ހަމަހިމޭން ހިތުތެރޭ 1

- by - 47- April 9, 2019

އަޅި ކުލައިގ ދޫެ ސްވެޓް ޕޭންޓްސާއެކު ކަޅު އަތް ދިގު ސުވެޓާއެކެވެ. ހީލްއެއް އެތެރެއަށް ލާފައި އިން ޖިންސު ފޮތީގެ ސްނިކާސްގައި އެ އަންހެން ކުއްޖާގެ ބައްޓަން އެއްގޮތަކަށްވެސް ހާމަވާކަށް ނެތެވެ. ގުދުރަތުން އޭނާއަށް ލިބިފައިވަނީ ދޮންކުަލައިގެ ހަނގަޑެކެވެ. ހިތިފަތު ބުމައަކާއި ބޮޑު ދެލޮލުން ހިމާޔަތް ހޯދާ ނޫކުލައިގެ ކަޅިރަވައެކެވެ. މަޑު ފިޔާތޮށިކުލައަކަށް ދާ ތުންފަތުގެ ފޮނި މީރުކަން އިހްސާސްކޮށްލަން ލިބޭނީ ހަމަގައިމުވެސް ނަސީބުވެރިއަކަށެވެ. އޭނާގެ ފަން އިސްތަށިގަނޑުގައި ހުދުކުލަ ޖައްސާފައިވިޔަސް ބަލާލަން ހުތުރެއް ނޫނެވެ. ޕޭންޓްސްގެ ޖީބަށް އަތް ޖަހަން މަގުގެ އެއްފަރާތުން އޭނާ ހިނގާފައި ދިޔައީ އަމިއްލަ ދުނިޔޭގައެވެ. ތުންބުން ފުމެއްމުންނެވެ. ރޭގަނޑުގެ ވަގުތު އޭނާ ހިނގާފައި ދިޔަ އަނދިރި ގޯޅިގަނޑު ދިއްލިފައިވަނީ ހަމައެކަނި ފިހާރަތަކުގެ އަލިންނެވެ.

ފިހާރައިގެ ދޮރު ކުއްލިއަކަށް ހުޅުވާލާފައި ވިސްނާނުލާ ނިކުތް ޝިވަން އަތުގައި އޮތް އައިސް ކޯނުން އަންހެން ކުއްޖެއްގެ ގައިގައި ޖެހުނުކަން އޭނާއަށް ރޭކާލީ މާ ފަހުންނެވެ. ސްވެޓް ޕޭންޓްގެ ދެޖީބަށް އަތް ޖަހައިގެން ޝިވަންއަށް ބަލަހައްޓައިގެން ހުރި ކުއްޖާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް އޭނާ ނަޒަރު ހިނގާލިއެވެ. ހުދު ކުލައިގެ އިސްތަށިގަނޑާއި ނޫކުލައިގެ ލޮލާއި ދުރަށް ނަޒަރު ގެންދަން އުނދަގޫވީ ކޮންކަހަލަ ޖާދޫއެއްގައި ޖެހި ކަމެއް ނޭނގެއެވެ. ނާޒުކު ގޮތަކަށް ކޯން މަތީގައި އިން އައިސް ކްރީމް ގުޅަ ވަރަށް ވިސްނުންތޫނެވެ. ދަނޑި ވަޅު ބަލާފައި އެ ގުޅަ ފުންމާލީ ޒުވާން އަންހެން ކުއްޖާގެ ކަރުވަޅު މައްޗަށެވެ. އޭތި މެލްޓްވެގެން ޓީ ޝާރޓު ތެރެއަށް ދާނެކަން ޔަގީނެވެ.  އައިސް ކުރީމް ކޮޅަށް ބަލާލާފައި އެ އަންހެން ކުއްޖާ ޗޮކެއް ކަނޑާލިއެވެ. “ތަންކޮޅެއް ބަލާލައިން އުޅެބެ.” އޭނާ ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ބަލަ ފިހާރައެއްގެ ދޮރުމައްޗަށް އަރާއިރު އިނގެންވާނެ ދޯ އެތެރޭގަ ތިބޭ މީހުންވެސް އެ ދޮރުން ނިކުންނާނެކަން.” ޝިވަންވެސް ވެސް ހުރީ ގޮތް ދޫ ކުރާ ގޮތަކަށް ނޫނެވެ. “ފިހާރައެއްގެ ދޮރުން ނިކުންނަ ދާއިރު އިނގެންވާނެ ދޯ ނިކުންނަން ތިއުޅޭނޭ ދޮރުން މީހުން އެތެރެއަށް ވަންނަންވެސް އަންނާނެކަން.” އެއްމިޔަކަށް ހީލާފައި އެ މަންޖެ ބުންޏެވެ. މިއީ މާ ފަސޭހައިން މަތަކުރެވޭނެ އަނގައެއްގެ ވެރިއެއް ނޫންކަން ޝިވަންއަށް ޔަގީންވިއެވެ.

