އެލެކްސް އޭނާ ލައިގެންހުރި ޖެކެޓް ތެރެއަށް އަތް ކޮއްޕާލުމަށްފަހު ނެގީ ރިމޯޓެކެވެ. އެ ރިމޯޓް ފެނުމާއިއެކު ރިވްލާންގެ ދެލޯބޮޑުވެ މުޅިމީހާ ދާހިއްލަން ފެށިއެވެ. އެލެކްސް ކުރަން އުޅޭކަންތައް ރިވްލާންއަށް ވަރަށް ރަނގަޅަށް އިނގެވެ. އެލެކްސް ބުންޏެވެ. ” އެންމެ ފަހުފަހަރު މިއަހަނީ.. ކޮބާ ޕެންޑްރައިވް ؟ ” ************************* ރިވްލާން އަށް ބަލަން ހުރެވުނެވެ. ކަންތަށް ކުރަންވީ ކިހިނެއްބާއޭ ހިތައްއެރިއެވެ. ޕެންޑްރައިވް އެލެކްސް އަށް ދީފިނަމަ، ދެވަނަ ފަހަރަށް ޕެންޑްރައިވްގައިވާ ފައިލްތައް ނުލިބިދާނެއެވެ. ޕެންޑްރައިވް ނުދީފިނަމަ ކަރަންޓް […]
ގަޑިން ދަންވަރު 2 ޖެހީއެވެ. ނަމަވެސް ލިބިފައިވާ ހިތާމައެއްގެ ބޮޑުކަމުން އިފާގެ ލޮލަށް ނިދީގެ ހިލަމެއްވެސް ނުވެއެވެ. ކުޑަ ދުވަސްކޮޅެއް ތެރޭގައި އޭނާއަށް ލޯބިވެވުނު ޝިޔަމް އޭނާއަށް ބޭވަފާ ތެރިވީއެވެ. ޝިޔަމްގެ ބޭނުން ފުދުމުން އިފާ އެއްލާލީއެވެ. އިފާ އަކީ ރާއްޖެތެރޭ ރަށެއްގައި ދިރިއުޅެމުން އަންނަ 21 އަހަރުގެ އަންހެން ކުއްޖެކެވެ. މީގެ މަހެއްހާދުވަސް ކުރިން އޭނާ ވަނީ ޝިޔަމް ނަމަކަށްކިޔާ އުމުރުން 25 އަހަރުގެ ފިރިހެން ކުއްޖަކާ ރައްޓެހިވެފައެވެ. އަދި މިއަދު އިފާގެ ހިތް ކުދިކުދިވެފައި […]
އެލެކްސް އައިގޮތަށް އައިސް ޖަލުގެ ކުރިމައްޗަށް އެރިއިރު އޭނަގެ ގާޑުންތަށް އޭނަގެ ފަހަތުގައި ތިއްބެވެ. އެލެކްސް ޖަލު ކުރިމައްޗަށް އެރުމަށްފަހު ރަޔާންމެންނާއި ދިމާލަށް ބަލަންހުރެފައި ކުއްލިއަކަށް ބޯ އަރިކޮއްލުމަށްފަހު ނުލަފާގޮތަކަށް “ހެލޯ ގާއިސް” އޭ ބުންޏެވެ. **************** އެލެކްސްގެ އިޝާރާތަށް އޭނާ ފަހަތުގައި ހުރި ގާޑެއް ޖަލުގެ ދޮރު ހުޅުވިއެވެ. ޖަލުގެ ދޮރު ހުޅުވުމާއިއެކު އިތުރު ދެގާޑެއް ޖަލު ތެރެއަށްވަދެ ރަޔާންގެ އަތް ފުރަގަހަށްލުމަށްފަހު އަތުގައި ބިޑިއެޅުވިއެވެ. އެވަގުތު ރިވްލާންއާއި ފައިސަލް ރަޔާންއަށް ބަލަމުންދިޔައިރު އެމީހުންގެ މޫނުމަތިން […]
