’re right.. bonds form vaan time nagaane.. Actually what makes your story so unique and beautiful is because it is so real!! Imagination akah base kohgen kamuga viyas ifoo sifa kuraaleh furihama vyma loa mahchah fenna hen heevany 😘😘♥♥ and pleaaaaaaaaaase story kuru nukurahchey 🙊🙊 i want you to bring the original story ifoo hama plan kuri gothah.. I wanna see what you exactly had in your mind.. Rest is up to you 😁☺☺😚😚😘😘❤❤💜💜 Lots of love 💛💛💐💐🌻🌻

    ⚠Report!
    1. Livy ❤️❤️❤️… Ifoo keekeytha bunan veee 😊😊😊… Im totally blank 😊😊😊… I don’t know what to say 😊😊😊… Thihaa loabi, supportive comment kuranyaa ifoo kykey bunaaneevx 😊😊😊… Everytime you made me speechless 😊😊😊… Ur so sweet Livy ❤️❤️❤️😊😊😊💐💐💐… Thankyou sooooooooo much livy from bottom of my heart ❤️❤️❤️💜💜💜💜😊😊😊💐💐💐… V v v v bodah thanks 😊😊😊❤️❤️❤️💜💜💜💐💐💐… I feel so lucky to have a reader like you 😊😊😊… V v v v ufaavehje 😊😊😊… Livy akee knme writer ehvx beynun vaane fadha reader eh ❤️❤️❤️💜💜💜💜😊😊😊… Ur soooooo supportive ❤️❤️❤️💜💜💜😊😊😊💐💐💐… That’s all I can say 😊😊😊… Once Thankyou sooooooooo much dear ❤️❤️❤️💜💜💜💐💐💐😊😊😊… Sending more n more loves from me ❤️❤️❤️💜💜💜💐💐💐😊😊😊…

      ⚠Report!
  20. V salhi story eh. ❤️❤️❤️
    Dhn konirakun tha next part kiyaalan libeynee😍💕💓💞💗

    ⚠Report!
    1. Noora ❤️❤️❤️… Thankyou sooooooooo much ❤️❤️❤️💜💜💜💐💐💐😊😊😊… V v v ufaavehje 😊😊😊… Now you can read the next part 😊😊😊… Last part reyga up kohfin 😊😊😊…

      ⚠Report!
  21. Varah lwbi vaahaka eh… hurihaa part eh ves kiyan ekamu comment eh nukuran…..sorry for that ehen komme part akah ves reply kuraanan kiyaafa…..ifoo you are the best….😍😍adhi nudheken mihaa reethi vaahaka eh…sifa kurun thah Hama habeys…..🤩🤩🤩😍😍😘😘😘✌️✌️✌️✌️👏👏👏👐👐👍👍👍👍👌👌👌👌

    ⚠Report!

Leave a Reply

Your email address will not be published.