އޭނާގެ ސިކުނޑިއަށް މޮޅު ޙީޔާލެއް އައެވެ. ކުޑަކޮށް ގުދުވެލާފައި އެ އަންހެން ކުއްޖާގެ ޓީޝާރޓުގައި އަނގަ ޖެހިއެވެ. އޭނާގެ މުޅި ކަރުގައްޔާއި ޓީޝާރޓުގައި ހުރި ހުރިހާ އައިސްކްރީމް ކޮޅެއް އަނގައި ތެރެއަށް ދަމާލިއެވެ.

އަނގަ ޗޭ ކޮށްލި ޔާލްގެ ދެބުމަ ގޮށްޖެހުނެވެ. އޭނާގެ ކަރުވަޅުގައި މޫނު ޖަހައިގެން އޮތް ފިރިހެން މީހާއަށް ބަލާލީ ފަކުރު ކުނިކޮޅަށް ދޭ ފަދަ ނަޒަރަކާއެކުގައެވެ. “އަމް.. މިސްޓާރ ތިި ކުރެވޭ ކަމެއް އިނގޭތޯ.؟” ޔާލް އެއްސެވެ. ނަމަވެސް ޝިވަން އޭނާގެ އައިސްކްރީމްކޮޅު ދެކެ ވަނީ އަމަށަކަ ލޯތްބެއް ނޫނެވެ. އެންމެ އެތިފުކެއްވެސް އިސްރާފްކޮށްލާ ކަހަލަ ޙިޔާލެއް އެ ސޮރު ނުގެންގުޅުނެވެ. ދުރަށް ކޮށްޕާލެވޭވަރަށް ވުރެވެސް ޝިވަން ވަރުގަދައެވެ. “ބަލާއެއްނު ކަލޯ ދުރަށްޖެހޭށޭ!.” ޝިވަންގެ މޭގައި ގޮށްމުއްކަވާފައި ޔާލް ޖެއްސެވެ.

“އޭ ޕޮލިސް ޕޮލިސް ބައްލަވާ..” ފިހާރައިން އެ ވަގުތު ނިކުތް މުސްކުޅި ފުރައިގެ ބޭބެއެއް ގޯޅިގަނޑުގެ ކޮޅުގައި ފުރަގަސް ދީގެން ހުރި ޓްރެފިކް ޕޮލިސްހަކަށް ގޮވާލިއެވެ. އޭނާ ފަސް އެނބުރި ބަލާލިއެވެ. ޝިވަންގެ ކަންފަތާ ހަމައަށް މި އަޑު ފޯރިއެވެ. ބޯ ހިއްލާލާފައި ނުދަންނަ ޒުވާނާއަށް ބަލާލިއިރު އެ މަންޖެ ބޮޑު ދެލޯވެސް ވަނީ ބޮޑު ވާނެ އެންމެ ބޮޑަކަށް ބޮޑުވެފައެވެ. އެއްކޮށް ތިބުމުން ބެދުނީ އެއްކޮށްކަންވެސް ދެމީހުންނަށް ޔަގީންވިއެވެ. އަތުގައި އޮތް އައިސް ކޯން ޝިވަން ވައްޓާލިއެވެ. ޔާލްގެ ފިނި މަޑު ދޮން އަތްތިލައިގައި ބާރަށް ހިފާއްޓާލަމުން ޔާލްއާއެކު ޝިވަން ދުއްވައިގަތެވެ. ޕޮލިސް ފަހާ ދުވަމުން ގޮސް ދުއްވާ އެއްޗެއްސާއި މީހުން ގިނަ މަގުތެރެއަށް ނިކުމެވުނެވެ. ފަހަތުން އަދިވެސް ފުލުހުން އަންނަކަން އިނގެއެވެ. ނަމަވެސް ފަހަތް ބެލުމެއް ނެތި އަނދިރި އިތުރު ގޯޅިގަނޑަކަށް އެ ދެ ޒުވާނުން ލަނބާލީ ފުލުސް މީހާގެ ލޯމަތިން ގެއްލޭށެވެ.