ކުއްލިއަކަށް އެތާގައި ހުރިމީހާ ރަޔާންގެ އަތުގައި ހިފައިގެން ހިނގައިގަތީ ޖަލާއި ދިމާލަށެވެ. ވަކިހިސާބަކަށް އެރުމުން ރަޔާންގެ ލޮލުގައި އަޅައިގަތީ އެޖަލުތެރެއަށް ލައި ބަންދުކޮއްފައިވާ މީހެކެވެ. ވަކި ހިސާބަކަށް ދެވުމުން އެއީ ކާކުކަން ރަޔާންއަށް އެނގިއްޖެއެވެ. އެއީ ރިވްލާންއެވެ. **************** ޖަލުތެރޭގައި ރަޔާންއަށް ހުރެވުނީ ބުނާނެއެއްޗެއް ނޭންގިފައެވެ. އެވަގުތު ރިވްލާންހުރީ ރަޔާންއާއި ދިމާލަށް ބަލާށެވެ. އިރުކޮޅަކު ރަޔާންއާއި ދިމާލަށް ބަލަން ހުރެފައި ރިވްލާން އަހާލިއެވެ. “ކޮންނަމެއް ކިޔަނީ ؟”. ރިވްލާންގެ ސުވާލަށް ޖަވާބުދިނުމުގެ ގޮތުން ރަޔާން އޭނާގެ ފުރިހަމަނަން […]
ހަމަހިމޭންކަން ވެރިވެފައިވާ ކޮޓަރިތެރެ ސިއްސުވާލީ ރަޔާންގެ ފޯން ރިންގުވާން ފެށުމުންނެވެ. ރަޔާން ސިއްސައިގެންގޮސް ޖީބުން ފޯނުނަގައި ފޯނަށް ބަލައިލިއެވެ. އޭނާ އިތުރަށް ހާސްވެ ބިރުގަތެވެ. ރަޔާންގެ ފޯނަށް މީހަކު އެބަ ގުޅައެވެ. ނަމަވެސް ގުޅާ މީހާގެ ނަމެއްވެސް އަދި ނަންބަރެއްވެސް ފެނާކަށް ނެތެވެ. ރަޔަންހުރީ ބިރުންގޮސް ގަނޑުވެފައެވެ. ހިންދިރުވާލުމަށްފަހު ކަންފަތުގައި ފޯނު ޖައްސާލުމާއިއެކު ފޯނު ކެނޑިއްޖެއެވެ. ކުއްލިއަކަށް ލެޕްޓޮފުން ކޮއްމެސް އަޑެއް އިވިގެން ބަލައިލިއިރު ލެޕްޓޮޕް ސްކްރީންގައި ބޮޑުއަކުރުން “ހެލޯ ރަޔާން” ޖަހާފައި އިން ލިޔުމެއް ނިވިދިއްލެމުން […]
ދުނިޔޭގައި ފޮރުވިފައިވާ އެތައް ސިއްރުތަކެއްވެއެވެ. ނޭންގޭ އެތައް ކަމެއް ވެއެވެ. ހީނުކުރާ އެތައް ހާދިސާއެއް ހިނގައެވެ. އެގޮތުން ބައެއް ކަންކަމަކީ ފާޅުވުމަށްވުރެ، ވަންހަނާވުން ރަނގަޅު ކަންކަމެވެ. ކޮންމެދުވަހަކު އަހަރެމެން ބޭނުންކުރަމުން މިދާ އިންޓަނެޓަކީވެސް ހަމަ މިފަދަ އެއްޗެކެވެ. އަހަރެމެންނަށް ފެނިގެންމިދަނީ އަދި ބޭނުން މިކުރެވެނީ އިންޓަނެޓްގެ ވަރަށް ކުޑަ މިންވަރެކެވެ. އެއީ އެންމެ 4 ޕަސެންޓެވެ. ބާކީ 96 ޕަސެންޓަކީ ވަންހަނާވެ ސިއްރު ކުރެވިފައިވާ ބައެކެވެ. *************** އެހެން ދުވަސްތަކެކޭ އެއްފަދައިން ކްލާސް ނިންމާލުމަށްފަހު ދަބަސް ކޮނޑުގައި […]