އެއްވެސް މީހެއްގެ ހިލަމެއް ނުވާ ގޯޅިގަނޑަށް ވަދެވުން އިރު އެ ދެމީހުންނަވެސް މާ ނޭވާ ލެވެއެވެ. “ފެންނަހާ މީހެއްގެ ގައިގަ އަނގަ ޖެހީމާ ވާގޮތް ފެނެއެއްނު.” ގުދަށް ، ކަކުލުގައި އަތް އަޅައިގެން އޮތް ޔާލް މާނޭވާލަމުން ޖެއްސުމަށް ބުނެލިއެވެ. އުނަގަނޑުގައި ހިފާއްޓާލައިގެން ހުރި ޝިވަން ހިނިގަނޑެއް ޖަހާލިއެވެ. “މަގޭ އައިސްކްރީމް ކޮޅޭ..އިސްރާފުކުރަން ހެޔޮނުވާނެނު. ދެން ތިހާ އަނގަގަދަ ނުވެބަލަ ބޮލުގަ ނުރަޖަހާފަ މުސްކުޅި ވާތީ ވާގޮތް ދޯ” ޔާލްގެ ހުދު ކުލައަށް ދާ އިސްތަށިގަނޑު ހާވާލާފައި ޝިވަން ބުންޏެވެ. އޭނާގެ ވާހަަކައަށް ޖަވާބު ދޭ ކަހަލަ ޙިޔާލެއް ޔާލް ނުކުރިއެވެ. ދަތް ދޮޅިއާ ހިސާބަށް އިސްތަށިގަނޑު ދިގުކޮށްފައި ހުރި ޝިވަންގެ މޫނަށް އޭނާ ރަނގަޅަށް ބަލާލިއެވެ. އޮޅާލި ކުލައެއްގެ ހަނގަޑެކެވެ. އިސްކޮޅުން ދިގުވެފައި މަތިމަސް ކުރުވެފައި ތުންބުޅިއެއް ނެތުމުން ސާދަ ފަނަރަ އަހަރުގެ ދުވަސްތަށް ވޭތުކުރަމުން ދާ ސޮރެއްހެން ހީވެއެވެ. ނަމަވެސް މި ދިވެހިރާއްޖޭގައި ސްކޫލު ކުއްޖެއްގެ ބޯ ޒިރޯ ކަޓު ޖެއްސީމައި ނޫނީ ގަވާއިދަށް ނުފެތޭނެކަން ޔަގީނެވެ.

“ދަނީއޭ ބުރޯ. ވަރަށް ބޮޑަ ޝުކުރިއްޔާ.” ކަންނެތް ގޮތަކަށް ފައި ކާއްތަމުން ޔާލް ހިނގައިގަތީ ޝިވަންގެ ކޮނޑުގައި ޖަހާލާފައެވެ. “ކޮން ކަމަކަށް ޝުކުރިއްޔާ؟” ވާނުވާ ނޭނގިގެން ޝިވަން އެއްސެވެ. “ފުލުސް ސޮރުގެ ކިބައިން ދުރުކޮށްދިނީމަ ދެން..މަށަށް ކުރާނެ މަސެއްކަތެއް ދިނީމަ ފޫހިވެގެން ވިއްޔާ މިއުޅެނީ.” ފަސް ބަލާލާފައި އޭނާ ބުނެލިއެވެ. އޭރުވެސް ދެލޯ މެރިގެން ދަނީއެވެ. “އޭނ..މަސެެއްކަތެއް ދެވުނު ކަން މަ ނުދެނަ ހުރިން.” ޝިވަންގެ ސިކުނޑި މަސަތްކަތް ކުރާލެއް ތަންކޮޅެއް ލަހީއެެވެ. “ޓީޝާރޓު ދޮވުން ދެލޯ ފުޅާ.” ފަހަތް ބަލާނުލާ ދުރަށް ދަމުން އަތުން ޓާޓާ ކިޔާލި ޔާލް ހަޅޭއްލަވައިގަތެވެ. މަނުވީ ގޮތަކަށް ހީލާފައި ހިނިގަނޑެއް ޖަހާލުން ނޫން ކުރާނެ އިތުރުކަމެއް ޝިވަން އަކަށް ނުވިސްނުނެވެ. “ޝީ އިޒް ޔުނިކް..ވަން އޮފް އަ ކައިންޑް…” އަމިއްލަ ބޯ ހާވާލާފައި އައި ކޮޅަށް އަނބުރާ ދާން ޝިވަން ހިނގައިގަތެވެ.

________________________________________

ހުދު ބޯ ރަޖާގަނޑުން ގޮދަޑި ގަނޑު ފޮރުވަަލާފައިވާ ކިންގް ސައިޒް އެނދެކެވެ. ކޮޓަރީގެ މެދަށް ވާގޮތަށް ސީލިންގުގައި ހަރުކޮށްފައި ހުރި ޗާންދަލިއާގެ އަލިކަމުން އެ އަނދިރި ކޮޓަރި އަލިކޮށްލިއެވެ. އެނދުމަތީގައި އޮތް ޒުވާނާގެ ނަޒަރު ހުއްޓިފައިވަނީ އެއަށެވެ. ނަމަވެސް އޭނާ ހިތާ ސިކުނޑި ވަނީ މާހައުލާ ދެތިން ހާސް މޭލު ދުރުގައެވެ. ބޮކްސާރ ބުރި އެކަނި ލައިގެން އޮތް އިތު އެ ހިކި ދިގު އެހެންނަމަވެސް ވަރުގަދަ ހަށިގަނޑު ވަނީ ދީވާނާ ކޮށްލާނެ ކަހަލަ އޭބްސް ތަކެއް ވެރިކޮށްފައެވެ.

ކޮޓަރީގައި ޓަކި ޖަހާކަންވެސް ޝިވަންއަށް ރޭކާ ނުލިއެވެ. “އޭ މަންމަ ބުނީ މާދަން ކޮލެޖަށް ދާ ފުރަތަމަ ދުވަސްވީމަ އަވަހަށް ނިދާފަ އަވަހަށް ހޭލިމައެއްނު ގަޑި ނުޖެހި ދެވޭނީ..” އޭނާގެ ތުންފަތް މަތީގައި ވާ ހިނިތުންވުން ފިލައި ދިޔައީ ދޮރު ހުޅުވާފައި ވަތް މަންމަ އަނދިރީގެ ތެރެއިން އެނދުކައިރިއަށް އެޅިފައިވާ އަލިގަނޑަށް ވަނުމުންނެވެ. ގޭތެރޭގައި ކަމުން ބުރުގާ ނާޅާ ހުރި ހަފީޒާ ޝިވަން އޮތް އެނދުގައި އިށީނެވެ. އެއްބުމަ އަރުވާލަމުން އޭނާ ޝިވަންއަށް ބަލާލީ ދުވަހަކުވެސް ނޫޅޭ ގޮތަކަށް އޭނާ އުޅޭތީއެވެ. އެއްތާކު ފައި ނުޖަހާ ގޭގައި ދުވާ ޝިވަން މަޑު މަޑުން އޮތްތަށް އޭނާއަށް ފެނުނީ މި އަލަށެވެ. ޙީޔާލީ އާލަމުން ދުރުވަމުން ޝިވަން އޭނާގެ އަތް މަންމަގެ އިސްތަށިގަނޑާ ދިމާލަށް ގެންގޮސް ވޫލް ކޮޅު ނައްޓާލިއެވެ.

ކޮންމެވެސް ވަރަކަށް ނުރަޖަހާފައި ހުރި ނަމަވެސް ކަޅު ކުލަ މުޅިއަކުން ފަނޑު ނުވެއެވެ. “މަންމަވެސް އެހާ އަނގަގަދަ ނޫންވީމަ ދޯ އިސްތަށިގަނޑު އެއްކޮށް ނުރަނުވަނީ؟” މޮޔައެއްހެން ހަފީޒާގެ އިސްތަށިގަނޑު ހާވަމުން ޝިވަން ބުންޏެވެ. ހަފީޒާގެ ބުމަ ގޮށްޖެހުނެވެ. “ކާކު ބުނީ އަނގަގަދަވީމައޭ ނުރަ ޖަހަނީ..” މަންމަ ހަފީޒާ އެއްސެވެ. “އޭނަ ވަރަށް އަނގަގަދަ ވާނެ އެހެންމަ އިސްތަށިގަނޑު ހަމަ އެއްކޮށް ނުރަވެފަ އޮންނަނީ..ކިހާ ލޯބި ދޯ.” ލުއި ހިނިތުންވުމަކާއެކު އިޝްގީ ގޮތަކަށް ޝިވަން ބުންޏެވެ.

“މޮޔަވެފަތަ ތިއޮތީ..އިޝްގީ ބަލި ޖެހުނީ ދޯ.” ވަރަށް ފާޑަަކަށް ހަފީޒާ ބުންޏެވެ. “ހައް ވެދާނެ ދޯ އެކަމު ނުރަ ޖަހާފަ ހުއްޓަސް ހާދަ ލޯތްބޭ މަންމާ. އަދި އެއްފަހަރު ފެންނާނެނަމަ ” އެނދު ތެދުވެ ފަހަނަޔާ ދިމާލަށް ހިނގައިގަތް ޝިވަންއަށް އުޅެވޭ ނޫޅެވޭ ނޭނގޭ ކަހަލައެވެ. ފާހަނައިގެ ދޮރު ޖެހި އަޑު އިވުމުން ހަފީޒާ ރަނގަޅަށް ވިސްނާލިއެވެ. އޭނާގެ ދެލޯ ބޮޑުވިއެވެ. “މަގޭ ދަރި އަނެއްކާ ނުރަ ޖެހާފަ ހުރި މުސްކުޅި އަންހެނަކާ ހިތާވީތަ..”

________________________________________

ސޯނާ ގަޑި ތެޅި ފޮޅެން ފެށިއެވެ. ނިދާފައި އޮތް ޔާލްވެސް މެއެވެ. ރަޖާގަނޑު ގުޅައަކަށް ޖަހާަފައި އޭނާ އޭގެ ތެރެއިން ނިކުތެވެ. އެނދުގައި އިށީނދެ ގަޑިއަށް ބަލާލިއިރު ހަތެއް ޖެހީއެވެ. ފޫކޮޅުަގައި ކައްޓެއް ޖެހިފަދައިން ދެފައި މައްޗަށް ތެދުވެ އޭނާ ކަބަޑާ ދިމާލަށް ދުއްވައިގަތެެވެ. ލާނެ ހެދުމެއް ނޭނގުމުން ގަޔަށް އެންމެ ފަސޭހަ ސްވެޓް ޕޭންޓްސާއި ހުޑީއެއް ނެގިއެވެ. ފާހަނަޔަށް ވަދެ ފެންވަރާލައިން ނިކުންނަން ނެގީ އެންމެ ފަސް މިނެޓެވެ. ގަޔަށް އެއްޗެހި މަހާލާފައި އޭނާ ލޯގަނޑު ކުރިމައްޗަށް އެެރިއެވެ. އިސްތަށިގަނޑަށް ހަދާނެ އިތުރު ގޮތެއް ނޭނގުމުން މިނިވަންކޮށްލަން ނިންމީއެވެ. ނަމަވެސް އިސްތަށިގަނޑުގައި އަތް ޖައްސާލިވަގުތު އޭނާ ހަނދާވީ ރޭގައި ދިމާވި ފިރިހެން ސޮރުގެ މަތިންނެވެ. “ހުއް ނުރަބޮލޯ..ހޭވް ސަމް ފެޝަން ސެންސް ބޯއި.” އަނގަޔަށް ވައްތަރެއް ޖައްސާލާފައި ބޮޑު ދައްބަސް މޭމައްޗަށް ވާ ގޮތަށް އަޅުވާލައިން ޔާލް ކޮޓަރިން ނިކުތެވެ.

ޝިވަންގެ ހާލަކީ ތޯއެެވެ. ކޮޓަރި ދޮރު ވައްޓާލާ ވަރު ހަފީޒާ ކުރަމުން ދިޔައިރުވެސް ފަސް މިނެޓޭ ގޮވާލަ ގޮވާލަ އޭނާ އޮތީއެވެ. ޙިޔާލެއް ފިކުރެއް ނެތިއެވެ. ދޮރު ކައިރި ހުރި ހަފީޒާ ނިކަން ބޯ ބޮޑެވެ. “އޭ ނުރަ މަންޖެ ފެނިދާނެ އަވަހަށް ކޮލެޖަށް ގޮއްސިއްޔާ.” ހަފީޒާގެ ބަހާއެކު ފުންމައިގެން ތެދުވި ޝިވަން ދެކޮޅު ނުބަލާ ރަނގަޅަށް ލޯ ވެސް ނުހުޅުވެނީސް ފާހާނާޔާ ދިމާލަށް ދުއްވައިގަތެވެ.

އަތު ޖެހުނު އަތް ދިގު ޓީޝާރޓާއި ނޫކުލައިގެ ކެރެޓް ޖިންސު ގަޔަށް މަހާލައިން ދަބަހާއެކު ކޮޓަރިން ބޭރަށް ޝިވަން ނިކުތެވެ. އޭނާގެ ހިތް ދިޔައީ އިންތިހާ ބާރަށް ތެޅެމުންނެވެ. ކޮފީތަށި ބޯން މޭޒު ކައިރީގައި ޖައްސާލަމުން އޭނާއަށް މިހާ އަވަސްވެވުނު ސަބަބަކާ މެދު ވިސްނާލެވުނެވެ. ހަމަ އެ އަންހެން ކުއްޖާ ފެނިދާނެޔޭ މަންމަ ބުނުމުން ހެއްޔެވެ. “ހަމަ އަސްލުވެސް ފެނިދާނެއެއްނު..އޯރ މޭބީ ނޮޓް.” ދެ ޙިޔާލެއްގައި އިނދެ ކޮފީ ބޮއެ ނިންމާލާފައި ކޮލެޖަށް ދާން ސައިކަލުގައި މިސްރާބުޖެހިއެވެ.

ކޮލެޖުގެ ހޯލްވޭ ތެރެއިން ހިނގާފައި ދިޔައިރު ބަލަހައްޓައިގެން ތިބި އެތަށް ބަޔެއްގެ ފާޑުކިޔުންތަށް އެ ޒުވާނާއަށް އަމާޒުވިއެވެ. އޭނާގެ ފަހަތުން ދެ އަރިމަތީގައި ތިބި އިތުރު ދެ އަންހެން ކުދިންނަށް ބަލާލަމާތޯއެވެ. ލާފައި ތިބި ހެދުން އެއްކަހަލަ ފެޝަނަކަށް ހުރި ކަމުގައިވިޔަސް ހަމުގެ ކުލަ ތަފާތެވެ. ބުޅި އިސްތަށިގަނޑެއްގެ ވެރިޔަކާއި ބޯއި ކަޓެއް ޖައްސާފައި ހުރި މަންޖެއެކެވެ. އެ ތިން މީހުންގެ މޫނުމަތީގައި އެއްވެސް އަސަރެއް ނެތެވެ. ނަޒަރު ހުއްޓިފައިވަނީ ކުރިމަގަށެވެ. އެހެން މީހުންގެ ފާޑުކިޔުންތަކުން އެއްޗެއް ހިތަށް ނާރަނީ ކަންނޭނގެއެވެ.

ކުލާހަށް ވަދެ އެންމެ ފަހަތު ބަރީގައި ޔާލް އޭނާގެ ހަމައެކަނި ދެ އެކުވެރިން ކަމަށްވާ އީވާ އާއި އައިރާއާއެކު އިށީނދެލިއެވެ. ލެކެޗަރަރ ވަނުމުން ކަޅި އަނބުރާ ލެވުނީ އެ ތިން މީހުންނަށް އެކު އެކީގައެެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އެ އަންހެން ލެކްޗަރާ އެންމެ ފުރަތަމަވެސް ޔާލް މެން ތިން މީހުންނަށް ބަލާލާފައި ޖައްސާލީ ކުޑަ ވައްތަރެކެވެ. “އަހަރުން ކޮންމެ އެއްޗެއް ލައިން ކޮންމެ ގޮތަކަށް ތިއްބަސް ކަލެއަށް ކޮންވަރެއްތަ ވަނީ.” ދަތްޕިލަ ޖައްސާލައިން އިނދެ ޔާލް ބުނެލިއެވެ. “ޖޭ ވަނީ އަހަރުން ސެކްސީ ކަމުން.” ލާނެއް ގޮތަކަށް އައިރާ ބުނެލީ އޭނާގެ ކުރު ކޮށް ތުނިކޮށްފައިވާ އިސްތަށިގަނޑު ކުޑަކޮށް ހާވާލާފައެވެ.

ދަރިވަރުންގެ އިންޓްރަޑަކްޝަންއަށް ފަށައިގެން ނިމުނީ ވަރަށް ފޫހިކޮށެވެ. ކަން މިހެން ހިނގާނެކަން އެނގި ހުރެ ޔާލް އޭނާގެ ހެޑް ފޯނު ޖަހައިގެން ގޮނޑިއަށް ވެޑުވެފައި އޮތީއެވެ. “އެކްސްކިއުޒްމީ..އެންމެ ފަހަތުން ބަރީގަ ނިދާފަ އޮތް ކުއްޖާ..ކެން ޔޫ ޓޭކް ދީސް ފައިލް ޓު ދަ ލައިބްރަރީ ޕްލީސް،” ލެކްޗަރާ ގޮވާލުމުން ޔާލް މޫނުމަތީގައި އޮތް ޙޫޑީ ފަހަތަށް އެއްލިއެވެ. “އަޅުގަނޑަށް ކިޔަނީ ޔާލް.” ފައިލްތަށް ހިފަން ދަމުން އޭނާ ނަން ބުނެލީ ޓީޗަރު ހަނދާން ނެތުނީ ކަމަށް ބަލާފައެވެ. “ސޮރީ އަލް ޓޭކް އަ ވައިލް ޓު ރިމެމްބާރ.” ޓީޗަރު ބުނެލިއެވެ.

އުނަގަނޑަށް ފައިލްތަށް ޖަހައިން ހުރެ ތަތް ހިނގުމެއްގައި ކުލާހުން ނިކުނަން ދިޔަ ޔާލް ގައިގައި އަޅައިގަތީ ކުލާހަށް ވަދެ ސަލާތް ބަލައި ގަތް ސޮރެވެ. ވެއްޓުމުގެ ކުރި އެ ސޮރު ޔާލްގެ އުނަގަނޑުގައި އަތް އަޅުވާލަމުން އަތުތެރޭ ހައްޔަރު ކުރިނަމަވެސް ފައިލްތަށް ސަލާމަތް ކުރެވޭ ގޮތެއް ނުވިއެވެ. ދެލޯ މަރައި ތަގުޅިކޮށްލައިގެން އޮތް ޔާލް ލޯ ހުޅުވާލިއެވެ. ދެމީހުންގެ ލޯވެސް ދިޔައީ ބޮޑުވެގެންނެވެ. ހައިރާންކަމުގެ އިތުރަށް ބައިވަރު އިހްސާސްތަކެއް ދެލޮލުގެ ގުޅުން ހިއްސާކުރިއެވެ.

(ނުނިމޭ)

ނޯޓް: ވާހަކަ ކިޔާލާފަ އޮޕީނިއަންސް އެންޑް އިމްޕްރޫވް ކޮށްލަން ޖެހޭ ކަންތަށް ކޮމެންޓް ކޮށްލައްޗޭ.❤❤

47

You may also like...

24 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Yay me first dhw… yagyney ekkala shivan kan dhww… vvvv kiyaa hiyyvaa zaathakh thi feshy vs… ehnve kuriah huri part thah vs vvvv kiyaa hithun mihury… hama habeys masha allah… waiting for the nxt……..

    ⚠Report!
    1. Yayyysshh u first 💕💕💕😍😍 this calls for a celebration dhw 😆😆😊 hehe shivan ahves vedhaane dat boi 😉 let’s seee wat happens and awwwh thank u so so much ❤❤❤ I’m speechless hama first comoment ves ehaa swyt veema 😘😘😘 next part soooon insha allah 😻😻😂

      ⚠Report!
    1. Aye thnkx gurl 😘 kuriah oithaangaves rom vaane kmh balamaa dhw ❤❤😉

      ⚠Report!
  2. Wow..feshun v reethi..nd interesting too..I am out of words..amazing..curiously waiting for the next part..LYSM💓💓🌺🌺🌻💞🌻💞😙😙❄❄🔥🔥😊😊😊

    ⚠Report!
    1. Alleyyy jiji dear ❤❤ thanks alottttt 😘😘 it’s means so much im impressed by ur commenting ingey 💕💕😋 happy to know LYT 😻

      ⚠Report!
  3. vaahaka vvv reethi😍😍😍😍😍 speechless hama ehaa ves rythi ibaa rai kohfa huna goi ❤❤❤❤❤❤❤ waiting for nxt part
    and one thing kon dhuvas thakehga vaahaka up vaany story hama habeys n very interesting 2 😚😚😚😚😙😍😍😍😍😍❤❤❤❤❤❤

    ⚠Report!
    1. Awwwwwnnmooooo 👄😘😘😘😘 Thank you so much darlinnnn it’s so sweet of u I’m sooooooooo speechless ur comment is so unexpected 💕💕💕💕💕👑👑👑😋😋 insha allah dhedhuvahun ehdhuvahu up kohdheveytho miulheny but scedule hadhaalevijjeya will let u all know 😊😁😁 thanks lots for the lovely support 💜💜💜💜

      ⚠Report!
  4. You chose a great cover.. Billie eilish.. Nice.. Anyways, kiyaafa comment kohlaanan ingey dear

    ⚠Report!
    1. Yaass darlin !! Me is a huge fan of her 💙💙👑👑 u too ? N yesh thank you very muchhh for the sweetness I srsly read all the comment over and over again vrh ufaavey assuves 😘😘😘💕💕💕❤❤ ya sure improve kohlan hunna kanthah kiyaaladhehchey 😄

      ⚠Report!
    2. Yes um also a big fan of her i just love her songs…and yeah your story is just Wooooww.. Masha allah keep up the good work dear… Silly mistakes thakeh nufeney meegein.. Enme mistake eh kanneyge othyvx.. Anyways vaahaka hama varah habbu ingey… Next part kiyaafa comment kohlaanan ingey dear 💖💖💖😊😊😘😘😍😍😍

      ⚠Report!
  5. Jiji ngey kujjeh noon billie aky .. hehe ..ekm dhnme Google ga sis ehn bunyma search kohlyma inguny story ge cover ah vec myny eynakan..Alhe quween gandaa.. avahah up kohdheeba story…I can’t wait ey sisthey😂😂😁😁😙😙hehe

    ⚠Report!
    1. 😂😂 thiththi dhw billie eilish. Alleyy Quween gandu vrh bxy ey weekdays veema. Ekm mihaaru innane 2nd part ge half liyefa. maadhan aneh half liylaafa will publish insha allah ❤❤❤❤😘😘

      ⚠Report!
    2. Alhe sooo much thithi quween..Alhe how can I contact us darla..v v beynun vey tlk kohlan..pleeezuu😘😘

      ⚠Report!
    3. snap in contact kohleveyne dear. share me ur ID if u have one . ill add u 😂😂❤❤

      ⚠Report!
  6. whoaah..hama emme perfect story adhi mihaathanah kuyunu..amazing..waiting for the next part..miadhu libeyne ba kiyan???
    sorry for the late comment bro

    ⚠Report!
    1. huvaaatheyyy brwww 😎😎😎 bodu bodukoh shukuru insha allah maadhan libeyene kiyaalan mihaaru submited 💕💕🌠 issok late akas mashahves miadhu kae ah inform kohlevunu leh lasvi dhw up kurikan 🙁🙁💙💙💛💛✔✔

      ⚠Report!
  7. Alhe alhe I don’t have the permission to use
    Adhi..🙄I ah amilla foaneh libunyma tlk kuraanan snap in vec iraadhakurehviyya😂😂😂……Still dhn mi in noony if u gimme urs email I’ll tlk u through that❤❤❤😘😘……avahah next part up kohdheeba rangadaaa🔱♻💮💮✴💡🌟🌠〰💎🐱🐱☕☕🍹📖🎈🎆🎊🎉💿💿🎶🎶🎵🎵🎤🎤🎧🎼🎼🎸🎸

    ⚠Report!
  8. Brw.. k ishgeebali jehunee tha shivan aa hedhi.. ma dhaan vee tha faruvaa kohdhen or shivan tha gennan vee.. hehe.. than kolheh avahah up kohdheeba brw

    ⚠Report!

Leave a Reply

Your email address will not be published.